ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/231 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A731
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 231/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: އިބްރާހީމް ފަޟީލް
ކާޑުނަންބަ
ލޭބަލް A315217
* ދާއިމީ އެޑްރެސް: ލ.ގަން، މަތިމަރަދޫ ލިލީބީޗް
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ތާރީޚް: 23 ޝައްވާލް 1435
19 އޯގަސްޓް 2014
ނިމުނު ތާރީޚް: 19 ޛުލްޤަޢިދާ 1435
14 ސެޕްޓެމްބަރ 2014
0
ދިވެހިރާއްޖޭގެ
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
112938/MF މުއްދަތު ފޯމްގެ ޙުކުމް
• ނިންމެވި ކޯޓް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓުގެ ޙުރުމަތް ކަނޑާލުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު
ޢައްބާސް ޝަރީފް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
'2
2014/HC-A/231
ދަޢުވާގެ ޚުލާޞާ
ou oo
20
މިއީ، ހައްދުމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 112938/MF މުއްދަތު
ފޯމުން ލ.ގަން، މަތިމަރަދޫ! ލިލީބީޗް އިބްރާހީމް ފަޟީލް ކޯޓުގެ ޙުރުމަތް ކަނޑާލުމުގެ ކުށުން
ކުއްވެރިވެއްޖެކަމަށް ކަނޑައަޅާ، ކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް
ނުވާކަމަށްބުނެ އެނިންމުން އިސްތިއުނާފު ކޮށްދިނުން އެދި ލ.ގަން، މަތިމަރަދޫ، ލިލީބީޗް އިބްރާހީމް
ފަޟީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
OX
<< O
މިޤަޟިއްޔާގައި އިސްތިޢުނާފް ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ހަގަކުރެވުނު ނުކުތާތައް:
OLC OO
31 ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 112938/MF މުއްދަތު ފޯމަށް
ބެލިއިރު، އެފޯމުގައިވާ ނިންމެވުމަކީ، ލ.ގަން، މަތިމަރަދޫ ލިލީބީޗް އިބްރާހީމް ފަޟީލްގެ މައްޗަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީނާގެ ބަންދުގެ
މުއްދަތު 17 ޖޫން 2014 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިތުރުކުރެވިފައިވަނިކޮށް، އެއަމުރު
ތަންފީޛުކުރުމުގެ
ކުރުމުގެ ގޮތުން މީނާ ގޭގައި ބަންދުކޮށްފައި ހުއްޓައި، ކޯޓު އަމުރާއި ޚިލާފަށް ބޭރަށް ނުކުމެ
ކާރެއްގައި މަގުމަތީގައި އުޅެނިކޮށް ފުލުހުންނަށް ފެނިގެން އެކާރު މަޑުކުރުމަށް ފުލުހުން އެންގުމުންވެސް
ފުލުހުންގެ އަމުރާއި ޚިލާފަށް މަޑުނުކޮށް، ކާރުގައި އޭނާގެ ގެއަށްގޮސްފައިވާކަމަށް 02 ޖުލައި 2014
ވަނަ ދުވަހު ބޭއްވުނު މުއްދަތު މަޖްލީހުގައި މިމަންޒަރު ދުށް ފުލުހުން ބަޔާންދީފައިވާތީ، އިބްރާހީމް
ފަޟީލްގެ މިޢަމަލަކީ ކޯޓުގެ ޙުރުމަތް ކަނޑާލުންކަމަށް ކަނޑައަޅާ ނިންމާފައިވާ ނިންމުމެއްކަމަށް
އެނގެން އޮންނަކަމާއި، މިނިންމުމުގައި ކޯޓުން ކަނޑައަޅާފައިވާ ގޮތަކީ،
"ދެންފަހެ، ލ.ގަން (މަތިމަރަދޫ) ލިލީބީޗް އިބްރާހީމް ފަޟީލް (ދރއ. ކާޑު ނަންބަރު:
A315217) މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅުނު ވައްކަން ކުރުމުގެ
02
ހައިކޯޓް
k
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުހީނީ ، ވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް meemghcourt.gov.mvވެބްސައިޓް: www.highcourt.gov.mv
3
2014/HC-A/231
02c 0 0
22
0x2 ތ
08MC/2014/177
މައްސަލައެއްގައި، އިބްރާހީމް ފަޟީލް ބަންދުގެ މުއްދަތު އިތުރުކުރުމަށް ހައްދުންމަތީ ފޮނަދޫ
މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
2014
/
177/O8MC ކޯޓު އަމުރުން 17 ޖޫން 2014 ވަނަ ދުވަހުން ފެށިގެން ލ.ގަން (މަތިމަރަދޫ)
ލިލީބީޗް އިބްރާހީމް ފަޟީލް 15 ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު
ކުރުމާއިގުޅިގެން އެޢަމުރު ތަންފީޛުކުރުމުގެ ގޮތުން އިބްރާހީމް ފަޟީލް ގޭގައި ބަންދުކޮށްފައި ހުއްޓައި،
އިސްވެދެންނެވުނު ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:
ޢަމުރާއި ޚިލާފަށް 01 ޖުލައި 2014 ވަނަ ދުވަހުގެ 17:35 ހާއިރު، އިބްރާހީމް ފަޟީލް ގޭބަންދުން
ނިކުމެގެން ރަޖިސްޓްރީ ނަންބަރު: 1050
BB1A ކާރުގައި މަގުމަތީގައި އުޅެނިކޮށް ފުލުހުންނަށް
އިބްރާހީމް ފަޟީލް ފެނިގެން، ފުލުހުން އެކާރު މަޑުކުރަން އެންގުމުން ކާރު މަޑުނުކޮށް ދުއްވާފައި ގޮސް
ލ.ގަން މަތިމަރަދޫ ލިލީބީޗް ގޭގެ ދޮރުމައްޗަށް ކާރު މަޑުކުރުމުން އިބްރާހީމް ފަޟީލް އެކާރުގެ ފަހަތު
ސީޓުން ފައިބައިގެން ދުވެފައިގޮސް ލިލީބީޗް ގެއަށް ވަދެފައިވާކަމަށް 02 ޖުލައި 2014 ވަނަދުވަހު
ބޭއްވުނު މުއްދަތުގެ މަޖިލީހުގައި މިމައްސަލަ ތަޙްޤީޤް ކުރައްވާ ޕޮލިސް ލާންސް ކޯޕްރަލް ޙުސައިން ޒަކީ
ފާހަގަކޮށް، މިމަންޒަރު ފެނުނުނު ދެފުލުހުންގެ ބަޔާން ޝަރީޢަތަށް ހުށަހެޅުމުން، އެބަޔާންތަކުން
އިބްރާހީމް ފަޟީލް ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
177/08MC ކޯޓު ޢަމުރާއި
ޚިލާފަށް ގޭބަންދުން ނިކުމެފައިވާކަން އެނގެން އޮންނާތީ، އިބްރާހީމް ފަޟީލްގެ މިޢަމަލަކީ ކޯޓުގެ
ޙުރުމަތް ކަނޑާލުންކަމަށާއި، ވީމާ ކޯޓުގެ ޙުރުމަތް ކަނޑާލުމުގެ ކުށުން ލ.ގަން (މަތިމަރަދޫ) ލިލީބީޗް
އިބްރާހީމް ފަޟީލް (ދރއ. ކާޑު ނަންބަރު: A315217) ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ
ޢަދަބެއްގެ ގޮތުން ކޯޓުގެ ޙުރުމަތް ރައްކާތެރި ކުރުމާބެހޭ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ
ނަންބަރާއި ޙަވާލާދީ އެޤަވާޢިދުގެ 17 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޤާނޫނުލް އުޤޫބާތުގެ 88 ވަނަ
މާއްދާގެ (ހ) ގެ ދަށުން ލ.ގަން (މަތިމަރަދޫ) ލިލީބީޗް އިބްރާހީމް ފަޟީލް (ދރއ. ކާޑު ނަންބަރު:
A315217) 2014 ޖުލައި 02 ވަނަ ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް
ޖަލަށްލުމަށް ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2014/HC-A/231
402 ހައްދުމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 112938/MF މުއްދަތު ފޯމުން
ލ.ގަން، މަތިމަރަދޫ
ލިލީބީޗް އިބްރާހީމް ފަޟީލް ކޯޓުގެ ޙުރުމަތް ކަނޑާލުމުގެ ކުށުން
ކުއްވެރިވެއްޖެކަމަށް ކަނޑައަޅާ، ކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް
ނުވާކަމަށްބުނެ އެނިންމުން އިސްތިއުނާފު ކޮށްދިނުން އެދި ލ.ގަން، މަތިމަރަދޫ ލިލީބީޗް އިބްރާހީމް
ފަޟީލްގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ކޯޓުގެ ޙުރުމަތް ރައްކާތެރި ކުރުމާބެހޭ ޤަވާޢިދު (31 ޖެނުއަރީ
2008) ގެ 5 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، ކޯޓުގެ ޙުރުމަތް ރައްކާތެރި ކުރުމާބެހޭ ޤަވާޢިދު (31 ޖެނުއަރީ 2008)
ގެ 6 ވަނަ މާއްދާ އާއި ޚިލާފަށް ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، ކޯޓުގެ ޙުރުމަތް ރައްކާތެރި ކުރުމާބެހޭ ޤަވާޢިދު (31 ޖެނުއަރީ
2008) ގެ 24 ވަނަ މާއްދާ އާއި ޚިލާފަށް ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ
(ތ) ހަތަރުވަނަ ނުކުތާއަކީ، ޤާނޫނު އަސާސީގެ 42 ވަނަ މާއްދާ އާއި ޖިނާޢީ މައްސަލަތަކުގައި
ޝަރީޢަތް ހިންގަން އޮންނަ އުސޫލުތަކާއި ޚިލާފަށް ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
OL O O
-03
މިމައްސަލައާއި ގުޅިގެން ހައްދުމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ
112938/MF މުއްދަތު ފޯމުން ލ.ގަން، މަތިމަރަދޫ ލިލީބީޗް އިބްރާހީމް ފަޟީލް ކޯޓުގެ ޙުރުމަތް
ކަނޑާލުމުގެ ކުށުން ކުއްވެރިވެއްޖެކަމަށް ކަނޑައަޅާ، ކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ދިވެހިރާއްޖޭގެހައިކޯޓް
މަލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީލެއިލް: [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/231
ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެނިންމުން އިސްތިއުނާފު ކޮށްދިނުން އެދި ލ.ގަން، މަތިމަރަދޫ
ލިލީބީޗް އިބްރާހީމް ފަޟީލްގެ ފަރާތުން ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
<< O
02 0 0 7 2
026 0 0
(ހ)ފުރަތަމަކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓްކޯޓުގެ
ނަންބަރު 112938/MF މުއްދަތު ފޯމުގައިވާ ޙުކުމަށް ބަލާއިރު، އެޙުކުމަކީ ހައްދުންމަތީ ފޮނަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2014
/
177/08MC ކޯޓު އަމުރުން 17 ޖޫން 2014 ވަނަ
ދުވަހުން ފެށިގެން ލ.ގަން (މަތިމަރަދޫ) ލިލީބީޗް އިބްރާހީމް ފަޟީލް 15 ދުވަހުގެ މުއްދަތަށް ގޭގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރުމާއިގުޅިގެން އެޢަމުރު ތަންފީޛުކުރުމުގެ ގޮތުން އިބްރާހީމް
ފަޟީލް ގޭގައި ބަންދުކޮށްފައި ހުއްޓައި، އެއަމުރާއި ޚިލާފަށް 01 ޖުލައި 2014 ވަނަ ދުވަހުގެ
17:35 ހާއިރު، އިބްރާހީމް ފަޟީލް ގޭބަންދުން ނިކުމެފައިވާކަން އެނގެން އޮންނަކަމަށް ބުނެ
އިބްރާހިމް ފަޟީލްގެ މިޢަމަލަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައިބަލައި، ކޯޓުގެ ޙުރުމަތް ރައްކާތެރި
ކުރުމާބެހޭ ޤަވާޢިދުގެ (31 ޖެނުއަރީ 2008
4 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި ޙަވާލާދީ
އެޤަވާޢިދުގެ 17 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން
އިބްރާހިމް ފަޟީލް 2014 ޖުލައި 2 ވަނަ ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް
ޖަލަށްލުމަށް ކޮށްފައިވާ ޙުކުމެއްކަން އެނގޭކަމެވެ.
(ނ)ދެވަނަކަމަކީ، މިޙާދިސާ ހިނގާދިޔައިރު ޢަމަލުކުރެވެމުން ދިޔަ ކޯޓުގެ ޙުރުމަތް
ރައްކާތެރިކުރުމާބެހޭ ޤަވާޢިދު (31 ޖެނުއަރީ 2008) އަށް ބަލާއިރު، ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ
އަދަބު ކަނޑައެޅުމުގައި ދެ އުޞޫލެއް އޮންނަކަމާއި، މިގޮތުން ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ އަދަބު
ކަނޑައެޅޭނީ ޝަރީޢަތުގެ މަޖިލީހުގައްޔާއި ކޯޓުގެ ޢިމާރާތާއި ގޯތިތެރޭ ހިންގާ ކޯޓު ޙުރުމަތް ކެނޑޭފަދަ
ޢަމަލުތަކަށް ވަގުތުންކަމަށާއި، ކޯޓު
ކޯޓުން ބޭރުގައި ހިންގޭ ކޯޓުގެ ޙުރުމަތް ކެނޑުމުގެ ދަޢުވާ ދައުލަތުގެ
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޑުހިނގުޚާމްވި، ދީއްކީމެވެޖީ، 3325029، ފެކްސް 331471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2014/HC-A/231
00 22
ފަރާތުން ކުރުމުންކަމަށް އެޤަވާޢިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އަދި ވަގުތުން އަދަބު
ކަނޑައެޅޭ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި ކޯޓުގެ ޙުރުމަތް ކެނޑުމުގެ އަދަބު ކަނޑައެޅޭނީ
މައްސަލަ ޝަރީޢަތުން ބެލުމަށް ފަހުގައިކަމަށް އެޤަވާޢިދުގެ 6 ވަނަ މާއްދާގައި ބަޔާންވެގެން
އޮންނައިރު، މިމައްސަލައިގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓު ކޯޓުން ކޮށްފައިވާ ޙުކުމަށް ބެލުމުން
އިބްރާހިމް ފަޟީލްގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށް ބުނާ ޙާދިސާ ހިނގާފައިވަނީ ކޯޓުން
ބޭރުގައިކަމާއި، އިބްރާހިމް ފަޟީލުގެ މައްޗަށް ޙުކުމް ކުރެވިފައިވަނީ އޭނާގެ މައްޗަށް ކޯޓުގެ ޙުރުމަތް
ކެނޑުމުގެ ދަޢުވާ ދައުލަތުގެ ފަރާތުން އުފުލާފައިނުވަނީސްކަން އެނގޭކަމެވެ.
(ނ)ތިންވަނަކަމަކީ، އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤަކީ ކޮންމެ މީހަކަށް ލިބިގެންވާ
ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރު
ކޮށްދީފައިވާއިރު، މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކާއި ގުޅިގެން އޭނާއަށް އަދަބު ކަނޑައެޅުމުގެ
ކުރިން އެމީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ކުށަކީ ކޮބައިކަން ބުނެދިނުމާއި، ކުށުގެ ތުހުމަތުގައިވާ
މީހާއަށް
އޭނާގެ ދިފާޢު ހުށަހެޅުމަށް ފުރުސަތު ދިނުމާއި، އެމީހަކާއި ދެކޮޅަށް ހުރި ހެއްކާއި ޤަރީނާތަކަކީ
ކޮބައިކަން ދެނެގަތުމުގެ ޙައްޤު ލިބުމަކީ އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤުގެ ތެރޭގައި
ހިމެނޭކަންކަން ކަމާއި، މިމައްސަލައާއި އެކު ފެންނަން ހުރި ލިޔެކިޔުންތަކުގެ މައްޗަށް ބެލުމުން
އިބްރާހިމް ފަޟީލުގެ މައްޗަށް ކޯޓުގެ ޙުރުމަތް ކެނޑުމުގެ އަދަބު ކަނޑައަޅާފައިވަނީ އެކުށް
އޭނާކުރިކަމުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާ އުފުލުމަކާއި ނުލައިކަން އެނގެން އޮތުމުގެ އިތުރަށް
މިމައްސަލައިގައި އިބްރާހިމް ފަޟީލްގެ ދިފާޢުގައި ބުނާ އެއްޗެއް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް
ކޯޓުން ހޯދާ ބެލިފައިވާކަން އޭނާގެ ބަޔާނެއް ޝަރީޢަތުގެ ފަރާތުން ނަންގަވާފައި ނެތުމުން އެނގެން
ނެތްކަމާއި، އަދި މިމައްސަލައިގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓެއް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް
ކޯޓުން ތައްޔާރުކޮށްފައި ނެތުމުގެ ސަބަބުން މިމައްސަލައިގައި އިބްރާހިމް ފަޟީލްގެ މައްޗަށް ހުށަހެޅުނު
0 0
02 0 0
ދިވެހިރާއްޖޭގެ
. ހައިކް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
7
2014/HC-A/231
ހެކި ވަޒަން ކުރެއްވި ގޮތެއް އަދި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދު (31 ޖެނުއަރީ
2008) ގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ކޯޓުގެ ޙުރުމަތް ކެނޑުމުގެ އަދަބު ދިނުމުގައި
ޝަރީޢަތުން ރިޢާޔަތްކުރަން ޖެހޭކަންކަމުގެ މައްޗަށް ރިޢާޔަތް ކުރެވިފައިވާކަން ނުވަތަ ނޫންކަން
އެނގެން ނެތްކަމެވެ.
0ހ *
02& 0 0
ވީމާ، އިސްވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 112938/MF މުއްދަތު
ފޯމުން އިބްރާހިމް ފަޟީލްގެ މައްޗަށް ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެ ކަމަށެވެ.
އ ހ7 2
0 ކ 0
2
2
4
.ޙުކުމް:
ou oo
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 112938/MF މުއްދަތު ފޯމުގައި، ކޯޓުގެ ޙުރުމަތް ރައްކާތެރި ކުރުމާބެހޭ ޤަވާޢިދުގެ (31
ޖެނުއަރީ 2008، 4 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި ޙަވާލާދީ އެޤަވާޢިދުގެ 17 ވަނަ
މާއްދާއަށް ރިޢާޔަތްކޮށް ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ލ.ގަން (މަތިމަރަދޫ)
ލިލީބީޗް އިބްރާހިމް ފަޟީލް 2014 ޖުލައި 2 ވަނަ ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ
މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމަކީ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދު (31 ޖެނުއަރީ
2008) އާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
112938/MF މުއްދަތު ފޯމުގައި، އިބްރާހިމް ފަޟީލް 2014 ޖުލައި 2 ވަނަ ދުވަހުން ފެށިގެން 06
(ހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމް ބާޠިލްކޮށް އެގޮތުގެ މަތީން މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv