ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/314 ޤަޟިއްޔާގެ ޙުކުމް
1
ه3¢ ¢¢
ميم متيوتر
2013/HC-A/3j4
ޤަޟިއްޔާ ނިމުނު |
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 314/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙުމަދު ރިޝާން
އައިޑީ ކާޑު ނަންބަރ: A355729
ދާއިމީ އެޑްރެސް: ސީހޯސް (އއ.ރަސްދޫ
، މިހާރުގެ އެޑްރެސް: ސީހޯސް(އއ.ރަސްދޫ
20
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިސް
ކާޑު ނަންބަރ:
އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޛުލްޤައިދާ 1434
01 އޮކްޓޯބަރު 2013
ނިމުނު ތާރީޚް: 02 ޛުލްޙިއްޖާ 1434
07 އޮކްޓޯބަރު 2013
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2013/8502(J(MD-145
ނިންމެވިކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 2013-09-26 ނިމުނު ތާރީޚް: 2013-09-26
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޔޫސުފު ޙުސައިން
ހައިކޯޓް
t
“ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2013/HC-A/314
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/8502(J
(
MD-145 ކޯޓު އަމުރު"
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ އއ.ރަސްދޫސީހޯސް،
އަޙުމަދު ނިޝާން ގެ ފަރާތުން އެ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ
ޤަޟިއްޔާ އެކެވެ. ޤަޟިއްޔާގައި އިސްތިއުނާފު ދަޢުވާ ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހެވެ.
ވެވުނު ނުކުތާތައް:
OcOX
01 އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/8502(J(MD-145
ކޯޓު އަމުރު" އަށް ބަލާއިރު، އެ އަމުރަކީ އއ.ރަސްދޫ ސީސޯސް، އަޙުމަދު ރިޟާން ފުލުހުންގެ އަމުރަށް
ނުކިޔަމަންތެރިކަން ދައްކާ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އަދި ފުލުހުންގެ ގައިގައި ތަޅާ މާރާމާރީ
ހިންގާފައިވާ ކަމުގެ ތުހުމަތުގައި އަޙުމަދު ރިޟާން ބަންދުކުރެވިފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު އިތުރު
ކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު:TD057366 "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ
ހުށަހަޅާ ފޯރމް" އިން ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަމާއި، އެ އަމުރުގައި އެވަގުތު އަޙުމަދު ރިޟާން
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީ، 2013 ސެޕްޓެމްބަރ
26 ވަނަ ދުވަހުގެ 16:30 އިން ފެށިގެން 06 އޮކްޓޯބަރ 2013 ގެ 16:29 އަށް އަޙުމަދު ނިޝާން،
މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފައިވާކަން
Oco
¢ ¢ ¢
އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/314
02- ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/8502(J
(
MD-145 ކޯޓު އަމުރު" އަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ އަޙުމަދު އިޝާންގެ ފަރާތުން
އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި 03 ނުކުތާއެއް ފާހަގަކޮށް އެ ނުކުތާއާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވެއެވެ.
* ފުރަތަމަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 46 ވަނަ މާއްދާއާއި ޚިލާފަށް، އަދި އެ މާއްދާއަށް ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި ހަމައެކަނި
ފުލުހުން ބުނާ ބުނުމެއްގެ މައްޗަށްކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ
މާއްދާއާއި ޚިލާފަށްކަމަށް ބުނެފައިވާ
ތިންވަނަ ނުކުތާއަކީ: ބަންދުގައި ބެހެއްޓެވުމަށް ޤާޟީ ނިންމެވި ނިންމެވުމަށް ވާޞިލުވި
ސަބަބު ބަޔާންކޮށްފައިނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/8502(J
(
MD-145 ކޯޓު އަމުރަށާއި، އެއަމުރު
އިސްތިއުނާފު ކުރުމަށް އަޙުމަދު ރިޝާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށާއި މައްސަލާގެ ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު އަންނަނިވި
ޝަރީޢަތަށް ފާހަގަ
ބުނަމެވެ.
22
22 ހއ
ކަންއ•އ
4 2 4 2 2
ކމއ.
3.1- ފުރަތަމަ ކަމަކީ: އިސްވެ ބަޔާންކުރެވުނު ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުން އަޙުމަދު
ރިޝާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 46 ވަނަ މާއްދާއާއި
49 ވަނަ މާއްދާ އާއި ޚިލާފަށް، އަދި އެ މާއްދާއަށް ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި ހަމައެކަނި ފުލުހުން
ބުނާބުނުމެއްގެ މައްޗަށްކަމަށްބުނެ އަޙުމަދު ރިޝާންގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއާއި ބެލިބެލުމުން،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 46 ވަނަ މާއްދާގައި، "ހައްޔަރުކުރާ މީހާއަށް މީހަކު ކުނެއްއްޖޭގެ
ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއްކޮށްފިކަމަށް، ނުވަތަ އެވަގުތު
އެއުޅެނީ ކުށެއް ކުރާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/314
COCC
ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން، ނުވަތަ ކޯޓުގެ
އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެނެއް ނުވާނެއެވެ
މެއެވެ."
މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އަޙުމަދު ރިޟާން ބަންދުކޮށްފައިވަނީ ކޯޓުގެ
އަމުރަކުންކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، އަދި މިހާރު އަޙުމަދު
ރިޝާންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ އަމުރަކީ، އޭނާ އެންމެ ފުރަތަމަ ބަންދުކުރުމަށް ކޯޓުން
ނެރެފައިވާ އަމުރު ނޫންކަމާއި، އެހެންކަމުން ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ކަނޑައަޅާފައިވާ
އުޞޫލާއި، މިހާރު އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/8502(J
(
MD-145 ކޯޓު
އަމުރު" ގެ ދަށުން އަޙުމަދު ރިޟާން ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ އިތުރު ކުރުމާއި ޤާނޫނީގޮތުން
އަޅާކިޔޭނެ ޖާގައެއް ނެތްކަމެވެ.
3.2- ދެވަނަ ކަމަކީ: އަޙުމަދު ރިޝާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާ އަށް ފެތޭ މީހެއްތޯ ބެއްލެވުމެއްނެތި ހަމައެކަނި
ފުލުހުން ބުނާބުނުމެއްގެ މައްޗަށްކަމަށާއި، އަދި އަޙުމަދު އިޝާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ
ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު” ގެ 7 ވަނަ މާއްދާއާއި ޚިލާފަށްކަމަށް އަޙުމަދު ރިޝާންގެ ފަރާތުން ބުނެފައިވާތީ
އެނުކުތާއަށް ބެލުމުގެ ގޮތުން ހައިކޯޓުން ބެލިބެލުމުން،
މައްސަލައެއް ތަޙްޤީޤު ކުރެވެމުންދާ އިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަ ވެފައިވާކަން ނުވަތަ ނޫންކަމާ
ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންކަމާއި،
2062
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2013/HC-A/314
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަދި ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ ތުހުމަތުގައިވާ
މީހާގެ ކިބާގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" 7 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ އެފަދަ
މައްސަލައެއް ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:
93/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 19/SC-A/2010 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި އެއްގޮތްވާގޮތުގެ
މަތީން މީހަކު ބަންދުކުރުމުގައި، ތުހުމަތު ކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެހާދިސާ
ތަޙްޤީޤު ކުރުމުގައިހުރި ގޮންޖެހުންތަކަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ ޠަބީޢަތަށާއި، ކުށުގެ
ކުޑަބޮޑުމިނަށާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަށާއި، މިއެންމެހައި ކަންތައްތަކަށް ފަނޑިޔާރު
ރިޢާޔަތްކުރަންޖެހޭކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އަޙުމަދު އިޝާންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ފުލުހުންގެ
ނުކިޔަމަންތެރިވުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގުންކަން
މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު:TD057366 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް"
އިންނާއި ކްރިމިނަލް ކޯޓުގެ ނަންބަރު:2013/8502(J
(
MD-145 "ކޯޓު އަމުރު" އިންނާއި ހުށަހެޅިފައިވާ
އެހެނިހެން ލިޔުންތަކުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަހުން އެނގެން އޮންނައިރު، ތުހުމަތު
ކުރެވިފައިވާ ކުށުގެ ބާވަތަކީ، އެކަމުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެ، މުޖްތަމަޢުގެ އަމަން
ގެއްލިގެން ހިނގައިދާފަދަ ޢަމަލުތަކެއްކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: އަޙުމަދު ރިޟާން ބަންދުގައި ބެހެއްޓެވުމަށް ފަނޑިޔާރު ނިންމެވި
ނިންމެވުމަށް ވާޞިލުވި ސަބަބުތައް ކްރިމިނަލް ކޯޓުގެ ނަންބަރު:2013/8502(J
(
MD-145 ކޯޓު އަމުރު"
ގައި ބަޔާންކޮށްފައިނުވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން ހައިކޯޓުން ބެލިބެލުމުން، މިއައީ
އަމުރުތައް ނެރުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނެ ކަންތައްޅަވައް
އަމުރަށް
8. 4 2
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/314
4
ބަޔާންކުރެވިފައި އެވަނީކަމާއި، އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 49 ވަނަ މާއްދާ
އަށާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:
19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ
ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަނޑިޔާރުގެ ކުރިމައްޗަށް
ހާޒިރުކުރެވިފައިވާ މީހާގެ ކިބާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 49 ވަނަ މާއްދާ އަށާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް
ފުރިހަމަވެފައިވާކަމަށް ފަނޑިޔާރަށް ފެނިއްޖެ ޙާލަތެއްގައި އެސަބަބެއް ބަޔާންކުރުމުން ފުދޭނެކަމާ
ފުދޭނެކަމާއި، މީހެއްގެ
މައްޗަށް ކުށެއްގެ ތަޙުޤީޤު ކުރެވިގެން އެމީހާގެ މައްޗަށް ދަޢުވާކުރުމަށް ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް
ބައްލަވާ ފަނޑިޔާރަކު އެމައްސަލައެއްގެ ޙުކުމް ކުރެއްވުމުގެ ކުރިން އެޙުކުމަށް ވާޞިލުވި ސަބަބުތައް
ތަފުޞީލުކޮށް ބަޔާންކުރަމުން އަންނަ ފަދައިން މިފަދައިން ނެރޭ ކޯޓު އަމުރެއްގައި އެސަބަބުތައް ބަޔާންކުރުން
ލާޒިމްކޮށްފައިވާ އެއްވެސް ޤާނޫނެއް ޤަވާއިދެއް ވުޖޫދުވެފައި ނުވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ
ނަންބަރު:2013/8502(J
(
MD-145 ކޯޓު އަމުރުގައި އއ.ރަސްދޫ ސީހޯސް އަޙުމަދު ރިޝާން
(ދރ.ކާޑު ނަންބަރު:A355729 ) 2013 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 16:30 އިން ފެށިގެން 06
އޮކްޓޯބަރ 2013 ގެ 16:29 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި
ބެހެއްޓުމަށް އަމުރު ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަން ޝަރީޢަތަށް ސާބިތުވާކަމަކަށް
މިމައްސަލަ ބެލި ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނެއެވެ.
CCCC
ދެންފަހެ، ކްރިމިނަލް ކޯޓުގެ ނަންބަރު:2013/8502(J
(
MD-145 ކޯޓު އަމުރު
ކުރުމަށް އއ.ރަސްދޫ ސީސޯސް، އަޙުމަދު ނިޝާން (ދރ.ކާޑު ނަންބަރު:A355729)
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/314
ހުށަހަޅާފައިވާ ނުކުތާތަކުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ރިޢާޔަތްކޮށް ބެލިއިރު، އެ އަމުރު ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަން ޝަރީޢަތަށް
ސާބިތުނުވާކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv