ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/241 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/241
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
". ބޮޏެ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހޯ2
ކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 241/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު އިބްރާހީމް
* އައިޑީ ކާޑު ނަންބަރ: A069224
* ދާއިމީ އެޑްރެސް: އިރުދޭމާގެ ތ.ކިނބިދޫ
މިހާރުގެ އެޑްރެސް: މއ.ވާދޫގެ (ކ.މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޙުސައިން އަޙްމަދުމަނިކު
* ދާއިމީ އެޑްރެސް: ކެލިފޯނިޔާ ތ.ހިރިލަންދޫ
އައިޑީ ކާޑުނަންބަރު: A090228
މިހާރުގެ އެޑްރެސް: ކެލިފޯނިޔާ ތ.ހިރިލަންދޫ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 12 އޮކްޓޯބަރ 2011 * ނިމުނު ތާރީޚް: 08 ޖުލައި 2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/378
• ނިންމެވިކޯޓް: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ޙުކުމް ތަންފީޛުކުރުން
• ހުށަހެޅި ތާރީޚް: 2011-02-17
، ނިމުނު ތާރީޚް: 2011-07-10
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުއްރައޫފް އިބްރާހިމް ފަނޑިޔާރު:ޢައްބާސް ޝަރީފު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2{11/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުވާގެ ޚުލާޞާގެ
މިއީ، ސިވިލް ކޯޓު ނަންބަރ 2011/Cv
-
C/378 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ތ.ކިނބިދޫ/އިރުދޭމާގެ މުޙައްމަދު އިބްރާހީމްގެ ފަރާތުން
ހުށަހެޅުމުން ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ޝިޤާޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ
ތ.ހިރިލަންދޫ ފިނިފެންމާގެ ތ.ހިރިލަންދޫ!ކެލިފޯނިޔާ) ޙުސައިން އަޙްމަދުމަނިކު އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
-01
މިއީ، ސިވިލް ކޯޓު ނަންބަރ 2011/Cv
-
C/378 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ތ.ކިނބިދޫއިރުދޭމާގެ މުޙައްމަދު އިބްރާހީމްގެ ފަރާތުން
ހުށަހެޅުމުން ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ
ތ.ހިރިލަންދޫ ފިނިފެންމާގެ (ތ.ހިރިލަންދޫކެލިފޯނިޔާ ޙުސައިން އަޙްމަދުމަނިކު އެވެ.
02- އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓު ނަންބަރު: 2011/Cv-C/378 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ތ.ހިރިލަންދޫ!ފިނިފެންމާގެ (ތ.ހިރިލަންދޫ
ކެލިފޯނިޔާ) ޙުސައިން އަޙްމަދުމަނިކުގެ ޙަވާލުގައިވާ ތ.ކިނބިދޫ އިރުދޭމާގެ މުޙައްމަދު އިބްރާހީމްގެ ނަމުގައި
ރަޖިސްޓްރީ ކޮށްފައިވާ ރަޖިސްޓްރީ ނަންބަރު P9603A
-
01 12
-
N "އެއިމްސް" ނަމަކަށް ކިޔާ ދޯނި
މުޙައްމަދު އިބްރާހީމް އާއި ޙަވާލުކުރުމަށް މަދަނީކޯޓުގެ ނަންބަރު 2008/MC/1152 ޤަޟިއްޔާއިން ޙުކުމް
ކުރުމުން އެޙުކުމާއި އެއްގޮތަށް ޙުސައިން އަޙްމަދުމަނިކު ޢަމަލު ކޮށްފައި ނުވާކަމަށްބުނެ އެޤަޟިއްޔާގެ ޙުކުމް
ތަންފީޛު ކޮށްދެއްވުންއެދި، ޙުސައިން އަޙްމަދު މަނިކުގެ މައްޗަށް މުޙައްމަދު އިބްރާހީމް ދަޢުވާކުރުމުން ސިވިލް
ކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"ދެންފަހެ، ތ.ހިރިލަންދޫފިނިފެންމާގެ
ތ.ހިރިލަންދޫ(ކެލްފޯނިޔާ) ޙުސައިން އަޙްމަދުމަނިކުގެ ހަވާލުގައިވާ، ތ.ކިނބިދޫއިރުދޭމާގެ މުޙައްމަދު
މައިކްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިން ހޖެ، ޖޯން 12:sފެކްސް: 33164il
އީމެއިލް [email protected] ވެބް ޓް{
www highcourt.my ::
3
2{11/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިބްރާހީމުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، ރަޖިސްޓްރީ ނަންބަރު P9603A
-
01 12
-
N "އެއިމްސް"
ނަމަކަށް ކިޔާ ދޯނި މުޙައްމަދު އިބްރާހީމުއާއި ހަވާލުކުރުމަށް މަދަނީ ކޯޓުގެ ނަންބަރު 2008/MC/1152
ޤަޟިއްޔާއިން ޙުކުމް ކުރުމުން، އެއުކުމާއި އެއްގޮތަށް ޙުސައިން އަޙްމަދުމަނިކު ޢަމަލު ނުކުރާ ކަމަށް ބުނެ،
ޙުކުމް ތަންފީޒުކޮށް ދިނުންއެދި، ޙުސައިން އަޙްމަދުމަނިކުގެ މައްޗަށް މުޙައްމަދު އިބްރާހީމު ކޮށްފައިވާ މިދަޢުވާ
ޝަރީޢަތުން ބެލިއިރު،
ރަޖިސްޓްރީ ނަންބަރު P9603A
-
01 12
-
N "އެއިމްސް" ނަމަކަށް ކިޔާ ދޯނި މުޙައްމަދު
އިބްރާހީމުއާއި ހަވާލުކުރަން އުޅުމުން މުޙައްމަދު އިބްރާހީމް ދޯންޏާއި ޙަވާލުވުމަށް އިންކާރުކޮށްފައި ވާކަމަށް
ބުނެ ޙުސައިން އަޙްމަދު މަނިކު ދަޢުވާއަށް އިންކާރުކޮށްފައިވުމާއި،
ޙުސައިން އަޙްމަދުމަނިކު ޙަވާލުކުރަން އުޅުނު ދޯންޏާއި މުޙައްމަދު އިބްރާޙީމް ޙަވާލު ނުވީ
ރަޖިސްޓްރީ ނަންބަރު P9603A
-
01 12
-
N "އެއިމްސް" ދޯނި ކަމަށްބުނެ، އެނަމާއި ދެނަމްބަރު އެހެން
ދޯންޏެއްގައި ޙުސައިން އަޙްމަދުމަނިކު ޖަހައި، އޮޅުވާލައިގެން މުޙައްމަދު އިބްރާހިމަށް ގެއްލުން ދޭންވެގެން
މާދެރަކޮށް ހަދާފައިވާ ދޯންޏެއް މުޙައްމަދު އިބްރާހިމްއާއި ރަން އުޅުމުން ކަމަށާއި، މުޙައްމަދު
އިބްރާހިމާއަށް ދޭންޖެހޭ ދޯންޏަކީ 20 މާރޗް 2008 ގައި ބަނދެނިމިގެން ބާލާފައިވާ ދޯންޏެއްކަމަށާއި،
ޙަވާލުކުރަން އުޅުނު ދޯންޏަކީ އެތާރީޚުގައި ބަނދެނިމިގެން ބާލާފައިވާ ދޯންޏެއް ނޫންކަމަށާއި، އެތާރީޚުގައި
ބަނދެނިމިގެން ބާލާފައިވާ ދޯންޏަކީ ކޮބައިކަން ސާބިތުކުރުމަށް ހެކިން ހުށަހަޅަން ބޭނުންކަމަށް މުޙައްމަދު
އިބްރާހިމް ޝަރީޢަތުގައި ބުނެފައިވާއިރު،
މިމައްސަލައަކީ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލައަކަށްވުމާއި، ޙުކުމުގައި ބުނެފައިވާ
ރަޖިސްޓްރީ ނަންބަރު P9603A
-
01 12
-
N "އެއިމްސް" ނަމަކަށް ކިޔާ ދޯނި މުޙައްމަދު އިބްރާހިމާއި
ޙަވާލުކުރުމަށް ޙުސައިން އަޙްމަދު މަނިކު އުޅުނުކަން ދެފަރާތުގެ ބަހުން އެގެންއޮތުމާއި، ޙުކުމް ތަންފީޒު
ނުކުރެވިގެން އުޅެނީ ޙުކުމުގައި ބުނެފައިވާ ނަމާއި އެނަންބަރު އެހެން ދޯންޏެއްގައި ޙުސައިން އަޙްމަދުމަނިކު
ޖަހައި، އޮޅުވާލައިގެން މުޙައްމަދު އިބްރާހިމަށް ގެއްލުން ދޭންވެގެން މާދެރަކޮށް ހަދާފައިވާ އެހެން ދޯންޏެއްއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2{11/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުޙައްމަދު އިބްރާހިމާއި ޙަވާލު ކުރަން އުޅުމުން ކަމަށް މުޙައްމަދު އިބްރާހިމް ބުނެފައި ވާއިރު، ޓެކުންކަމަށް
ނުހިމެނޭ ގޮތަށް އަނެކާއަށް ހަޤީޤަތް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް
ހޯދުމަށްޓަކައި އަނެކަކަށް ގެއްލުން ލިބޭގޮތަށް ކުރާ ކޮންމެ ކަމަކީ މަކަރާއި ހީލަތް ހެދުން ކަމަށް ޤާނޫނުލް
އުޤޫބާތުގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެން ވުމުން، ޙުސައިން އަޙްމަދު މަނިކުގެ މައްޗަށް
މުޙައްމަދު އިބްރާހިމް ތުހުމަތުކޮށްގެން ހެކިން ހުށަހަޅައިގެން ސާބިތު ކުރަން މިއުޅޭ ކަމަކީ ޤާނޫނުލްއުޤޫބާތުގެ
149 ވަނަ މާއްދާގެ (ރ) ގައި ޖިނާއީ ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކަމަށް މުޙައްމަދު
އިބްރާހިމް ހުށަހެޅި ކަންތައް ބެލޭނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަމަށްވާތީ، މިބުނެވުނު މަގުން މިކަން
ގޮސްގެން ނޫނީ ތަންފީޒުކޮށްދިނުމަށް އެދި މުޙައްމަދު އިބްރާހިމް ހުށަހަޅާފައިވާ މަދަނީ ކޯޓުގެ ނަމްބަރު
2008/MC/1152 ޤަޟިއްޔާ ތަންފީޒުކުރެވެން ނެތް ކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިން
ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓު ނަންބަރު 2011/Cv-C/378
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމާއި ގުޅިގެން ތ.ކިނބިދޫ1އިރުދޭމާގެ މުޙައްމަދު އިބްރާހީމް ގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: މަދަނީ ކޯޓުގެ ނަމްބަރު 2008/MC/1152 ޤަޟިއްޔާގައި ހޯދުމަށް
ދަޢުވާ ކޮށްފައިވާ އުޅަނދަކީ N-12
01-P9603A "އެއިމްސް" މިނަމުގައި ރަޖިސްޓްރީކޮށްފައިވާ
އުޅަނދުކަން ޙުސައިން އަޙްމަދުމަނިކުގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވެފައިވާ 20 މާރޗް 2008 ގައި
ބަނދެ ނިންމާފައިވާ އުޅަނދުކަން ޝަރުޢީ ޙުކުމުގައި ކަނޑައަޅާފައިވަނިކޮށް، އޭގެ ދެއަހަރެއްހާ ދުވަސްފަހުން،
ޙުސައިން އަޙްމަދުމަނިކު ބަންނަންފަށާ ނުނިމި ހަރުގޭގައިހުރި ދޯންޏެއް ދައްކާ އެއީ "އެއިމްސް"
ދޯނިކަމުގައިބުނެ، އޭނާ އޭގައި "އެއިމްސް" ދޯނީގެ ރަޖިސްޓްރީ ނަންބަރު ޖެހުމުން، ޖިނާއީ ޢަދުލުގެ ނިޒާމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ 330259، ކްސް: 3316471
އީމެއިލް [email protected]
www.highcourt-gv.my
5
2{011/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތެރެއިން މިކަން ގޮސްގެންނޫނީ 2008/AMC;1152 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރެވެންނެތްކަމަށް ނިންމި
ނިންމުމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ ފުރަތަމަ ނުކުތާގައި ދެންނެވިފަދައިން ޙުކުމުގައި ގުޅުވައިގެން
ޙުސައިން އަޙްމަދުމަނިކު މާފަހުން ކުރި ޢަމަލަކާ ގުޅައިގެން ނަންބަރު 2008/MC/1152 ޤަޟިއްޔާގެ ޙުކުމު
ތަންފީޛުކޮށް ނުދިނުމުން މުޙައްމަދު އިބްރާހީމްގެ ޙައްޤު ހޯދުމަށް ހުރަސްއެޅިފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާ
އެވެ.
0 ދު، 04
4
ހ
L
* ތިންވަނަ ނުކުތާއަކީ އުޅަނދުގެ މައްސަލާއަކީ މީހަކު ކުރި ޖިނާޢީ ކުށުގެ ޢަމަލަކުން
ގެއްލިފައިވާ ޙައްޤެއް ހޯދުމުގެ މައްސަލައަކަށް ނުވާކަމަށް ފާހަގަކޮށް ހުށަހެޅި ނުކުތާ އެވެ.
* ހަތަރުވަނަ ނުކުތާއަކީ: ސިވިލް ކޯޓު ނަމްބަރު 2011/Cv
-
C/378 ގެ ޤަޟިއްޔާގައި،
ޙުކުމް ތަންފީޛު ކުރުމަށް ހުށަހެޅި މައްސަލާގައި، ޙުކުމް ތަންފީޛު ކުރެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ،
ކިޔާއެއްގައި ޝަރީޢަތުން ކުރައްވާފައިވާ ޙުކުމެއް ތަންފީޛު ކުރެވެން ނެތްކަމަށް ކަނޑައެޅޭނެ ޝަރުޢީ
އަދި ޤާނޫނީ ހަމައަކުންކަމުގައި ނުދެކޭކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
ފަސްވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަމްބަރު 2011/Cv-C/378 ޤަޟިއްޔާގައި، ޙުކުމް
ތަންފީޛުކުރެވެންނެތްކަމަށް ކަނޑައަޅުއްވާފައިވާ ޙުކުމް،
ޙުކުމް، ނަމްބަރު 2008/MC/1152 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމާ ތަޢާރަޟްވާކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
* ހަވަނަ ނުކުތާއަކީ: އުޅަނދު ބަނދެ ނިންމާފައިވަނީ، އަނގަބަހުން ވާހަކަ ދެކެވި ވެފައިވާ
ބަސްވުމެއްގެ ދަށުންކަމާއި، އަދި އުޅަނދު ބަނދެ ނިންމާފައިވަނީ 20 މާރޗް 2008 ގައިކަން ޙުސައިން
އަޙްމަދުމަނިކުގެ ބަހުން ނަމްބަރު 2008/MC/1152 ގެ ޤަޟިއްޔާގައި ސާބިތުވެފައިވާއިރު އެކަންކަމުގެ
މައްޗަށް ޙުސައިން އަޙްމަދުމަނިކާ ޝަރީޢަތުން ސުވާލު ނުކުރައްވާ ޙުކުމް ތަންފީޛު ކުރެވެންނެތްކަމަށް (މަދަނީ
ޙައްޤެއްގެ މައްޗަށް ކުރައްވާފައިވާ ޝަރުޢީ ޙުކުމެއް ތަންފީޛު ކުރެވެންނެތް ކަމަށް) ޤާނޫނުލް ޢުޤޫބާތުގެ 149
ވަނަ މާއްދާގެ (ރ) އާ ޙަވާލާދީގެން ނިންމިނިންމުން އެޤާނޫނުގެ ރޫޙާ ޚިލާފުވާކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
94
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2{11/HC-A/241
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04- އިސްތިއުނާފް މިސިވިލް ކޯޓް ނަންބަރ 2011/Cv
-
C/378 ޤަޟިއްޔާ ގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ތ.ކިނބިދޫއިރުދޭމާގެ މުޙައްމަދު އިބްރާހީމްގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކައަށާއި،
މައްސަލައާއި ގުޅުންހުރި ލިޔުންތަކަށާއި، މިމައްސަލާގެ ވަށައިގެންވާ ކަންތައްތަކަށާއި، ޤާނޫނީ ވަޤާއިޢުތަކަށް
ވިސްނާލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓް ނަންބަރ 2011/Cv
-
C/378 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާއަކީ މަދަނީކޯޓުގެ ނަންބަރު 2008/MC/1152
ޤަޟިއްޔާގެ ޙުކުމް ތަންފީޛް ކޮށްދެއްވުންއެދި ތ.ކިނބިދޫއިރުދޭމާގެ މުޙައްމަދު އިބްރާހީމްގެ ފަރާތުން
ހުށަހެޅުމުން އެކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި، އަދި އެއީ މަދަނީކޯޓުގެ ނަންބަރު
2008/MC/1152 ޤަޟިއްޔާގެ ޙުކުމް ތަންފީޛް ކޮށްދެއްވުންއެދި މުޙައްމަދު އިބްރާހީމް ގެ ފަރާތުން ހުށަހެޅި
ދެވަނަ ފަހަރުކަން އެގެން އޮވެއެވެ.
ހ2 0
2
24
3
19/ރން
(ނ) އިސްވެ
ފަދައިން މަދަނީކޯޓުގެ ނަންބަރު 2008/MC/1152
ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކޮށްދެއްވުންއެދި މުޙައްމަދު އިބްރާހީމްގެ ފަރާތުން ހުށަހެޅުމުން، އެމައްސަލަ
ރައްދުވާ ތ.ހިރިލަންދޫ!ފިނިފެންމާގެ (ތ.ހިރިލަންދޫ!ކެލްފޯނިޔާ ޙުސައިން އަޙްމަދުމަނިކުގެ ފަރާތުން
ސިވިލްކޯޓުގައި ދައްކާފައިވާ ވާހަކައަށް ބަލައިރު، މަދަނީކޯޓުގެ ނަންބަރު 2008/MC/1152 ޤަޟިއްޔާގެ
ޙުކުމާއި އެއްގޮތަށް ޙުސައިން އަޙްމަދު މަނިކު ޢަމަލު ކޮށްފައިނުވާކަމަށް މުޙައްމަދު އިބްރާހީމްގެ ފަރާތުން
ބުނެފައިވާ ބުނުމަށް ޙުސައިން އަޙްމަދު މަނިކު ސާފުބަހުން އިންކާރުކޮށް، އެޙުކުމާއި އެއްގޮތަށް ޢަމަލުކުރުމުގެ
ގޮތުން މަދަނީކޯޓުގެ ނަންބަރު 2008/MC/1152 ޤަޟިއްޔާގެ ޙުކުމުގައި ޙަވާލު ކުރުމަށް އަނގާފައިވާ
ރަޖިސްޓްރީ ނަންބަރު P9603A
-
01 12
-
N "އެއިމްސް" ނަމަކަށް ކިޔާ ދޯނި މުޙައްމަދު އިބްރާހިމާއި
ޙަވާލުކުރުމަށް ޙުސައިން އަޙްމަދު މަނިކު މަސައްކަތް ކޮށްފައިވާކަމަށާއި، ނަމަވެސް މުޙައްމަދު އިބްރާހީމް ގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ،
ހިރާއް
ޙިޟާން 832529ފެކްސް 3316471
އީމެއިލް [email protected]
www.highcourt-sav.m venn
7
2{011/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަރާތުން އެ އުޅަނދާ ހަވާލުވުމަށް އިންކާރު ކޮށްފައިވާކަމަށް ޙުސައިން އަޙްމަދު މަނިކު ބުނެފައިވާކަން
އެނގެންއޮވެއެވެ.
ހދ 0
47
22
19ނކރވާން
(ނ) އިސްވެ
ގޮތުގެ މަތިން ޙުސައިން އަޙްމަދު މަނިކުގެ ފަރާތުން ސިވިލް
ކޯޓުގެ ނަންބަރ 2011/Cv
-
C/378 ޤަޟިއްޔާގައި ޖަވާބު ދިނުމާއި ގުޅިގެން މުޙައްމަދު އިބްރާހީމް ގެ
ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، މަދަނީކޯޓުގެ ނަންބަރު 2008/MC/1152 ޤަޟިއްޔާގެ ޙުކުމުގައި
ކަނޑައަޅުއްވާފައިވާ ފަދައިން ރަޖިސްޓްރީ ނަންބަރު N-12
01-P9603A "އެއިމްސް" ނަމަކަށް ކިޔާ
ދޯންޏެއް ޙަވާލު ކުރުމަށް ޙުސައިން އަޙްމަދު މަނިކު މަސައްކަތް ކޮށްފައިވާކަމަށާއި، ނަމަވެސް އެދޯންޏާއި އޭނާ
ޙަވާލު ނުވީކަމަށާއި، އަވާލުނުވި ސަބަބަކީ ޙުސައިން އަޙްމަދު މަނިކު ޙަވާލުކުރުމަށް މަސައްކަތްކުރާ ދޯންޓަކީ
މަދަނީ ކޯޓުގެ ނަންބަރު 2008/MC/1152 ޤަޟިއްޔާގެ ޙުކުމުގައި ބަޔާން ކޮށްފައިވާ ފަދައިން ރަޖިސްޓްރީ
ނަންބަރު N-12
P9603A
-
ol "އެއިމްސް" މިގޮތަށް ލިޔެފައިވާ ދޯންޏެއް ކަމުގައި ވިޔަސް،
އެޤަޟިއްޔާގެ ޙުކުމުގައި ޙަވާލުކުރުމަށް އަންގަވާފައިވާ ދޯންޏަކީ 20 މާރޗް 2008 ގައި ބަނދެ ނިމިގެން
ބާލާފައިވާ ދޯންޏެއްކަމަށް ވެފައި، އެޤަޟިއްޔާގެ ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން ޙުސައިން އަޙްމަދު މަނިކު
ސުވާލުކުރުމަށް މަސައްކަތްކުރަމުންދާ އުޅަނދަކީ، ރަޖިސްޓްރީ ނަންބަރު N-12
"އެއިމްސް" މިނަމާއި ނަންބަރު ލިޔެފައިވާ އުޅަނދެއް ކަމުގައިވިޔަސް އެ އުޅަނދަކީ 20 މާރޗް 2008 ގައި
ބަނދެ ނިމިގެން ބާލާފައިވާ އުޅަނދު ނޫންކަން އޭނާއަށް އެނގޭތީކަމާއި، ޙުސައިން އަޙްމަދު މަނިކު
ބޭނުންވެގެން އުޅެނީ ޙުކުމުގައި ބަޔާން ކުރައްވާފައިވާ ރަޖިސްޓްރީ ނަންބަރާއި ނަން އެހެން އެއުޅަނދެއްގައި
ޖެހުމަށްފަހު، އެއުޅަނދު އޭނާއަށް ހަވާލު ކުރުމަށް ކަމަށާއި، ނަމަވެސް އެއީ ޙުސައިން އަޙްމަދު މަނިކު
މާދެރަކޮށް ބަނދެފައިވާ ދޯންޏެއް ކަމަށްވާތީ އެދޯންޓާއި ޙަވާލު ނުވީ ކަމަށާއި، 20 މާރޗް 2008 ގައި ބަނދެ
ނިމިގެން ބާލާފައިވާ ދޯންޏަކީ ޙުސައިން އަޙްމަދު މަނިކު ޙަވާލުކުރުމަށް މަސައްކަތް އެކުރާ ދޯނި ނޫންކަން
ސާބިތު ކުރުމަށް ހެކި ހުށަހެޅުމަށް
މަށް ބޭނުންވާކަމަށް ބުނެ މުޙައްމަދު އިބްރާހީމް ސިވިލް ކޯޓް ނަންބަރ
2011/Cv
-
C/378 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދެއްކެވުމުން، އެކަމަށް ޝަރީޢަޓީގެ
2c ދު 2
9603A-01
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2{11/HC-A/241
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަޒަރުކުރައްވައި، އެޤަޟިއްޔާގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނަންބަރުގެ (ޅ) ގައި،
"ޓެކުންކަމަށް ނުހިމެނޭ ގޮތަށް އަނެއްކާއަށް ޙަޤީޤަތް އޮޅުވައިލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް
ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުންލިބޭގޮތަށް ކުރާ ކޮންމެކަމަކީ މަކަރާ ހީލަތް ހެދުންކަމަށް
ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވުމުން، ޙުސައިން އަޙްމަދު މަނިކުގެ މައްޗަށް
މުޙައްމަދު އިބްރާހީމް ތުހުމަތު ކޮށްގެން ހެކި ހުށަހަޅައިގެން ސާބިތުކުރަން މިއުޅޭ ކަމަކީ ޤާނޫނުލްޢުޤޫބާތުގެ
149 ވަނަ މާއްދާގެ (ރ) ގައި ޖިނާއީ ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއްކަމަށް ވާކަމެވެ." މިފަދައިން ބަޔާން
ކުރެއްވުމަށްފަހު، އެޤަޟިއްޔާގެ ޙުކުމުގައި، "މުޙައްމަދު އިބްރާހީމް ހުށަހެޅި ކަންތައް ބެލޭނީ ޖިނާއީ ޢަދުލުގެ
ނިޒާމުގެ ތެރެއިން ކަމަށްވާތީ، މިބުނެވުނު މަގުން މިކަން ގޮސްގެން ނޫނީ ތަންފީޒުކޮށްދިނުމަށް އެދި މުޙައްމަދު
އިބްރާހީމް ހުށަހަޅާފައިމިވާ މަދަނީކޯޓުގެ ނަންބަރު 2008/MC/1152 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރެވެން
ނެތްކަމަށް ކަނޑައަޅާ ޙުކުމް ކޮށްފީމެވެ." މިފަދައިން ވިދާޅުވެފައިވާކަން އެގެން އޮންނަކަމާއި، އަދި ސިވިލް
ކޯޓުގެ ނަންބަރ 2011/Cv
-
C/378 ޤަޟިއްޔާ އިސްތިއުނާފުކުރަމުން މުޙައްމަދު އިބްރާހީމްގެ ފަރާތުން
ފާހަގަކޮށްފައިވާ
ކިވާ ނުކުތާތައް ބިނާކޮށްފައިވަނީވެސް އެކަމުގެ މައްޗަށްކަން ފާހަގަކުރެވެއެވެ.
(ރ) ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކަށް ރިޢާޔަތްކޮށް ބަލާއިރު، މުޙައްމަދު އިބްރާހީމްގެ
ފަރާތުން ތަންފީޛް ކޮށްދިނުމަށް އެދިފައިވަނީ މަދަނީކޯޓުގެ ނަންބަރު 2008/MC/1152 ޤަޟިއްޔާގެ ޙުކުމް
ކަމާއި، އެޙުކުމުގެ ދަށުން ޙުސައިން އަޙްމަދު މަނިކުގެ ފަރާތުން މުޙައްމަދު އިބްރާހީމާއި ހަވާލުކުރަންޖެހޭ
އުޅަނދާއި ބެހޭ ފަންނީ ހުރިހާ މަޢުލޫމާތެއް ހިމެނޭ ރަސްމީ ލިޔުންތައް ހުށަހެޅިފައިވާކަން އެނގޭކަމާއި،
ޙުސައިން އަޙްމަދު މަނިކުގެ ފަރާތުން ހަވާލު ކުރުމަށް މަސައްކަތްކުރާ އުޅަނދުގައި،
ރަޖިސްޓްރީ ނަންބަރު P9603A
-
01 12
-
N "އެއިމްސް" މިގޮތަށް ލިޔެފައިވިޔަސް، ޙަވާލުކުރަން އެ އުޅޭ
އުޅަނދަކީ މަދަނީކޯޓުގެ ނަންބަރު 2008/MC/1152 ޤަޟިއްޔާގެ ޙުކުމުގައި ހަވާކުރުމަށް އަންގާފައިވާ
އުޅަނދު ނޫންކަމަށް މުޙައްމަދު އިބްރާހީމްގެ ފަރާތުންބުނެ އެކަން ސާބިތުކުރުމަށް ހެކި ހުށަހެޅުމަށް ފުރުޞަތު
ދެއްވުމަށް އެދުމުން، އެފުރުޞަތު އޭނާއަށް ނުދެއްވާ، ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާ (ރ) އާއި ހަވާލާވެއްޖޭގެ ފައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/241
282
ދިއްވައި،
2x22
ޖިނާއީ ޢަދުލުގެ ތެރެއިން އެކަން ބެލިގެން ނޫނީ މަދަނީކޯޓުގެ ނަންބަރު 2008/MC/1152
ޤަޟިއްޔާގެ ޙުކުމް ތަންފީޛް ކޮށްދެވެން ނެތްކަމަށް ނިންމަވާފައިވާ ނިންމެވުމަކީ، އެމަރުޙަލާގައި އެކަންކުރިއަށް
ގެންދިޔުމަށް އެކަށީގެންވާ މަގުކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ނުކުރެވޭކަމާއި،
އެހެނީ ޙުކުމް ތަންފީޛް ކޮށްދެއްވުންއެދި ހުށަހެޅޭ މައްސަލަތައް ބަލާ އިންޞާފުކޮށް ފިޔަވަޅު އެޅުމަށް ޚާއްޞަ
ކުރެވިފައިވާ ވަކި ޤަވާޢިދެއް އޮތްއިރު އެންމެ އިސްކަމެއް ދެވެންޖެހޭނީ އެޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތީން
އެފަދަ މައްސަލަތައް ބެއްލެވުންކަމާއި، ޙުސައިން އަޙްމަދު މަނިކު ހަވާލުކުރުމަށް އުޅުނު އުޅަނދާ ބެހޭގޮތުން
މުޙައްމަދު އިބްރާހީމްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކަކީ، މުޙައްމަދު އިބްރާހީމް އެ އިޚްތިޔާރުކުރި
މަގުން ކުރިއަށް ގެންދެވިދާނެ ކަމެއްކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނަކަމާއި،
ނަމަވެސް އެމަގުން އެކަން ކުރިއަށް ގެންދެވުމަށް ހުރަސްތަކެއް ހުރިކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް
ފެންނަނަމަ، އެފަދަ އުޅަނދުތަކުގެ ރަޖިސްޓްރީގެ ރަސްމީ ބެލެނިވެރި ފަރާތާއި އެކަން ހަވާލުކޮށްގެން، ނުވަތަ
ކޯޓުން ކަނޑައަޅާ ވަކި ކޮމެޓީއަކުން އެ އުޅަނދާބެހޭ ރަސްމީ ފަންނީ މަޢުލޫމާތުތަކާ
މިތުތަކާ އަޅާ ކިޔުމަފަހު، ނުކުންނަ
ނަތީޖާއަކާއި ގުޅިގެން މިކަމަށް ޚާއްޞަކުރެވިފައިވާ ޤަވާޢިދުގެ ޢަލީގައި ކުރިއަށް ގެންދިޔުމުގެ މަގު ކޯޓަށް
ތަނަވަސް ވެގެންވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، ސިވިލް ކޯޓް ނަންބަރ
2011/Cv-C/378 ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "މުޙައްމަދު އިބްރާހީމް ހުށަހެޅި ކަންތައް
ބެލޭނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަމަށްވާތީ، މިބުނެވުނުމަގުން މިކަން ގޮސްގެން ނޫނީ
ތަންފީޒުކޮށްދިނުމަށް އެދި މުޙައްމަދު އިބްރާހީމް ހުށަހަޅާފައިމިވާ މަދަނީކޯޓުގެ ނަންބަރު 2008/MC/1152
ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރެވެން ނެތްކަމަށް ކަނޑައަޅާ ޙުކުމް ކޮށްފީމެވެ." މިފަދައިން ނިންމަވާފައިވާ
ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެ ކަމަށް މިމައްސަލަބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު
ވެވިފައި ވެއެވެ.
ބާއް
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން
އީމެއިލް [email protected]
، ފޯން: 332529، ފެކްސް 3316471
ވެބް ސައިޓް www.highcourt.gov.mv
10
2{11/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
.ޖ:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ނުކުތާތަކަށް
ރިޢާޔަތްކޮށް ބަލާއިރު، ސިވިލް ކޯޓް
ނަންބަރ 2011/Cv-C/378 ޤަޟިއްޔާގައި ތ.ކިނބިދޫ/އިރުދޭމާގެ މުޙައްމަދު އިބްރާހީމް ހުށަހެޅި
މައްސަލައަކީ މަދަނީކޯޓުގެ ނަންބަރު 2008/MC/1152 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި
ތ.ހިރިލަންދޫ! ފިނިފެންމާގެ (ތ.ހިރިލަންދޫކެލްފޯނިޔާ ޙުސައިން އަޙްމަދުމަނިކު ޢަމަލު ކޮށްފައި
ނުވާކަމަށްބުނެ، އެޤަޟިއްޔާގެ ޙުކުމް ތަންފީޛް ކޮށްދެއްވުންއެދި ހުށަހެޅި ދެވަނަ ޤަޟިއްޔާކަމާއި، ސިވިލް ކޯޓް
ނަންބަރ 2011/Cv
-
C/378 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު އިބްރާހީމްގެ ފަރާތުން ވާހަކަ
ދައްކަމުން ޙުސައިން އަޙްމަދު މަނިކު އޭނާއަށް ހަވާލު ކުރުމަށް މަސައްކަތް ކޮށްފައިވަނީ މަދަނީކޯޓުގެ ނަންބަރު
2008/MC/1152 ޤަޟިއްޔާގެ ޙުކުމުން ހަވާލުކުރުމަށް އަންގާފައިވާ އުޅަނދު ނޫންކަމަށްބުނެ އެކަން
ޝަރީޢަތަށް ސާބިތު ކޮށްދިނުމަށް ފުރުޞަތަކަށް އެދުމުން، އެފުރުޞަތު އޭނާއަށް ނުދެއްވައި،
ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ރ) އާއި ޙަވާލާ ދެއްވައި، "މުޙައްމަދު އިބްރާހީމް ހުށަހެޅި ކަންތައް
ބެލޭނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކަމަށްވާތީ، މިބުނެވުނު މަގުން މިކަން ގޮސްގެން ނޫނީ
ތަންފީޒުކޮށްދިނުމަށް އެދި މުޙައްމަދު އިބްރާހީމް ހުށަހަޅާފައިމިވާ މަދަނީކޯޓުގެ ނަންބަރު 2008/MC/1152
ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރެވެން ނެތްކަމަށް" ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، މުޙައްމަދު
އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓް ނަންބަރ 2011/Cv
-
C/378 ޤަޟިއްޔާގައި ހުށަހެޅި މައްސަލަ،
ހައިކޯޓުގެ މިޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތީން އަލުން ބަލާ ފައިޞަލާ
ކުރަނިވި ޙުކުމެއްކޮށް ނިންމުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން
ސިވިލްކޯޓަށް ތަޙްލީލުކޮށް މިގޮތުގެމަތީން މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv