ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/256 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/ 256
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު 256/HC
-
A/2008
• އިސްތިއުނާފް ކުރިފަރާތް:
*ނަން: އެޓާރނީ ޖެނެރަލްގެ އޮފީސް
ވަކީލު: އިޏ.އުސާމާ މޫސާ
ކާޑު ނަންބަރު: A111334
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުލްމުޙްސިނު ދާއިމީ އެޑްރެސް: މއ.ހ ދަފްތަރު 2708 (މ.ރޭޝަމް)
* ދާއިމީ އެޑްރެސް:
އައިޑީ ކާޑު ނަން
A057060
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 02 ރަމަޟާން 1429 *
ނިމުނު ތާރީޚް: 15 ޞަފަރު 1430
12) ސެޕްޓެމްބަރ 2008
09 ޖެނުއަރީ 2012
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު: 2008/Q4C/53
• ޤަޟިއްޔާގެ ބާވަތް: އުމުރު ޘާބިތުކުރުން
ނިންމެވި ކޯޓް: ގދ.ގައްދޫ މެޖިސްޓްރޭޓްކޯޓް
• ހުށަހެޅުނު ތާރީޚް: 26 މެއި 2008 ނިމުނު ތާރީޚް: 28 މެއި 2008
33
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: އގ.ޢަލީ ސަމީރު، ފަނޑިޔާރު: އޖ.އަޙްމަދު ޝަރީފު، ފަނޑިޔާރު: ޔޫސުފު ޙުސައިން.
ދިވެހިރާއްވީ
އާއީE
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2008/HC-A/256
ދަޢުވާގެ ޚުލާޞާ
މިއީ، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫކޯޓުގެ ނަންބަރު 2008/Q4C/53 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުންއެދި އެޓަރނީ
ޖެނެރަލްއޮފީހުގެ ފަރާތުން ދިވެހިރާއްޖޭ
އްޖޭގެހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި
ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު 2708 (މ.ރޭޝަމް) ޢަބްދުލް
މުޙުސިންއެވެ.
* )343
ރެވުނު ނުކުތާތައް
01- ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކޯޓުގެ ނަންބަރު 2008/Q4C/53 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ދަފްތަރު ނަންބަރު 2708 ޢަބްދުލްމުޙުސިން
(މ.ރޭޝަމް) އޭނާގެ އުމުރު އޮޅުވާލާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް ހަދާފައިވާތީ، އޭނާގެ ޙަޤީޤީ
އުފަންތާރީޚަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑް ހެދުމަށް އެދި ހުށަހެޅުމުން ބެލުނު މައްސަލައެއްކަން
އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވޭ ނުކުތާތަކަށް
ބަލާއިރު ދަފްތަރު ނަންބަރު 2708 (މ.ރޭޝަމް) ޢަބްދުލް މުޙުސިންގެ އުފަން ތާރީޚަށް ބަދަލު ގެނެވި
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހެދިފައިވާތީ، ޙަޤީޤީ އުފަން ތާރީޚު ސާފުކުރުމަށް އެދި ޢަބްދުލް
މުޙުސިން އުފަންވެފައިވަނީ 26 ޖުލައި 1956 ގައި ކަމަށް މިމައްސަލައަށް ހެކިބަސްދީފައިވާ ގައްދޫ އާގެ
ޢަބްދުﷲ އަފީފްއާއި ގައްދޫ ބިއްލޫރިޖެހިގޭ މުޙައްމަދު ވަހީދުގެ ހެކިބަހުން ސާބިތުވާތީ، ޢަބްދުލްމުޙުސިނަށް
ދެއްވާފައިވާ ނަންބަރު: 057060-A ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގައިވާ
1937-08-09 އުފަން ތާރީޚަކީ ޞައްޙަ ތާރީޚެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށް މައްސަލަ
ނިންމީއެވެ.” މިފަދައިންނެވެ.
ހައްދުވި
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2008/HC-A/256
02- ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކޯޓުގެ ނަންބަރު 2008/Q4C/53 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށް ބުނެ އެޓަރނީ ޖެނެރަލް އޮފީހުގެ
ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
0
ފުރަތަމަ ނުކުތާއަކީ، ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކޯޓުގެ ނަންބަރު 2008/Q4C/53
ޤަޟިއްޔާ ނިންމަވާފައިވާ ގޮތުގެ މަތިން ޢަބްދުލްމުޙުސިންގެ އުފަން ދުވަސް 09 އޯގަސްޓު 1937 އިން
26 ޖުލައި 1956 އަށް ބަދަލުވުމުން އޭނާގެ އުމުރު 18 އަހަރު ހަގުވެ، ސ.ހުޅުދޫ މެރީސަޕޯޓްގައި
ރަޖިސްޓްރީ ކުރެވިފައިވާ އޭނާގެ ދަރިފުޅު ޝިޣާފު ޢަބްދުލްމުހުސިން (ދިވެހި ރައްޔިތެއްކަން އަންގައިދޭ
ކާރޑް ނަންބަރު: 060651-A) އަށް ވުރެ އުމުރުގެ ގޮތުން އެންމެ 09 އަހަރު ދޮށިވާ މެދުވެރިވުން.
6 24
ޓީތ
ދުށި37ނ
• ދެވަނަ ނުކުތާއަކީ، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ރެކޯޑްތަކުން ޢަބްދުލް
މުޙުސިންގެ މަންމައަށް އޭނާއަށްވުރެ ހަގަށް ލިބިފައިވާކަމަށް ދައްކާ ދެކުދިންކަމުގައިވާ، ގދ.ގައްދޫ (ކޮމާ
(ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް ނަންބަރު: 036132-A، އުފަން ތާރީޚް: 15-01-1946)
ޢަބްދުލްޢަޒީޒް އާއި ގދ.ގައްދޫ | ފޫޅުމާގެ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑް ނަންބަރު:
A039837 އުފަން ތާރީޚް: 19-01-1952) އަޙްމަދު ސަޢީދު، މިޤަޟިއްޔާގައިވާ ގޮތުން ޢަބްދުލް
މުޙުސިންގެ އުމުރު ޙަގުވުމުން، މީނާގެ ބޭބެއިންނަށް ވެގެން ދިޔުން.
• ތިންވަނަ ނުކުތާއަކީ، މިޤަޟިއްޔާ ނިންމަވާފައިވާ ގޮތުގެ މަތިން ޢަބްދުލްމުޙުސިންގެ
އުފަންދުވަސް ބަދަލުކޮށް، އޭނާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑާ
ޞްލާޙުކުރުމުގެ ސަބަބުން، ޞައްޙަ ނޫން
މަޢުލޫމާތުތަކެއް ޑިޕާރޓްމަންޓް އޮފް ނޭޝަނަލް
ރެޖިސްޓްރޭޝަންގެ ޑޭޓާ ބޭސްއަށް އެތެރެވާގޮތް މެދުވެރިވުން.
ދޫ
OXCCC
03- މިމައްސަލައާއި ގުޅިގެން ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކޯޓުގެ ނަންބަރު 2008/Q4C/53
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ
ކަމަށްބުނެ އެޓަރނީ ޖެނެރަލް އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއާ ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2008/HC-A/256
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ
(ހ) ފުރަތަމަކަމަކީ، ޢާއްމު އުސޫލެއްގެ ގޮތުން އައިޑީކާޑު ހެއްދެނީ އައިޑީކާޑު ހެދުމަށް އެދި
ހުށައަޅާފޯމުގައި އައިޑީކާޑު ހަދައިދިނުމަށް އެދޭ މަޢުލޫމާތަކީ ތެދު މަޢުލޫމާތުކަމަށް އިޤްރާރުވެ ސޮއިކުރުމަށް
ފަހުގައިކަން އެނގެން އޮތް އިރު، 1985 ފެބުރުއަރީ 17 މި ތާރީޚުގައި ޢަބްދުލް މުޙުސިން އޭނާގެ އައިޑީ
ކާޑު ހެއްދުމަށް ސ.ހުޅުދޫ އޮފީހަށް ހުށައެޅި " ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުހެދުމަށް ބޭނުންވާ
މަޢުލޫމާތުފޯމު" ގައި ޢަބްދުލް މުޙުސިން ގެ އުފަން ތާރީޚަކީ 09 އޮގަސްޓް 1937 ގައި ކަމުގައި ލިޔެ
މުޙުސިން މިފޯމުގައިސޮއި ކޮށްފައިވާކަން އެނގެން އޮންނަކަމާއި، އަދި އެފޯމުގައިވާ މަޢުލޫމާތަކީ
ތެދުމަޢުލޫމާތުކަމަށް އިޤުރާރު ވާކަމަށާއި، އެ ފޯމުގައި ތެދުނޫން މަޢުލޫމާތު އޮވެއްޖެނަމަ ކުށްވެރި ވާނެކަމަށް
ލުކުރާކަމަށްވެސް ޢަބްދުލް މުޙުސިން އިޤްރާރުވެފައި ވާކަން އެނގެން އޮތުމެވެ.
89 0
އަތޮމުކުޚިހ8 ޑ 8
/ ހދ8 7
6
އއ00އވނ
(ނ) ދެވަނަކަމަކީ، ޢަބްދުލް މުޙުސިން ގެ ޢުމުރު އޮޅުވާލާ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑް
ހަދާދީފައިވާކަމަށް އޭނާގެ ޙަޤީޤީ އުފަންތާރީޚަށް ދިވެހިރައްޔިތެއް އަންގައިދޭ ކާޑު ހެދުމަށް
.ގައްދޫކޯޓަށް މައްސަލަ ހުށައެޅުމުން އެމައްސަލަ ގދ.ގައްދޫކޯޓުން ބަލާ އޭނާގެ ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑުގައިވާ 09 އޮގަސްޓް 1937 އުފަން ދުވަހަކީ ސައްޙަ ތާރީޚެއް ނޫންކަމަށާއި، ޢަބްދުލް
މުޙުސިނު އުފަންވެފައިވަނީ 26 ޖުލައި 1956 ގައި ކަމަށް ކަނޑައަޅާފައިވަނީ ގދ.ގައްދޫ އާގެ ޢަބްދު
އަފީފުއާއި ގދ.ގައްދޫ ބިއްލޫރިޖެހިގެ މުޙައްމަދު ވަޙީދު އާއި މިދެމީހުން ދީފައިވާ ހެކިބަހުގެ މައްޗަށް
އެކަނި ބައްލަވައިގެން ކަން އެނގެން އޮތް އިރު، ހެކިބަސްދީފައިވާ ފަރާތްތަކުގެ ތެރެއިން މުޙައްމަދު
ވަޙީދަށް ، ޢަބްދުލް މުޙުސިނުގެ ސައްޙަ އުފަން ތާރީޚް އެނގެނީ ، އެދުވަހަކީ މުޙައްމަދު ވަޙީދާއި އެއްބަފާ
މޫސާކަލޯ ނިޔައުވި ދުވަސް ކަމުން އެ ތާރީޚު ޖަހަންޖެހޭތީ އެކަން ސާފުކޮށް އެނގެނީކަމަށް ކަމުގައި ބުނެ
ހެކި ބަސް ދިން ނަމަވެސް ގދ.ގައްދޫ ބިއްލޫރިޖެހިގެ މުޙައްމަދު ވަޙީދުގެ އެއްބަފާ މޫސަކަލޯ ކިޔާ މީހަކު
ދުނިޔޭގައި ހުރިކަން ނުވަތަ ނިޔައުވެފައިވާ ކަމުގެ ރެކޯޑް ގދ. ގައްދޫ އޮފީހުގައި ރެކޯޑް ކުރެވިފާ
ނުވާކަމަށް އެ އޮފީހުގެ ނަންބަރު 2009
/
280/Q4
-
A ފެކްސް މެސެޖުން ދިވެހިރާއްޖޭގެ ހައިކޯޓަށް
މަޢުލޫމާތު ދީފައި އޮންނަކަމާއި، މިހެންކަމުން މުޙައްމަދު ވަޙީދުގެ އެހެކިބަހަކީ އެހެކިބަހުގެ ސައްޙަ ކަމާއި
މެދު އިތުރަށް ޔަޤީން ކުރުމަކާއި ނުލާ ބަލައިގަނެވޭނެ ހެކިބަހެއް ނޫންކަން އެނގެން އޮތުމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ތީމުގެ 3ވަނަދޮރޯށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2008/HC-A/ 256
އޮތުމުން، މިއީ
ދައުލަތުގެ
(ނ) ތިންވަނަކަމަކީ، ދައުލަތުގެ ތަންފީޒީ އިދާރާއަކުން ނިންމާ ނިންމުމެއް ބާތިލުކުރުމަށް އެދި
ކޯޓަށް ހުށައަޅާ ދަޢުވާއެއްގެ ޝަރީޢަތް ހިންގަންވާނީ އެއިދާރާއެއް ޝަރީޢަތުގެ މަޖިލިސްގައި
ތަމްސީލުކުރާނެ ފަރާތެއް ކަނޑައެޅި އެފަރާތަށް ދަޢުވާ ލިބޭ ގޮތަށްކަމަށާއި އަދި ދަޢުވާއަށް ޖަވާބުދާރީވާން
އެފަރާތަށް ފުރުސަތު ދެވިގެންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 17/SC-A/2009
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި، ޢަބްދުލް މުޙުސިން ގދ.ގައްދޫ ކޯޓަށް ހުށައެޅި މައްސަލައަކީ
އޭނާ ސައްޙަ ޢުމުރެއް ކަނޑައަޅައި ދިނުމުގެ އިތުރުން ސ.ހުޅުދޫ އޮފީހުން ޢަބްދުލް މުޙުސިން ގެ ޙަޤީޤީ
އުފަންދުވަސް އޮޅުވާލާފައިވާކަމަށް ބުނެ ހުށައެޅުނު ދަޢުވާއެއްކަން އެނގެން
ތަންފީޒީ ބާރުގައި ހިމެނޭ އިދާރާއަކުން ކަނޑައަޅާފައިވާ ކަނޑައެޅުމެއް ތަޢުނު ކުރެވޭ މައްސަލައެއްކަން
އެނގޭކަމާއި، މިހެންކަމުން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި
ކަނޑައަޅާފައިވާ ގޮތުގެ މަތިން އަބްދުލް މުޙުސިން ގދ.ގައްދޫކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ޙުކުމަށް
ވާސިލުވުމުގެ ކުރިން މި މައްސަލައާއި ގުޅުން ހުރި އިދާރާތަކުން މި ދަޢުވާގެ ރައްދުގައި ބުނާ އެއްޗެއް
ޝަރީއަތުގެ ފަރާތުން
އެނގޭކަމާއި، ނަމަވެސް ގދ.ގައްދޫކޯޓުން މިމައްސަލަ ނިންމި
އިރު މި މައްސަލައާ
ގުޅުން ހުރި އެއްވެސް
ހޯދާފައިވާކަން އެނގެން ނެތްކަން
ފާހަގަކުރެވެން :
ހހ2 2
4
2 ހދ
یک مرد میانس
އދރއއގ
ހsވ
ބަހެއް
¢ ¢3
. 204.
(ރ) ހަތަރުވަނަކަމަކީ، ޔަޤީނީ ޢިލްމު ޙާސިލުކުރެވޭ ގޮތަށް ފެންނަން ހުންނަ ޤާނޫނީ ޙުއްޖަތްތައް
ބާތިލުވެގެން
ވެގެން ދާނީ އެފަދަ ޔަޤީނީ ޙުއްޖަތަކުން ކަމާއި، ސަރުކާރުގެ ރަސްމީ އިދާރާތަކަށް ތިމާ އަމިއްލައަށް
ލޫމާތުދީގެން އެމަޢުލޫމާތު ތަކުގެ މައްޗަށް ބިނާކޮށްގެން ހެދޭ ރަސްމީ ލިޔުންތަކަކީ ޔަޤީނީ ޢިލްމު
ޙާސިލުކުރެވޭގޮތަށް ހުންނަ ޤާނޫނީ ޙުއްޖަތެއް ކަމުގައި ބަލަންޖެހޭކަމާއި، ރަސްމީ ލިޔުމެއްގައި ތިމާގެ
އުފަން ތާރީޚް ވަކި ގޮތަކަށް ލިޔެފައިވަނިކޮށް، އުފަންތާރީޚު ރަނގަޅު ކުރަންވެއްޖެނަމަ، ޝަރީޢަތުން
އެތާރީޚު ބަދަލުކުރެވޭނީ އެލިޔުމެއްގައިވާ އުފަން ތާރީޚަކީ ރަނގަޅު ނޫން ތާރީޚެއްކަމާއި، އަލުން ހުށައަޅާ
ތާރީޚަކީ ރަނގަޅު ތާރީޚެއްކަމަށް ޝަރުޢީ ހަމަތަކުގެ މަތިން ސާބިތު ކޮށް ދިނުމަށް ފަހުގައި ކަމާއި، މި
މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޢަބްދުލް މުޙުސިން، އޭނާގެ އުފަން ދުވަހަކީ 09
އޮގަސްޓް 1937 ގައި ކަމަށް އެއްބަސްވެ އިޤްރާރުވުމަށްފަހު، އަދި މި އިޤްރާރުގެ މައްޗަށް ބިނާކޮށް
މީނާގެ އުފަންދުވަހަކީ 09 އޮގަސްޓް 1937 ކަމުގައި މީނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި
4
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
"ދިވެހި88 ޚަޢީ*
6
2008/HC-A/ 256
8
ހުތު
ލިޔެފައިވަނިކޮށް، ޢަބްދުލް މުޙުސިން އަށް އޮޅުވާލައިގެން ކޮށްފައިވާ ކަމެއް ކަމަށާއި، މީނާގެ ޙަޤީޤީ
އުފަންދުވަހަކީ 26 ޖުލައި 1956 ކަމުގައިބުނެ، ޢަބްދުލް މުޙުސިން ގެ އުފަންދުވަހަކީ 26 ޖުލައި 1956
ގައިކަން އެނގޭކަމަށް ދެމީހަކު ޝަރީޢަތުގައި ހެކިބަސް ދިން ދިނުމަކީ ހަމައެކަނި އެހެކިބަހުގެ މައްޗަށް
ބުރަވެ ޢަބްދުލް މުޙުސިން ވެފައިވާ އިޤުރާރާއި، އަދި އެ އިޤުރާރުގެ މައްޗަށް ބިނާކޮށް ހެދިފައިވާ އޭނާގެ
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި ހިމަނާފައިވާ މަޢުލޫމާތުތައް ނަފީކުރާވަރުގެ ޤާނޫނީ ޙުއްޖަތެއް
ނޫންކަން އެނގެއެވެ.
2
244 45 37
3ބލުކުރެވޭކަމާއި،
•) ފަސްވަނަކަމަކީ، ޢަބްދުލް މުޙުސިން ގެ އުފަންދުވަސް 09 އޮގަސްޓް 1937 ން 26 ޖުލައި
1956 އަށް ބަދަލުވެއްޖެނަމަ، މީނާގެ އުފަންދުވަސް 18 އަހަރު ހަގުވެ ސ.ހުޅުދޫ މެ،
މެރީ ސަޕޯޓްގައި
ރަޖިސްޓްރީ ކުރެވިފައިވާ މީނާގެ ދަރިފުޅު ޝިޣާފު ޢަބްދުލް މުޙުސިނަށްވުރެ ޢުމުރުގެ ގޮތުން އެންމެ ނުވަ
އަހަރު ދޮށިވާގޮތް މެދުވެރިވާކަން އެނގެން އޮންނަކަމާ ޢުމުރުން 09 އަހަރުގައި ކައިވެންޏެއް ކޮށް
ދަރިން ހޯދުމަކީ ދިވެހިރާއްޖޭގައި ކަން ހިނގާ އާދަތަކަށް ބަލާއިރު، އެކަން އެގޮތަށް ވުން ދުރު ކަމެއްކަން
ޢަބްދުލް މުޙުސިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިސް އަށް ދީފައިވާ
ބެލުމުން ޢަބްދުލް މުޙުސިން ގެ ޢުމުރު ބަދަލުކުރުމަށް ޝަރީޢަތަށް ހުށައަޅާފައިވަނީ ސިވިލް
ސަރވިސްގެ ޤާނޫނުގެ ދަށުން 65 އަހަރުވާ މީހުން ވަޒީފާއިން މުސްކުޅި ކުރައްވާކަން އިޢުލާނު ކުރުމުން
ކަމަށާއި، ނަމަވެސް ސިވިލް ސަރވިސްގެ ޤާނޫނު ވުޖޫދަށް އައުމުގެ މާކުރިންވެސް މީނާގެ އުފަންދުވަސް
ރަށުއޮފީހުން އޮޅުވާލައިގެން ލިޔެފައިވާކަން އެނގޭކަމުގައި ބުނެފައި އޮންނަކަމާއި، ނަމަވެސް އެފަދަ ކަމެއް
ރަށުއޮފީހުން ކުރިކަމަށް ޢަބްދުލް މުޙުސިން ދެކޭނަމަ، އެކަމާއި އަޅާ ނުލާ އެހާ ދުވަސް ހުރުމަށްފަހު،
މިހާރު އެވާހަކަ ދެއްކުމުން އެވާހަކައިގެ ސައްޙަކަމާއި މެދު ސުވާލު އުފެދޭ ކަމުގައި ޤަބޫލުކުރެވެއެވެ.
ބަނهކށް 200
ވީމާ، އިސްވެ ދިޔަ ސަބަބުތައް
އެގޮތުގެ މަތިން ހުރުމުން ގދ.ގައްދޫކޯޓުގެ ނަންބަރު
2008/Q4C/53 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
CU O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471 *
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2008/HC-A/256
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން، މމޚްދ 2708
(ހ.ރޭޝަމް) ޢަބްދުލް މުޙުސިންއަށް ހަދާދީފައިވާ ނަންބަރު 057060
A ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑުގައިވާ 09 އޮގަސްޓް 1937 އަކީ ޢަބްދުލް މުޙުސިންގެ ސައްޙަ އުފަންތާރީޚު ނޫންކަމަށް ކަނޑައަޅައި
ގދ. ގައްދޫ ކޯޓުގެ ނަންބަރު 2008/Q4C/53 ޤަޟިއްޔާ ގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ގދ. ގައްދޫ ކޯޓުގެ ނަންބަރު 2008/Q4C/53
ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމް ބާތިލުކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv