ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/355 ޤަޟިއްޔާގެ ޙުކުމް
1
2019/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A/k
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
* *ވ ·
އްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 355/HC
-
A/2019
• އިސްތިއުނާފު ކުރި ފަރާތް:
ނަން: އަޙްމަދު އިސްމާޢީލް
* އައި.ޑީ.ކާޑު ނަންބަރު: A032788
ހިތިލާގެ / ކ. މާލެ
* މިހާރުގެ އެޑްރެސް: އަސްދޫ ސަންއައިލެންޑް ރިޒޯޓް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ލަޠީފާ ޢަލީ ޙަސަން
އައި.ޑީ.ކާޑު ނަންބަރު: A048211
*
ދާއިމީ އެޑްރެސް: މ. ކާރނޭޝަން | ކ. މާލެ
މިހާރުގެ އެޑްރެސް: މ. ކާރނޭޝަން | ކ. މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 04 ޖުލައި 2019
01 ޛުލްޤައިދާ 1440
* ނިމުނު ތާރީޚް:
18 ޖޫން 2020
26 ޝައްވާލް 1441
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2016/Cv
-
C/984
• ނިންމެވި ކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ބެލުން ޝަރުޠުކުރި ގޮތާއި ޚިލާފުވިކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ
މައްސަލަ
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 15.05.2016
• ޤަޟިއްޔާ ނިމުނު ތާރީޚް: 28.12.2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން ފަނޑިޔާރު މުޙައްމަދު ފައިޞަލް ފަނޑިޔާރު ޙުސައިން ޝަހީދު
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2019/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
18
LLCO
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/984 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
އަޙްމަދު އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މ. ކާރނޭޝަން ލަޠީފާ ޢަލީ ޙަސަންއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
2
އ"
<< O
1. ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާއަކީ، ކ. މާލެ! މ. ކާރނޭޝަން
ލަޠީފާ ޢަލީ ޙަސަން (ލަޠީފާ އަލިފުޅު) ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ފެރީސިއާ އެވެކިޔާ ބަންޑާރަ
ގޯތީގައިވާ އެންމެހާ ޢިމާރާތާއި ވަޅުފަދަ ތަންތަން ލަޠީފާ އަލިފުޅު ބެލުމަށް ޝަރުތުކޮށް އަޙްމަދު
އިސްމާޢީލްއަށް ދިނުމަށް ވެފައިވާ އެއްބަސްވުމާ 30 މެއި 1996 ގެ ފަހުން އަޙްމަދު އިސްމާޢީލްގެ ފަރާތުން
ޚިލާފުވެފައިވާތީވެ މި އެއްބަސްވުން ބާޠިލްކޮށްދިނުމަށާއި، ޕްރީސިއާ އެވެކިޔާ ގޯތީގައި އަޙްމަދު
އިސްމާޢީލް ދިރިއުޅެ އެގޯތީގެ މަންފާ ޙާޞިލްކުރަމުންދަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 40 ވަނަ
މާއްދާއާއި، 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ކަނޑައެޅުމާއިއެކު މއ. ފްރީސިއާ
އެވެކިޔާ ބަންޑާރަ ގޯތިން އަޙްމަދު އިސްމާޢީލް ނެރެދިނުމަށް އެދި އަޙްމަދު އިސްމާޢީލްގެ މައްޗަށް ދަޢުވާކޮށް
ލަޠީފާ ޢަލީ ޙަސަން ހުށަހެޅުމުން ބެލުނު މައްސަލައެއްކަމާއި،
މި ޤަޟިއްޔާ ނިންމާފައިވަނީ "ދެންފަހެ، ބުނެވިދިޔަ ކަންކަން އެހެން ހުރުމުން މ. ކާރނޭޝަންގެ
ލަޠީފާ ޢަލީ ޙަސަން (ލަޠީފާ އަލިފުޅު) މަރުދުވަހަށް ބެލުން ޝަރުތުކޮށް މ. ވާގަލި (ހ. ރޯނުގެ) އަޙްމަދު
އިސްމާޢީލްއަށް ލަޠީފާ ޢަލިފުޅުގެ މިލްކުގައިވާ ޕްރީސިއާ އެވެކިޔާ ބަންޑާރަ ގޯތީގައިވާ ލަޠީފާ ޢަލިފުޅުގެ
މިލްކު ޢިމާރާތްތަކާއި، ވަޅުފަދަތަންތަން ދިނުމުގައި ކޯޓް ނަންބަރު 8 ގެ ނަންބަރު 8
/
80-JC/39
ޤަޟިއްޔާއިން ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު 16
/
80-C
-
8
/
C އެގްރީމެންޓްގައިވާ ގޮތުގެ މަތިން
މާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2{19/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލަޠީފާ ޢަލިފުޅު މަރުދުވަހަށް ބެލުމުގެ މަސްއޫލިއްޔަތު އަޙްމަދު އިސްމާޢީލް އުފުލުމަށް އެއްބަސްވެ އެގްރީމަންޓް
ކުރެވިފައިވާ ގޮތުގެ މަތިން އުފުލަމުން ނުދާކަން، ޝަރުޢީ ހަމަތަކާއި އުޞޫލުތަކުގެ މަތިން ހުށަހެޅިފައިވާ
ދެކީންގެ ހެކިބަހުންނާއި މުސްތަނަދުތަކުން ޝަރީޢަތަށް ސާބިތުވާކަމަށްޓަކައި ލަޠީފާ ޢަލިފުޅު މަރުދުވަހަށް
ބެލުން ޝަރުތުކޮށް އަޙްމަދު އިސްމާޢީލްއާއި ލަޠީފާ ޢަލިފުޅު އެއްބަސްވެ ކޯޓު ނަންބަރު 8 ގައި ރަޖިސްޓްރީ
ކުރެވިފައިވާ ނަންބަރު 16
/
80-C
-
8
/
C އެގްރިމަންޓަކީ 2016 ޑިސެންބަރު 28 ވަނަ ދުވަހުން ފެށިގެން
ބާޠިލް ކުރެވިފައިވާ އެގްރިމެންޓެއް ކަމުގައި ކަނޑައަޅައި، މއ. ފްރީސިއާ އެވެކިޔާ ބަންޑާރަގޯތީގައިވާ ލަޠީފާ
ޢަލިފުޅުގެ މިލްކު ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ލަޠީފާ ޢަލިފުޅާއި ޙަވާލުކުރުމަށް އަޙްމަދު އިސްމާޢީލްއަށް
އަންގައި އަޙްމަދު އިސްމާޢީލްގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ." މިފަދައިންކަން މައްސަލައިގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮންނަކަމެވެ.
0x0
2. ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/984 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، މިއ. ހިތިމާގެ އަޙްމަދު އިސްމާޢީލްގެ ފަރާތުން 02 (ދޭއް) ނުކުތާއެއް
ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
131/HC-A/2010
• ފުރަތަމަ ނުކުތާއަކީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރަންވީގޮތުގެ ޤަވާއިދުގެ 28 ވަނަ
މާއްދާގެ ދަށުން، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަށްޓަކައި އިޖުރާއީގޮތުން
ފުރިހަމަވާންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ
ހިންގައި ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި
ޔާންކުރާ ޢަދުލުވެރިކަން ގެއްލޭގޮތަށްކަމަށް ބުނެ ހުށަހެޅި ނުކު
ނުކުތާއެވެ.
2x 29
ބަޔާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{19/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
ދެވަނަ ނުކުތާއަކީ، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރަންޖެހޭގޮތުގެ ޤަވާއިދުގެ 10 ވަނަ
މާއްދާއާ ޚިލާފަށް ދަޢުވާލިބޭފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގައި ޙުކުމްކޮށްފައިވާ ކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، މިއ. ހިވިލާގެ އަޙްމަދު އިސްމާޢީލްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ
މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 355/HC
-
A/2019 ޤަޟިއްޔާއަށް
ބަލާއިރު އެޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ
މުއްދަތު ހަމަވެފައިވާތީ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހިތިލާގެ އަޙްމަދު
އިސްމާޢީލްގެ ފަރާތުން، 2019 އޭޕްރިލް 30 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުން
އެމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/984
ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް 12 ޖޫން 2019 ވަނަ ދުވަހު ނިންމުމާއި ގުޅިގެން، 23
ޖޫން 2019 ވަނަ ދުވަހު އަޙްމަދު އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުން
ބަލާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނަކަމެވެ.
0
<< O
(ނ) ދެވަނަ ކަމަކީ: ކޮންމެ މީހަކަށްމެ އެމީހެއްގެ ޙައްޤުތަކާއި މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި
އައިކާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2019/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤާނޫނުން ލިބިދީފައިވާ ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ އިތުރުން ތަހުޒީބުވެފައިވާ އެންމެހައި ދައުލަތްތަކުގެ
ދުސްތޫރުތަކާއި، ކަމާބެހޭ ބައިނަލްއަޤްވާމީ މުއާޙަދާތަކުގައި ކަށަވަރުކޮށްދީފައިވާ ދުސްތޫރީ އަދި އަސާސީ
ޙައްޤެއްކަމާއި، އެ ޙައްޤަށް ވާޞިލުވެވޭނީ ކަމާބެހޭ ކޯޓަކުން ކުރާ ފައިޞަލާކުރުވަނިވި ޙުކުމަކުން ކަމާއި،
އެފަދަ ޙުކުމަކާ ހަމަޔަށް ވާޞިލުވުމަށްޓަކައި ޝަރުޢީ ނިޒާމުގެ ތެރޭގައި، ޚަޞްމުންނަށާއި ދަޢުވާގައި ހިމެނޭ
ފަރާތްތަކަށް ލިބިގެންވާ އިންޞާފުވެރި އިޖުރާއީ ޙައްޤުތަކެއްވާކަމާ، އަދި އެ ޙައްޤުތަކުގެ ތެރެއިން ދަށު
މަރްޙަލާގެ ކޯޓުގެ ނިންމުން ކަމާބެހޭ އިސްތިއުނާފް ކޯޓެއްގައި އިސްތިއުނާފުކުރެވުމުގެ ޙައްޤަކީ ދުނިޔޭގެ
އެންމެހައި ޤާނޫނީ ނިޒާމުތަކުން ޤަބޫލުކުރާ ޢާއްމު ޤާނޫނީ މައްދައެއްކަން އެނގެން އޮންނަ ހިނދު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ޞަރީޙަ ނައްޞުގައި "ޖިނާއީ
މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް
ހުށަހެޅުމުގެ ޙައްޤު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށް އެ
މަޞްދައު ކަށަވަރުކޮށްދީފައިވާކަން އެނގެން އޮންނަ ކަމެވެ.
(ނ) ތިންވަނަ ކަމަކީ: ކޮންމެ ޙައްޤެއްވެސް އިންތިޒާމުވެފައި އޮންނަންވާނީ ޤާނޫނުން ކަނޑައަޅާ
ޙުދޫދެއްގެ ތެރޭގައި ކަމާއި، ކޯޓުތަކާއި ޓްރައިބިއުނަލްތަކުންކުރާ ޙުކުމްތަކާއި ނެރޭ
އަމުރުތައް
އިސްތިއުނާފުކުރުމުގެ ޙައްޤަކީވެސް ދުނިޔޭގެ އެންމެހައި ޖުރިސްޑިކްޝަންތަކުގައި މައުޟޫޢީ ގޮތުންނާއި،
އިޚްތިޞާޞްގެ ގޮތުންނާ އަދި ވަޤުތުގެ ގޮތުން ޤައިދުކުރެވިފައިވާ ޙައްޤެއްކަމާއި، މިގޮތުން ވަޤުތުގެ ގޮތުން އެ
ޙައްޤު ބޭނުންކުރެވޭނީ ދަށު މަރްޙަލާގެ ޙުކުމް އިއްވާ ދުވަހުން ފެށިގެން ވަކި މުއްދަތެއް ފާއިތުވުމާ
ހަމައަށްކަމާއި، ވަޤުތުގެ ގޮތުން އިސްތިއުނާފުކުރުމުގެ ޙައްޤު ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޤާއިދުކުރެވޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިގެންވާ ޙުދޫދުގެ ތެރޭގައިކަން
އެނގެން އޮންނައިރު، މައްސަލައެއް އިސްތިއުނާފުކުރުމަ ހުށަހެޅުމުގެ މުއްދަތު ކަނޑައެޅުމުގައި ތަފާތު
42 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
219/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުލަތްތަކުގެ ޤާނޫނުހަދާ ބާރުތަކުން ޢަމަލުކުރާ ގޮތަށް ބަލާއިރު ރިޢާޔަތްކުރަނީ ޙަޤީޤަތުގައި، ދެ ކަމެއްގެ
މެދުގައި ވަޒަންކުރުން ކަމާއި،
އެގޮތުން ފުރަތަމަ ކަމަކީ ލަސްވުމެއްނެތި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ކޯޓުތަކުގައި ބެލެވޭ
ޚުޞޫމަތްތައް ނިމި މީސްތަކުންގެ ޙައްޤުތަކަށް ޘާބިތުކަމާއި އިސްތިޤުރާރުކަން ލިބުމުގެ ޟަރޫރަތްތެރިކަންކަމާ،
އަދި ދެވަނަ ކަމަކީ ޚަޞްމުންނަށް ފުރަތަމަ މަރްޙަލާގެ ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ނުލިބި ފާއިތުވެފައި
އޮވެދާނެ ދިފާޢީ ޙުއްޖަތްތައް ހުށަހެޅުމަށާއި، މައްސަލައިގެ ވަޤާއިޢުތައް (Facts} ތަކްލީފުކުރުމުގައާއި، ޤާނޫނު
މާނަކުރުމުގައާއި، ޤާނޫނު ތަޠްބީޤްކުރުމުގައި ހެދިފައި އޮވެދާނެ ކުށްތައް އިޞްލާޙުކުރުމުގެ ފުރުޞަތުދިނުމުގެ
ގޮތުން ފުރަތަމަ މަރްޙަލާގެ ކޯޓުގެ ނިންމުން އިސްތިއުނާފް ކޯޓެއްގެ ކުރިމަތީގައި ޗެލެންޖްކޮށް އަލުން ބެލުމުގެ
ފުރުޞަތު ޚަޞްމުންނަށް ހުޅުވާލުމުގެ ޝަރޫރަތްތެރިކަން ކަމާއި، މި ދެ ކަމުގެ މެދުގައި ވަޒަންކޮށް ތަފާތު
ދައުލަތްތަކުގެ އިޖްރާއާތުގެ ޤާނޫނުތަކުގައި އިސްތިއުނާފަށް ހުށަހެޅުމުގެ މުއްދަތު ކަނޑައެޅިފައިވަނީ ނިސްބަތުން
ކުރުކޮށްކަމާ، އަދި އިސްތިއުނާފުކުރުމާ ގުޅޭގޮތުން އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ކަނޑަނާޅާ އެންމެހައި
ޙާލަތްތަކުގައި އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތަކީ އިޖުރާއާތުގެ ޤާނޫނުތަކުގައި އިސްތިއުނާފަށް
ހުށަހެޅުމަށް ކަނޑައެޅިފައިވާ ޢާއްމު މުއްދަތުކަމާއި، އެ ޢާއްމު މުއްދަތު ތަފާތު ދައުލަތްތަކުގެ އިޖުރާއާތުގެ
ޤާނޫނުތަކުގައި އެއްގޮތް ނޫންކަމާއި، ތަފާތު ދައުލަތްތަކުގެ ޤާނޫނުތަކުގައި އާދައިގެ
އިސްތިއުނާފުކުރުމަށް ދެވޭ މުއްދަތަށްވުރެ، ވަޤުތީ އަމުރުފަދަ ނިންމުންތައް އިސްތިއުނާފުކުރުމަށް ދެވޭ މުއްދަތު
ކުރުކަމާ އަދި ބައެއް ޤާނޫނީ ނިޒާމްތަކުގައި ޢާއްމު ފަރުދުންނަށް އިސްތިއުނާފަށް ހުށަހެޅުމަށް ދެވޭ
މުއްދަތަށްވުރެ ދައުލަތަށް އިސްތިއުނާފަށް ހުށަހެޅުމަށް ދެވޭ މުއްދަތު ދިގުކަމާ މިކަންކަން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުން މީގެކުރިން ނިމިފައިވާ ބައެއް އަޙްކާމުތަކާއި ނިންމުންތަކުގައިވެސް ބަޔާންކުރެވިފައިވާކަން
22ތ ކތ
ޙުކުމެތ
އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
7
2{19/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
0/
<< O
(ށ) ހަތަރުވަނަ ކަމަކީ: ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ
ނަންބަރު SC/2015
/
06 ސަރކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުން، ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި
ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ ދެސަރަޙައްދެއްގައި ޤާއިމުކޮށްފައިވާ
ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވަނީ 10 ދުވަހުގެ މުއްދަތެއްކަމާއި، އަދި 10
ދުވަހުގެ މުއްދަތު ގުނުމާ ގުޅޭގޮތުން، އެކޯޓުގެ ނަންބަރު 2015/05 ޢާއްމު ސިޓީގައިވާ ގޮތުން 10 ދުވަހުގެ
މުއްދަތު ގުނަނީ ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެދެމެދަށް
އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށްކަމާއި، އިސްވެ އިޝާރާތްކުރި ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުގެ ނަންބަރު SC/2015
/
06 ސަރކިއުލަރގެ ކުރިން، ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި
ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރަމުންއައީ، ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތުގެ
މަތިންކަމާއި، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ،
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނުއިރު ޢަމަލުކުރެވެމުން އައީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ
ނަންބަރު SC/2015
/
06 ސަރކިއުލަރގައިވާ ގޮތުގެ މަތިންކަން އެނގެން އޮންނަކަމެވެ.
4 22
22 22
(ބ) ފަސްވަނަ ކަމަކީ: ޤާނޫނުގައި އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ޢާއްމު
އުޞޫލެއްގެ ގޮތުން ފެށެނީ ފުރަތަމަ މަރްޙަލާގެ ކޯޓުން ޙުކުމްކުރާ ތާރީޚުން ފެށިގެންކަމާއި، ބައެއް
ޖުރިސްޑިކްޝަންތަކުގައި ޣައިރު ޙާޟިރުގައި ޙުކުމްކުރެވުންފަދަ އިސްތިޣްނާއީ ޙާލަތްތަކުގައި އެ މުއްދަތު
ފެށެނީ ޚަޞްމަށް އެ ޙުކުމް ކުރެވުނުކަން އެނގޭ ވަގުތުން ފެށިގެންކަމާއި، ޖިނާއީ މައްސަލަތަކުގައާއި މަދަނީ
މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފުކުރުމުގެ ޙައްޤަކީ ޤާނޫނީ އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2019/HC-A/355
ޝަޚުޞީ ޙައްޤެއްކަމަށް ވީހިނދު، އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ޝަޚްޞީ ގޮތުން ލިބިގެންވާ ފަރާތަށް
ނުވަތަ ފަރާތްތަކަށް ޤާނޫނުގައި އެ ޙައް ބޭނުންކުރުމަށް ކަނޑައެޅިފައިވާ ޝަރުޠުތަކާއި އިޖުރާއާތުތައް
ފަހަނައަޅައި ނުދެވޭނެކަމާއި، އެހެންކަމުން ޤާނޫނުގައި އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު
ފަހަނައަޅައި ދިއުމުން އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ގެއްލޭނެކަމާއި، އެ މުއްދަތު ފަހަނައަޅައިދާ ފަހުން
އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތައް އިޖުރާއީ ގޮތުން ބަލައި ނުގަތުމަކީ ޚަޞްމެއްގެ ހުށަހެޅުމަކާނުލައިވެސް
އިސްތިއުނާއީ ކޯޓަށް ކުރެވިދާނެ ކަމެއްކަމާއި، އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ
މުއްދަތުގެ ތެރޭގައި ހުށަނޭޅުމުގެ ޤާނޫނީ އަސަރަކީ ނުވަތަ ނަތީޖާއަކީ އެ މައްސަލައެއް އިސްތިއުނާފުކުރަންޖެހޭ
ކޯޓަށްވުރެ ދަށު މަރްޙަލާގެ ކޯޓުގެ ޙުކުމަށް ފައިޞަލާކުރުވަނިވި ބާރުލިބި، އެ ޙުކުމް ނިހާއީ ޙުކުމަކަށް ވެގެން
ދިއުންކަން ތަފާތު ޖުރިސްޑިކްޝަންތަކުގެ މަދަނީ އަދި ޖިނާއީ އިޖުރާއާތުތަކުގައި ޢަމަލުކުރެވޭ ޢާއްމު
އުޞޫލުތަކަށް ބެލުމުން އެނގެން އޮންނައިރު، އިސްތިއުނާފަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ
މުއްދަތުގެ ތެރޭގައި ހުށަނޭޅުނު ސަބަބަކީ، އަމިއްލަ ބާރު ނުފޯރާފަދަ ޙާދިޘާއެއް ނުވަތަ ހީނުކުރެވޭފަދަ ކުއްލި
ޙާދިޘާއެއް (force majeure
/
cas fortut) ނުވަތަ އެ ނޫންވެސް މަޤްބޫލު ޢުޒުރެއް މެދުވެރިވުމުގެ
ސަބަބުން، އިސްތިއުނާފުކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުމަކީ މުސްތަޙީލު
ކަމެއްކަމުގައިވާނަމަ ނުވަތަ އާދަޔާ ޚިލާފު އަދި ފޫނުބެއްދޭވަރުގެ ބުރަޔާއި ގެއްލުން ތަޙައްމަލުކުރަންޖެހޭފަދަ
ކަމެއްކަމުގައިވާނަމަ، މިފަދަ ޙާލަތްތަކުގައި އިސްތިއުނާފަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވާ
ފަހުންވެސް އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުޞަތުދިނުމަކީ ތަފާތު ޤާނޫނީ ނިޒާމުތަކުގެ އިޖުރާއާތުގެ
ޤާނޫނުތަކުގައި ބަޔާންވެގެންވާ އުޞޫލަކަށްވާއިރު، ހައިކޯޓުގެ ޤަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގައިވެސް މި
އުޞޫލް ޤާއިމުވެފައިވާކަން އެނގެން އޮންނަ ކަމެވެ.
2 22 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2019/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަލައި ގަތުމަށް
(ޅ) ހަވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާގެ އިސްތިއުނާފު
ނިންމި ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު SC/2015
/
06
ސަރކިއުލަރއާއި އެކޯޓުގެ ނަންބަރު 2015/05 ޢާއްމު ސިޓީއާއި އަދި ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ
މާއްދާގެ (ނ) އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް
ކޯޓުގެ ނަންބަރު 2016/Cv-C/984 ޤަޟިއްޔާއާއި ގުޅިގެން، 2017 ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު
ބޭއްވުނު ހައިކޯޓުގެ ނަންބަރު 355/HC
-
A/2013 ޤަޟިއްޔާގެ ޝަރީޢަތުގެ އަޑުއެހުމުގައި، އިސްތިއުނާފު
ރައްދުވާ މ. ކާރނޭޝަންގެ | ކ. މާލެ، ލަޠީފާ ޢަލީ ޙަސަން (ލަޠީފާ އަލިފުޅު) ގެ ފަރާތުން އިޖްރާއީ
ނުކުތާއެއް ނަގައި އެނުތާއާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާކަން އެނގެން އޮވެއެވެ.
ދ.
(ކ) ހަތްވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާއަށް ބަލާއިރު
އެޤަޟިއްޔާއަކީ، މ. ކާރނޭޝަންގެ | ކ. މާލެ، ލަޠީފާ ޢަލީ ޙަސަން (ލަޠީފާ އަލިފުޅު) ގެ ނަމުގައި
ރަޖިސްޓްރީ ކޮށްފައިވާ ފްރީސިއާ އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހާ ޢިމާރާތާއި ވަޅުފަދަ ތަންތަން،
ލަޠީފާ އަލިފުޅު ބެލުމަށް ޝަރުތުކޮށް ރޯނުގެ | ކ. މާލެ، އަޙްމަދު އިސްމާޢީލްއަށް ދިނުމަށް ވެފައިވާ
އެއްބަސްވުމާ 30 މެއި 1996 ގެ ފަހުން، އައްމަދު އިސްމާޢީލްގެ ފަރާތުން ޚިލާފުވެފައިވާތީވެ މި
އެއްބަސްވުން ބާޠިލުކޮށްދިނުމަށާއި، މއ. ޕްރީސިއާ އެވެކިޔާ ގޯތީގައި ހ. ރޯނުގެ އަޙްމަދު އިސްމާޢީލް
ދިރިއުޅެ އެގޯތީގެ މަންފާ ޙާޞިލުކުރަމުންދަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 40 ވަނަ މާއްދާއާއި،
1/2002 (ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ކަނޑައެޅުމާއެކު، މއ. ފްރީސިއާ އެވެކިޔާ
ބަންޑާރަ ގޯތިން ރޯނުގެ އަޙްމަދު އިސްމާޢީލް ނެރެދިނުމަށް އެދި އަޙްމަދު އިސްމާޢީލްގެ މައްޗަށް
ދަޢުވާކޮށް، ލަޠީފާ ޢަލީ ޙަސަންގެ ފަރާތުން 15 މެއި 2016 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅުމުން
ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
ﷲ
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
2019HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މ. ކާރނޭޝަންގެ ލަޠީފާ ޢަލީ ޙަސަން (ލަޠީފާ އަލިފުޅު) ގެ މިލްކުގައިވާ
ފްރީސިއާ އެވެ
ކިޔާ ބަންޑާރަ ގޯތީގައިވާ ލަޠީފް އަލިފުޅުގެ މިލްކު ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަން ލަޠީފް އަލިފުޅު
މަރުދުވަހަށް ބެލުން ޝަރުތުކޮށް މ. ވާގަލި (ހ. ރޯނުގެ) އަޙްމަދު އިސްމާޢީލްއަށް ދިނުމަށް އެއްބަސްވެ ކޯޓު
ނަންބަރު 8 ގެ ނަންބަރު 8
/
80-JC/39 ޤަޟިއްޔާއިން ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަންބަރު -C
16
/
80-C!8 އެގްރީމަންޓަކީ 2016 ޑިސެންބަރު 28 ވަނަ ދުވަހުން ފެށިގެން ބާޠިލު ކުރެވިފައިވާ
އެގްރީމަންޓެއް ކަމުގައި ކަނޑައަޅައި މއ. ޕްރީސިއާ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ ލަޠީފް އަލިފުޅުގެ މިލްކު
ޢިމާރާތްތަކާއި ވަޅުފަދަތަންތަން ލަޠީފާ އަލިފުޅާ ޙަވާލުކުރުމަށް އަޙްމަދު އިސްމާޢީލްއަށް އަންގައި، 28
ޑިސެމްބަރ 2016 ވަނަ ދުވަހު، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާގައި ޙުކުމް
ކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(އ) އަށްވަނަ ކަމަކީ: އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތިން ސިވިލް ކޯޓުގެ ނަންބަރު
2016/Cv
-
C/984 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާ އެއްގޮތަށް، މއ. ފްރީސިއާ އެވެކިޔާ ގޭގައި އަޙްމަދު
އިސްމާޢީލްގެ ފަރާތުން ބައިތިއްބާފައިތިބި މީހުންނާއި ތަކެތި ނެރެ އެ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަން ލަޠީފާ ޢަލީ ޙަސަންއާއި ޙަވާލުކޮށްފައިނުވާތީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު
SC/2015
/
03 ސަރކިއުލާގެ ދަށުން، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާގައި
ކޮށްފައިވާ ޙުކުމް ތަންފީޛްކުރުމުގެ ގޮތުން، ސިވިލް ކޯޓުގެ އިސްނެގުމުގެ މަތިން އެކޯޓުގެ ނަންބަރު
2017/Cv
-
C/2975 ޙުކުމް ތަންފީޛު ކުރުމުގެ ޤަޟިއްޔާ، 22 އޮކްޓޯބަރ 2017 ވަނަ ދުވަހު
ބަލަންފެށިކަމާއި، 02 ޖުލައި 2018 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ފްރީސިއާ އެވެ
ކިޔާ ބަންޑާރަ ގޯތި ހުސްކޮށް، ލަޠީފާ ޢަލީ ޙަސަންއާއި ޙަވާލުކޮށް، އެކަން 7 (ހަތެއް) ދުވަހުގެ ތެރޭގައި
ސިވިލް ކޯޓަށް އެންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކޮށް 02 ޖުލައި 2018 ވަނަ
9އ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
11
2{19/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދުވަހު، ސިވިލް ކޯޓުގެ ނަންބަރު 2017/Cv-C/2975 ޤަޟިއްޔާގެ (ޙުކުމް ތަންފީޛު ކުރުމުގެ މައްސަލަ)
ދަށުން، ސިވިލް ކޯޓުގެ ނަންބަރު 2018
/
234/B5
-
CR
-
1
/
CA ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވާކަން
އެނގެން އޮވެއެވެ.
(ވ) ނުވަވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/984 ޤަޟިއްޔާގެ ޙުކުމް
ތަންފީޛު ކުރުމުގެ ގޮތުން، ސިވިލް ކޯޓުން ހިންގި އެކޯޓުގެ ނަންބަރު 2017/Cv
-
C/2975 ޤަޟިއްޔާގެ
ދަށުން 02 ޖުލައި 2018 ވަނަ ދުވަހު ނެރެނު، ސިވިލް ކޯޓުގެ ނަންބަރު 2018
/
234/B5
-
CR
-
1
/
CA
ކޯޓު އަމުރު، އަޙްމަދު އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ގޮތުން،
އިސްތިއުނާފް ފޯމު 15 ޖުލައި 2018 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމާއި، އަދި އެ
އިސްތިއުނާފް ފޯމު 30 ޖުލައި 2018 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާކަން އެނގެން
0 2
<
(މ) ދިހަވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2018
/
234/B5
-
CR
-
1
/
CA ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް އެދި އަޙްމަދު އިސްމާޢީލްގެ ފަރާތުން 30 ޖުލައި 2018 ދުވަހު، ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 248/HC
-
A/2018 ޤަޟިއްޔާގެ
ދަށުން، އެމައްސަލަ 12 އޮގަސްޓް 2018 ވަނަ ދުވަހު، ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާކަމާއި،
ބުނެވިދިޔަ ޤަޟިއްޔާ ހައިކޯޓުގައި ކުރިއަށް ދަނިކޮށް، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/984
ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި އަޙްމަދު އިސްމާޢީލްގެ ފަރާތުން 30 އޭޕްރިލް 2019 ވަނަ
ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާ ކަމާއި، އަދި 12 ޖޫން 2019 ވަނަ ދުވަހު އެމައްސަލަބެލި ފަނޑިޔާރުންގެ
މަޖިލީހުން، އެމައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނިންމުމާއި ގުޅިގެން، 23 ޖޫން 2019 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
12
2{19/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދުވަހު ހައިކޯޓަށް ހުށަހަޅައި 04 ޖުލައި 2019 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
355/HC
-
A/2019 ޤަޟިއްޔާގެ ދަށުން އެމައްސަލަ ރަޖިސްޓްރީ ކުރެވިފައިވާކަން އެނގެން އޮވެއެވެ.
(ށ) އެގާރަވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އިސްތިއުނާފު
ކުރުމުގެ ހުއްދައަށް އެދި އަޙްމަދު އިސްމާޢީލްގެ ފަރާތުން 30 އޭޕްރިލް 2019 ވަނަ ދުވަހު ހުށަހަޅާފައިވަނީ،
އެމައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު SC/2015
/
06 ސަރކިއުލަރގައި ބަޔާންކޮށްފައިވާ،
ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ
ދެސަރަޙައްދެއްގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ 10 ދުވަހުގެ
މުއްދަތު ހަމަވެފައިވާ މައްސަލައަކަށްވާތީކަން އެނގެން އޮންނަކަމާއި، ދަށު ކޯޓުން ނިންމާ ނިންމުމެއް ނުވަތަ
ނެރޭ އަމުރެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު
ފާއިތުވުމަށްފަހުވެސް، އެފަދަ މައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ހައިކޯޓުގެ ފަނޑިޔާރުންނަށް، ހައިކޯޓުގެ
ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން، ލިބިގެންވާކަމާއި، ނަމަވެސް އެއީ، މުޞްލަޤަށް ކޮންމެ ކޮންމެ
ސަބަބެއްގެ މައްޗަށް ހުޅުވާލެވިފައިވާ އިޚްތިޔާރެއްނޫންކަން އެ މާއްދާގެ ނައްޞައް ބެލުމުން އެނގޭކަމާއި،
އެގޮތުން އެމާއްދާއަށް ބެލުމުން އިސްތިއުނާވީ މުއްދަތު ހަމަވެފައިވާ މައްސަލައެއް ބަލައިގަނެވޭނީ، އަމިއްލަ
ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް މެދުވެރިވެ، އެކަން އެމަގުން ހިނގާފައިވާކަން ހައިކޯޓުގެ ފަނޑިޔާރުންނަށް
ކުރެވޭ މިންވަރަށް އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާބިތުކޮށްދޭ ޙާލަތުގައިކަން އެނގެން
4 22
ޤަބޫލުކުރެވެ
އޮންނަ އޮވެއެވެ.
(ދ) ބާރަވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އިސްތިއުނާފު
ކުރުމުގެ ހުއްދައަށް އެދި އަޙްމަދު އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ސިޓީގައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
13
2019/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބުނެވިދިޔަ ޤަޟިއްޔާ ޤާނޫނުގައި ކަނޑައަޅާފައިވާ އިސްތިއުނާވީ މުއްދަތުގައި ހުށަނޭޅުނު ސަބަބެއްގެ ގޮތުގައި
ބަޔާންކޮށްފައިވާ ސަބަބަކީ، އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދިފައިވާ ސިވިލް ކޯޓުގެ ނަންބަރު -Cv/984
2016/C ޤަޟިއްޔާގައި، ދަޢުވާ ރައްދުވި ފަރާތަކީ އަޙްމަދު އިސްމާޢީލް ކަމަށްވެފައި، އެޤަޟިއްޔާ އެކޯޓުގައި
ހިންގައި އަދި ޙުކުމް ކޮށްފައިވަނީ، އަޙްމަދު އިސްމާޢީލް ކޯޓަށް ހާޒިރުކުރުމަކާއިނުލައި، އަދި ކޯޓަށް މީހުން
ހާޒިކުރުމާބެހޭ ޤަވާޢިދާ ޚިލާފަށް، އަޙްމަދު އިސްމާޢީލްގެ ޣައިރު ޙާޟިރުގައި ކަމަށްވާތީ، އެމައްސަލައިގެ
މައުލޫމާތު އެފަރާތަށް އެނގިފައިނުވާތީކަމާއި، އަދި އެކަން އެނގުނުއިރު އިސްތިއުނާފު ކުރުމުގެ މުއްދަތު
ހަމަވެފައިވާތީ އިސްތިއުނާފް މުއްދަތުގައި ހުށަނޭޅުނީކަން އެސިޓީއަށް ބެލުމުން އެނގެން އޮންނަކަމާއި، އިސްވެ
ބުނެވިދިޔަ ގޮތުގެ މަތިން، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ
ހުއްދައަށް އެދި 30 އޭޕްރިލް 2019 ވަނަ ދުވަހު ހުށަހެޅި ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް، 12 ޖޫން
2019 ވަނަ ދުވަހު އެޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް އެ މައްސަލަ ބެލި ހައިކޯޓުގެ
ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/984 ޤަޟިއްޔާ
ނިންމާފައިވަނީ، އަޙްމަދު އިސްމާޢީލްގެ ޣައިރު ހާޒިރުގައި ކަމަށްވެފައި، އެޤަޟިއްޔާގެ މައުލޫމާތު އެފަރާތަށް
ލިބި
އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އަޙްމަދު އިސްމާޢީލްއަށް ލިބުނު ތާރީޚުން ފެށިގެން
ޤާނޫނުގައި ބުނާ 10 ދުވަހުގެ ތެރޭގައި، އެމައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާތީކަން 2019 ޖޫން
12 ވަނަ ދުވަހު ”އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތުގެ“ ރިޕޯޓުން
އެނގެން އޮވެއެވެ.
(ދ) ތޭރަވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އިސްތިއުނާފު
ކުރުމުގެ ހުއްދައަށް އެދި އަޙްމަދު އިސްމާޢީލްގެ ފަރާތުން ހުށަހެޅި ސަބަބުތަކާއި، އަދި އެސަބަބުތަކުގެ މައްޗަށް
ނަޒަރުކޮށް އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް ނިންމި ނިންމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
14
2019/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަޒަރަކުން ވިސްނާބަލާއިރު، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ
ހުއްދަ ދިނުމަށް ނިންމާފައިވާ ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2015
/
06
ސަރކިއުލަރގައި ބަޔާންކޮށްފައިވާ، ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ 10 ދުވަހުގެ މުއްދަތާއި އަދި މުއްދަތު
ގުނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ އާންމު ސިޓާއާއި ޚިލާފަށް، އަދި ޤާނޫނުގައި
ކަނޑައަޅާފައިވާ މުއްދަތު ހަމަވެފައިވާ މައްސަލަތައް ބަލައިގަތުމާގުޅޭ ގޮތުން، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ
މާއްދާގެ (ނ) ގެ ބަޔާންކޮށްފައިވާ އުޞޫލާ ތަޢާރުޒުވާގޮތަށް، ނިންމާފައިވާ ނިންމުމެއް ކަން އެނގެން
އޮންނަކަމާއި، އެގޮތުން،
(1) ދަށު ކޯޓުތަކުން ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤާނޫނުގައި
ކަނޑައަޅާފައިވާ މުއްދަތު ފާއިތުވުމަށް ފަހުވެސް، އެފަދަ މައްސަލައެއް ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ
މާއްދާގެ (ނ) ގެ ދަށުން ބަލައިގަނެވިދާނެކަމާއި، ނަމަވެސް އެފަދަ މައްސަލައެއް ބަލައިގަނެވޭނީ އަމިއްލަ ބާރު
ނުފޯރާފަދަ އެކަށީގެންވާ މަޤްބޫލު ސަބަބެއް މެދުވެރިވެގެން ކަމާއިގެ
ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ހިންގައި ޙުކުމްކޮށްފައިވަނީ، ހުއްދައަށް އެދޭ ފަރާތުގެ ޣައިރު
ހާޒިރުގައި ކަމަށް ވެފައި އަދި މައްސަލައިގެ މައުލޫމާތު އެނގޭ ހިސާބުންފެށިގެން، އެމައްސަލައެއް
އިސްތިއުނާފު ކުރުމުގެ މަސައްކަތްކޮށް އެމަގުން އަމަލުކޮށްފައިވާނަމަ، އެއީ ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ
މާއްދާގެ (ނ) ގައި ބުނާފަދަ، އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއްކަމުގައި ބެލެވޭނެކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/984 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ އެދި
އަޙްމަދު އިސްމާޢީލްގެ ފަރާތުން ހުށަހެޅި ސަބަބަކީ، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި
ބުނާފަދަ އަމިއްލަ ބާރު ނުފޯރާ ފަދަ މަޤްބޫލު ސަބަބެއްތޯ ބަލާއިރު، އަޙްމަދު އިސްމާޢީލްގެ ފަރާތުން ހުށަހެޅި
ސަބަބަކީ، އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާ އެކޯޓުގައި ހިންގައި އަދި ޙުކުމް ކޮށްފައިވަނީ، އަޙްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
15
2{19/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިސްމާޢީލް ކޯޓަށް ހާޒިރުކުރުމަކާއިނުލައި، އަދި ކޯޓަށް މީހުން ހާޒިކުރުމާބެހޭ ޤަވާޢިދާ ޚިލާފަށް، އަޙްމަދު
އިސްމާޢީލްގެ ޣައިރު ޙާޟިރުގައި ކަމަށްވާތީ، އެމައްސަލައިގެ މައުލޫމާތު އެފަރާތަށް އެނގިފައިނުވާތީކަމާއި،
އަދި އެކަން އެނގުނުއިރު އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެފައިވާތީ އިސްތިއުނާޕީ މުއްދަތުގައި
ހުށަނޭޅުނީކަން، އަޙްމަދު އިސްމާޢީލްގެ ފަރާތުން ހުށަހެޅި ސިޓީން އެނގެން އޮންނައިރު، ބުނެވިދިޔަ ސަބަބަކީ
ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާފަދަ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް
ބަލާއިރު
ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އެކޯޓުގައި ހިންގައި ޙުކުމް
ކޮށްފައިވަނީ، އަޙްމަދު އިސްމާޢީލްގެ ޣައިރު ހާޒިރުގައިކަމާއި، ބަހުޘްގެ ބޭނުމަށްޓަކައި، ސިވިލް ކޯޓުގެ
ނަންބަރު 2016/Cv-C/984 ޤަޟިއްޔާ އަޙްމަދު އިސްމާޢީލްގެ ޣައިރު ހާޒިރުގައި އެކޯޓުގައި ހިންގައި
ޙުކުމްކޮށްފައިވަނީ، އިޖްރާއަތާއި ޚިލާފަށް ނުވަތަ އިޖްރާއާތާ އެއްގޮތަށް ކަމުގައި ބެލިނަމަވެސް، އެމައްސަލައިގެ
މައުލޫމާތު އަޙްމަދު އިސްމާޢީލަށް އެނގޭ ހިސާބުން ފެށިގެން، އެމައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް
އެފަރާތުން ކުރަންޖެހޭނެކަމާއި، އެކަށީގެންވާ ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު އިސްތިއުނާފު ކުރުމުގެ
މަސައްކަތް ކުރުމަކީ، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) ގައި ބުނާފަދަ އަމިއްލަ ބާރު ނުފޯރާފަދަ
މަޤްބޫލު ސަބަބެއްކަމުގައި ނުބެލެވޭނެކަމާއިގެ
އިސްތިއުނާފު ކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އެކޯޓަށް
ހުށަހަޅާފައިވަނީ، 15 މެއި 2016 ވަނަ ދުވަހުކަމާއި، އަދި އެމައްސަލައިގައި ޙުކުމްކޮށްފައިވަނީ 28
ޑިސެމްބަރ 2016 ވަނަ ދުވަހުކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ،
އެކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން ފަށާފައިވަނީ، 22 އޮކްޓޯބަރ 2017 ވަނަ ދުވަހުކަމާއި، އަދި ޙުކުމް
ތަންފީޛު ކުރުމުގެ ގޮތުން ހިންގުނު އެކޯޓުގެ ނަންބަރު 2017/Cv
-
C/2975 ޤަޟިއްޔާގެ ދަށުން، 02
2 20
އިކާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
16
2019/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2
ޖުލައި 2018 ވަނަ ދުވަހު ނަންބަރު 2018
/
234/B5
-
CR
-
1
/
CA ކޯޓު އަމުރު އެކޯޓުން ނެރެފައިވާކަމާއި،
ބުނެވިދިޔަ އަމުރު އަޙްމަދު އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ގޮތުން،
އިސްތިއުނާފް ފޯމު 15 ޖުލައި 2018 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމާއި، އަދި އެ
އިސްތިއުނާފް ފޯމު 30 ޖުލައި 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި، ހައިކޯޓުގެ ނަންބަރު
248/HC
-
A/2018 ޤަޟިއްޔާގެ ދަށުން، އެމައްސަލަ 12 އޮގަސްޓް 2018 ވަނަ ދުވަހު، ހައިކޯޓުގައި
ރަޖިސްޓްރީ ކުރެވި އަދި ދަށު ކޯޓުން ނެރެފައިވާ އަމުރު ބާޠިލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް
ނެތްކަމަށް ކަނޑައަޅައި، 2019 މެއި 8 ވަނަ ދުވަހު ހައިކޯޓުގެ ނަންބަރު 248/HC
-
A/2018 ޤަޟިއްޔާގެ
ޙުކުމްކޮށްފައިވާކަން އެނގެން އޮންނަކަމާއި
ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ ނިމުނު ތާރީޚުކަމުގައިވާ 28
ޑިސެމްބަރ 2017 ވަނަ ދުވަހުން ފެށިގެން، އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން
ހިންގުނު ނަންބަރު 2017/Cv
-
C/2975 ޤަޟިއްޔާގެ ދަށުން، 02 ޖުލައި 2018 ވަނަ ދުވަހު ސިވިލް
ކޯޓުން ނެރުނު އެކޯޓުގެ ނަންބަރު 2018
/
234/B5
-
CR
-
1
/
CA ކޯޓު އަމުރު، އަޙްމަދު އިސްމާޢީލްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ގޮތުން، އިސްތިއުނާފް ފޯމު ހުށަހެޅި ދުވަސް
ކަމުގައިވާ 15 ޖުލައި 2018 ވަނަ ދުވަހުގެ ނިޔަލަށް، (28 ޑިސެމްބަރ 2016 ވަނަ ދުވަހުން ފެށިގެން
15 ޖުލައި 2018 ވަނަ ދުވަހުގެ ނިޔަލަށް) ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާއާއި
މައުލޫމާތު، އަޙްމަދު އިސްމާޢީލުއަށް ލިބިފައިނުވުން އެކަށީގެންވާކަމާއި، ނަމަވެސް 12 ޖުލައި 2018
ވަނަ ދުވަހުން ފެށިގެން އެޤަޟިއްޔާގެ މައުލޫމާތު އަޙްމަދު އިސްމާޢީލަށް ލިބިފައިވާކަން ޝަރީޢަތުން ބެލި
ބެލުމުން އެނގެން އޮންނަކަމާއި؛
އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގެ ޖުމްލަ 2 (ދޭއް) ރިޕޯޓެއް އަޙްމަދު އިސްމާޢީލްގެ ފަރާތުން ނަގާފައިވާކަމާއި، 02 ޖުލައި 2018
2 2
ދިވެހިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
17
2{19/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަނަ ދުވަހު ސިވިލް ކޯޓުން ނެރުނު އެކޯޓުގެ ނަންބަރު 2018
/
234/B5
-
CR
-
1
/
CA ކޯޓު އަމުރު،
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ގޮތުން، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު
2016/Cv
-
C/984 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު 2018 ޖުލައި 12 ވަނަ ދުވަހު އަޙްމަދު
އިސްމާޢީލުގެ ފަރާތުން ނަގާފައިވާކަން، މި މައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ބެލުމުން
އެނގެން އޮންނަކަމާއި، އަދި މީގެ އިތުރުން:
30 އޭޕްރީލް 2019 ވަނަ ދުވަހު، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/984 ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް އަޙްމަދު އިސްމާޢީލް ހުށަހެޅި ފޯމާއެކު ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރު
2016/Cv-C/984 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ކޮޕީއަކީ، ސިވިލް ކޯޓުގެ ނަންބަރު
2016/Cv
-
C/984 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް އެދި 18 އޭޕްރިލް 2019 ވަނަ
ދުވަހު އަޙްމަދު އިސްމާޢީލުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެކޯޓުން ތައްޔާރުކޮށްފައިވާ
ކުރުކޮށްފައިވާ ރިޕޯޓުގެ
ކޮޕީއެއްކަން އެރިޕޯޓަށް ބެލުމުން އެނގެން އޮންނަކާއި، ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/984
ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި 30 އޭޕްރިލް 2019 ވަނަ ދުވަހު ހުށަހެޅި ސަބަބުތަކުގެ
މައްޗަށް ރިއާޔަތްކޮށް، 12 ޖޫން 2019 ވަނަ ދުވަހު އެޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް
ނިންމައި އެކަން އަޙްމަދު އިސްމާޢީލްއަށް އެންގުމުން، އެމައްސަލަ އިސްތިއުނާފުކުރުމަށް 23 ޖޫން 2019
ވަނަ ދުވަހު ހުށަހެޅި ލިޔެކިޔުންތަކާއެކު ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/984
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަކީ 2018 ޖުލައި 12 ވަނަ ދުވަހު އަޙްމަދު އިސްމާޢީލުގެ
ފަރާތުން ނަގާފައިވާ ރިޕޯޓެއްކަން އެނގެން އޮންނައިރު، އަޙްމަދު އިސްމާޢީލްގެ ފަރާތުން އެގޮތަށް ޢަމަލުކުރުމުގެ
ބޭނުމަކީ، އޮޅުވާލުމެއްގެ ތެރެއިން ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އިސްތިއުނާފު
ކުރުމުގެ ހުއްދަ ހޯދުމަށް މަސައްކަތްކުރުންކަން ނޫނީ ނުބެލެވޭނެކަމާއިގެ
ކުރިން އިސްވެ ބަޔާންކުރި ފަދައިން ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/984
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
18
2{19/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި އަޙްމަދު އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވަނީ 30 އޭޕްރިލް 2019 ވަނަ ދުވަހުކަމާއި، 12 ޖުލައި 2018 އިން ފެށިގެން، (ސިވިލް ކޯޓުގެ
ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ފުރަތަމަ ނެގީ ތާރީޚު)
އިސްތިއުނާފަށް ހުށަހެޅި ދުވަހާ ދެމެދު ފާއިތުވި ގާތްގަނޑަކަށް 10 މަސް ދުވަހުގެ ތެރޭގައި، ސިވިލް ކޯޓުގެ
ނަންބަރު 2016/Cv-C/984 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކޮށްފައިނުވާކަމާއި، 10
(ދިހައެއް) މަސް ދުވަހުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު SC/2015
/
06 ސަރކިއުލަރގެ
ކުރިން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) ގެ 1
ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އޮންނަ 90 (ނުވަދިހަ) ދުވަހަށް
ވުރެވެސް ދިގުމުއްދަތެއްކަމާއި؟
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ
ހުއްދައަށް އެދި އަޙްމަދު އިސްމާޢީލްގެ ފަރާތުން ހުށަހެޅި ސަބަބަކީ، ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ
(ނ) ގައި ބުނާފަދަ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއްކަމުގައި ބެލެވެން ނެތްކަން އެނގެން
އޮންނަކަމާއިގެ
(2) ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/984 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް
އެދި ހުށަހެޅި ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް، އެޤާޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދަ ދިނުމަށް
ހައިކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ
ނިންމާފައިވަނީ، އަޙްމަދު އިސްމާޢީލްގެ ޣައިރު ހާޒިރުގައި ކަމަށްވެފައި، އެޤަޟިއްޔާގެ މައުލޫމާތު އެފަރާތަށް
ލިބި އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އަޙްމަދު އިސްމާޢީލްއަށް ލިބުނު ތާރީޚުން ފެށިގެން
ޤާނޫނުގައި ބުނާ 10 ދުވަހުގެ ތެރޭގައި، އެމައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާތީކަމައި، އެކަމުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
19
2{19/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު SC:2015
:
06 ސަރކިއުލަރގައި ބަޔާންކޮށްފައިވާގޮތުން،
ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ
ދެސަރަޙައްދެއްގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވަނީ 10 ދުވަހުގެ
މުއްދަތެއްކަމާއި، އަދި 10 ދުވަހެ މުއްދަތު ގުނުމާ ގުޅޭގޮތުން، އެކޯޓުގެ ނަންބަރު 2015/03 ޢާއްމު
ސިޓީގައިވާ ގޮތުން 10 ދުވަހުގެ މުއްދަތު ގުނަނީ ފުރަތަމަ މަރުހަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި
މުއްދަތު ހަމަވާ ދުވަހާއި އެދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށްކަމާއި، އެއްވެސް
ހާލެއްގައި 10 ދުވަހުގެ މުއްދަތު ގުނާނީ މައްސަލައިގެ ރިޕޯޓު ލިބޭތާ 10 ދުވަހުގެ ތެރޭގައި ނޫންކަމާއި؛
ދަށު ކޯޓުން ނިންމާ މައްސަލައެއްގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުނު ނުވަތަ ނުލިބުނު
ކަމުގައި ވީނަމަވެސް އިސްވެ ބުނެވިދިޔަ ގޮތުގެ މަތިން، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް އެދި
ހުށަހަޅަންޖެހޭނެކަމާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބުނަސް މައްސަލަ ނިމުމާއެކު، އިސްތިއުނާފް
ފޯމުގައި ފުރަންޖެހޭ އަސާސީ މައުލޫމާތުތައް ފުރިހަމަ ކުރުމަށްފަހު، އިސްތިއުނާފް ނުކުތާތަކާއި އަދި އޭގެ
ތަފްޞީލު ނުލިޔުނުކަމުގައި ވީނަމަވެސް، އެމައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ގަންނަމުން
އަންނަކަމާއި، އަދި މައްސަލައިގެ ރިޕޯޓު ލިބުމުން އިސްތިއުނާފް ނުކުތާތަކާއި އޭގެ ތަފްޞީލު ލިޔުމަށް
ފުރުޞަތު ދޭކަމާއި، 10 ދުވަހުގެ ތެރޭގައި ރިޕޯޓު ނުލިބޭ މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި
ދައުލަތުންވެސް އަމަލު ކުރަމުން އަންނަނީ މިފަދައިންކަމާއި؛
ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާގެ ރިޕޯޓު ލިބުނު ތާރީޚުން ފެށިގެން 10
ދުވަހުގެ ތެރޭގައި އެމައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާތީ، އެކަމުގެ މައްޗަށް
ބިނާކޮށް މައްސަލަ ބަލައިގަތުމަށް ފަނޑިޔާރުން ނިންމާފައިވަނީ، އެ މައްސަލައިގެ ޙުކުމް ކޮށްފައިވަނީ،
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ފަރާތުގެ ޣައިރު ހާޒިރުގައި ކަމަށްވެފައި، މައްސަލައިގެ
މައުލޫމާތު ލިބުނީ އެމައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުނު ތާރީޚުން ފަށައިގެންކަމަށް ބަލައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2019/HC-A/355
އޭގެ ފަހުން 10 ދުވަހު މުއްދަތު ގުނައިގެން ކަމުގައި ބެލިނަމަވެސް، ކުރިންވެސް ބަޔާން ކުރެވުނު ފަދައިން،
ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު 12 ޖުލައި
2018 ވަނަ ދުވަހު އަޙްމަދު އިސްމާޢީލްގެ ފަރާތުން ނަގާފައިވާކަން އެނގެން އޮންނަކަމާއިގެ
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ
ހުއްދަ ދިނުމަށް ނިންމި ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު SC/2015
/
06
ސަރކިއުލަރއާއި އެކޯޓުގެ ނަންބަރު 2015/05 ޢާއްމު ސިޓީއާއި އަދި ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ
މާއްދާގެ (ނ) އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން އެނގެން އޮވެއެވެ.
(ވ) ސާދަވަނަ ކަމަކީ: އިސްވެ ފާހަގަކުރި ކަންތައްތަކާއި އަދި ބުނެވިދިޔަ ސަބަބުތައް އެފަދައިން
ހުރުމުން، ޝަރީޢަތުން ދެކެނީ މިމައްސަލައަކީ، މައުޟޫގޮތުން ކުރިއަށް ގެންދެވި މައްސަލައިގެ މައުޟޫއާގުޅޭ
ގޮތުން ޙުކުމެއް ކުރެވޭނޭ މައްސަލައެއް ނޫންކަމާއި، ސަބަބަކީ، މައްސަލައިގައި މައުޟޫއީގޮތުން ވާހަކަދައްކައި،
ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫއުގެ މައްޗަށް ޙުކުމްކޮށްފި ކަމުގައި ވަނީނަމަ، އެކަމަކީ، އެކި
ކަންކަމާގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކާއި ފުށުއަރާ އަދި ޝަރީޢަތުގެ ބޭނުން ނަހަމަ
ގޮތުގައި ހިފުމަށް ހުޅުވާލެވޭ ދޮރެއްކަމާއި،
އިސްތިއުނާފަށް ނުވަތަ އިލްތިމާސަށް ހުށަހެޅޭ މައްސަލައެއް ކޯޓަށް ބަލައިގަތުމުގައި، އެކަމަށް
ކަނޑައެޅިފައިވާ ޤާނޫނާއި އިޖުރާއަތުގެ ބޭރުން ކަމެއް ހިނގާފައިވާނަމަ، އެމައްސަލެއް ޝަރީޢަތުން ބެލުމުގައި
މައްސަލައިގެ މަޢުޟޫއާމެދު ވާހަކަ ދެކެވި ގޮތެއް ނިންމުގެ ބަދަލުގައި، އެ މައްސަލައެއް ކޯޓަށް
ބަލައިގަތްގަތުމާދެ ގޮތެއް ކަނޑައަޅައި ނިންމިދާނެކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު -SC/2018
52/A ޤަޟިއްޔާއަށް ބެލުމުން އެނގެން އޮންނަކަމާއި، އެގޮތުން؟
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ބަލާއިރު
2018/SC-A/52
ޤަޟިއްޔާއަށް
/ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2019/HC-A/355
އެޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 197/HC-A/2012 ޤަޟިއްޔާ އެ ކޯޓުން ބަލައިގަނެ،
ސުޕްރީމް ކޯޓުގެ ނަންބަރު 54/SC
-
A/2014 ޤަޟިއްޔާގެ ދަށުން ނިންމި ނިންމުމަކީ، ހައިކޯޓުގެ ޙުކުމެއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މުއްދަތާ ޚިލާފަށް، އެ މައްސަލަ
ސުޕްރީމް ކޯޓުން ބަލައިގަނެ ފައިޞަލާކުރަނިވި ޙުކުމެއް ކުރައްވާފައިވާތީ، އެ ޙުކުމް ރިވިއު ކޮށްދިނުމަށް އެދި
މ. ނިޔަދުރު އަޙްމަދު ނާޝިމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެއްކަމާއި،
0
<< O
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 52/SC
-
A/2014 ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ
ޙުކުމް ރިވިއުކޮށް ދިނުން އެދި މ.ނިޔަދުރު : މާލެ، އަޙްމަދު ނާޝިމްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ގޮތުން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 197/HC
-
A/2012 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ހުއްދައަށް
އެދި ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވެ
އެތައް ދުވަހެއް ފާއިތުވީ ފަހުން، އަދި މަޤުބޫލު އުޒުރެއް ބަޔާންކުރުމަކާވެސް ނުލައިކަމަށް ބުނެ ހުށަހެޅި
ނުކުތާއަށް ބަލައި، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމުގައި
އެކަށީގެންވާ މުއްދަތައްވުރެ ދިގު މުއްދަތެއް ފާއިތުވިކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
197/HC
-
A/2012 ޤަޟިއްޔާ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަދީ، އެ ޤަޟިއްޔާގެ އިސްތިއުނާފު
ސުޕްރީމް ކޯޓުގެ ނަންބަރު 52/SC
-
A/2014 ޤަޟިއްޔާއިން ބަލައި ކޮށްފައިވާ ޙުކުމް، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 52/SC
-
A/2018 ޤަޟިއްޔާއިން ބާޠިލުކޮށްފައިވާކަން އެނގެން އޮވެއެވެ.
<< O
ސިވިލް ކޯޓުގެ
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި
ހިތިލާގެ، އަޙްމަދު
"42
ކައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
22
2{19/HC-A/355
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިސްމާޢީލްގެ ފަރާތުން ހުށަހެޅި ސަބަބުތަކުގެ ރިޢާޔަތްކޮށް، އެ މައްސަލަ ބަލައިގަތުމަށް ނިންމި ނިންމުމަކީ،
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު SC/2015
/
06 ސަރކިއުލަރއާއި އެކޯޓުގެ ނަންބަރު 2015/03
ޢާއްމު ސިޓީއާއި އަދި ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށް ނިންމާފައިވާ
ނިންމުމެއްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށްވެސް
4 2 22 0 2 04
އަވަވަންވާ"
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ
މަތިން ހުރުމުން،
ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި އަޙްމަދު
އިސްމާޢީލްގެ ފަރާތުން ހުށަހެޅި ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ މައްސަލަ ބަލައިގަތުމަށް ނިންމި
ނިންމުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC:2015
:
06 ސަރކިއުލަރއާއި އެކޯޓުގެ ނަންބަރު
2015/05 ޢާއްމު ސިޓީއާއި އަދި ހައިކޯޓުގެ ޤަވާޢިދުގެ 29 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށް ނިންމާފައިވާ
ނިންމުމެއް ކަމުގައިވާތީ، ހައިކޯޓުގެ މިޤަޟިއްޔާ ކުރިއަށް ގެންގޮސް މައްސަލައިގެ މަޢުޟޫއާމެދު ގޮތެއް
ކަނޑައަޅައި ފައިޞަލާކުރަނިވި ޙުކުމެއް އިއްވުމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމެއްކަން
މއ. ހިތިލާގެ، އަޙްމަދު އިސްމާޢީލްގެ ފަރާތުން އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅި،
ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/984 މި ޤަޟިއްޔާއަކީ، މިކޯޓުން ބަލައި މައްސަލައިގެ މަޢުޟޫއާމެދު
ފައިޞަލާކުރަނިވި ޙުކުމެއް ކަނޑައެޅޭނެ މައްސަލައެއް ނޫންކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ
ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އެނގެން އޮންނާތީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv