ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/18 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2014/HC-A/18
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 18/HC
-
A/2014
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަލީ އަމްނު މުޙައްމަދު
ކާޑު ނަންބަރު: 12
A0407
އައިޑީ
* ދާއިމީ އެޑްރެސް: ކޮކާހަނދުވަރުގެ ކ. މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އަލްއުސްތާޛާ އާއިޝަތު ރީޝާ
ދާއިމީ އެޑްރެސް:
0
ނިމުނު ތާރީޚް: 9 ޛުލްޤަޢިދާ 1435
ރަޖިސްޓްރީކުރެވުނު ތާރީޚް: 21 ރަބީއުލްއައްވަލް 1435
22 ޖެނުއަރީ 2014
ސެޕްޓެމްބަރު 2014
2
8 ހ 3
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/DC/75
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުން
ނިންމެވި ކޯޓް: ޑްރަގް ކޯޓު
* ހުށަހެޅުން ތާރީޚް: 4 ޖޫން 2012
ނިމުނު ތާރީޚް: 22 އޯގަސްޓް 2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/18
2 ޤަޟިއްޔާ ނިމުނު "
کمر مترمربع
ދަޢުވާގެ ޚުލާޞާ
މިއީ، ޑްރަގް ކޯޓުގެ ނަންބަރު 2012/DC/75 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ޢަލީ
އަމްނު މުޙައްމަދު، ކޮކާހަނދުވަރުގެ މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު
A040712) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
15/C/2012
0
2 ހއ
ޤަޟިއްޔާއަށް
ދ
| 0
2
0 2ތ
އިންޝާﷲ، ޤަ.4
1. އިސްތިއުނާފުކުރެވިފައިމިވާ ޑްރަގް ކޯޓުގެ ނަންބަރު
ޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، 03 އޮކްޓޯބަރ 2008 ދުވަހުގެ 01:20 އެހައިކަންހާއިރު،
ގޭގައި ހިނގި ޒުވާބަކާއި ގުޅިގެން، މ. ކޮކާހަނދުވަރުގެ މާލެ، ޢަލީ އަމްނު މުޙައްމަދު،
މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޟިރުކުރެވިފައިވަނިކޮށް، އޭނާގެ ބަސްމަގާއި ޢަމަލުތައް ހުރިގޮތުން،
އޭނާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ޝައްކުކުރެވިގެން އޭނާގެ ހަށިގަޑު ބަލާ ފާސްކުރިއިރު،
އޭނާގެ ވާއަތު މުށުތެރެއިން ފެނުނު 05 ރަބަރު ޕެކެޓުގައި 2.0977 ގްރާމް އޯޕީއޭޓްސް ހުރިކަމަށް
އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، އޭނާގެ ކުޑަކަމުދާތަކެތި ބެންޒޯޑައިޒީޕައިންއާއި، ކެންބިސްއާއި،
އޯޕީއޭޓްސް އަށް ޕޮޒިޓިވްވެފައިވާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވަތަކެއްޗާބެހޭ ޤާނޫނު) ގެ 4
ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި ޙަވާލާދީ، އެ ޤާނޫނުގެ 04 ވަނަ
މާއްދާގެ (ބ) ގެ ދަށުން، ޢަލީ އަމްނު މުޙައްމަދުގެ މައްޗަށް، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ހުއްދަނެތި
ޕްރިސްކްރިޕްޝަނެއް ނެތި، ބޭހުގެ ގޮތުގައި
މަސްތުވާއެއްޗެއް
ކުށުގެ
2& 2 2 2c
ނނކޯޗެވެ
2222 23 2c
32/ve
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
ޤަޟިއްޔާ
2014/HC-A/18
کرم محترمب
ﷲ22
ދަޢުވާ,
ނިމުނު ގޮ
ދަޢުވާއާއި، އެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަލީ އަމްނު މުޙައްމަދުގެ މައްޗަށް
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރުމުން، ޑްރަގް ކޯޓުން ބައްލަވާ ނިންމަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގެ ޙުކުމުގައިވަނީ، "ޑްރަގް ކޯޓުގެ ނަންބަރު 2012/DC/75
ޤަޟިއްޔާގައި ޢަލީ އަމްނު މުޙައްމަދުގެ މައްޗަށް ކުރެވިފައިވާ ނަންބަރު 2012
/
17/D1
/
RO-435
ރީހެބިލިޓޭޝަން އަމުރުގައި ބަޔާންކުރެވިފައިވާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަ ކުރުމުގެ ތެރޭގައި ޢަލީ
އަމްނު މުޙައްމަދު ފަރުވާގެ ޤަވާއިދާ ޚިލާފުވެ ފަރުވާއަށް އެއްބާރުލުން ނުދީ ކުޑަކަމުދާތަކެތި ދިނުމަށް
މަކަރުހަދާ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާތީ، ފަރުވާގެ ޕްރޮގްރާމުން ޢަލީ އަމްނު މުޙައްމަދު
ވަކިކުރުމަށް ކޮމިއުނިޓީ ސަރވިސް ސެންޓަރުގެ މުރާޖިޢާ ކޮމެޓީން ނިންމައި އެކަމުގެ ހުއްދައަށް އެދި
ނޭޝަނަލް ޑްރަގް އެޖެންސީގެ ހުށަހެޅި ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އެދޭ ފޯމް (18 ޖުލައި 2013)
ޑްރަގް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ބެލިއިރު، 23 މެއި 2013 ދުވަހު ފަރުވާދޭ މަރުކަޒުން ޢަލީ
އަމްނު މުޙައްމަދު ގާތުގައި ކުޑަކަމުދާތަކެތި ދިނުމަށް އެދުމުން، ކުޑަކަމުދާތަކެތި ދިނުމުގެ ކުރިން
އެތަކެތި ތަޙުލީލުކުރާ ކަޕަށް ފެންއެޅިކަމަށާއި، ކޮމިއުނިޓީ ރީހެބިލިޓޭޝަން މަސްދުވަހުގެ ފަރުވާގެ
ޕްރޮގްރާމް ފެށިފަހުން މަސްތުވާތަކެތި ބޭނުންކުރިކަމަށް ޢަލީ އަމްނު މުޙައްމަދު ޑްރަގް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާތީ، މިކަމަކީ ރީހެބިލިޓޭޝަން އަމުރުގެ 01 ވަނަ ނަންބަރާއި 02 ވަނަ
ނަންބަރުގައިވާ ޝަރުތުތަކާއި ޚިލާފަށް ޢަލީ އަމްނު މުޙައްމަދު ކޮށްފައިވާ ކަމަކަށްވާތީ، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 80 (ހ) ގެ 1 ވަނަ ނަންބަރާ ހަވާލާދީ އެ ޤާނޫނުގެ
82 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަލީ އަމްނު މުޙައްމަދު ފަރުވާގެ ޕްރޮގްރާމުން
މުން ވަކިކޮށް، ޑްރަގް
ކޯޓުގެ ނަންބަރު 2012/DC/75 ޤަޟިއްޔާގައި މީނާގެ މައްޗަށް ކޮށްފައިވާ ފުރަތަމަ ޙުކުމް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 16471(3*
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
| ،
4
4 43
2014/HC-A/18
ޤަޟިއްޔާ ނިމުނު 1
ތ0
x27
PM
(2ވ
ތަންފީޛުކުރަން ފެށުމަށް އެ ޤާނޫނުގެ 82 ވަނަ މާއްދާގެ (ށ) ގެ ދަށުން
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2. ޑްރަގް ކޯޓުގެ ނަންބަރު 2012/DC/75 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޢަލީ އަމްނު މުޙައްމަދުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން،
ކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ޢަލީ އަމްނު މުޙައްމަދުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަކީ:
ފަރާތް
• ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕްރޮގްރާމުން އިސްތިއުނާފުކުރާ
ވަކިކޮށްފައިވަނީ ނޭޝަނަލް ޑްރަގް އޭޖެންސީއިން ޢަމަލްކުރާ ޤަވާއިދުގެ 04 ވަނަ މާއްދާއާއި
ޚިލާފަށްކަމުގައިވާއިރު އެކަމަށް ރިއާޔަތް ނުކުރައްވާ ޑްރަގް ކޯޓުން މައްސަލަ ނިންމަވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ޑްރަގް ކޯޓުގެ ނަންބަރު 2012/DC/75 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޢަލީ އަމްނު މުޙައްމަދުގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ
ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/18
و مری
LUCO
5 ޤަޟިއްޔާ ނިމުނު ގޮ
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިވާ ޑްރަގް ކޯޓުގެ ނަންބަރު
2012/DC/75 ޤަޟިއްޔާގައި އެކޯޓުން އެންމެ ފުރަތަމަ ޙުކުމް ކުރައްވާފައިވަނީ 21 އޮކްޓޫބަރު
2012 ގައިކަމާއި، އެޤަޟިއްޔާގެ ތެރޭގައި ޢަލީ އަމްނު މުޙައްމަދުގެ މައްޗަށް ނެރުއްވާފައިވާ ޑްރަގް
ކޯޓުގެ ނަންބަރު 2012
/
17/D1
/
RO-435 ރީހެބިލިޓޭޝަން އަމުރު ނިމުމަކަށް އަންނަންދެން ނުވަތަ
ޑްރަގް ކޯޓުން އެހެން ގޮތަކަށް ކަނޑައަޅުއްވަންދެން، އިސްވެމިދެންނެވުނު ޙުކުމް (މައްސަލާގެ ފުރަތަމަ
ޙުކުމް ތަންފީޛުނުކޮށް ހިފެހެއްޓުމަށް، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
66 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެޙުކުމުގައި އަމުރުކުރައްވާފައިވާކަމާއި،
ޑްރަގް ކޯޓުގެ ނަންބަރު 2012/DC/75 ޤަޟިއްޔާގައި އެކޯޓުން ބައްލަވާފައިވާ
މައްސަލަ އެކޯޓުގައި ދެވަނަ ފަހަރަށް ބެލި ޙުކުމްކުރެވިފައިވަނީ 22 އޯގަސްޓް 2013 ގައިކަމާއި،
މިދެންނެވުނު މައްސަލަ (ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ) އަށް
ބަލާއިރު، ޑްރަގް ކޯޓުގެ ނަންބަރު 2012/DC/75 ޤަޟިއްޔާގައި ހިމެނޭ އެމައްސަލަ ދެވަނަ ފަހަރަށް
އެކޯޓުން ބައްލަވާފައިވަނީ
އެމައްސަލަ ބެއްލެވުމަށްފަހު އެކޯޓުގެ ނަންބަރު
ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމުގެ އަމުރު ނެރުއްވާފައިވަނީ) އެމައްސަލާގައި
އެކޯޓުން ނެރުއްވާފައިވާ، އިސްވެދެންނެވިފައިވާ ރީހެބިލިޓޭޝަން އަމުރާ ގުޅިގެން، ކ. ހިންމަފުށީގައި
ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ
ފަރުވާ ނިމުމާ ގުޅިގެން ފަރުވާދޭ މަރުކަޒު ބަދަލުކުރުމުގެ ނަންބަރު 2013
/
003/D1
/
CC-435
އަމުރުގެ ދަށުން ޢަލީ އަމްނު މުޙައްމަދު ނޭޝަނަލް ޑްރަގް އެޖެންސީގެ ކޮމިއުނިޓީ ސަރވިސް
ސެންޓަރަށް ފަރުވާ ފުރިހަމަކުރުމަށް ބަދަލުކުރެވިފައިވަނިކޮށް އެޕްރޮގްރާމް ފުރިހަމަކުރުމުގެ ތެރޭގައި، 18
ޖުލައި 2013 ގައި ޢަލީ އަމްނު މުޙައްމަދުގެ ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އެދި ނޭޝަނަލް ޑްރަގް
އޭޖެންސީ ފަރާތުން ޑްރަގް ކޯޓަށް ހުށަހެޅުމާ ގުޅިގެންކަން އެނގެން އޮންނަކަމެވެ.
435-D1/T0/2013/08
10 28
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
6 ޤަޟިއްޔާ ނިމުނު 1
2014/HC-A/18
و مری
ދެލީ
-
(ނ) ދެވަނަ ކަމަކީ، ޑްރަގް ކޯޓުގެ ނަންބަރު 2012
/
17/D1
/
RO-435
ރިހެބިލިޓޭޝަން އަމުރާ ގުޅިގެން، ހިންމަފުށީގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ހިންގާ
ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ފަރުވާ ނިމުމާ ގުޅިގެން ފަރުވާދޭ މަރުކަޒު
ބަދަލުކުރުމުގެ ނަންބަރު 2013
/
003/D1
/
CC-435 އަމުރުގެ ދަށުން ޢަލީ އަމްނު މުޙައްމަދު
ނޭޝަނަލް ޑްރަގް އެޖެންސީގެ ކޮމިއުނިޓީ ސަރވިސް ސެންޓަރަށް ފަރުވާ ފުރިހަމަކުރުމަށް
ބަދަލުކުރެވިފައިވަނިކޮށް އެޕްރޮގްރާމް ފުރިހަމަކުރުމުގެ ތެރޭގައި، 18 ޖުލައި 2013 ގައި ޢަލީ އަމްނު
މުޙައްމަދުގެ ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް އެދި ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން ޑްރަގް
ކޯޓަށް ހުށަހަޅާފައިވަނީ، ފަރުވާގެ ޤަވާޢިދާ ޚިލާފުވެ ފަރުވާއަށް އެއްބާރުލުން ނުދީ ކުޑަކަމުދާތަކެތި
ދިނުމަށް މަކަރުހަދާ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާތީ ކޮމިއުނިޓީ ސަރވިސް ސެންޓަރުގެ މުރާޖަޢާ
ކޮމިޓީން އޭނާ ފަރުވާއިން ވަކިކުރުމަށް ނިންމާފައިވާތީކަން، 18 ޖުލައި 2013 ގެ ތާރީޚުގައި
އެސެންޓަރުން ތައްޔާރުކޮށްފައިވާ، ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށްއެދި ނޭޝަނަލް ޑްރަގް އޭޖެންސީން
ހުށަހަޅާ ފޯމަށް ބެލުމުން އެނގެންއޮތްއިރު، ޢަލީ އަމްނު މުޙައްމަދު ފަރުވާގެ ޤަވާޢިދާ ޚިލާފުވެ ފަރުވާއަށް
އެބާރުލުން ނުދީ ކުޑަކަމުދާތަކެތި ދިނުމަށް މަކަރުހަދާ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމަށް
އެސެންޓަރުން ބަލާފައިވަނީ، ޢަލީ އަމްނު މުޙައްމަދުގެ ކިބައިން، 23 މެއި 2013 ގައި،
ކުޑަކަމުދާތަކެތި ދިނުމަށް އެދުމުން، ޔޫރިން ކަޕަށް ފެންއަޅައި، އެކަން ސިއްރުކޮށްދިނުމަށް އެދި،
ކުޑަކަމުދާތަކެތި ނެގުމަށްހުރި މީހާ (ޢަބްދުއްރަޙީމް) އަށް -/100 (ސަތޭކަ) ރުފިޔާ ދޭން މަސައްކަތް
ކޮށްފައިވާތީކަން ކޮމިއުނިޓީ ސަރވިސް ސެންޓަރުގެ މަރާޖަޢާ ކޮމިޓީގެ ނަންބަރު 20131453 ފޯމަށް
ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ނޭޝަނަލް ޑްރަގް އޭޖެންސީން ހިންގާ ރީހެބިލިޓޭޝަން
ޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮމިއުނިޓީ ރީހެބިލިޓޭޝަން ފަރުވާއަށް ބަދަލުކުރެވޭ މީހުން
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވާ
ޝަރުނު ހ2 ބި"
2014/HC-A/18
کی عمری
ދެވެ
ހ 22 ދ ތ 2x
2
را ترسیم کر گر کر
2 22 220
7 ޤަޟިއްޔާ ނިމުނު "
ގޮތުގެ ޤަވާޢިދެއް (ކޮމިއުނިޓީ ރީހެބިލިޓޭޝަން ފަރުވާގައި ތިބޭ މީހުން
ޢަމަލުކުރަންޖެހޭގޮތުގެ ޤަވާޢިދު) ނޭޝަނަލް ޑްރަގް އޭޖެންސީގެ ފަރާތުން އެކުލަވާލައިފައިވާކަމާއި، އަދި
އެޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުތައް ބެހެއްޓުމަށް ޢަލީ އަމްނު މުޙައްމަދު އެއްބަސްވެ، 3 މާޗް
2013 ގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަމާއި، ނަމަވެސް ނޭޝަނަލް ޑްރަގް އޭޖެންސީން
ހިންގާ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކަކީ ކޯޓު އަމުރެއްގެ ދަށުން އެޕްރޮގްރާމްގައި ބައިވެރިވާ މީހުންގެ
އިތުރުން އަމިއްލައަށް އެދިގެންވެސް ބައިވެރިވެވޭ ޕްރޮގްރާމެއްކަން އެނގެން އޮންނައިރު، އަދި
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރީހެބިލިޓޭޝަނަށް ފޮނުވާ މީހުންނަކީ އެޤާނޫނުގައި ކަނޑައެޅި
ބަޔާންވެފައިވާ ވަކި ޚާއްޞަ ސިފަތަކެއް އެކުލެވިގެން ޑްރަގް ކޯޓުން ނެރޭ ރީހެބިލިޓޭޝަން އަމުރެއްގެ
ދަށުން ފަރުވާ ހޯދާ މީހުންނަށް ވުމާއެކު، އަދި އެފަދަ އަމުރުތަކާ ޚިލާފުވާ މީހުންނާމެދު އަމަލުކުރެ
ގޮތްތަކެއް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވުމާއެކު، އެފަދަ މީހުންގެ މައްޗަށް ތަޠުބީޤުކޮށް
ތަންފީޒުކުރުމުގައި އިސްކަންދޭންޖެހޭނީ އެމީހެއްގެ މައްޗަށް ޑްރަގް ކޯޓުން ނެރެފައިވާ ރީހެބިލިޓީޝަން
އަދި، ރިހެބިލިޓޭޝަން އަމުރުގައި ބަޔާންކޮށްފައިވާ ކަންކަން،
ބަޔާންކޮށްފައިވާގޮތަށް ނުކުރުމަކީ، ރީހެބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާ ހޯދަމުންދާ މީހެއްގެ ފަރުވާގެ
ޕްރޮގްރާމް ހުއްޓާލުމަށް ޑްރަގް ކޯޓަށް އެންގިދާނެ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމަށް
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބަޔާންކޮށްފައިވާކަމާއި،
އެހެންކަމުން، ކޯޓު އަމުރެއްގެ ދަށުން ފަރުވާ ފުރިހަމަ ކުރަމުންދިޔަ ޢަލީ އަމްނު މުޙައްމަދުގެ މައްޗަށް
ޑްރަގް ކޯޓުން ނެރުއްވާފައިވާ،
އެކޯޓުގެ ނަންބަރު 2012
/
17/D1
/
RO-435 ރީހެބިލިޓޭޝަން
އަމުރުގައި އޭނާގެ މައްޗަށް އެކޯޓުން ކުރައްވާފައިވާ ޝަރުތަކާ އޭނާ ޚިލާފުވެފައިވާކަން ޑްރަގް ކޯޓަށް
ސާބިތުވާނަމަ، އިސްވެދެންނެވިފައިވާ، ކޮމިއުނިޓީ ރީހެބިލިޓޭޝަން ފަރުވާގައި ތިބޭ މީހުން
ޢަމަލުކުރަންޖެހޭގޮތުގެ ޤަވާޢިދުގައި ކޮންމެގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އެކަމެއްގެ މައްޗަށް ބިނާކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
y
4 *3
2014/HC-A/18
8 ޤަޟިއްޔާ ނިމުނު 1
کی عمری
ހެ3
ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް ޢަލީ އަމްނު މުޙައްމަދަށް އެންގުމުގެ
ޤާނޫނީ ބާރު ޑްރަގް ކޯޓަށް
ލިބިގެންވާކަމެވެ.
2 0 0 7 ,
04 0 2
(ރ) ހަތަރުވަނަ ކަމަކީ، ޢަލީ އަމްނު މުޙައްމަދުގެ
މައްޗަށް ޑްރަގް ކޯޓުން
ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު 2012
/
17/D1
/
RO-435 ރީހެބިލިޓޭޝަން އަމުރަށް ބަލާއިރު،
ރީހެބިލިޓޭޝަން އަމުރުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށާއި، ޑްރަގް ކޯޓާއި ފަރުވާދޭ
މަރުކަޒުންކުރާ އަމުރުތަކަށް ކިޔަމަންވަމުންދިޔުމަށް އެއަމުރުގައި ޢަލީ އަމްނު މުޙައްމަދުގެ މައްޗަށް
ޝަރުތުކުރައްވާފައިވާކަން އެންގެން އޮތްއިރު، ޢަލީ އަމްނު މުޙައްމަދު ފުރިހަމަކުރަމުން ގެންދިޔަ ފަރުވާގެ
ޕްރޮގްރާމް ހުއްޓާލުމަށްއެދި ނޭޝަނަލް ޑްރަގް އޭޖެންސީން ޑްރަގް ކޯޓަށް ހުށަހަޅާ ފޯމަށާއި އެފޯމާއެކު
ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން 21 އޯގަސްޓް
2013 ގައި، ޑްރަގް ކޯޓަށް ޢަލީ އަމްނު މުޙައްމަދު ދީފައިވާ ބަޔާނަށާއި، މިމައްސަލައާ ގުޅިގެން ޑްރަގް
ކޯޓުން ނަންގަވާފައިވާ އެހެނިހެން ބަޔާންތަކަށް ބަލާއިރު،
ޢަލީ އަމްނު މުޙައްމަދު ފުރިހަމަ ކުރަމުން ގެންދިޔަ ފަރުވާގެ ޕްރޮގްރާމްގެ މުއްދަތުގެ
ތެރޭގައި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް (ބެންޖޯޑައިޒަޕައިންއަށާއި އޯޑިއޭޓްސްއަށް)
ޕޮޒިޓިވްވެފައިވާކަން އެންގެން އޮތްއިރު، އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވަނީ
ޓެސްޓުކުރި ދުވަސްވަރު އޭނާ ބޭނުންކުރަމުންދާތިކަމަށް ޢަލީ އަމްނު މުޙައްމަދު
ބުނިކަމުގައިވީނަމަވެސް، އޭނާ ބޭނުންކުރިކަމަށް ބުނާ ބޭސްތައް
ސަބަބުން
ބެންޒޯޑައިޒަޕައިންއަށް އެކަނި ޕޮޒިޓިވްވެދާނެކަމަށާއި، އޯޕިރޭޓްސްއަށް ޕޮޒިޓިވް ނުވާނޭކަމަށް ނޭޝަނަލް
ޑްރަގް އޭޖެންސީގެ ކަމާބެހޭ ޑޮކްޓަރު ބުނެފައިވާކަމާއި، އަދި ޢަލީ އަމްނު މުޙައްމަދު ރީހެބިލިޓޭޝަން
ސެންޓަރުގައި ހޭދަކޮށްފައިވާ މުއްދަތަށާއި، އޭމުއްދަތުގެ ތެރޭގައި އެކިފަހަރުމަތިން އޭނާގެ ކުޑަކަމުދާތަކެތި
ޓެސްޓުކުރުމަށްޓަކައި އެސެންޓަރުގެ ގަވާއިދުގައިވާ ގޮތުގެމަތިން އޭނާ ދީފައިވާނެ މިންވަރަށާއި،
މައްސަލާގެ ވަށައިގެންވާ މިފަދަ އެހެންކަންތައްތަކަށް ޖުމްލަ ގޮތެއްގައި ބަލާއިރު، ފަރުވާގެ މުއްދަތުގައި
044
32
4 23 24
Ve/2ل
ދިވެހިރާއްaގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު
2014/HC-A/18
گمرکی
ދެވެ
ޓެސްޓުކުރުމަށްޓަކައި ނެގޭ ކުޑަކަމުދާތަކެތި ނެގުމުގައި ޢަމަލުކުރަންޖެހޭނެ ގޮތް ޢަލީ އަމްނު މުޙައްމަދަށް
ރަނގަޅަށް ސާފުކޮށް އެނގޭނެކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށްވެސް ޤަބޫލުކުރެވޭއިރު، ޢަލީ އަމްނު މުޙައްމަދުގެ ކިބައިން، 23 މެއި 2013 ގައި،
ކުޑަކަމުދާތަކެތި ދިނުމަށް އެދުމުން، ޔޫރިން ކަޕަށް ފެންއަޅައި، އެކަން ސިއްރުކޮށްދިނުމަށް އެދި،
ކުޑަކަމުދާތަކެތި ނެގުމަށްހުރި މީހާ (ޢަބްދުއްރަޙީމް) އަށް -;100 (ސަތޭކަ) ރުފިޔާ ދޭން މަސައްކަތް
ކޮށްފައިވާކަން އެނގެން އޮތުމުން، ޢަލީ އަމްނު މުޙައްމަދުގެ މައްޗަށް ޑްރަގް ކޯޓުން ނެރުއްވާފައިވާ،
އިސްވެދެންނެވިފައިވާ އެކޯޓުގެ ނަންބަރު 2012
/
17/D1
/
RO-435 ރީހެބިލިޓޭޝަން އަމުރުގައި އޭނާގެ
މައްޗަށް ކުރައްވާފައިވާ ޝަރުތުތަކުގެ ތެރެއިން، ރީހެބިލިޓޭޝަން އަމުރުގެ މުއްދަތުގައި އިތުރު ކުށެއް
ނުކުރުމަށާއި، ޑްރަގް ކޯޓާއި ފަރުވާދޭ މަރުކަޒުންކުރާ އަމުރުތަކަށް ކިޔަމަންވަމުންދިޔުމަށް އެކޯޓުން
ކުރައްވާފައިވާ ޝަރުތުތަކާ އޭނާ ޚިލާފުވެފައިވާކަން އެނގޭކަމާއި،
އެހެންކަމުން މިޙާލަތުގައި، ކޮމިއުނިޓީ ރީހެބިލިޓޭޝަން ފަރުވާގައި ތިބޭ މީހުން
ޢަމަލުކުރަންޖެހޭގޮތުގެ ޤަވާޢިދު މައްޗަށް ތަޠުބީޤުކޮށް ތަންފީޒުކުރެއްވުމުގެ ބަދަލުގައި،
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 81 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަލީ އަމްނު މުޙައްމަދު ފަރުވާގެ
ޕްރޮގްރާމުން ވަކިކުރައްވައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ޑްރަގް ކޯޓުގެ ނަންބަރު 2012/DC/75
ޤަޟިއްޔާގައި ކުރައްވާފައިވާ ފުރަތަމަ ޙުކުމް ތަންފީޛުކުރަން ފެށުމަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 82
ވަނަ މާއްދާގެ (ށ) ގެ ދަށުން ޑްރަގް ކޯޓުން އަމުރުކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ
2 2 2c
ޚިލާފަށްކަމަށް ބެލެވެންނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ޑްރަގް ކޯޓުގެ ނަންބަރު
2012/DC/75 ޤަޟިއްޔާގައި ހިމެނޭ މައްސަލަ އިސްތިއުނާފުކުރުމަށް ޢަލީ އަމްނު މުޙައްމަދުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެމައްސަލާގައި އެކޯޓުން ކުރައްވާފައިވާ
ރާއްޖޭގެ ޚާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/18
10 ޤަޟިއްޔާ ނިމުނު "
کی عمری
ދެވެ
ބަދަލު ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
.
ޢަލީ އަމްނު
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ޑްރަގް ކޯޓުގެ ނަންބަރު 2012/DC/75 ޤަޟިއްޔާގައި ހިމެނޭ
މައްސަލަ އިސްތިއުނާފުކުރުމަށް،
ކޮކާހަނދުވަރުގެ(މާލެ،
މުޙައްމަދު،
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A040712) ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ
މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ބަދަލެއް ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv