ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/270 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/270
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 270/HC-A/2016
• އިސްތިއުނާފު ކުރިފަރާތް؟
* ނަން: ޢަބްދުލް
ޢަބްދުލްހާދީ
މުޙައްމަދު
އައި.ޑީ.ކާޑު ނަންބަރު: A053208
މިހާރުގެ އެޑްރެސް: ހުވަދުގަނދަކޯޅިގެ/ ކ.މާލެ
ދާއިމީ އެޑްރެސް: ދަފްތަރު 3373
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ސިރިއަސް އެންޓަރޕްރައިސަސް ޕވޓ ލޓޑ
* ރަޖިސްޓްރީ ނަންބަރު: 123
/
93-C
މިހާރުގެ އެޑްރެސް: ހ.ސިޓްރަސް/ ކ.މާލެ
ދާއިމީ އެޑްރެސް: ފ.ސިޓްރަސް/ ކ.މާލެ
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ރަމަޝާން 1437
ޖޫން 2016
.ނިމުނު ތާރީޚް: 05 ޞަފަރު 1439
25 އޮކްޓޯބަރު 2017
20
0
• އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2015/VTR/174
• ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ނޯޓިސް މުއްދަތަށްވާ ފައިސާއާއި ވަޒީފާއިން ވަކިކުރިކަމުގެ ސިޓީ ނުލިބުން
• ހުށަހެޅުނު ތާރީޚް: 31 ޑިސެމްބަރު 2015 • ނިމުނު ތާރީޚް: 4 އޭޕްރީލް 2016
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އިސްފަނޑިޔާރު އަބްދުﷲދީދީ ފަނޑިޔާރު ޢަލީ ސަމީރު ފަނޑިޔާރު ޢަބްދުﷲ ޙަމީދު
0
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
2
ވޯޖއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/270
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/174 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ދަފްތަރު 3373
ޢަބްދުލްޙާދީ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސިރިއަސް އެންޓަރޕްރައިސަސް ޕްރައިވެޓް
ޓެޑްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/174 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ޢަބްދުލްހާދީ މުޙައްމަދު، ދަފްތަރު ރސ 3373، މާލެ (ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A053208) ސިރިއަސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ
އަދާކުރަމުން ދަނިކޮށް، ވަޒީފާއިން ވަކިކުރުމަށް ކުންފުނިން 3 މަސްދުވަހުގެ ނޯޓިސްއެއް ދިނުމުން، ނޯޓިސްގެ
ބަދަލުގައި 3 މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާ ދިނުމަށްފަހު ވަޒީފާއިން ވަކިކޮށްދިނުމަށް އޭނާ
އެދުމުން، އެ ފައިސާ ދީފައިނުވާތީ، 3 މަސްދުވަހުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ ލިބިދިނުމަށާއި، އޭނާ
ވަޒީފާގައި އުޅުނުކަމުގެ ސިޓީ ލިބިދިނުމަށް އެދި ސިރިއަސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް
ރައްދުވާގޮތަށް 31 ޑިސެމްބަރު 2015 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން ބެލެވެނު
މައްސަލައެއްކަން އެނގޭކަމާއި،
މިމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ، "ދެންފަހެ، މައްސަލަ ހުށަހެޅި
ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި މައްސަލަ ބެލި މަޖްލީހުގައި ދައްކާފައިވާ
ވާހަކަތަކަށް ރިޢާޔަތްކޮށް ބެލިއިރު، ޢަބްދުލްޙާދީ މުޙައްމަދު، ސިރިއަސް އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ވަޒީފާއިން ވަކިކުރުމަށް 3 މަސްދުވަހުގެ ނޯޓިސްއެއް ދިނުމުން، 3
މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާ ދިނުމަށްފަހު ވަޒީފާއިން ވަކިކޮށްދިނުމަށް އޭނާ އެދުމުން އެ
ފައިސާ ދީފައިނުވާތީ، އެ ފައިސާ ލިބިދިނުމަށާއި، އަދި އޭނާ ވަޒީފާގައި އުޅުނުކަމުގެ ސިޓީއާއި ވަޒީފާއިން
ވަކިކުރިކަމުގެ ލިޔުން ލިބިދިނުމަށް އެދި ހުށަހަޅާފައިވާ މި މައްސަލާގައި، ޢަބްދުލްޙާދީ މުޙައްމަދު ވަޒީފާއިން
ވަކިކޮށްފައިވަނީ، 01 އޮގަސްޓް 2015 ވަނަ ދުވަހު މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމަށް މައްސަލަ
ރައްދުވި ފަރާތުން 3 މަސްދުވަހުގެ ނޯޓިސް ދިނުމުން، މައްސަލަ ހުށަހެޅި ފަރާތުން އޭނާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިން
3
ޤާސިއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/270
ވަކިކޮށްދިނުމަށް އެދި މައްސަލަ ރައްދުވި ފަރާތަށް ހުށަހެޅުމުން އޭނާގެ އެދުމުގެ މަތިންކަން އެނގެން
އޮންނާތީއާއި، އަދި 3 މަސްދުވަހުގެ ނޯޓިސް މުއްދަތަށްވާ މުސާރައާއި ޢިނާޔަތްތައް މައްސަލަ ހުށަހެޅި ފަރާތަށް
ދިނުމަށް މައްސަލަ ރައްދުވި ފަރާތުން އެއްބަސްވެފައިވާކަން ސާބިތުވާ މިންވަރަށް އެނގެން ނެތަތީ، 3
މަސްދުވަހުގެ ނޯޓިސް މުއްދަތަށްވާ މުސާރައާއި ޢިނާޔަތްތައް ޢަބްދުލްޙާދީ މުޙައްމަދަށް ދިނުމަށް މައްސަލަ ރައްދުވި
ކުންފުންޏަށް އަންގާނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، އެހެންނަމަވެސް ޤާނޫނު ނަންބަރު 25/2008
(
ޒީފާއާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ހ) ގެ 1 އިން ފެށިގެން 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ
މަޢުލޫމާތު ހިމަނައިގެން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާގައި އުޅުނުކަމުގެ ލިޔުމަކާއި އޭނާ ވަޒީފާއިން
ވަކިކުރިކަމުގެ ލިޔުމާއި، އަދި މަސައްކަތްކުރި މުއްދަތަށް ލިބެންވާ އެލަވަންސް ފުރިހަމައަށް މައްސަލަ ހުށަހެޅި
ފަރާތަށް ލިބިފައިނުވާކަން ސާބިތުވާތީ، މައްސަލަ ހުށަހެޅި ފަރާތަށް ލިބެންވާ -/4100 ރުފިޔާ (ހަތަރުހާސް
އެއްސަތޭކަ ރުފިޔާ)، ޢަބްދުލްޙާދީ މުހައްމަދަށް މިއަދު (4 އޭޕްރީލް 2016) އިން ފެށިގެން 7 (ހަތެއް) ދުވަހުގެ
ތެރޭގައި ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން
އެންގުމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ރައްދުވި ސިރިއަސް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އަންގާ އަމުރުކުރަމެވެ." މިފަދައިންނެވެ.
02-ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/174 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި ދަފްތަރު 3373
ޢަބްދުލްޙާދީ މުޙައްމަދުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ؛
ހައިކޯޓުގެ
• އިސްތިއުނާފްކުރާ ފަރާތް ވަޒީފާއިން ވަކިކުރިއިރު 3 މަސްދުވަހުގެ ނޯޓިސް މުއްދަތަށްވާ
މުސާރައާއި ޢިނާޔަތްތައް ދިނުމަށް އިސްތިއުނާފް ރައްދުވާ ފަރާތުން އެއްބަސްވެފައިވާކަން ސާބިތުނުވާ ކަމަށް
ޓްރިބިއުނަލުން ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއާ 5 ވަނަ
މާއްދާއާ ޚިލާފަށް ކަމަށްވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/174 މައްސަލަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ދަފްތަރު 3373
ޢަބްދުލްހާދީ މުޙައްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 13171
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
بسم ام بي
މުނު ގޮތުގެ ޚުލާޞާ
2016/HC-A/270
(ހ) ފުރަތަމަކަމަކީ، ޢަބްދުލްހާދީ މުޙައްމަދުގެ ފަރާތުން ސިރިއަސް އެންޓަރ ޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ،
ޢަބްދުލްހާދީ މުޙައްމަދު ސިރިއަސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގައި ވަޒީފާ
އަދާކުރަމުންދަނިކޮށް، ވަޒީފާއިން ވަކިކުރުމަށް ސިރިއަސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 03
މަސްދުވަހުގެ ނޯޓިސްއެއް ދިނުމުން، ނޯޓިސްގެ ބަދަލުގައި 03 މަސްދުވަހުގެ މުސާރައާއި އިނާޔަތަށްވާ
ފައިސާ ދިނުމަށްފަހު ވަޒީފާއިން ވަކިކޮށްދިނުމަށް ޢަބްދުލްހާދީ މުޙައްމަދު އެދުނު ނަމަވެސް 03 މަހުގެ
މުސާރައާއި އިނާޔަކަށްވާ ފައިސާ ނުދީ ޢަބްދުލްހާދީ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ
ޢަބްދުލްހާދީ މުޙައްމަދު ސިރިއަސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގައި ވަޒީފާއަދާކުރިއިރު
ލިބެމުންދިޔަ މުސާރައާއި ޢިނާޔަތުގެ 03 މަސްދުވަހަށްޖެހޭ މިންވަރުގެ ފައިސާއާއި ޢަބްދުލްހާދީ
މުޙައްމަދު ވަޒީފާގައި އުޅުނުކަމުގެ ސިޓީ ލިބިދިނުމަށް އެދި ހުށަހެޅި މައްސަލައެއްކަން އެނގެން
4 ސ
އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، މިމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމުމަށް
ބަލާއިރު، ޢަބްދުލްހާދީ އެދިފައިވާ ފަދައިން ޢަބްދުލްހާދީ ސިރިއަސް އެންޓަރ ޕްރައިސަސް ޕްރައިވެޓް
ލިމިޓެޑުގައި ވަޒީފާގައި އުޅުނުކަމުގެ ސިޓީއެއް ދިނުމަށް ސިރިއަސް އެންޓަރ ޕްރައިސަސް ޕްރައިވެޓް
ލިމިޓެޑަށް އަންގަވާފައިވާކަމާއި، އެހެންނަމަވެސް ޢަބްދުލްހާދީ މުޙައްމަދު އެދިފައިވާ ފަދައިން ނޯޓިސްގެ
ބަދަލުގައި 03 މަސްދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ ފައިސާ ނަންގަވައިދެއްވާފައިނެތްކަމާއި، އަދި
މިފައިސާއަކީ ނަގައިދެވެން ފައިސާއެއްކަމަށް ކަނޑައަޅުއްވާފައިވަނީ ޢަބްދުލްހާދީ މުޙައްމަދު ވަޒީފާއިން
ވަކިކޮށްފައިވަނީ ސިރިއަސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 01 އޮގަސްޓް 2015 ވަނަ
ދުވަހު ޢަބްދުލްހާދީ މުޙައްމަދު ވަޒީފާއިން ވަކިކުރުމަށް 03 މަސްދުވަހުގެ ނޯޓިސްއެއް ދިނުމުން،
ޢަބްދުލްހާދީ މުޙައްމަދު އަމިއްލައަށް އޭނާ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި 08 އޮގަސްޓް 2015
މިތާރީޚުގައި ސިޓީއެއް ސިރިއަސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވުމުން އެސިޓީގެ
މައްޗަށް ބިނާކޮށް ޢަބްދުލްހާދީ މުޙައްމަދު ވަޒީފާއިން ވަކިކުރެވިފައިވާތީ ކަމަށް ބަޔާންކޮށްފައިވާކަން
ކަމެވެ.
44
ހތކ
އެނގެން އޮންނަކަމެ
(ނ) ތިންވަނަކަމަކީ، 08 އޮގަސްޓް 2015 މިތާރީޚުގައި ޢަބްދުލްހާދީ މުޙައްމަދުގެ ފަރާތުން
ސިރިއަސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީއަށް ބަލާއިރު، އެސިޓީއަކީ 41
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
بممي
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/270
އޮގަސްޓް 2015 އިން ފެށިގެން ސިރިއަސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން
ވަކިކުރުމަށް އެކުންފުނިން ޢަބްދުލްހާދީ މުޙައްމަދަށް ނޯޓިސް ދިނުމުން ޢަބްދުލްހާދީ މުޙައްމަދުގެ ފަރާތުން
ފޮނުވާފައިވާ ސިޓީއެއްކަން އެނގެން އޮތްއިރު، މިސިޓީގައި ސަރީޙަ ޢިބާރާތުން ޢަބްދުލްހާދީ މުޙައްމަދު
ސިރިއަސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްދިނުމަށް
އެދިފައިވާކަމާއި، އަދި އެފަދައިން އެސިޓީގައި ބަޔާންކުރުމަށް އެސިޓީގެ ފަހުބައިގައި ފެނިވަޑައިގަންނަވާނަމަ
03 މަސްދުވަހަށްވާ މުސާރަ ލިބޭނެގޮތް ހަމަޖައްސައިދިނުމަށް ޢަބްދުލްހާދީ މުޙައްމަދުގެ ފަރާތުން
އެދިފައިވާކަން އެނގެން އޮންނަކަމާއި އެހެންނަމަވެސް ބުނެވުނު 03 މަސްދުވަހުގެ މުސާރައަކީ ސިރިއަސް
އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ޤާނޫނީ އެއްވެސް ހަމައަކުން ޢަބްދުލްހާދީ މުޙައްމަދަށް ދިނުން
ސާއެއްކަން އެނގެންނެތުމުގެ އިތުރަށް އެސިޓީގެ ޖަވާބުގައި ސިރިއަސް ޕްރައިވެޓް ލިމިޓެޑުން
ޢަމަލުކުޅަ ގޮތަކުން ނުވަތަ އެނޫންވެސް ގޮތަކުން ޢަބްދުލްހާދީ މުޙައްމަދު ވަޒީފާއިން ވަކިކުރުމުގެ ކުރިން
ބުނެވުނު 03 މަސްދުވަހުގެ މުސާރައާއި އިނާޔަތުގެ ފައިސާ ދިނުމަށް ސިރިއަސް އެންޓަރ ޕްރައިސަސް
ޕްރައިވެޓް ލިމިޓެޑާއި ޢަބްދުލްހާދީ މުޙައްމަދާއި ދެމެދު ޤާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް
ވެވިފައިވާކަން ދަލީލުކޮށްދޭ އެއްވެސް ފިލްހާދީ މުޙައްމަދަށް ދެއްކިފައިނުވާކަން އެނގެން
ލާޒިމްވާ ފައިސާއެއްކަ
ހ4 3ތ &
ޙައްޖުބޮއެ 4ބދިލަ
އިނކމެވެ.
މިހެންކަމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންދެކެނި ޢަބްދުލްހާދީ
މުޙައްމަދު ސިރިއަސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގައި އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ
ވަކިކުރިއިރު 03 މަސްދުވަހުގެ ނޯޓިސް މުއްދަތަށްވާ މުސާރައާއި ޢިނާޔަތުގެ ފައިސާ ދިނުމަށް ސިރިއަސް
އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާކަން ސާބިތުވާންނެތްކަމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/174 މައްސަލައިގައި ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކާއި ޚިލާފަށްކަމުގައި
uc
CC OCOCCC
ހ2 ހ
0ނން.0ކކޮޕީއވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
بني
2016/HC-A/270
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/174 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
އިސްތިއުނާފުކުރުމަށް ދަފްތަރު 3373 ޢަބްދުލްޙާދީ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް
ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިނަލުން އެމައްސަލައި ނިންމާފައި ނިންމުން ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާއި ޚިލާފުނޫންކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު
ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/174 މައްސަލައިގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv