ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/50 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/50
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
FP
ޤަޟިއްޔާ ނަންބަރު: 50/HC-A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ވަޙީދު
ދާއިމީ އެޑްރެސް:
އޭދަފުށި| ދިގަލި
އައިޑީ ކާޑު ނަންބަރ: A025143 * މިހާރުގެ އެޑްރެސް: މއ. ފުނަމާގެއާގެ| ކ.މާލެ
ވަކީލު: އޒް. ޙުސްނުއްސުޢޫދު، އގ. އަޙްމަދު ފާއިޒު
• އިސްތިއުނާފު ރައްދުވި ފަރާތް:
* ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
.
0
ހުށަހެޅުނު ތާރީޚް: 11 ފެބުރުއަރީ 2013
* ނިމުނު ތާރީޚް: 18 ފެބުރުއަރީ 2013
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2013/1048(J
(
MD-145
• އަމުރު ނެރުނު ކޯޓު: ކްރިމިނަލް ކޯޓު
• މައްސަލައިގެ ބާވަތް: މަކަރާއި ހީލަތް ހެދުން
• އަމުރު ނެރުނު ތާރީޚް: 07 ފެބުރުއަރީ 2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ދިވެހީ
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/50
ދައުވާގެ ޚުލާޞާ
34
CCC.
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1048(J
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރުމަށް ބ. އޭދަފުށި
ދިގަލި މުޙައްމަދު ވަޙީދު އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މުޙައްމަދު ވަޙީދުގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރު
ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) އެވެ.
23
ހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1048(J(MD-145 ކޯޓު އަމުރަކީ، އޭދަފުށި
ދިގަލި މުޙައްމަދު ވަޙީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި
ފުލުހުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު، މިވަގުތު މުޙައްމަދު ވަޙީދު ދޫކޮށްލައިފިނަމަ، ހެކި
ފޮރުވަން މަސައްކަތްކޮށްފާނެކަމަށް ފެންނާތީއާއި މުޙައްމަދު ވަޙީދުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން
ގެއްލި މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކަމަށް ބަޔާންކުރައްވައި 2013 ފެބްރުއަރީ 07
ވަނަ ދުވަހުގެ 20:00 އިން ފެށިގެން 2013 ފެބްރުއަރީ 22 ވަނަ ދުވަހުގެ 19:59 އަށް 15
(ފަނަރަ) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާތަނެއްގައި މުޙައްމަދު ވަޙީދު
ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
cc
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1048(J(MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
މުޙައްމަދު ވަޙީދުގެ ފަރާތުން ފަސް ނުކުތާ ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: މުޙައްމަދު ވަޙީދު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން
އަމުރުކޮށްފައިވަނީ މުޙައްމަދު ވަޙީދަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ
ޙާލަތަށް ފެތޭ މީހެއްތޯ ބެއްލެވުމެއް ނެތި ހަމައެކަނި ފުލުހުން ބުނި ބުނުމެއްގެ މައްޗަށް
ވެގެން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދިވެހި
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/50
ދެވަނަ ނުކުތާއަކީ: މުޙައްމަދު ވަޙީދަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ
ޙާލަތަކަށް ފެތޭ މީހެއް ކަމުގައި ނުވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: މުޙައްމަދު ވަޙީދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ބަންދުގައި ބެހެއްޓުމަށް ޤާޟީ ނިންމެވުމަށް ވާޞިލުވި ސަބަބު
ބަޔާންކޮށްފައި ނުވުން ކަމަށް ބުނެ ފާހަގަކުރި
2 4 2 22
ނުކު#އވެ.
• ފަސްވަނަ ނުކުތާއަކީ: މިމައްސަލައަކީ މީގެ 2 އަހަރު ކުރީގެ އޮޑިޓަރ ޖެނެރަލްގެ އޮޑިޓް
ރިޕޯޓަކަށް ބިނާކުރެވިގެން ކުރެވޭ ތަޙްޤީޤަކަށް ވެފައި ތަޙްޤީޤު ކުރަމުންދާތާ ގާތް ގަނޑަކަށް
ދެއަހަރު ދުވަސްވެފައިވާ އަދި ތަޙްޤީޤު ގާތް ގަނޑަކަށް ނިމި މި މައްސަލައާބެހޭ އެންމެހައި ހެކި
ތަކާއި ލިޔެކިޔުން އޮޑިޓް އޮފީހުގައާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުސް އޮފީހުގައި ހުރި
މައްސަލަކަށްވާއިރު، މުޙައްމަދު ވަޙީދު މިމައްސަލާގެ ހެކި ފޮރުވަފާނެ ކަމުގެ އިޙްތިމާލެއް ނެތުން
ކަމަށް ބުނެ ފާހަގަކުރި
· · 833
ނަރބއފ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1048(J
(
MD-145 ކޯޓު އަމުރަށާއި، މުޙައްމަދު
ވަޙީދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
ކުން 0އeއ
(ހ) ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު"ގެ 7 ވަނަ މާއްދާގެ (ހ)
OCX
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/50
އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި
މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ
ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ޓަކައި މެނުވީ އެއްވެސް މީހަކާއި މެދު ޝަރީއަތުން ޙުކުމް ކުރުމުގެ ކުރިން އެމީހަކު
ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް އޮންނަކަމާއި؛
ކްރިމިނަލް ކޯޓުގެ ނަންބަރު 2013
/
1048/J
(
MD-145 ކޯޓު އަމުރަށް ބަލާއިރު، މުޙައްމަދު
ވަޙީދު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާފައިވަނީ
މުޙައްމަދު ވަޙީދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ފުލުހުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް
ބަލާއިރު، މިވަގުތު މީނާ ދޫކޮށްލައިފިނަމަ، ހެކި ފޮރުވަން މަސައްކަތްކޮށްފާނެކަމަށް ފެންނާތީއާއި މީނާގެ
ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ގެއްލި މުޖްތަމަޢުގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައިކަން ކްރިމިނަލް
ކޯޓުގެ އެއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
CCCX
(ނ) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1048(J(MD-145 ކޯޓު އަމުރަށް ބަލާއިރު،
މުޙައްމަދު ވަޙީދު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާ
ސަބަބުތަކުގެ ތެރެއިން މުޙައްމަދު ވަޙީދުގެ ފުށުން ހެކި ފޮރުވަން މަސައްކަތްކޮށްފާނެކަމަށް ބެލެވޭކަމަށް
ބަޔާންކޮށްފައިވާއިރު،
މުޙައްމަދު ވަޙީދު ބަންދުކުރި މައްސަލައަކީ، 2009 އަދި 2010 ވަނަ އަހަރުގެ ތެރޭގައި
ހިނގާފައިވާ މައްސަލައެއްކަން އެނގެން އޮތް އިރު، އަދި އެމައްސަލައަކީ އޮޑިޓަރ ޖެނެރަލް ޑިޒާސްޓަރ
ސެންޓަރ އޮޑިޓްކުރުމުގެ ތެރޭގައި، އޮޑިޓަރ ޖެނެރަލަށް ފާހަގަ ކުރެވިފައިވާ
މައްސަލައެއްކަމާއި، އަދި ހަމައެއާއެކު އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ބަލާފައިވާ މައްސަލައެއްކަން
ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް އެންޓި
ކޮރަޕްޝަން ކޮމިޝަނުންވެސް ތަޙްޤީޤުކޮށްފައިވާ މައްސަލައެއްގެ
ލިޔުންތަކަކީ ދައުލަތުގެ
އެމުއައްސަސާތަކުގައި ރިކޯޑް ކުރެވި ރައްކާކުރެވިފައި ލިޔުންތަކެއް ކަމަށް ޤަބޫލުކުރެވޭކަމާއި،
ޑ ތ ދ ތ 4
مسرح مسرع
ހުންނާނެ
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/50
ދައުލަތު އެފަދަ މުއައްސާތަކުގައި ރައްކާތެރިކުރެވިފައިވާ އެފަދަ ރެކޯޑުތަކެއް ނައްތާލުމަކީ ނުވަތަ ފޮރުވުމަކީ
ނާދިރުކަމެއް ކަމާއި، މުޙައްމަދު ވަޙީދުގެ ފުށުން ހެކި ފޮރުވަން މަސައްކަތް ކޮށްފާނެކަމަށްބެލެވޭ ފަދަ
މަޤުބޫލު ސަބަބެއް އަދި އެކަމުގެ މައްޗަށް އޮތް ހެއްކެއް ނުވަތަ ޤަރީނާއެއް ދައުލަތަށް ދެއްކިފައިނުވާކަން
ފާހަގަކުރެވެއެވެ.
(ނ) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/1048(J(MD-145 ކޯޓު އަމުރުގައި މުޙައްމަދު ވަޙީދު
ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ދެވަނަ ސަބަބަކީ މުޙައްމަދު ވަޙީދުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައިކަން އެނގޭއިރު، މިމައްސަލައަކީ މީގެ އަހަރުތަކެއް ކުރިން
ހިނގާފައިވާ މައްސަލައެއް ކަމަށްވެފައި ފުލުހުން މިމައްސަލަ ބަލަން ފެށުމުގެ ކުރިން އެންޓި ކޮރަޕްޝަން
ކޮމިޝަނުންވެސް އެމައްސަލަ ތަޙްޤީޤުކޮށްފައިވާކަން އެނގެން އޮންނާތީއާއި، މުޙައްމަދު ވަޙީދުގެ މައްޗަށް
ތުހުމަތުކުރެވިގެން ހައްޔަރުކުރެވިފައިވާ މިމައްސަލާގައި މުޙައްމަދު ވަޙީދަކީ، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ޙިއްސާ ދާރަކަށްވުން ފިޔަވައި މިމައްސަލަގައި މުޙައްމަދު ވަޙީދު ޢަމަލީ ގޮތުން އެއްވެސް
ވަރަކަށް ބައިވެރިވެފައިވާ ކަމަށް ދޭހަވާފަދަ ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާއިރު، މުޙައްމަދު
ވަޙީދު އެކަމެއްގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ ކަން އެނގެން ނެތްކަމެއްގައި، މުޙައްމަދު ވަޙީދުގެ
ކުށުގެ ރެކޯޑަށާއި މިމައްސަލައިގެ ވަށައިގެންވާ އެހެނިހެންކަންތައްތަކުގެ މައްޗަށް ބެލުމުން އަދި މުޙައްމަދު
ވަޙީދުގެ ފުށުން އެފަދަ ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ނުވަތަ އެފަދަ ކަމެއް ހިނގިކަމަށް ޤަބޫލުކުރެވޭ
ފަދަ އެކަށީގެންވާ ޙުއްޖަތްތަކެއް ނެތުމުން މިހާދިސާ ހިނގާފައިވާކަމަށް ބުނާ ވަގުތާއި ޒަމާނާއި ހާލަތަށް
ބަލާއިރު، މިހާރު މުޙައްމަދު ވަޙީދުގެ ފަރާތުން އެފަދަ ނުރައްކަލެއް މުޖްތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަމަށް ކުރިމަތިވެދާނެކަމަށް ބެލެވެން ނެތްކަމާއިގެ
ދައުލަތުގެ މާލިއްޔަތުން 24 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަކަރާއި ޙީލަތުން އޮޅުވާލައިގެން
ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގާ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު 081912/MF
”ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް” އިން ސ. މަރަދޫ ބިއުޓީ، އަޙްމަދު ނަޖާޙު (ދ.ރ.ކާޑު
ނަންބަރު A017863)، 2012 ނޮވެމްބަރ 23 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/50
ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދިނުމަށްއެދި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އަޙްމަދު ނަޖާޒު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް
އޮތްކަމަށް ނުފެންނަކަމަށް ވިދާޅުވެ، ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު
2012
/
9860/(J
(
MD-145 ކޯޓު އަމުރު ނެރުއްވުމާއި ގުޅިގެން އެއަމުރު ދައުލަތުގެ ފަރާތުން
އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ނަންބަރު 331/HC
-
A/2012 ޤަޟިއްޔާގައި
އަޙްމަދު ނަޖާޙުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި މިހާރު މިއިސްތިއުނާފުކުރެވޭ މުޙައްމަދު ވަޙީދުގެ
މައްޗަށް ތުހުމަތުކުރެވޭ ކުށު
މައްސަލައަކީ މައްސަލައެއް ކަމުގައިވީނަމަވެސް އިސްވެ
އިޝާރާތްކުރެވުނު ޤަޟިއްޔާގައި ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާއިރު އަޙްމަދު ނަޖާޙް ޢަމަލީ ގޮތުން
އެކަމުގައި ބައިވެރިވެފައިވާކަން ދަލާލަތުކުރާ ކަންތައްތަކެއް
އެތަކެއް ފެންނަން ހުރިކަމާއި، އެއާއި ޚިލާފަށް މުޙައްމަދު
ވަޙީދު ޢަމަލީ ގޮތުން ބައިވެރިވެފައިވާކަމަށް ދަލާލަތުކުރާ ކަންތައްތަކެއް ހުށަހެޅިފައި ނުވުމުން، އިސްވެ
އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަށުން ބެލިފައިވާ މައްސަލައާއި މިމައްސަލައާއި އެއްގޮތްކަމަށް ބެލެވެން
ނެތްކަން އެނގެއެވެ.
އެއް
އަމުރަށް
ވީމާ، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013
/
1048/J
(
MD-145 ކޯޓު
ހޭކަމަށް މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
ހހ2ޑ ތ ދ ތ 6 4ހދه
کردن مربع مساء
ޙުކުމް:
ބަޔާންކުރެވުން
ހއ ފ0 01
ކަންތައްތައް
ދެންފަހެ، އިސްވެ
އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/1048(J(MD-145 ކޯޓު އަމުރު މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާތިލްކޮށްފީމެވެ.
ދިވެހީ
a-
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv