ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/67 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/67
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދެއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
#
ޤަޟިއްޔާ ނަންބަރު: 67/HC-A/2014
. އިސްތިއުނާފު ކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. އިސްމާޢީލް އަޙްމަދު
• އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: އަޖުވަދު ޢަލީ ޚާލިދު
ދާއިމީ އެޑްރެސް: ވެހި/ ގދ. ވާދޫ
* އައި.ޑީ.ކާޑު ނަންބަރު: A299510 މިހާރުގެ އެޑްރެސް: ވެހި/ ގދ. ވާދޫ
ވަކީލް: އދ. އަޙްމަދު ޒަރީނު އާދަމް، ގ. މާލެހިޔާ2 01-14 | މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11
ނިމުނު ތާރީޚް: 17 ޖުމާދަލްއޫލާ 1435
12 މާރޗް 2014
18 މާރޗް 2014
*
T
"1435
ޖެމުދަލާއެލާ
އިސްތިއުނާފް ކުރެވުނު އަމުރު ނަންބަރު: A
/
21
/
2014
/
Q10MC
ނިންމެވި ކޯޓު: ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓް
0
0
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުއްވި ތާރީޚް: 06 މާރޗް 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު: ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/67
ދަޢުވާގެ ޚުލާޞާ
މިއީ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
21
/
2014
/
Q10MC ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ގދ. ވާދޫ ވެހި އަޖުވަދު ޢަލީ ޚާލިދެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
21
/
2014
/
Q10MC ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
21
/
2014
/
Q10MC ކޯޓު އަމުރަށް ބަލާއިރު،
އެކޯޓު އަމުރަކީ، ގދ. ވާދޫ ވެހި އަޖުވަދު ޢަލީ ޚާލިދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުޑަކުއްޖާ
ކުޑަކުއްޖަކާއިމެދު
ފައިސާއަށް ޖިންސީ ޢަމަލުހިންގުމުގެ މައްސަލާގައި، ތަޙްޤީޤު ނުނިމެނީސް އަޖުވަދު ޢަލީ ޚާލިދު
ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ، 07 މާރޗް 2014
ވަނަ ދުވަހުގެ 12:50 އިން ފެށިގެން 22 މާރޗް 2014 ވަނަ ދުވަހުގެ 12:49 އަކަށް އަޖުވަދު ޢަލީ ޚާލިދު
ގޭގައި ބަންދުކުރުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮންނަކަމެވެ.
ރާއްޖޭގެ
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/67
3. ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
21
/
2014
/
Q10MC ކޯޓު އަމުރު ނެރެފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ
ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 02
(ދޭއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
4 3
ފުރަތަމަ ނުކުތާއަކީ،
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
21
/
2014
/
Q10MC ކޯޓު
އަމުރުން ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ޚުލާސާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ
ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
94
ދެވަނަ ނުކުތާއަކީ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
21
/
2014
/
Q10MC ކޯޓު
އަމުރުން ނިންމަވާފައިވާ ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ބުނެ ހުށަހެޅި ނުކުތާއެވެ.
ކލ މ ގތ
އއ20ށ
4. މިމައްސަލައާ ގުޅިގެން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
21
/
2014
/
Q10MC
ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ގދ. ވާދޫ ވެހި އަޖުވަދު ޢަލީ ޚާލިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން
ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2014/HC-A/67
ހ) ފުރަތަމަ ކަމަކީ، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
21
/
2014
/
Q10MC ކޯޓު
އަމުރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފުކޮށްފައި މިވަނީ، އަޖުވަދު ޢަލީ ޚާލިދު
ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ އަޖުވަދު ޢަލީ
ޚާލިދު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އެއަމުރުގައި ނިންމަވާފައިވާއިރު، މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނަ ޙާލަތުގައި ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބަހައްޓަންޖެހޭނީ
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ކަމަށާއި އެހެންކަމުން އިސްތިއުނާފު ކުރެވިފައިމިވާ
އަމުރުގައި އަޖުވަދު ޢަލީ ޚާލިދު ބަންދުކޮށްފައި ގޭގައި ބެހެއްޓުމަށް ނިންމަވާފައިވާ ބައި ބަދަލުކޮށް، އަޖުވަދު
ޢަލީ ޚާލިދު މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް އެދިކަން
އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދު"ގެ
,"ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/67
މިގޮތުން ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދިފައިވާ ގޮތުގެމަތިން، އަޖުވަދު ޢަލީ
ޚާލިދު 15
(ފަނަރަ) ދުވަހަށް ބަންދުގައި ބެހެއްޓުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން
އަމުރުކުރައްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުމުގެ ކުށުގެ
މައްސަލައިގެ "ތަޙްޤީޤް ނުނިމެނީސް މީނާ ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފެންނާތީ" ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރަށް
ޤަބޫލުކުރެއްވޭތީކަން އެނގޭކަމާއި، އެސަބަބަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ފަނޑިޔާރު ބަލަންޖެހޭ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ 5 (ފަހެއް) ސަބަބުގެ ތެރޭގައި ހިމެނޭ ސަބަބެއްކަމެވެ. .
ގޮތެއް ނިންމުމުގައި
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގައިވާ ގޮތުގެމަތިން
ބަންދުކުރެވޭ މީހުން ބަންދުގައި ބައިތިއްބަންޖެހޭ ތަން ކަނޑައެޅުމުގަ
ޢަމަލުކުރާނެ އުޞޫލުތަކެއް
ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާކަމާއި،
މިގޮތުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް
ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ކަނޑައެޅުމާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 260/HC
-
A/2012 ޤަޟިއްޔާއާއި ނަންބަރު 355/HC-A/2013
ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު
ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް
ދިވެހިރާއްޖޭގެ
+
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
= 25
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/67
uc Ox
ކޮންތާކު
ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތްތަކުގައި އެމީހަކު ބަންދުގައި ބަހައްޓަންޖެހޭނީ
އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނުފޯރުވޭނޭފަދަ ތަނެއްގައިކަމާއި، އަދި މިގޮތުގެމަތިން
ބަންދުކުރެވޭ މީހެއްގެ
ދެވޭ މީހެއްގެ ކިބައިން މުޖުތަމަޢަށް އޮތް ނުރައްކަލެއް ނެތިކޮށްލެވޭނީ އެމީހަކު
ބަންދުކޮށްގެންކަން ކަނޑައަޅަން އެންމެ ރަނގަޅަށް އެނގޭނެ އެއްބަޔަކަށްވާނީ މޯލްޑިވްސް ޕޮލިސް ސަރވިސް
އެމިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާ މިނިސްޓްރީ އޮފް ހޯމް އެފެއާރޒަށް ކަމާއި،
އެހެންކަމުން، އިސްވެދެންނެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ
އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
371/HC-A/2013 ޤަޟިއްޔާއާއި 374/HC-A/2013 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން،
ކުށުގެ ތުހުމަތުގައިވާ މީހެއް ބަންދުގައި ބަހައްޓަންޖެހޭ ސަބަބަކީ އެމީހަކު ދޫކޮށްލައިފިނަމަ އެމީހެއްގެ ފަރާތުން
މަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނުން
ފެނުންކަމަށްވާނަމަ، އެމީހަކު
ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމައަށް ނުރައްކާތެރިކަމެއް ނުފޯރުވޭނޭފަދަ
ތަނެއްގައިކަމާއި، އަދި އެމީހަކު ބަންދުގައި ބަހައްޓާ ތަނަކީ އެމީހަކު ދިރިއުޅޭ ގެ ކަމަށްވުމަކީ އެމީހެއްގެ
ފަރާތުން މުޖުތަމަޢަށް ފޯރާފާނެ ނުރައްކާތެރިކަމެއް ނެތިކޮށްނުލެވޭނޭ ކަމެއްކަމަށް، މޯލްޑިވްސް ޕޮލިސް
ސަރވިސް އަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި އެމީހަކު ގޭގައި ބަންދުކޮށްފައި ބަހައްޓަން މަޖުބޫރުވާ ގޮތަށް
ކޯޓުތަކުން އަމުރު ނެރެގެން ނުވާނެކަމާއި، ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ
ސަލާމަތަށް ނުރައްކާވެދާ،
ވެދާނެކަމަށް ފަނޑިޔާރަށް ފެންނަ ޙާލަތުގައި ތުހުމަތުކުރެވޭ ފަރާތް ބަންދުގައި ބަހައްޓާނެ
ތަނެއް ކަނޑައެޅުމުގެ އިޚްތިޔާރު ލިބިދޭންވާނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒަށްކަމެވެ.
9
3 އއ29
رفع می برد
ސަލާމެeށް
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު A
/
21
/
2014
/
Q10MC ކޯޓު އަމުރުގައި، ގދ. ވާދޫ ވެހި އަޖުވަދު ޢަލީ ޚާލިދު، 2014 މާރޗް
07 ވަނަ ދުވަހުގެ 12:50 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކޮށްފައި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3 326
2014/HC-A/7
ބެހެއްޓުމަށް ކުރައްވާފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވިފައިވެއެވެ.
ދެންމެއެވެ
ދޫ
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ޔާންކުރެވުނު ގޮތަށް
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު A
/
21
/
2014
/
Q10MC ކޯޓު އަމުރުގައި،
ގދ. ވާދޫ ވެހި އަޖުވަދު ޢަލީ ޚާލިދު، ބަންދުގައި ބަހައްޓަންޖެހޭނީ ގޭގައި ކަމަށް ނިންމަވާފައިވާ ނިންމެވުން
ބާޠިލުކޮށް، އެއަމުރުގައި ބަޔާންކޮށްފައިވާ މުއްދަތުގައި، ގދ. ވާދޫ ވެހި އަޖުވަދު ޢަލީ ޚާލިދު،
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A299510) މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށް، އެގޮތުގެމަތިން ޙުކުމްކޮށް ފީމެވެ.
ވާJ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv