ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/222 ޤަޟިއްޔާގެ ޙުކުމް
9
1
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/222
بمان از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:222/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރޭޝަން ނަންބަރު: 017112012-C
* ދާއިމީ އެޑްރެސް: ފ.ރަންގޯނބިލި { މާވެ * މިހާރުގެ އެޑްރެސް: ފ.ރަންގޯނބިވި 1 މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް
* ދާއިމީ އެޑްރެސް
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 07 ޖޫން 2015
ނިމުނު ތާރީޚް: 29 އޮކްޓޯބަރު 2015
•އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ
• ނަންބަރު: 2014/Cv
-
C/2438
•ނިންމި ކޯޓް: ސިވިލް ކޯޓު
•މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• ހުށަހެޅި ތާރީޚް: 04 ޑިސެމްބަރު 2014
ނިމުނު ތާރީޚް: 12 އޭޕްރީލް 2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު،
ފަނޑިޔާރު ޢަބްދުﷲ ދީދީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/222
.ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2438 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2438 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
4 22
2- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2438 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުން ކޮށްދީފައިވާ
މަސައްކަތާ ގުޅިގެން އެލައިޑް ސީފުޑް ޕްރައިވެޓް ލިމިޓެޑް އަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު
2012
/
74-MGA
-
MGA އަދި 2012/136 އިންވޮއިސްގައި ބަޔާންވެފައިވާ ފައިސާ، އެއިންވޮއިސްތަކުގައި
ކަނޑައަޅާފައިވާ މުއްދަތު ފާއިތުވިއިރުވެސް އަދާކޮށްފައި ނުވާތީ އެ ފައިސާ އެކީ އެއްފަހަރާ މަލްޓި ގްލޯބަލް
އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް އަށް ދައްކާ ޚަލާޞް ކުރުމަށް އެލައިޑް ސީފުޑް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ޢަމުރުކޮށްދެއްވުމަށް އެދި މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާ ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ އެލައިޑް ސީފުޑް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މަލްޓި ގްލޯބަލް
އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފައިވާ ފައިސާ ހޯދުމުގެ މައްސަލަ ހިންގުމަށްޓަކައި، 2015
46
434
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
2015/HC-A/222
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
02c
އޭޕްރީލް 13 ވަނަ ދުވަހުގެ 09:30 އަށް ކޯޓަށް ޙާޟިރުވުމަށް ފޮނުވުނު ސިވިލް ކޯޓުގެ ނަންބަރު
B3
-
CR3
/
2015
/
816 (12 އޭޕްރީލް 2015) "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ދަޢުވާކުރާ ފަރާތުން
ދީފައިވާ އެޑްރެހުން ރައްދުވެފައި ނުވާތީއާއި، އަދި އެޑްރެސް ބަދަލުވިކަން ކޯޓަށް އަންގާފައިނުވާތީ، ކޯޓަށް
މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 18 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި، 29 ވަނަ
މާއްދާގެ (ހ) ގެ (1) ގެ ދަށުން ދަޢުވާ ހުށަހެޅި ފޯމު ބާޠިލުކުރައްވައި، އެ މައްސަލަ ކުރިއަށް ގެންދާނެ
ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
ސިވިލް ކޯޓުގެ
ނަންބަރު
2438/Cv-C/2014
ޤަޟިއްޔާ
އެކޯޓުން
4 22
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް މަލްޓި
ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި އެނުކުތާއާ ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި ނުކުތާއަކީ:
ceco
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/2438 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލްކުރައްވައި
ޙުކުމް ކުރައްވާފައިވަނީ "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު"ގެ 26 ވަނަ މާއްދާގެ
(ހ) އާއި (ށ) ކަނޑައަޅާފައިވާ ގޮތުގެ މަތިން އިސްތިޢުނާފުކުރާ ފަރާތަށް ކޯޓަށް ޙާޟިރުވުމުގެ ޢަމުރު
ރައްދުނުކޮށް، އަދި ބުނެވިދިޔަ ޤަވާޢިދުގެ 18 ވަނަ މާއްދާގެ ދަށުން އިސްތިޢުނާފުކުރާ ފަރާތުގެ އެޑްރެހަށްވެސް
އެއްވެސް ބަދަލެއް އައިސްފައި ނުވަނީސް، ޙަޤީޤަތާ ޚިލާފު މަޢުލޫމާތެއްގެ މައްޗަށް ބިނާކުރައްވައި ބުނެވިދިޔަ
ޤަވާޢިދުގެ ޙަވާލާދެވުނު މާއްދާތަކާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
-4
ކުނ
ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2438 ޤަޟިއްޔާ އިސްތިއުނާފު
މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާ ގުޅޭގޮތުން
މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2438 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2{15/HC-A/222
ޤަޟިބިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ހު
ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2438 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ޤަޟިއްޔާއަކީ މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް
ލިމިޓެޑުން ކޮށްދީފައިވާ މަސައްކަތާ ގުޅިގެން އެލައިޑް ސީފުޑް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ މަލްޓި
ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ ދެ އިންވޮއިސެއްގެ ފައިސާ، އެއިންވޮއިސްތަކުގައި ކަނޑައެޅިފައިވާ
މުއްދަތު ފާއިތުވިއިރުވެސް ދައްކާފައި ނުވާތީ، އެ ފައިސާ އެކީ އެއްފަހަރާ މަލްޓި ގްލޯބަލް އޭވިއޭޝަން
ޕްރައިވެޓް ލިމިޓެޑަށް ދައްކާ ޚަލާޞް ކުރުމަށް އެލައިޑް ސީފުޑް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ޢަމުރުކޮށްދެއްވުމަށް އެދި މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާ ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނަކަމެވެ.
02c
2 ހތ / ތތ 2 ހކ ދ
ބޭއްވުމަށް ތ
(ށ) ދެވަނަ ކަމަކީ: އިސްވެ ބުނެވުނު މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެމައްސަލަ
އެކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 04 ޑިސެމްބަރު 2014 ގައިކަމާއި، އެމައްސަލައިގެ ޝަރީޢަތް 2015
އޭޕްރީލް 13 ވަނަ ދުވަހުގެ 09.30 ގައި ސިވިލް ކޯޓުގައި ތާވަލްކުރައްވައި، އެމައްސަލަ ހުށަހެޅި
މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް ތަމްސީލްކުރާ ޤާނޫނީ ވަކީލުންނަށް ކޯޓަށް ޙާޟިރުވުމަށް
އަންގައި ފޮނުވުނު ސިވިލް ކޯޓުގެ ނަންބަރު B3
-
CR3
/
2015
/
816 (12 އޭޕްރީލް 2015) "ކޯޓަށް
ޙާޟިރުވުމުގެ އަމުރު" ދަޢުވާކުރާ ފަރާތުން ދީފައިވާ އެޑްރެހުން ރައްދުވެފައި ނުވާތީއާއި އަދި އެޑްރެސް
ބަދަލުވިކަން ކޯޓަށް އަންގާފައިނުވާކަމަށް ބަޔާންކުރައްވައި، "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ
ގޮތުގެ ޤަވާޢިދު" ގެ 18 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި، އެޤަވާޢިދުގެ 29 ވަނަ މާއްދާގެ (ހ) ގެ (1)
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2{15/HC-A/222
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
"
ގެ ދަށުން މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި މައްސަލައިގެ ދަޢުވާ ފޯމު
ބާޠިލުކުރައްވާފައިވާކަން އެނގެން އޮންނައިރު،
މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމައްސަލާގައި ކޯޓަށް
ޙާޟިރުވުމަށް އެކުންފުނިން 02 ޖުލައި 2014 ގައި ފާސްކޮށްފައިވާ ބޯޑްރިޒޮލިއުޝަނުން އެސް.އެމް.އެން.އެސް
އިކުއިޓީ ޗެމްބަރސް ޢައްޔަންކޮށްފައިވާކަމާއި، އަދި އެކަން އެކުންފުނީގެ ނަންބަރު 53
/
2014/L
-
CVC
ސިޓީން 09 ޖުލައި 2014 ގައި ސިވިލް ކޯޓަށް އަންގާފައިވާކަން އެނގޭކަމާއި، އެމައްސަލާގައި ކޯޓަށް
ޙާޟިރުވުމުގެ އަމުރު ކޯޓުން ފޮނުވަންވީ ފަރާތަކީ އެކުންފުނީގެ ފަރާތުން ޢައްޔަންކޮށްފައިވާ ޤާނޫނީ
ވަކީލަށްކަމާއި، ޤާނޫނީ ވަކީލުގެ އެޑްރެހުގެ ގޮތުގައި ދީފައިވާ އެޑްރެހަކީ ބަގީޗާވިލާ 1 ވަނަ
ފަންގިފިލާކަމަށް، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި "ވިޔަފާރިއާބެހޭ ބަޔަށް ދަޢުވާއާއި މައްސަލަ ހުށަހަޅާ ފޯމް"
ގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
2015 އޭޕްރީލް 13 ވަނަ ދުވަހުގެ 09.30 އަށް ކޯޓަށް ޙާޟިރުވުމަށް ފޮނުވުނު ސިވިލް
ކޯޓުގެ ނަންބަރު B3
-
CR3
/
2015
/
816 ކޯޓަށް ޙާޟިރުވުމުގެ އަމުރު ތައްޔާރުކޮށްފައިވަނީ 12 އޭޕްރީލް
2015 ގައިކަން އެ އަމުރަށް ބެލުމުން އެނގޭއިރު، އެއަމުރު ރައްދުނުކުރެވުނު ސަބަބެއްކަމުގައި، އެ އަމުރުގެ
ކަނާތްފަރާތު މަތީ ކަނުގައި، މިތަން (މ. ބަގީޗާވިލާ 1 ވަނަ ފަންގިފިލާގައިވާ އޮފީސް) ހުރީ
ތަޅުލާފައިކަމަށާއި، އެއަމުރުގައި ފޯނު ނަންބަރެއް ޖަހާފައިނުވާކަމަށް ލިޔެ "ނަފީސާ" މިނަން ޖަހައި ސޮއިކޮށް
ފައިވާކަން އެނގެން އޮންނައިރު، އެޗިޓް އެސް.އެމް.އެން.އެސް އިކުއިޓީ ޗެމްބަރސްއަށް ރައްދުކުރެވިފައިނުވަނީ
އޮފީސް ބަންދުކޮށްފައި ހުރި ގަޑިއެއްގައި ދިއުމުންކަމަށާއި އެއޮފީސް ހުޅުވިފައިހުންނާނީ ހަވީރު 5:00 އަށް
ކަމަށާއި، ސިވިލް ކޯޓުން އެޗިޓް ހަވާލުކުރުމަށް އެއޮފީހަށް ގޮސްފައިވަނީ ރޭގަޑުގެ ވަގުތެއްގައިކަމަށް މަޢުލޫމާތު
ފަހުން ލިބުނުކަމަށާއި، އެއޮފީސް މިހާރުވެސް ހުރީ ކުރިންވެސް އެއޮފީސް ހުރިތަނުގައިކަމަށާއި، އެއޮފީހުގެ
އެޑްރެސް ބަދަލުވެފައިނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން
OLC
0
<< O
އޮންނަކަމެވެ.
ދިވެހިރާއްsa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
ޤާސިވިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/222
(ނ) ތިންވަނަ ކަމަކީ، ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 26
ވަނަ މައްދާގެ (ހ) ގައި ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުވާ ފަރާތަކީ ކުންފުންޏެއްކަމުގައި ވަނީނަމަ
އެތަނުގެ މަސައްކަތް ހިނގަމުންދާ އިދާރާއަކަށް އަމުރު ރައްދުކުރުމުން އެފަރާތަކަށް އަމުރު ރައްދުކުރެވުނި
ކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައި އޮންނަ ކަމާއި، ހަމަ އެހެންމެ އިސްވެ ބަޔާންކުރެވުނު މާއްދާގެ (ހ)ގައި
އެ އިދާރާއަކަށް އަމުރު ރައްދު ނުކުރެވުނު ނަމަ، އެކުންފުންޏެއް ރަޖިސްޓްރީ ވެފައިވާ އެޑްރެހަށް އަމުރު
ރައްދުކުރުމުން އެފަރާތަކަށް އަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށްފައިވާކަމާއި، މީގެ
އިތުރުން، އެމާއްދާގެ (ނ) ގައި އެކުންފުންޏެއް ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަކީ ކުންފުންޏާއި އެއްވެސް
ގުޅުމެއް ނެތްކަމަށް އެޑްރެހެއްކަމަށް ކޯޓަށް ޤަބުލުކުރެވޭ ޙާލަތުގައި، އެފަރާތެއް ރަޖިސްޓްރީ ކޮށްދީފައިވާ
ފަރާތަކަށް ލިޔެގެން މަސްޢޫލުވެރިންގެ މަޢުލޫމާތު ސާފުކުރުމަށްފަހު، އެތަނެއްގެ މަސްޢޫލުވެރިންނަށް ނުވަތަ
މަސްޢޫލުވެރިންގެ ތެރެއިން މީހަކަށް އަމުރު ފޮނުވުމުން އެތަނަކަށް އަމުރު ރައްދުކުރެވުނީ ކަމުގައި
ބެލެވޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، މިމައްސަލަ ހުށަހެޅި ކުންފުންޏަށް ފޮނުވާ ޗިޓް އެކުންފުނީގެ ފަރާތުން
ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލަށް ފޮނުވުމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 10 ވަނަ މައްދާގައި ކޯޓަށް
ޙާޟިރުކުރުމުގެ އަމުރު ރައްދުކުރާނެ ގޮތް ބަޔާންކޮށްފައިވާއިރު، ފުރަތަމަ އަމުރު ޙަވާލުކުރުމަށް ކަނޑައަޅާފައި
އޮންނަނީ ކޯޓަށް ޙާޟިރުވާންޖެހޭ ފަރާތަށް ކަމާއި، އެފަރާތް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް
ރުމަށްފަހުގައިވެސް އެމީހަކު ނުފެނިއްޖެ ޙާލަތެއްގައި، އެމީހަކީ ބަންދެއްގައި ހުރި މީހަކަށް ނުވާނަމަ،
ޙާޟިރުވި ޢަމުރު ފޮނުވޭ ފަރާތް ދިރިއުޅޭ ގޭގައި އުޅޭ ތަޞައްރަފު ފުދިފައިވާ މީހަކާ ނުވަތަ ކޯޓަށް
ޙާޟިރުވާންޖެހޭ މީހާގެ ވަކީލާ، ނުވަތަ ބަދަލުގައި ހަމަޖައްސާފައިވާ މީހާއާ އަމުރު ޙަވާލުކުރުމުން،
ޙާޟިރުކުރުމުގެ އަމުރު ރައްދުކުރެވުނީ ކަމަށް ބެލެވޭނެކަމާއި، އެއިން ގޮތަކުން ކުރެގޮތަކަށް ޢަމަލުކުރެވެ
ނެތް ނަމަ ޙާޟިރުކުރެވޭ ފަރާތް ޢާއްމުކޮށް ދިރިއުޅޭ ގެއެއް ނުވަތަ ތަނެއްގެ ދޮރާށީގައި، ނުވަތަ އުޅަނދެއްގައި
ކު?/0
ދ ވ2 2
4
02
1 ރވނ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{015/HC-A/222
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަމުރު ހިއްޕަމުން ނުވަތަ އެއަމުރު ފަސޭހައިން ފެންނާނެގޮތަކަށް، އެއިން ތަނެއްގައި ބެހެއްޓުމުން
ޙާޟިރުވުމުގެ ޢަމުރު ރައްދުކުރެވުނީ ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2438 ޤަޟިއްޔާގައި،
ކޯޓަށް ޙާޟިރުވުމަށް މަލްޓި ގްލޯބަލް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑަށް އަންގައި ފޮނުވުނު ސިވިލް ކޯޓުގެ
ނަންބަރު B3
-
CR3
/
2015
/
816 "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ރައްދުކުރުމަށްޓަކައި ކޯޓަށް މީހުން ޙާޟިރު
ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އިޖްރާޢާތާ އެއްގޮތަށް އެކަށީގެންވާ
ގޮތެއްގައި މަސައްކަތް ކުރެވިފައިވާކަމަށް މި ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
އެއްވެސް ފަނޑިޔާރަކަށް ޤަބޫލުކު
0 0
<< O
6ނކުރެވޭކަމެވެ.
އެހެންކަމުން މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2014/Cv
-
C/2438 ޤަޟިއްޔާގައި އެކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ
ކަމަށެވެ.
ޙުކުމް:
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2014/Cv-C/2438 ޤަޟިއްޔާގައި "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ދަޢުވާކުރާ ފަރާތުން ދީފައިވާ
އެޑްރެހުން ރައްދުވެފައި ނުވާތީ، އަދި އެފަރާތުގެ އެޑްރެސް ބަދަލުވިކަން އަންގާފައިނުވާކަމަށް ކަނޑައަޅުއްވައި،
"ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު" ގެ ދަށުން މަލްޓި ގްލޯބަލް އޭވިއޭޝަން
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާ ހުށަހެޅި ފޯމު ބާޠިލުކުރުމަށް ނިންމަވާފައިވާ ނިންމުމަކީ، ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމުގައި މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުމާއެކު އެޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، އިސްތިޢުނާފުޑީޓީވީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/222
ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/2438 ޤަޟިއްޔާގައި ބެލެވުނު މައްސަލަ މިއަދު
(29 އޮކްޓޯބަރު 2015) އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މަލްޓި ގްލޯބަލް އޭވިއޭޝަން
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ އެމައްސަލަ އަލުން ބައްލަވައި ފައިސަލާ
ކުރަނިވި ޙުކުމެއް ކުރަންޖެހޭކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ. .
2 2x 2
ދިވެހިރާއްޖޭގެ
ވެ
ދިވެހިޑްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv