ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/16 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/16
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 16/HC
-
A/2013
އިސްތިއުނާފު ކުރި ފަރާތް:
* ނަން: އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރޭޝަން ނަންބަރު: 16
/
98-C
ވަކީލް: އދ. އަދުނާން ޔޫސުފް، ޖަވާހިރުމާގެ/ ބ. ކެންދޫ
0
.1
.2
.3
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ކަމާލުއްދީން
ދާއިމީ އެޑްރެސް: މއ. އާނުވެލި މާލެ
* އައި.ޑީ.ކާޑު ނަންބަރު: A061704 މިހާރުގެ އެޑްރެސް: މއ. އެވަރލާސްޓް| މާލެ
* ބަދަލުގައި: ޣަފަރުﷲ ކަމާލުއްދީން، މއ. އެވަރލާސްޓް/ މާލެ
* ނަން: ނަޞްރުﷲ ކަމާލުއްދީން
ދާއިމީ އެޑްރެސް: ހުރަވީގެ/ މާލެ
އައި.ޑީ.ކާޑު ނަންބަރު: A011800
* މިހާރުގެ އެޑްރެސް:
މީރާސްގެ މާލެ
ބަދަލުގައި: ޣަފަރުﷲ ކަމާލުއްދީން، މއ. އެވަރލާސްޓް/ މާލެ
* ނަން: ޣަފަރުﷲ ކަމާލުއްދީން
ދާއިމީ އެޑްރެސް: މއ. އެވަރލާސްޓް މާލެ
އައި.ޑީ.ކާޑު ނަންބަރު: A064990 ، މިހާރުގެ އެޑްރެސް: މއ. ދިލާވަރުގެ| މާލެ
* ނަން: ލޫޝާން ކަމާލުއްދީން
ދާއިމީ އެޑްރެސް: މއ. އެވަރލާސްޓް{ މާލެ
އައި.ޑީ.ކާޑު ނަންބަރު: A087758
* މިހާރުގެ އެޑްރެސް: މ. އެއްޗަފަރު! މާލެ
ބަދަލުގައި: ޣަފަރުﷲ ކަމާލުއްދީން، މއ. އެވަރލާސްޓް{ މާލެ
* ނަން: ކަހެކް ޝާން ކަމާލުއްދީން
* ދާއިމީ އެޑްރެސް: މއ. އެވަރލާސްޓް/ މާލެ
އައި.ޑީ.ކާޑު ނަންބަރު: A039501 * މިހާރުގެ އެޑްރެސް: ގ. ދެނާލި މާލެ
ބަދަލުގައި: ޣަފަރުﷲ ކަމާލުއްދީން، މއ. އެވަރލާސްޓް/ މާލެ
.4
.5
E
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
2013/HC-A/16
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
.6
އިސްމާޢީލް ރަޝީދު އުމަރު * ދާއިމީ އެޑްރެސް: މ. އާދިއްލީގެ މާލެ
* އައި.ޑީ.ކާޑު ނަންބަރު: A038221 * މިހާރުގެ އެޑްރެސް: މ. އާދިއްލީގެ މާލެ
* ބަދަލުގައި، މުޙައްމަދު ޝަމީރު، ޖޭމްގަސްދޮށުގެ ހިންނަވަރު
ވަކީލު: އދ. އާދަމް ޝަމީމް، މަލާޒް/ ދ. މާއެނބޫދޫ
•
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 ރަބީޢުލްއައްވަލު 1434 * ނިމުނު ތާރީޚް: 26 ޖުމާދަލްއޫލާ 1435
ޖަނަވަރީ
27 މާރޗް
17
2013
2014
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1336
• ނިންމިކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: މއ. އާމަ
އާމަންޑްވިލާ ވިއްކުމުގެ މައްސަލަ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ،ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޔޫސުފު ޙުސައިން
ދިވެހިރާއްa.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/16
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި އާރް.ކޭ.އެލް ގްރޫޕް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތްތަކަކީ އާނުވެލި ޢަބްދުﷲ ކަމާލުއްދީނާއި،
ހުރަވީގެ ނަޞްރުﷲ ކަމާލުއްދީނާއި، މއ. އެވަރލާސްޓް ޝަފަރުﷲ ކަމާލުއްދީނާއި،
މއ. އެވަރލާސްޓް
ދޫޝާން ކަމާލުއްދީނާއި،
އެވަރލާސްޓް ކަހެކްޝާން ކަމާލުއްދީނާއި މ. އާދިއްލީގެ
އިސްމާޢީލް
ރަޝީދު ޢުމަރެވެ.
0އވެ
1. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، އާނުވެލި ޢަބްދުﷲ ކަމާލުއްދީނާއި،
. ހުރަވީގެ ނަޞްރުﷲ ކަމާލުއްދީނާއި، މއ. އެވަރލާސްޓް ޝަފަރުﷲ ކަމާލުއްދީނާއި، މއ. އެވަރލާސްޓް
ޖޫޝާން ކަމާލުއްދީނާއި، މއ. އެވަރލާސްޓް ހެކްޝަން ކަމާލުއްދީން، 05 މީހުންގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ އާމަންޑްވިލާ (ރަޖިސްޓްރީ ނަންބަރު އ.4744) އެވެކިޔާ 1550 އަކަފޫޓުޖީޑީ
ހއ.
)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/16
އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭމުދާ -/1,550,000 (އެއްމިލިއަން ފަސްލައްކަ
ފަންސާސްހާސްރުފިޔާ) ގެ އަގަށް މ. އާދިއްލީގެ އިސްމާޢީލް ރަޝީދު ޢުމަރަށް ވިއްކުމަށް އެދި ޢަބް
ޢަބްދު
ކަމާލުއްދީނާއި، ނަޞްރުﷲ ކަމާލުއްދީނާއި، ޘަފަރުﷲ ކަމާލުއްދީނާއި، ދޮޝާން ކަމާލުއްދީނާއި، ކަރެކްޝަން
ކަމާލުއްދީން ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
CCCXOC
148
10
(A039501
ހު
3. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރެވުނު ނުކުތާތަކުގެ
މައްޗަށް ބެލުމަށްފަހު، މިއ. އާނުވެލި އެވަރލާސްޓް އަބްދުﷲ ކަމާލުއްދީން (ދ.ރ.ކާޑް: A061704)
އާއި، ހުރަވީގެ / ހ. މީރާސް 8 ވަނަ ފްލޯރ ނަޞްރުﷲ ކަމާލުއްދީން (ދ.ރ.ކާޑް: A011800)
އާއި، އެވަރލާސްޓް | ދިލާވަރުގެ 4 ވަނަ ފްލޯރ ޘަފަރުﷲ ކަމާލުއްދީން (ދ.ރ.ކާޑް:
A064990) އާއި، މއ. އެވަރލާސްޓް | މ. ރެއްޗަފަރު 2 ވަނަ ފްލޯރ ދޫޝާން ކަމާލުއްދީން (ދ. ރ.ކާޑް:
A087758) އާއި، މއ. އެވަރލާސްޓް | ގ. ދެނާލި 3 ވަނަ ފްލޯރ ކަހެކް ޝާން ކަމާލުއްދީން (ދ.ރ.ކާޑް:
05 (ފަހެއް) މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އާމަންޑްވިލާ (ރަޖިސްޓްރީ
ނަންބަރު: އ.4744) އެވެކިޔާ 1550 (ފަނަރަސަތޭކަ ފަންސާސް) އަކަފޫޓުގެ އަމިއްލަ ބިމާއި، އެބިމުގައިވާ
އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭމުދާ -/
1,550,000ރ. (އެއްމިލިއަން ފަސްލައްކަ ފަންސާސްހާސްރުފިޔާ) ގެ
އާދިއްލީގެ އިސްމާޢީލް ރަޝީދު ޢުމަރު (ދ.ރ.ކާޑް: A038221) އަށް ވިއްކުމަށް
ގ. އާމަންޑްވިލާގެ ވެރިފަރާތްތަކުން ހުށަހެޅި ފަދައިން މިއަގަށް މިބިމާއި ޢިމާރާތްތައް އިސްމާޢީލް
ރަޝީދު ޢުމަރު ގަނެ، މިވިޔަފާރި ޢަޤުދުކޮށް، މިވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ، މިވިޔަފާރި
ޞައްޙަކަމަށާއި، މިވިޔަފާރީގެ ސަބަބުން ޢަބްދުﷲ ކަމާލުއްދީން އާއި، ނަޞްރުﷲ ކަމާލުއްދީން އާއި، ޘަފަރު
ކަމާލުއްދީން އާއި، ލޫޝާން ކަމާލުއްދީން އާއި، ކަރެކްޝަން ކަމާލުއްދީން މި 5 (ފަހެއް) މީހުންގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ އާމަންޑްވިލާ (ރަޖިސްޓްރީ ނަންބަރު: އ.4744) އެވެކިޔާ 1550 (ފަނަރަސަތޭކަ
އަގަށް މ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
،
5
2013/HC-A/16
ފަންސާސް) އަކަފޫޓުގެ އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭމުދަލުގެ މިހާރުގެ
މިލްކުވެރިފަރާތަކީ އާދިއްލީގެ އިސްމާޢީލް ރަޝީދު ޢުމަރު (ދ.ރ.ކާޑް: A038221) ކަމަށް
ކަނޑައަޅައި، ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
4. ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތަށްނޫންކަމަށްބުނެ، އާރް.ކޭ.އެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް
ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: އާމަންޑްވިލާ އަކީ އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުން
2017 ޑިސެމްބަރ 31 ގެ ނިޔަލަށް ކުއްޔަށް ހިފާފައިވާ ތަނަކަށް ވެފައި އެތަނަކީ އެތައް ޚަރަދެއްކޮށްފަ
ތަނަކަށް ވެފައި އެތަނަށް ޚަރަދުކޮށްފައިވަނީ ކުއްޔަށް ހިފި މުއްދަތަށް އެތަނުގައި ތިބެވޭނެކަމުގެ ޔަޤީންކަން
އެގްރީމެންޓުގެ ދަށުން ލިބިގެންކަމަށްވެފައި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1336 ޤަޟިއްޔާ
ނިންމެވިއިރު އާމަންޑް ވިލާ ކުއްޔަށް ހިފުމަށް ކޮށްފައިވާ އެގްރީމެންޓު ދެމެހެއްޓުމާމެދު ޙުކުމުގައި އެއްޗެއް
ބުނެފައި ނުވުމުން ސިވިލް ކޯޓުގެ އެޙުކުމުގެ ސަބަބުން އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤު
ގެއްލިގެން ހިނގައިދާނެކަމަށް ފެންނަކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހއ. އި2
* * 2
12
ދެވަނަ ނުކުތާއަކީ،
އާމަންޑްވިލާ އަކީ އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް
ހިފާފައިވާ ތަނަކަށްވާއިރު އަދި ވިޔަފާރީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފޯމުގެ 08 ވަނަ ނަންބަރުގެ
02 ވަނަ އައިޓަމްގައި
އާމަންޑްވިލާ ކުއްޔަށް ދީފައިވާކަމާއި ކުއްޔަށްދީފައިވަނީ އާރް.ކޭ.އެލް ގުރޫޕް
ޕްރައިވެޓް ލިމިޓެޑަށް ކަން ބަޔާންކޮށްފައި ވަނިކޮށްވެސް އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ބަހަކީ
ކޮބައިތޯވެސް ބެއްލެވުމެއްނެތި ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1336 ޤަޟިއްޔާގައި ވިޔަފާރި
OCCOC
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
/4ތ ހިން
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/16
ޢަޤުދުކޮށް މައްސަލަ ނިންމަވާފައިވުމުން މައްސަލަ ނިންމެވުމުގައި އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ
ޙައްޤު ރައްކައުތެރި ކުރުމުގެ މައްޗަށް ޢަދުލުވެރިކަން ޤާއިމުވެފައި ނެތްކަމަށް ފެންނަކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
5. ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1336 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އާރް.ކޭ.އެލް
ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭގޮތުން، މިމައްސަލާގައި ހިމެނޭ
ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މިމައްސަލައާ ގުޅޭ ލިއުންތަކަށާއި، މައްސަލާގައި ހިމެނޭ
ދައްކާފައިވާ ވާހަކަތަކަށާއި މާލެ މުނިސިޕަލްޓީގެ ނަންބަރު އ.4744 "ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ"
(15 ޖުލައި 2012) އަށް ބަލާއިރު، އާމަންޑްވިލާއެވެ ކިޔާ ގޯއްޗަކީ، އާމަންޑްވިލާ ފާތިމަތު
ވަހީދާގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ގޯއްޗެއްކަމާއި، އާމަންޑްވިލާ ފާޠިމަތު ވަޙީދާ
07 ސެޕްޓެމްބަރ 2011 ވަނަ ދުވަހު ނިޔާވުމާގުޅިގެން ފާޠިމަތު ވަޙީދާގެ ތަރިކައިގައި ހުރި
އާމަންޑް ވިލާ އެވެކިޔާ ބަންޑާރަ ގޯތި، އާމަންޑްވިލާ ފާޠިމަތު ވަޙީދާގެ ތިން ފިރިހެން ދަރިން
ކަމުގައިވާ ޝަފަރުﷲ ކަމާލުއްދީނާއި ޢަބްދުﷲ ކަމާލުއްދީނާއި ނަޞްރުﷲ ކަމާލުއްދީނާއި ފާޠިމަތު ވަޙީދާގެ
ދެ އަންހެން ދަރިންކަމުގައިވާ ލޫޝާން ކަމާލުއްދީނާއި، ކަރެކްޝަން ކަމާލުއްދީނަށް މިލްކުވެގެންވާކަމަށް
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/685 ޤަޟިއްޔާއިން ކަނޑައެޅުއްވުމާ ގުޅިގެން މާލެ މުނިސިޕަލްޓީގެ
ނަންބަރު ބ.17077 (05 ޖުލައި 2012) "ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ"އިން ފާޠިމަތު ވަޙީދާގެ
ބަޔާންކުރެވިދިޔަ ދަރިންނަށް އާމަންޑްވިލާ އެވެ ކިޔާ ބަންޑާރަ ގޯތި ރަޖިސްޓަރީ ކުރެވިފައިވާކަމާއި،
10
*2
9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/16
1550
އެއަށްފަހު މިގޯތީގެ (ފަނަރަސަތޭކަ ފަންސާސް) އަކަފޫޓުގެ ބަންޑާރަބިން
އަމިއްލަކުރުމަށްޓަކައި، ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރުމުން އާމަންޑްވިލާއެވެ ކިޔާ
ބަންޑާރަގޯތި އަމިއްލަ ގޯއްޗެއްގެ ގޮތުގައި މާލެ މުނިސިޕަލްޓީގެ ނަންބަރު އ.4744 "ޢިމާރާތާއި ގޯތީގެ
ރަޖިސްޓަރީ" (15 ޖުލައި 2017) އިން ރަޖިސްޓްރީ ކޮށްދެއްވާފައިވާކަމާއި،
އަދި އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާގައި،
ފާޠިމަތު ވަޙީދާގެ ބަޔާންކުރެވިދިޔަ ދަރިން އާމަންޑްވިލާ އެވެކިޔާ ގޯތި އިސްމާޢީލް ރަޝީދު
ޢުމަރަށް ވިއްކާލާފައިވާކަން އެނގެންއޮންނަކަމެވެ.
ހއ
. ހުރަވީގެ ނަޞްރުﷲ ކަމާ
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1336
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އާނުވެލި ޢަބްދުﷲ ކަމާލުއްދީނާއި،
ކަމާލުއްދީނާއި، މއ. އެވަރލާސްޓް ޝަފަރުﷲ ކަމާލުއްދީނާއި، މއ. އެވަރލާސްޓް
ދޫޝާން ކަމާލުއްދީނާއި، މއ. އެވަރލާސްޓް ކަހެކް ޝާން ކަމާލުއްދީން، މި 05 މީހުންގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ އާމަންޑްވިލާ އެވެކިޔާ 1550 (ފަނަރަސަތޭކަ ފަންސާސް) އަކަފޫޓުގެ އަމިއްލަ
ބިމާއި، އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭމުދާ -/
1,550,000ރ. (އެއްމިލިއަން ފަސްލައްކަ
ފަންސާސްހާސްރުފިޔާ) ގެ އަގަށް މ. އާދިއްލީގެ އިސްމާޢީލް ރަޝީދު ޢުމަރަށް ވިއްކުމަށް އެދި ޢަބްދު
ކަމާލުއްދީނާއި، ނަޞްރުﷲ ކަމާލުއްދީނާއި، ޘަފަރުﷲ ކަމާލުއްދީނާއި، ދޫޝާން ކަމާލުއްދީނާއި، ކަރެކްޝަން
ކަމާލުއްދީން ހުށަހެޅުމުން ސިވިލް ކޯޓުން އެމައްސަލަ ބައްލަވައި، މއ. އާމަންޑްވިލާގެ ވެރިފަރާތްތަކުން
ހުށަހެޅި ފަދައިން އެއަގަށް އެބިމާއި ޢިމާރާތްތައް އިސްމާޢީލް ރަޝީދު ޢުމަރު ގަނެ، އެވިޔަފާރި
އަޤުދުކޮށް، އެވިޔަފާރީގެ އަގު ޚަލާޞްކޮށްފައިވާތީ، އެވިޔަފާރި ޞައްޙަކަމަށާއި،
(ރަޖިސްޓްރީ ނަންބަރު: އ.4744) އެވެކިޔާ 1550 (ފަނަރަސަތޭކަ ފަންސާސް) އަކަފޫޓުގެ އަމިއްލަ ބިމާއި،
އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭމުދަލުގެ މިހާރުގެ މިލްކުވެރިފަރާތަކީ
8 0 1
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/16
އއ.
COCCC
Ocec
ކަމަށް ބަޔާންކޮށްފައިވާކަމާއި، އެގޮތުން، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންމަގެ ހައި
އިސްމާޢީލް ރަޝީދު ޢުމަރު (ދ.ރ.ކާޑް: A038221) ކަމަށް ކަނޑައަޅުއްވައި، އެގޮތުގެމަތީން
އެމައްސަލަ ނިންމަވާފައިވާކަން އެނގެންއޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އާމަންޑްވިލާ އަކީ އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް
ހިފާފައިވާ ތަނަކަށްވާއިރު، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާ ނިންމެވިއިރު ކުލީގެ
އެގްރީމެންޓު ދެމެހެއްޓުމާމެދު ޙުކުމުގައި އެއްޗެއް ބުނެފައި ނުވުމުން ސިވިލް ކޯޓުގެ އެޙުކުމުގެ ސަބަބުން
އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤު ގެއްލިގެން ހިނގައިދާނެކަމަށް ފެންނަކަމަށާއި،
އަދި އެޤަޟިއްޔާގައި ބެލެވުނު ވިޔަފާރީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފޯމުގައި
މއ. އާމަންޑްވިލާ ކުއްޔަށް ދީފައިވާކަމާއި ކުއްޔަށްދީފައިވަނީ އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑަށް ކަން
ބަޔާންކޮށްފައި ވަނިކޮށްވެސް އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ބަހަކީ ކޮބައިތޯވެސް ބެއްލެވުމެއްނެތި
އެމައްސަލަ ނިންމަވާފައިވުމުން، މައްސަލަ ނިންމެވުމުގައި އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤު
ރައްކައުތެރި ކުރުމުގެ މައްޗަށް ޢަދުލުވެރިކަން ޤާއިމުވެފައި ނެތްކަމަށް ފެންނަކަމަށް ބުނެ ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/1336 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އާރް.ކޭ.އެ
..ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާއިރު،
ފާޠިމަތު ވަޙީދާ ނިޔާވުމުން، މއ. އާމަންޑުވިލާގެ މިލްކުވެރިކަން ފާޠިމަތު ވަޙީދާގެ ދަރީންނަށް
ބަދަލުވެފައިވާކަމަށް ކަނޑައެޅުނު ފާޠިމަތު ވަޙީދާގެ ތަރިކަ ޤަޟިއްޔާ (ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/685 ޤަޟިއްޔާ) ގެ މައްސަލަ ހުށަހެޅުނު ފޯމުގައިވެސް އަދި ފާޠިމަތު ވަޙީދާގެ ދަރިން،
އާމަންޑްވިލާ އިސްމާޢީލް ރަޝީދު ޢުމަރަށް ވިއްކުމަށް ހުށަހަޅައި ނިމިފައިވާ އަދި މިހާރު
އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާގެ މައްސަލަ ހުށަހެޅި
ފޯމުގައިވެސް އާމަންޑްވިލާ އަކީ އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާ ތަނެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/16
2012/Cv-C/1336 ޤަޟިއްޔާ ހުށަހެޅުނު ފޯމުގެ 08 ވަނަ ނަންބަރުގެ 02 ވަނަ އައިޓަމްގައި
އާމަންޑްވިލާ ކުއްޔަށް ދީފައިވާކަމާއި، ކުއްޔަށްދީފައިވަނީ އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑަށްކަން
ބަޔާންކޮށްފައިވާކަން އެނގޭއިރު،
އެފޯމުތަކުގައި އެމައުލޫމާތު ހިމަނަންޖެހޭގޮތަށް އެފޯމުތައް ތައްޔާރުކޮށްފައި އެވަނީ އެފަދަ
މައްސަލަތައް ނިމިގެންދާއިރު، އެކަންކަމުގެ މައްޗަށްވެސް ބައްލަވައި، ކުއްޔަށް ހިފާ ފަރާތުގެ ޙައްޤުތަކަށްވެސް
ރިޢާޔަތްކުރެއްވުމަށްކަމަށް ޤަބޫލުކުރެވޭކަމާއި،
ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާއިރު، ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/1336 ޤަޟިއްޔާގައި އާމަންޑްވިލާ ވިއްކުމަށް އެގޭގެ ވެރިފަރާތްތަކާއި
އިސްމާޢީލް ރަޝީދު ޢުމަރާ ދެމެދު ވެފައިވާ ވިޔަފާރީގެ ޢަޤުދު ޞައްޙަކަމަށާއި، އާމަންޑްވިލާ
(ރަޖިސްޓްރީ ނަންބަރު: އ.4744) އެވެކިޔާ 1550 (ފަނަރަސަތޭކަ ފަންސާސް) އަކަފޫޓުގެ އަމިއްލަ ބިމާއި،
އެބިމުގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭމުދަލުގެ މިހާރުގެ މިލްކުވެރިފަރާތަކީ އާދިއްލީގެ
އިސްމާޢީލް ރަޝީދު ޢުމަރު (ދ.ރ.ކާޑް: A038221} ކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާ
ކަނޑައެޅުއްވުމުގެ ޞައްޙަކަމާމެދު އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސުވާލު އުފައްދާފައި
ނުވާކަމާއި، އަދި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އަދި އެޙުކުމުގެ ބައެއްވިޔަސް ބާޠިލުކޮށްދިނުމަށް
އެދިފައިނުވާކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާ އިސްތިއުނާފުކުރެއްވުމުގައި އާރް.ކޭ.އެލް
ގުރޫޕް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ، ރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް
ލިމިޓެޑާއެކު ފާޠިމަތު ވަޙީދާ ކޮށްފައިވާ އެގްރީމެންޓުތައް އެއެގްރީމެންޓުތަކުގެ މުއްދަތު ހަމަވަންދެން އެ
އެގްރީމެންޓުތަކުގައި ބަޔާންކުރާ ކުއްޔަށް އެގްރީމެންޓުތައް ދެމިއޮންނާނޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާގައި ކަނޑައަޅައި އެގޮތުގެ މަތިން މިމައްސަލަ ނިންމައިދިނުންކަން އެނގޭކަމެވެ.
4
2 4ދއވ
29ނ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/16
12
އިސްމާޢީލް ރައޖޭގެ
(ރ) ހަތަރުވަނަ ކަމަކީ، އާމަންޑްވިލާ ކުއްޔަށްދިނުމާ ގުޅޭގޮތުން އާރް.ކޭ.އެލް ގުރޫޕް
ޕްރައިވެޓް ލިމިޓެޑާއި . އާމަންޑްވިލާ ފާޠިމަތު ވަޙީދާއާދެމެދު ވެފައިވާ އެއްބަސްވުން ކަމަށްބުނެ އާރް.ކޭ.އެލް
ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ލިއުމަށް ބަލާއިރުވެސް
އެއެއްބަސްވުމުގެ މުއްދަތުގައި އެގޯތީގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރުމަށް ހުރަސްއަޅާފަދަ ގޮތަކަށް
އެއްބަސްވެފައިވާކަން އެނގެންނެތްކަމާއި،
އާމަންޑްވިލާ ކުއްޔަށްދިނުމާ ގުޅޭގޮތުން އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެކު
އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށް އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނަނީ އެއިރު
އެގޯތީގެ ވެރިފަރާތްކަމުގައިވާ މއ. އާމަންޑްވިލާ ފާޠިމަތު ވަޙީދާކަމަށްވާއިރު، ފާތިމަތު ވަޙީދާ
ސެޕްޓެމްބަރ 2011 ގައި ނިޔާވުމާގުޅިގެން ފާޠިމަތު ވަޙީދާގެ ތަރިކާގައި ހުރި އާމަންޑްވިލާ
އެވެކިޔާ ގޯތި، ފާޠިމަތު ވަޙީދާގެ ބަޔާންކުރެވިދިޔަ ދަރިންނަށް މިލްކުވެގެންވާކަމަށް ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/685 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާއިރު، ފާޠިމަތު ވަޙީދާގެ މިލްކުވެރިކަމުން ފާޠިމަތު
ވަހީދާގެ ބަޔާންކުރެވިދިޔަ ދަރިންގެ މިލްކުވެރިކަމަށް މއ. އާމަންޑްވިލާ ބަދަލުވެފައިވާއިރު، އެޤަޟިއްޔާ
އިސްތިއުނާފުކުރެވި އެއާމެދު ގޮތެއް ނިމިފައިވާކަން އެނގެންނެތްކަމާއި، އަދި އިސްވެ ބަޔާންކުރެވިދިޔަ ތަރިކަ
މައްސަލަ ބެލުނު ޤަޟިއްޔާގައި އަދި އެޤަޟިއްޔާ ނިމުނު ފަހުންވެސް، އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް
ލިމިޓެޑުން މިޤަޟިއްޔާގައި އެދިފައިވާ ފަދައިން، ފާޠިމަތު ވަޙީދާއާއެކު ކޮށްފައިވާކަމަށް ބުނާ އެގްރީމެންޓުތައް
ދެމިއޮންނާނޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި ހުށަހަޅާފައިވާކަން އެނގެންނެތްކަމާއި،
އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކޮށްފައިމިވާ މައްސަލައަކީ، ފާޠިމަތު
ވަޙީދާ 07 ސެޕްޓެމްބަރ 2011 ގައި ނިޔާވުމާގުޅިގެން، ފާޠިމަތު ވަޙީދާގެ ތަރިކަ މައްސަލަ ބެލުނު، ސިވިލް
ކޯޓުގެ ނަންބަރު 2012/Cv-C/685 ޤަޟިއްޔާއިން އާމަންޑްވިލާ އެވެކިޔާ ގޭގެ މިލްކުވެރިކަން ފާޠިމަތު
ވަހީދާގެ ބަޔާންކުރެވިދިޔަ ދަރިންނަށް ލިބުމަށްފަހު، އެފަރާތްތަކުން އެގެއާ ގޯތި
(07
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/16
Ocut o
.ގްރިމެންޓްތަކުގެ
82 83
އއ 13
ކައިނ
އުމަރަށް ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާގައި ވިއްކާލުމުން، އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެދި އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި މައްސަލަކަމާއި،
އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1336 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮ
ފާފުކޮށް، އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާ ގޮތުގެ މައްޗަށް ބަލާއިރުވެސް، އާމަންޑްވިލާ
ވިއްކުމުގެ އެމައްސަލާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމް އަދި އެޙުކުމުގެ ބައެއްވިޔަސް ބާޠިލްކަމަށް
ކަނޑައަޅައިދިނުމަށް އެދިފައިނުވާކަމާއި،
އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ،
ރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑްއާއި އެކު ފާތުމަތު ވަހީދާ ކޮށްފައިވާ އެގުރިމެންޓު ތައް
މުއްދަތުހަމަވަންދެން އެ އެގްރިމެންޓް ބަޔާންކުރާ އެގްރިމެންޓުތައް
ދިމިއޮންނާނޭކަމަށް ކަނޑައަޅުއްވައިދެއްވައި މަސްއަލަ ނިންމެވުން" ކަން އެނގޭއިރު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަކީ
ޞައްޙަނޫން ނިންމެވުމެއްކަން، އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބަޔާންކޮށްދެވިފައިނުވާއިރު،
މިމައްސަލާގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށާއި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1336 ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް، އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް
ބަލާއިރު، އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާގޮތަށް،
އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ފާޠިމަތު ވަޙީދާ ކޮށްފައިވާ އެގްރީމެންޓުތައް ދެމިއޮންނާނޭކަމަށް
ކަނޑައަޅައިދިނުމަކީ، މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރެވެން އޮތްކަމެއްކަމުގައި ނުފެންނަކަމާއި،
އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ފަދައަކުން، އެފަރާތުގެ ޙައްޤަކަށް އުނިކަން ލިބޭކަމަށް ފެންނަނަމަ، އެއީ ވަކި ދަޢުވާއެއްގެ ގޮތުގައި ކަމާބެހޭ
ދަށު ކޯޓަށް ހުށަހެޅިދާނެ މައްސަލައެއްކަމަށް ފެންނަކަމެވެ.
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/16
(ބ) ފަސްވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1336 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށާއި އަދި އެފަރާތުން
މިކޯޓުގައި އެދިފައިވާގޮތުގެ މައްޗަށް ބިނާކޮށް ބަލާއިރު، އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ
ސަބަބެއް އޮތްކަމަށް ނުފެންނަކަމުގައެވެ.
• ޙުކުމް:-
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/1336 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނާނެތަނެއް
ނެތްކަމަށާއި، އާރް.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ފާޠިމަތު ވަޙީދާ ކޮށްފައިވާ އެގްރީމެންޓުތައް
ދެމިއޮންނާނޭކަމަށް މި ޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިދެވެން ނެތްކަމަށް މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން، ޙުކުމް ކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv