ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/360 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/360
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 3640/HC
-
A/2013
އިސްތިއުނާފް ކުރިފަރާތް
:ބުޝްރީ މޫސާ
އައިޑީ ކާޑު ނަންބަރު: A053383
* ދާއިމީ އެޑްރެސް: ތަނޑިރަތްމާގެ ވ. ފުލިދޫ
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: (ނެތް)
* ވަކީލު:
0
0
• ރަޖިސްޓްރީކުރެވުނު ތާރީޚް: 23 މުޙައްރަމް 1435
27 ނޮވެމްބަރު 2013
ނިމުނު ތާރީޚް: 16 ޞަފަރު 1435
19 ޑިސެމްބަރު 2013
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2013/J1C/15
މައްސަލައިގެ ބާވަތް: ކޯޓުގެ ހުރުމަތް ކެނޑުން
ފުލިދޫ މެޖިސްޓްރޭޓް ކޯޓު
* ހުށަހެޅުން ތާރީޚް: 9 އޮކްޓޫބަރު 2013
ނިމުނު ތާރީޚް: 8 އޮކްޓޫބަރު 2013
*
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭ
/
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ވ
4
2 •
2
ޤަޟިއްޔާ
2013/HC-A/360
ނިމުނު 1
مل من *
ދަޢުވާގެ ޚުލާޞާ
މިއީ، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/J1C/15 ޤަޟިއްޔާ
އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން
އިސްތިއުނާފު ކޮށްދިނުންއެދި ބުޝްރީ މޫސާ، ތަނޑިރަތްމާގެ ވ. ފުލިދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު A053383) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ށަހެޅުމުން ބެލިފައިވާ
ހުށަހެ
2
ފާހަގަކުރެވުނު ނުކުތާތައް:
02 0 0
.1
.
1. އިސްތިއުނާފުކުރެވިފައިމިވާ ވ.
ހ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/J1C/15 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ވ. ފުލިދޫ:ހުވަދުމާއާގެ، މުޙައްމަދު އަޒްމީ
ވ. ފުލިދޫ ކައުންސިލް އިދާރާގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ ބެލުމަށް އެކައުންސިލްގެ ރައީސް ވ.
ފުލިދޫތަނޑިރަތްމާގެ ބުޝްރީ މޫސާ ހާޟިރުކޮށް މެޖިސްޓްރޭޓް ކުރި ސުވާލުތަކަށް ބުޝްރީ މޫސާ
ޖަވާބުދާރީނުވެ، ބަހާއި ޢަމަލުން ޝަރީޢަތުގެ މަޖިލީހުގައި ކޯޓު ޙުރުމަތް ކަނޑާލާފައިވާތީކަމަށް ވިދާޅުވެ
ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުން ވަގުތުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމްގައިވަނީ، "އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް
ބަލާއިރު ފުލިދޫ ހުވަދުމާއާގެ މުޙައްމަދު އަޒްމީ، ވ. ފުލިދޫ ކައުންސިލް އިދާރާގެ މައްޗަށް
ހުށަހަޅާފައިވާ މުސާރައާއި އެލަވަންސް ހޯދުމަށް އެދޭ މައްސަލަ މިކޯޓުން ބެލުމަށްޓަކައި ބޭއްވި ފުރަތަމަ
އަޑުއެހުމުގައި އެކައުންސިލްގެ ރައީސް ވ. ފުލިދޫ ތަޑިރަތްމާގެ ބުޝްރީ މޫސާ ހާޟިރުކޮށް އޭނާއާއި
މެޖިސްޓްރޭޓް ކުރި ސުވާލުތަކަށް ޖަވާބުދާރީ
ބުޝްރީ މޫސާ ސިދާ ބަހުން ބުނުމުން
ތިންފަހަރުމަތިން މެޖިސްޓްރޭޓް ނަސޭހަތްތެރިވެ ޖަވާބުދާރީވުމަށް ބުޝްރީ މޫސާއަށް އަންގާ ތިންވަނަ
OLOO
243 2ދ ހ2
ނޅުވާނެކަމަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471 +
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު "
2013/HC-A/360
کی عمری
ފަހަރު އަމުރު ކުރުމުން ތިޔަ ސުވާލަށް ޖަވާބުދާރީ ނުވެވޭނެކަމަ
ނެކަމަށާއި އަދި ޖަވާބުދާރީ ނުވާނެކަމަށް
ބުނުމުން ބުޝްރީ މޫސާ ކޯޓުގެ ހުރުމަތް ކަނޑާލާ ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތަށް ހުރަސްއަޅާ
މެޖިސްޓްރޭޓްގެ އަމުރާއި ޚިލާފުވެފައިވާތީ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދުގެ 04 ވަނަ
ނަންބަރުގެ (2) އާއި (7) އާއި ބުޝްރީ މޫސާ ޚިލާފުވެފައިވުމުން ޙަވާލާދީފައިވާ ޤާވާއިދުގެ 17 ވަނަ
ނަންބަރުގެ (ހ) އާއި ހަވާލާދީ ޤާނޫނުލްއުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުން ލ. ފުލިދޫ
ތަޑިރަތްމާގެ ބުޝްރީ މޫސާ 2 (ދޭއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ޙުކުމްކޮށް
މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
0x0
2 * *
32
2 ހއ 22
2. ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/J1C/15 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ ބުޝްރީ މޫސާގެ ފަރާތުން
އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ބުޝްރީ މޫސާގެ
ފަރާތުން ހުށަހަޅާފައިވާ!
OLC OO
• ފުރަތަމަ ނުކުތާއަކީ، ކޯޓު ޙުރުމަތް ރައްކާތެރި ކުރުމާއި ބެހޭ ޤަވާޢިދުގެ 04
ވަނަ ނަންބަރުގެ (2) އާއި (7) އާއި، ބުޝްރީ މޫސާ ޚިލާފުވެފައިވާ ކަމަށް ވ. ފުލިދޫ މެޖިސްޓްރޭޓް
ކޯޓުން ކަނޑައަޅުއްވާފައިވަނީ ޙަވާލާދިން ޤަވާޢިދުގެ ރޫޙާ އަދި މަޤްޞަދާއި ޚިލާފަށްކަން މިމައްސަލާގެ
އަސްލަށް ރުޖޫޢަވުމުން ސާފުކޮށް އެނގެންއޮތްކަމަށްބުނެ ހުށަހަޅާފައިވާ
ންކުޗއިވާ"
• ދެވަނަ ނުކުތާއަކީ، އެއްވެސް ފަރުދެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާނީ
އެފަރުދަކު ޖިނާއީ ކުށެއްކޮށްފިކަން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވެގެންކަން މިއީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
¢ 3
ޤަޟިއްޔާ ނިމުނު
2013/HC-A/360
ދެވެ
2
29 /
ޤާނޫން
އަސާސީ
ވަސީގެ 51 ވަނަ މާއްދާގެ (އ) ގައި ކަނޑައަޅާ ބަޔާންކޮށްފައިވާ އަސާސެއް ކަމަށް ވިޔަސް،
ބުޝްރީ މޫސާގެ މައްޗަށް ކުށް ސާބިތުކުރުމުގައި މިދެންނެވި އަސާސަށް ރިޢާޔަތް ކޮށްފައި ނުވާ
ނުވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
2 20
3. މިމައްސަލައާ ގުޅިގެން ފުލިދޫ މެޖިސްޓްރޭޓް ނަންބަރު
2013/J1C/15 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރަމުން
ބުޝްރީ މޫސާގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
OL OO
މައްޗަށް ވ.
OLC OO
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ވ. ފުލިދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2013/J1C/15 ޤަޟިއްޔާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އެޤަޟިއްޔާގައި ވ.
ފުލިދޫތަނޑިރަތްމާގެ ބުޝްރީ މޫސާގެ ބަހާއި ޢަމަލުން ޝަރީޢަތުގެ މަޖިލީހުގައި ކޯޓުގެ ޙުރުމަތް
ކަނޑާލާފައިވާކަމަށް ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވަނީ، ވ. ފުލިދޫ ކައުންސިލް އިދާރާގެ
ފުލިދޫ ހުވަދުމާއާގެ، މުޙައްމަދު އަޒްމީ އެކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކ.
ފުލިދޫ މެޖިސްޓްރޭޓް ކޯޓަށް ބުޝްރީ މޫސާ ޙާޟިރުކޮށް އެމައްސަލަ ބައްލަވާ މެޖިސްޓްރޭޓް
ކުރެއްވި ސުވާލުތަކަށް ޖަވާބުދިނުމަށް ބުޝްރީ މޫސާ އިންކާރުކޮށްފައިވާތީކަން އެނގޭކަމާއި،
ވ. ފުލިދޫ ކައުންސިލް އިދާރާގެ މައްޗަށް ވ. ފުލިދޫ(ހުވަދުމާއާގެ، މުޙައްމަދު އަޒްމީ
ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ދަޢުވާ ރައްދުވާ ފަރާތަކީ ބުޝްރީ މޫސާ
ނޫންކަމާއި، އެމައްސަލާގައި ދަޢުވާ ރައްދުވާ ފަރާތަކީ ވ. ފުލިދޫ ކައުންސިލް އިދާރާކަމާއި، އެމައްސަލަ
ކޯޓަށް ހުށަހެޅުމާ ގުޅިގެން އެމައްސަލާގައި ކައުންސިލްގެ ފަރާތުން ޖަވާބުދާރީ ވާނެ ފަރާތެއް
ދު
އޭނަފއ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/360
گمرکی
=32
5 ޤަޟިއްޔާ ނިމުނު 1
ކައުންސިލްގެ ފަރާތުން ހަމަޖެއްސުމަށްފަހު އެމީހެއްގެ މަޢުލޫމާތު ކޯޓަށް އެންގުމަށް އެދި ވ. ފުލިދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
05/J1MC
/
357
-
A ސިޓީން ފުލިދޫ ކައުންސިލަށް
އަންގަވާފައިވާ ކަމާއި،
ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްވެމިދެންނެވުނު ސިޓީ ފުލިދޫ ކައުންސިލަށް
ލިބުމާ ގުޅިގެން، އެމައްސަލަ ކައުންސިލްގެ ބައްދަލުވުމަކަށް އެޖެންޑާކުރެވި ގޮތެއް ނިމުނުހާ އަވަހަކަށް
އެސިޓީގައި ބަޔާންކުރައްވާފައިވާ މައްސަލާގައި ކޯޓަށް ހާޟިރުވާނެ މީހަކު ހަމަޖެއްސުމަށްފަހު ކޯޓަށް
އަންގާނެކަމަށް ބަޔާންކޮށް ވ. ފުލިދޫ ކައުންސިލްގެ އިދާރާގެ ނަންބަރު 2013
/
15/A
/
JIC-357
ސިޓީން ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓަށް އަންގާފައިވާކަމާއި،
ނަމަވެސް އިސްވެދެންނެވިފައިވާ ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ސިޓީގައި
ބަޔާންކުރައްވާފައިވާ މައްސަލާގައި ދަޢުވާލިބޭ ވ. ފުލިދޫ ކައުންސިލްގެ ފަރާތުން ކޯޓުގައި ޖަވާބުދާރީވާނެ
ފަރާތެއް ކަނޑަޅާ އެފަރާތެއްގެ މަޢުލޫމާތު ކައުންސިލުން ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓަށް އެނގުމުގެ
ކުރިން، 8 އޮކްޓޫބަރު 2013 ގެ 10:00 އަށް، އެމައްސަލާގައި ކޯޓަށް ހާޟިރުވުމަށް، ވ. ފުލިދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/88 "ކޯޓަށް ހާޟިރުވުމުގެ އަމުރު" އިން ބުޝްރީ މޫސާއަށް ވ.
ފުލިދޫ މެޖިސްޓްރޭޓް ކޯޓުން އަންގާފައިވާކަން މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގޭކަމާއި،
އިސްވެ މިދެންނެވުނު ކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، ވ. ފުލިދޫ މެޖިސްޓްރޭޓް
ކޯޓަށް ބުޝްރީ މޫސާ ޙާޟިރުކުރެވިފައިވަނީ އޭނާއާ ޒާތީގޮތުން އެއްވެސް ގުޅުމެއް ހުރި މައްސަލައެއްގައި
ނޫންކަމާއި، އަދި އެމައްސަލާގައި ދަޢުވާ ލިބޭ ފަރާތަކީ ވ. ފުލިދޫ ކައުންސިލްކަމަށް ވުމާއެކު، ބުޝްރީ
މޫސާއަކީ އެކައުންސިލްގެ ރައީސް ކަމުގައިވީނަމަވެސް، އެމައްސަލާގައި ކައުންސިލްގެ ފަރާތުން
ޖަވާބުދާރިވުމުގެ ބާރު، ޤާނޫނާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން އޭނާއަށް ދީފައިނުވާހާ
ހިނދަކު އެމައްސަލާގައި ކައުންސިލްގެ ފަރާތުން ޝަރީޢަތުގައި އޭނާއަށް ޖަވާބުދާރީ ނުވެވޭނެކަމާއި،
ceco
/22&
OXO
4
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު 1
2013/HC-A/360
کی مرکی
ދެވެ
4ހނގރމނ،
.
އިސްވެދެންނެވިފައިވާ ފުލިދޫ ކައުންސިލަށް ދަޢުވާ ލިބޭ
މައްސަލާގައި އެކައުންސިލްގެ ފަރާތުން ބުޝްރީ މޫސާ ޝަރީޢަތުގެ މަޖިލީހުގައި ޖަވާބުނުދިނުމަކީ ކޯޓުގެ
ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު ގައި
ބަޔާންކޮށްފައިވާ "ކޯޓުގައި ހިނގަމުންދާ ޝަރީޢަތަކަށް ހުރަސްއެޅުން ނުވަތަ ހުރަސް އަޅަން މަސައްކަތް
ކުރުން" ނުވަތަ އެ އަކުރުގެ 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ "ޝަރީޢަތުގެ މަޖިލީހުގައި
ފަނޑިޔާރަކު ކުރާ އަމުރަކަށް ނުކިޔަމަންތެރިވުން" ގެ ތެރޭގައި ހިމެނޭނެ
ޢަމަލެއްކަމަށް
ބެލެވެންނެތްކަމެވެ.
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2013/
JC/15 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމާ ގުޅިގެން ބުޝްރީ މޫސާއަށް
ލިބެންޖެހޭ މުސާރައެއް ނުވަތަ އިނާޔަތެއް އޭނާއަށް ލިބިފައިނުވާނަމަ އެކަމަކީ ވަކި މައްސަލައެއްކަމާއި،
އެހެންކަމުން އެ ޙުކުމާ ގުޅިގެން ބުޝްރީ މޫސާއަށް ލިބިފައިނުވާ މުސާރައެއް ނުވަތަ އިނާޔަތެއް ވާނަމަ،
އެ މުސާރައާއި އިނާޔަތެއް ހޯދުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ކޯޓަކަށް
ހުށަހެޅުމުގެ އިޚްތިޔާރު ބުޝްރީ މޫސާއަށް ލިބިގެންވާކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން،
ކުރުމުން، ވ. ފުލިދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2013/J1C/15 ޤަޟިއްޔާގައި، ވ. ފުލިދޫތަނޑިރަތްމާގެ، ބުޝްރީ މޫސާ 2 (ދޭއް)
މަސްދުވަހުގެ މުއްދަތައް ގޭގައި ބަންދުކުރުމަށް ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަޖެހޭކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު
ވެވިފައިވެއެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
1
2013/HC-A/360
ޤަޟިއްޔާ ނިމުނު
ނިމުނު ގޮތު
در هر متر مربع
• ޙުކުމް
ހ2 0
2222
1w0ދންކެރަވާނީ
•
ޤަޟިއްޔާގައި،
73207ހ2
ބަނދިކަރމަށް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު،
ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/J1C/15
ވ. ފުލިދޫތަނޑިރަތްމާގެ، ބުޝްރީ މޫސާ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A053383) 2 (ދޭއް) މަސްދުވަހުގެ މުއްދަތައް ގޭގައި
ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވުނު ހިނދު، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/J1C!15 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv