ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/87 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-A/87
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 87/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: ރިޔާޟް ރަޝީދު
އައިޑީކާޑު ނަންބަރ: A057898
އެޑްރެސް ހުޅުމާލެ ފްލެޓް ނަންބަރު: 01-G-92
މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް ނަންބަރު: 01-G-92
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: ހ.ސީސައިޑް /ކ.މާލެ
ރަޖިސްޓްރީ ނަންބަރު: 283
/
2007-C
ހާރުގެ އެޑްރެސް: ހ.ސީސައިޑް /ކ.މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 11 ޖުމާދަލްއޫލާ 1436 * ނިމުނު ތާރީޚް: 03 ރަޖަބު 1436
12 މާރޗް 2015
22 އެޕްރީލް 2015
6
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2014/VTR/116
ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް: 24 އޯގަސްޓް 2014
ނިމުނު ތާރީޚް: 21 ޑިސެމްބަރ 2014
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު:ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
އީރާއް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j5/HC-A/87
ECCO
އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު، އެކަށީގެންވާ ސަބަބެއްނެތި ޤާނޫނާ ޚިލާފަށް އޭނާ އަދާކުރަމުން ދިޔަގީޑީޖޭގެ ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/116 މައްސަލަ ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ހުޅުމާލެ ފްލެޓް ނަންބަރު: 01-ޖީ-92 ރިޔާޝް
ރަޝީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A057898) ގެ ފަރާތުން އެ މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު
ރައްދުވާ ފަރާތަކީ ހޮޓެލްސް އެންޑް ރިޒޯޓު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އެވެ.
ވެވުނު
01 އިސްތިއުނާފް މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/116
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ ރިޔާޟް ރަޝީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު: A057898، ހުޅުމާލެ ފްލެޓް ނަންބަރު:01-ޖީ-92، ކ.މާލެ، ހޮޓެލްސް އެންޑް ރިޒޯޓް
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ އޮޕަރޭޝަންސް ގެ މަޤާމުގައި 17 މެއި 2002 އިން
ފެށިގެން ވަޒީފާ އަދާކުރަމުންދަނިކޮށް 12 ޖުލައި 2014 ގައި އެކަށީގެންވާ ނެތި ވަޒީފާއިން
ވަކިކޮށްފައިވާކަމަށްބުނެ، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި
ބަދަލެއް ނަގައިދިނުމަށް އެދި ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއަށް މައްސަލަ
ރައްދުވާގޮތަށް 24 އޯގަސްޓް 2014 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ބައްލަވައި ނިންމާފައިވާ ނިންމުމުގައި، "ދެންފަހެ، މައްސަލަ ހުށަހެޅި
ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، ރިޔާޟް ރަޝީދު ހޮޓެލްސް
ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 2014 ވަނަ
ސަބަބެއް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވެ
3
20j5/HC-A/87
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމުގެ ބަދަލު ހޯދައިދިނުމަށް އެދި ހުށަހަޅާފައިވާ މި މައްސަލާގައި، މައްސަލަ
ހުށަހެޅި ރިޔާޟް ރަޝީދު މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ މަސައްކަތުގެ
އަޚްލާޤް އެކަށީގެން ނުވާތީއާއި އަދި އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުންފުންޏަށް އިތުރު ގެއްލުންތަކެ
ލިބިދާނެކަމެއްކަމުގައި ޤަބޫލުކުރެވޭތީކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނެ، އެކަން ސާބިތުކޮށްދީފައިވާތީ،
ރިޔާޟް ރަޝީދު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) އާ ޚިލާފަށް ނިންމި ނިންމުމެއްކަމުގައި ކަނޑައަޅާނެތަނެއް ނެތްކަމަށާއި، މިފަދަ ޙާލަތެއް
މެދުވެރިވެގެންވެސް، މުވައްޒަފަކު ވަޒީފާއިން ވަކިކުރަންވާނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން
ޤާއިމްކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހުގައިކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން މިހާތަނަށް ނިންމާފައިވާ ވަޒީފާއާބެހޭ މިބާވަތުގެ މައްސަލަތަކަށް ބަލާއިރު އެނގެން
އޮންނައިރު، ރިޔާޟް ރަޝީދު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން
ފުރިހަމަކޮށްފައިވާކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވާ ފަރާތުން ދަލީލު ހުށަހަޅާފައިނުވާތީ،
ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މާލީ ބަދަލުގެ ގޮތުގައި 43,200.00ރ. (ސާޅީސް
ތިންހާސް ދުއިސައްތަ ރުފިޔާ) އާއި ބޭނުން ނުކޮށް އޮތް އަހަރީ ޗުއްޓީގެ މުސާރައަށްޖެހޭ 43,200.00ރ.
(ސާޅީސް ތިންހާސް ދުއިސައްތަ ރުފިޔާ) އާއި، އަދި 1 ޖުލައި 2014 އިން 12 ޖުލައި 2014 ވަނަ
ދުވަހުގެ ނިޔަލަށް ރިޔާޟް ރަޝީދުގެ މުސާރައަށްޖެހޭ 8,640.00ރ. (އަންހާސް ހަސަތޭކަ ސާޅީސް ރުފިޔާ)
އާއި އެކު ޖުމްލަ 95,040.00ރ. (ނުވަދިހަ ފަސްހާސް ސާވީސް ރުފިޔާ) މިއަދު، (21 ޑިސެންބަރު 2014)
އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި ރިޔާޟް ރަޝީދަށް އެކީ އެއްފަހަރާ
ދިނުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ބެލި މަޖިލީހުގެ މެމްބަރުންގެ
އިއްތިފާޤުން ކަނޑައަޅައި، މައްސަލަ ރައްދުވި ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް
ލިމިޓެޑަށް އަންގާ އަމުރުކުރަމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
20j5/HC-A/87
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2014/VTR/116 މައްސަލަ ނިންމުމާއި ގުޅިގެން، ރިޔާޟް ރަޝީދުގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެދި މައިގަނޑު އެއްނުކުތާ ހުށަހަޅައި، އެ ނުކުތާއާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* އެ ނުކުތާއަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާގެ
(ނ) ގައި ވަޒީފާ އަދާކުރާމީހަކު ވަޒީފާއިން ވަކިކުރާނަމަ އެމުވައްޒަފަކު ބޭނުން ނުކޮށް އޮތް އަހަރީ ޗުއްޓީގެ
ފައިސާ އެމުވައްޒަފަކު ނުނަގާ އޮތުމުން، ދޭންޖެހޭނެ ކަމަށް ބުނެފައިވާހިނދު ޓްރައިބިއުނަލްގެ ނިންމެވުމުން
ނަގާދިނުމަށް އަމުރުކޮށްފައިވަނީ 2 އަހަރުގެ އަހަރީ ޗުއްޓީއަށްވާ ފައިސާކަމަށް ބުނެ ފާހަގަކޮށްފައިވާ
ނުކުތާއެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2014/VTR/116 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފުކުރުމަށް
އެދި ރިޔާޟް ރަޝީދު ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި، އެ ނުކުތާއާއި ގުޅިގެން ދެފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
އެންމެހައި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު އަންނަނިވި
ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގައި
ރިޔާޟް ރަޝީދު (ދ.ރ.ކާޑު: A057898} ވަޒީފާ އަދާކުރަމުންދަނިކޮށް 12 ޖުލައި 2014 ވަނަ ދުވަހު
އޭނާ އެވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާގެ މަސައްކަތު އަޚުލާޤް އެކަށީގެންނުވާތީއާއި އޭނާ ވަޒީފާގައި
އިތުރަށް ބެހެއްޓުމަކީ ކުންފުންޏަށް އިތުރު ގެއްލުންތަކެއް ލިބިދާނެކަމެއްކަމަށްބަލައި، ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުންކަން، އިސްތިއުނާފްމިކުރެވޭ ވަޒީފާއާ
ހޭ ޓްރައިބިއުނަލްގެ ނަންބަރު: 2014/VTR/116 މައްސަލައިގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-A/87
4 2 2 4
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު، އެޤާނޫނުގެ ތަރަހައިގެ
ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނީ ހަމައެކަނި ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން
އެނގޭކަމާއި، މިގޮތުން ބަލާއިރު، ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން
ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ،
އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައިކަމަށް
އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި، މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޙާލަތު ފުރިހަމަވޭތޯ ބެލުމުގައި،
ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް
ކަނޑައެޅޭނީ، އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި
ވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) ނަންބަރަށް
OCCO
ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ
ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުންބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު
ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠުބީޤުކުރި
ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް
އެކަނި މުވައްޒަފަކު ވަޒީފާއިން
ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު: 24/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
6 ޅ މހ2
ކުރެފޭންކަމަށ6
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20j5/HC-A/87
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުޅި ޤާނޫނުގެ
pމ ދވ
ދަށުން
24
އަދި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ފުރިހަމަވާންޖެހޭ ދެވަނަ ޙާލަތު ކަމަށްވާ، "އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ،
އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން"، މި ޙާލަތު ވެސް
ފުރިހަމަވާނީ އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނެކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު
ހަމައަކީ އެކަށީގެންވާ ހަމައަކަށް ވެގެންކަން އެމާއްދާއަށް ބެލުމުން އެނގޭކަމާއި،
މީގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ އުޞޫލަށާއި،
މުޙަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ
ފުރިހަމަކުރަންޖެހޭ ދެ ޙާލަތު ފުރިހަމަވެފައިވޭތޯ ބެލުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ
އެކަށީގެންވާ ހަމައެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ފާހަގަކުރެވޭކަމެވެ.
3.2- ދެވަނަ ކަމަކީ: މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން
ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން
ކަށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް
ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި
ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ފަހުގައިކަން އެނގޭކަމާއި،
މަޢުޟޫއީ ޢަދުލުވެރިކަމަކީ؛ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށްވުންކަމާއި،
އިޖްރާޢީ ޢަދުލުވެރިކަމަކީ؛ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި އިޖްރާޢާތަކަށް ވުންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން
)11/F
85 ހއ & 4
ނޫނީ ކަމެވެ
ދިވެހިރާއްޖޭގެ
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-A/87
34
3.3- ތިންވަނަ ކަމަކީ: ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އުޞޫލުތައް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ
(ނަންބަރު: 2014/VTR/116) އަށް ތަޠުބީޤުކުރުމުގައި، މިމައްސަލާގައި ރިޔާޟް ރަޝީދު ވަޒީފާއިން
ވަކިކުރުމުގައި ހޮޓެލްސް އެންޑް
ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޤާއިމުކުރަންޖެހޭ
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބަލާއިރު،
ވަޒީފާއިން ވަކިކުރިކަން އަންގައި ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް
ލިމިޓެޑްއިން ރިޔާޟް ރަޝީދަށް 12 ޖުލައި 2014 ގައި ފޮނުވާފައިވާ ސިޓީގައި ވަޒީފާއިން
ވަކިކުރަންޖެހުނު ސަބަބުތައްކަމަށް ބަޔާންކޮށްފައިވާ ކަންކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މައްސަލަ
ކުރިއަށްދިޔައިރު ދެފަރާތުގެ ވާހަކަތަކުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ހެކިންގެ ހެކިބަހުން
ސާބިތުވެފައިވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2014/VTR/116 މައްސަލާގައި
ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނައިރު، އެއާއި ޚިލާފަށް ކަމެއް ސާބިތުވެދާފަ
މުދާފަދަ އެއްވެސް ހެއްކެއް
ޤަރީނާއެއްވިޔަސް ރިޔާޟް ރަޝީދު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިނުވާކަމާއި،
ރިޔާޟް ރަޝީދު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މަޢުޟޫޢީ ޢަދުލުވެރިކަން
ފުރިހަމަވެފައިވާކަމަށް ބެލެވޭކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި، ވަޒީފާއާބެހޭ ޤާނޫނުގެ
މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެކުރިން ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން
ޤާއިމުވެފައިވޭތޯ ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 208/HC
-
A/2010 ޤަޟިއްޔާގައި
ފާހަގަކޮށްފައިވާ ފަދައިން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ޢާންމު އުޞޫލެއްގެ ގޮތުން
ބެލެވޭނީ، ވަޒީފާއިން ވަކިކުރެވުނު މުވައްޒަފު ވަކިކުރުމުގެ ކުރިން އޭނާގެ ތުހުމަތު ކުރެވިފައިވާ
ދެވެންހުރި ތަފްޞީލުތަކާއެކު ދިނުމަށްފަހު، އެކަންތައްތަކާމެދު ޖަވާބުދާރީވުމުގެ
އފނ7
4
2 ހ23
23 ވަނަ
24
މައްޗަށް
/8
44 ه
ކަންކަމު2942 އރވ
344
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j5/HC-A/87
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސީނާއަށް
ފުރުޞަތު އެމުވައްޒަފަކަށް ދިނުމާއެކު، އެމައްސަލައެއް ތަޙްޤީޤުކުރުމަށްފަހު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ ދެ ޙާލަތު ފުރިހަމަވާކަމަށް، ކުރެވުނު
ތަޙްޤީޤަށް ފެނިފައިވުމުގެ އިތުރުން އެމުވައްޒަފަކު ޖަވާބުދާރީވުމަށް ދެވުނު ފުރުޞަތުގައި، އޭނާ
އެދިފައިވާނަމަ، އޭނާ ކަނޑައެޅި މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް
ދެވިފައިވާނަމަކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައި މިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު،
އެކިފަހަރުމަތިން ރިޔާޟް ރަޝީދަށް އަނގަބަހުން ނަސޭޙަތްތެރިވެފައިވާކަން އެނގެން އޮތްނަމަވެސް
އިސްވެދެންނެވިފައިވާ ފަދައިން އޭނާއަށް ކުރެވިފައިވާ ތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު
ދީފައިވާކަން އަދި އެކަންތައްތަކާމެދު އިދާރީ ތަޙްޤީޤެއް ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން
ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހިންގާފައިވާކަން ދަލީލުކޮށްދޭފަދަ ހެއްކެއް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅިފައިނުވާތީ، ރިޔާޟް ރަޝީދު ވަޒީފާއިން ވަކިކުރުމުގައި ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން
ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ޤާއިމު ކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކޮށްފައިވާކަމަށް ބެލެވެން
CCO
2
8 އ ¢ ¢
ނ.0ކމެވެ.
3.4- ހަތަރުވަނަ ކަމަކީ: ނޯޓިހެއް ދިނުމަކާނުލާ ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި،
އިސްވެ ދެންނެވިފައިވާ ގޮތުގެމަތިން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާނަމަ، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރި ވަކިކުރުން ބެލެވޭނީ އިންސާފުވެރިނޫން ވަކިކުރުމެއްގެ (unfair dismissal)
ގޮތުގައިކަމާއި، މިޙާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޙާލަތު
ފުރިހަމަވެފައިވީކަމުގައި ވީނަމަވެސް، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލު
(damages) ނަގައިދެވޭނެކަމާއި،
ނޯޓިހެއް ދިނުމަކާނުލާ ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި، އިސްވެ ބަޔާންކުރެވުނު
ގޮތުގެމަތިން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާނަމަ ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައަޅަނީ
ދިވެހިރާއްaގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
20j5/HC-A/87
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4c
cu o
މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ މިންވަރަށް
ބަލައިގެންކަން އެނގޭކަމާއި،
ރިޔާޟް ރަޝީދު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއީ
ޢަދުލުވެރިކަން ފުރިހަމަކޮށްފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މާލީ
ބަދަލެއްގެ ގޮތުގައި އޭނާއަށް ދެ މަސްދުވަހުގެ މުސާރައަށް ޖެހޭ މިންވަރު ކަމުގައިވާ 43,200.00ރ.
(ސާޅީސް ތިންހާސް ދުއިސައްތަ ރުފިޔާ) ނަންގަވައި ދެއްވާފައިވާކަން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
3.5- ފަސްވަނަ ކަމަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 41 ވަނަ
މާއްދާގެ (ނ) ގައި ވަޒީފާ އަދާކުރާމީހަކު ވަޒީފާއިން ވަކިކުރާނަމަ އެމުވައްޒަފަކު ބޭނުން ނުކޮށް އޮތް އަހަރީ
ޗުއްޓީގެ ފައިސާ އެމުވައްޒަފަކު ނުނަގާ އޮތުމުން، ދޭންޖެހޭނެ ކަމަށް ބުނެފައިވާހިނދު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު: 2014/VTR/116 މައްސަލާގައި ނަންގަވައި ދެއްވާފައިވަނީ 2 އަހަރުގެ އަހަރީ
ޗުއްޓީއަށްވާ ފައިސާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަޟިއްޔާގައި ބެލިބެލުމުން،
ކޮންމެ މުވައްޒަފަކަށްވެސް ވަޒީފާ އަދާކުރާތާ އަހަރުވުމުން، ކޮންމެ އަހަރަކު، މުސާރަ
ލިބޭގޮތަށް މަދުވެގެން 30 ދުވަހުގެ އަހަރީ ޗުއްޓީއެއް ޙައްޤުވެގެންވާކަމަށް ޤާނޫނު ނަންބަރު 2/2008
ވަޒީފާއާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާއިން އެނގެން އޮންނަކަމާއި، އަހަރީ ޗުއްޓީ ފެށޭ ތާރީޚް
ކަނޑައަޅާނީ، އެ ޗުއްޓީ ޙައްޤުވާ މުވައްޒަފަކާ މަޝްވަރާކުރުމަށްފަހު، ވަޒީފާދޭ ފަރާތުންކަމާއި، ޗުއްޓީ ފެށޭ
ތާރީޚަކީ ޗުއްޓީ ޙައްޤުވާ އަހަރު ނިމުނު ތާރީޚުން ފެށިގެން 12 މަސްދުވަހަށްވުރެ ފަހުގެ ތާރީޚަކަށް ވެގެން
ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ސާފުކޮށް
ބަޔާންކޮށްފައިވާކަމާއި، އިސްވެ ބަޔާންކުރެވުނު މާއްދާގެ (ނ) ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ،
އެމުވައްޒަފަކަށް ލިބިދޭ އަހަރީ ޗުއްޓީއެއްގެ ބޭނުން ނުކޮށް އޮތުމުން އެޗުއްޓީއަށް ލިބެންވާ ފައިސާ، ވަޒީފާދޭ
ފަރާތުން އެ މުވައްޒަފަކަށް ނުދީ އޮތްކަމަށްވާނަމަ، ވަޒީފާއިން ވަކިކުރާއިރު، އެ ފައިސާ މުވައްޒަ
3
2 ކ އ ދވ
ނނހ2ށ6
ޒަފަކަޕްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
10
20j5/HC-A/87
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
404
46
CUCO
ވަޒީފާދޭ ފަރާތުން ދޭންވާނެ ކަމަށް ބަޔާންކޮށްފައިވާކަމާއި، 41 ވަނަ މާއްދާގެ (ނ) ގައިވާ ޙާލަތުގައި މެނުވީ
މުވައްޒަފަކަށް ހައްޤުވާ އަހަރީ ޗުއްޓީގެ ބަދަލުގައި، އެއްވެސް ފައިސާއެއް ވަޒީފާ ދޭ ފަރާތުން ދީގެން
ނުވާނެކަމަށް
މަށް ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން މުވައްޒަފަކަށް ލިބިދޭ ޗުއްޓީއެއް
ދޫކޮށްލުމަށް، ނުވަތަ ބޭނުން ނުކުރުމަށް އެއްވެސް އެއްބަސްވުމެއް ވެފައިވާނަމަ، އެ އެއްބަސްވުމަކީ ބާޠިލް
އެއްބަސްވުމެއް ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ކަމާއި،
އިސްވެ ބަޔާންކުރެވުނު ވަޒީފާއާބެހޭ ޤާނޫނުގެ މާއްދާތަކުގެ އަލީގައި ވަޒީފާއާބެހޭ ޤާނޫނުގެ
39 ވަނަ މާއްދާގެ ދަށުން މުވައްޒަފަކަށް ޙައްޤުވާ ޗުއްޓީއަކީ ކޮންމެ މުވައްޒަފަކަށްވެސް ދިނުން ލާޒިމް
ޗުއްޓީއެއްކަމާއި، މުވައްޒަފަށް ކޮންމެ އަހަރަކުވެސް ޙައްޤުވާ ޗުއްޓީ، ޗުއްޓީ ޙައްޤުވާ ތާރީޚުން ފެށިގެން 12
މަސްދުވަހުގެ ތެރޭގައި ނަގަންޖެހޭނެކަމާއި، ޗުއްޓީ ދިނުމަކީ އަދި ޗުއްޓީގެ ބޭނުން ހިފުމަކީ ލާޒިމްކަމެއް
ކަމާއި، ޗުއްޓީގެ ބަދަލުގައި ފައިސާ ދެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 41 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާ ޙާލަތުގައިއެކަނިކަމާއި، އެހެންކަމުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިވާއިރު، ނުވަތަ
ވަކިކުރާއިރު، ފައިސާއިން ބަދަލު ދޭންޖެހޭ އެއް އަހަރުގެ އަހަރީ ޗުއްޓީއަށްވާ ދުވަސްތަކަށްވުރެ
ގިނަ ޢަދަދެއްގެ ދުވަސް، އަހަރީ ޗުއްޓީގެ ގޮތުގައި ޖަމާވެފައި ނޯންނާނެކަމާއި،
ރިޔާޟް ރަޝީދު ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގައި
މަސައްކަތްކުރި އެއްވެސް އަހަރެއްގެ އަހަރީ ޗުއްޓީ ބޭނުންކޮށްފައިނުވާކަމަށާއި، ޗުއްޓީއަށް އަނގަބަހުން
އެދިފައިވާނެކަމަށް ބުނެފައިވިޔަސް ޗުއްޓީއަށް އެދިފައިވާކަމުގެ އެއްވެސް ހެއްކެއް އަދި ލިޔެކިޔުމެއްވެސް
ހުށަހަޅާފައިނުވާކަމާއި، އަދި ޗުއްޓީ ހަމަޖައްސައިނުދީގެން އެކަމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ރިޔާޝް
ރަޝީދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިނުވާތީ، ފާއިތުވެ ގޮސްފައިވާ އަހަރު ތަކުގައި
ރިޔާޟް ރަޝީދު ޗުއްޓީ ނަގާފައި ނުވިނަމަވެސް އެ އަހަރު ތަކުގެ ޗުއްޓީ ތަކަކީ ޖަމާކުރެވިފައިވާ
ޗުއްޓީތަކަކަށް ނުވާނެކަމާއި، އެހެންކަމުން ރިޔާޟް ރަޝީދަށް ޙައްޤުވާނީ އޭނާ ވަޒީފާއިން ވަކިކުރިއިރުބީޓް
44ހ2
އޭނާ އިނީ
ހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
20j5/HC-A/87
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙައްޤުވެ ނުނަގާ އޮތް އެއް އަހަރުގެ އަހަރީ ޗުއްޓީގެ ފައިސާ އެކަނިކަމާއި، ނަމަވެސް ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު: 2014/VTR/116 މައްސަލަ ނިންމެވުމުގައި ރިޔާޟް ރަޝީދަށް ދެއަހަރުގެ
އަހަރީ ޗުއްޓީ ފައިސާ ނަގައިދީފައިވަނީ އެމައްސަލަ ރައްދުވި ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން
ޕްރައިވެޓް ލިމިޓެޑް އިން އޭނާއަށް ދެއަހަރުގެ އަހަރީ ޗުއްޓީގެ ފައިސާ ދިނުމަށް ހުށަހަޅާފައިވާތީކަން
08
ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2014/VTR/116 މައްސަލަ ބައްލަވައި އެ ޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް އޮތްކަމަކަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތީން
ހުރުމާއެކު، އިސްތިއުނާފް މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު: 2014/VTR/116 މައްސަލާގައި
ހުޅުމާލެ ފްލެޓް ނަންބަރު: 01-ޖީ-92 ރިޔާޟް ރަޝީދު (ދ.ރ.ކާޑު: A057898) ހުށަހެޅި މައްސަލަ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވާ ނިންމަވާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތް
ނިންމުމެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުހިނދު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެ ނިންމުމަށް ތާއީދުކޮށް އެގޮތުގެމަތިން ޙުކުމްކޮށް ފީމެވެ.
OXOC
cc
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv