ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/177 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/j7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
*N
ޙަތު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 177/HC
-
A/2010
•އިސްތިއުނާފުކުރި ފަރާތް:
* ނަން: ސިވިލްސަރވިސްކޮމިޝަން
އިޑީ ކާޑު ނަންބަގ.
* ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް: ވެލާނާގެ ބިލްޑިންގ
i
•އިސްތިއުނާފް ރައްދުވި ފަރާތް:
*
ނަން: ޢަލީ އިބްރާހީމް
އައިޑީ
ޑުނަންބަރު: A072057
ދާއިމީ އެޑްރެސް:މމދ.ދަފްތަރު1715
މިހާރުގެ އެޑްރެސް: މ.ޝަރަފް
*
5
ރަޖިސްޓްރީކުރެވުނު ތާރީޚް: 05 އޯގަސްޓް 2010
ނިމުނު ތާރީޚް: 20 މެއި 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/41
ހުށަހެޅި ތާރީޚް: 25 ޖެނުއަރީ 2010 ނިމުނު ތާރީޚް: 29 އެޕްރީލް 2010
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު
އިސްފަނޑިޔާރު: އަޙްމަދު ޝަރީފް
ފަނޑިޔާރު.ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2010/HC-A/j7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
މިއީ، ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/41 މައްސަލަ ނިންމާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ސިވިލް ސަރވިސް ކޮމިޝަނު ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ. މިމައްސަލާގެ
އިސްތިއުނާފް ރައްދުވާ ފަރާތްތަކަކީ، މ.މ.ދ ދަފްތަރު ނަންބަރު1715/ ޢަލީ އިބްރާހީމް (އައި.ޑީ.ކާޑް
ނަންބަރު: A072057} އެވެ.
17
ގަކުރެވުނު ނުކުތާ
01
މިއީ، ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2016/VTR/41
މައްސަލަ
ނިންމަވާފައިވާ
އިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ސިވިލް ސަރވިސް ކޮމިޝަނު ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެމައްސަލަ އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ. މިމައްސަލާގެ
އިސްތިއުނާފް ރައްދުވާ ފަރާތްތަކަކީ، މ.މ.ދ ދަފްތަރު ނަންބަރު 1715| ޢަލީ އިބްރާހީމް (އައި.ޑީ.ކާޑް
ނަންބަރު: A072057) އެވެ.
02 ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/41 މައްސަލަ ނިންމި ގޮތުގެ
ރިޕޯޓަށް ބެލިއިރު އެމައްސަލައަކީ، ޢަލީ އިބްރާހީމް (އައި.ޑީ.ކާޑް ނަންބަރު: A072057) 01 ފެބްރުއަރީ
1999 އިން ފެށިގެން މާލޭ މުނިސިޕަލްޓީގެ ލައިފް ގާޑެއްގެ ވަޒީފާގައި ހުއްޓާ 01 ނޮވެމްބަރ 2009 ގައި،
އެއޮފީހުގެ ރަޖިސްޓްރީން އެމަޤާމް އުވާލި ކަމަށްބުނެ، އިންޒާރެއް އަދި ނޯޓިހެއް ދިނުމެއްނެތި ވަކިކުރުމުގެ
ސަބަބުން ވަޒީފާ އަނބުރާ ހޯދުމަށާއި، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްއެދި ސިވިލް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2010/HC-A/j17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސާރވިސް ކޮމިޝަނުގެ މައްޗަށް ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާފައިވާ މައްސަލައެއްކަން
އެނގެން އޮންނަކަމާއި،
އެމައްސަލަ ނިންމަވާފައިވާ ގޮތަށް ބަލާއިރު،"...މައްސަލަ ރައްދުވާ ސިވިލް ސަރވިސް
ކޮމިޝަނުން ލައިފް ގާޑުންގެ މަސައްކަތަކީ މަޤާމެއްނެތި ވަކި މަސްއޫލިއްޔަތެއް އަދާ ކުރުމަށްޓަކައި
އެލަވަންސެއް ދީގެން މާލޭ މުނިސިޕަލްޓީން ގެންގުޅެފައިވާ ބައެއްކަމުގައި ބުނިނަމަވެސް، ސިވިލް ސަރވިސް
ކޮމިޝަންއާ ސަރުކާރުގެ މުވައްޒަފުންގެ ކަންތައް ހަވާލުވި ދުވަހުން ފެށިގެން މިމައްސަލަ ހުށަހެޅި ޢަލީ
އިބްރާހީމް، ol ނޮވެމްބަރ 2009 ގައި ވަޒީފާއިން ވަކިކުރުމާ ހަމައަށް ހިނގާދިޔަ ދިގު މުއްދަތުގައި މީނާގެ
ވަޒީފާގެ ކަންތައް ވަކިގޮތަކަށް ހަމަނުޖައްސައި ގެންގުޅެފައިވާތީ، ޢަލީ އިބްރާހީމް ވަޒީފާގައި ގެންގުޅެފައިވަނީ
ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފުން ގެންގުޅޭ އުޞޫލުންކަމަށް ބަލަން ޖެހޭކަމަށާއި، ޢަލީ
އިބްރާހީމް އަދާކުރަމުންދިޔަ މަޤާމު އުވިގެން އޭނާ ވަޒީފާއިން ވަކިކުރާނަމަ، ޢަމަލުކުރަން ޖެހޭނީ ދިވެހި ސިވިލް
ސަރވިސްގެ ދާއިމީ ވަޒީފާއެއްގައި ހުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ
މަތިން ކަމަށާއި ދިވެހި ސިވިލް ސަރިވިސްގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތީން މައްސަލަ ރައްދުވާ ފަރާތުން
ލައިފް ގާޑުންގެ މަޤާމު އުވާލިކަން މައްސަލަ ބެލި މަޖިލީހަށް ސާފުކޮށްދެވިފައި ނުވާތީ، ޤާނޫނު ނަންބަރު
02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު ޢަލީ އިބްރާހީމް ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތް ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21
ވަނަ މާއްދާއާ ޚިލާފަށްކަމަށް، މައްސަލަ ބެލި މަޖިލީހުގެ މެންބަރުން އިއްތިފާޤުވާތީ، ޤާނޫނު ނަންބަރު
02/2008 ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން މައްސަލަ ހުށަހެޅި ޢަލީ
އިބްރާހީމްއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިކުރެވިފައިވާ މީހެއްކަމަށް ނުބެލުމަށާއި، މިއަދު (29
އެޕްރީލް ން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަލީ އިބްރާހީމްގެ ވަޒީފާގެ ކަންތައް
ހަމަޖައްސައި އޭނާ ވަޒީފާއިން ވަކިކުރިކަމަށްބުނާ ދުވަހުން ފެށިގެން އޭނާގެ ވަޒީފާ ހަމަޖެހޭ ދުވަހާ ހަމައަށް
ޢަލީ އިބްރާހީމްއަށް މުސަރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެކީ އެއްފަހަރާ މިމުއްދަތުގައި އޭރިއަށް «
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
" ދިވެހިރާއްޖެ
4
2010/HC-A/j17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
-03
ހއ 92
22
@ކން
4 8x28
ޚަލާސް ކުރުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދިޔުމުން އެންގުމަށް، ސިވިލް ސަރވިސް
ކޮމިޝަނަށް އަންގާ އަމުރުކުރަމެވެ." މިފަދައިންކަން އެރިޕޯޓުން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ
އިސްވެ
މަތީން ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ
ނަންބަރު:2010/VTR/41 މައްސަލަ ނިންމުމުން އެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ގޮތުގެ މަތީން ނިންމަވާފައިވާ ނިންމެވުމެއް ނޫންކަމަށްބުނެ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން
އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަނުކުތާއަކީ: ސިވިލް ސަރވިސް ކޮމިޝަނުން މާލޭގެ އިރުމަތީފަރާތުގައި ހަދާފައިވާ
ހެދި ގޮނޑުދޮށް ބެލެހެއްޓުމަށް ލައިފްގާޑުންގެ މަޤާމުތައް އުފައްދައި ލައިފްގާޑުންގެ ގޮތުގައި މުވައްޒިފުން
ގެންގުޅެފައިވާކަން އެގެންނެތިސް ޢަލީ އިބްރާހީމަކީ ސިވިލް ސަރވިސްގެ މުވައްޒަފެއް ކަމަށްބަލާ ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާއި ބެހޭ ޤާނޫނާއި ޚިލާފަށްކަމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާއިރު
ސިވިލްސަރވިސް ކޮމިޝަނުން ލައިފް ގާޑުންގެ މަޤާމުތައް އުފައްދާ މަޤާމުން މީހުން އައްޔަންކޮށް މަޤާމު
އުވާލާފައިވާކަމުގެ އެއްވެސް ހުއްޖަތެއް ނެތްކަމަށްބުނެ ފާހަގަކޮށްފައިވާ
* ދެވަނަ ނުކުތާއަކީ: ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި
ދިވެހި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ
މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމާއި އެމުވައްޒިފުންނަށް މުސާރައާއި ވަޒީފާއާއިގުޅިގެން
ދެވޭ ޢިނާޔަތްތައް ކަނޑައެޅުމާއި މިކަންކަމާގުޅިގެން ކުރަންޖެހޭ އެންމެހާކަންކަން ކުރުމަކީ ސިވިލް ސަރވިސް
ކޮމިޝަނުގެ މަސައްކަތެއް ކަމަށްވާއިރު އެޚިދުމަތް ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނާއި
ޙަވާލުކޮށްފައިނުވުމާއި މިމާއްދާގެ ދަށުން އެފަދަ މަޤާމުތަކެއް
އުފައްދާ ވަޒީފާދީފައި ނުވާކަމަށްބުނެ
ފާހަގަކޮށްފައިވާ
4 & 49)
ނުކުތާއެވެ.
ދިވެހިރާއްޖޭގެ
499 ޑ ޒ
ނުވެއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނ.ގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
HC
-
A
/
j77/
ޤަ201
02ހހ2
* ތިންވަނަ ނުކުތާއަކީ: މާލޭ މުނިސިޕަލްޓީގެ މެންޑޭޓްގައިވާ ގޮތުން މެންޑޭޓްގައިވާ
އެންމެހާކަމެއްކުރަނީ ސިވިލް ސަރވިސްގެ މުވައްޒަފުން މެދުވެރިކޮށްގެން ނޫންކަން މިހާރުގެ ޙާލަތަށް ބެލިއަސް
ސާފުކޮށް ފެންނަން އޮންނާނެކަމާއި ލައިފްގާޑުންގެ މަޤާމަކީ ދިވެހި ސިވިލް ސަރވިސް ޤާނޫނުގެ ކުރިންވެސް
އުފައްދާފައިވާ، ނަމަވެސް ވަކި މަސްއޫލިއްވާ
ވިއްޔަތެއްގެގޮތުން ވަކި އެލަވަންސެއްދީގެން ގެންގުޅެފައިވާ
ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: އިސްވެ ބަޔާން ކުރެވުނު ނުކުތާތަކަށް ބަލާއިރު ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި، ދިވެހި ސިވިލް ސަރވިސްގެ މަޤާމުތައް އުފައްދާ
އުވާލާނެ އުޞޫލުތައް އެކުލަވާލުމާއި އެއުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން މަޤާމުތައް އުފައްދާ އުވާލުމުގެ
ކަންތައްތައް ހިންގުމަކީ ސިވިލް ސަރވިސް ކޮމިޝަނުގެ މަސައްކަތަކަށްވާއިރު ލައިފް ގާޑުންގެ ނަމުގައި
ސިވިލް ސަރވިސް ކޮމިޝަނުން މަޤާމުތަކެއް އުފައްދާފައިވާކަން ވަޒީފާއާއި ޓްރައިބިއުނަލަށް ސާބިތު
ވެފައިނުވާތީއާއި ލައިފް ގާޑުންގެ މަސައްކަތް ކުރި މީހުންނަކީ މާލޭމުނިސިޕަލްޓީގެ މެންޑޭޓްގައި
ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މަސައްކަތެއް ކުރުމަށް މާލޭ މުނިސިޕަލްޓީން ގެންގުޅުއްވާފައިވާ
ބަޔަކަށްވާތީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ނިންމެވުން އަލުން ބައްލަވާ ދެއްވާ މައްސަލަ އިންސާފުވެރިކޮށް
ނިންމަވާދެއްވުމަށް އެދޭކަމަށްބުނެ ހުށަހަޅުއްވާ ނުކުތާއެވެ.
04- ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/41 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
4
8 ހއ 07
ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި
ކަންއި#އ
ގަކުރެވެއެވެ.
(ހ) ވަޒީފާއާބެހޭ ޓްރައިބިޔުނަލް އިން ބަލާފައިވާ ނަންބަރު:2010/VTR/41 މައްސަލާގައި
ޢަލީ އިބްރާހީމް (އައި.ޑީ.ކާޑް ނަންބަރު: A072057) ހުށަހަޅާފައިވާ މައްސަލައަކީ، އޭނާ 01 ފެބްރުއަރީ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2010/HC-A/j17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
01 ނޮވެމްބަ
ދިޚަދ8
ފަހަކައަށް
1999 އިން ފެށިގެން މާލޭ މުނިސިޕަލްޓީގެ ލައިފް ގާޑެއްގެ ވަޒީފާގައި އުޅެމުން ދަނިކޮށް، އެ އޮފީހުގެ
ރަޖިސްޓްރީން އެ މަޤާމް އުވާލާފައިވާކަމަށްބުނެ، ނަސޭހަތެއް، އިންޒާރެއް އަދި ނޯޓިހެއް ދިނުމެއްނެތި،
2009 ގައި އެވަޒީފާއިން އޭނާ ވަކިކޮށްފައިވާކަމަށްބުނެ ވަޒީފާ އަނބުރާ ހޯދުމަށާއި، ލިބުނު
އިލުމުގެ ބަދަލު ހޯދުމަށް ޢަލީ އިބްރާހީމް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި،
އެމައްސަލާގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ޖަވާބު ދެމުން ދައްކާފައިވާ
ބަލާއިރު، ޢަލީ އިބްރާހީމް 01 ފެބްރުއަރީ 2009 އިން ފެށިގެން އުޅެފައިވާ މާލޭ މުނިސިޕަލްޓީގެ
ލައިފް ގާޑެއްގެ ވަޒީފާއަކީ، ކަނޑައެޅިފައިވާ ވަކި މުސާރައެއްނެތި އެލަވަންސެއް ދޭގޮތަށް ހަމަޖެހިގެން ވަގުތީ
ވަޒީފާއެއްގެ ގޮތުގައި ކޮންޓްރެކްޓް އުޞޫލުން ގެންގުޅެފައިވާ މީހެއްކަމަށާއި، އެ މަޤާމަކީ ދިވެހި ސިވިލް
ސާރވިސް އުފެދުމުގެ ކުރިން، މާލޭ މުނިސިޕަލްޓީގެ ފަރާތުން، ދާއިމީ މަޤާމެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސާރވިސް ޑިވިޝަނުގައި އެދުމުންވެސް ދާއިމީ ކޮށްދެއްވާފައިނުވާ
މަޤާމެއްކަމުގައިވާތީއާއި، ލައިފް ގާޑުގެ ޚިދުމަތަކީ މާލޭގައި އެކަނި ދޭންޖެހޭ ޚިދުމަތަކަށް ނުވާތީއާއި،
އެޚިދުމަތަކީ ކޮންޓްރެކްޓް އުޞޫލުން އަމިއްލަ ފަރާތްތަކާ ޙަވާލުކޮށްގެން ކުރިއަށް ގެންދެވިދާނެ ޚިދުމަތަކަށްވާތީ،
އެމަސައްކަތް މާލޭ މުނިސިޕަލްޓީގެ މޭންޑޭޓުން އުނިކުރުމަށްފަހު، އެކަން ނިމުމަކަށް ގެނައުމަށް
ނައުމަށް ފެންނަކަމަށް
އެކޮމިޝަނުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ލަފާދީފައިވާނެކަމަށާއި، އެގޮތުގެމަތީން މާލޭ
މުނިސިޕަލްޓީގައި އޭރުއޮތް ލައިފް ގާރޑުންގެ ވަޒީފާ އުވާލައި، އޭރު ވަޒީފާގައި ތިބި މީހުން ވަކިކޮށްފައިވަނީ
ރަގަޅަށްކަމަށް އެކޮމިޝަނުން ޤަބޫލުކުރާކަމަށާއި، ނަމަވެސް ޢަލީ އިބްރާހީމް ވަޒީފާއިން ވަކިކުރުމުގެ ކުރިން
ނޯޓިސް ދީފައިނުވާނަމަ، ނުވަތަ ނޯޓިސް ދިނުމުގެ ބަދަލުގައި ފައިސާ ދީފައިނުވާނަމަ، އޭނާއަށް އެފައިސާ
ދިނުމަށް ޓްރައިބިއުނަލުން އަންގަވައި ދެއްވުމަށް އެކޮމިޝަނުގެ ފަރާތުން އެދިފައިވާކަން ފާހަގަކުރެވެއެވެ.
(ނ) އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު
މައްސަލައާ ގުޅިގެން އެޓްރައިބިއުނަލަށް ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، މާލޭ މުނިސިޕަލްޓީގެ ރައީސަށް
އެޑްރެސް ކޮށްފައިވާ މިނިސްޓްރީ އޮފް ހޯމްއެފެއާޒް،
41/VTR/2
ހައުސިންގ އެންޑް
پر سرور منع کد
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/j77
99
/
99
/
4/A-10 (01 ޖެނުއަރީ 1999) ގެ ސިޓީގައި، މާލޭގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ހެދި
ގޮނޑުދޮށް ބެލެހެއްޓުމަކީ 03 ޖެނުއަރީ 1999 އިން ފެށިގެން މާލޭ މުނިސިޕަލްޓީއާ ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުން ޙަވާލު ކޮށްފައިވާކަމެއްކަން އެނގޭކަމާއި، އެކަމާގުޅިގެން މާލޭ މުނިސިޕަލްޓީގެ ރަޖިސްޓްރީއަށް ވަކި
ޢަދަދަކަށް ލައިފް ގާރޑުންގެ ވަޒީފާ އިތުރު ކޮށްދިނުމަށް އެދިގެންނާއި، 1999 ވަނަ އަހަރުގެ އެ އޮފީހުގެ
ބަޖެޓުގެ ތެރެއަށް އެކަމަށް ބޭނުންވާކަމަށް ލަފާކުރެވޭ ބަޖެޓް އިތުރު ކޮށްދެއްވުން އެދި މާލޭ މުނިސިޕަލްޓީގެ
އެންޑް
ފަރާތުން އެއޮފީހުގެ ނަންބަރު 10
/
99
/
20/A-99 ސީޓީއިން މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިންގ
އެންވަޔަރަންމަންޓް ގައި ދަންނަވާފައިވާކަން އެނގޭކަމާއި،
އަދި ލައިފް ގާރޑުންގެ މަޤާމާއި ގުޅޭގޮތުން ހުށަހެޅިފައިވާ އެހެނިހެން ލިޔެކިޔުންތަކަށް
ބަލާއިރު، ލައިފް ގާރޑުންގެ ޖުމްލަ 24 މަޤާމް ހަމަޖައްސައި ދެއްވާފައިވާކަމާއި، އެމަޤާމުތަކަކީ ދާއިމީ
މަޤާމްތަކެއް ކަމުގައި ހަމަޖައްސަވައި ދެއްވުންއެދި މާލޭ މުނިސިޕަލްޓީގެ ފަރާތުން ހޯމް މިނިސްޓްރީ
މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދަންނަވާފައިވާކަމާއި، ނަމަވެސް އެމަޤާމުތަކަކީ ދާއިމީ
މަޤާމުތަކެއް ކަމުގައި ހަމަޖައްސައި ދެވެން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވާކަން
އެނގޭކަމާއި،
މިފަދައިން ޢަމަލު ކުރެވެމުން އައިސް ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސާރވިސް
ގެ ޤާނޫނު) ގެ ދަށުން ދިވެހި ސިވިލް ސާރވިސް އުފެދި އޭގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ
ޕަބްލިކް ސަރވިސް ޑިވިޜަނުން ކުރަމުން ގެންދިޔަ މަސައްކަތުގެ ތެރެއިން ޙަވާލާ ދެވުނު ޤާނޫނުގެ ދަށުން
ސިވިލް ސާރވިސް ކޮމިޝަނަށް ބަދަލުކުރަންޖެހޭ އެންމެހައި މަސައްކަތްތައް ބަދަލުކުރެވިފައިވާކަމާއި، މިގޮތުން
އައު އޮނިގަނޑަށް ހިޖުރަ ކުރުމަށްފަހުގައިވެސް، މާލޭ މުނިސިޕަލްޓީގައި ލައިފް ގާރޑުންގެ މަޤާމުގައި
ކުރިންސުރެ ތިބިމީހުން ދެމިތިބިކަމާއި، އެމަޤާމުގައި ތިބިމީހުން ދާއިމީކުރުމަށް މާލޭ މުނިސިޕަލްޓީގެ ފަރާތުން
މަސައްކަތް ކޮށްފައިވާކަމާއި، ނަމަވެސް އެމަޤާމުތަކަކީ ޕެންޝަނަށް ގުނޭ ދާއިމީ މަޤާމުތަކެއްގެ ގޮތުގައި
ހަމަޖައްސަވައި ދެވެން ނެތްކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 10
/
2008
/
205/M.88އްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/377
(06 އޯގަސްޓް 2008) ގެ ސިޓީއިން އަންގަވާފައިވާކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުގެ
ނަންބަރު 99
/
2008
/
296/C-10 (12 އޯގަސްޓް 2008) ގެ ސިޓީއިން މާލޭ މާލޭ މުނިސިޕަލްޓީ އަށް
އަންގާފައިވާކަން އެނގެން އޮންނަކަމާއިގެ
އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ނަންބަރު 99
/
2008
/
252/C-10
(30 ޖުލައި 2008) ގެ ސިޓީއަށް ބަލާއިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސިވިލް
ސަރވިސްގެ ހުރިހާ މަޤާމުތަކެއްގެ އޮނިގަޑު އަލުން އެކުލަވާލައި އެއޮނިގަނޑުތަކާއެކު މުސާރައާ ޢިނާޔަތްތައް
ކަނޑައެޅުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ކުރިއަށް ގެންދާ ކަމުގައި އެކޮމިޝަނުގެ
ނަންބަރު 10
/
2008
/
123/P-188 (16 ޖުލައި 2008) ސިޓީން މިނިސްޓްރީ އޮފް
ހޯމް އެފެއާޒަށް
އަންގާފައިވާކަމަށާއި، އަދި އެމިނިސްޓްރީއާއި އެމިނިސްޓްރީގެ ދަށުގައިވާ ތަންތަނުގެ މަޤާމުތަކުގެ އޮނިގަނޑު
އަލުން އެކުލަވާލާއިރު، (ކުރިންސުރެ ދާއިމީ މަޤާމުތަކެއް ނޫންގޮތަށް އުފައްދާފައިވާ) ލައިފް ގާރޑުންގެ
މަޤާމާމެދު ވަކިގޮތެއް ނިންމަވާނެކަމުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އެމިނިސްޓްރީއަށް
އަންގާފައިވާކަމަށް، އެމިނިސްޓްރީގެ ފަރާތުން މާލޭ މުނިސިޕަލްޓީ އަށް އަންގާފައިވާކަން ޙަވާލާދެވުނު ހޯމް
މިނިސްޓްރީގެ ސިޓީގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއިގެ
އަދި އޭގެފަހުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ސިވިލް ސަރވިސް ކޮމިޝަނަށް
ފޮނުވާފައިވާ އެމިނިސްޓްރީގެ ނަންބަރު 188
/
2009
/
339/C-10 (24 އޯގަސްޓް 2009) ގެ ސިޓީގައި،
މާލޭ މުނިސިޕަލްޓީގެ ރަޖިސްޓްރީގައި އޮންނަ ލައިފް ގާރޑުންގެ 24 މަޤާމް، 01 ސެޕްޓެމްބަރ 2009 އިން
ފެށިގެން އުނިކުރުމަށް މާލޭ މުނިސިޕަލްޓީއިން އެދޭކަމުގައި ދެންނެވުމާއި ގުޅިގެން ، މިނިސްޓްރީ އޮފް ހޯމް
އެފެއާޒުގެ ޙަވާލާ ދެވުނު ސިޓީއާ ޙަވާލާ ދެއްވާ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ފޮނުވާފައިވާ
އެކޮމިޝަނުގެ ނަންބަރު: 10
/
2009
/
699/M-188 (04 އޮކްޓޯބަރ 2009) ސިޓީގައި، "މާލޭ
މުނިސިޕަލްޓީގެ ލައިފް ގާޑުންގެ މަޤާމުގައި މިހާރުތިބި މުވައްޒަފުން ވަކިކުރެއްވުން އެންމެ ރަގަޅުކަމުގައި
ފެންނާތީ މިވާހަކަ ދެންނެވީމެވެ." މިފަދައިން ބުނެފައިވާކަން އެނގެން އޮންނަކަމާއި؛
ދިވެހިރާއްޖޭގެ
، ހައިކޯގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/377
މިއެންމެހައި ކަންކަމަށް ބަލާއިރު، މާލޭ މުނިސިޕަލްޓީގެ ރަޖިސްޓްރީގައި އޮތް ލައިފް ގާޑުންގެ
މަޤާމުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުގެ ފަރާތުން އުފައްދާފައިވަނީވެސް
ވަގުތީ މަޤާމުތަކެއްގެ ގޮތުގައިކަމާއި، އޭގެ ފަހުން ދިވެހި ސިވިލް ސަރވިސް އުފެދި ދިވެހި ސިވިލް
ސާރވިސްގެ ޤާނޫނުގެ ދަށުންވެސް އެމަޤާމުތައް ދާއިމީ މަޤާމުތަކެއްގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ
ފަރާތުންވެސް އެއްވެސް އިރެއްގައި ހަމަޖައްސާފައި ނުވާކަމާއި، ލައިފް ގާރޑުންގެ މަޤާމުތައް އުވާލުމުގެ ހުއްދަ
އެކޮމިޝަނުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ދީފައިވަނީ އެމަޤާމުތައް އުވާލުމަށް އެދި މިނިސްޓްރީ
އޮފް ހޯމްއެފެއާޒުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނުގައި އެދުމުންކަމާއި، މިކަންކަން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ފާހަގަކުރެވެއެވެ.
ނ) އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2016/VTR/41
މައްސަލައާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އެޓްރައިބިޔުނަލްގައި ދައްކާފައިވާ ވާހަކައަށް
ބަލާއިރު، މާލޭ މުނިސިޕަލްޓީގެ ލައިފް ގާޑުންގެ ވަޒީފާގައި ތިބި މީހުންނަކީ ދިވެހި ސިވިލް ސާރވިސް ވުޖޫދަށް
އައުމުގެކުރިން އެމަޤާމުތަކުގައި ތިބި ބަޔަކަށްވާތީ، އެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް އެކޮމިޝަނަށް
އެނގިފައިނުވާކަމަށާއި، އަދި އެމީހުންނަކީ ސިވިލް ސަރވިސްގެ މަޤާމެއްގައި ތިބި ބަޔަކުކަމުގައި އެކޮމިޝަނުގެ
ފަރާތުން ޤަބޫލު ނުކުރާކަމަށް ބުނެފައިވާއިރު، އެކޮމިޝަނުގެ ފަރާތުން ޓްރައިބިޔުނަލްގައި ބުނެފައި އެވަނީ
ޙަޤީޤަތާ ޚިލާފު ވާހަކައެއްކަން ސިވިލް ސާރވިސް ކޮމިޝަނުގެ ނަންބަރު 10
/
2008
/
123/P-188 (10ޖުލައި
2008) ސިޓީއިންނާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ނަންބަރު 99
/
2008
/
252/C-10 (30 ޖުލައި
2008) އިން ރަގަޅަށް އެނގެން އޮންނަކަމާއި،
އަދި މީގެއިތުރުން ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސް ގެ ޤާނޫނު) ގެ
0 ވަނަ މާއްދާގައި، ދިވެހި ސިވިލް ސަރވިސްގައި ހިމެނިފައިނުވަނީ؟
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން
ރައީސުލްޖުމްހޫރިއްޔާ
ވަކިކުރާ ފަރާތްތަކާއި، ވަޒީރުންގެ ނާއިބުންނާދިއްޖޭގެ ހަg
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/117
ގއ*
th 444 44 0
އެދެގެންއވ.
(ނ) ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކްޓިވް ސެކްރެޓްރީއާއި، (ރ) ދިވެހި ސިފައިންނާއި، (ބ) ދައުލަތުގެ
ވިޔަފާރި ތަންތަނުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނާއި، (ވ) އެހެން ޤާނޫނަކުން ސިވިލް ސަރވިސްގައި
ނުހިމެނޭ ފަރާތްތައް ކަމުގައި ކަނޑައަޅާ ފަރާތްތައްކަމުގައި ބަޔާން ކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އެޤާނޫނުގެ 73 ވަނަ މާއްދާގެ (ނ) ގައި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު،
ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރު މުވައްޒަފުންގެ ގޮތުގައިތިބި، ނަމަވެސް މި ޤާނޫނުގެދަށުން
ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަންނުވާ ހުރިހާ ފަރާތްތަކާއި އޮންނަ ޚިދުމަތުގެ ގުޅުމަށް ނިމުން
މިގޮތުން ކޮމިޝަނުން ލިޔުމުން ފޮނުވާ ނޯޓިހަކުން މިކަން ރައްދުވާ ފަރާތްތަކަށް
މިފަދައިން ބަޔާން ކުރުމަށްފަހު، އެމާއްދާގެ (ރ) ގައި، "މި ޤާނޫނަށް ޢަމަކުރަން ފަށާތާ 6
މަސްދުވަހުގެ ތެރޭގައި، މިޤާނޫނުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންކަމަށް ކަނޑައަޅާ
މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ހަމަޖައްސަން ވާނެއެވެ." މިފަދައިން ބަޔާން
ކޮށްފައިވާކަން އެނގެން އޮތްއިރު، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސް ގެ ޤާނޫނު) އަށް
ޢަމަލުކުރަން ފެށިފައިވަނީ 01 މެއި 2008 ގައި ކަމާމެދު ޚިލާފެއްނެތްކަމާއި، އަދި އިސްވެ ޙަވާލާދެވިފައިވާ
73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގެމަތީން، އެޤާނޫނުގެ ދަށުން ސިވިލް ސަރިވިސްގެ މުވައްޒަފުން
ކަމުގައިނުވާ ހުރިހާ ފަރާތްތަކާއި އޮތް ޚިދުމަތުގެ ގުޅުމަށް ނިމުން ގެނެވިފައިވާކަން އަންގާ އެފަރާތްތަކަށް
ފޮނުވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ލާޒިމްކޮށްފައިވާ ލިޔުމުން ފޮނުވަންޖެހޭ ނޯޓިސް، އޭރު
މާލޭ މުނިސިޕަލްޓީގެ ލައިފް ގާޑު ކަމުގެ ވަޒީފާގައިތިބި އެއްވެސް މީހަކަށް ފޮނުވާފައި ނުވާކަމަށް ސިވިލް
ސަރވިސް ކޮމިޝަނުގެ ފަރާތުން ވެފައިވާ އިޢުތިރާފުންނާއި، މިނުކުތާގައި އިސްވެ ޙަވާލާދެވިފައިވާ މިނިސްޓްރީ
އޮފް ހޯމް އެފެއާރޒްގެ ސިޓީއާއި ސިވިލް ސަރވިސް ކޮމިޝަނުގެ ސިޓީއަށް ބަލާއިރު، ލައިފް ގާޑު ކަމުގެ
ވަޒީފާއަކީ ސިވިލް ސަރވިސްގައި ހިމެނޭ ވަޒީފާއެއްކަމަށް އެކޮމިޝަނުން ޢަމަލީ ގޮތުން ޤަބޫލުކޮށްފައިވާކަން
ސާފުކޮށް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެނިން
ރި325
tt، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2010/HC-A/j17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ރ) މިމައްސަލާގައި ވާހަކަ މިދެކެވޭ ޢަލީ އިބްރާހީމް ވަޒީފާއިން ވަކިކުރިއިރު ޢަމަލުކުރަމުން
އައިސްފައިވާ ދިވެހި ސިވިލް ސަރވިސްގެ ގަވައިދަށް ބަލާއިރު، އެގަވައިދުގެ 5 ވަނަ ބައިގައި، "ވަގުތީ
މަގާމާއި ވަގުތީ މުވައްޒަފުން" މިސުރުޚީގެ ދަށުގައިވާ 9 ވަނަ ނަންބަރުގައި، "ވަގުތީ މަގާމު އުފެއްދި މުއްދަތު
ހަމަވެގެން ނުވަތަ މަގާމު އުފެއްދި ބޭނުން ކެނޑިގެން ވަގުތީ މަގާމު އުވާލާއިރު، އެމަގާމެއްގައިހުރި ވަގުތީ
މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނެއެވެ. ވަގުތީ މުވައްޒަފު ވަޒީފާއިން ވަކިކުރާނީ ތިރީގައިވާގޮތުގެ މަތިން
ނޯޓިސް ދިނުމަށްފަހުގައެވެ.
(ހ) ސިވިލް ސަރވިސްގައި 3 އަހަރު ހަމަނުވާ މުވައްޒަފެއް ކަމުގައިވާނަމަ، 1
މަސްދުވަސް.
(ނ) ސިވިލް ސަރިވިސްގައި 3 އަހަރުވެފައިވާ، 6 އަހަރު ހަމަނުވާ މުވައްޒަފެއް
ކަމުގައިވާނަމަ، 2 މަސްދުވަސް.
6
(ނ) ސިވިލް ސަރވިސްގައި 6 އަހަރުވެފައިވާ މުވައްޒަފެއް ކަމުގައިވާނަމަ، 3 މަސްދުވަސް."
މިފަދައިން ބަޔާން ކޮށްފައިވާކަމާއި،
ނަމަވެސް ޢަލީ އިބްރާހީމް ވަޒީފާއިން ވަކިކުރިއިރު އޭނާއަށް އެއްވެސް ގޮތަކަށް ނޯޓިސް
ދީފައި ނުވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުންވެސް އެއްބަސްވެފައިވާކަން އެނގެން އޮތްއިރު،
ޙަވާލާ ދެވުނު ސިވިލް ސަރިވިސް ގަވައިދުގެ 4 ވަނަ ބައިގައި، ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން
ވަކިކުރުން" މިސުރުޚީގެ ދަށުން އެގަވައިދުގެ 49 ވަނަ މާއްދާގައި، "މަގާމުގެ ބޭނުންކެނޑިގެން
އެމަގާމެއްގައިހުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫވުން
ނޯޓިސް ދިނުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ." މިފަދައިން ބަޔާން ކުރުމަށްފަހު
50 ވަނަ މާއްދާގައި، "47 ވަނަ މާއްދާގައިވާ ގޮތުގެމަތިން ނޯޓިސް ދިނުމުން އަދާކުރެވިދާނެ އެހެން
ވަޒީފާއެއް ހޯދުމަކީ އެމުވައްޒަފެއްގެ ކަމެކެވެ. އެމުއްދަތުގެ ތެރޭގައި އެހެން ވަޒީފާއެއް ނުހޯދައިފިނަމަ، މުއްދަތު
ހަމަވުމުން ވަޒީފާއިން ވަކިވާނެއެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
2010/HC-A/j77
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނޯޓް: ދިވެހި ސިވިލް ސަރވިސްގެ ގަވައިދު- މާރޗް 2008 ގެ 49، އަދި 50 ވަނަ
މާއްދާގައި އެގަވައިދުގެ 47 ވަނަ މާއްދާއަށް ޙަވާލާ ދީފައިވިޔަސް، ނޯޓިސް ދޭންވީ އުސޫލު ބަޔާން
ކޮށްފައިވަނީ 48 ވަނަ މާއްދާގައި ކަމަށްވާތީ، 49 އަދި 50 މި ދެ މާއްދާގައި 47 ވަނަ މާއްދާއަށް ޙަވާލާ
ދެވިފައިވަނީ ލިޔުމުގެ ކުށަކުންކަމަށް ފެނެއެވެ.)
•} އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/41
މައްސަލައާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިޔުނަލްގައި ޖަވާބު ދެމުން
ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޢަލީ އިބްރާހީމް 01 ފެބްރުއަރީ 2009 އިން ފެށިގެން އުޅެފައިވާ މާލޭ
މުނިސިޕަލްޓީގެ ލައިފް ގާޑެއްގެ ވަޒީފާއަކީ، ކަނޑައެޅިފައިވާ ވަކި މުސާރައެއްނެތި އެލަވަންސެއް ދޭގޮތަށް
ހަމަޖެހިގެން ވަގުތީ ވަޒީފާއެއްގެ ގޮތުގައި ކޮންޓްރެކްޓް އުޞޫލުން ގެންގުޅެފައިވާ މީހެއްކަމަށާއި، އެމަޤާމަކީ
ސިވިލް ސަރވިސްގެ މަޤާމެއް ނޫންކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާއިރު، މާލޭ
މުނިސިޕަލްޓީގެ ލައިފް ގާޑު ކަމުގެ ވަޒީފާއަށް ޢަލީ އިބްރާހީމް ވަދެފައިވަނީ ވަގުތީ ވަޒީފާއެއްގެ ގޮތުގައިކަމާއި،
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުން އެވަޒީފާތަކުގައި ތިބި މީހުން ދާއިމީ ކޮށްދީފައި
ނުވާކަމާއި، އޭގެ ފަހުން ދިވެހި ސިވިލް ސަރވިސް އުފެދި، ސިވިލް ސަރވިސް ކޮމިޝަނުން ވެސް
އެވަޒީފާތަކުގައި ތިބި މީހުން ދާއިމީ ކޮށްދީފައިވާކަން އެނގެން ނެތްކަމުގައިވިޔަސް، އެވަޒީފާ އުފެދި ޢަލީ
އިބްރާހީމް އެވަޒީފާއަށް ވެއްދުމުގައިވެސް އަދި އޭގެ ފަހުންވެސް އެއްވެސް އިރެއްގައި ޢަލީ އިބްރާހީމާއެކު
ކަމާބެހޭ އެއްވެސް އިދާރާއަކުން ވަޒީފާއާގުޅޭގޮތުން ކޮންޓްރެކްޓެއް ހަދާފައިވާކަން އެނގެން ނެތްކަމަށްޓަކައި،
އަދި ޢަލީ އިބްރާހީމް ވަޒީފާގައި ގެންގުޅެފައިވަނީ ވަކި މުއްދަތެއް ކަނޑައެޅިގެންކަން އެނގެން
ނެތްކަމަށްޓަކައި، ޢަލީ އިބްރާހީމް ގެންގުޅެފައިވަނީ ކޮންޓްރެކްޓް
ސިވިލް ސަރވިސް
ކޮމިޝަނުގެ ފަރާތުން ބުނެފައިވާ ބުނުމަކީ އެއް
ޗަށް ބިނާކޮށްގެން ބުނެފައިވާ ބުނުމެއް
ހުންކަމާއި،
2
229
8 ހދه
އަޞްލެއްގެ މައްޗަށް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
2010/HC-A/j17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢަލީ އިބްރާހީމަށް ވަޒީފާ ދީފައިވަނީ ވަގުތީ ވަޒީފާއެއްގެ ގޮތުގައިކަން އެނގެން އޮވެފައި،
ޕަބްލިކް ސަރވިސް ޑިވިޜަނުންވެސް އަދި ސިވިލް ސަރވިސް ކޮމިޝަނުންވެސް އެވަޒީފާ ދާއިމީ ކޮށްދީފައި
ނުވާކަން އެނގެން އޮންނާތީއާއި، ސިވިލް ސަރވިސް ވުޖޫދަށް އައިސް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު
އަށް ޢަމަލުކުރަން ފެށުމާއެކު، އެޤާނޫނުގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގެ މަތީން ސިވިލް
ސަރވިސް ކޮމިޝަނުން ޢަލީ އިބްރާހީމް އާ މެދު ޢަމަލުކޮށްފައި ނުވާތީއާއި، އެމާއްދާގެ (ރ) ގައި ބުނެފައިވާ
6 މަސްދުވަހުގެ ފަހުންވެސް ޢަލީ އިބްރާހީމް ވަޒީފާގައި ޢަމަލީ ގޮތުން ގެންގުޅެފައިވާކަން އެނގެން އޮންނާތީ،
ޢަލީ އިބްރާހީމް ވަޒީފާގައި ގެންގުޅެފައިވަނީ ސިވިލް ސަރވިސްގެ ވަގުތީ ވަޒީފާއެއްގައިކަން ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުން ޝަރީޢަތަށް ސާބިތުވުމާއެކު، މަޤާމުގެ ބޭނުން ކެނޑިގެންކަމަށްބުނެ ޢަލީ އިބްރާހީމް
ވަޒީފާއިން ވަކިކޮށްފައިވަނީ، އެފަދަ ޙާލަތުގައި އެމަޤާމެއްގައި ހުރި މުވައްޒަފަކަށް ދިނުމަށް ދިވެހި ސިވިލް
ސާރވިސްގެ ޤަވާއިދު ގައި ލާޒިމް ކޮށްފައިވާ ނޯޓިސް ނުދާކަން އެނގެން އޮންނާތީ، އެކަމަކީ ދިވެހި ސިވިލް
ސާރވިސްގެ ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ.
ވީމާ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތީން
ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:2010/VTR/41 މައްސަލަ ބަލާ ނިންމާފައިވާ ނިންމުމުގައި
ޢަލީ އިބްރާހީމަކީ ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ކަމުގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލު
ގެންނަންޖެހޭނެ ކަމަށް މިމައްސަލަބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤު ވެވިފައިވެއެވެ.
ހު4ޑމި
.ތި7
އެންމެހައި ސަބަބުތައް
I/VTR
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު
އެގޮތުގެ މަތީން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިޔުނަލްގެ ނަންބަރު:0
މައްސަލަ ބައްލަވާ
ނިންމާފައިވާ ނިންމުމުގައި، މ.މ.ދ ދަފްތަރު ނަންބަރު 1715/ ޢަލީ އިބްރާހީމް (އައި.ޑީ.ކާޑް ނަންބަރު:
A072057) އަކީ ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފެއްކަމުގައާއި، އޭނާ އަދާކުރަމުންދިޔަ މަޤާމު އުވުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޖެހިއެވެ
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
HC
-
A
/
j77/
ޤަ201
ސަބަބުން އޭނާ ވަޒީފާއިން ވަކިކުރާނަމަ ޢަމަލު ކުރަންޖެހޭނީ ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ޢަމަލު ކުރަންޖެހޭ އުޞޫލުންކަމުގައި ނިންމާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެގޮތްކަމަށް ނުވާތީ، އެނިންމުން ބާޠިލްކޮށް، ޢަލީ އިބްރާހީމް އަދާކުރަމުންދިޔަ މާލޭ
މުނިސިޕަލްޓީގެ ލައިފް ގާޑު ކަމުގެ ވަޒީފާއަކީ ސިވިލް ސަރިވިސްގެ ވަގުތީ ވަޒީފާއެއްކަމުގައި ކަނޑައަޅައި،
ޢަލީ އިބްރާހީމް ވަޒީފާއިން ވަކިކުރުމުގެ ކުރިން ސިވިލް ސަރވިސް ގަވައިދު (މާރޗް 2008) ގެ 4 ވަނަ
ބައިގެ، 49 ވަނަ މާއްދާއާއި 50 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތިން ނޯޓިސް ދޭންޖެހޭނެކަމަށް
ކަނޑައަޅައި، ޢަލީ އިބްރާހީމް ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސް ދީފައިނުވާކަން ސިވިލް
ސަރވިސް ކޮމިޝަނުގެ ބަހުން ޝަރީޢަތަށް ސާބިތުވާތީ، ޢަލީ އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް
ސަރވިސްގެ ވަގުތީ ވަޒީފާއެއް އަދާކުރަމުންދާ މުވައްޒަފެއްގެ މަޤާމު އުވިގެން ވަޒީފާއިން ވަކިކުރުމުގައި
ޢަމަލުކުރަންޖެހޭ އުޞޫލުތަކާ ޚިލާފަށްކަމަށްވާތީ، ޢަލީ އިބްރާހީމަށް ޕަބްލިކް ސަރވިސް ޑިވިޜަނުން އިން ވަޒީފާ
ދީފައިވާ ތާރީޚުން ފެށިގެން އޭނާ އެވަޒީފާއިން ވަކިކުރެވުނު މުއްދަތަށް ރިޢާޔަތްކޮށް ދިވެހި ސިވިލް
ސާރވިސްގެ ޤަވާޢިދު (މާރޗް 2008) ގެ ދަށުން އޭނާ އަށް ޙައްޤުވާ މުއްދަތަށް ނޯޓިސް ނުދީ ވަޒީފާއިން
ވަކިކޮށްފައިވާތީ، ނޯޓިސްގެ މުއްދަތަށްވާ ފައިސާ މ.މ.ދ ދަފްތަރު ނަންބަރު 1715/ ޢަލީ އިބްރާހީމް
(އައި.ޑީ.ކާޑް ނަންބަރު: A072057} އަށް މިއަދު (20 މެއި 2012) ން ފެށިގެން 15 (ފަނަރަ) ދުވަހުގެ
ތެރޭގައި ޢަލީ އިބްރާހީމަށް ޚަލާޞްކުރުމަށްފަހު، އެކަން ވަޒީފާއާބެހޭ ޓްރައިބިޔުނަލަށް ލަސްނުކޮށް
ރަސްމީކޮށް އެންގުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގާ، އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ޖުޑީ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv