ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/195 ޤަޟިއްޔާގެ ޙުކުމް
1
2007/HC-A/195
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޒަޏާ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 195/HC
-
A/2007
އިސްތިޢުނާފް ކުރިފަރާތް:
ނަން: މުޙައްމަދު މަނިކު
އައިޑީ ކާޑު ނަންބަރު: A037183
ދާއިމީ
މިއީ ފިލާދޭންގެ!މުވެ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މުޙައްމަދު ޢަލީ ޖަލާޙު
ކާޑު ނަންބަރު: A003299
ދާއިމީ އެޑްރެސް:
ސީސައިޑް)މާލެ
، ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ރަމަޟާން 1429
11 އޮކްޓޯބަރު 2007
ނިމުނު ތާރީޚު: 11 ރަމަޟާން 1432
10 އޯގަސްޓް 2011
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީ ކޯޓުގެ ނަންބަރު 2006/MC/639
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: މަދަނީ ކޯޓު
* ހުށަހެޅުނު ތާރީޚް: 4 އެޕްރީލް 2006
*
ނިމުނު ތާރީޚް: 12 ސެޕްޓެމްބަރ 2007
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާދު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
އިޖްހިރާއްޖޭގެ
2007HC-A/195
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2006/MC/639 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި
މުޙައްމަދު މަނިކު، ވިލާދޮށުގެ/މާލެ (ދިވެހިރައްޔިތެއްކަ
ވިއްކަން އަންގައިދޭ ކާޑު ނަންބަރު A037183) ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.މި ޤަޟިއްޔާގައި، މައްސަލަ
ރައްދުވާ ފަރާތަކީ މުޙައްމަދު ޢަލީ ޖަނާޒް، ސީސައިޑް މާލެ އެވެ.
.
ހa ,4
*
ފާހަގަކުރެވުނު ނުކުތާތައް:
އަތުން މ.
1. އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2006/MC/639 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، ސީސައިޑް، މުޙައްމަދު ޢަލީ ޖަނާޒްގެ އަތުންނާއި އެލިސަން
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު ޢަލީ ޖަނާޙަށް ދޫކުރި ލޯނަކުން މުޙައްމަދު ޢަލީ ޖަނާޙުގެ
ވިލާދޮށުގެ މުޙައްމަދު މަނިކު ނަގާފައިވާ ފައިސާ ނުދައްކައިގެން މިފައިސާ ހޯދުމަށްޓަކައި
ކުރެވުނު މަސައްކަތްތަކުންވެސް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާތީއާއި، މުޙައްމަދު މަނިކު ނަގާފައިވާ
ލޯނުގެ ފައިސާއަކީ ބޭންކުގެ ފެސިލިޓީތަށް ބޭނުންކޮށްގެން މުޙައްމަދު މަނިކު ނަގާފައިވާ ފައިސާއަކަށްވާތީ
މިފައިސާގެ ޖުމްލަ ޢަދަދަކީ 13 މާރޗް 2006 އާ ހަމައަށް 1,347,708.11 $US (އެއްމިލިއަން
ތިންސަތޭކަ ސާޅީސްހަތްހާސް ހަތްސަތޭކަ އަށެއް ޕޮއިންޓް އެކެއް އެކެއް ޔޫ.އެސް. ޑޮލަރު) ކަމަށް
މުޙައްމަދު
މަދު މަނިކަށް އަންގައި 13 މާރޗް 2006 ގައި ފޮނުވުނު ސިޓީން އެފައިސާގެ މައްސަލަ ކޯޓުން
ބޭރުގައި ނިންމައިދޭނެކަމަށް ބުނެފައި، ނަމަވެސް އޭގެ ފަހުންވެސް މިފައިސާ ދެއްކުމަށް އެއްވެސް
ގޮތަކަށް މަސައްކަތްކޮށްފައިނުވާތީ، 1,347,708.11 $US (އެއްމިލިއަން ތިންސަތޭކަ ސާޅީސްހަތްހާސް
ހަތްސަތޭކަ އަނެއް ޕޮއިންޓް އެކެއް އެކެއް ޔޫ.އެސް.ޑޮލަރު ދައްކާ ދުވަހަކަށްޖެހޭ
އިންޓްރެސްޓްއާއެކު
އެކު އެއްފަހަރާ މިފައިސާ ލިބިދިނުންއެދި މ. ވިލާދޮށުގެ މުޙައްމަދު މަނިކުގެ މައްޗަށް
ސީސައިޑް މުޙައްމަދު ޢަލީ ޖަނާހް ދަޢުވާކުރުމުން މަދަނީ ކޯޓުން ބައްލަވައި ނިންމަވާފައިވާ
ޤަޟިއްޔާއެއްކަމާއި ؛
އެ ޤަޟިއްޔާ ނިންމަވާފައިވަނީ، މ. ވިލާދޮށުގެ މުޙައްމަދު މަނިކަށް އެކި
,އެއްޖޭގެ ހަކިފަހަރުމަތިން އެކިއެކި ވަޞީލަތްތަށް މެދުވެރިކޮށް ހ. ސީސައިޑް މުޙައްމަދު ޢަލީ ޖަނާޒް، ޑޮލަރާއި ދިވެހި
404
*
3
2007HC-A/195
ރުފިޔާ ދޫކޮށްފައިވާހިނދު މިފައިސާ ދިވެހި ރުފިޔާއިން ބަލާއިރު 12,876,099
/
37ރ. (ބާރަ މިލިއަން
އަށްލައްކަ ހަތްދިހަ ހަހާސް ނުވަދިހަ ނުވަ ރުފިޔާ ތިރީސް ހަތް ލާރި) ޖެހޭކަމާއި، މިއީ އަނބުރާ
ދައްކާގޮތަށް މުޙައްމަދު މަނިކަށް ދެވިފައިވާ ފައިސާއެއް ނޫންކަމަށް މުޙައްމަދު މަނިކުގެ ފަރާތުން ބުނި
ނަމަވެސް އެކަން ސާބިތުކޮށްދެވިފައި ނުވާތީއާއި މުޙައްމަދު ޢަލީ ޖަނާހް ހުށަހަޅުއްވާފައިވާ ލިޔުންތަކުން
އަދަދަކަށް ފައިސާ ލިބިފައިވާކަމަށް މުޙައްމަދު މަނިކުގެ އިޢުތިރާފް ލިބިފައިވުމުން މި
12,876,099
/
37ރ. (ބާރަ މިލިއަން އަށްލައްކަ ހަތްދިހަ ހަހާސް ނުވަދިހަ ނުވަ ރުފިޔާ ތިރީސް ހަތް
ލާރި) އަކީ މުހައްމަދު ޢަލީ ޖަނާޙަށް، މުޙައްމަދު މަނިކު ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، މި
ފައިސާ 12 ސެޕްޓެމްބަރު 2007 ފެށިގެން 45 ދުވަހުގެ މުއްދަތުގައި ދައްކާ ޚަލާޞްކުރުމަށް މުޙައްމަދު
މަނިކަށް އަންގައި" މިގޮތުގެމަތިންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
ދައެކޭ
އޮންނަކަން.
2. މަދަނީ ކޯޓުގެ ނަންބަރު 2006/MC/639 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ މުޙައްމަދު މަނިކުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، މައިގަނޑު 7 (ހަތެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، މުޙައްމަދު މަނިކުއަށް އަނބުރާ ދޭގޮތަށް ދިން
ފައިސާއެއްކަމަށް ބުނާއިރު ފައިސާދިންކަމަށްބުނާ، ޓްރެވެލިން މޯލްޑިވްސް އާއި އެނާރޖީ ޓްވަރސް އަކީ
ވަކި ދެ ކުންފުނިކަމާއި، ކުންފުންޏަކީ މީހެއް ފަދައިން ބެލެވޭ ވަކިން އޮންނަ ވަކި ޝަޙުސެއްކަމާއި،
މިއިން ކުންފުންޏަކަށް މުޙައްމަދު ޢަލީ ޖަނާޙް ފައިސާއެއް ދިންނަމަ އެ ފައިސާ ހޯދުމަށް މުޙައްމަދު
މަނިކުގެ ނަމަށް ސީދާ ދަޢުވާކުރުމުގެ ޙައްގެއް މުޙައްމަދު އަލީ ޖަނާއަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެމަތިން ނެތް ހިނދު، އެ ކުންފުނިތަކަކަށް ދިންކަމަށްބުނާ ފައިސާ މުޙައްމަދު މަނިކު މުޙައްމަދު
ޢަލީ ޖަނާއަށް ދޭންޖެހޭކަމަށް ކަނޑައެޅި ކަނޑައެޅުން ރަނގަޅުނޫންކަމަށާއި، އެ ދެކުންފުންޏަށް ދޫކުރި
ކަމަށް ބުނާ ފައިސާގެ ޖުމްލައަކީ ކޮބައިކަމެއް އަދި މުޙައްމަދު މަނިކުއަށް ދިންކަމަށްބުނާ ފައިސާގެ
މިންވަރަކީ ކޮބައިކަން ޝަރީޢަތުން ނުބައްލަވައި އެހުރިހާ ފައިސާއަކީ މުޙައްމަދު މަނިކު އަނބުރާ ދޭން
ނެގި ފައިސާތަކެއްކަމަށް ބެއްލެވި ގޮތަކީ އޭގައި ޝަރުޢީ އަދި ޤާނޫނީ ބިންގަލެއް އޮތް ބެއްލެވުމެއް
ކަމަށް ނުވުމުން އެ ބެއްލެވުމުގައި އިންސާފު ޤާއިމުވެފައި ނެތްކަމަށާއި، ފައިސާ ދިންކަމަށް ބުނާ
ކުންފުނިތަކުން ފައިސާ ލިބިގަނެވިފައިވާނަމަ ފައިސާ ލިބިގަނެވިފައިވާ ފަރާތަކީ ކޮބާކަމާއި އަދި އެފަރާތުގެ
ބަހަކީވެސް ކޮބާކަމެއް ހޯއްދަވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/195
• ދެވަނަ ނުކުތާއަކީ، ނެގިކަމަށް ބުނާ ފައިސާ އަނބުރާ ދޭން ނުވަތަ އެހެންވެސް
ގޮތަކުން މުޙައްމަދު ޢަލީ ޖަރާޙަށް ލިބެންޖެހޭ ފައިސާއެއްކަމަށް ބައްލަވާ ޙުކުމް ކުރެއްވިއިރު އެއްވެސް
ފައިސާއެއް އަނބުރާދޭންޖެހޭކަމަށް ދެފަރާތުން އެއްބަސްވި އެއްބަސްވުމެއް ނުވަތަ މުޙައްމަދު މަނިކު
އެއްބަސްވެފައިވާ އެއްބަސްވުމެއް އޮތްތޯވެސް ނުބައްލަވާ މިކަމުގައި މުޙައްމަދު މަނިކުގެ ބަހެއްވެސް
ހޯދާފައި ނުވާކަމަށާއި، ނަގާފައިވާ ފައިސާ ހޯދަން ދަޢުވާކުރުމުން އެއީ ކޮންގޮތަކަށް
ކޮންގޮތަކަށް ދިން ފައިސާ
އެއްތޯއާއި، އެފައިސާއަކީ މުޙައްމަދު ޢަލީ ޖަނާއަށް ދީފައިވާ ފައިސާގެތެރެއިން އަނބުރާ ނުދީވާ ފައިސާ
ހަމަކުރުމަށް ދިން ފައިސާއެއް ކަމަށްވެސް ބެލެވެން އޮތްއިރު އެފައިސާ ދޭންޖެހުނު ގޮތެއް ޝަރީޢަތުން
ބައްލަވާފައި ނުވާކަމަށާއި، ދަރަންޏަށް ފައިސާ ނެގިކަމަށް ބުނާއިރު، އެ ފައިސާ އަނބުރާ ދައްކަންޖެހޭ
މުއްދަތެއްވެސް އޮތްކަން ސާބިތުނުކޮށް އަދި އެކަން ނުބައްލަވާ މައްސަލަ ނިންމަވާފައިވާކަމަށާއި،
ދަޢުވާގައި ބުނެފައިވަނީ އަނބުރާދައްކަން މުޙައްމަދު މަނިކުއަށް ދިން ފައިސާގެ ވާހަކަކަމަށްވާއިރު، އެއީ
ކޮންއިރަކު ދިން ކޮންފައިސާ އެއްކަން ބުނެފައި ނެތް ހިނދު އެފައިސާ ދިނުމަށް ކުރެއްވި ޙުކުމުގައި
އިންސާފެއް ނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
• ތިންވަނަ ނުކުތާއަކީ، މުޙައްމަދު މަނިކުގެ ނަމުގައި ނެގިކަމަށް ބުނާ ފައިސާ
ދެވުނީ، ނުވަތަ އެނޫން ފައިސާއެއްވިޔަސް ދެވުނީ އަތުންއަތަށްކަމަށް ބުނާއިރު، މިކަންވެސް
ސާބިތުކުރައްވާފައި ނުވާކަމަށާއި، އަދި އެކަމަށް މުޙައްމަދު މަނިކުގެ ބަހެއް ނުހޯއްދަވައި މުޙައްމަދު
މަނިކު ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައެޅުއްވުމުގައި އިންސާފު ގެއްލިފައިވާކަމަށާއި، ބޭންކް
މެދުވެރިކޮށް ޓެލެގްރާފިކް ޓްރާންސްފަރ ކުރިކަމަށް މުޙައްމަދު ޢަލީ ޖަނާހް ބުނާ ބުނުމަށް ޝަރީޢަތުން
ނަޒަރު ކުރެއްވިއިރު، އެޓްރާންސްފަރ ސްޓޭޓްމަންޓަށް ޝަރީޢަތުން ބެއްލެވިނަމަ އެސްޓޭޓްމަންޓްގައި
ޓްރާންސްފަރކުރީ ކާކުގެ ކޮންތާކު
ނަންބަރެއްގެ
އެކައުންޓަކަށްކަންވެސް
ބައްލަވަންޖެހޭނެކަމަށާއި، އަދި އެ ޓީޓީ ފޮނުވިކަމުގެ ބޭންކުގެ ލިޔުމެއްވެސް އޮތްތޯ ބައްލަވާފައި
ނެތްކަމަށާއި، އެހެންކަމުން މި ޓްރާންސްފަރ ލިޔުންތަކަކީ މުޙައްމަދު ޢަލީ ޖަނާހް އަމިއްލައަށް ލިޔެފައިވާ
ލިޔުންތަކެއްކަމަށް ބެލެވޭކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ .
• ހަތަރުވަނަ ނުކުތާއަކީ، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ
ސްޓޭޓްމަންޓް އޮފް އެކައުންޓުގެ ތާރީޚް ބެލުމުން އެނގެނީ އެއީ 28 މާޗް 2004 އިން 18 އެޕްރީލް
2004 އަށް އޮތް ސްޓޭޓްމަންޓެއްކަމަށާއި، އެކަމަކު އެނަރޖީ ޓްވަރސްއަށް -/15,000 ޑޮލަރު
ބުނަނީ 20 ޖެނުއަރީ 2004 ގައި ކަމަށާއި، އަދި މުޙައްމަދު މަނިކުއަށް -/15,000 ޑޮލަރު
Cox
އއ
ދިވެހިރާއްޖޭގެ
އައިކޯޓް
ހ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
5
2007/HC-A/195
ދިންކަމަށް ބުނާއިރު، ހުށަހެޅި ސްޓޭޓްމަންޓުން އެކަން އެނގެން ނެތްކަމަށާއި، އަދި ކޯޓުން އެކަމަށް
ނަޒަރު ކުރައްވާފައިވެސް ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
• ފަސްވަނަ ނުކުތާއަކީ، މުޙައްމަދު މަނިކު ދަށުކޯޓަށް ދިން ބަޔާނުގައި، އޭނާ
ބުނެފައިވާ ބުނުމުގެ މަޤްސަދާއި ރޫޙް އަދި ބުނެފައިވާ ބުނުމަށް ކުރައްވާފައިވާ ނަޒަރު ރަނގަޅު
ނޫންކަމަށާއި، މުޙައްމަދު މަނިކު ދީފައިވާ ބަޔާނުގައި ވައުޗަރުތަކުގައި ހުރި ފައިސާ ޖަނާހްގެ އެކައުންޓުން
މުޙައްމަދު މަނިކުގެ އެކައުންޓަށް ލިބިފައިވާކަމަށް މުޙައްމަދު މަނިކު ދެންނެވީ، ވިލިނގިލީ ޕްރޮޖެކްޓާ
ގުޅިގެން ހިނގަމުންދިޔަ މުޢާމަލާތަކަށްވާތީ އެފައިސާ އެދުވަސްވަރު ލިބިފައިވާ ވާހަކަކަމަށާއި، ނަމަވެސް
އެއީ ދަޢުވާކުރާ މިފައިސާ ލިބުނު ވާހަކައެއް ނޫންކަމަށާއި، އެކަން އެބަޔާނުން އެނގެން އޮތްހިނދު
އެނޫން ގޮތަކަށް އެ ބުނުން ތަރުޖަމާ ކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށާއި، އަނބުރާ ދައްކަން
މުޙައްމަދު މަނިކުއަށް ލޯނެއް ދިންކަމަށްބުނާ މީހަކީ މުޙައްމަދު ޢަލީ ޖަނާޒީ ކަމަށްވާއިރު، ދިންކަމަށް
ސާބިތުކޮށްދޭންޖެހޭ މީހަކީ މުޙައްމަދު ޢަލީ ޖަނާޙް ނޫންކަމަށް ބަހުސް ކުރާނެ ތަނެއްނެތްކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާ.
• ހަވަނަ ނުކުތާއަކީ، މިޤަޟިއްޔާގައި މުޙައްމަދު މަނިކުގެ ބަޔާނެއްކަމަށް އޮންނަ
ބަޔާނުގައި އެއްފަރާތުން އަނެއްފަރާތަށް ދެމުންދިޔަ ފައިސާއަކީ، ވިލިނގިލީ ޕްރޮޖެކްޓްގެ ހަރަކާތް ހިންގި
ދުވަސްވަރު ދެމުންދިޔަ ފައިސާކަމަށް ސަރީޙަ ބަހުން ދެންނެވިފައިވާ ދެންނެވުން ދަޢުވާކުރާ ފައިސާއާ
ގުޅުވައިގެން ނިންމި ނިންމެވުމުގައި ބައްލަވަންވާވަރަށް ނުބައްލަވާ
އޮތްކަމަށާއި،
ވިލިނގިލީ
އިންވެސްޓްމަންޓުގެ މައްޗަށް މި ދެންނެވި ފައިސާ ހޯދުމަށް މަދަނީ ކޯޓުގައި މުޙައްމަދު ޢަލީ ޖަނާޙް
ހުށަހަޅައިގެން ހިންގާ މައްސަލަ މަދަނީ ކޯޓުގައި ހިނގަމުންދާ ހިނދު އެކަމަށް ރިޢާޔަތް ކުރައްވާފައި
ނުވާކަމަށާއި، މުޙައްމަދު ޢަލީ ޖަނާއަށް މުޙައްމަދު މަނިކުގެ އަތުން ލިބުނުކަމަށް މުޙައްމަދު ޢަލީ ޖަނާޙް
އިޢްތިރާފުވާ ފައިސާއާމެދު މިޤަޟިއްޔާގައި ބައްލަވާފައި ނުވާކަމަށާއި، މިފައިސާގެ މައްޗަށް ދެއްވެންއޮތް
ކިތާބީހެކި ހުށަހަޅާފައިވުމާއިއެކުވެސް މުޙައްމަދު މަނިކުގެ އެޙައްޤުގެ
މައްޗަށް ޝަރީޢަތުން
ބައްލަވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
• ހަތްވަނަ ނުކުތާއަކީ، ދަޢުވާގައި ހިމެނޭ އިންޓަރެސްޓް އުނިކުރިކަމަށް ބުނެފައި
ވާއިރު އިންޓަރެސްޓްގެ މިންވަރެއް އެނގެން ނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ.
3. މަދަނީ ކޯޓުގެ ނަންބަރު 2006/MC/639 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ރާއްޖޭގެ ހައި ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/195
ލިބިފައި
ހައިކޯޓަށް ހުށަހެޅި އިސްވެދެންނެވުނު ނުކުތާތަކަށް ޖަވާބުދާރީ ވުމުގެގޮތުން
ގޮތުން އިސްތިއުނާފް ރައްދުވާ
މުޙައްމަދު ޢަލީ ޖަނާޙްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައިގަނޑުގޮތެއްގައި
ބުނެފައިވަނީ، މުޙައްމަދު މަނިކުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނުކުތާތަކަކީ މި ޤަޟިއްޔާގައި މުޙައްމަދު
މަނިކުގެ ފަރާތުން ދަށުކޯޓުގައި ވެފައިވާ އިޢުތިރާފު އަނބުރާ ގެނެވޭތޯ ނުވަތަ އެއަށް ބަދަލު ގެނެވޭތޯ
ހުށަހަޅާފައިވާ ހުށަހެޅުން ތަކެއްކަމަށާއި، 19 ސެޕްޓެމްބަރު 2006 ގައި މުޙައްމަދު މަނިކު ދަށުކޯޓަށް
ދީފައިއޮންނަ ބަޔާނުގެ ފަހުބައިގައި "މުޙައްމަދު ޢަލީ ޖަނާޙުގެ އެކައުންޓުން ވައުޗަރުތަކުގައި ހުރި ފައިސާ
ނުވެއޭ އަޅުގަނޑު ނުދަންނަވަމެވެ. އެއަށް އަޅުގަނޑު އިންކާރު ނުކުރަމެވެ. މުޙައްމަދު މަނިކު
ބުނެފައިވާކަމަށާއި، ވީމާ މިއިޢުތިރާފު އެއީ މިފައިސާ ލިބިފައިވާކަމަށް މުޙައްމަދު މަނިކު ވެފައިވާ
އިޢުތިރާފެއްކަމާއި، މިފައިސާއަކީ އަނބުރާ ދައްކާގޮތަށް މުޙައްމަދު މަނިކަށް ދެވިފައިވާ ފައިސާއެއް
ނޫންކަމަށް މުޙައްމަދުގެ މަނިކުގެ ފަރާތުން ބުނި ނަމަވެސް، އެކަން ސާބިތުކޮށްދެވިފައި ނުވާތީއާއި
މުޙައްމަދު ޢަލީ ޖަނާހް ހުށަހަޅާފައިވާ ލިޔުންތަކުން ދައްކާ އަދަދަށް ފައިސާ ލިބިފައިވާ ކަމަށް މުޙައްމަދު
މަނިކުގެ އިޢުތިރާފު ލިބިފައިވުމުން، މި ފައިސާއަކީ މުޙައްމަދު ޢަލީ ޖަނާޙަށް މުޙައްމަދު މަނިކު ދައްކަން
ޖެހޭ ފައިސާއެއްކަމާއި، މުޙައްމަދު މަނިކު އަތުން މުޙައްމަދު ޢަލީ ޖަނާރަށް އަދި އޭނާ ހިމެނޭ
ކުންފުންޏަކަށް ނުވަތަ އޭނާ ކުރަމުން
އައި މަސައްކަތަކަށްވެސް އެއްވެސް
ފައިސާއެއް
ލިބިފައިނުވާކަމަށާއި، މައްސަލައާ ގުޅިގެން މުޙައްމަދު ޢަލީ ޖަނާޙު މުޙައްމަދު މަނިކުއަތުން ނަގާފައިވާ
ފައިސާކަމަށް ބުނެ މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ޗެކުތަކަކީ،
މުޙައްމަދު މަނިކުގެ އަތުން މުޙައްމަދު ޢަލީ ޖަނާޙު ނަގާފައިވާ ފައިސާއެއް ނޫންކަމާއި، އެއީ ވިލިނގިލި
އިންވެސްޓްމަންޓްއާއި އެލިސަން ސަރވިސަސްއާ ދެމެދު ކުރެވިފައިވާ މުޢާމަލާތަކާ
ޗެކުތަކެއްކަމަށާއި، އެ ފައިސާގެ މައްސަލަ މަދަނީ ކޯޓުގައި ހިނގަމުންދާކަމަށާއި، މުޙައްމަދު ޢަލީ
ޖަންޙަކީ އެލިސަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ޙިއްސާދާރެއް ނޫންކަމާއި، މި މައްސަލައިގައި
ހިމެނޭ ފައިސާ މުޙައްމަދު މަނިކުގެ ފަރާތުން އަނބުރާދީފައިވާކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް
އެފަރާތުން ޝަރީޢަތަށް ހުށަނޭޅޭނެކަމަށާއި، މުޙައްމަދު މަނިކުގެ ފަރާތުން ހުށަހަޅާފައިވާ ޙަބީބު ބޭންކުގެ
ލިޔުމުގައިވާ މައްސަލައަކީވެސް މިމައްސަލައާގުޅޭ ކަމެއްނޫންކަމަށާ
ކަމަށާއި، އެމައްސަލަ ވަކި މައްސަލައެއްގެ
ގޮތުގައި މަދަނީ ކޯޓުގައި މުޙައްމަދު މަނިކު ދަޢުވާކުރިކަމަށާއި، އެމައްސަލައިގައި މުޙައްމަދު ޢަލީ
ޖަނާޙުގެ މައްޗަށް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މިދަޢުވާ
ބިތުނުވާކަމަށް ކަނޑައަޅައި މަދަނީކޯޓުގެ ނަންބަރު 2007/MC/1823 ޤަޟިއްޔާއިން ޙުކުމް
ކުރައްވާފައިވާކަމަށެވެ.
OcOC
ދިވެހިރާއްޖޭ
ޢާއިކޯޓް
1
ވާނާ ގޮތުގެ ލައި
2007/HC-A/195
639/MC/2006
މައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2006/MC/639 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން މުޙައްމަދު މަނިކުގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ
މުޙައްމަދު ޢަލީ ޖަނާޙްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ،
އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު، މިމައްސަލައިގައި ހިމެނޭ ފައިސާގެ މުޢާމަލާތް
ހިންގާފައިވަނީ ލިޔެކިޔުމުން ނޫންކަމަށާއި، މުޙައްމަދު މަނިކަށް އެކިފަހަރުމަތިން މުޙައްމަދު ޢަލީ ޖަނާޙު
ދީފައިވާ ފައިސާގެ ޢަދަދެއް ބެލިފައި ނުވާކަމަށާއި، މުޙައްމަދު ޢަލީ ޖަނާޙު ދީފައިވާ ފައިސާއަކީ އަނބުރާ
ދައްކާގޮތަށް ދީފައިވާ ފައިސާއެއް ނޫންކަމަށާއި، މުޙައްމަދު ޢަލީ ޖަނާޙުއަށްވެސް މުޙައްމަދު މަނިކު
ފައިސާ ދީފައިވާކަމަށް މުޙައްމަދު މަނިކުގެ
ފަރާތުން ދަށުކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަމާއި،
މީގެ އިތުރުން، މިމައްސަލައިގައި ހިމެނޭ ފައިސާ މުޙައްމަދު މަނިކުގެ އެކައުންޓަށް
ލިބިފައެއްނުވެއެކޭ ނުބުނާނެކަމަށްބުނެ، އެފައިސާ ލިބިފައިވާކަމަށް ޝަރީއަތުގެ މަޖިލީހުގައި މުޙައްމަދު
މަނިކު އިޢުތިރާފުވެފައިވާކަމާއި، މިމައްސަލައިގައި ހިމެނޭ ފައިސާއަކީ އަނބުރާދައްކާގޮތަށް މުޙައްމަދު
ޢަލީ ޖަލާޙު ދީފައިވާ ފައިސާއެއް ނޫންކަމަށް މުޙައްމަދު މަނިކުގެ ފަރާތުން ބުނެފައިވީނަމަވެސް، މިކަން
ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަމާއި، މިމައްސަލަ ދަށު ކޯޓުން ނިންމަވާފައިވަނީ، މިކަންކަމުގެ
މައްޗަށް ރިޢާޔަތްކުރައްވައިކަން
ކަން އެނގެން އޮންނަކަން.
(ށ) ދެވަނަ ކަމަކީ، މިމައްސަލައިގައި ހިމެނޭ ފައިސާގެ ތެރެއިން، 11 ޖެނުއަރީ
2004 ގެ ތާރީޚުގައި މުޙައްމަދު ޢަލީ ޖަނާޙުގެ އެކައުންޓުން މުޙައްމަދު މަނިކަށް ދައްކާފައިވާކަމަށް
މުޙައްމަދު ޢަލީ ޖަނާޙު ހުށަހަޅާފައިވާ -/150,000 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރަކީ
ޓްރެވެލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ
ފާއިސާއެއްކަމާއި، 20 ޖެނުއަރީ 2004 ގެ ތާރީޚުގައި މުޙައްމަދު އަލީ ޖަނާޙުގެ އެކައުންޓުން މުޙައްމަދު
މަނިކަށް ދައްކާފައިވާކަމަށް މުޙައްމަދު ޢަލީ ޖަނާޙު ހުށަހަޅާފައިވާ -/150,000 (އެއްލައްކަ
ފަންސާސްހާސް) އެމެރިކާ ޑޮލަރަކީ އެނަރޖީ ޓުއަރސް ކިޔާ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ
ه
r
F. ދެE
8
43 422
2007/HC-A/195
ޑޮލަރުވެސް
→ ހ 43
2292
41ވ
04.6ހދه
އެކައުންޓް08ނ
ހ345 43
ދއކތމަ
278
28
4 39
|
އެއްޗެއް
ފައިސާއެއްކަން މިމައްސަލައާގުޅިގެން މުޙައްމަދު އަލީ ޖަނާޙުގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް
ބެލުމުން އެނގެން އޮންނަކަމާއި، އިސްވެދެންނެވުނު ޖުމްލަ -/300,000 (ތިންލައްކަ) އެމެރިކާ
އެކުންފުނިތަކުގެ
ޖަމާވެފައިވާކަމަށް މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި، ކުންފުނިތަކަކީ އަމިއްލަ ނަމުގައި
ދަޢުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި ނޫފުލޭ މުދާ ޤާނޫނު ހުއްދަކުރާ ގޮތެއްގެމަތިން
ލިބިގަތުމުގެ ޙައްޤު ލިބިގެންވާ ޤާނޫނީގޮތުން އަމިއްލަ ޝަޚްޞިއްކަމުން،
ކުންފުންނަކުން ނަގާފައިވާ ފައިސާއަކަށް ނުވަތަ ކޮށްފައިވާ މުޢާމަލާތަކަށް
ޒިންމާވާންޖެހޭނީ އެކުންފުނިކަން އެނގޭކަމާއި،
އެހެންނަމަވެސް މިމައްސަލައިގައި ކަންހިނގާފައިވާގޮތަށް ބަލާއިރު، އިސްވެ
ދެންނެވުނު ފައިސާ ޖަމާވެފައިވަނީ ދެ ކުންފުންޏެއްގެ އެކައުންޓަށް ކަމުގައިވީނަމަވެސް، އެފައިސާ
ދީފައިވަނީ މުޙައްމަދު މަނިކުގެ އެދުމަކަށްކަމަށް މުޙައްމަދު ޢަލީ ޖަނާޙުގެ ފަރާތުން ދަށުކޯޓުގައިވެސް އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ބުނެފައިވުމާއި، މުޙައްމަދު ޢަލީ ޖަނާޙުގެ މިބުނުން ނަފީކުރެވޭވަރުގެ
މުޙައްމަދު މަނިކަށް ޝަރީޢަތުގެ އެއްވެސް މަރުޙަލާއަކަށް ހުށަހެޅިފައިނުވުމާއި،
އިސްވެދެންނެވުނު -/300,000 (ތިންލައްކަ) އެމެރިކާ ޑޮލަރަކީ މުޙައްމަދު މަނިކުގެ އެދުމުގެ މަތިންނޫން
އެކުންފުނިތަކަށް މުޙައްމަދު ޢަލީ ޖަނާޙު ދައްކަންޖެހޭ ފައިސާއެއްކަން މުޙައްމަދު މަނިކުގެ
ފަރާތުން ޝަރީޢަތަށް ދެއްކިފައިނުވުމާއި، އަދި 2009 އެޕްރީލް 27 ގެ ތާރީޚުގައި
2009 އެޕްރީލް 30 ވަނަ ދުވަހު މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި
"ފައިސާގެ ސްޓޭޓްމަންޓް" ލިޔުމުގައި އެނާޖީ ޓުއަރސްއާއި، ޓްރެވަލިން މޯލްޑިވްސްއަކީވެސް މުޙައްމަދު
މަނިކުގެ ފުރިހަމަ މިލްކުވެރިކަން އޮތްތަންތަންކަމަށް މުޙައްމަދު މަނިކުގެ ފަރާތުން ބުނެ، އެތަންތަނަށް
މުޙައްމަދު އަލީ ޖަނާހު ދައްކާފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ މުޙައްމަދު ޢަލީ ޖަނާޙު މުޙައްމަދު
މަނިކަން ދައްކަންޖެހޭ ފައިސާގެ ބަދަލުގައި މުޙައްމަދު ޢަލީ ޖަނާރު ދައްކާފައިވާ ފައިސާކަމަށް
ބުނެފައިވުމުން، މުޙައްމަދު މަނިކުގެ އެބުނުމަކީ، އެ ކުންފުނިތަކުގެ އެކައުންޓްތަކަށް މުޙައްމަދު ޢަލީ
ޖަނާޙު ޖަމާކޮށްފައިވާ ފައިސާއަކީ ސީދާ މުޙައްމަދު މަނިކަށް ދީފައިވާ ފައިސާކަމަށް މުޙައްމަދު މަނިކު
ވެފައިވާ އިޢުތިރާފެއްކަމުން، އިސްވެދެންނެވުނު ފައިސާއަކީ މުޙައްމަދު މަނިކުގެ އެދުމަކަށް އޭނާއަށް
މުޙައްމަދު އަލީ ޖަނާޙު ދީފައިވާ ފައިސާއެއްކަމަށް ޤަބޫލުކުރެވޭކަން.
(ނ) ތިންވަނަ ކަމަކީ، މިމައްސަލައިގައި ހިމެނޭ ފައިސާއަކީ އަނބުރާ ދޭން ނުވަތަ
އެހެންވެސް ގޮތަކުން މުޙައްމަދު ޢަލީ ޖަނާއަށް ލިބެންޖެހޭ ފައިސާއެއްކަމަށް ބައްލަވާ ޙުކުމް ކުރެއްވިއިރު
03
އޔާރަކަން،
ދިވެހިރާއްޖޭގެ
<"
0ކުޏެހ2 -
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/195
އިއްވެސް ފައިސާއެއް އަނބުރާދޭންޖެހޭކަމަށް ދެފަރާތުން އެއްބަސްވި އެއްބަސްވުމެއް ނުވަތަ މުޙައްމަދު
މަނިކު އެއްބަސްވެފައިވާ އެއްބަސްވުމެއް އޮތްތޯވެސް ނުބައްލަވާކަމަށާއި މިކަމުގައި މުޙައްމަދު މަނިކުގެ
ބަހެއްވެސް ހޯދާފައި ނުވާކަމަށް މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާއިރު،
މިމައްސަލައިގައި ހިމެނޭ ފައިސާއަކީ މުޙައްމަދު މަނިކަށް މުޙައްމަދު ޢަލީ ޖަލާޙު އެކިފަހަރުމަތިން
ދީފައިވާ ފައިސާކަމަށް މުޙައްމަދު މަނިކުގެ ބަހުން އެގެން އޮތުމާއި، މުޙައްމަދު މަނިކާއި މުޙައްމަދު ޢަލީ
ޖަނާއަކީ، އެދެމީހުންގެ މެދުގައި ހިނގާ މިފަދަ މުޢާމަލާތުތަކަކީ އަނބުރާ ދައްކަން ނުޖެހޭގޮތަށް
ޚައިރާތެއްގެގޮތުގައި ކުރެވިފައިވާ މުޢާމަލާތުތަކެއްކަމަށް ޝަރީޢަތުން ބަލަންޖެހޭވަރުގެ ތިމާގެކަމުގެ ނުވަތަ
ޤާނޫނީ (fiduciary) ގުޅުމެއް އޮތްދެފަރާތެއް ނޫންކަމުން، މިދެފަރާތުގެ ދެމެދުގައި ހިނގާ މިފަދަ
އަނބުރާ ދައްކަން ނުޖެހޭގޮތަށް ކުރެވޭ
ޝަރީޢަތަށް
42 ދީދީ 3ތ#
މުޢާމަލާތްތަކަކީ
47 ވ2 3 އ ވ މ ގ9
މުޢާމަލާތުތަކެއްކަމަށް
މިމައްސަލައިގައި ހިމެނޭ ފައިސާއަކީ މުޙައްމަދު ޢަލީ ޖަނާއަށް މުޙައްމަދު މަނިކު
ދީފައިވާ ފައިސާގެ ތެރެއިން އަނބުރާ ނުދީވާ ފައިސާ ހަމަކުރުމަށް ދިން ފައިސާއެއް ކަމަށްވެސް ބެލެވެން
އޮތްކަމަށް މުޙައްމަދު މަނިކުގެ ފަރާތުން ބުނެފައިވީނަމަވެސް، އެކަން ސާބިތުކުރުމަށްޓަކައި މުޙައްމަދު
މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، އެ ލިޔުންތަކާއެކު
ހުށަހަޅާފައިވާ ޗެކުތަކުގެ ކޮޕީތަކަކީ އެލިސަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި، ވިލިނގިލި
އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހިނގާފައިވާ މުޢާމަލާތަކާގުޅިގެން އެލިސަން
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ ޗެކްތަކެއްކަން އެނގޭކަމާއި، މުޙައްމަދު ޢަލީ ޖަނާޙަކީ
އެލިސަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ޙިއްސާދާރެއް ނޫންކަމުން މިފައިސާއަށް މުޙައްމަދު ޢަލީ
ޖަލާޙު ޒިންމާވާންޖެހޭނެ އެއްވެސް ޤާނޫނީ ޙައިސިއްޔަތެއް ނޯންނާނެކަމާއި، އެކްސްޕްރެސް މޯލްޑިވްސް
އިން އަނބުރާދައްކާގޮތަށް މުޙައްމަދު ޢަލީ ޖަނާޙު ނަގާފައިވާކަމަށް މުޙައްމަދު މަނިކު ބުނާ
ފައިސާއަކީވެސް، އެއަށް މުޙައްމަދު ޢަލީ ޖަނާޙު ޒިންމާވާންޖެހޭ ފައިސާއެއްނޫންކަމަށް މަދަނީކޯޓުގެ
ނަންބަރު 2007/MC/1823 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވުމުން އެ ފައިސާއަކީވެސް މުޙައްމަދު
ޢަލީ ޖަނާޙު މުޙައްމަދު މަނިކަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ބެލޭނެ ޤާނޫނީ އެއްވެސް ހަމައެއް
ނެތްކަމުން، މި މައްސަލައިގައި ހިމެނޭ ފައިސާއަކީ މުޙައްމަދު މަނިކަށް މުޙައްމަދު ޢަލީ ޖަނާޙު
ދައްކަންޖެހި ނުދައްކާ އޮތް ފައިސާއެއްގެ ބަދަލުގައި ދީފައިވާ ފައިސާއެއްކަމަށް ޝަރީޢަތަށް
ކުމާއި،
.ބަލިނުކުރެވޭކަމު*
ހައިކޯ
10
| ޟިއްޔާ ނިމުނު
5 23 ( 7
= 03
2007/HC-A/195
448
44
ދަށުކޯޓުގައި މުޙައްމަދު ޢަލީ ޖަނާޙު ކޮށްފައިވާ ދަޢުވާގައި ބުނެފައިވަނީ
އަނބުރާދައްކަން މުޙައްމަދު މަނިކުއަށް ދިން ފައިސާއެއްގެ ވާހަކަކަމަށްވާއިރު، އެއީ ކޮންއިރަކު ދިން
ކޮންފައިސާ އެއްކަން ބުނެފައި ނެތް ހިނދު އެފައިސާ ދިނުމަށް ކުރެއްވި ޙުކުމުގައި އިންސާފެއް
ނެތްކަމަށް މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވީނަމަވެސް،
މިމައްސަލައިގައި ހިމެނޭ ފައިސާ، މުޙައްމަދު މަނިކަށް ދޫކޮށްފައިވާ ގޮތުގެ ތަފްސީލުތަށް މުޙައްމަދު ޢަލީ
ޖަނާޙުގެ ފަރާތުން ދަށުކޯޓަށްވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހަޅާފައިވާކަން މައްސަލައާ
ގުޅިގެން ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި އަދި، މިމައްސަލައިގައި
ހިމެނޭ ހުރިހާ ފައިސާއަކީވެސް ލިބިފައިވާ ފައިސާކަމަށް ދަށުކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ
ހައިކޯޓުގައިވެސް މުޙައްމަދު މަނިކު އިޢުތިރާފުވެފައިވާކަން.
(ހ) ހަތަރުވަނަ ކަމަކީ، މުޙައްމަދު މަނިކުގެ ނަމުގައި ނެގިކަމަށްބުނާ ފައިސާ
ދެވުނީ، ނުވަތަ އެނޫން ފައިސާއެއްވިޔަސް ދެވުނީ އަތުންއަތަށްކަމަށް ބުނާއިރު، މިކަންވެސް
ސާބިތުކުރައްވާފައި ނުވާކަމަށާއި އަދި އެކަމަށް މުޙައްމަދު މަނިކުގެ ބަހެއް ނުހޯއްދަވާކަމަށާއި، ބޭންކް
މެދުވެރިކޮށް ޓެލެގްރާފިކް ޓްރާންސްފަރ ކުރިކަމަށް މުޙައްމަދު ޢަލީ ޖަނާޙް ބުނާ ބުނުމަށް ޝަރީޢަތުން
ނަޒަރު ކުރެއްވިއިރު، އެޓްރާންސްފަރ ސްޓޭޓްމަންޓަށް ޝަރީޢަތުން ބެއްލެވިނަމަ އެސްޓޭޓްމަންޓްގައި
ޓްރާންސްފަރކުރީ ކާކުގެ ކޮންތާކުއޮތް ކޮންނަންބަރެއްގެ އެކައުންޓަކަ
ޓަކަށްކަންވެސް ބައްލަވަންޖެހޭނެކަމަށާއި
އަދި އެ ޓީޓީ ފޮނުވިކަމުގެ ބޭންކުގެ ލިޔުމެއްވެސް އޮތްތޯ ބައްލަވާފައި ނެތްކަމަށާއި، އެހެންކަމުން މި
ޓްރާންސްފަރ ލިޔުންތަކަކީ މުޙައްމަދު ޢަލީ ޖަނާޙް އަމިއްލައަށް ލިޔެފައިވާ ލިޔުންތަކެއްކަމަށް ބެލެވޭކަމަށް
މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް،
ދަށުކޯޓުގައި މިމައްސަލަ ހިނގިއިރު، 2006 ސެޕްޓެމްބަރ 19 ވަނަ ދުވަހު އެކޯޓަށް މުޙައްމަދު މަނިކު
ދީފައިވާ ބަޔާނުގައި، ފައިސާގެ މުޢާމަލާތް ދެފަރާތުން ހިންގާފައިވަނީ ލިޔެކިޔުމުން ނޫންކަމަށާއި، ފައިސާ
އެއްފަރާތުން އަނެއްފަރާތަށް ދޫކުރަމުން ގޮސްފައިވާކަމަށާއި، މިފައިސާ މުޙައްމަދު މަނިކަށް
ލިބިފައިވާކަމަށް އޭނާ އިންކާރުނުކުރާކަމަށް މުޙައްމަދު މަނިކު ބުނެފައިވުމުންނާއި، އިސްވެދެންނެވުނު
ޓެލެގްރާފިކް ޓްރާންސްފަރތަކުގައިވާ ފައިސާވެސް މުޙައްމަދު މަނިކަށް ލިބިފައިވާކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވަރަށް ތަފްސީލުކޮށް މުޙައްމަދު މަނިކު ބަޔާންކޮށްފައިވުމުން،
މިފައިސާއަކީ މުޙައްމަދު މަނިކަށް ލިބިފައިވާ ފައިސާއެއްތޯ ނުވަތަ ނޫންތޯ، ނުވަތަ ޖަމާވެފައިވަނީ ކޮން
އެކައުންޓްތަކަކަށްތޯ އިތުރަށް ސާބިތުކުރުމަށްޓަކައި އިތުރު ހެކިތަކެއް ނުވަތަ މުޙައްމަދު މަނިކުގެ އިތުރު
ބަހެއް ހޯދަން ނުޖެހޭނެކަން
8
92.5
11
2007/HC-A195
ޑޖމހ8
ނެތީކަމަށް
|$ &4ދ9 · eހ3
ދިވެހިރާއްޖާގެ ހައިކޯ
.ޟިއްޔާ ނިމުނު ގޮތު
(ބ) ފަސްވަނަ ކަމަކީ، މަދަނީ ކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގައި
ހިމަނާފައިވާ ސްޓޭޓްމަންޓް އޮފް އެކައުންޓުގެ ތާރީޚަށް ބެލުމުން އެނގެނީ އެއީ 28 މާޗް 2004 އިން
18 އެޕްރީލް 2004 އަށް އޮތް ސްޓޭޓްމަންޓެއްކަމަށާއި، އެކަމަކު އެނަރޖީ ޓްވަރސްއަށް -/15,000
ޑޮލަރު ދިންކަމަށް ބުނަނީ 20 ޖެނުއަރީ 2004 ގައި ކަމަށްބުނާއިރު، ހުށަހެޅިފައިވާ ސްޓޭޓްމަންޓުން
އެކަން
އެނގެން
މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބުނެފައިވީނަމަވެސް، މިމައްސަލައާ ގުޅިގެން މަދަނީ ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށާއި އަދި ދީފައިވާ ބަޔާންތަކަށް ބަލާއިރު، 2004 ޖެނުއަރީ 20 ވަނަ ދުވަހުގެ ތާރީޚުގައި
ހަދާފައިވާ އެޗްއެސްބީސީގެ ކޭޝިއަރސް އޯރޑަރަކުން އެނަރޖީ ޓުއަރސްގެ ނަންބަރު
7701125113002 އެކައުންޓަށް -/150,000 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރު
މުޙައްމަދު ޢަލީ ޖަނާޙުގެ ފަރާތުން ދައްކާފައިވާކަން އެނގޭކަމާއި އަދި، މި މައްސަލައިގައި ހިމެނޭ ހުރިހާ
ފައިސާއެއް ލިބިފައިވާކަމަށް މުޙައްމަދު މަނިކު އިޢުތިރާފުވެފައިވާކަން އެނގޭކަމާއި، އަދި ހުށަހެޅިފައިވާ
ސްޓޭޓްމަންޓަކީ އެނަރޖީ ޓުއަރސްއަށް ފައިސާދައްކާފައިވާ ތާރީޚުގެ ފަހުގެ ތާރީޚެއްގެ ބޭންކް
މިކަމުން، އެސްޓޭޓްމަންޓުގައި އިސްވެދެންނެވުނު ފައިސާ މުޙައްމަދު މަނިކަށް ދީފައިވާކަން
އެނގެން ނެތުމަކީ އެފައިސާ މުޙައްމަދު މަނިކަށް ނުލިބޭކަމަށް ޝަރީޢަތުން ބަލަންޖެހޭނެ
(ޅ) ހަވަނަ ކަމަކީ، މުޙައްމަދު މަނިކު ދަށުކޯޓަށް ދިން ބަޔާނުގައި، އޭނާ ބުނެފައިވާ
ބުނުމުގެ މަޤްސަދާއި ރޫޙު އަދި ބުނެފައިވާ ބުނުމަށް ކުރައްވާފައިވާ ނަޒަރު ރަނގަޅު ނޫންކަމަށާއި،
މުޙައްމަދު މަނިކު ދީފައިވާ ބަޔާނުގައި ވައުޗަރުތަކުގައި ހުރި ފައިސާ ޖަނާޙްގެ އެކައުންޓުން މުޙައްމަދު
މަނިކުގެ އެކައުންޓަށް ލިބިފައިވާކަމަށް މުޙައްމަދު މަނިކު ދެންނެވީ، ވިލިނގިލީ ޕްރޮޖެކްޓާ ގުޅިގެން
ހިނގަމުންދިޔަ މުޢާމަލާތަކަށްވާތީ އެފައިސާ އެދުވަސްވަރު ލިބިފައިވާ ވާހަކަކަމަށާއި، ނަމަވެސް އެއީ
ދަޢުވާކުރާ މިފައިސާ ލިބުނު ވާހަކައެއް ނޫންކަމަށާއި، އެކަން އެބަޔާނުން އެނގެން އޮތްހިނދު އެނޫން
ގޮތަކަށް އެބުނުން ދަށުކޯޓުން ތަރުޖަމާކުރައްވާފައިވާކަމަށް މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބުނެފައިވާއިރު، މިމައްސަލައާގުޅިގެން މުޙައްމަދު މަނިކު ދަށުކޯޓަށް ދީފައިވާ ބަޔާނަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓަށް ދީފައިވާ ބަޔާންތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު،
މިމައްސަލައިގައި ހިމެނޭ ފައިސާ މުޙައްމަދު މަނިކަށް ލިބިފައިވާކަމަށް އޭނާގެ ބަހުން އެންގެން
އޮންނަކަމާއި، އެފައިސާއަކީ ވިލިނގިލީ ޕްރޮޖެކްޓާ ގުޅިގެން ހިނގަމުންދިޔަ މުޢާމަލާތަކާ ގުޅިގެން
މުޙައްމަދު މަނިކަށް މުޙައްމަދު ޢަލީ ޖަލާޙު ދީފައިވާ ފައިސާއެއްކަމަށް މުޙައްމަދު މަނިކު ބުނިނަމަވެސް،
12
** 2 ¢3x
ޤަޟިއްޔާ ނިމުނު ގޮތުގެ
2007/HC-A/195
އެކައުންޓުން
31 40
# މއ
، މުޢާމަލާތަކާ ގުޅިގެން މުޙައްމަދު ޢަލީ ޖަތާޙު އަމިއްލަ ޙައިސިއްޔަތުން އެއްވެސް ޒިންމާއެއް
އިސްވެދެންނެވުނު ވިލިނގިލީ ޕްރޮޖެކްޓުގައި މުޢާމަލާތު ކުރެވިފައިވަނީ ވިލިނގިލި އިންވެ.
ންވެސްޓްމަންޓް
ޕްރައިވެޓް ލިމިޓެޑާއި އެލިސަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑާދެމެދުގައިކަން ޝަރީޢަތަށް
ހުށަހެޅިފައިވާ ލިޔުންތަކާއި ދެފަރާތުގެ ވާހަކައިން އެނގެންއޮންނަތީއާއި، މުޙައްމަދު ޢަލީ ޖަނާޙަކީ
މިދެންނެވި އެކުންފުނީގެ ތެރެއިން އެއްވެސް ކުންފުންޏެއްގެ މެންބަރެއް ނުވަތަ ޙިއްސާދާރެއްނޫންކަމުން،
ންފުނީގެ ދެމެދުގައި ކުރެވިފައިވާ މުޢާމަލާތަކާ ގުޅިގެން މުޙައްމަދު ޢަލީ ޖަނާޙުގެ އަމިއްލަ
އިޓުން މުޙައްމަދު މަނިކުއަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭނެކަމަށް ޝަރީޢަތަށް
ޤަބޫލުނުކުރެވޭކަމާއި، އެހެންކަމުން މިމައްސަލައިގައި ހިމެނޭ ފައިސާއަކީ މުޙައްމަދު ޢަލީ ޖަނާޙު އޭނާގެ
އަމިއްލަ ޙައިސިއްޔަތުން، މުޙައްމަދު މަނިކުގެ އެދުމުގެމަތިން ދީފައިވާ ފައިސާކަމަށް
ޤަބޫލުކުރަންޖެހޭކަމާއި،
އަނބުރާ ދައްކަން މުޙައްމަދު މަނިކުއަށް ފޯނެއް ދިންކަމަށްބުނާ މީހަކީ މުޙައްމަދު ޢަލީ
ޖަނާޒީ ކަމަށްވާއިރު، ދިންކަމަށް ސާބިތުކޮށްދޭންޖެހޭ މީހަކީ މުޙައްމަދު ޢަލީ ޖަނާއް ނޫންކަމަށް ބަހުސް
ކުރާނެ ތަނެއްނެތްކަމަށް މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާއިރު، މިމައްސަލައިގައި ހިމެނޭ ފައިސާ މުޙައްމަދު މަނިކަށް ލިބިފައިވާކަމަށް، ދަށުކޯޓުގައިވެސް
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް މުޙައްމަދު މަނިކު އިޢުތިރާފުވެފައިވުމުން، އެފައިސާއަކީ މުޙައްމަދު
ޢަލީ ޖަނާހު މުޙައްމަދު މަނިކަށް ދީފައިވާ ފައިސާކަން އިތުރަށް ސާބިތުކޮށްދޭން ނުޖެހޭކަން.
(ކ) ހަތްވަނަ ކަމަކީ، މިޤަޟިއްޔާގައި މުޙައްމަދު މަނިކުގެ ބަޔާނެއްކަމަށް އޮންނަ
ބަޔާނުގައި އެއްފަރާތުން އަނެއްފަރާތަށް ދެމުންދިޔަ ފައިސާއަކީ، ވިލިނގިލީ ޕްރޮޖެކްޓްގެ ހަރަކާތް ހިންގި
ދުވަސްވަރު ދެމުންދިޔަ ފައިސާކަމަށް ސަރީޙަ ބަހުން ދެންނެވިފައިވާ ދެންނެވުން ދަޢުވާކުރާ ފައިސާއާ
ގުޅުވައިގެން ނިންމި ނިންމެވުމުގައި ބައްލަވަންވާވަރަށް ނުބައްލަވާ އޮތްކަމަށާއި،
ވިލިނގިލީ
އިންވެސްޓްމަންޓުގެ މައްޗަށް މި ދެންނެވި ފައިސާ ހޯދުމަށް މަދަނީ ކޯޓުގައި މުޙައްމަދު ޢަލީ ޖަނާޙް
ހުށަހަޅައިގެން ހިންގާ މައްސަލަ މަދަނީ ކޯޓުގައި ހިނގަމުންދާ ހިނދު އެކަމަށް ރިޢާޔަތް ކުރައްވާފައި
ނުވާކަމަށް މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާއިރު، މުޙައްމަދު މަނިކު
ޙަވާލާދީފައިވާ މަދަނީ ކޯޓުގެ މައްސަލައަކީ އެލިސަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ވިލިނގިލި
އިންވެސްޓްމަން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި، އަދި
އިސްވެދެންނެވިފައިވާ ފަދައިން މުޙައްމަދު ޢަލީ ޖަނާޙަކީ މިދެންނެވި އެކުންފުނީގެ ތެރެއިން އެއްވެސް
ކުންފުންޏެއްގެ މެންބަރެއް ނުވަތަ ޙިއްސާދާރެއްނޫންކަމުން، އެދެކުންފުނީގެ ދެމެދުގައި ކުރެވިފައިވާ
94
44
13
2007/HC-A/195
Occ
ނިމުނު ގޮތުގެ
ނަގަންޖެހޭނެކަމަށް ޝަރީއަތަށް ޤަބޫލުނުކުރެވޭކަމާއި، އެހެންކަމުން އިސްވެދެންނެވުނު މައްސަލަ މަދަނީ
ކޯޓުގައި ހިނގަމުންދިޔުމަކީ މިމައްސަލައަށް
އަސަރެއް ފޯރާނެ ކަމެއްކަމަށް ޝަރީއަތަށް
ޤަބޫލުނުކުރެވޭކަމާއި،
0 31
444
ދިއވނެއވެ
މުޙައްމަދު ޢަލީ ޖަނާޙަށް މުޙައްމަދު މަނިކުގެ އަތުން ލިބުނުކަމަށް މުޙައްމަދު ޢަލީ
ޖަނާހް އިޢްތިރާފުވާ ފައިސާއާމެދު މިޤަޟިއްޔާގައި ބައްލަވާފައި ނުވާކަމަށާއި، މިފައިސާގެ މައްޗަށް
ކިތާބީހެކި ހުށަހަޅާފައިވުމާއިއެކުވެސް މުޙައްމަދު މަނިކުގެ އެޙައްޤުގެ މައްޗަށް ޝަރީޢަތުން
ބައްލަވާފައިނުވާކަމަށް މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާއިރު،
މުޙައްމަދު ޢަލީ ޖަނާޙު މުޙައްމަދު މަނިކު އަތުން ފައިސާއެއް ނެގުމަށްފަހު އެފައިސާއެއް ނުދައްކާވާނަމަ
އެއީ ވަކި މައްސަލައެއްކަމާއި، އެފަދަ ފައިސާއެއް ޝަރީއަތް މެދުވެރިކޮށް ހޯދަންބޭނުންނަމަ
އެމައްސަލައެއް ވަކިމައްސަލައެއްގެ ގޮތުގައި ޝަރީއަތަށް ހުށަހެޅުމުގެ އިޚްތިޔާރު މުޙައްމަދު މަނިކަށް
އޮތްކަމާއި، މިފަދަ ފައިސާއަކާމެދު މިޤާޞިއްޔާގެ ތެރޭގައި ގޮތެއްނިންމުމަކީ ޝަރީޢަތުން ކުރަންޖެހޭކަމެއް
ނޫންކަން.
*aތ ޖީ
044 0
(އ) އަށްވަނަ ކަމަކީ، ދަޢުވާގައި ހިމެނޭ އިންޓަރެސްޓް އުނިކުރިކަމަށް ބުނެފައި
ވާއިރު އިންޓަރެސްޓުގެ މިންވަރެއް އެނގެން ނެތްކަމަށް މުޙައްމަދު މަނިކުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބުނެފައިވާއިރު، މިމައްސަލައިގައި ދަށުކޯޓުން ނަގާދީފައިވަނީ ޖުމްލަ 12,876,099
/
37ރ.
(ބާރަމިލިއަން އަށްލައްކަ ހަތްދިހަ ހަހާސް ނުވަދިހަ ނުވަ ރުފިޔާ ތިރީސް ހަތްލާރި) ކަމާއި، މިޢަދަދަކީ
އިންޓްރަސްޓުނުލާ މުޙައްމަދު މަނިކަށް މުޙައްމަދު ޢަލީ ޖަލާޙު ދީފައިވާކަމަށް މުޙައްމަދު މަނިކުގެ
އިޢުތިރާފުން ޝަރީޢަތަށް ސާބިތުވެފައިވާ ޢަދަދުކަމުން، މިޙާލަތުގައި އިންޓްރަސްޓްގެ މިންވަރެއް
ކަނޑައެޅުމަކީ ޝަރީޢަތަށް ލާޒިމުކަމެއް ނޫންކަން.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މަދަނީ ކޯޓުގެ ނަންބަރު
2006/MC/639 ޤަޟިއްޔާގައި މުޙައްމަދު މަނިކުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަޖެހޭ
އެއްވެސް ސަބަބެއް އޮތްކަމަކަށް މިމައްސަލަބެލި ދިވެހިރާއްޖޭ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ
އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދިވެހިރާއް*
14 ޤަޟައްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007HC-A/195
0
ޙުކުމް
3 94 99 22
ބަޔާންކުރު
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2006/MC/639 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ
ތަނެއް
މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، މަދަނީ ކޯޓުގެ ނަންބަރު 2006/MC/639 ޤަޟިއްޔާގެ
ޙުކުމަށް ތާއީދުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
8 ހއބ 49 ވ މހކވ
އޮތްކަމަށް ނުފެންނަކަމަށް،
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
ދިވެހިރާއްa