ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/174 ޤަޟިއްޔާގެ ޙުކުމް
1
20jj/HC-A/j74
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 174/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: ދާއޫދު މޫސާ
ދާއިމީ އެޑްރެސް: ޞަބާޙުލްޅައިރު/ހއ.ބާރަށް
އައިޑީ ކާޑު ނަންބަރ:A074489 މިހާރުގެ އެޑްރެސް: ޞަބާޙުލްޣައިރު/ހއ.ބާރަށް
ޑީ
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ހއ.ބާރަށު ކައުންސިލްގެ އިދާރާ
އައިޑީ
ދާއިމީ އެޑްރެސް: ހއ.ބާރަށު ކައުންސިލްގެ އިދާރާ ހއ.ބާރަށް
މިހާރުގެ އެޑްރެސް-
މ އކ އވ
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 14 ޖުލައި 2011
ނިމުނު ތާރީޚް: 19 ސެޕްޓެމްބަރ 2012
02& 0 0
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/A
-
16
-
C/53
.ނިންމެވިކޯޓް: ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓް
،މައްސަލައިގެ ބާވަތް: ރުއްގަސްކަނޑައިގެން
•ހުށަހެޅި ތާރީޚް: 2009-10-01
ނިމުނު ތާރީޚް: 2011-02-24
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
އަބްދުލްޣަނީ މުޙައްމަދު
،ފަނޑިޔާރު)
ޔޫސުފު ޙުސައިން
ޝުއައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު)
(ފަނޑިޔާރު)
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް:331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2011/HC-A/j74
1. ދަޢުވާގެ ޚުލާޞާ
މިއީ، ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2009/A
-
16
-
C/53 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ
ޚިލާފަށް ކަމަށްބުނެ،
ހއ.ބާރަށް ޞަބާޙުލްޚައިރު، ދާއޫދު މޫސާ ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ. މިމައްސަލާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ،
ހއ.ބާރަށު ކައުންސިލް އިދާރާ އެވެ.
5
ފާހަގަކުރެވުނު ނުކުތާތައް:
01
މިއީ، ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2009/A
-
16
-
C/53
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ،
ހއ.ބާރަށް ( ޞަބާޙުލްޚައިރު، ދާއޫދު މޫސާ ގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ. މިމައްސަލާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ،
ހއ.ބާރަށު ކައުންސިލް އިދާރާ އެވެ.
02 ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2009/A
-
16
-
C/53 ޤަޟިއްޔާގައި
އެރަށު ޞަބާޙުލްޚައިރު، ދާއޫދު މޫސާ ކޮށްފައިވާ ދަޢުވާއަކީ، ހއ.ބާރަށު ފިޔާތޮށިގެއިން ބަހައިގެން
އޭނާއަށް ލިބުނު ބައިގައި ހުރި 08 ގަސް ފޭރާއި، 04 ގަސް އަތައާއި، 01 ރުއް، ދާއޫދު މޫސާ
ރަށުގައި ނެތިސް، ފިޔާތޮށިގޭ ގޯތީގެ ހުޅަނގުން މަގެއް ހެދުމަށްޓަކައި ކަނޑާ ނައްތާލާފައިވާ ކަމަށާއި،
މިރުއްގަސް ކަނޑާފައިވަނީ ދާއޫދު މޫސާއަށް އެއްވެސް ބަދަލެއް ދިނުމަކާނުލައި ކަނޑާ
ނައްތާލާފައިވާކަމަށްބުނެ، އެރުއްގަސްތަކު ޙައްޤު ބަދަލު ހޯއްދަވައި ދެއްވުންއެދި ކުރީގެ ހއ.ބާރަށު ރަށު
އޮފީސް، އަދި މިހާރު ހއ.ބާރަށު ކައުންސިލް އިދާރާ ގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވާ ނިންމަވާފައިވަނީ، ހއ.ބާރަށު ފިޔާތޮށިގެން ބަހައިގެން އޭނާއަށް
ލިބުނު ބައިގައި ހުރި 08 ގަސް ފާރާއި، 04 ގަސް އަތައާއި، 01 ރުއް، ބަދަލު ދިނުމަކާނުލައި ބާރަށު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2011/HC-A/174
އޮފީހުން ނައްތާލާފައިވާކަމަށްބުނެ އެތަކެތީގެ ބަދަލު ހޯދުމަށް ބާރަށު އޮފީހުގެ މައްޗަށް ކުޅަ ދަޢުވާގައި
ދައުލަތުގެ ފަރާތުން ދަޢުވާއަށް އިންކާރުކޮށް ދާއޫދު މޫސާގެ މިލްކު އެއްވެސް އެއްޗެއް ބަދަލުނުދީ
ރަށުއޮފީހުން ނައްތާލާފައި ނުވާނެކަމަށް ބުނެފައިވުމާއެކު ދަޢުވާކުޅަ ދާއޫދު މޫސާ ދައްކާފައިވާ ހެކީންގެ
ފުރިހަމަހެކިބަސް ރަށުއޮފީހުން އެތަކެތި ނައްތާލިކަމަށް ލިބިފައި ނުވުމާއި، ދަޢުވާލިބޭ ފަރާތުގެ ހެކިންގެ
ބަހުން ދާއޫދު މޫސާގެ އެތަކެތި ރަށު އޮފީހުން ނުވަތަ އެހެން ފަރާތަކުން ނައްތާލާފައިވާކަން އެއްވެސް
ދުވަސްވަރެއްގައި ބާރަށު އޮފީހަށް އަންގާފައި ނުވާކަމަށް ހެކިދީފައި ވުމާއެކު މިތަކެތި ނައްތާލާފައިވާނަމަ
ނައްތާލީ ބާރަށު އޮފީހުން ކަމަށް ކަނޑައަޅައި ދޭނެ ތަނެއް އަދި ނެތްކަމަށް އަންގާ އެގޮތުގެ މަތިން
ޙުކުމް ކުރައްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެންގެން އޮންނަކަން
c & $ 52,
ފަހޤީކރވއ
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު:2009/A-16-C/53 ޤަޟިއްޔާ ގައި ޙުކުމް ކުރެއްވުމުން، އެޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށްބުނެ ދާއޫދު މޫސާ ގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ދާއޫދު މޫސާ ހއ.ބާރަށު ފިޔާތޮށިގެއިން ބަހައިގެން ލިބުނު
ބައިގައި ހުރި 08 ގަސް ފާރާއި، 4 ގަސްއަތައާއި، ފޯދުނު 01 ރުކާއި މިތަކެތި ދާއޫދު މޫސާ ރަށުގައި
ނެތީސް ފިޔާތޮށީގޭ ގޯތީގެ ހުޅަނގުން މަގެއް ހެދުމަށްޓަކާ ދާއޫދު މޫސާއަށް ބަދަލު ދިނުމެއްނެތި
ނަގާފައިވާތީ، ކުރި ދަޢުވާއަށް ބާރަށު އޮފީހުން އިންކާރުކުރައްވާކަމަށް ފާހަގަ ކުރައްވާފައިވަނީ ޙަޤީޤަތާ
ޚިލާފަށްކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ބާރަށު އޮފީހުގެ މައްޗަށް ކުރި ދަޢުވާއަށް ޖަވާބު ދިނުމަށްޓަކައި
ޙާޟިރުވި ދައުލަތުގެ ވަކީލު ބާރަށް ކުޑަކަތީބް ޢަބްދުﷲ ޒުހުރީ، ދާއޫދު މޫސާގެ ދަޢުވާއަށް
އިންކާރުކޮށްފައިނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
4
2011/HC-A/174
38
ދިއިދި
ތިންވަނަ ނުކުތާއަކީ: ދާއޫދު މޫސާ ހުށަހެޅި ހެކިންގެ ހެކިބަހުން އެމަގު ހެދުމަށްޓަކާ
މޫސާ ގެ ގޯތީގައި ހުރި އެތަކެތި ނެގީ ކަރަންޓްލުމަށް މަގުކޮނުމަށްޓަކަ
ގުނުމަށްޓަކައި ކަމަށް ހެކިންގެ
ހެކިބަހުން ސާބިތުވާއިރު، އެކަން ޝަރީޢަތަށް ސާބިތު ނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުން ބައްލަވަންޖެހޭ މިންވަރަށް ނުބައްލަވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: ދައުލަތުން ޝަރީޢަތުގެ މަޖިލީހަށް ދިން ދެވަނަ ބަޔާނަށް
ބަލާއިރު، ރަށުގައި ކަރަންޓްލުމަށް ފަޅުކޮނެ ކޭބަލް ވަޅުލީ ވ.ރަށު އޮފީހުންނޫންކަމަށް ވިދާޅުވާއިރު،
ރަށުގެ މަގުތައް ބެލެހެއްޓުމަކީ އަދި މަގުތަކުގައި އެފަދަ މަސައްކަތް ކުރެވޭނީ ރަށުއޮފީހުގެ ހުއްދަ
ލިބިގެން ކަމަށްވާއިރު، ބާރަށު އޮފީހުން އެޒިންމާއިން ޤާނޫނީ ގޮތުން ބަރީއަ ނުވެވޭނެ ހިނދު،
ދައުލަތުގެ ވަކީލު ވިދާޅުވި ވިދާޅުވުމުގެ މައްޗަށް ހަމައެކަނި ބުރަވެ ވަޑައިގެން މައްސަލަ ނިންމަވާފައިވާ
ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު:2009/A
-
16
-
C/53 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، ދާއޫދު މޫސާ ގެ
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ހ) ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2009/A
-
16
-
C/53 ޤަޟިއްޔާ އާއި
ގުޅިގެން 10 މެއި 2010 ދުވަހު ބާރަށު މެޖިސްޓްރޭޓް ކޯޓުގައި ދީފައިވާ ބަޔާނަށް ބަލާއިރު، އޭނާގެ
ދަޢުވާއަކީ ހއ.ބާރަށު ފިޔާތޮށިގެ ދެބަޔަށްޓަކައި އޭނާއަށް އެއްބައި ލިބިފައިވަނިކޮށް، އެގޯތީގެ ހުޅަނގުން
މަގެއް އެނދުމަށްޓަކައި ދާއޫދު މޫސާ އަށް ލިބިފައިވާ ބައިން ބައެއް، އެއީ އެގޯތީގެ ހުޅަނގުން އަލަށް
ހެނދި މަގަށްވާ ބައެއްކަމުގައި އެރަށު އޮފީހުން ހަމަޖެއްސާފައިވަނީ އޭނާގެ ކިނބައިން އެކަމަށްޓަކައި
ހޯދަންޖެހޭ ހުއްދަ ހޯދުމަކާ ނުލައިކަމާއި، އަދި އޭނާގެ ގޯތީގެ ބައެއް އެއީ މަގެއް ކަމުގައި
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 6471
33
1
އީމެއިލް irif [email protected] ވެބް ސައިޓް www.highcourt.gov.mv
5
2011/HC-A/174
ހަމަޖެއްސުމުން އޭރު އެގޯތީގައިހުރި، 08 ގަސް ފޭރާއި، 04 ގަސް އަތައާއި، 01 ރުއް، އެމަގަށް
އަރާ، އެރުއްގަސްތައް ކަނޑާ ނައްތާލާފައި ވަނީވެސް އެއިން އެއްވެސް އެއްޗަކަށް ދޭންޖެހޭ ޢަދުލުވެރި
ބަދަލު ދިނުމަކާ ނުލައިކަމަށްބުނެ އެތަކެތީގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ ދަޢުވާއެއްކަން އޭނާ ގެ
ބަޔާނުން ސާފުކޮށް އެނގެން އޮވެއެވެ.
(ނ) ދާއޫދު މޫސާގެ ފަރާތުން ކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ދަޢުވާ
ބިނާކޮށްފައިވަނީ ދެ ޢުންޞުރެއްގެ މައްޗަށްކަމާއި،
އޭގެތެރެއިން ފުރަތަމަ ޢުންޞުރަކީ، ދާއޫދު މޫސާ އަށް ފިޔާތޮށިގެ ބަހައިގެން
ލިބިފައިވާ ބައިގެ ބިމުން ބައެއް ހިމަނައިގެން ހއ.ބާރަށު އޮފީހުން އެގޯތީގެ ހުޅަނގުން މަގެއް
ހަދާފައިވާކަމަށް ބުނެފައިވާ ބުނުންކަމާއި،
ދާއޫދު މޫސާގެ ދަޢުވާގައި ބުނެފައިވާ ގޮތުގެމަތިން އެގޯތީގެ ހުޅަނގުން މަގެއް
ހަދާފައިވާކަމަށް ހއ.ބާރަށު އޮފީހުގެ ފަރާތުން އެއްބަސްވެފައިވާކަމާއި، ނަމަވެސް އެފަދައިން އެމަގު
ހެދުމުގައި ދާއޫދު މޫސާ އަށް އެކަން އަންގާ އޭނާއާ އެކަމުގައި ދައްކަންޖެހޭ އެއްވެސް ވާހަކައެއް
ދެއްކިކަމަކަށް، ނުވަތަ މީހަކަށް ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗެއްގެ ބައެއް ނިގުޅިގެން ދާފަދަ ކަމެއް
ނުވަތަ އެގޯތި
އޮތްތަނަށް ބަދަލުތަކެއް އަންނަފަދަ ޢަމަލެއް ޢާންމުވެގެންވާ މަންފާއަކަށްޓަކައި ކުރާއިރު
ފުރިހަމަ ކުރަންޖެހޭ އިޖްރާއާތެއް އެކަން ކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާކަމަކަށް ބާރަށު އޮފީހުގެ
ފަރާތުން ބުނެފައި ނުވާކަން ފާހަގަކުރެވެއެވެ.
އަދި ދާއޫދު މޫސާގެ ދަޢުވާގައި ހިމެނޭ ދެވަނަ ޢުންޞުރަކީ، ދާއޫދު މޫސާ ބުނެފައިވާ
މަގު އޭނާގެ ގޯތީގެ ބިމުން ބައެއް ހިމަނައިގެން ހެދުމުގެ ސަބަބުން އޭރު އެގޯތީގައިހުރި ، 08 ގަސް
ފޭރާއި، 04 ގަސް އަތައާއި، 01 ރުއް، އެމަގަށް އަރާ، އެރުއްގަސްތައް ކަނޑާ ނައްތާލާފައިވަނީވެސް
އެއިން އެއްވެސް އެއްޗަކަށް ދޭންޖެހޭ ޢަދުލުވެރި ބަދަލު ދިނުމަކާ ނުލައިކަމަށްބުނެ އެތަކެތީގެ ބަދަލު
ހޯދުމަށް ހުށަހަޅާފައިވާ ހުށަހެޅުންކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި އެޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20jjHC-A/174
ccc
އެދަޢުވާގެ އެބަޔާއި ބެހޭގޮތުން ހއ.ބާރަށު އޮފީހުގެ ފަރާތުން ޖަވާބުދެމުން ދާއޫދު
މޫސާ ބުނެފައިވާ އޭނާގެ ރުއްގަސްތައް ނެތިގެން ގޮސްފައިވާނަމަ އެކަން ވެފައިވަނީ ބާރަށު އޮފީހުގެ
ފަރާތުން ކުޑަ ޢަމަލެއްގެ ސަބަބުން ނޫންކަމަށާއި، އެކަން އެގޮތަށް ވެފައިވާނަމަ އެކަމެއް ކޮށްފައިވަނީ
ރަށުގައި ކަރަންޓުލުމުގެ މަސައްކަތްކުރި ނަމިރާ އިންޖީނިއަރިންގ ކުންފުނީގެ މީހުންގެ ފަރާތުން
ކަމަށާއި، އެކުންފުނީގެ ފަރާތުން އެމަސައްކަތް ބާރަށުގައި ކުރިއިރު، ބައެއް މީހުންގެ ތަކެއްޗަށް ގެއްލުން
ލިބިގެން އެފަރާތްތަކުން ޝަކުވާކުރުމުން އެބަދަލުގެ ކަންތައް ހަމަޖައްސާފައިވާކަމަށާއި، ނަމަވެސް
އެމަސައްކަތް ހިނގިއިރު ދާއޫދު މޫސާގެ ފަރާތުން އޭނާގެ ރުއްގަސްތަކަށް ގެއްލުން ލިބިގެން އެމައްސަލަ
ޖައްސާފައި ނުވާކަމަށް ބާރަށު އޮފީހުގެ ފަރާތުން ބުނެފައިވާއިރު، ދާއޫދު މޫސާ ގެ ދަޢުވާގައި އޭނާގެ
ރުއްގަސްތަކަށް ގެއްލުންދީ ނައްތާލިއިރު އޭނާ ރަށުގައި ނެތްކަމަށާއި، އޭނާ އަށް އެކަން އެނގިފައިވަނީ
އެނބުރި ރަށައް އައިއިރު އެތަކެތި ނެތީމާކަމަށާއި، އަދި އެމަންޒަރު ދުންމީހުން ކިޔައިދިނީމާ ކަމަށް
ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2009/A
-
16
-
C/53 ޤަޟިއްޔާގައި
ދާއޫދު މޫސާ ކުޅަ ދަޢުވާ ސާބިތު ކޮށްދިނުމަށް އޭނާގެ ފަރާތުން ތިން ހެއްކަކު ހުށަހަޅާފައިވާކަމާއި،
ތެރެއިން ހއ.ބާރަށު/ހެޕީ ވިންޑް، މުޙައްމަދު ޒާހިރު ބާރަށު މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ
ބަޔާނުގައި، ދާއޫދު މޫސާގެ ދަޢުވާގައި ބުނެފައިވާ ރުއްގަސްތައް ހަލާކުވެފައިވަނީ ރަށުގައި
ކަރަންޓުލުމަށްޓަކައި މަގުކޮނުމަށް އެރަށަށް ގެންގޮސްފައިއޮތް ހައިމާކަކުން އެތަކެތީގައި ޖައްސާ ހެދުމުގެ
ސަބަބުން ކަމަށާއި، އެކަން ހިނގި ވަޤުތު އެތަނުގައި ބާރަށު އޮފީހުގެ ހުރިހާ މުވައްޒަފުން ކަހަލަ
ގޮތަކަށް އެތަނުގައި ތިބިކަމަށާއި އެހެންވެ އެކަން ކޮށްފައިވަނީ ބާރަށު އޮފީހުން ކަމަށް
ޤަބޫލުކުރެވޭ ކަމަށް ބުނެފައިވާއިރު،
މުޙައްމަދު ޒާހިރުގެ އެބަޔާނުގައި އޭނާ ބުނެފައިވާ ދާއޫދު މޫސާ ގެ
ޑަންޕަރު ކަހަލަ ވެހިކަލަކުން ޖައްސާ އެތަކެތި ފިސްވެފައިވާފަދަ ގޮތަކަށް ނަގައި އެގޯތީގެ ތެރެއަށް
އޭގެ
~ / ހ8
އނ އނ
ރުއްގަސްތައް،
ދިވެހިރާއްޖޭގެ
ހައިކޯ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2011/HC-A/174
· 4
އުކާލާފައި ހުއްޓާ އޭނާއަށް ފެނިފައިވާކަމަށް ހއ.ބާރަށު|ފީނިހިޔާގެ ޙަސަން ފަރީދު ބާރަށު މެޖިސްޓްރޭޓް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާކަމާއި،
ހަމައެފަދައިން ހއ.ބާރަށު(ރިހިވެލި މުޙައްމަދު ޢިމާދު އެކޯޓަށް ދީފައިވާ ބަޔާނުގައިވެސް
ދާއޫދު މޫސާގެ ދަޢުވާގައި ބުނެފައިވާ ރުއްގަސްތައް ބިމުން ނަގައި ބިންމަތީގައި އެތަކެތި ހުއްޓާ އޭނާއަށް
ފެނިފައިވާ ކަމަށާއި، އަދި އެތަނުގައި އޭރު ހައިމާކު ދުއްވާފައިހުރި ކަމުގެ ނިޝާންވެސް ފެންނަން
ހުރިކަމަށް ބުނެފައިވާކަން އެނގޭކަމާއި،
މިއެންމެހައި ކަންތައްތަކަށް ބަލާއިރު، ދާއޫދު މޫސާގެ ދަޢުވާގައި ބުނެފައިވާ އޭނާގެ
މުދަލަށް ގެއްލުންދީ އެތަކެތި ނައްތާލާފައިވާކަން ސާފުކޮށް އެނގޭކަމާއި، އަދި އެކަން ކޮށްފައިވަނީ ސީދާ
ބާރަށު އޮފީހުގެ ފަރާތުންކަން އެމީހުން ހެކިބަހުން ނޭނގުނު ކަމުގައިވިޔަސް، އެތަކެތި ހަލާކުވެފައިވަނީ
ރަށުގެ ތަރައްޤީއަށްޓަކައި ހިންގުނު މަޝްރޫޢެއްގެ ދަށުން ކުރެވުނު މަސައްކަތެއްގެ ތެރެއިން
ކަމުގައިވާތީ، ދާއޫދު މޫސާ ދެކެނީ އެކަމުގައި ދާއޫދު މޫސާގެ ޙައްޤު ހޯދައިދޭންޖެހޭނެ ފަރާތަކީ ރަށު
އޮފީސްކަމަށްކަމާއި،
މިގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ރަސްމީ ލިޔެކިޔުންތަކަށް ބަލާއިރު، ޢާންމު
ރައްޔިތެއްގެ ހައިސިއްޔަތުން ދާއޫދު
ދާއޫދު މޫސާ އޭނާގެ ޙައްޤު ހޯދުމަށް އެކަށީގެންވާ ގޮތުގައި މަސައްކަތް
ކޮށްފައިވާކަން އެނގޭކަމާއި،
އެލިޔުންތަކަށް ބަލާއިރު، ތިލަދުންމަތީ އުތުރުބުރީ އަތޮޅުއޮފީހުގެ ނަންބަރު
2008
/
5-JDF) (31 ޖެނުއަރީ 2008) "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" ގައި، ދާއޫދު
މޫސާގެ ސިޓީގައި ހުށަހަޅާފައިވާ މައްސަލައާއި ގުޅޭގޮތުން ދަންނަވަމެވެ. ރަށްރަށުގައި ހަދަންޖެހޭ
މަގުހެދުމާއި، ހަދާފައިވާ މަގެއް އުވާލަން ޖެހުމުން އުވާލުމާއި، އަދި މަގުހަދާނެ ތަންތަން ކަނޑަޢުމަކީ
ރަށުއޮފީހުގެ މަޝްވަރާއާއެކު މިއޮފީހުގެ ހުއްދަ ލިބިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ. އެގޮތުން
ޞަބާޙުލްޅައިރު ގޭގެ އިރުމަތިން ހަދާފައިވާ މަގު އުވާލާ އެމަގު ހުޅަނގަށް ބަދަލުކުރަންޖެހުނީ
އެތަނުގައިހުރި މިސްކިތަށް ދިއުމަށް މަގެއްނެތުމުން މިސްކިތަށް ދާމީހުންނަށް ފަސޭހަކުރުމުގެ ގޮތުންނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް:331471
އީމެއިލް irif [email protected] ވެބް ސައިޓް www.highcourt.gov.mv
8
2011/HC-A/j74
3 /
މިމަގު ހެދުމުގެ ތެރޭގައި ދާއޫދު މޫސާގެ ގަސްތައް ކަނޑާ، ޢިމާރާތްތައް ތަޅާފައިވާނަމަ އެކަންތައްތައް
ތަޙްޤީޤުކުރުމަށް ބާރަށު އޮފީހަށް މީހަރުވާނީ އަންގާފައެވެ. އަދި އެގޮތަށް އެކަން ހިނގާފައިވާނަމަ
އެކަންކުރި ބަޔަކު އެކަމުގައި ޒިންމާ އުފުލަންޖެހޭނެއެވެ. އެއްވެސް މީހެއްގެ މިލްކުގައިވާ އެއްވެސް
އެއްޗެއް ޝަރުޢީ ބަދަލަކާނުލައި ނަގާކަށް މިއޮފީހުން އަންގާފައި ނުވާނެއެވެ..." މިފައިން ބުނެ
ފައިވާއިރު،
ތިލަދުންމަތީ އުތުރުބުރީ ބާރަށުއޮފީހުގެ ނަންބަރު 2009
/
37/A
-
A16
/
MIS
(11 ޖޫން 2009 ފޮނުވާ ސިޓީގެ ޖަވާބު" ގައި، "ފިޔާތޮށިގޭ ހުޅަގުން ހަދާފައިވާ މަގަކީ މިއޮފީހާއި
ބާރަށު ރކ.ކޮމެޓީއާއި ހއ.އަތޮޅު އޮފީހުން ފޮނުވި ވަފުދެއްގެ ބެލުމުގެ ދަށުން ކަމަށް އެގޯތީގެ
އެންމެހައި ލިޔެކިޔުންތަކުން ފެންނަން އެބަހުރިއެވެ. އަދި ބަންޑާރަ ބިމަކަށް ގެންނަންޖެހޭ ބަދަލެއް
ސަރުކާރުން ގެނެވޭ ގޮތަށް އޮންނަނީ ހަމަޖެހިފައެވެ. ނަމަވެސް ދާއޫދު މޫސާ އަށް ފިޔާތޮށިގޭން ބަހާފައި
ލިބިފައިވާ ބައިގާ ހުރިތަކެތި އެމަގު ހެދުމަށް ނުވަތަ އެމަގުން ކަރަންޓް ކޭބަލް ގެންދިއުމަށް
މަސައްކަތްކުރި ފަރާތުންވަނީ ބަދަލު ނުދީ ނަގާފައިކަމަށް ވާތީ އެތަކެތީގެ ތަފްޞީލް ތިޔަފަރާތުން
މިއޮފީހަށް ހުށަހެޅުމުން ބަދަލު ފައިސާ ލިބޭގޮތަށް ހަމަޖައްސާ ދެއްވާނެ ވާހަކަ ދެންނެވީމެވެ."
މިފަދައިން ބަޔާން ކޮށްފައިވާކަމާއި،
އަދި މީގެ އިތުރުންވެސް 24 އޯގަސްޓް 2009 ގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު
އޮފީހުގެ ނަންބަރު 2009
/
17-JDF) ގެ "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" ގައި، "ދާއޫދު
މޫސާގެ މަންމަ އަލްމަރުޙޫމް ޚަދީޖާ ޙަސަން ފިޔާތޮށިގެ، ގޯތިން ދާއޫދު މޫސާ އަށް ލިބުނު ބައިގައިވާ
ރުއްގަސް ކަނޑާ ގޯއްޗަށް އިތުރު ބަދަލުތައް ގެނެސްފައި އިވާނެކަމަށް ބާރަށު އޮފީހުން
ވިދާޅުވެފައިވެއެވެ. ވީމާ، ތިޔަބުނާ ބަދަލެއް ރަށުއޮފީހުން ގެނެސްފައިވާކަމަށް ދާއޫދު މޫސާ އަށް
ޤަބޫލުކުރެވޭނަމަ އެމައްސަލަ ކޯޓަށް ހުށަހެޅުން ރަގަޅުވާނެކަމަށް ފެނެއެވެ." މިފަދައިން ބަޔާން
ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތަމް/ ދިވެހިންގެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
20jj/HC-A/174
CO
މެނުވީ، އެއްވެސް
OCCO
ccc
(ނ) 1997 ގައި ޢަމަލު ކުރަންފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ
23 ވަނަ މާއްދާގެ ގައި، މީހުންގެ މިލްކުތަކަކީ، ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. ފަހެ، ޝަރީޢަތުގައި
ނުވަތަ ޤާނޫނުގައިވާ ގޮތެއްގެ މަތީންމެނުވީ، ހަމަ އެކަކުގެ ކިބައިންވެސް އެމީހެއްގެ މިލްކުވެރިކަމެއް
ނިގުޅައެއް ނުގަނެވޭނެ ކަމަށާއި، ޤާނޫނުގައި ބަޔާންވެގެންވާ ޙާލަތުތަކެއްގައި ޢާންމު ވެގެންވާ
މަންފާއަކަށްޓަކައި އަދި ޤާނޫނުގައި ބަޔާންވެގެންވާ ފަދައަކުން އެ އެއްޗަކަށް ޢަދުލުވެރި ބަދަލުދީފައި
މީހެއްގެ މިލްކެއް ދައުލަތަކަށް ނަގައިގެން ނުވާނެކަމަށް ބަޔާން ކޮށްފައި ވާއިރު،
2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 07 ވަނަ ދުވަހު ތަޞްދީޤު ކޮށްފައިވާ މިހާރު
ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި، މީސްމީހުންގެ މުދަލަކީ
ނިގުޅައިގަނެގެންވާނޭ ނޫނެވެ. ފަހެ، ޢާންމުވެގެންވާ މަންފާއަކަށްޓަކައި، ޤާނޫނުގައި
ކަނޑައެޅި ބަޔާންވެގެންވާ ގޮތެއްގެ މަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ
އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެއެވެ. އަދި މީހެއްގެ
މުދަލެއް ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެމުދަލެއްގެ ވެރިފަރާތަށް
ދިނުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭއިރު،
ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2009/A
-
16
-
C/53 ޤަޟިއްޔާގައި
ހއ.ބާރަށް ޞަބާޙުލްޣައިރު، ދާއޫދު މޫސާ ކުޅަ ދަޢުވާއިން ޙާޞިލްކުރަން ބޭނުންވި ކަމަކީ،
މީސްމީހުންގެ ގޯތިގެދޮރާއި މުދަލަކީ ޤާނޫނުގެ ޙިމާޔަތާއި ރައްކާތެރިކަން ލިބިފައިވާ ޙުރުމަތްތެރިވެގެންވާ
ތަންތަނާއި ތަކެތިކަމަށްވާއިރު، ދާއޫދު މޫސާ އަށް އޭނާގެ މަންމަގެ ގޯތި ބަހައިގެން ލިބިފައިވާ ބަންޑާރަ
ބިމުން ބައެއް ހިމަނައިގެން އެރަށުގައި މަގެއް ހެދިއިރު، އެއީ ޢާންމުވެގެންވާ މަންފާއަކަށްޓަކައި
ރަށުއޮފީހުން ކޮށްފައިވާ ކަމެއްކަމަށް ބެލިނަމަވެސް، އެކަން ކޮށްފައިވަނީ އެކަން ކުރުމުގެ ކުރީން
ތަބާވާންޖެހޭ ޤާނޫނީ އުޞޫލުތަކަށް ތަބާވުމެއްނެތި، އަދި އެކަން ކުރުމުގެ ކުރިން ކޮންމެހެން
ފުރިހަމަކުރަންޖެހޭ ޤާނޫނީ އެންމެހައި އިޖްރާއާތު ފުރިހަމަކުރުމަކާ ނުލައިކަން ސާފުކޮށް އެނގެން
އޮންނާތީއާއި، އެމަގު ހެދިއިރު އެމަގަށް އަރާފައިވާ ދާއޫދު މޫސާ ގެ ރުއްގަސްތައް ރަށުގެ
Occ
4
OCCO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް irif [email protected] ވެބް ސައިޓް www.highcourt.gov.mv
10
2011/HC-A/174
ޗެ55
ތަރައްޤީއަށްޓަކައި ހިންގި މަޝްރޫއެއްގެ މަސައްކަތް ކުރިއިރު ހަލާކުކޮށް ނައްތާލާފައިވާކަން އެނގެން
އޮތްއިރު، އެކަންވެސް ކޮށްފައިވަނީ އެފަދަ ކަންތައްތައް ކުރުމުގައި ތަބާވާންޖެހޭ ޤާނޫނީ އުޞޫލުތަކަށާއި
ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖްރާއާތު ފުރިހަމަ ކުރުމަކާ ނުލައިކަމަށް ކަނޑައަޅުއްވައި ދެއްވާ، ދާއޫދު
މޫސާއަށް ލިބެންވާ ޙައްޤު ޢަދުލުވެރި ބަދަލު ލިބިދެއްވުންކަން ސާފުކޮށް އެނގެން އޮންނަކަމާއި،
ނަމަވެސް ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2009/A
-
16
-
C/53 ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން ދާއޫދު މޫސާ ގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާއިރު، އެނުކުތާތައް
ބިނާކޮށްފައިވަނީ ހަމައެކަނި އޭނާ ދަޢުވާގައި ބަޔާން ކޮށްފައިވާ ރުއްގަސްތައް ހަލާކުކޮށް ނެތިކޮށްލުމުގެ
ބައިގެ މައްޗަށް އެކަނި ކަމަށްވާތީ، މިއިސްތިއުނާފުގެ ޤަޟިއްޔާގައި ގޮތެއް ކަނޑައަޅާފައިވާނީ އެބައިގެ
މައްޗަށް އެކަނިކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި
ކަންތައްތަކަށް
ރިޢާޔަތްކޮށް ބަލާއިރު، ހއ.ބާރަށް ޞަބާޙުލްޣައިރު،
ހއ.ބާރަށު ފިޔާތޮށިގެ ބަހައިގެން ލިބިފައިވާ ބައިގައި އޭނާ ހައްދާފައިވާ ރުއްގަސްތަކެއް ހުރި ހިސާބު
ޢާން މަންފާއަކަށްޓަކައި މަގެއް ހެދިއިރު އެރުއްގަސްތައް އެމަގަށް
އަރާފައިވާކަމާއި، އަދި ރަށުގެ ތަރައްޤީއަށްޓަކައި ކުރެވުނު މަސައްކަތެއްގެ ތެރެއިން އެރުއްގަސްތަކަށް
ޢަދުލުވެރި ބަދަލު ނުދީ ހަލާކުކޮށް ނެތިކޮށްލާފައިވާކަން އިސްވެ ހަވާލާ ދެވިފައިވާ ލިޔެކިޔުންތަކުންނާއި
ހެކީންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާކަމާއި، ނަމަވެސް އެތަކެތީގެ ޢަދުލުވެރި ބަދަލު ހައިކޯޓުގެ
މިޤަޟިއްޔާގައި ކަނޑައަޅަން
ހއ.ބާރަށު މެޖިސްޓްރޭޓް
ކޯޓުގެ
ނަންބަރު:2009/A
-
16
-
C/53 ޤަޟިއްޔާގައި އެއްވެސް މިންވަރަކަށް އެރުއްގަސްތަކުގެ ތަފްޞީލީ
މަޢުލޫމާތު ސާފުކޮށްފައި ނުވާތީ، މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވަނީ،
ހަލާކުވެ ގޮސްފައިވާ ދާއޫދު މޫސާގެ ރުއްގަސްތަކުގެ ތަފްޞީލީ މަޢުލޫމާތާއެކު އަލުން ދާއޫދު މޫސާގެ
ފަރާތުން ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ އެމައްސަލަ އަލުން ބަލާ، އެމަޢުލޫމާތުތަކުގެ
އަށް
|46=މ 8
ހ03
/
2ނ
4 2 4 2 4 $
/390ނވެ
ދިވެހިރާއްa.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް:331471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
11
2011/HC-A/174
އަލީގައި ޝަރުޢީ ހަމަތަކުގެ މަތީން ކަނޑައެޅެން އޮތް އަދުލުވެރި ބަދަލެއް ނަގައިދިނުމަށް އަންގާ
މިޤަޟިއްޔާ ނިންމަންޖެހޭކަމަށެވެ.
ކަންތައްތަކަށް
ހއ.هރށް
މަގެއް
މ 04
4
އއ3
4
3
2 ތ 8 އއވ
އFއegކށް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި
ރިޢާޔަތްކޮށް ބަލާއިރު، ހއ.ބާރަށް ޞަބާޙުލްޣައިރު، ދާއޫދު މޫސާ
ބާރަށު ފިޔާތޮށިގެ ބަހައިގެން ލިބިފައިވާ ބައިގައި އޭނާ ހައްދާފައިވާ ރުއްގަސްތަކެއް ހުރި ހިސާބު
ހިމެނޭގޮތުން ޢާންމުވެގެންވާ މަންފާއަކަށްޓަކައި ހެދިއިރު އެރުއްގަސްތައް އެމަގަށް
އަރާފައިވާކަމާއި، އަދި ރަށުގެ ތަރައްޤީއަށްޓަކައި ކުރެވުނު މަސައްކަތެއް ތެރެއިން
ޢަދުލުވެރި ބަދަލު ނުދީ ހަލާކުކޮށް ނެތިކޮށްލާފައިވާކަން އިސްވެ ހަވާލާ ދެވިފައިވާ ލިޔެކިޔުންތަކުންނާއި
ހެކީންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅާ، އިސްވެ ބަޔާންކުރެވުނު ސަބަބަށްޓަކައި
އެތަކެތީގެ ޢަދުލުވެރި ބަދަލު ހައިކޯޓުގެ މިޤަޟިއްޔާގައި ކަނޑައެޅެން ނެތުމުން ހއ.ބާރަށު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2009/A
-
16
-
C/53 ޤަޟިއްޔާގައި ދާއޫދު މޫސާ ބަޔާން ކޮށްފައިވާ
ރުއްގަސްތަކުގެ ތަފްޞީލީ މަޢުލޫމާތާއެކު އަލުން ދާއޫދު މޫސާގެ ފަރާތުން ހއ.ބާރަށު މެޖިސްޓްރޭޓް
ކޯޓަށް ހުށަހަޅައިފިނަމަ، ޝަރުޢީ ހަމަތަކުގެ މަތީން އެކަންކަން ރަގަޅަށް ބެލުމަށްފަހު، އެކަމަށްޓަކައި
ކަނޑައެޅިފައިވާ ޤަވާޢިދުތަކުގެ އަލީގައި އެރުއްގަސްތަކުގެ ޢަދުލުވެރި ބަދަލު ޝަރީޢަތުން ކަނޑައަޅައި،
އެބަދަލު ލިބިދިނުމަށް އަންގާ އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށިމާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv