ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/176 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/176
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 176/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ރަޝީދު
ކާޑު ނަންބަރު: A010929
ދާއިމީ އެޑްރެސް
. ފްރީވިންޑްއާގެ / ކ.މާލެ
މިހާރުގެ އެޑްރެސް: ފ. ފްރިވިންޑްއާގެ / ކ.މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޢާއިޝަތު ވަޙީދާ
އައިޑީ ކާޑު ނަންބަރު: A130932
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 3141 | ކ.މާލެ
މިހާރުގެ އެޑްރެސް:
ކޫލްސްޓޯން | ކ.މާލެ
• ރަޖިސްޓްރީ ތާރީޚް: 03 ރަމަޟާން 1435
30 ޖޫން 2014
ނިމުނު ތާރީޚް: 19 ޝައްވާލު 1437
24 ޖުލައި 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު
2010/MC
/
2010
)
826
/
Cv
-
C/1733) ޤަޟިއްޔާ
ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ތަރިކަ
• ހުށަހެޅި ތާރީޚް: 08.07.2010
' ނިމުނު ތާރީޚް: 23.04.2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާ.ޢަބްދު
ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
0
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 29(332
:، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2014/HC-A/176
ދަޢުވާގެ ޚުލާޞާ
ދ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/826 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ. ފްރީވިންޑްއާގެ މުޙައްމަދު ރަޝީދު ގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 3141، ޢާއިޝަތު ވަޙީދާއެވެ.
cc
• ފާހަގަކުރެވުނު ނުކުތާތައް
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/826 ޤަޟިއްޔާއަކީ،
ފްރީވިންޑްއާގެ / ކ.މާލެ، އަލްމަރުޙޫމާ ޖަމީލާ ޙުސައިން ގެ ތަރިކަ ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށްޓަކައި އެ
މަރްޙޫމާގެ ބައްޕައާ އެއްބަނޑު އެއްބަފާ ފިރިހެނެއްގެ ފިރިހެންދަރީގެ އަންހެންދަރި ދަފްތަރު ނަންބަރު 3141
ކ. މާލެ، ޢާއިޝަތު ވަޙީދާ ހުށަހެޅުމުން ބެއްލެވި މައްސަލައެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، ފްރީވިންޑްއާގެ / މާލެ އަލްމަރުޙޫމާ ޖަމީލާ
ޙުސައިން (ދ.ރ ކާޑް ނަންބަރު:A065643) ގެ ތަރިކަ ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށްޓަކައި އެ
މަރުޙޫމާގެ ބައްޕައާ އެއްބަނޑު އެއްބަފާ ފިރިހެނެއްގެ ފިރިހެންދަރީގެ އަންހެންދަރި ދަފްރަތު ނަންބަރު:3141
މާލެ (މއ.ކޯލްސްޓޯން / މާލެ) ޢާއިޝަތު ވަޙީދާ (ދ.ރ ކާޑް ނަންބަރު: A130932) މައްސަލަ ހުށަހަޅާފައި
ވާކަމާއި؛
އަލްމަރުޙޫމާ ޖަމީލާ ޙުސައިން 24 ނޮވެމްބަރު 2009 ގައި ނިޔާވެފައިވާކަން މިނިސްޓްރީ އޮފް
ހެލްތު އެންޑް ފެމިލީގެ ނަންބަރު:016336 މަރުސާބިތުކުރި ލިޔުމުން އެނގެން އޮންނަކަމާއިގެ
އަލްމަރުޙޫމާ ޖަމީލާ ޙުސައިން ނިޔާވިއިރު އެމަރުޙޫމާގެ މަންމައެއް، ބައްޕައެއް، ކާފައެއް،
ފިރިއެއް، ދަރިއެއް ދުނިޔޭގައި ނެތްކަމާއި، އެ މަރުޙޫމާ ނިޔައުވިއިރު ވާރިޘުއްގެ ގޮތުގައި ދުނިޔޭގައިހުރީ
އެމަރުޙޫމާގެ ބައްޕަ ޙުސައިން އާ އެއްބަނޑު އެއްބަފާ ހަސަންގެ ފިރިހެންދަރިއެއް ކަމުގައިވާ
މ.މ ދަފްތަރު
2224 (ތ.ހިރިލަންދޫ | ރޯޝަނީގެ އަލްމަރުޙޫމް ޢަބްދުއްރަޙްމާން ޙަސަން (ދ.ރ ކާޑް ނަންބަރު:A104529)
އެކަނިކަން ހެކީންގެގޮތުގައި ހެކިބަސްދީފައިވާ ތ.ހިރިލަންދޫ { ފަރިޔާދުގުލްޝަން އާދަމް ޙުސައިންފުޅު އާއި،
ހިރިލަންދޫ / ހަނދުވަރީގެ ޢަލީ މުޙައްމަދުގެ ބަހުން އެނގެން އޮންނަކަމާއިގެ
{
#
8 6
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
2014/HC-A/176
1)
14
99/HC-A/106
4
ގެ
އަލްމަރުޙޫމާ ޖަމީލާ ޙުސައިންގެ ތަރިކައިގެ ގޮތުގައިހުރީ އެ މަރުޙޫމާގެ ނަމުގައިވާ
ފްރީވިންޑްއާގެ (ރަޖިސްޓްރީ ނަންބަރު: ބ.9559) އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި،
ވަޅުފަދަ ތަންތަންކަން މައްސަލަ ހުށަހެޅި ޢާއިޝަތު ވަޙީދާ ގެ ބަހުންނާއި، ފްރީވިންޑްއާގެ ޢިމާރާތާއި ގޯތީގެ
ރަޖިސްޓްރީން އެނގެން އޮންނަކަމާއި؛
މި މައްސަލަ ހުށަހަޅައި ހިނގަމުން ދަނިކޮށް، މިމައްސަލައިގެ ތެރެއަށް ޕްރީވިންޑްއާގެ
މާލެ މުޙައްމަދު ރަޝީދު (ދ.ރ ކާޑް ނަންބަރު: A010929} ތަދައްޚުލުވުމަށް ފޯމް ހުށަހަޅައި، ކޯޓްނަންބަރު 4
ގެ ނަންބަރު:4
/
94-
JC/428 ޤަޟިއްޔާގައި ޖަމީލާ ޙުސައިން ގެ ނަމުގައިވާ ހ.ފްރީވިންޑްއާގެ އެވެކިޔާ ބަންޑާރަ
ގޯތީގައިވާ ޖަމީލާ ޙުސައިން ގެ މިލްކު އެންމެހައި ޢިމާރާތްތަކާއި ތަންތަނާއި ތަކެތި ޖަމީލާ ޙުސައިން
ނިޔާވުމަށްފަހު މުޙައްމަދު ރަޝީދު އަށް މިލްކުކޮށްދިނުމަށް ވަޞިއްޔަތް ކޮށްފައިވާކަމުގައި ބުނެފައި ވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:
ޤަޟިއްޔާއިން ކޯޓުނަންބަރު
ނަންބަރު: 4
/
94-JC/428 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށްފައި ވާކަން ސާފުކޮށް އެނގެން
އޮންނާތީ، ބުނެވިދިޔަ ވަޞިއްޔަތް ދެމިއޮތްކަމަށް ބަލައިގެން މުޙައްމަދު ރަޝީދު މި ޤަޟިއްޔާގެ ތެރެއަށް
ތަދައްޚުލްވެ ފަރުވާއެއް ލިބިދޭންޖެހޭފަދަ ކަމެއް އޮތްކަމަށް ނުފެންނާތީ، މުޙައްމަދު ރަޝީދުއަށް މި ޤަޟިއްޔާގެ
ތެރެއަށް ތަދައްޚުލް ވުމުގެ ފުރުޞަތު ނެތްކަމުގައި 31 މާރިޗު 2014 ވަނަ ދުވަހު މި ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލިހުން ކަނޑައަޅާފައި ވާކަން އެނގެން އޮންނަކަމާއިގެ
އަލްމަރުޙޫމާ ޖަމީލާ ޙުސައިން ނިޔާވިއިރު އެމަރުޙޫމާގެ ހަމައެކަނި ވާރިޘުއްގެ ގޮތުގައި
ދުނިޔޭގައި ހުރީ މ.މ ދަފްތަރު 2224 (ތ.ހިރިލަންދޫ | ރޯޝަނީގެ) އަލްމަރުޙޫމް ޢަބްދުއްރަޙްމާން ޙަސަން
ކަމަށްވެފައި، އަލްމަރުޙޫމް ޢަބްދުއްރަޙްމާން ޙަސަން 16 މެއި 2010 ވަނަ ދުވަހު ނިޔާވެފައިވާކަން މިނިސްޓްރީ
އޮފް ހެލްތުގެ ނަންބަރު: 11444 މަރުސާބިތުކުރި ލިޔުމުން އެނގެން އޮންނަކަމާއި، އަލްމަރުޙޫމް
ޢަބްދުއްރަޙްމާން ޙަސަންގެ ތަރިކަ ބަހާފައި ނުވާކަން މިމައްސަލަ ހުށަހެޅި އަލްމަރުޙޫމް ޢަބްދުއްރަޙްމާން ޙަސަންގެ
އުފަންދަރި ޢާއިޝަތު ވަޙީދާގެ ބަހުން އެނގެން އޮންނާތީގެ
އަލްމަރުޙޫމާ ޖަމީލާ ޙުސައިންގެ ތަރިކައިގެ ގޮތުގައިވާ ފްރީވިންޑްއާގެ (ރަޖިސްޓްރީ
ނަންބަރު: ބ.9559) އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި، ވަޅުފަދަ ތަންތަން ފަރާއިޝްގެ
ހަމަތަކުގެ މަތީން އަލްމަރުޙޫމާ ޖަމީލާ ޙުސައިން ނިޔައުވިއިރު އެމަރުޙޫމާގެ ހަމައެކަނި ވާރިޘުއްގެ ގޮތުގައި
ދުނިޔޭގައި ހުރި މ.މ ދަފްތަރު 2224 (ތ.ހިރިލަންދޫ | ރޯޝަނީގެ) އަލްމަރުޙޫމް ޢަބްދުއްރަޙްމާން ޙަސަން ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2014/HC-A/176
ތަރިކައިގެ ތެރޭގައި ހިމެނިގެންވާކަމުގައި ކަނޑައަޅައި...." ޙުކުމް ކުރައްވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
52 ބ
2) ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/826 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ. މާލެ | ހ. ފްރީވިންޑްއާގެ މުޙައްމަދު ރަޝީދު ގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
cu.
• ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފްކުރެވިފައިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ޢާއިޝަތު
ވަޙީދާއަކީ، އިސްތިއުނާފްކުރެވިފައިވާ މައްސަލަ ހުށަހެޅުމުގެ އެއްވެސް ހައިސިއްޔަތެއް، ޝަރްޢީ ހަމަތަކުގެ
މަތިން ނެތް މީހަކަށްވާއިރުވެސް، އަދި ޢާއިޝަތު ވަޙީދާ މައްސަލަ ހުށަހެޅި ހައިސިއްޔަތަކީ ކޮބައިކަން އެއްވެސް
ވަރަކަށް ބެއްލެވުމެއް ނެތި މިމައްސަލަ ސިވިލް ކޯޓުގައި ބައްލަވައި، ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
• ދެވަނަ ނުކުތާއަކީ، އަލްމަރްޙޫމާ ޖަމީލާ ޙުސައިންގެ ތަރިކައިގެ މައްސަލައިގައި މުޙައްމަދު
ރަޝީދުގެ މަޞްލަޙަތެއް ހިމެނޭތީ، އެމައްސަލައަށް ތަދައްޚުލުވުމަށް މުޙައްމަދު ރަޝީދު އެދިފައި ވަނިކޮށް،
މުޙައްމަދު ރަޝީދަށް އެމައްސަލައިގެ ތެރެއަށް ތަދައްޚުލު ނުވެވޭނެކަމަށާއި، މުހައްމަދު ރަޝީދުގެ ޙައްޤެއް
އެމައްސަލައިގައި ހިމެނިގެންނުވާކަމަށް ކަނޑައެޅުއްވުމަށްޓަކައި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
106/HC-A/99 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޙުކުމް ރަނގަޅަށް މާނަ ނުކުރެވިއޮތުމުގެ ސަބަބުން ޤާނޫނީ
ގޮތުން އޮޅުންތަކެއް ހުރުން، އަދި އެޙުކުމް މާނަ ކުރެއްވުމުގެ ސަބަބުން މުޙައްމަދު ރަޝީދުގެ
ޙައްޤުތަކަށް އުނިކަން ލިބިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ތިންވަނަ ނުކުތާއަކީ، އިސްތިއުނާފްކުރެވިފައިމިވާ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގެ 4.4 އާއި 4.5 ގައި، އަލްމަރްޙޫމާ ޖަމީލާ ޙުސައިންގެ ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮވެގެން
ހުށަހަޅަން އޮންނަ މުއްދަތުގައި، އެކަން މުޙައްމަދު ރަޝީދުގެ ފަރާތުން ވާރިޘުންގެ ސަމާލުކަމަށް
ގެނެސްފައިނުވާކަމަށް ފާހަގަ ކުރައްވާފައިވާއިރު، އެކަމާ ގުޅޭ ގޮތުން މުޙައްމަދު ރަޝީދުގެ ފަރާތުން އަޅާފައިވާ
ފިޔަވަޅުތަކަށާއި، ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) މާނަ ކުރެއްވުމުގަ
ޤާނޫނު
ހ6432
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2014/HC-A/176
4.5
ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކަށް
ރިޢާޔަތް ކުރައްވާފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ
• ހަތަރުވަނަ ނުކުތާއަކީ: އަލްމަރްޙޫމާ ޖަމީލާ ޙުސައިން ނިޔާވި ތާރީޚަކީ 24 ނޮވެމްބަރު
2009 ކަން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން ދޫކޮށްފައިވާ މަރު ސާބިތުކުރި ލިޔުމުން އެނގޭއިރު،
އަލްމަރްޙޫމާ ޖަމީލާ ޙުސައިން ނިޔާވި ތާރީޚަކީ 24 ނޮވެމްބަރު 2006 ކަމުގައި ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގެ
ވަނަ
ނުކުތާގައި ފާހަގަކުރައްވާފައިވުމާއި،
ސިވިލް ކޯޓުގެ
ނަންބަރު
2010/MC
/
2010
)
826
/
Cv
-
C/1733) ޤަޟިއްޔާގެ ތެރެއަށް ތަދައްޚުލުވުމަށް މުޙައްމަދު ރަޝީދުގެ
ފަރާތުން ހުށަހަޅާފައިވަނީ 18 ޖުލައި 2007 ތާރީޚުގައި ކަން، "ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައެއްގެ
ތެރެއަށް ވަނުމަށް ނުވަތަ ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައެއްގައި ދަޢުވާ ކުރުމަށްއެދޭ ފޯމް"
އެނގޭއިރު، ދެންނެވުނު ޤަޟިއްޔާގެ ތެރެއަށް ތަދައްޚުލުވުމަށް ހުށަހެޅިފައިވާ ތާރީޚަކީ 19 ޖުލައި 2007
ކަމުގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4.5 ވަނަ ނުކުތާގައި ފާހަގަކުރައްވާފައިވާކަމާއި، އަދި މި
މައްސަލައިގެ ތާރީޚްތަކަކީ މައްސަލައިގެ ސީދާ މަޢުޟޫޢުއާ ގުޅުންހުރި ކަންތައްތަކެއް ކަމުގައިވާއިރު، ތާރީޚްތައް
ފާހަގަކުރުމުގައި އޮޅުންތަކެއް ހުރުމުން މުޅި މައްސަލައިގެ އިންސާފު ޤާއިމުކުރެވިފައިވާކަމާ މެދު ސުވާލު
އުފެދޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
8
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/826 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފްކުރެވޭ މި މައްސަލާގެ ކަންހިނގާދިޔަގޮތަށް ބަލާއިރު
އަލްމަރުޙޫމާ ޖަމީލާ ޙުސައިން ދިރި، ދުނިޔޭގައި ހުރިއިރު ހ. ފްރީވިންޑްއާގެ (ރަޖިސްޓްރީ ނަންބަރު: ބ.9559)
އެވެކިޔާ ބަންޑާރަ ގޯތީގައިވާ އޭނާގެ މިލްކުގައިވާ އެންމެހާ ޢިމާރާތްތަކާއި ތަންތަނާއި ތަކެތި، އޭނާ ނިޔާވުމަށްފަހު
ދ.ޕްރީވިންޑުއާގެ މުޙައްމަދު ރަޝީދަށް މިލްކުކޮށްދިނުމަށް ޖަމީލް ޙުސައިން ވަޞިއްޔަތް ކުރިކަމާއި، އަދި މިކުރި
ވަޞިއްޔަތަކީ
ވަޞިއްޔަތެއްކަމަށް ކޯޓު ނަންބަރު
JC44
/
94/428 ޤަޟިއްޔާގައި ކަނޑައަޅާ ޙުކުމް ކޮށްފައިވާކަމާއި، މ.މހދަފްތަރު 2224 (ތ.ހިރިލަންދޫ
ސައްޙަ
4
ގެ
ނަންބަރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/176
ރޯޝަނީގެ) އަލްމަރުޙޫމް ޢަބްދުއްރަޙްމާން ޙަސަން (ދރ ކާޑް ނަންބަރު:A104529) ގެ ފަރާތުން ދިވެހި
ރާއްޖޭގެ ހައިކޯޓުގައި، ކޯޓު ނަންބަރު 4 ގެ ނަންބަރު 4
/
94-JC/428 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން އެ
ޤަޟިއްޔާގައި ހ.ފްރީވިންޑުއާގެ މުޙައްމަދު ރަޝީދުއަށް ޖަމީލާ ޙުސައިން ކުރި ވަޞިއްޔަތް ޞައްޙަ ނޫންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު: 106/HC
-
A/99 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމާއި އަލްމަރްޙޫމާ ޖަމީލާ
ޙުސައިންގެ މިލްކުގައިވާ ހ.ޕްރީވިންޑުއާގެއެވެ ކިޔާ ބަންޑާރަގޯތީގައިވާ ޢިމާރާތްތަކާއި ތަންތަނާއި ތަކެތި
.ޕްރީވިންޑްއާގެ / މާލެ މުޙައްމަދު ރަޝީދު އަށް މިލްކުކޮށްދިނުމަށް ޖަމީލާ ޙުސައިން ވަޞިއްޔަތް ކުރިކަން
ކޯޓު ނަންބަރު ގެ ނަންބަރު 4
/
94-JC/428 ޤަޟިއްޔާގައި ސާބިތުވެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 106/HC-A/99 ޤަޟިއްޔާގެ ޙުކުމުގައި ފާހަގަ ކޮށްފައިވާކަން އެނގެން އޮންނަކަމާއި
ފްރީވިންޑްއާގެ އަލްމަރުޙޫމާ ޖަމީލާ ޙުސައިން 24 ނޮވެންބަރު 2009 ގައި ނިޔާވެފައިވާކަމާއި އަލްމަރްޙޫމާ
ޖަމީލާ ޙުސައިން ނިޔާވުމާއި ގުޅިގެން މ.މ.މދަފްތަރު 2224 (ތ.ހިރިލަންދޫ | ރޯޝަނީގެ އަލްމަރުޙޫމް
އަބްދުއްރަޙްމާން ޙަސަން (ދ.ރ ކާޑް ނަންބަރު:104529) ގެ ފަރާތުން އަލްމަރްޙޫމާ ޖަމީލާ ޙުސައިންގެ
ތަރިކަ ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށްޓަކައި 17 ފެބްރުއަރީ 2010 ތާރީޚުގައި މަދަނީ ކޯޓަށް މައްސަލަ
ހުށަހަޅާ، އެކޯޓުގެ ނަންބަރު 2010/MC/646 ޤަޟިއްޔާގައި މައްސަލަ ކުރިއަށް ދަނިކޮށް ޢަބްދުއްރަޙުމާން
ޙަސަން 16 މެއި 2010 ގައި ނިޔާވެފައިވާކަން ޢަބްދުއްރަޙުމާން ޙަސަންގެ ބަދަލުގައި ޙާޟިރުވި މ.މ.ފ
ދަފްތަރު ނަންބަރު 3141 | މާލެ ޢާއިޝަތު ވަޙީދާ (އައިޑީ ކާޑު ނަންބަރު: A130932 މއ. ކޫލްސްޓޯން {
ކ.މާލެ) 30 މެއި 2010 ގައި ސިޓީއަކުން މަދަނީ ކޯޓަށް އަންގާފައިވާކަމާއި މައްސަލަ ހުށަހެޅިފަރާތް
ނިޔާވުމުން މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށްޓަކައި މައްސަލާގެ ދަޢުވާ ފޯރމް ބާޠިލް ކޮށްފައިވާކަން އެ
ޤަޟިއްޔާއަށް ބެލުމުން އެނގޭކަމާއި ތ.ހިރިލަންދޫ | ރޯޝަނީގެ، އަލްމަރްޙޫމް އަބްދުއްރަޙްމާން ޙަސަން
ނިޔާވުމުން މ.މ.މދަފްތަރު ނަންބަރު 3141، ޢާއިޝަތު ވަޙީދާ އަލްމަރުޙޫމާ ޖަމީލާ ޙުސައިންގެ ތަރިކައިގެ
މައްސަލަ 8 ޖުލައި 2010 ގައި ސިވިލް ކޯޓަށް ހުށަޅާފައިވާކަމާއި އިސްތިއުނާފްމިކުރެވޭ ސިވިލް ކޯޓުގެ
ނަންބަރު 2010/Cv-C/826 ޤަޟިއްޔާގައި އަލްމަރުޙޫމާ ޖަމީލާ ޙުސައިން ނިޔާވިއިރު ޖަމީލާ ޙުސައިންގެ
ވާރިސެއްގެ ގޮތުގައި ދުނިޔޭގައި ހުރީ އަލްމަރްޙޫމާ ޖަމީލާ ޙުސައިންގެ ބައްޕަ (ޙުސައިން) އާ އެއްބަނޑު އެއްބަފާ
ޙަސަންގެ ފިރިހެންދަރި ތ.ހިރިލަންދޫ | ރޯޝަނީގެ އަލްމަރްޙޫމް ޢަބްދުއްރަޙްމާން ޙަސަންކަމާއި އަލްމަރުޙޫމް
ޢަބްދުއްރަޙްމާން ޙަސަންގެ ތަރިކަ ބަހާފައިނުވާކަމާއި އަލްމަރްޙޫމާ ޖަމީލާ ޙުސައިންގެ ތަރިކައިގެ ގޮތުގައިވާ
ޕްރީވިންޑްއާގެ (ރަޖިސްޓްރީ ނަންބަރު: ބ.9559) އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އޭނާގެ މިލްކު އެންމެހާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
.
ދިވެހިރާއްޖޭގެ
2014/HC-A/176
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ފަރާއިޝްގެ ހަމަތަކުގެ މަތިން އަލްމަރްޙޫމާ ޖަމީލާ ޙުސައިން ނިޔާވިއިރު
އެމަރްޙޫމާގެ ވާރިޘުއްގެ ގޮތުގައި ދުނިޔޭގައި ހަމައެކަނި ހުރި މ.މ.ދދަފްތަރު 2224 (ތ.ހިރިލަންދޫ | ރޯށަނީގެ)
އަލްމަރްޙޫމް ޢަބްދުއްރަޙްމާން ޙަސަން ގެ ތަރިކައިގެ ތެރޭގައި ހިމެނިގެންވާކަމަށް އިސްތިއުނާފް ކުރެވޭ ސިވިލް
ކޯޓުގެ ނަންބަރު 2010/Cv-C/826 ޤަޟިއްޔާގައި ކަނޑައަޅައި ޙުކުމް ކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ޢާއިޝަތު ވަޙީދާ އަކީ މި މައްސަލަ
ހުށަހެޅުމުގެ އެއްވެސް ހައިސިއްޔަތެއް، ޝަރުޢީ ހަމަތަކުގެ މަތިން ނެތް މީހެއްކަމަށްވާއިރުވެސް، އަދި މީނާ
މިމައްސަލަ ހުށަހެޅި ހައިސިއްޔަތަކީ ކޮބައިކަން އެއްވެސް ވަރަކަށް ބެއްލެވުމެއްނެތި މިމައްސަލަ ސިވިލް ކޯޓުގައި
ބައްލަވާ ޙުކުމް ކުރައްވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކުރިއިރު
އަލްމަރުޙޫމާ ޖަމީލާ ޙުސެއިން ނިޔާވިއިރު ދުނިޔޭގައި ހުރި ހަމައެކަނި ވާރިޘަކީ ޢަބުދުއްރަޙުމާން ޙަސަންކަން
އިސްތިއުނާފް ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/826 ޤަޟިއްޔާގައި ހެކިންގެ ގޮތުގައި ސިވިލް
ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރު ކުރެވުނު ތ. ހިރިލަންދޫ | ފަރިޔާދުގުލްޝަން، އާދަމް ޙުސައިންފުޅުއާއި
ހިރިލަންދޫ / ހަނދުވަރީގެ، ޢަލީ މުޙައްމަދުގެ ބަހުން ސާބިތު ވާކަމަށް ކަނޑައަޅާ ޙުކުމް ކޮށްފައިވާއިރު، މި
ހެކިބަހާ ދެކޮޅުހަދާ ޖަދަލުކޮށް ޠަޢުނުކޮށް މުޙައްމަދު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިނުވާތީ، އަލްމަރުޙޫމް ޢަބްދުއްރަޙުމާން ޙަސަން އަކީ އަލްމަރުޙޫމާ ޖަމީލާ ޙުސެއިންގެ
ވާރިޘުއްކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭކަމާއި، އިސްތިއުނާފް ރައްދުވާ ޢާއިޝަތު
ވަޙީދާއަކީ އަލްމަރުޙޫމް ޢަބްދުއްރަޙުމާން ޙަސަންގެ އަންހެން ދަރިއެއްކަން ޢާއިޝަތު ވަޙީދާގެ ބަހުންނާއި ސިވިލް
ކޯޓުގެ ނަންބަރު 2010/Cv-C/826 ޤަޟިއްޔާއާ ގުޅިގެން ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކުން ސާފުކޮށް
އެނގެން އޮންނަ އޮތުމަށްބަލައި ދަފްތަރު ނަންބަރު 3141 / ކ.މާލެ ޢާއިޝަތު ވަޙީދާ އަކީ އަލްމަރްޙޫމް
ޢަބްދުއްރަޙުމާން ޙަސަންގެ ވާރިޘުއް ކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން
ބަލަންޖެހޭ
އެހައިސިއްޔަތުން މި މައްސަލައަށް ޝަރުޢީ އަދި ޤާނޫނީ ފަރުވާ ހޯދުމަށް ޝަރުޢީ ކޯޓުތަކަށް ހުށަހެޅުމުގެ
ޝަރުޢީ އަދި ޤާނޫނީ ހައިސިއްޔަތު ޢާއިޝަތު ވަޙީދާ އަށް ލިބިގެންވާކަމުގައި ބަލަންޖެހޭކަމެވެ.
OCO
4ހ2
ލަންހޗ2
(ނ) ތިންވަނަ ކަމަކީ، އަލްމަރްޙޫމާ ޖަމީލާ ޙުސައިންގެ ތަރިކައިގެ މައްސަލައިގައި މުޙައްމަދު
ރަޝީދު ގެ މަޞްލަޙަތެއް ހިމެނޭތީ، އެމައްސަލައަށް ތަދައްޚުލުވުމަށް މުޙައްމަދު ރަޝީދު އެދިފައި ވަނިކޮށް،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
8
2014/HC-A/176
މުޙައްމަދު ރަޝީދަށް އެމައްސަލައިގެ ތެރެއަށް ތަދައްޚުލު ނުވެވޭނެކަމަށާއި، މުޙައްމަދު ރަޝީދުގެ ޙައްޤެއް
އެމައްސަލައިގައި ހިމެނިގެންނުވާކަމަށް ކަނޑައެޅުއްވުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު
106/HC
-
A/99 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޙުކުމް ރަނގަޅަށް މާނަ ނުކުރެވިއޮތުމުގެ ސަބަބުން
ޤާނޫނީ ގޮތުން އޮޅުންތަކެއް ހުރުމާއި އަދި އެގޮތަށް އެޙުކުމް މާނަ ކުރެއްވުމުގެ ސަބަބުން މުޙައްމަދު ރަޝީދުގެ
ޙައްޤުތަކަށް އުނިކަން ލިބިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކުރި އިރު،
އަލްމަރުހޫމް ޖަމީލާ ޙުސައިން ދިރި، ދުނިޔޭގައި ހުރިއިރު ހ. ފްރީވިންޑްއާގެ (ރަޖިސްޓްރީ
ނަންބަރު: ބ.9559) އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އޭނާގެ މިލްކު އެންމެހާ ޢިމާރާތްތަކާއި ތަންތަނާއި ތަކެތި،
އޭނާ ނިޔާވުމަށްފަހު ހ.ފްރީކިންޑުއާގެ މުޙައްމަދު ރަޝީދަށް މިލްކުކޮށްދިނުމަށް ޖަމީލާ ޙުސައިން ވަޞިއްޔަތް
ކުރިކަމާއި، އަދި މިކުޅަ ވަޞިއްޔަތަކީ ޞައްޙަ ވަޞިއްޔަތެއްކަމަށް ކޯޓު ނަންބަރު 3 ގެ ނަންބަރު
4
/
94-JC/428 ޤަޟިއްޔާގައި ކަނޑައަޅާ ޙުކުމް ކޮށްފައިވާކަމާއި، އިސްތިއުނާފް ރައްދުވާ، ޢާއިޝަތު ވަޙީދާގެ
ބައްޕަ، އަލްމަރްޙޫމް ޢަބްދުއްރަޙްމާން ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި، ކޯޓު ނަންބަރު 4 ގެ
ނަންބަރު 4
/
94-JC/428 އިސްތިއުނާފު ކުރުމުން އެ ޤަޟިއްޔާގައި ހ.ފްރީކިންޑުއާގެ މުޙައްމަދު ރަޝީދަށް
މިލްކުކޮށްދިނުމަށް ޖަމީލާ ޙުސައިން ކުރި ވަޞިއްޔަތަކީ ޞައްޙަ ވަޞިއްޔަތެއް ނޫންކަމަށް ކަނޑައަޅައި ކޯޓު
ނަންބަރު 4 ގެ ނަންބަރު 4
/
94-JC/428 ޤަޟިއްޔާގައި ކުރި ޙުކުމް ބާޠިލް ކުރައްވާފައިވާފައިކަމާއި
އަލްމަރުޙޫމާ ޖަމީލާ ޙުސައިންގެ މިލްކުގައިވާ ހ. ފްރީވިންޑްއާގެ (ރަޖިސްޓްރީ ނަންބަރު: ބ.9559) އެވެ ކިޔާ
ބަންޑާރަ ގޯތީގައިވާ އޭނާގެ މިލްކު އެންމެހާ ޢިމާރާތްތަކާއި ތަންތަނާއި ތަކެތި، އޭނާ ނިޔާވުމަށްފަހު
ހ.ޕްރީވިންޑުއާގެ މުޙައްމަދު ރަޝީދަށް މިލްކުކޮށްދިނުމަށް ޖަމީލް ޙުސައިން ކުރި ވަޞިއްޔަތަކީ، ވަޞިއްޔަތް
ކުރުމަށްޓަކައި ޝަރުޢުގައި ކަނޑައަޅާފައިވާ ޝަރުޢީ ހަމަތަކާއި ޚިލާފަށް ކޮށްފައިވާ ވަޞިއްޔަތެއްކަން ކޯޓު
ނަންބަރު 4 ގެ ނަންބަރު JC4
/
94/428 ޤަޟިއްޔާއަށާއި ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 106/HCA/99
ޤަޟިއްޔާއަށް ބެލުމުން ވަރަށް ސާފުކޮށް އެނގެން އޮންނަކަމާއި އަލްމަރްޙޫމާ ޖަމީލާ ޙުސައިންގެ މިލްކުގައިވާ
ހ.ފްރީކިންޑުއާގެއެވެކިޔާ ބަންޑާރަގޯތީގައިވާ ޢިމާރާތްތަކާއި ތަންތަނާއި ތަކެތި ހ.ފްރީވިންޑްއާގެ / މާލެ މުޙައްމަދު
ރަޝީދު އަށް މިލްކުކޮށްދިނުމަށް ޖަމީލާ ޙުސައިން ވަޞިއްޔަތް ކުރިކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:
ޤަޟިއްޔާގެ ޙުކުމުގައި ފާހަގަ ކޮށްފައިއޮތުމަކީ ބުނެވިދިޔަ ވަޞިއްޔަތް ސައްޚަގޮތުގައި
ވުޖޫދުގައި މައުޖޫދުވެ ދެމިއޮތުމުގެ ޙުއްޖަތެއްކަމުގައި ދަލާލަތުކޮށްދޭކަމެއް ނޫންކަމާއި ޝަރުއުގައި ކަނޑައެޅިފައިވާ
ހަމަތަކާއި ޚިލާފަށް ކުރެވޭ ކޮންމެ މުޢާމަލާތަކީ ބާޠިލް މުޢާމަލާތެއްކަމާއި ބާޠިލްކަމެއްގެ މަތީގައި ބިނާވެފައިވާ
99/HC-A/106
8 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު މުޒުހިނނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2014/HC-A/176
¢ ¢ ¢ 2 0 0
ކޮންމެކަމެއް ވަނީ ބާޠިލްކަމަކަށްކަން ފިޤުހީ ޤާޢިދާގައި ކަނޑައެޅިފައިވާކަމާއި އެޤާޢިދާގައިވަނީ އا للا ޝޯގ
لللل ﷲޓ هللل މިފަދައިންކަމާއި ކޯޓު ނަންބަރު 3 ގެ ނަންބަރު 4
/
94-JC/428 ޤަޟިއްޔާއިން
ޕްރީވިންޑްއާގެއެވެކިޔާ ބަންޑާރަގޯތީގައިވާ ހ.ފްރީވިންޑްއާގެ ޖަމީލާ ޙުސައިންގެ މިލްކުގައި ހިމެނޭ ޢިމާރާތްތަކާއި
ތަންތަނާއި ތަކެތި ޖަމީލާ ޙުސައިން ނިޔާވުމަށްފަހު ދ. ވާނީ | ކަށިމާގެ (ހ.ފްރީވިންޑްއާގެ) މުޙައްމަދު
ރަޝީދަށް މިލްކު ކުރުމަށް ޖަމީލާ ޙުސައިން، ކޯޓު ނަންބަރު 4 ގެ ނަންބަރު 4
/
94-JC/428 ޤަޟިއްޔާގައި
ކުރި ވަޞިއްޔަތް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 106/HC-A/99 ޤަޟިއްޔާގައި ބާޠިލްކަމަށް
ކަނޑައަޅާފައިވަނީ އިސްވެ ބުނެވުނު ޝަރުޢީ ހަމަތަކާއި ޚިލާފަށް ކޮށްފައިވާ ވަޞިއްޔަތެއްކަމަށްވާތީކަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 106/HC
-
A/99 ޤަޟިއްޔާއަށް ބެލުމުން އެނގެން އޮންނަކަމާއި
ހ.ފްރީވިންޑްއާގެ ޖަމީލާ ޙުސައިންގެ މިލްކުގައިވާ ގ. ފްރީވިންޑްއާގެ އެވެކިޔާ ބަންޑާރަގޯތީގައިވާ ޢިމާރާތްތަކާއި
ތަންތަނާއި ތަކެތި ޖަމީލާ ޙުސައިން ނިޔާވުމަށްފަހު ދ. ވާނީ | ކަށިމާގެ (ހ.ފްރީވިންޑްއާގެ) މުޙައްމަދު
ރަޝީދަށް މިލްކު ކުރުމަށް ޖަމީލާ ޙުސައިން ކުރި ވަޞިއްޔަތެއް ވުޖޫދުގައި އިސްތިޤުރާރުވެފައިވާކަން އެނގެން
ނެތަތީއާއި ޤާނޫނު ނަންބަރު 75/25 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގައި މީހަކު މަރުވުމަށްފަހު އެ މީހަކާ
މެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ފަދަ ކަމެއް އޮވެގެން ދަޢުވާކުރާ މީހަކު ހުރެއްޖެނަމަ، އެ މީހަކު މަރުވާ
ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި، މާލޭގައި ނަމަ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކަމާބެހޭ ކޯޓަށް،
ރާއްޖެތެރޭގައިނަމަ ރަށު ކޯޓަށް ހުށަހަޅަންވާނެކަމަށާއި، މި މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލެވޭނީ
އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢުވާއެއްކުރާ މީހަކު
ނެތީކަމަށް އެ ޤާނޫނުގައި ބަޔާންކުރެވިފައިވާކަމާއި، ދަޢުވާއެއް އޮތްނަމަ އެ ޤާނޫނުގައި ހުށަހަޅަންޖެހޭކަމަށް
ކަނޑައަޅާފައިވާ މުއްދަތުގައި ހުށަނާޅައިފިނަމަ، ދަޢުވާކުރާ މީހަކު ނެތްކަމުގައި ޤާނޫނީގޮތުން ބަލަންޖެހޭކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/182 ޤަޟިއްޔާގައިވެސް ކަނޑައަޅާފައިވާކަން އެނގެން
އޮންނާތީ
އިސްތިއުނާފްމިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/826 ޤަޟިއްޔާ ތެރެއަށް މުޙައްމަދު
ރަޝީދުގެ ޙައްޤެއްވާކަމަށްބުނެ މުޙައްމަދު ރަޝީދު ތަދައްޚުލު ވުމަށް އެދިފައިވަނިކޮށް އޭނާއަށް އެފުރުސަތު
ނެތްކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ އެއްގޮތަށްކަން ބަލަންޖެހޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
. 60.
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/176
46
(ރ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފްކުރެވިފައިމިވާ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުގައި ތާރީޚްތައް ފާހަގަކުރުމުގައި ބޮޑެތި އޮޅުންތަކެއް ހުރި ކަމަށާއި އެހެންކަމުން އިންސާފު
ޤާއިމްކުރެވިފައިވާކަމާމެދު ސުވާލު އުފެދޭ ކަމަށް މުޙައްމަދު ރަޝީދުގެ ފަރާތުން ބުނެފައިވާކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/826 ޤަޟިއްޔާގައި އަލްމަރުޙޫމާ ޖަމީލާ ޙުސައިން
ނިޔާވި ތާރީޚަކީ 24 ނޮވެމްބަރ 2006 ކަމަށް ފާހަގަކޮށްފައިވާއިރު މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ
ނަންބަރު 016336 މަރު ސާބިތު ކުރުމުގެ ލިޔުމުން ޖަމީލާ ޙުސައިން ނިޔާވި ތާރީޚަކީ 24 ނޮވެމްބަރ 2009
ކަން އެނގޭކަމާއި، އިސްތިއުނާފްކުރެވިފައިމިވާ މައްސަލައިގެ ތެރެއަށް ތަދައްޚުލުވުމަށް މުޙައްމަދު ރަޝީދުގެ
ފަރާތުން ހުށަހަޅާފައިވާ ތާރީޚަކީ 19 ޖުލައި 2007 ގައި ކަމަށް އިސްތިއުނާފްމިކުރޭ ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އިރު މުޙައްމަދު ރަޝީދުގެ ފަރާތުން ތަދައްޚުލުވުމަށް އެދިފައިވަނީ
18 ޖުލައި 2010 ކަން ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައެއްގެ ތެރެއަށް ވަނުމަށް އެދޭ ފޯމު" އިން
އެނގެން އޮންނަކަމާއި، ތާރީޚްތައް ފާހަގަކުރުމުގައި އޮޅުންތަކެއް އަރާފައިވާކަން އެނގެން އޮތްނަމަވެސް އަސްލު
ތާރީޚްތަކަށް ބަލާއިރު މުޙައްމަދު ރަޝީދުގެ ފަރާތުން އިސްވެ އިޝާރާތްކުރެވުނު ފަދައިން ދަރަންޏެއް ނުވަތަ
ވަޞިއްޔަތެއް އޮވެގެން ޖަމީލާ ޙުސައިން ނިޔާވިދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ހުށަހަޅާފައިނުވާކަން
އެނގެން އޮންނަކަމާއި، ތާރީޚްތައް ފާހަގަ ކުރުމުގައި އިމްލާ ކުށްތައް ހުރިނަމަވެސް އިސްތިޢުނާފް ކުރެވިފައިވާ
މައްސަލައިގެ މަޢުޟޫއަށް ފައިސަލާކުރުވަނިވި ޙުކުމެއް ކުރުމުގައި
އަރާފައިނުވާކަން
ފާހަގަކުރެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ވަޞިއްޔަތަކީ ޙައްޤެއްގެ ގޮތުގައި މާތްﷲ ޝަރުޢުގައި
ކަނޑައަޅުއްވާފައިވާ ކަމެއްކަމާއި އެކަން އަންގަވަމުން މާތް
ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ
عليكم إذا حضر أحدكم الموت إن ترك خيرا الوصية الوالدين والأقربين بالمعروف حقا على
للتޖގެ" މާނައަކީ "ތިޔަބައިމީހުންކުރެ މީހަކުގެ ގާތަށް މަރު އައިސް ޙާޟިރުވާހިނދު އެމީހާ މުދަލެއް ދޫކުރާނަމަ
ހެޔޮގޮތުގައި މައިންބަފައިންނަށާއި ގާތް ތިމާގެމީހުންނަށް ވަޞިއްޔަތްކުރުން ތިޔަބައިމީހުންގެ މައްޗަށް
ޙައްޤެއްކަމުގައިވެއެވެ." މިފަދައިންކަމާއި ވަޞިއްޔަތަކީ މީހަކު މަރުވުމަށްފަހު
އޭނާގެ މުދަލުން
ފަރާތަކަށް ބަދަލަކާނުލައި ދިނުންކަމާއި މިގޮތައް ވަޞިއްޔަތުން ދެވޭނީ ގިނަވެގެން ތިމާގެ މިލްކުގައިވާ މުދަލުގެ
3/1 (ތިން ބައިކުޅަ އެއް ބައި ކަމާއި އެކަން އަންގަވާ ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ
832 ޚިޑ0
& F
CCC
*
IF
4f||
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް:www.highcourt.gov.mv
11
2014/HC-A/176
ފަا& “ޝީ" މިފަދައިންކަމާއި ތިންބައިކުޅަ އެއްބަޔަށްވުރެ ގިނައިން ދިނުމަށް ކުރާ ވަޞިއްޔަތް ޞައްޙަވާނީ
ހަމައެކަނި ވާރިޘުން އެކަމަށް އިޢުތިރާޒު ނުކުރާޙާލަތުގައިކަމާއި ޝަރުޢީ މި ހަމަތަކާއި ޚިލާފަށް ކުރާ
ވަޞިއްޔަތަކީ ޝަރުޢީ ގިއުގަނޑުގެ ތެރެއިން ބުރަދަނެއް ދެވިގެންވާ ވަޞިއްޔަތެއްކަން ޝަރުޢުގެ ހަމަތަކުން
ބެލެވެން ނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/826 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް
އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމަށްބުނެ މުޙައްމަދު ރަޝީދު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ
އެއްވެސް ސަބަބެއް އޮތްކަމަކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަކަށް ނުފެނުނެވެ.
:74
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/826 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv