ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/24 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/24
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ދެއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0އ
ޤަޟިއްޔާ ނަންބަރު: 24/HC-A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ޢާއިޝަތު ޙަން ވަލީދު
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ރިޝްވާން ޝަރީފް
ދާއިމީ އެޑްރެސް:
ހިންނަވަރުހުޅަނގުބައި
* އައި.ޑީ.ކާޑު ނަންބަރު: A058490 މިހާރުގެ އެޑްރެސް: މއ. ހިންނަވަރުހުޅަނގުބައި
* ވަކީލް އދ. ޙަސަން ވަޙީދު، ރަންކޮކާގެ/ ހދ. ކުރިނބި
އދ. ޢަލީ ޝާޙް، ބީޗްހައުސް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަބީޢުލްއައްވަލް 1434 * ނިމުނު ތާރީޚް: 11 ރަބީޢުލްއާޚިރު 1434
29 ޖެނުއަރީ 2013
21 ފެބްރުއަރީ 2013
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2013/0716(J
(
MD-145
ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުއްވި ތާރީޚް: 26 ޖެނުއަރީ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު. ޝުޢައިބު ޙުސައިން ޒަކަރިއްޔާ އިސްފަނޑިޔާދު.އަޙްމަދު ޝަރީފު ފަނޑިޔާދު، ޢަބްދުއްރައޫފު އިބްރާހީމް
ގއ. ވިލިނގިލި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/24
• ދައުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0716(J(MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ
ހިންނަވަރުހުޅަނގުބައި ރިޝްވާން ޝަރީފެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0716(J(MD-145 ކޯޓު އަމުރު ކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0716(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު، އެކޯޓު
އަމުރަކީ، ހިންނަވަރުހުޅަނގުބައި ރިޝްވާން ޝަރީފްގެ މައްޗަށް ތުހުމަތުކުރެވިފައިވާ
އިތުބާރު ކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލާގައި،
މައްސަލަ ހިނގާފައިވާ ގޮތަށް ބަލާއިރު ރިޝްވާން ޝަރީފް އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ،
ޝަރުޠުކޮށް، 26 ޖެނުއަރީ 2013 ވަނަ ދުވަހުގެ 20:15 އިން ފެށިގެން ރިޝްވާން ޝަރީފް ބަންދުން
ދޫކޮށްލުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެންއޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/24
އަމުރުގެ ދަށުން ރިޝްވާން ޝަރީފްގެ މައްޗަށް 02 (ދޭއް) ޝަރުތެއް، 26 ޖެނުއަރީ 2013
އިން ފެށިގެން 02 (ދޭއް) މަސްދުވަހުގެ މުއްދަތަށް ކުރައްވާފައިވާކަމާއި، އެއީ،
1. މައްސަލައާއި ގުޅުންހުރި އެއްވެސް ފަރާތަކަށް ބިރެއް، ނުފޫޒެއް ނުދެއްކުންގެ އާއި
2. ތަޙުޤީޤުން ބޭނުންވެއްޖެ ޙާލަތެއްގައި އެފަރާތަށް ފުރިހަމަ އެއްބާރުލުން ދިނުން،
މިދެޝަރުތުކަން އެނގޭކަމެވެ.
OXOC
0އ
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0716(J
(
MD-145 ކޯޓު އަމުރު ނެރެފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހަޅާފައިވަނީ އެއްމެ ނުކުތާއެއްކަމާއި، އެނުކުތާއަކީ ކްރިމިނަލް ކޯޓުގެ ނަންބަރު
2013/0716(J(MD-145 ކޯޓު އަމުރުގައި ހިންނަވަރުހުޅަނގުބައި ރިޝްވާން ޝަރީފްގެ މައްޗަށް
ތުހުމަތުކުރެވިފައިވާ އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ
މައްސަލާގައި މީނާގެ މައްޗަށް ޝަރުޠުތަކެއް ކަނޑައެޅުމަށްފަހު، މީނާ ބަންދުން ދޫކޮށްލުމަށް 26 ޖެނުއަރީ
2013 ދުވަހު ކްރިމިނަލް ކޯޓުން ކުރެއްވި އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) އާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން
ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމަށްބުނެ
(އދއއި
2 4 2 22
ހުށަހެޅި .
ކުeއ.
4. މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0716(J
(
MD-145 ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާއި
ދިވެހިރާއް2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޒުހިނގުން، މާލެ! ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2013/HC-A/24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ގުޅިގެން ރިޝްވާން ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ
cccc
(ހ) ފުރަތަމަ ކަމަކީ، މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
TD048593 "ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" އަށް ބަލާއިރު، ހިންނަވަރުހުޅަނގުބައި
ރިޝްވާން ޝަރީފް ހައްޔަރު ކުރެވިފައިވަނީ، އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ތަފާތު އެކި ދުވަސްމަތިން،
އުމުރުން 14 އަހަރުގެ ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި
އަދި މިކުއްޖާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ، ވީޑިއޯ ދައްކާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ
ގުޅިގެން 2012 ޑިސެމްބަރު 26 ވަނަ ދުވަހުގެ 12:51 ގައިކަން އެނގެންއޮންނަކަމާއި،
2
ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލުހިންގިކަމަށް ތުހުމަތުކުގެ
ތުހުމަތުކުރެވުނު މިމައްސަލައާ ގުޅިގެން
ރިޝްވާން ޝަރީފްގެ ބަންދުގެ މުއްދަތު، މޯލްޑިވްސް ޕޮލިސް ސަރވިސް ގެ އެދުމުގެ މަތިން ދެފަހަރެއްގެ
މަތިން ކްރިމިނަލް ކޯޓުން އިތުރު ކޮށްދެއްވާފައިވާކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0716(J
(
MD-145 ކޯޓު
އަމުރަކީ، އެކޯޓުގެ ނަންބަރު 2013/0260(J
(
MD-145 ކޯޓު އަމުރުން 2013 ޖެނުއަރީ 11 ވަނަ
ދުވަހުން 2013 ޖެނުއަރީ 26 ވަނަ ދުވަހުގެ 20:17 އަށް، ރިޝްވާން ޝަރީފް ބަންދުގައި ބެހެއްޓުމަށް
ދެއްވާފައިވާ 15 ދުވަހުގެ މުއްދަތު ހަމަވާތީ، ރިޝްވާން ޝަރީފްގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި
މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފަރާތުން ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/24
(ށ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙުޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު
ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވޭކަމެވެ.
4
ކުށެއްގެ
ސަބަބެއް
OCX
(ށ) ތިންވަނަ ކަމަކީ، ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމަށްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 08 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންދުން މީހަކު
ދޫކޮށްލުމުގައި، އެޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ :ބެއް އޮތްތޯ
ނުވަތަ ނެތްތޯ ފަނޑިޔާރު ބަލަންޖެހޭއިރު، އަދި އިސްވެދެންނެވުނު ފަދައިން، އެމާއްދާގައި ބަޔާންކޮށްފައިވާ 5
(ފަހެއް) ސަބަބުންކުރާ ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ
ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން
އޮންނައިރު، އެފަދަ ސަބަބެއް އޮތްކަމާމެދު ނުވަތަ ނެތްކަމާމެދު އެފަނޑިޔާރަކު ނިންމަވާ ނިންމެވުމަކީ،
އެފަނޑިޔާރަށް ލިބިފައިވާ އިސްވެދެންނެވުނު ބާރާއި އިޚްތިޔާރުގެ ބޭރުން ނިންމަވާފައިވާ ނިންމެވުމެއްކަމަށް
ސާބިތުކޮށްނުދެވޭހާ ހިނދަކު، އެ ނިންމެވުމަކީ އިސްތިއުނާފް ކޯޓަކުން ބަދަލު ގެނެވޭނެ ނިންމެވުމެއް ނޫން
ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 262/HC
-
A/2012 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަ
ދެފައިވާކަމާއި،
އިޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2013/HC-A//24
COC
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ އަމުރަށް ބަލާއިރު ރިޝްވާން ޝަރީފް ބަންދުން
ދޫކޮށްލުމަށް ޤާޟީ ނިންމަވާފައިވަނީ މައްސަލަ ހިނގާފައިވާގޮތަށް ބެލުމަށްފަހު، ރިޝްވާން ޝަރީފް އިތުރަށް
ބަންދުގައި ބަހައްޓަން ފެނިވަޑައިނުގަންނަވާތީކަން އެނގޭކަމާއި، އަދި މިގޮތަށް ނިންމަވާފައިވަނީ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން
ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތް ނުކުރައްވައިކަމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނި ނަމަވެސް، ރިޝްވާން
ޝަރީފްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅި
އެސަރވިސްގެ ނަންބަރު 085009/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި، އޭނާގެ
މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި، މައްސަލައާގުޅޭ ގޮތުން ލިބިފައިވާ ހެއްކާއި ޤަރީނާއާއި، ރިޝްވާން
ޝަރީފް އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބު ބަޔާންކޮށްފައިވާކަމާއި، އަދި މިކަންކަމާ ބެހޭގޮތުން
ކްރިމިނަލް ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިދީފައިވާއިރު، މިއަމުރު
ނެރުއްވުމުގައި ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ކަންކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބަލަންޖެހޭފަދަ އެކަށީގެންވާ
ސަބަބެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތަށް
ހުށަހެޅިފައިނުވާކަމެވެ.
6 24
(ނ) ހަތަރުވަނަ ކަމަކީ، މިމައްސަލައަކީ، ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ
މައްސަލައެއްކަމަށް ވެފައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު
ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ މަޤްޞަދުތަކުގެ ތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ
މީހުން ތަޙުޤީޤް މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުން ހިމެނޭކަމަށާއި، އެފަދަ ފަރާތްތައް
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
2013/HC-A/24
ތަޙުޤީޤް މަރުހަލާގައި ބަންދުން މިނިވަންވުމުގެ ޙައްޤު ހިފެހެއްޓިގެންވާކަމަށް ބުނެ ދައުލަތުގެ ފަރާތުން ވާހަކަ
ދައްކާފައިވާއިރު،
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައިވާގޮތުން، މިޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
ނުވަތަ ހައްޔަރުކުރެވޭ މީހާއަށް ޤާނޫނުއަސާސީއިން ލިބިދޭ ޙައްޤުތަކުގެ ތެރެއިން، ހަނުހުރުމުގެ ޙައްޤާއި،
ތަޙުޤީޤް މަރުޙަލާގައި ބަންދުން މިނިވަންވުމުގެ ޙައްޤު ހަނިކުރެވި، ކަނޑައެޅިފައިވާ ގޮތުގެ މަތީން
ހިފެހެއްޓިފައިވާކަން އެޤާނޫނުގެ 26، 27 އަދި 28 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މިޤާނޫނުގެ
ބަޔާންކުރެވި ދިޔަ 28 ވަނަ މާއްދާގައިވާގޮތުން، މިޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހާ ބަންދުން
ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް
ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ބަލައި، ތަޙްޤީޤުގެ
މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް ފަނޑިޔާރަށް
މަގުފަހިކޮށްދިނުމަށްޓަކައި، އެ ޙައްޤު އެމިންވަރަށް އެޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވާކަން
OcOC
އެނގޭކަމާއި،
ނަމަވެސް، އެ ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ މީހަކާމެދު، އެ ޤާނޫނުން ލިބިދޭ ޚާއްޞަ
އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުންނަށް ފެންނަ ޙާލަތުގައި، އަދި އެގޮތުން ތުހުމަތުކުރެވޭ މީހާ
ތަޙުޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބަހައްޓަން ބޭނުންވާ ޙާލަތުގައި
ޢަމަލުކުރަންޖެހޭ ގޮތް އެޤާނޫނުގައި ބަޔާންކޮށްފައިވާކަމާއި، އެއީ؟
4 6 8 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/24
ތުހުމަތުކުރެވޭ މީހާ ތަޙުޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި
ބެހެއްޓުމުގެ އަމުރު ހޯދުމަށް، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނަރ އޮފް
ޕޮލިސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާތުގައި އެދުން،
ބަޔާންކުރެވިދިޔަފަދަ އެދުމެއް ކޮމިޝަނަރ އޮފް ޕޮލިސް، ޕްރޮސިކިއުޓަރ ޖެނެރަލްއަށް
ހުށަހަޅައިފިނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީ އެންމެ އަވަހަކަށް،
އެފަދަ އަމުރަކަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހެޅުން،
ބަޔާންކުރެވިދިޔަ ގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް، ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާ
މައްސަލައެއްގައި، މިފަދަ ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާ ބަންދުގައި ބެހެއްޓުމަކީ، މުޖުތަމަޢުގައި
ހިމެނޭ ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަމާއި، ކުށުގެ ތުހުމަތުގައިވާމީހާ ބަންދުގައި
ނުބަހައްޓައިފިކަމަށް ވާނަމަ، އެފަދަ ކުށެއް އަލުން ތަކުރާރުކޮށްފާނެކަން، ނުވަތަ މައްސަލައިގެ ހެކި
ފޮރުވަފާނެކަން، ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފާނެކަން ޕްރޮސިކިއުޓަރ ޖެނެރަލް، ކޯޓަށް
ސާބިތުކޮށް ދިނުން.
މިކަންކަން، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 އަދި 31 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަމާއި،
ނަމަވެސް މިމައްސަލާގައި ހިމެނޭ ފަރާތް ތަޙުޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން
ބަންދުގައި ބެހެއްޓުމަށް، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ން ލިބިދޭ ޚާއްޞަ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް، މިޤާނޫނުގައި
ބަޔާންކޮށްފައިވާ، އިސްވެ ބަޔާންކުރެވިދިޔަ އިޖްރާއާތުތައް ފުލުހުން ފުރިހަމަކޮށް
ޢަމަލުކޮށްފައިވާކަން އެނގެންނެތްކަމާއި،
އާޖެއްހޭދަ8
ޑްރަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/24
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 އަދި 31 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ އިޖްރާއާތުތައް
ފުރިހަމަކޮށް، އެގޮތުގެ މަތިން ތަޙުޤީޤް މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން، މީހަކު ބަންދުގައި
ބެހެއްޓުމަށް ކުރެވޭ އަމުރަކީވެސް، އެމީހާގެ ބަލަދުވެރިން ހުށަހަޅާ ހުށަހެޅުމެއް ނުވަތަ ކޯޓުގެ އިސްނެގުމުގެ
މަތިންވެސް މުރާޖަޢާކުރެވިދާނެ އަމުރެއްކަން ބަޔާންކުރެވިދިޔަ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) އިން
އެނގޭކަމާއި، އަދި އެމާއްދާގައި ސަރީހަކޮށް ބުނެފައި ނުވިނަމަވެސް އެމީހާއަށްވެސް އެފަދަ އަމުރު
މުރާޖަޢާކޮށްދިނުމަށް އެދެވިދާނެކަން ޤަބޫލުކުރެވޭކަމާއި،
މިފަދައިން ނެރެފައިވާ އަމުރެއް މުރާޖަޢާކޮށް، ބަލާ ބެލުމުގައި؟
ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާއަކީ، ތަޙުޤީޤު މަރުޙަލާގަޔާއި ޝަރީޢަތުގެ މަރުޙަލާގައި
ބަންދުގައި ބެހެއްޓުން ކޮންމެހެ
ހިމެހެން ބޭނުންމީހެއް ނޫންކަމަށް ކޯޓަށް ފެނިއްޖެނަމަ، ނުވަތަ
އޭނާ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު މިހާރު ބަދަލުވެއްޖެކަމަށް ކޯޓަށް
ފެނިއްޖެނަމަ، ނުވަތަ
އިތުރަށް ނެތްކަމަށް ކޯޓަށް ފެނިއްޖެނަމަ،
އެފަދަ އަމުރު ބާޠިލުކުރު ބާރުވެސް ބަޔާންކުރެވިދިޔަ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) އިން
ކޯޓަށް ލިބިދީފައިވާކަން އެނގޭކަމާއި،
ނ. އެއަމުރު އެޒީރީތި
ޏ ސ ޑ 4
3
2
އއ 03ނ ދީ(ހއ30
e هންމެއެ
މިމައްސަލާގައި ތުހުމަތު ކުރެވިފައިވާ ރިޝްވާން ޝަރީފް ބަންދުގައި ބެހެއްޓުމުގައި ފުލުހުން
ޢަމަލުކޮށްފައިވާނީ ޖިނާއީ ތުހުމަތެއްކުރެވިފައިވާ މީހަކު ބަންދުގައި ބެހެއްޓުމުގައި ޢަމަލުކުރަންޖެހޭ ޢާންމު
އިޖްރާއާތުތަކާ އެއްގޮތަށް ކަމާއި، ޤާނޫނު ނަންބަރު 12/2009 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު
ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޚާއްޞަ އުޞޫލުތަކާ އެއްގޮތަށް
ޢަމަލުކޮށްފައި ނުވާކަމާއި، ކުޑަކުދިންނަށް ނުވަތަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/24
ބަންދުގައި ބެހެއްޓުމުގައި، ބަންދުން މިނިވަންވުމުގެ ޙައްޤު ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް
ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 28 ވަނަ މާއްދާގައިވާގޮތުގެ
މަތީން ހިފެހެއްޓި، އެމީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް
މަސައްކަތް ކޮށްފާނެކަމަށް ބަލައި، އެކަންކަމުގެ މައްޗަށް ބިނާކޮށް، ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ
މަރުޙަލާ ނިމެންދެން ތުހުމަތުކުރެވިފައިވާ މީހާ ބަންދުގައި ބެހެއްޓޭނީ، ޤާނޫނު ނަންބަރު 12/2009
(ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން
ކުށުގެ ތުހުމަތު ކުރެވޭ މީހަކާމެދު، އެ ޤާނޫނުން ލިބިދޭ ޚާއްޞަ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް
ފުލުހުންނަށް ފެނި، އެޤާނޫނުގައި ކަނޑައެޅިފައިވާ އިޖްރާއާތުތަކާ އެއްގޮތަށް އެއަމުރަށް އެދި ޕްރޮސިކިއުޓަރ
ޖެނެރަލް މެދުވެރިކޮށް ކޯޓަށް ހުށަހަޅައި، ޕްރޮސިކިއުޓަރ ޖެނެރެލް ކޯޓަށް ސާބިތުކޮށްދޭންޖެހޭ ކަމަށް
އެޤާނޫނުގެ
31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަންކަން ކޯޓަށް ސާބިތުކޮށްދީ، އެގޮތުގެ މަތިންކަން
އެނގެންއޮންނަކަމާއި، ނަމަވެސް އިސްވެ ބަޔާންކުރެވިދިޔަފަދައިން، މިމައްސަލާގައި
ޢަމަލުކޮށްފައިވާކަން އެނގެންނެތްކަން ފާހަގަކުރެވޭކަމެވެ.
UC OU OX
ޑwހ4
434ށް
(ށ) ފަސްވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0716(J/MD-145 ކޯޓު
އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް
ކމ |
ނ.204 3އވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/24
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި
މިވާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/0716(J(MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށް ފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv