ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/288 ޤަޟިއްޔާގެ ޙުކުމް
leދު"
1
2{08/HC-A!288
AWPR/
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
މިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 288/HC-A/2008
ދަޢުވާކުރި ފަރާތް: މުޙައްމަދު ޝަޙުދީ
1- (ނަމާއި ޢާންމު ނަން) މުޙައްމަދު ޝަހުދީ
* އައިޑީ ކާޑު ނަންބަރ: A058995
ދާއިމީ އެޑްރެސް: މ. ތަރިވިދާގެ / މާލެ
މިހާރުގެ އެޑްރެސް: މ. ރަންފަސް | މާލެ
ދަޢުވާލިބުނު ފަރާތް: ފާތުމަތު ޙަސަން
މިހާރުގެ އެޑްރެސް: މ. ތަރިވިދާގެ / މާލެ
• ދަޢުވާގައި މަޞްލަޙަތެއް އޮވެގެން ބައިވެރިވި ފަރާތް:
0
ހުށަހެޅުނު ތާރީޚް:
19 ޞައްވާލަ 1429
19 އޮކްޓޯބަރ 2008
* ނިމުނު ތާރީޚް: 10 ރަބީއުލްއާޚިރި (143
06 އޭޕްރިލް 2009
* ނިންމެވިކޯޓް: މަދަނީ ކޯޓް
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/MC/442
• ޤަޟިއްޔާގެ ބާވަތް: ތަރިކަ
ހުށަހެޅުނުތާރީޚް: 2007-03-18
*
ނިމުނު ތާރީޚް: 2008-06-30
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/2 88
5
ޞަފްޙާ ނަންބަރ: 02
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް:
II
02-09 :
09;
04- މަޙްޝަރު ބަޔާންތައް:
04.1 އިސްތިއުނާފުކުރި ފަރާތުގެ މަހުޝަރު ބަޔާންތައް:
މުޙައްމަދު ޝަޙުދީގެ ފަރާތުން ދެއްކި ވާހަކަ:
މަޙުޝަރު ނަންބަރ: 09-IIC
-
A
-
288Mpg01-2008
04.2 އިސްތިއުނާފް ރައްދުވި ފަރާތުގެ މަޙުޝަރު ބަޔާންތައް:
ފާތުމަތު ޙަސަންގެ އޮފީހުގެ ފަރާތުން ދެއްކިވާހަކަ:
މަޙުޝަރު ނަންބަރ: 15-HC-A-288Mpg09-2008
05 - މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް
06 - ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 28
ދަޢުވާގެ ޚުލާޞާ
މިއީ މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، މ.ތަރިވިދާގެ|މާލެ، މުޙައްމަދު ޝަހުދީ އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު
ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
*
ރެވުނު ނުކުތާތައް:
01- މިއީ މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، މ.ތަރިވިދާގެ/މާލެ، މުޙައްމަދު ޝަހުދީ އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު
ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
4
CU O
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ކަނމ,
3
2008/HC-A288
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
02- މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާއަކީ، މ.ތަރިވިދާގެ ގަދަގޭ ތުއްތު މަނިކު
(ޖީ.ޓީ.މަނިކު) 05 ޑިސެމްބަރ 2006 ގައި ނިޔާވެފައިވާކަމަށްބުނެ، އެމަރުޙޫމުގެ ތަރިކަ މުދަލާއި ފައިސާ ވާރިސުންގެ
މެދުގައި ބަހައި ހަމަޖައްސައި ދިނުން އެދި، ވާރިސުންކުރެ މަރުޙޫމުގެ ފިރިހެންދަރި މ.ތަރިވިދާގެ|މާލެ، މުޙައްމަދު
ޝަހުދީ ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެ ޤަޟިއްޔާގެ ޙުކުމުގައިވަނީ، މ.ތަރިވިދާގެ ގަދަގޭ ތުއްތު މަނިކު (ޖީ.ޓީ.މަނިކު) 05 ޑިސެމްބަރ
2006 ގައި ނިޔާވެފައިވާކަމާއި، ނިޔާވީއިރު ވާރިސުންގެ ގޮތުގައި ދުނިޔޭގައިތިބީ، ހުވަފަތް އަނބި މާލޭ މުނިސިޕަލްޓީގެ
ޚާއްޞަ ދަފްތަރު ނަންބަރ: 2776 ފާޠިމަތު ޙަސަނާއި، ދެ ފިރިހެން ދަރީން ކަމުގައިވާ މ.ތަރިވިދާގެ| މުޙައްމަދު
ޝަހުދީއާއި، އަލީ ޝަފާއަތު މަނިކުއާއި، ދެ އަންހެންދަރީން ކަމުގައިވާ މ.ތަރިވިދާގެ ޢާއިޝަތު ޝާލީއާއި އާމިނަތު
ޝާނީއާ އެކުޖުމްލަ 05 (ފަހެއް) ވާރިސުންކަމާއި، މަރުޙޫމުގެ ތަރިކާގައި ހެމެނި މިމައްސަލާގައި ޝަރީޢަތުން ބަހަން
ބޭނުންވަނީ މަރުޙޫމުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މ.ތަރިވިދާގެ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި، މިގޯތީގައިވާ
ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި، އެޗެ.އެސް.ބީ.ސީ އާއި، ބޭންކް އޮފް މޯލްޑިވްސް ގައިހުރި (އޭރު މަދަނީކޯޓަށް
ޖަމާކޮށްފައިހުރި) 1.77
988$US (ނުވަހާސް އަށްސަތޭކަ އަށްޑިހާ" އެކެއް ޕޮއިންޓް، ހަތެއް ހަތެއް ޔޫ.އެސް ޑޮލަރ)
އާއި، 151903
/
50ރ.(ފަނަރަހާސް ނުވަސަތޭކަ ތިންރުފިޔާ، ފަންސާސްލާރި) ކަމާއި،
ތަރިކާގައި ހިމެނިގެންވާ ބަންޑާރަ ގޯތީގެ ބިމުން ލިބިދެވެނީ ތަރިކާގައި ހިމެނޭ ގޯއްޗާއި މުދައު
ވަކިކޮށް ބަހައިދެވޭއިރު ވާރިސުންގެ މެދުގައި ބިމުގެ ތަނަވަސްކަން ހުރިގޮތެއްގެ މައްޗަށްކަން ޤާނޫނު ނަންބަރ:
1/2002 (ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއަށާއި، ނުއުފުލޭ މުދައު ތަރިކައިން ލިބިގެން
ބަންޑާރަ ގޯތީގެ ބިމުން ލިބުމާއި ބެހޭ ޤަވާޢިދަށް ބެލުމުން އެނގެން އޮންނާތީ، މަރުޙޫމްގެ ހުރިހާ ވާރިސުންނަކީވެސް
ތަރިކާގައި ހިމެނޭ މ.ތަރިވިދާގޭ ކިޔާ ބަންޑާރަ ގޯތީގެ ބިމުން ލިބުމުގެ ޝަރުޠު ފުރިހަމަ ވެގެންވާ މީހުންކަމަށް
..
0)
މަރުޙޫމުގެ ތަރިކަ ވާރިސުންގެ މެދުގައި ތަރިކާގެ އުޞޫލުން ބެހުމުން ހުވަފަތް އަނބި ފާޠިމަތު
ޙަސަނަށް 6/48 ބައި ވާކަމާއި، ފިރިހެން ދެ ދަރީންކަމުގައިވާ މުޙައްމަދު ޝަހުދީއާއި، ޢަލީ ޝަފާޢަތު މަނިކުއާއި
ދެމީހުންކުރެ ކޮންމެ މީހަކަށް 14/48 ބައި ވާކަމާއި، ދެ އަންހެން ދަރިންކަމުގައިވާ ޢާއިޝަތު ޝާލީއާއި އާމިނަތު
ޝާނީއާއި ދެމީހުންކުރެ ކޮންމެ މީހަކަށް 1/48 ބައި ވާކަމާއި، އެގޮތުން އެކޯޓަށް ޖަމާކޮށްފައިވާ ފައިސާއިން ފާޠިމަތު
ޙަސަނަށް 1235.23$US (އެއްހާސް ދުއިސައްތަ ތިރީސް ފަހެއް ޕޮއިންޓް، ދެއެއް ތިނެއް ޔޫ.އެސް ޑޮލަރ) އާއި،
194 11987ރ.(އެއްހާސް ނުވަސަތޭކަ އަށްޑިހަ ހަތްރުފިޔާ، ނުވަދިހަ ހަތަރު ލާރި) ވާކަމާއި، ދަރީންކުރެ މުޙައްމަދު
ޝަހުދީއާ، ޢަލީ ޝަފާއަތު މަނިކުއާ، މިދެމީހުންކުރެ ކޮންމެ މީހަކަށް 2882.18$US (ދެހާސް އަށްސަތޭކަ އަށްޑިހަ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2008H-A/288
23 424 42
ބަޔާންކުރެވުނު
ގޮތުގެ މަތީން މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާ
ގޮތުގެ ރިޕޯޓް
ދެއެއް ޕޮއިންޓް، އެކެއް އަށެއް ޔޫ.އެސް ޑޮލަރ) އާއި، 638
/
52°4ރ.(ހަތަރުހާސް ހަސަތޭކު ތިރީސް އަށްރުފިޔާ،
ފަންސާސް ދެ ލާރި) ވާކަމާއި، ޢާއިޝަތު ޝާލީއާއި އާމިނަތު ޝާނީއާއި ދެމީހުންކުރެ ކޮންމެ މީހަކަށް
US
$
1441.09 (އެއްހާސް ހަތަރުސަތޭކަ ސާޅީސް އެކެއް ޕޮއިންޓް، ސުމެއް ނުވައެއް ޔޫ.އެސް ޑޮލަރ) އާއި،
21319126ރ (ދެހާސް ތިންސަތޭކަ ނަވާރަ ރުފިޔާ، ސައްބީސް ލާރި) ވާކަން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅުއްވާ، ބުނެވިދިޔަ ގޮތުގެ މައްޗަށް މ.ތަރިވިދާގޭ ގޯތީގެ ބިމުން ހުރިހާ ވާސިރުންނަށް ލިބިގެންވުމާއެކު،
މިގޯތީގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން ފާޠިމަތު ޙަސަނަށް 6/48 ބައި، މުޙައްމަދު ޝަހުދީއާއި، ޢަލީ ޝަފާޢަތު
މަނިކުއާއި ދެމީހުންކުރެ ކޮންމެ މީހަކަށް 14/48 ބައި، ޢާއިޝަތު ޝާލީއާއި އާމިނަތު ޝާނީއާއި ދެމީހުންކުރެ ކޮންމެ
މީހަކަށް 7/48 ބައި މިލްކުވެގެން ވާކަމަށާއި، އަދި ތަރިކާގައި ހިމެނޭ އެކޯޓަށް ޖަމާކޮށްފައިވާ ފައިސާ ތަރިކައިން ލިބޭ
ނިސްބަތުން ވާރިސުންނާ ޙަވާލު ކުރުމަށް އަންގާ އެގޮތުގެ މަތީން ޙުކުމް ކުރައްވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
03- އިސްވެ
ކުރެއްވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިން މިތަރިވިދާގެ މާލެ، މުޙައްމަދު ޝަހުދީ ގެ ފަރާތުން
އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތުއް 'ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: މ.ތަރިވިދާގެ ގަދަގޭ ތުއްތު މަނިކު (ޖީ.ޓީ.މަނިކު) 05 ޑިސެމްބަރ 2006
ގައި ނިޔާވުމާއި ގުޅިގެން އެމުރުޙޫމުގެ ތަރިކާގެ މައްސަލަ މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާއިން
ނިންމެވުމުގައި، މ.ތަރިވިދާގެ ގޯތީގެ ބިމުން ލިބޭފަރާތްތައް ކަނޑައެޅުއްވިއިރު، އެމަރުޙޫމް ނިޔާވީއިރު އިން ހުވަފަތް
އަނބި ފާތިމަތު ޙަސަން ހިމަނުއްވާފައިވާކަމާއި، ނަމަވެސް މ.ތަރިވިދާގެ ގަދަގޭ ތުއްތު މަނިކު (ޖީ.ޓީ.މަނިކު)
ނިޔާވީއިރު ފާޠިމަތު ޙަސަނުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ 5000 އަކަފޫޓުގެ ގޯއްޗެއް ގދ.ހޯޑެއްދޫގައި އޮތްކަން
މައްސަލައިގެ ލިޔުންތަކުން އެނގެން އޮތްކަން.
* ދެވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާގައި މ.ތަރިވިދާގެ ގޯތީގެ
ބިމުން ފާޠިމަތު ޙަސަނަށް ލިބޭނޭކަމަށް ނިންމަވާފައިވަނީ އިގެ އުޞޫލަށް ނުވަތަ މަފްހޫމަށް ރަގަޅަށް
ނުބައްލަވާ ކަމުގައިވުން.
ތިންވަނަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާގައި މ.ތަރިވިދާގެ
ގޯތީގެ ބިމުން ލިބޭނޭ ކަމަށް ނިންމަވާފައިވަނީ ބިމާއިބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާއި، އަދި އެ ޤާނޫނުގެ ދަށުން
ގައި ޙުކުމް ކުރެއްވުމު
112
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2008HC-A/288
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހެދިފައިވާ ނުއުފުލޭމުދައު ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެގ ބިމުން ލިބުމާއި ބެހޭ ޤަވާޢިދުގެ 05 ވަނަ މާއްދާއާއި
ފުށުއަރާ ގޮތަށްކަމަށްވުން. އަދި މި ބަޔާން ކުރެވުނު މާއްދާތަކުގެ ރޫޙާ ޚިލާފަށް ކަމަށްވުން.
04- މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ މުޙައްމަދު ޝަހުދީގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން މ.ތަރިވިދާގެ މާލެ، މުޙައްމަދު ޝަހުދީގެ ފަރާތުން އިސްތިއުނާފް ކުރަމުން ފާހަގަކޮށްފައިވާ
ނުކުތާތަކަށާއި، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީސްތަކުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، މުޙައްމަދު ޝަހުދީ ހިތްހަމަ
ނުޖެހޭ މައިގަޑު ސަބަބަކީ، އޭނާގެ ބައްޕަ އަލްމަރުޙޫމް މ.ތަރިވިދާގެ ގަދަގޭ ތުއްތު މަނިކު (ޖީ.ޓީ.މަނިކު) ނިޔާވީއިރު
އިން ހުވަފަތް އަނބި މ.މ.ހދ| ފާޠިމަތު ޙަސަނުގެ ނަމުގައި، މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާ
ނިންމިއިރު، ނުވަތަ އެޤަޟިއްޔާ ހުށަހެޅުނުއިރު، ރާއްޖޭގެ
ރާއްޖޭގެ އެއްވެސް ތަނެއްގައި ގޯއްޗެއް އޮއްކަމުގައި ނުވިޔަސް، 05
ޑިސެމްބަރ 2006 ގައި މ.ތަރިވިދާގެ ގަދަގޭ ތުއްތު މަނިކު (ޖީ.ޓީ.މަނިކު) ނިޔާވީއިރު، ފާޠިމަތު ޙަސަނުގެ ނަމުގައި
ގދ.ހޯޑެއްދޫގައި 5000 އަކަފޫޓު ގޯއްޗެއް އޮތްކަން އެނގެން އޮތްއިރު، އެކަމަށް ނުބައްލަވާ، އެޤަޟިއްޔާ ހުށަހެޅުނު
އިރު ނުވަތަ ނިންމިއިރު ފާޠިމަތު ޙަސަނުގެ ނަމުގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ގޯއްޗެއް ނެތަތީވެ، ފާތިމަތު
ޙަސަނަކީ މ.ތަރިވިދާގެ ގޯތީގެ ބިމުން ލިބުމުގެ ޝަރުޠު ފުރިހަމަވާ މީހެއްކަމަށް ޝަރީޢަތުން ނިންމަވާފައިވާ
ނިންމެވުމާއި މެދުކަމާއި،
މިގޮތުން މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާގައި މި ފާޠިމަތު ޙަސަނަށް
މ.ތަރިވިދާގެ ގޯތީގެ ބިމުން ލިބޭގޮތަށް ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނުގެ 15
ވަނައަށާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ "ނުއުފުލޭ މުދައު ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ
ޤަވާޢިދުގެ 5 ވަނަ މާއްދާއާއި ފުށުއަރާ، އަދި އެދެމާއްދާއާގެ ރޫޙާ ޚިލާފް ނިންމެވުމެއްކަމަށް މުޙައްމަދު ޝަހުދީގެ
ފަރާތުން ފާހަގަކުރައްވާފައިވާކަން އެނގެއެވެ.
ބަޔާންކުރެވުނު ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާއި "ނުއުފުލޭ މުދާ ތަރިކައިން
ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ގަވައިދު" ގެ 5 ވަނަ މާއްދާއާއި އަދި އެދެމާއްދާގެ ރޫޙާއި، މަދަނީ ކޯޓުގެ
ނަންބަރު:2007/MC/442 ޤަޟިއްޔާ ގައި ފާތިމަތު ޙަސަނަށް މ.ތަރިވިދާގޭ ގޯތީގެ ބިމުން ލިބޭގޮތަށް ނިންމަވާފައިވާ
44 4
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: !331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{008/HC-A;288
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ނިންމެވުން ފުށުއަރާކަމަށް މުޙައްމަދު ޝަހުދީގެ ފަރާތުން ފާހަގަކުރަމުން އޭނާގެ ޤާނޫނީ ވަކީލު ދައްކާފައިވާ ވަހުކައަށް
t
ބިމާއިބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި، އަދި "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ
ބިމުން ލިބުމާބެހޭ ގަވައިދު" ގެ 5 ވަނަ މާއްދާގައި ބުނެފައި އެވަނީ ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު
މަރުވުމަށްފަހު، އެގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭމުދާ، އެމަރުވީ މީހާގެ ވާރިސުންގެ މެދުގައި ތަރިކާގެ އުސޫލުން
ހަމަޖެއްސުމުގައި ބަލަންޖެހޭނީ، އެ ބަންޑާރަ ގޯތި ދޫކުރެވިފައިވާ މީހާ މަރުވިއިރު ވާރިސުންނާއި ތަރިކަމުދާ ހުރި
44
ހާލަތަކަށްކަމަށާއި،
OX OX
މިގޮތުން އެމަރުވި މީހާގެ ވާރިސުންގެ ތެރޭގައި، އެމީހާ މަރުވިއިރު، ބަންޑާރަ ގޯއްޗެއް ނުވަތަ
ގޯއްޗަކުން ( 600 އަކަފޫޓް ހަމަވާ) ލިބިފައިވާ މީހަކު ހުރެފައި، އަދި މަރުވި މީހާގެ ބަންޑާރަ ގޯތި
ބައިކުރުމުގައި އެމީހާގެ ވާރިސުންގެ މެދުގައި އެގޯތި ބައިކުރުމުން، ކޮންމެ މީހަކަށް ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވާ
ޙާލަތުގައި، ވާރިސުންގެ ތެރޭގައި ހުރި ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާ މީހާއަކަށް ނުލިބޭނޭ
ކަމަށާއި، އެއީ އެދެމާއްދޭގެ ނައް ޝޯގައިވެސް އޮތްގޮތްކަމަށާއި، އަދި އެދެމާއްދާގެ ރޫޙަކީވެސް އަދި މަފްހޫމަކީވެސް އެއީ
ކަމުގައި ބަލަންޖެހޭނެ ކަމަށާއި،
ނަމަވެސް މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާގައި، މ.ތަރިވިދާގެ ގަދަގޭ ތުއްތު
މަނިކު (ޖީ.ޓީ.މަނިކު) ގެ ވާރިސުންގެ ބިމުގެ ތަނަވަސްކަން ހުރި ނެތްގޮތެއް ބައްލަވާފައިވަނީ، މަރުޙޫމް ޖީ.ޓީ.މަނިކު
ނިޔާވީއިރު ވާރިސުންގެ ބިމުގެ ތަނަވަސްކަން ހުރި ގޮތުގެ މައްޗަށް ނޫންކަމާއި، މުޙައްމަދު ޝަހުދީގެ ފަރާތުން ތަރިކާގެ
މައްސަލަ ހަމަޖެއްސުމަށް މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާގައި ހުށަހެޅުމުން ވާރިސުންގެ ބިމުގެ
ތަނަވަސްކަން ހުރި ނެތްގޮތް ބެލިއިރު، އެމީހުންގެ ބިމުގެ ތަނަވަސްކަން ހުރި ގޮތުގެ މައްޗަށް ކަމަށާއި،
މިހެންވުމުން މ.ތަރިވިދާގެ ގަދަގޭ ތުއްތު މަނިކު (ޖީ.ޓީ.މަނިކު) 05 ޑިސެމްބަރ 2006 ގައި
ނިޔާވީއިރު އިން ހުވަފަތް އަނބި ފާޠިމަތު ޙަސަނުގެ ނަމުގައި، 05 ޑިސެމްބަރ 2006 ގައި 5000 އަކަފޫޓުގެ
ބަންޑާރަ ގޯއްޗެއް ގދ.ހޯއްޑެއްދޫގައި އޮތްކަން އެނގެން އޮވެފައި، އަދި އެގޯތި އެނާ ދަރިއަކަށް ހިބައިން ދީފައިވަނީ
މ.ތަރިވިދާގެ ގަދަގޭ ތުއްތު މަނިކު (ޖީ.ޓީ.މަނިކު) ނިޔާވި ފަހުންކަން އެނގެން އޮތްއިރުވެސް، ފާޠިމަތު ޙަސަނަށް
މ.ތަރިވިދާގެ ގޯތީގެ ބިމުން ލިބުނީކަމާއި،
ނަމަވެސް މަދަނީ ކޯޓުގެ ނަންބަރު:2007/MC/442 ޤަޟިއްޔާ ބެއްލެވުމުގައި، މ.ތަރިވިދާގެ ގަދަގޭ
ތުއްތު މަނިކު (ޖީ.ޓީ.މަނިކު) 05 ޑިސެމްބަރ 2006 ގައި ނިޔާވީއިރު ވާރިސުންގެ ބިމުގެ ތަނަވަސްކަން ހުރި
ނެތްގޮތް ބެއްލެވިނަމަ، މި ފާތިމަތު ޙަސަނަކީ ބިމުގެ ތަނަވަސްކަން އޭރު ހުރި މީހެއްކަން އެނގުނީސް ކަމަށާއި، އަދި
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2008/HC-A;288
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
4744
އޭގެ ސަބަބުން މ،.ތަރިވިދާގެ ގޯތީގެ ބިމުން ލިބުމުގެ ޝަރުޠު ފާޠިމަތު ޙަސަންގެ ކިބައިގައި ފުރިހަމަ ނުވީސްކަމަށް
މުޙައްމަދު ޝަހުދީގެ ވަކީލު ފާހަގަކޮށްފައިވާކަން އެނގެއެވެ.
(ނ) ޤާނޫނު ނަންބަރ: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއަށް
ބަލާއިރު، އެމާއްދާގައިވަނީ،
"(ހ) ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެގޯއްޗެއްގައިވާ ޢިމާރާތްތަކާ
ނުއުފުލޭ މުދާ، ތަރިކާގެ އުޞޫލުން ލިބޭ ބައެއްގެ މެދުގައި، އެގޯއްޗެއް ވަކި ގޯތިތަކަކަށް ބައިކޮށް ވަކިކޮށް ދެވޭނީ،
ތިރީގައި ބުނެފައިވާ ގޮތުގެ މަތީންނެވެ.
(1) ބައިކުރެވޭ އެއްވެސް ބައެއް 600 އަކަފޫޓަށްވުރެ ކުޑަވެގެން ނުވާނެއެވެ.
(2) ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކާގެ އުސޫލުން ލިބޭ މީހުންގެ މެދުގައި ގޯއްޗެއް
ބައިކުރެވޭއިރު އޭގެތެރެއިން، ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާ މީހަކަށް ޖެހޭބައި 600
އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ، ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެއެވެ.
(ނ) ބަނޑާރަ ގޯއްޗެއް ދޫކުރެވިފައި މީހަކު މަރުވެއްޖެނަމަ، އެގޯއްޗެއްގައިވާ ޢިމާރާތާއި
ނުއުފުލޭމުދާ، ތަރިކާގެ އުސޫލުން ލިބޭ ނަމުގައި، އެބަޔަކު އެދޭނަމަ، އެގޯއްޗެއް ރަޖިސްޓްރީކޮށް،
އެގޯއްޗެއްގައިވާ ޢިމާރާތް މި ޤާނޫނުގެ 31 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެއްމެދު ޢިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީ
ކޮށްދެވި ދާނެއެވެ." މިފައިން ކަމާއި،
އަދި މިޤާނޫނުގެ ދަށުން ހެދިފައިވާ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން
ލިބުމާބެހޭ ގަވައިދު" ގެ 05 ވަނަ މާއްދާގައިވަނީ، " ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެގެން، އެގޯތީގައިވާ
ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކާގެ އުސޫލުން ބައިކުރެވޭއިރު އޭގެ ތެރެއިން، ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން
ލިބިފައިވާ މީހަކަށް ޖެހޭބައި 600 އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް
ނުލިބޭނެއެވެ." މިފަދައިންކަން ފާހަގަކުރެވެއެވެ.
މިބަޔާން ކުރެވުނު ބިމާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާ އެޤާނޫނުގެ ދަށުން ހެދިފައިވާ "ނުއުފުލޭ
މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ގަވައިދު" ގެ 05 ވަނަ މާއްދާގެ ނައްޞަށް ބަލާއިރު،
ޤާނޫނު ނަންބަރ: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައި، ބަންޑާރަ ގޯއްޗެ
ގޯއްޗެއް
ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެގޯއްޗެއްގައިވާ ޢިމާރާތްތަކާ ނުއުފުލޭ މުދާ، ތަރިކާގެ އުޞޫލުން ލިބޭ
މެދުގައި، އެގޯއްޗެއް ވަކި ގޯތިތަކަކަށް ބައިކޮށް ވަކިކޮށް ދެވޭނީ، ތިރީގައި ބުނެފައިވާ ގޮތުގެ މަތީންކަމަށް ބުނެފައި،
އެގޮތުން ދެކަމެއް ބަޔާންކޮށްފައިވާކަމާއި، އެއީ،
ބަޔެއް
އދއއ
ބައެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
208/HC-A288
(1) ބައިކުރެވޭ އެއްވެސް ބައެއް 600 އަކަފޫޓަށްވުރެ ކުޑަވެގެން ނުވުމާއި،
(2) ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކާގެ އުސޫލުން ލިބޭ މީހުންގެ މެދުގައި ގޯއްޗެއް
ބައިކުރެވޭއިރު އޭގެތެރެއިން، ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ލިބިފައިވާ މީހަކަށް ޖެހޭބައި 600
އަކަފޫޓަށްވުރެ ކުޑަވެއްޖެނަމަ، ބައިކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނޭކަމަށް ބަޔާންކޮށްފައި
އޮންނަ
4, 825
Oxo
fl
10/
II
[
'ތަންވަޅު
މީގެ ތެރެއިން (2) ވަނަ ނަންބަރުގެ ޢިބާރާތުގައި، " ތަރިކާގެ އުސޫލުން ލިބޭ މީހުންގެ މެދުގައި
ގޯއްޗެއް ބައިކުރެވޭއިރު"
މިޢިބާރާތަށް ވިސްނަންޖެހޭކަވާއި، އެހެނީ އެޢިބާރާތުގައި އެވަނީ ބަންޑާރަ ގޯއްޗެއް
ދޚުކުރެވިފައިވާ މީހަކު ނިޔާވުމަށްފަހު، އެގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދައު ވާރިސުންގެ މެދުގައި ތަރިކާގެ
އުސޫލުން ހަމަޖައްސާއިރު، ވާރިސުންގެ ކިބައިގައި ބިމުގެ ތަނަވަސްކަން ހުރި ނެތްގޮތެއް ބަލަންޖެހޭ ވަގުތު
ބަޔާންކޮށްފައިކަމާއި، އެކަން ބަލަންޖެހޭ ވަގުތަކީ ވަރިކު ދޫކުރި މީހާ ދޫކުރި ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ
މުދާ ވާރިސުންގެ މެދުގައި ތަރިކާގެ އުސޫލުން ހަމަޖެއްސުމުގެ ކަންތައް ކުރިއަށް ގެންދާވަގުތުކަމާއި،
އެހެނީ ދިވެހިބަހުގެ ރަދީފުގައި "އިރު" މިލަފްޒުގެ މާނަކޮށްފައިވާ ގޮތަށް ބަލާއިރު، "ކަނޑައެޅިފައިވާ
ގަޑި" ، "ހިނގަމުންދާ މުއްދަތު"
"ޒަމާން
ދަނޑިވަޅު" ،
މޫސުން" މި މާނަތައް ހިމެނޭކަން ފާހަގަކުރެވެއެވެ.
އަދި ޤާނޫނު ނަންބަރ: 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ޢަމަލު ކުރަން
ފެރީންސުރެވެސް ޝަރުޢީ ކޯޓުތަކުން އެޤާނޫނުގެ 15 ވަނަ މާއްދާއާއި މެދު ޢަމަލު ކޮށްފައިވަނީވެސް އިސްވެ
ބަޔާންކުރެވުނު ގޮތުގެ މަތީންކަމާއި، މިގޮތުން މިހާ ނިޔާވީއިރު ވާރިސުންގެ ބިމުގެ ތަނަވަސްކަން ހުރި ނެތްގޮތުގެ
މައްޗަށް ބެލުމުގެ ބަދަލުގައި އަބަދުވެސް ބައްލަވާފައިވަނީ އެނިޔާވީ މީހެއްގެ ނަމުގައިވާ ބަންޑާރަ ގޯތީގައިވާ
ޢިމާރާތްތަކާއި ނުއުފުލޭ މުދާ، ތަރިކާގެ އުސޫލުން ވާރިސުންގެ މެދުގައި ހަމަ ޖެއްސުމުގެ ކަންތައް ކުރިއަށް
ގެންދަމުންދާވަގުތު، ވާރިސުންގެ ކިބާގައި މިބުގެ ތަނަވަސްކަން ހުރި ނެތްގޮތެއްގެ މައްޗަށްކަމާއި، އެގޮތަށް ޢަމަލު
ކުރެވި މިހާރު އެކަން އިސްތިޤްރާރު ވެފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، މ.ތަރިވިދާގެ ގަދަގޭ
ތުއްތު މަނިކު (ޖީ.ޓީ.މަނިކު) 05 ޑިސެމްބަރ 2006 ގައި ނިޔާވެފައިވާތީ، އޭނާގެ ތަރިކަ ވާރިސުންގެ މެދުގައި
ހަމަޖައްސައި ދެއްވުންއެދި އޭނާގެ ފިރިހެން ދަރި މުޙައްމަދު ޝަހުދީ މަދަނީކޯޓަށް ހުށަހެޅުމުން ބައްލަވާފައިވާ އެކޯޓުގެ
ނަންބަރު:2007/MC/442 ޤަޟިއްޔާގައި ހިގަމުން ދިޔައިރު، މ.ތަރިވިދާގެ ގަދަގޭ ތުއްތު މަނިކު (ޖީ.ޓީ.މަނިކު)
ނިޔާވީއިރު އިން ހުވަފަތް އަނބި ފާޠިމަތު ޙަސަންގެ ނަމުގައި ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް އޮތްތޯ
LOCXO
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2008;HC-A288
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ބެލިބެލުމުން، އެފަދަ ބިމެއް އޮތްކަން އެނގެން ނެތުމާއިއެކު، މި ފާޠިމަތު ޙަސަނަކީ މިތަރިކާގައި ހިމެނޭ މ.ތަރިވިދާގެ
ގޯތީގެ ބިމުން ލިބުމުގެ ޝަރުޠު ފުރިހަމަވާ މީހެއްކަމުގައި ކަނޑައެޅުއްވި ކަނޑައެޅުއްވުމަކީ، ޤާނޫނު ނަންބަރ:
1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާއާއި، އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ "ނުއުފުލޭ
މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާބެހޭ ގަވައިދު" ގެ 5 ވަނަ މާއްދާގެއާއި ފުށުއަރާ އަދި
އެދެމާއްދާގެ މަފްހޫމާއި ރޫޙާއި ޚިލާފް ނިންމެވުމެއްކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ،
މުޙައްމަދު ޝަހުދީގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގެ ޙުކުމަށް އެއްވެސް
ބަދަލެއް ގެނަން ޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނުއެވެ.
0
އެކެވެ
4x4
ވީމާ އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، މަދަނީ ކޯޓުގެ
ނަންބަރު:2007/MC/442 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތާއިމެދު ހިތްހަމަ ނުޖެހިގެން މ.ތަރިވިދާގެ/ މުޙައްމަދު
ޝަހުދީގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގެ ޙުކުމަށް އެއްވެސް ބަދަލެއް
ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުގެ މަޖިލީހަށް ނުފެންނަކަމަށް ކަނޑައަޅާ
އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
@74
އަބުދުލް ޣަނީ މުޙައްމަދު
އަޙްމަދު ޝަރީފް ޢަލީ
ޙަމީދު
އިސްފަނޑިޔާރު)
،ފަނޑިޔާރު)
(ފަނޑިޔާރު)
aufi
އަބްދު4 >
ޓައިޕްކުރީ: އައިޝަތު ޝިހާބު
ޒަރީނާ އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv