ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/120 ޤަޟިއްޔާގެ ޙުކުމް
ވާ، +
2015/HC-A/120
1
ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
بمان از سراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 120/HC
-
A/2015
އިސްތިއުނާފު ކުރިފަރާތް:
ޙުސައިން އިރުޝާދު
އެޑްރެސް: ތަޢުޒަންފްލާވަރށ ލ. ގަން
*އައި.ޑީ ކާރޑް ނަންބަރު: A317469
މިހާރުގެ އެޑްރެސް: ތަޢުޒަންފްލާވަރށ ލ. ގަން
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: ޕީ.ޖީ. އޮފީސް، މަޖީދީމަގު / މާލެ
މިހާރުގެ އެޑްރެސް:
ޕީ.ޓީ. އޮފީސް، މަޖީދީމަގު 1
މަގު / މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 25 މާޗް 2015
، ނިމުނު ތާރީޚް: 28 މެއި 2015
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރު: 2013/14
/
06C
-
MS
* ކޯޓު: ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު / މުކުރިމަގު ސެކްޝަން
ޤަޟިއްޔާގެ ބާވަތް: ވައްކަންކުރުން
* ނިންމެވި ތާރީޚް: 02 އޮކްޓޯބަރ 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް: 8316471( *
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A/120
ދަޢުވާގެ ޚުލާޞާ
މިއީ، ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު މުކުރިމަގު ސެކްޝަންގެ ނަންބަރު
2013/14
/
06C
-
MS ޤަޟިއްޔާ، އެކޯޓުން ބައްލަވައި، ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ލ.ގަމު މުކުރިމަގު، ތަޢުޒަންޑް ފްލާވަރ
ޙުސައިން އިރުޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
1. ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު މުކުރިމަގު ސެކްޝަންގެ ނަންބަރު
2013/14
/
06C
-
MS ޤަޟިއްޔާ، އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ލ. ގަމު މުކުރިމަގު، ތައުޒަންޑް ފްލާވަރ
ޙުސައިން އިރުޝާދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
.2
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު| މުކުރިމަގު ސެކްޝަންގެ ނަންބަރު
2013/14
/
06C
-
MS ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ،
ލ. ގަމު މުކުރިމަގު، ތަޢުޒަންޑްފްލާވަރ/ ޙުސައިން އިރުޝާދު އާއި ލ. ގަމު މުކުރިމަގު، ހަވާނާ
ޢަބްދުލްބާރީ ޢަބްދުﷲ 29 ޖޫން 2012 ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ލ. ގަމު މުކުރިމަގު
ފިރުޝަން ޢަލީ ރަޝީދުގެ ދަނޑުގައި ހައްދާފައިވާ މިރުސްތަކުގެ ތެރެއިން ދެގޯނި މިސް މިދެމީހުންގެ
އަތުން ފެނިފައިވާކަމަށްބުނެ، މި ދެމީހުންނަށް އެދެގޯނި މިރުސް ލިބުނުގޮތެއް، މިދެމީހުންނަށް
ސާބިތުކޮށްދެވިފައި ނުވާކަމަށްބުނެ އެދެގޯނި މިރުސް ނެގީ މިދެމީހުންކަމަށް ބެލެވޭތީ ޤާނޫނުލް އުޤޫބާތުގެ
COX >
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A/120
3
އްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
131 ވަނަ މާއްދާގެ (ހ) އާއި، 136 ވަނަ މާއްދާގެ ދަށުން، ޙުސައިން އިރުޝާދުއާއި ޢަބްދުލްބާރީ
ޢަބްދުﷲގެ މައްޗަށް ޖަމާޢަތް ހަދައިގެން ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާއި، މިވައްކަމުގެ ސަބަބުން ލިބުނު
ގެއްލުމުގެ ބަދަލު ޙުސައިން އިރުޝާދު އާއި ޢަބްދުލްބާރީ ޢަބްދުﷲގެ އަތުން ހޯދުމަށް ލ.ގަމު މުކުރިމަގު
ފިރުޝަން ޢަލީ ރަޝީދު އެދޭ މައްސަލަ ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ލ. ގަން މުކުރިމަގު، ތައުޒަންޑް ފްލާވަރ
ޙުސައިން އިރުޝާދު (އައި.ޑީ.ކާރޑް ނަންބަރު A317469) އާއި ލ. ގަން މުކުރިމަގު، ހަވާނާ
ޢަބްދުލްބާރީ (އައި.ޑީ.ކާރޑް ނަންބަރު A135889) އާ ދެމީހުން 29 ޖޫން 2012 ދުވަހު މެންދުރުފަހު
ވަގުތެއްގައި ލ. ގަން މުކުރިމަގު ފިރުޝަންގެ ޢަލީ ރަޝީދުގެ ދަނޑުގައި ހައްދާފައިވާ މިރުސްތަކުގެ
ތެރެއިން ދެގޯނި މިރުސް މި ދެމީހުންގެ އަތުން ފެނިފައިވާތީއާއި، މިދެމީހުންނަށް އެދެގޯނި މިރުސް
ލިބިނުގޮތެއް މިދެމީހުންނަށް ސާބިތު ކޮށްދެވިފައިނުވާތީ، އެދެގޯނި މިރުސް ވަގަށްނެގީ މިދެމީހުންކަމަށް
ބެލެވޭކަމަށްބުނެ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 136 ވަނަ މާއްދާގެ ދަށުން
ޢަބްދުލްބާރީ އާއި ޙުސައިން އިރުޝާދުގެ މައްޗަށް ކޮށްފައިވާ ޖަމާޢަތްހަދައިގެން ވައްކަންކުރުމުގެ ކުށުގެ
ދަޢުވާގައި، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ވިސްނާ ނަޒަރުކުރާއިރު، މިމިރުސްތައް ވަގަށް
ބިންނި ކަމާމެދު މިދެމީހުން އިންކާރުކޮށްފައިވީނަމަވެސް، ހެކިންގެ ހެކިބަހަށް ބަލާއިރު، މިރުސް ގޯއްޓެއް
ހިފައިގެން ސައިކަލެއްގައި ދިޔަތަން ފެނުނު ކަމާއި، އަދި މިމީހުންގެ ފަހަތުންގޮސް އެމީހުން ގެންގުޅުނު
މިރުސްގޯނި ހޯދާ ބެލިއިރު، އެމިރުސްތަކަކީ ލ. ގަން މުކުރިމަގު ފިރުޝަން ޢަލީ ރަޝީދުގެ މިރުސް
ދަނޑުން ކަނޑާފައިވާ މިރުސްތަކެއްކަން ފިރުޝާން ޢަލީގެ ބަހުންނާއި އިތުރު ހެއްކެއްގެ ބަހުން
ޝަރީޢަތަށް ސާބިތުވާތީ، ދަޢުލަތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 136 ވަނަ
މާއްދާގެ ދަށުން ލ. ގަން މުކުރިމަގު ތައުޒަންފްލާވަރ ޙުސައިން އިރުޝާދު އާއި ލ. ގަން މުކުރިމަގު
ހަވާނާ ޢަބްދުލްބާރީ ޢަބްދުﷲގެ މައްޗަށް ކޮށްފައިވާ ޖަމާޢަތް ހަދައިގެން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 316471*
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A/120
4
ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ
މާއްދާގެ (ހ) އާއި 136 ވަނަ މާއްދާގެ ދަށުން މިއީ މިބާވަތުގެ ކުށެއް މި ދެމީހުންގެ މައްޗަށްވެސް
ސާބިތުވި ދެވަނަ ފަހަރުކަމަށްވުމާއެކު، އިސްވެ ހަވާލާދެވުނު ޤާނޫނުގެ ދަށުން މިއިން ކޮންމެ މީހަކު 2
(ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރައްވައިކަން އެނގެން އޮންނަކަމެވެ.
"14/06C-MS/2013
3. ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު(މުކުރިމަގު ސެކް ޝަންގެ ނަންބަރު
ޤަޟިއްޔާ ނިންމަވާފައިވަނީ،
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރަމުން ލ. ގަމު މުކުރިމަގު، ތައުޒަންޑް ފްލާވަރ ޙުސައިން
އިރުޝާދުގެ ފަރާތުން މައިގަނޑު 02 (ދޭއް) ނުކުތާއެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެނުކުތާތަކާ
ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
:40
(ހ) ފުރަތަމަ ނުކުތާއަކީ ޙުސައިން އިރުޝާދު އާއި ޢަބްދުލްބާރީ ޢަބްދުﷲގެ
އަތުން ފެނުނީ މިރުސް ގޯންޏެއް ކަމަށް އެއްވެސް ފަރާތެއްގެ ބަޔާނުގައި އެނގެން ނެތްކަމާއި، އިސްތިއުނާފު
މިކުރާ މައްސަލައިގައި ވާހަކަ މިދެކެވޭ 02 މިރުސް ގޯންޏަކީ އެދެމީހުން ގެންގުޅުނު މިރުސް ގޯންޏެއްކަން
އެނގެން ނެތްއިރު، ވައްކަން ކުރިކަމުގެ ކުށް ސާބިތުވާކަމުގައި ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާ
ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ޖަމާޢަތް ހަދައިގެން
ވައްކަން ކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، ޙުކުމް ކުރައްވާފައިވާއިރު،
ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ އުންސުރުތައް ފުރިހަމަ ނުވާކަމަށްބުނެ
ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2015/HC-A/120
5
ހިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
04- ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު(މުކުރިމަގު ސެކްޝަންގެ ނަންބަރު
2013/14
/
06C
-
MS ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް، ލ. ގަމު މުކުރިމަގު، ތައުޒަންޑްފްލާވަރ|
ޙުސައިން އިރުޝާދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާގުޅޭ ގޮތުން ޙުސައިން އިރުޝާދު
ފަރަތުންނާއި މިއިސްތިއުނާފް ދަޢުވާރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހައްދުންމަތީ ގަމު މެޖިސްޓްރޭޓް
ކޯޓު މުކުރިމަގު ސެކްޝަންގެ ނަންބަރު 2013/14
/
06C
-
MS ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ފާހަގަ ކުރެވިފައިވެއެވެ.
مارمرمرمره
(ހ) ފުރަތަމަ ކަމަކީ: ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު މުކުރިމަގު ސެކްޝަންގެ
ނަންބަރު 2013/14
/
06C
-
MS ޤަޟިއްޔާގައި ލ. ގަމު މުކުރިމަގު، ތައުޒަންޑްފްލާވަރ | ޙުސައިން
އިރުޝާދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 136 ވަނަ މާއްދާގެ ދަށުން
ޖަމާޢަތް ހަދައިގެން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާކޮށްފައިވަނީ، ޙުސައިން އިރުޝާދު އާއި ލ. ގަމު
މުކުރިމަގު ހަވާނާ ޢަބްދުލްބާރީ ޢަބްދުﷲ އާ ދެމީހުން 29 ޖޫން 2012 ދުވަހު މެންދުރުފަހުގެ
ވަގުތެއްގައި ލ. ގަމު މުކުރިމަގު ފިރުޝަން ޢަލީ ރަޝީދުގެ ދަނޑުގައި ހައްދާފައިވާ މިރުސްތަކުގެ
ތެރެއިން ދެގޯނި މިރުސް މިދެމީހުންގެ އަތުން ފެނިފައިވާކަމަށްބުނެ، މިދެމީހުންނަށް އެދެގޯނި މިރުސް
ލިބުނުގޮތެއް، މިދެމީހުންނަށް ސާބިތު ކޮށްދެވިފައިނުވާކަމަށްބުނެ، އެދެގޯނި މިރުސް ނެގީ މިދެމީހުންކަމަށް
ބެލެވޭތީކަން އެނގޭއިރު، އެދަޢުވާ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުން އެދަޢުވާއަށް ޙުސައިން އިރުޝާދު
އިންކާރުކޮށް ކޮށްފައިވާކަމާއި، އަދި މިމައްސަލައިގައި ވަގަށްނެގި ކަމަށްބުނާ މިރުހަކީ ލ.ގަން މަތިމަރަދޫ
ދެކުއްޖެއްގެ އަތުން ފެނިގެން ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރާ ދެ މިރުސް ގޯނިކަމަށާއި، އެމީހުންގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
2015/HC-A/120
ގޯނިތަކަކީ ޙުސައިން އިރުޝާދު ގެންގުޅުނު އެއްޗެއް ނޫންކަން ސާބިތުކުރުމަށް ހުށަހަޅާނެ ހެއްކެއް
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު (މުކުރިމަގު ސެކްޝަންގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
ޑ 8 ހދ8
ނeށ2ށ
(ށ) ދެވަނަ ކަމަކީ: ދައުލަތުގެ ފަރާތުން ލ.ގަމު މުކުރިމަގު، ތައުޒަންޑް ފްލާވަރ(
ޙުސައިން އިރުޝާދުގެ މައްޗަށް ހުށަހެޅި ޖަމާޢަތް ހަދައިގެން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް
ޝަރީޢަތުގެ މަޖިލީހުގައި ޙުސައިން އިރުޝާދު، އިންކާރުކުރުމާ ގުޅިގެން އެދަޢުވާ ސާބިތުކުރުމަށްޓަކައި
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީން ލ. ގަން މެޖިސްޓްރޭޓް ކޯޓް/ މުކުރިމަގު ސެކްޝަން އަށް ދީފައިވާ
ހެކިބަހުގެ މައްޗަށް ބަލާއިރު، ލ. ގަން މަތިމަރަދޫ، ނޫވިލު ޢަބްދުއްލަޠީފް އާދަމްގެ ދެކުދިން، ދެމީހަކު
ގޯންޏެއް ހިފައިގެންދާކަމަށް ބުނުމުން އޭނާ ބަލައިލިއިރު، ދެކުއްޖަކު ގޯންޏެއް ހިފައިގެންދާތަން
ފެނުނުކަމާއި، އެތަން ފެނިގެން އެވަގުތު ލ. ގަން ސިނާއީ މަގުގައި ބިދޭސީންތަކެއް ގޮވައިގެން މަގު
ސާފުކުރަން އުޅުނު ލ. ގަން މަތިމަރަދޫ އަޅިވިލާގޭ މުޙައްމަދު މޫސާއާއި، އެއަވަށު ރޯޒީސައިޑްގެ އަސްޢަދު
މުޙައްމަދުގެ ގާތުގައި، ބަޔަކު މިރުސްކަހަލަ އެއްޗެއް ހިފައިގެން ދާތަން ފެނިގެން އެމީހުން އެގެންދާ
އެއްޗެއް ބަލައިދިނުމަށް އެދުމުން، އެމީހުންގެ ފަހަތުން މޫސާ މުޙައްމަދާއި އަސްޖަދު މުޙައްމަދާ ދެމީހުން
ގޮސް، އެއަވަށު ތައުޒަންފްލާވަރ ޙުސައިން އިރުޝާދާއި ހަވާނާ ޢަބްދުލްބާރީ ޢަބްދުﷲ އާ ދެމީހުން
ސައިކަލުގައި މަޑުކޮށް
ތިރޭ
ސަރަޙައްދާ ދިމާލު ވަލު ތެރެއަށް ވަދެބެލިއިރު، ސިމެންތި ހުސްކުރި
ގޯންޏެއް ފުރާ އަޅާފައިހުރި މިރުސް ތަކެއް ފެނުނުކަމާއި، އެގޯނި ހިފައިގެން ގޮސް ގާޑިއާކައިރީގައި
ބަހައްޓާފައި، ދަނޑުވެރިންނަށް ގުޅައިގެން ބެލިއިރު، އެމިރުހަކީ ލ. ގަން މުކުރިމަގު ފިރުޝާން ޢަލީ
ރަޝީދުގެ ދަނޑުން ބަނދެފައިވާ މިރުސްކަމަށް ޝައްކު ކުރެވިގެން އެދަނޑަށް ގޮސް ބެލިއިރު، އެމިރުސް
ކޮށީގެ ދާގަނޑާއި މިރުސް ގަސްތައް ވަރަށް ބޮޑަށް ހަލާކުކޮށްލައިގެން، މިރުސް ބަދެފައިވާކަން
ޔަޤީންކުރެވުނު، ކަމާއި، އެ މައްސަލައިގައި ޙުސައިން އިރުޝާދު އާއި ޢަބްދުލްބާރީ ޢަބްދުﷲ އާމެދު
مامون
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 316471*
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
/ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
2015/HC-A/12
އެއްވެސް މައްސަލައެއް ޖައްސާކަށް އަދި ޢަލީ ރަޝީދަށް ލިބުނު ގެއްލުމުގެ ބަދަލު އެދެމީހުންގެ އަތުން
ހޯދަން ބޭނުންނުވާކަމަށް ޢަލީ ރަޝީދު ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
އެމީހާއަށް ނުވަތަ
(ނ) ތިންވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ހ) ގައި
ވައްކަން މާނަކޮށްފައިވަނީ، "އެހެން މީހެއްގެ ނުވަތަ އެހެން ފަރާތެއްގެ މިލްކު އެއްޗެއް
އެފަރާތަށް ނޭނގި، އެއާ ހަވާލުވެގެންހު
މީހާ ނޫން މީހަކު ސިއްރުން ނެގުމެވެ." މިފަދައިންކަން
އެނގޭކަމާއި، ވައްކަމަކީ ޤާނޫނުލްޢުޤޫބާތުގެ 4 ވަނަ ޗެޕްޓަރގައި އަދަބު ކަނޑައަޅާފައިވާ ކުށެއްކަމާއި،
އަދި އެކުށަށް ދެވޭނޭ އަދަބުތައްވެސް އެ ޗެޕްޓަރގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި، މިގޮތުން
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގައި ވައްކަމުގެ އަދަބު ކަނޑައަޅަނީ އެމީހަކު އެކުށްކުރި
ފުރަތަމަ ފަހަރު 6 މަސް ދުވަހުން ފެށިގެން 1 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް، އަދި ދެވަނަ ފަހަރުން
ފެށިގެން އިތުރުވާ ކޮންމެ ފަހަރަކު 1 އަހަރު ދުވަހުގެ މުއްދަތު އިތުރުވާ ގޮތަށް އަރުވާލުމަށް ނުވަތަ
ޖަލަށްލުމަށް ކަމާއި،
ޤާނޫނުލްޢުޤޫބާތުގެ 136 ވަނަ މާއްދާގައި ވައްކަން ކުރުމުގައި ޖަމާޢަތް ހަދައިގެން ނުވަތަ
އެކަކަށްވުރެ ގިނަމީހުން ބައިވެރިވެގެން ވައްކަން ކޮށްފިނަމަ، އެކަމުގައި ބައިވެރިވި ކޮންމެ މީހެއްގެ
މައްޗަށް ނުވަތަ ވައްކަން ކުރަމުންދާ ނުވަތަ ޖަމާޢަތަކާ ގުޅިގެން ވައްކަމެއް ކޮށްފި މީހެއްގެ މައްޗަށް
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ އަދަބުގެ ތެރެއަށް، 6
މަސް ދުވަހާއި 3 އަހަރާއި ދެމެދު މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުމުގެ ޢުޤޫބާތް
ކަނޑައަޅާފައިވާކަން އެނގެން އޮންނައިރު، ލ. ގަން މުކުރިމަގު ފިރުޝަން/ ޢަލީ ރަޝީދަށް ނޭނގި
އޭނާއަށް ސިއްރުން އޭނާގެ މިރުސް ކޮށީގެ ދާގަނޑާއި މިރުސް ގަސްތައް ހަލާކުކޮށްލައިގެން، ވަގަށް
މިރުސް ބަދެފައިވާކަމާއި އެމިރުސް ބިނދެފައިވަނީ އެތަނާ ހަވާލުވެގެން ހުރި މީހާނޫންކަން އެނގެން
އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 13316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
2015/HC-A/120
8
ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
(ރ) ހަތަރުވަނަ ކަމަކީ: ލ.ގަމު މުކުރިމަގު، ތައުޒަންޑް ފްލާވަރ | ޙުސައިން އިރުޝާދުގެ
މައްޗަށް ދަޢުލަތުން ކުރި ޖަމާޢަތް ހަދައިގެން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް ޝަރީޢަތުގެ މަޖިލީހުގައި
ޙުސައިން އިރުޝާދު އިންކާރުމުން އެދަޢުވާ ސާބިތުކުރުމަށް ދަޢުލަތުގެ ފަރާތުން ހުށަހެޅި ހެކީން ދީފައިވާ
ހެކިބަހުގެ މައްޗަށް ބަލާއިރު، ޙުސައިން އިރުޝާދު އާއި ޢަބްދުލްބާރީ ޢަބްދުﷲ އާއި ދެމީހުން ސައިކަލުގައި
މިރުސް ކަހަލަ އެއްޗެއް ހިފައިގެން ދާތަން ފެނިފައިވުމާއި، އެމީހުން ގެންދާ އެއްޗެއް ބެލުމަށްޓަކައި
އެމީހުންގެ ފަހަތުން ދިޔަ ދެމީހުންނަށް އެދެމީހުން ސައިކަލްގައި މަޑުކޮށްގެން ތިބި ދިމާލު ވަލުތެރެއިން
މިރުސް ގޯންޏެއް ފެނިފައިވުމާއި، އެގޯތީގައި ހުރި މިރުހަކީ ލ. ގަން މުކުރިމަގު ފިރުޝަން | ޢަލީ
ރަޝީދުގެ މިރުސް ދަނޑު ހަލާކުކޮށްލައިގެން އެދަނޑުން ވަގަށް ބިނދެފައިވާ މިރުސްކަން ހުށަހެޅިފައިވާ
ހެއްކާއި ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާކަމެވެ.
{
ހއދވ
މައްޗަށް
(ބ) ފަސްވަނަ ކަމަކީ: ލ. ގަމު މުކުރިމަގު، ތައުޒަންޑް ފްލާވަރ | ޙުސައިން އިރުޝާދުގެ
ކުށުގެ ރިކޯޑަށް ބަލާއިރު، އޭނާގެ ލ. ގަން މެޖިސްޓްރޭޓް ކޯޓް/ މުކުރިމަގު ސެކްޝަނުގެ
ނަންބަރު 2012/24
/
06C
-
MS ޤަޟިއްޔާއިން ވައްކަން ކުރުމުގެ ކުށެއް ސާބިތުވެ 10 މަސްދުވަހުގެ
މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
އެހެންކަމުން، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު މުކުރިމަގު ސެކްޝަންގެ ނަންބަރު 2013/14
/
06C
-
MS
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް
ކަމަށެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް p816471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
2015/HC-A/120
އެޓް
ޚި2 28، 29
ބންކރވނ
*ހ8
eyނ
96 499
ހއކ
ދެންފަހެ، އިސްވެ ބަޔާންކުރެވުނު
ކަންކަން
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު(މުކުރިމަގު ސެކްޝަންގެ ނަންބަރު 2013/14
/
06C
-
MS
ޤަޟިއްޔާގައި ލ. ގަމު މުކުރިމަގު، ތައުޒަންޑްފްލާވަރ ޙުސައިން އިރުޝާދުގެ މައްޗަށް ޖަމާޢަތް
ހަދައިގެން ވައްކަން ކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، ކުރައްވާފައިވާ ޙުކުމަށް ބަދަލެއް
ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv