ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/39 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
i
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 39/HC-A/2008
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަބްދުއްސައްތާރު ޢީސާ
* އައި.ޑީ.ކާޑް ނަންބަރު: A125851
ދާއިމީ އެޑްރެސް: ނޫވިލާގެ / ޅ. ނައިފަރު
މިހާރުގެ އެޑްރެސް: ނޫވިލާގެ / ޅ. ނައިފަރު
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* ރަޖިސްޓްރީ ނަންބަރ -
* ދާއިމީ
* މިހާރުގެ
އެޑްރެސް: -
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 29 މުޙައްރަމް 1429
06 ފެބުރުއަރީ 2008
* ނިމުނު ތާރީޚް: 11 ރަމަޟާން 1433
30 ޖުލައި 2012
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/G2C/15
ނިންމިކޯޓް: ފާދިއްޕޮޅު ނައިފަރުކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނު ތާރީޚް: 24 ޖެނުއަރީ 2007 ނިމުނު ތާރީޚް: 16 ސެޕްޓެމްބަރ 2007
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
/8 އ ދވނެ
'2
2008/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
64 0 21
ދަޢުވާގެ ޚުލާޞާ
މިއީ، ޅ.ނައިފަރު | ނޫވިލާގެ ޢަބްދުއްސައްތާރު ޢީސާ އާއި ފާދިއްޕޮޅު އަތޮޅު އޮފީހާއި ދެމެދު
ވެވުނު ފާދިއްޕޮޅު ސިއްޙީ މަރުކަޒު ކުރުމުގެ އެއްބަސްވުމުގެ ދަށުން މަސައްކަތްކުރެވި
އެއްބަސްވެފައިވާ މުއްދަތުގައި ޢިމާރާތް ޙަވާލުކުރެވި އެއްބަސްވުމުގައިވާ ޢުޖޫރަދެވި ނިމިފައިވަނިކޮށް،
އެއްބަސްވުމުގައިވާ ބައެއްކަންކަން ފުރިހަމަނުވާކަމަށް ބުނެ އެ ފުރިހަމަނުވާކަންކަމުގެ އަގު ހިމެނޭގޮތަށް
ދެވިފައިވާ އުޖޫރައިން އުނިނުކޮށް ދެވިފައިވާތީ އެފައިސާ އަނބުރާ ދެއްކުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރ: 2007/G2C/15 ޤަޟިއްޔާއިން ޙުކުމް ކުރުމާއި ގުޅިގެން އެޙުކުމް އިސްތިއުނާފު ކުރުމަށް
ޅ.ނައިފަރު | ނޫވިލާގެ ޢަބްދުއްސައްތާރު ޢީސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ އެޓާރނީ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ: 2007/G2C/15 ޤަޟިއްޔާ އެކޯޓުން
އިސްތިއުނާފުކުރުމަށް އެދި ޅ.ނައިފަރު ނޫވިލާގެ ޢަބްދުއްސައްތާރު ޢީސާ ހުށަހަޅާފައިވެއެވެ.
2. ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ: 2007/G2C/15 ޤަޟިއްޔާއަށް ބެލިއިރު
އެޤަޟިއްޔާއަކީ، ފާދިއްޕޮޅު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ ގޮތުން އެމަރުކަޒުގެ ގޯތި ތެރޭގައި
އެމަރުކަޒާއި އިންވެގެން ވިހާކޮޓަރިއަކާއި ދެ ފާޚާނާއާއި ލެބޯޓަރީއަކާއި، ދެގިފިލި އެކުލެވޭ އިމާރާތެއް އަމިއްލަ
ތަކެތީގައި އެޅުމުގެ މަސައްކަތް ޅ.ނައިފަރު ނޫވިލާގެ ޢަބްދުއްސައްތާރު ޢީސާ އާއި 3 ފެބުރުއަރީ 1996 ގައި
ޙަވާލުކުރުމުން ޢަބްދުއްސައްތާރު ޢީސާ މަސައްކަތް 4 ޖޫން 1996 ގައި ނިންމުމުން އެމަސައްކަތަށް
ކަނޑައެޅުނު އަގު -/450،000ރ. (ހަތަރު ލައްކަ ފަންސާސް ހާސް ރުފިޔާ) ޢަބްދުއްސައްތާރު ޢީސާ އާއި
ޙަވާލުކުރެވިފައިވަނީ އެމަސައްކަތް ޙަވާލުކުރުމަށް ފާދިއްޕޮޅު އަތޮޅު އޮފީހާއި، ޢަބްދުއްސައްތާރު ޢީސާއާއި ދެމެދު
ކުރެވިފައިވާ އެގްރިމެންޓުގައިވާ ގޮތުގެ މަތިން ނިންމަންޖެހި ނުނިންމާހުރި ކަންކަމުގެ ތެރޭގައި ހިމެނޭޖް%p
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2008/HC-A/39
ހޯރަނަކޮށް ހުރުމެނޭ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އެމަޖެންސީ ލައިޓް
އެ 08 އިމަޖެންސީ ލައިޓުގެ އަގަށްވާ -/2000ރ. (ދެހާސް ރުފިޔާ)
އާއި 2 ފާޚާނާގެ ފާރުތަކުގައި 07 ފޫޓު އުސްމިނަށް ޖަހަންޖެހޭ ތަށިމުށި އެފާރުތަކުގައި ނުޖަހާވާތީ، 02
ފާހާނާގެ ފާރުތަކުގައި 07 ފޫޓު އުސްމިނަށް ޖަހަންޖެހޭ 264 ގަނޑު 8x10 ތަށިމުށުގެ އަގަށްވާ -/3960ރ.
( ތިންހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) އާއެކު ޖުމްލަ 6760.00ރ. (ހަހާސް ހަތްސަތޭކަ ފަސްދޮޅަސް
ރުފިޔާ) މަސައްކަތުގެ އަގުން ނުކަނޑާކަމަށްވާތީ ޢަބްދުއްސައްތާރު ޢީސާގެ އަތުން ލިބެންޖެހޭ 6760.00ރ.
(ހަހާސް ހަތްސަތޭކަ ފަސްދޮޅަސް ރުފިޔާ) ޢަބްދުއްސައްތާރު ޢީސާގެ އަތުން ހޯދުމަށްއެދި ދައުލަތުގެ ފަރާތުން
ހުށަހެޅުމުން ބެލިފައިވާ މައްސަލައެއްކަމާއި އެޤަޟިއްޔާ ނައިފަރުކޯޓުން ނިންމާފައިވަނީ،
"ދެންފަހެ، އިސްވެ ބަޔާންކުރެވުނު ވާހަކަތަކާއި، ފާހަގަކުރެވުނު ނުކުތަތަކާއި ހުށަހެޅިފައިވާ
ލިޔުންތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު ފާދިއްޕޮޅު ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ ގޮތުން އެމަރުކަޒު
ގޯތިތެރޭގައި އެމަރުކަޒުގެ ޢިމާރާތާއި އިންވެގެން ވިހާކޮޓަރިއަކާއި ދެފާޚާނައާއި ލެބޯޓަރީއަކާއި ދެގިފިލި އެކުލެވޭ
ޢިމާރާތެއް އަމިއްލަ ތަކެތީގައި އެޅުމުގެ މަސައްކަތް ޅ. ނައިފަރު ނޫވިލާގެ ޢަބްދުއްސައްތާރު ޢީސާއާ 03
ފެބުރުއަރީ 1996ގައި ޙަވާލުކުރުމުން ޢަބްދުއްސައްތާރު ޢީސާ މަސައްކަތް 04 ޖޫން 1996 ގައި ނިންމުމުން
އެ މަސައްކަތަށް ކަޑައެޅުނު އަގު -/
000،450ރ. (ހަތަރު ލައްކަ ފަންސާސްހާސް ރުފިޔާ) ޢަބްދުއްސައްތާރު
ޢީސާއާ ޙަވާލު ކުރެވިފައިވަނީ އެމަސައްކަތް ޙަވާލުކުރުމަށް ފާދިއްޕޮޅު އަތޮޅު އޮފީހާއި ޢަބްދުއްސަތާރު ޢީސާއާއި
ދެމެދު ކުރެވިފައިވާ އެގްރިމެންޓުގައިވާ ގޮތުގެ މަތިން ނިންމަންޖެހި ނުނިންމާހުރި ކަންކަމުގެ ތެރޭގައި ހިމެނޭ
08 އެމަޖެންސީ ލައިޓް ހަރުނުކޮށް ހުރުމުން އެ 08 އެމަޖެންސީ ލައިޓުގެ އަގަށްވާ -/2000ރ. (ދެހާސް
ރުފިޔާ)އާއި، ދެފާޚާނާގެ ފާރުތަކުގައި 07 ފޫޓު އުސްމިނަށް ޖަހަންޖެހޭ ތަށިމުށި އެފާރުތަކުގައި ނުޖަހާވާތީ 02
ފާޚާނާގެ ފާރުތަކުގައި 07 ފޫޓު އުސްމިނަށް ޖަހަންޖެހޭ 264 ގަނޑު 10
x
8 ތަށިމުށުގެ އަގަށްވާ
-/3960ރ. (ތިންހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) އާއެކު ޖުމްލަ 6760.00 (ހަހާސް ހަތްސަތޭކަ
ފަސްދޮޅަސް ރުފިޔާ) މަސައްކަތުގެ އަގުން ނުކަނޑައިކަމަށްވާތީ ޢަބްދުއްސައްތާރު ޢީސާގެ އަތުން ލިބެންޖެހޭ
6760.00ރ. (ހަހާސް ހަތްސަތޭކަ ފަސްދޮޅަސް ރުފިޔާ) ޢަބްދުއްސަތާރު ޢީސާގެ އަތުން ހޯދުމަށް އެދި
ޢަބްދުއްސައްތާރު ޢީސާގެ މައްޗަށް ދައުލަތުން ކުރައްވާފައިމިވާ މިދައުވާ މިޤާނޫނު ނަންބަރު 24/76
(ހެއްކާއިބެހޭ ޤާނޫނު)ގެ 02 ވަނަ ނަންބަރާއި 06 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ޢަބްދުއްސައްތާރު
ޢީސާގެ މައްޗަށް ސާބިތުވެފައިވަނީ މި 6760.00 (ހަހާސް ހަތްސަތޭކަ ފަސްދޮޅަސް ރުފިޔާ)
މަޑުsa
ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި މިކޯޓު (ނައިފަރު ކޯޓު) މެދުވެރިކޮށް ފާދިއްޕޮޅު އަތޮޅު އޮފީހަށް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2008/HC-A/39
03 84
24ދއއބރ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޢީސާއަށް އަންގައި މިމައްސަލަ ނިންމީއެވެ." މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ
ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެނގެންއޮވެއެވެ.
3. ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2007/G2C/15 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށް ބުނެ ޢަބްދުއްސައްތާރު ޢީސާގެ ފަރާތުން 01 (އެކެއް)
ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: ޢަބްދުއްސައްތާރު ޢީސާއަށް މަސައްކަތް ޙަވާލުކުރީ 30 މާރޗް
1996 ގައިކަމާއި، މަސައްކަތް ނިންމާ ޙަވާލުކުރީ 4 ޖޫން 1996 ގައިކަމަށްވުމުން މަސައްކަތް ކޮށްފައިވަނީ
މަސައްކަތުގެ އެގްރިމެންޓާ އެއްގޮތަށެވެ. މަސައްކަތް ނިމުމަށްފަހު މަސައްކަތުގެ ތެރެއިން ރިޓޭންޝަން ފައިސާގެ
ގޮތުގައި -/
150,000ރ. (އެއްލައްކަ ފަންސާސްހާސް ރުފިޔާ) 06 (ހައެއް މަސްދުވަސްވަންދެން ބަހައްޓާ
ޢަބްދުއްސައްތާރު ޢީސާ ކުރި މަސައްކަތުގައި އެއްވެސް މައްސަލައެއް ނެތްކަމަށް 4 ޖޫން 1996 ގައި އަތޮޅު
އޮފީސް ހިންގެވުމާ ޙަވާލުވެހުންނެވި އަތޮޅުވެރިޔާ މުޙައްމަދު ނިޒާރު އިބްރާހީމް ސޮއިކުރައްވާ ދީފައިވާ ލިޔުމުން
އެކަން އެނގޭނެއެވެ. މިމައްސަލަ މަދަނީކޯޓުގައި ވަނީ ނިންމާފައެވެ. މަދަނީ ކޯޓުގައި -/144,000ރ
(އެއްލައްކަ ސާޅިސް ހަތަރުހާސް ރުފިޔާ) ހޯދުމަށް ދައުވާކޮށްފައިވާ ހަމަ މިމައްސަލަ 10 އަހަރު ފަހުން
ނައިފަރު ކޯޓުގައި އެހެން މައްސަލައެއްކަމަށް ބުނެ ހަމަ ޞިއްޙީ މަރުކަޒުގެ ގޯތިތެރޭގައި ހަދާފައިވާ
ވިއްސާކޮޓަރީގެ މައްސަލައެއް ހުށަހަޅައިގެން ޤަވާޢިދާ ޚިލާފަށް ނިންމަވާފައިވާކަން. އެއީ މަސައްކަތް ޙަވާލުކުރީ
އޭރުގެ އަތޮޅުވެރިޔާ ޢަބްދުﷲ ރަފީޤް ގ.ރިހއަލި މާލެއެވެ. މަސައްކަތް ނިންމި ކަމުގެ ލިޔުން ދެއްވީ މުޙައްމަދު
ނިޒާރު އިބްރާހީމްއެވެ. މަސައްކަތް ނިމުމުން މަސައްކަތަށް ކަނޑައެޅުނު އަގު ދެއްވީ އޭރުގެ އަތޮޅުވެރިޔާ ޙާމިދު
ޔޫސުފްއެވެ. ވީމާ ޢަބްދުއްސައްތާރު ޢީސާގެ އަތުން އެއްވެސް ފައިސާއެއް ކެނޑެން ނެތްކަމަށް ބުނެ ހުށަހެޅި
ކި ބ.
4. ފާދިއްޕޮޅު ނައިފަރު ކޯޓުގެ ނަންބަރު 2007/G2C/15 ޤަޟިއްޔާ ނިމުނުގޮތުގެ
ރިޕޯޓަށާއި އިސްތިއުނާފު ކުރުމަށް ޢަބްދުއްސައްތާރު ޢީސާގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި ފާދިއްޕޮޅު އަތޮޅު
ކައުންސިލްގެ އިދާރާގެ ފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2008/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އަދި ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފާދިއްޕޮޅު އަތޮޅު އޮފީހުން 16 ޑިސެމްބަރ 1995 ވަނަ ދުވަހު ކޮށްފައިވާ ނަންބަރ
95
/
17/G
-
C ޢިއުލާން އާއި ގުޅިގެން އެޢިއުލާންގައި ބަޔާންކުރެވިފައިވާ މަސައްކަތް ޢަބްދުއްސައްތާރު
ޢީސާއަށް ޙަވާލުކުރެވިފައިވަނީ އެފަރާތުން ހުށަހެޅި ވިހާކޮޓަރި އާއި ލޭބަރ ރޫމްގެ އެސްޓިމޭޓްގެ މައްޗަށްކަން
25 ޖެނުއަރީ 1996 ވަނަ ދުވަހު ފާދިއްޕޮޅު އަތޮޅު އޮފީހުން ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތަށް ފޮނުވާފައިވާ
ސިޓީއިން އެނގެން އޮންނަކަމާއި، އެގޮތުން އެސްޓިމޭޓް ލިސްޓްގެ ތަކެތީގެ ބާވަތުގެ ތެރޭގައި 08 އެމެޖެންސީ
ލައިޓް 350ރ. (ތިންސަތޭކަ ފަންސާސް ރުފިޔާ)ގެ މަގުން ހިމާނާފައިވާކަމާއި 700 ގަނޑު (10%8) ތަށިމުށި
15ރ. (ފަނަރަ ރުފިޔާ)ގެ މަގުން ހިމަނާފައިވާކަން އެއެސްޓިމޭޓްއިން އެނގޭކަމާއި،
ފާދިއްޕޮޅު އޮފީހަށް ހުށަހެޅި އެސްޓިމޭޓްގައިވާ 08 އެމެޖެންސީ ލައިޓް ހަރުނުކުރީ
އެސްޓިމޭޓްގައި ތަރަފާލުއަޅަން ހުރި ތަންތަނުގައި ތަށިމުށި ޖަހާގޮތަށް އަދި ޕްލައިވުޑުން ސީލިންގްކުރަންހުރި
ތަންތަން ފެންސީ ޕްލައިވުޑުން ސީލިން ކުރުމާއި އަދި އިތުރު ފާޚާނާއެއް ނިންމުމާއި މުޅި ޢިމާރާތުގައި 10
ފޫޓުގެ 4 ތަނބާ
15 ފޫޓުގެ 2 ތަނބު ކޮންކްރީޓް ކުރުމަށް ޢަބްދުއްސައްތާރު ޢީސާ އެއްބަސްވެ މިގޮތަށް
ކަންކަން ހަމަޖެއްސުމަށް މަސައްކަތުގެ ސުޕަވައިޒަރަކަށް އޭރު ހުރި އަތޮޅު އޮފީހުގެ ސެކްރެޓަރީ ޢަބްދު
އާދަމް އާއި އަތޮޅުވެރިން ޢަބްދުﷲ ރަފީޤާއި ތިންމީހުން އެއްޙާޟިރެއްގައި ވާހަކަ ދައްކައިގެންކަމަށް އެންޓި-
ކޮރަޕްޝަން ބޯޑަށް 05 އޯގަސްޓް 2002 ވަނަ ދުވަހު ޢަބްދުއްސައްތާރު ޢީސާ ދީފައިވާ ބަޔާނުން
އެނގޭކަމާއި،
ހިންނަމަވެސް ޢަބްދުއްސައްތާރު
ޢީސާ ހުށަހެޅި އެސްޓިމޭޓްގައިވާ މަސައްކަތަށް އެއްވެސް
ބަދަލެއް ގެނައުމަށް ޢަބްދުﷲ ރަފީޤް ނުބުނާކަމަށާއި، އެގްރީމެންޓްގައިވާ ގޮތާއި ތަފާތު އެއްވެސް ބަދަލެއް
އެމަސައްކަތް ކުރުމުގައި ގެނެސްފައިވާކަމެއް އަދި އެފަދަ ބަދަލެއް ގެނައުމަށް ޢަބްދުއްސައްތާރު ޢީސާއަށް
އަންގާފައިވާކަމެއް ޢަބްދުﷲ ރަފީޤު އަދި ޢަބްދުﷲ އާދަމްއަށް އެނގިފައިނުވާކަމަށް ޢަބްދުﷲ ރަފީޤު 04
އޯގަސްޓް 2003 ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ބޯޑަށް ދީފައިވާ ބަޔާނުންނާއި ޢަބްދުﷲ އާދަމް 10 ޖުލައި
2003 ގައި އެންޓި-ކޮރަޕްޝަން ބޯޑަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަން.
6
4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ންނަކަން.
ދިވެހިރާއްޖޭގެ ހައިކޯޓް
6
2008/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ށ) ފާދިއްޕޮޅު ސިއްޙީ މަރުކަޒުގައި އަލަށް ޢިމާރާތްކުރެވުނު ވިހާކޮޓަރީގައި ކުރެވިފައިހުރި
މަސައްކަތް ކުރެވިފައި ހުރީ ރަނގަޅު ފެންވަރަކަށްތޯ ފާދިއްޕޮޅު އަތޮޅުއޮފީހުން ބަލާ ޗެކްކުރުމަށްފަހު
ރަނގަޅުކަމަށްފެންނާތީ އެޢިމާރާތާ އަތޮޅު އޮފީހުން ޙަވާލުވެފައިވާކަމާއި، އެޢިމާރާތާއި ޙަވާލުވެފައިވަނީ
ޑީ.ޕީ.އެޗްގެ ސުޕަވައިޒަރ އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ އާއި މަސައްކަތާއި ޙަވާލުވެގެން މަސައްކަތްކުރި
ކޮންޓްރެކްޓަރ ޅ.ނައިފަރު | ނޫވިލާގެ އަލްފާޟިލް ޢަބްދުއްސައްތަރު ޢީސާގެ ޙާޟިރުގައި ކަމާއި، ކުރެވިފައިވާ
މަސައްކަތް ކުރެވިފައިވަނީ ފާއްދިއްޕޮޅު އަތޮޅު އޮފީހުން 30 މާރޗް 1996ގައި ކުރެވިފައިވާ އެގްރީމެންޓާއި
އެއްގޮތަށްކަން 13 ޖޫން 1996 ވަނަ ދުވަހު މުޙައްމަދު ނިޒާރު އިބްރާހީމް ސޮއިކޮށްފައިވާ ލިޔުމުން
އެނގޭކަމާއި،
އެހެންނަމަވެސް ފާދިއްޕޮޅު ސިއްޙީ މަރުކަޒުގައި އަލަށް ޢިމާރާތްކުރެވުނު ޢިމާރާތާއި މުޙައްމަދު
ނިޒާރު އިބްރާހީމް ޙަވާލުވި ދުވަހު 08 އިމެޖެންސީ ލައިޓް ހަރުކޮށްފައި ނެތުމާއި، ފާޚާނާގެ ފާރުތަކުގައި
ތަށިމުށި ޖަހަންޖެހޭ އުސްމިނަށް ތަށިމުށި ނުޖަހާ ހުރިކަން މުޙައްމަދު ނިޒާރު އިބްރާހީމްއަށް
ފާހަގަކުރެވިފައިވާކަން 10 ޖުލައި 2003 ދުވަހު އެންޓި-ކޮރަޕްޝަން ބޯޑަށް އެފަރާތުން ދީފައިވާ ބަޔާނުން
އެނގޭކަމާއި އެހެންނަމަވެސް އެޢިމާރާތް ބަލައިގަތުމުގެ ލިޔުމުގައި މުޙައްމަދު ނިޒާރު އިބްރާހީމް ސޮއިކުރީ
އަތޮޅު އޮފީހުގެ ސެކްރެޓަރީ ޢަބްދުﷲ އާދަމް އާއި ސުވާލުކޮށް އެނާ ބުނި ބުނުމުގެ މައްޗަށްކަމާއި އެގޮތަށް
ކަންތައްކުރީ ޢަބްދުﷲ އާދަމްއަކީ އެމަސައްކަތް ފެށުނީއްސުރެ ނިމެންދެން މަސައްކަތް ސުޕަވައިޒް ކުރުމަށް
ޕާދިއްޕޮޅު އަތޮޅު އޮފީހުން ހަމަޖައްސާފައިވާ ފަރާތްކަމަށް މުޙައްމަދު ނިޒާރު އިބްރާހީމް 10 ފެބްރުއަރީ 2000
ވަނަ ދުވަހު އެންޓި-ކޮރަޕްޝަން ބޯޑަށް
ދީފައިވާ ބަޔާނުން އެނގެން
ދިވެހިވެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7
2008/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ބަލައި
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންތައްތައް ބަޔާން ކުރެވިދިޔަ ގޮތުގެ މަތިން ހުރުމުން
ޅ.ނައިފަރު | ނޫވިލާގެ ޢަބްދުއްސައްތާރު ޢީސާގެ ފަރާތުން ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރ: 2007/G2C/15 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށް
އެޤަޟިއްޔާގައި ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި
ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާޢީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv