ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/172 ޤަޟިއްޔާގެ ޙުކުމް
1
2{11/HC-A/112
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
WWWR
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 172/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: 217
/
2003-C
ދާއިމީ އެޑްރެސް: މއ.ބްލޫފްލާވަރ
މިހާރުގެ އެޑްރެސް: މއ.ބްލޫފްލާވަރ
*
:
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޑޭވިޑް ފްރާންސިސް ކީޑީ
* ޕާސްޕޯޓް ނަންބަރު: 800322783
* ދާއިމީ އެޑްރެސް: ސްޓެމާސް ރޮކް، ސޮއުންޑާސްފުޓް، ޔޫ.ކޭ
މިހާރުގެ އެޑްރެސް: ސްޓެމާސް ރޮކް، ސޮއުންޑާސްފުޓް، ޔޫ.ކޭ
i
ރަޖިސްޓްރީ ތާރީޚް: 13 ޝަޢުބާން 1432
14 ޖުލައި 2011
ނިމުނު ތާރީޚް: 27 ޖުމާދަލްއޫލާ 1434
08 އޭޕްރިލް 2013
OLC
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
1112
/
Cv
-
C/2131)
• ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• ހުށަހެޅި ތާރީޚް: 09.09.2010
* ނިމުނު ތާރީޚް: 18.05.2011
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުއްރައޫއިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2{11/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލްކޯޓުގެ ނަންބަރު 2010/MC
/
2010
)
1112
/
Cv
-
C/2131) ޤަޟިއްޔާ،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޑޭވިޑް ފްރާންސިސް ސީޑީ | ސްޓެމާސް ރޮކް،
ސޮއުންޑާސްފުޓް، ޔޫ.ކޭ އެވެ.
ޤަޟިއްޔާއެކެވެ.
22 22 22
1112/Cv-C/2010
l) އިސްތިއުނާފުކުރެވޭ ސިވިލްކޯޓުގެ ނަންބަރު
ޤަޟިއްޔާގައި،
އެގްރީމަންޓް ނިންމާނެކަމަށްބުނެ އިސާވާ ޕްރިންސަސް ބޯޓުގެ މަސައްކަތްކުރުމަށް ގެންދިޔަ ލޯލައިން ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ މީހުންގެ ލޭބަރ ޗާޖަށްވާ ފައިސާ ނުދީ މަސައްކަތްކުރުވާފައިވާތީ، ލިބުނު ގެއްލުމުގެ ބަދަލުގެ
ގޮތުގައި 49,950.00 $US (ސާޅީސް ނުވަހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ހޯދުމަށް ލޯލައިން
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޑޭވިޑް ސީޑީ (އިނގިރޭސިވިލާތުގެ ޕާސްޕޯޓް ނަންބަރު:
800322783) މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "... ދެންފަހެ، ލޯލައިން ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ޑޭވިޑް ސީޑީ (އިނގިރޭސިވިލާތުގެ ޕާސްޕޯޓް ނަންބަރު: 800322783) ގެ މައްޗަށް ހުށަހަޅާފައިވާ
މިދަޢުވާއަށް ބެލިއިރު،
ލޯލައިން ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޑޭވިޑް ކީޑީގެ މައްޗަށް ހުށަހަޅާފައިވާ
މިދަޢުވާއަކީ ނަސާވާ ޕްރިންސަސް އެވެކިޔާ ސަފާރީ ބޯޓެއްގައި ދަޢުވާކުރާ ފަރާތުގެ މުވައްޒަފުން ބޭނުންކޮށް
ކުރުވާފައިވާ މަސައްކަތްތަކަށް ދޭންޖެހޭ ފައިސާއާއިގުޅިގެން ކޮށްފައިވާ އިންވޮއިސްއަށް ދޭންޖެހޭ ފައިސާ ނުދީވާތީ،
މިއިންވޮއިސްގައިވާ ފައިސާ ހޯދުމަށް ކުރާ ދަޢުވާއެއްކަން މިދަޢުވާގެ ސީޕޯއަށް ބެލުމުން އެނގެންއޮތްހިނދު،
ދަޢުވާގައި އިޝާރާތްކުރެވޭ ލޯލައިން ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ 09 ފެބްރުއަރީ 2009
ގެ ނަންބަރު: 02-461 އިންވޮއިސްއަށް ބަލާއިރު، މިއިންވޮއިސްއަކީ ސެޕްޓެމްބަރ 2007 ން މާރޗް otiiގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{11/HC-A/112
ނިޔަލަށް ކޮށްފައިވާ މަސައްކަތަށް އަރާފައިވާ ޖުމްލަ USS49,950.00 (ސާޅީސްނުހާސް ނުވަސަތޭކަ
ފަންސާސް އެމެރިކާ ޑޮލަރު) ހޯދުމަށް ކޮށްފައިވާ އިންވޮއިސްއެއްކަން މިއިންވޮއިސްއަށް ބެލުމުން އެނގޭއިރު،
ޔަސާވާ ޕްރިންސަސް އެވެކިޔާ ސަފާރީ ބޯޓު (ރަޖިސްޓްރީ ނަންބަރު: C
-
9353A
-
02 10
-
T)
އަކީ ކަޑަ ފެޝަރ ޕްރައިވެޓް ލިމިޓެޑް ނަމަކަށްކިޔާ ކުންފުންޏެއްގެ ބޯޓެއްގެ ގޮތުގައި 22 ނޮވެމްބަރ 2007
ގައި ރަޖިސްޓްރީކުރެވިފައިވާ ބޯޓެއްކަން މިކޯޓުގެ ރަޖިސްޓްރީއަށް ބެލުމުން އެނގޭކަމުން
ދަޢުވާ ބިނާކޮށްފައިވާ އިންވޮއިސްގައިވާ ޚަރަދުތަކަކީ ޔަސާވާ ޕްރިންސަސް އެވެކިޔާ ބޯޓުގައި
ކޮށްފައިވާ މަސައްކަތްތަކަށް ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާއެއްކަމުގައިވެފައި، މިބޯޓަކީ 22 ނޮވެމްބަރ
2007 އިން ފެށިގެން ކަޑަ ފެޝަރ ޕްރައިވެޓް ލިމިޓެޑް ނަމަކަށްކިޔާ ކުންފުންޏެއްގެ ބޯޓެއްކަން އެނގެންއޮތަތީ،
އިންވޮއިސްގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކޮށްފައިވާކަމަށްބުނާ މަސައްކަތްތަކަށް ޑޭވިޑް ސީޑީ ފަރުދީގޮތުން
ދިންމާވާންޖެހޭ ޤާނޫނީ ސަބަބެއްނެތަތީ، މިދަޢުވާއަކީ ޑޭވިޑް ސީޑީގެ މައްޗަށް ކުރެވޭނެ ދަޢުވާއެއްނޫންކަމަށް
ކަނޑައަޅައި ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
22 2x
އެވެ"
2) ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C/1112 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން 06 (ހައެއް) ނުކުތާއެ
ތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
OLC
• ފުރަތަމަ ނުކުތާއަކީ، ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތުގެ މަޖިލިހަށް
10 އޭޕްރީލް 2010 ވަނަ ދުވަހު ހުށަހެޅި ބަޔާނުގެ 2 ވަނަ ނަންބަރުގައި ދަޢުވާގައި ހިމެނޭ މަސައްކަތްތަކަކީ،
ކޮންޓްރެކްޓާބެހޭ ޤާނޫނު" ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ކޮންޓްރެކްޓެއްކަމަށް،
ބަޔާންކޮށްފައި އޮތްހިނދުވެސް، މައްސަލަ ނިންމެވުމުގައި، ކޮންޓްރެކްޓާބެހޭ ޤާނޫނަށާއި، އެ ޤާނޫނުގެ 5 ވަނަ
މާއްދާއަށް އެއްވެސް ވަރަކަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
. ދެވަނަ ނުކުތާއަކީ، ހަމައެކަނި "ކުންފުންޏާބެހޭ ޤާނޫނު" ގެ 6 މަރޭޒްމާއްދާގެ(ހ) އަށް
ރިޢާޔަތް ކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޕްރިއަޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
2{11/HC-A/112
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24 2 0 2 0 2
• ތިންވަނަ ނުކުތާއަކީ، "ކުންފުންޏާބެހޭ ޤާނޫނު" ގެ 15 ވަނަ މާއްދާގެ (ހ) އަކީ،
ކުންފުންޏަށް ލިބިގެންވާ ޤާނޫނީ ޙައިސިއްޔަތު ކަނޑައަޅާފައިވާ މާއްދާއެއްކަން އެނގެން އޮތުމާއެކު، އެމާއްދާއަށް
ރިޢާޔަތްކުރައްވައި، ކުންފުންޏެއްގެ އުޅަނދެއް ނުވަތަ މުދަލެއް ކުއްޔަށް ހިފުންފަދަ ޤާނޫނީ ގޮތުން ހުއްދަ އެހެން
އުޞޫލަކުން ވިޔަސް، އެފަދަ މުދަލަކާ ޙަވާލުވެގެން ހުރި ފަރާތަކުން، އެފަދަ މުދަލަކާމެދު ކުންފުނިން ޒިންމާ ނުވާ
ގޮތަށް، ކަމެއް ނުވަތަ ކޮންޓްރެކްޓެއް ކުރުމަށް، އެމާއްދާގައި ހުރަސް އަޅާފައި ނުވާތީ، ޑޭވިޑް ސީޑީގެ ޔަސާވާ
ޕްރިންސަސް، ކަޑަ ލެޝަރ ޕްރައިވެޓް ލިމިޓެޑްގެ ނަމަށް ބަދަލުކުރުމުގެ ކުރިން، އެ އުޅަނދާބެހޭ މަސައްކަތް
ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްގެން ޑޭވިޑް ސީޑީ ކުރުވާފައިވާ ކޮންޓްރެކްޓްތަކުގެ އަގާއި،
އަދި އޭގެ ފަހުންވެސް، ޑޭވިޑް ސީޑީ ކުރުވާފައިވާ ކޮންޓްރެކްޓްތަކުގެ އަގުދިނުން، ޑޭވިޑް ސީޑީ ފިޔަވައި، ކަޑަ
ލެޝަރ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ލާޒިމުކުރެވޭނެ ޤާނޫނީ ސަބަބަކަށް "ކުންފުންޏާބެހޭ ޤާނޫނު" ގެ 15 ވަނަ
މާއްދާގެ (ހ) ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، ކުންފުންޏެއްގެ އުޅަނދެއް ނުވަތަ މިލްކަކާމެދު، އެގްރީމެންޓެއް
ނުވަތަ އިޒުނައެއްގެ ދަށުންވިޔަސް، ޤާނޫނު ހުއްދަކުރާ އިމެއްގެ ތެރެއިން، ކަންކަން ކުރުމުގެ އިޚްތިޔާރު އޮތް
ފަރާތަކުން، ކުރުވާ ކަންކަމަށް ނުވަތަ ކޮންޓްރެކްޓްތަކަށް، އަގުނުދީ ބަރީޢަވުމަށްޓަކައި، އެ އެއްޗެއްގެ ވެރިފަރާތަކީ
ކޮބައިކަން އެނގޭ،
ރަޖިސްޓްރީ ދައްކައިގެން، އޭގެ ވެރިފަރާތަކީ ކޮންޓްރެކްޓް ކުރުވި ފަރާތް ނޫންކަން
ސާބިތުކުރިނަމަވެސް އެމަސައްކަތްތައް ކުރުވި ޙައިސިއްޔަތު، ޝަރީޢަތަށް ސާބިތުކޮށް ނުދޭހާ ހިނދަކު، މަސައްކަތް
ކުރުވި ފަރާތް އަގު ދިނުމުގެ ޒިންމާއިން ބަރީޢަވާކަމަށް، އަދި އެއަގު އަދާކުރުމުގެ ޒިންމާ އެފަދަ ރަޖިސްޓްރީގެ
ވެރިފަރާތަށް ލާޒިމުވާކަމަށް، ކަނޑައެޅޭނެ ޤާނޫނީ ނުކުތާއަކަށް "ކުންފުންޏާބެހޭ ޤާނޫނު" ގެ 15 ވަނަ މާއްދާގެ
(ހ) ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ފަސްވަނަ ނުކުތާއަކީ، ޤާނޫނީ ގޮތުން ހުއްދަ އުޞޫލެއްގެ ތެރެއިން، ކުންފުންޏެއްގެ
އުޅަނދެއް ނުވަތަ މުދަލަކާމެދު، ކޮންޓްރެކްޓަށް މަސައްކަތް ކުރުވުމުގެ އިޒުނައޮތް ފަރާތަކުން، ކުރުވާފައިވާ
ކޮންޓްރެކްޓްތަކުގެ އަގު ނުދީގެން ދަޢުވާ ކުރުމުން، އެމަސައްކަތް ކުރުވި ފަރާތުގެ ކިބައިން، މަސައްކަތް ކުރި
ފަރާތަށް އަގު ނަގައިނުދެވޭނެ ޤާނޫނީ ނުކުތާއަކަށް "ކުންފުންޏާބެހޭ ޤާނޫނު" ގެ 15 ޕައެއްޖޯއެއްގެ
ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ހ)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2{11/HC-A/112
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ހަވަނަ ނުކުތާއަކީ، ކުންފުންޏަކުން ކުރުވާ ކަމެއްގެ އަގު ނުދޭ ޙާލަތެއްގައި ކުރެވޭ ދަޢުވާ،
ކުންފުނި ފިޔަވައި އެކުންފުނީގެ މީހަކުގެ މައްޗަށް ފަރުދީގޮތުން ދަޢުވާ ނުކުރެވޭނެކަމަށް "ކުންފުންޏާބެހޭ ޤާނޫނު"
ގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން، ނިންމެވިނަމަވެސް، މިދަޢުވާގައި ހިމެނޭ ފައިސާގެ ތެރޭގައި، ކަޑަ
ލެޝަރ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އަސާވާ ޕްރިންސަސް ރަޖިސްޓްރީ ކުރުމުގެ ކުރީގެ ކޮންޓްރެކްޓްތަކުގެ
ފައިސާވެސް ހިމެނޭތީ، ކަޑަ ލެޝަރ ޕްރައިވެޓް ލިމިޓެޑްގެ ނަމަށް ޔަސާވާ ޕްރިންސަސްގެ މިލްކްވެރިކަން، ޑޭވިޑް
ސީޑީ ބަދަލުކޮށްފައިވަނީ، އެއުޅަނދާ ބެހޭގޮތުން ޑޭވިޑް ސީޑީ، އެކިއެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާއަށް ނުވަތަ
މިދަޢުވާގައި ހިމެނޭ ފައިސާއަށް، ކަޑަ ފެޝަރ ޕްރައިވެޓް ލިމިޓެޑް ޒިންމާ ކުރުވާފައިވާކަން، ޑޭވިޑް ސީޑީ
ޝަރީޢަތަށް ސާބިތުކޮށް ނުދޭހާ ހިނދަކު، މިދަޢުވާއިން ޑޭވިޑް ސީޑީއަށް ބަރީޢަ ކުރެވޭނެ ޤާނޫނީ ސަބަބަކަށް
"ކުންފުންޏާބެހޭ ޤާނޫނު" ގެ 15 ވަނަ މާއްދާގެ (ހ) ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1112 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15
ވަނަ މާއްދާގެ (ހ) ގައި ކުންފުންޏެއް ރަޖިސްޓްރީ ކުރުމަށްފަހު އެކުންފުންޏެއްވާނީ އެކުންފުނީގެ މެންބަރުންނާ
ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޏެއްކަމަށް ބަޔާންކުރެވިފައިވާކަމާއި،
އިސްތިއުނާފުކުރުމަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1112
ޤަޟިއްޔާގައި، ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ދަޢުވާގެ ޚުލާޞާއަކީ، އެގްރީމެންޓް
ނިންމާނެކަމަށް ބުނެ ޔަސާވާ ޕްރިންސަސް ބޯޓުގެ މަސައްކަތް ކުރުމަށް ގެންދިޔަ ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑް މީހުންގެ ލޭބަރ ޗާރޖަށްވާ ފައިސާނުދީ މަސައްކަތް ކުރުވާފައިވާތީ، ލިބުނު ގެއްލުމުގެ ބަދަލުގައި
49,950.00 $US (ސާޅީސް ނުވަހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ހޯދުމަށް ލޯލައިން
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޑޭވިޑް ސީޑީގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުނު
އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{11/HC-A/112
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1112 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
އެމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް
އެންޑް ކޮމިޔުނިކޭޝަންގެ "ކަނޑުގެ އުޅަނދުގެ ރަޖިސްޓަރީ" އަށް ބަލާއިރު، ޔަސާވާ ޕްރިންސަސް އެވެ ކިޔުނު
ކަނޑުގައި ދުއްވާ އުޅަނދަކީ 22 ނޮވެމްބަރ 2007 ގައި ކަޑަ ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި
ރަޖިސްޓްރީކުރެވުނު އުޅަނދެއްކަން އެނގެން އޮންނަކަމާއި،
ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިވާ ދަޢުވާއަކީ ސެޕްޓެމްބަރ 2007 އިން
ފެށިގެން މާރޗް 2009 ގެ ނިޔަލަށް ޔަސާވާ ޕްރިންސަސް ބޯޓުގެ މަސައްކަތް ކުރުމަށް ގެންދިޔަ ލޯލައިން
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ މީހުންގެ ލޭބަރ ޗާރޖަށްވާ ފައިސާ ހޯދުންކަމުގައިވާއިރު، 22 ނޮވެމްބަރ
2007 އިން ފެށިގެން ޔަސާވާ ޕްރިންސަސްއަކީ ޑޭވިޑް ކްޑީގެ ހިއްޞާ އޮންނަ ކުންފުންޏެއްކަމުގައިވާ ކަޑަ
ލެޝަރ ޕްރައިވެޓް ލިމިޓެޑްގެ އުޅަނދެއްކަން އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1112 ޤަޟިއްޔާގެ ޝަރީޢަތަށް ލޯލައިން ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އެންމެހާ ލިޔެކިއުންތަކަށް ނަޒަރުކުރިއިރު، ލޯފައިން ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑާއި ޑޭވިޑް ސީޑީއާ ދެމެދު ޔަސާވާ ޕްރިންސަސް ބޯޓާ ގުޅޭގޮތުން މުޢާމަލާތްތަކެއް ކުރެވިފައިވާކަން
ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް، ހުށަހެޅިފައިވާ ހުރިހާ ލިޔެކިއުންތަކަކީވެސް 22 ނޮވެމްބަރ 2007 ގެ
ފަހުން ދެފަރާތު ދެމެދު ކުރެވުނު މުޢާމަލާތްތަކުގެ ކޮޕީކަން އެނގެން އޮންނަކަމެވެ.
04 0 2 0 0
(ނ) ދެވަނަ ކަމަކީ، ކުންފުންޏެއް އުފެއްދުމުގެ ކުރިން ނުވަތަ ވުޖޫދަށް އައުމުގެ ކުރިން
އެކުންފުނި އުފައްދަން މަސައްކަތްކުރާ ފަރާތްތަކުން (promoters) އިން ކުންފުނީގެ ފަރާތުން ތިންވަނަ
ފަރާތްތަކާ އެކު އެއްބަސްވުންތައް (pre
-
incorporation contracts) ހެދުމަކީ ދުނިޔޭގެ އެހެން
ޤައުމުތަކުގައިވެސް ޢަމަލުކުރެވެމުންދާ ގޮތެއްކަން އެނގޭކަމާއި، އެފަދަ ޙާލަތްތަކުގައި، ޢާންމު އުޞޫލަކީ
ކުންފުންޏަކީ އަދި އުފަންނުވާ ޝަޚް ޞަކަށްވާތީ، ކުންފުނި އުފައްދަން މަސައްކަތް ކުރާ ފަރާތްތަކަށް ނުވަތަ
ޕްރޮމޯޓަރސްއަށް އުފަންނުވާ ނުވަތަ ވުޖޫދަށް އައިސްފައިނުވާ ޝަޚްޞިއްގެ ފަރާތުން އެއްބަސްވުންތައް
އެފަދަ އެއްބަސްވުންތަކަށް، އިސްތިސްނާ ޙާލަތްތަކުގައި މެނުވީ، ވަންޖެހޭނީ
ޕްރޮމޯޓަރސް، އެފަރާތްތަކުގެ ފަރުދީ ހައިސިއްޔަތުންކަން އެނގޭކަމާއި،
ه2 4ހ2
ނެހެދޭނެކަމާއި،
ދީދީ 4&2
އެހެ42ހރި ޖާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
2{11/HC-A/112
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 22 22
probandi)
ދެއްވިކަރ
24 0 77
04
t
ދިވެހިރާއްޖޭގެ
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި "...ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ
ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ
onus) އުފުލުމަކީ
ފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ
އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea)
ޘާބިތުކުރުމުގެ މަސްއޫލިއްޔަތު
ފަރާތަކީ އެ
"ދަޑް
ކުރާ
ފަރާތް..." ކަމަށް
ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްވެ އިޝާރާތްކުރެވުނު ޤާނޫނީ އުޞޫލުތައް ހުށަހެޅިފައިވާ މައްސަލައަށް ތަޠުބީޤު ކުރާއިރު،
ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1112
ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހެޅި ނަންބަރު 02-461 އިންވޮއިސްގެ ތާރީޚަކީ 8 ފެބްރުއަރީ 2009 ކަން
ފާހަގަކުރެވޭކަމާއި، ޔަސާވާ ޕްރިންސަސް ބޯޓަކީ 22 ނޮވެމްބަރ 2007 ގައި ޑޭވިޑް ކީޑީގެ ޙިއްޞާ އޮންނަ ކަޑަ
ލެޝަރ ޕްރައިވެޓް ލިމިޓެޑަށް ރަޖިސްޓްރީ ކުރެވުނު އުޅަނދެއްކަމުގައިވާއިރު، 22 ނޮވެމްބަރ 2007 ގެ ކުރިން
އެއުޅަނދު ގަތް ފަރާތްކަމުގައިވާ ޑޭވިޑް ސީޑީ ކަޑަ ލެޝަރ ޕްރައިވެޓް ލިމިޓެޑްގެ ޕްރޮމޯޓަރގެ ހައިސިއްޔަތުން
އެހެން ފަރާތްތަކާއެކު އެއްބަސްވުންވެފައިވާކަން ޝަރީޢަތަށް ސާބިތުވާނަމަ، އެކަންކަމަށް ޑޭވިޑް ކީ ފަރުދީގޮތުން
ޒިންމާ އުފުލަންޖެހޭނެކަމާއި
ކަމާއި، ޑޭވިޑް ކީޑީއާއި ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 22 ނޮވެމްބަރ
2007 ގެ ކުރިން ޔަސާވާ ޕްރިންސަސް ބޯޓުގައި މަސައްކަތްކުރި މީހުންގެ ލޭބަރ ޗާރޖަސްއާ ގުޅޭގޮތުން ދެފަރާތު
ދެމެދު ކުރެވުނު މުޢާމަލާތްތަކުގެ އަލީގައި، ޑޭވިޑް ސީޑީ ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ފައިސާތަކެއް
ދައްކަންޖެހޭތޯ ނުވަތަ ނޫންތޯ ސިވިލް ކޯޓުން ކަނޑައަޅުއްވަންޖެހޭކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1112 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާ
ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކަމުގައި ވީހިނދު، 22
ގެ ލިމިޓެޑާ ކުރެވުނު
މުޢާމަލާތްތަކުގެ ކޮޕީ ސިވިލް ކޯޓަށް ހުށަހެޅިފައިވާކަން ފާހަގަކުރެވޭކަމާއި،
ދިވެހިވެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2{11/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިސްވެ ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން
ކޮށްފައިވާ ދަޢުވާއަކީ ޑޭވިޑް ސީޑީގެ މައްޗަށް ފަރުދީ ގޮތުން ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައެޅުއްވިއިރު،
އެގޮތަށް އެނިންމެވުން ސިވިލް ކޯޓުން ބިނާކުރެއްވި ސަބަބުކަމަށް ޙުކުމްގައި ބަޔާންކުރައްވާފައިވަނީ ދަޢުވާ
ބިނާކޮށްފައިވާ އިންވޮއިސްގެ ޚަރަދުތަކަކީ ޔަސާވާ ޕްރިންސަސް އެވެ ކިޔާ ބޯޓުގައި ކޮށްފައިވާ މަސައްކަތްތަކަށް
ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާއެއްކަމުގައިވެފައި، މި ބޯޓަކީ 22 ނޮވެމްބަރ 2007 އިން ފެށިގެން ކަޑަ
ލެޝަރ ޕްރައިވެޓް ލިމިޓެޑް ނަކަމަކަށް ކިޔާ ކުންފުންޏެއްގެ ބޯޓެއްކަން އެނގެން އޮތަތީ، އިންވޮއިސްގައި
ބަޔާންކޮށްފައިވާ މުއްދަތުގައި ކޮށްފައިވާކަމަށް ބުނާ މަސައްކަތްތަކަށް ޑޭވިޑް ސީޑީ ފަރުދީ ގޮތުން ޒިންމާވާންޖެހޭ
ޤާނޫނީ ސަބަބެއް ނެތްކަމަށް ފެނިވަޑައިގަންނަވާތީކަން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1112
ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގޭކަމާއި،
މިމައްސަލާގައިވާ ފަދައިން، ތިންވަނަ ފަރާތަކާ މުޢާމަލާތްކު
ތްކުރީ ކުންފުންޏެއްގެ ޙިއްޞާދާރެއް ނުވަތަ
ޑިރެކްޓަރެއް ކަމުގައިވީނަމަވެސް، އެމުޢާމަލާތާގުޅޭ މުދަލުގެ ވެރިފަރާތަކީ އެކުންފުނިކަމުގައިވާތީ، އެމުދަލުގެ
ވެރިފަރާތް ސާބިތުކޮށްދެވޭ ދެވުމަކުން، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް އެމުޢާމަލާތަށް އެކުންފުނި
ޒިންމާކުރުންވާނީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ)
ގެ ރޫޙާ ޚިލާފަށް ކުރެވޭ ކަމެއްކަމާއި، އެޙިއްޞާދާރު ނުވަތަ ޑިރެކްޓަރު މުޢާމަލާތްކުރި ކުރުމަށް ބިނާކޮށް
އެޙިއްޞާދާރެއްގެ ނުވަތަ ޑިރެކްޓަރެއްގެ މައްޗަށް ފަރުދީގޮތުން ދަޢުވާއެއް އުފުލައިފިނަމަ، އެޙިއްޞާދާރު ނުވަތަ
ޑިރެކްޓަރު ކުޑަ ޢަމަލެއް ހިންގާފައިވަނީ އެޙިއްޞާދާރުގެ ނުވަތަ ޑިރެކްޓަރުގެ އަމިއްލަ ހައިސިއްޔަތުން
ނޫންކަމަށްވަނީނަމަ، އެހެންކަން ސާބިތުކޮށްދޭވޭވަރުގެ އެކަށީގެންވާ ހެކި ހުށަހެޅުމުގެ ބުރަ އުފުލަންޖެހޭނީ
އެޙިއްޞާދާރު ނުވަތަ ޑިރެކްޓަރުކަމާއި، މުދަލަކާ ގުޅޭގޮތުން އެހެންފަރާތްތަކާއެކު ކުރެވޭ މުޢާމަލާތްތަކުގައި،
އެމުދަލާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް އެމުދަލުގެ ވެރިފަރާތްނޫން
އެހެން ފަރާތްތަކަށްވެސް ކުރެވިދާނެކަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 348/HC
-
A/2009 ޤަޟިއްޔާގައިވާ ފަދަ މައްސަލަތަކުގެ ވަޤާއިޢުތަކަށް
ބެލުމުން އެނގޭކަމާއި، އަދި އެހެންކަމުން، ހުށަހެޅިފައިވާ މައްސަލައިގައި، ޔަސާވާ ޕްރިންސަސް ބޯޓުގެ
ވެރިފަރާތަކީ ކަޑަ ލެޝަރ ޕްރައިވެޓް ލިމިޓެޑްކަމަށްވާތީ، ކަޑަ ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ ބަހެއް ނުހޯއްދަވައި،
މިމައްސަލައިގައި ޑޭވިޑް ސީޑީގެ މައްޗަށް ފަރުދީ ގޮތުން ދަޢުވާނުކުރެވޭނެކަމަށް ކަނޑައެޅުއްވުމާންޑްގެ ގާނޫނީ އަދި
ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބެލެވެން ނެތްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2{11/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
<< O
ޤާނޫނު ނަންބަރު 10/6 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގެ
ދަށުން ކުންފުންޏެއް ރަޖިސްޓްރީ ކުރުމަށްފަހު އެކުންފުންޏަކީ ވަކި ޤާނޫނީ ޝަޚުޞިއްކަން އެނގޭކަމާއި،
އެގޮތުން، ކުންފުނިން ކަންކަން ނިންމަނީ ކުންފުނީގެ ޤަރާރުން ކަމުގައިވީހިނދު، ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/1112 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑުން މުޢާމަލާތްކުރީ ޑޭވިޑް ޑީއްކަމަށް ސާބިތުކޮށްދިނުމުގެ ގޮތުން ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑާއި ޑޭވިޑް ސީޑީއާ ދެމެދު މުޢާމަލާތްތަކެއް ކުރެވިފައިވާކަމުގެ ހެކި ހުށަހަޅާފައިވާކަމާއި، އަދި ހެކީގެ ގޮތުގައި
ހުށަހެޅި ލިޔެކިއުންތަކަށް ޑޭވިޑް ކީޑީގެ ފަރާތުން އިންކާރުނުކުރާކަންވެސް ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް،
އެދަޢުވާއަކީ ޑޭވިޑް ސީޑީގެ މައްޗަށް ފަރުދީގޮތުން ނުކުރެވޭނެ ދަޢުވާއެއްކަމަށް ސާބިތުކުރުމަށްޓަކައި ކަޑަ ލެޝަރ
ޕްރައިވެޓް ލިމިޓެޑްގެ މިމައްސަލައާ ގުޅުންހުރި އެއްވެސް ޤަރާރެއްވެސް ނުވަތަ އެކުންފުނީގެ ފަރާތުން ޑޭވިޑް
ސީޑީއަށް އެފަދައިން ޢަމަލުކުރުމުގެ ބާރު ލިބިދޭ އެނޫންވެސް އެހެން ލިޔެކިއުމެއް އިސްވެ ފާހަގަކުރެވުނު ސިވިލް
ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅިފައިނުވާކަން ފާހަގަކުރެވޭކަމެވެ.
-
C/1112 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައި އިސްވެ ފާހަގަކުރެވުނު ފަދައިން، ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން
ކޮށްފައިވާ ދަޢުވާއަކީ ކަޑަ ފެޝަރ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރެވިދާނެ ދަޢުވާއެއްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިމައްސަލަބެލި ހުރިހާ ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނުހިނދު،
އިސްވެ ފާހަގަކުރެވުނު ޤަޟިއްޔާގައި މައްސަލައިގެ ދެޚަޞްމުން ސިވިލް ކޯޓަށް ހުށަހެޅި
ލިޔެކިއުންތަކުގެ މައްޗަށް ބިނާކޮށް، އެމައްސަލައިގެ ދަޢުވާއާ ގުޅޭގޮތުން ޙުކުމެއް ކުރައްވާފައިނުވާކަމާއި، އަދި
އެކަމާމެދު ވަކިގޮތެއް އެކޯޓުން ކަނޑައަޅުއްވާފައި ނެތުމުން، އިސްތިއުނާފް އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު، ދަށު ކޯޓުން ޙުކުމެއް ކުރައްވާފައިނުވާ ކަމެއްގައި މަތީ މަރުޙަލާ ކޯޓްތަކުން
ޤަޟިއްޔާއެއް އިސްތިއުނާފު ކުރުމުގެ ތެރޭގައި ކަމެއް ބަލައި ޙުކުމެއް ކުރުމަކީ އިސްތިއުނާފް ޢާންމު
އުޞޫލުތަކާ އެއްގޮތްވާ ކަމެއް ނޫންކަމާއި،
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1112 ޤަޟިއްޔާގެ ދަޢުވާގައި ލޯލައިން
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ ފައިސާއަކީ ޑޭވިޑް ސީޑީ
Oxo
ގެ ޚަ
ﷲތ ﷲ a
2262
އައްތޯއާއި،
ދިވެހިންޖީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
10
2{11/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދި އެހެންކަމަށްވަނީނަމަ، ދައްކަންޖެހޭ ފައިސާގެ އަދަދު ކަނޑައެޅުއްވުމަށް މިމައްސަލަ އަލުން އަނބުރާ ސިވިލް
ކޯޓަށް ތަޙުލީލު ކުރަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންނަށް އެއްބަސްވެވުނުކަމެވެ.
94
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1112 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލު
ޙުކުމެއްކަމަށް މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/1112 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ލިޔެކިއުންތަކަށް
ރިޢާޔަތްކޮށް، އެމައްސަލައަކީ ޑޭވިޑް ފްރާންސިސް ސީޑީ (އިނގިރޭސިވިލާތުގެ ޕާސްޕޯޓް ނަންބަރު: 800322783)
ގެ މައްޗަށް ނުކުރެވޭނެ ދަޢުވާއެއްކަމަށް ބެލެވޭނެ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބުތަކެއް ޑޭވިޑް ފްރާންސިސް
ކީޑިއަށް ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1112 ޤަޟިއްޔާގައި ދެއްކިފައިނެތުމުން، އެޤަޟިއްޔާގައި
ލޯލައިން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ ޑޭވިޑް ފްރާންސިސް ސީޑީ
ދައްކަންޖެހޭނެ ފައިސާއެއްތޯއާއި،
ފައިސާއެއްތޯއާއި، އަދި އެހެންކަމަށްވަނީނަމަ، ދައްކަންޖެހޭ ފައިސާގެ އަދަދު
ކަނޑައެޅުއްވުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ
(ށ) ގެ ދަށުން ސިވިލް ކޯޓަށް މިމައްސަލަ ތަޙުލީލުކޮށް، މިމައްސަލަ އަލުން ބެއްލެވުމަށް ކަނޑައަޅައި،
މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;