ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/09 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/09
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
1 2
• ޤަޟިއްޔާ ނަންބަރު: 09/HC-A/2015
އިސްތިއުނާފު ކުރި ފަރާތް:
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 14855 ކ. މާލެ
އައި.ޑީ.ކާޑު ނަންބަރު: A069067 މިހާރުގެ އެޑްރެސް: މއ.
ޕީޓްރަލް/ ކ. މާލެ
ވަކީލް: އދ. ޢަދުނާނު ޔޫސުފް، ޖަވާހިރުމާގެ/ ބ. ކެންދޫ
* ނަން: އަޙްމަދު
މަދު ވާފިރު
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުލްބާރީ ޢަބްދުއްރަޙްމާނު
* އައި.ޑީ.ކާޑު ނަންބަދު: A037313
ދާއިމީ އެޑްރެސް: ލަކީލާސްޓް
ރ. ރަސްމާދޫ
މިހާރުގެ އެޑްރެސް: ލަކީލާސްޓް ރ. ރަސްމާދޫ
، ރަޖިސްޓްރީ ކުރެވުނު ތާރީޚް:17 ރަބީޢުލްއައްވަލު 1436 * ނިމުނު ތާރީޚް: 28 ރަބީޢުލްއައްވަލު 1436
08 ޖަނަވަރީ 2015
19 ޖަނަވަރީ 2015
0
0
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2014
/
03/A
/
E10C
ނިންމެވި ކޯޓު: މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުނު ތާރީޚް: 25 ނޮވެމްބަރ
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަލީ ސަމީރު
2014
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2015/HC-A/09
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
ނަންބަރު
މިއީ،
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ
2014
/
03/A
/
E10C ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް
ނޫންކަމަށްބުނެ، އެއަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި، މާލެ/ ދަފްތަރު ނަންބަރު 4855 އަޙްމަދު ވާފިރުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ރ. ރަސްމާދޫ ލަކީލާސްޓް ޢަބްދުލްބާރީ
ޢަބްދުއްރަޙްމާނެވެ.
...
ގަކުރެވުނު ނުކުތާތައް:
1. މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
03/A
/
E10C ކޯޓު
އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެއަމުރު
އިސްތިއުނާފުކޮށްދިނުމަށް އެދި، މާލެ/ ދަފްތަރު ނަންބަރު 4855 އަޙްމަދު ވާފިރުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
03/A
/
E10C ކޯޓު
އަމުރަށް ބެލިއިރު، އެއަމުރަކީ، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކޯޓުގެ ނަންބަރު 2009/E10C/16
ޤަޟިއްޔާގެ ޙުކުމް ތަންފީޛުކޮށްދިނުމަށް އެދި ރަސްމާދޫ ލަކީލާސްޓް ޢަބްދުލްބާރީ ޢަބްދުއްރަޙްމާނުގެ
ފަރާތުން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު
2014/E10C/08 ޤަޟިއްޔާއާ ގުޅިގެން ނެރުއްވާފައިވާ އަމުރެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/09
އެއަމުރުގައި ވަނީ، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކޯޓުގެ ނަންބަރު: 2009/E10C/16
(2009-09-16) ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޛުނުކޮށް ގިނަ އަހަރުތަކެއް ފާއިތުވެފައިވުމާއި އަދި
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2011/E10MC/31 ޤަޟިއްޔާ އާއި
ގުޅިގެން ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުން ރ. ރަސްމާދޫ މުރިނގު އަޙްމަދު ވާފިރުގެ މައްޗަށް ނެރެފައިވާ
ނަންބަރު: 2012
/
01/E10C (24 ޖުލައި 2012) ކޯޓު އަމުރާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ، ރަސްމާދޫ
ކޯޓުގެ ނަންބަރު: 2009/E 10C/16 (2009-09-16) ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ތަންފީޛު
ކުރުމަށްޓަކައި، ރ. ރަސްމާދޫ މުރިނގު އަޙްމަދު ވާފިރު ރ. ރަސްމާދޫ ލަކީލާސްޓް ގޯތީގެ އިމުގެތެރޭގައި
ޤާނޫނާއި، ޤަވާޢިދާ ޚިލާފަށް ރ. ރަސްމާދޫ މުރިނގު ގޭގެ ހުޅަނގުކޮޅު ފާޚާނާއިން އެގެއާއި އިންވެގެން
ހުޅަނގަށް އޮތް ރ. ރަސްމާދޫ ލަކީލާސްޓް ގޯތީގެ އިމުތެރެއަށް ޢިމާރާތްކޮށްފައި ހުރި އެންމެހައި ބައިތައް
މިއަދު 25 ނޮވެމްބަރު 2014 ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައި ތަޅައިނަގާ، ބިންސާފު ކުރުމަށާއި،
މިޙުކުމް ތަންފީޛު ކުރުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތްކުރާ ހުރިހައި ވަގުތެއްގައި އެފަރާތްތަކަށް
ކުރުލުންދީ އެހީތެރިވުމަށް ރ.ރަސްމާދޫ މުރިނގު ގޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށާއި، ރ. ރަސްމާދޫ
މުރިނގު (މިހާރު މާލެ ދަފްތަރު ނަންބަރު 4855) އަޙްމަދު ވާފިރަށް އަންގައި، އަދި މިބަޔާންކުރެވުނު މަގުން
ޙުކުމް ތަންފީޛު ކުރުމަށްޓަކައި، މޯލްޑިވްސް ޕޮލިސް ސަރވިސް އުނގޫފާރު ޕޮލިސް ސްޓޭޝަން އާއި
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާގެ ސީދާ ބެލުމުގެ ދަށުން ލަކީލާސްޓް ގޯތީގެ ޢިމާރާތާއި
ގޯތީގެ ރަޖިސްޓްރީގައިވާ މިންތަކުގައި އެގޯތީގެ މެދުއިން ފާހަގަކޮށްދީ ނިންމާ، މިއަމުރާއި، ޙުކުމް ތަންފީޛުކޮށް
ނިމިއްޖެކަން ކަށަވަރު ކޮށްދެވިއްޖެކަން ލިޔުމުން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓަށް
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ވަނަ މާއްދާގެ (ށ) އާއި އަދި
"ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު" ގެ 184 ވަނަ މާއްދާގެ (1.2) ވަނަ ނަންބަރާއި ޙަވާލާދީ،
މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ރ، އުނގޫފާރު ޕޮލިސް ސްޓޭޝަން އާއި، މާޅޮސްމަޑުލު އުތުރުބުރީ
249 8 2
ޕީ2
144
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/09
ރަސްމާދޫ ކައުންސިލްގެ އިދާރާ އާއި ރ. ރަސްމާދޫ މުރިނގު (މިހާރު ކ. މާލެ ދަފްތަރު ނަންބަރު 4855)
އަޙްމަދު ވާފިރުގެ މައްޗަށް އަންގައި އަމުރުކޮށްފީމެވެ" މިފަދައިންނެވެ.
3. މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
03/A
/
E10C ކޯޓު
އަމުރު ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، މާލެ ދަފްތަރު
ނަންބަރު 4855 އަޙްމަދު ވާފިރުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ރަސްމާދޫ މުރިނގު އެވެ ކިޔާ ގޯއްޗަކީ މާލެ ދަފްތަރު ނަންބަރު 4855
އަޙްމަދު ވާފިރުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗަކަށް ނުވެފައި، މި އަމުރު ތަންފީޛުކުރުން އަޙްމަދު
ވާފިރުގެ މައްޗަށް އަންގަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ދިރިއުޅުމުގެ ޙައްޤަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކަށް ޤާނޫނުއަސާސީއިން
ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށް ވެފައި، ބަޔަކު ދިރިއުޅެމުންދާ ގެއެއް ތަޅާ ބިންސާފުކުރުމަށް ކަމާބެހޭ
ފަރާތްތަކަށް އަންގަވާފައިވަނީ އެގޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙައްޤު ގެއްލިގެންދާފަދަ
ގޮތަކަށް ކަމާއި، އެފަދަ ކަމެއް ކުރުމަށް ދީފައިވާ މުހުލަތު 45 (ސާސް ފަހެއް) ދުވަސްކަމަށް
ކަނޑައަޅުއްވާފައިވަނީ އަސާސީ މިންގަނޑުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ރަސްމާދޫ މުރިނގު ގެއިން ރ. ރަސްމާދޫ ލަކީލާސްޓް ގެއަށް އަރާފައިވަނީ
ވަރަށް ކުޑަކުޑަ މިންވަރެއްކަމާއި، އެމިންވަރު ޙައްލު ކުރުމަށް ދެފަރާތައް އެހެން އޮޕްޝަންތައް އެބަހުރިކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2015/HC-A/09
އެއީ އެ އަރާ މިންވަރު ހިބަ ކުރުމާއި ވިއްކުމާއި ދިނުމާއި މިފަދަ ކޮންމެ މުޢާމަލާތަކުން ނަމަވެސް
ފުރުޞަތުތައް ޝަރީޢަތުން ދިނުމަކާ ނުލާ ކުރައްވާފައިވާ އަމުރެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
03/A
/
E 10C
ކޯޓު އަމުރު ނެރުއްވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ،
މަށްބުނެ، މާލެ ދަފްތަރު ނަންބަރު
4855 އަޙްމަދު ވާފިރުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ
މެޖިސްޓްރޭޓް
ސެޓްރޭޓް ކޯޓުގެ ނަންބަރު 2014
/
03/A
/
E10C "ޤަޟިއްޔާ ނަންބަރު: E10
/
2014/08 އާއި
ގުޅިގެން ނެރޭ ކޯޓު އަމުރު" އަކީ މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކޯޓުގެ ނަންބަރު: 2009/E10C/16
ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމަށް ރ. ރަސްމާދޫ ލަކީލާސްޓް ޢަބްދުލްބާރީ ޢަބްދުއްރަޙުމާނު މާޅޮސްމަޑުލު
އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ނަންބަރު 2014/E 10C/08 ޤަޟިއްޔާއާ ގުޅިގެން
ނެރުއްވާފައިވާ އަމުރެއްކަމާއި،
16/E10C/2009
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި، ރ. ރަސްމާދޫ މުރިނގު އަޙްމަދު ވާފިރު ރ. ރަސްމާދޫ ލަކީލާސްޓް ގޯތިތެރޭގައި ޤަވާއިދާ
ރަސްމާދޫ މުރިނގުގޭގެ ހުޅަނގުކޮޅުން ފާޚާނާއިން ބައެއް އަޙްމަދު ވާފިރު ޢިމާރާތް ކޮށްފައިވާކަން
ސާބިތުވާތީ، ޤަވާއިދާ ޚިލާފަށް ލަކީލްސްޓް ގޯތިތެރޭގައި އަޙްމަދު ވާފިރު ކޮށްފައިވާ ޢިމާރާތްތައް
ޚިލާފަށް
.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2015/HC-A/09
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
އެޤަޟިއްޔާގައި ޙުކުމްކުރި ތާރީޚުކަމުގައިވާ 16 ސެޕްޓެމްބަރ 2009 އިން ފެށިގެން 08 (އަށެއް)
މަސްދުވަހުގެ ތެރޭގައި ތަޅައި، ނަގައި، ބިން ސާފުކުރުމަށް ރ. ރަސްމާދޫ މުރިނގު އަޙްމަދު ވާފިރަށް އަންގައި
އެގޮތުގެ މަތިންކަމާއި،
އަދި މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކޯޓުގެ ނަންބަރު 2009/
E1C/16 ޤަޟިއްޔާގެ ޙުކުމާ
އެއްގޮތަށް އަޙްމަދު ވާފިރު ޢަމަލުކޮށްފައިނުވާތީ، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2011/E 10MC/31 ޤަޟިއްޔާގައި އެޙުކުމް ތަންފީޒުކޮށްދިނުމަށް އެދި ހުށަހެޅިފައިވާއިރު، ޙުކުމް
ތަންފީޛުކުރުމަށް އެޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށްވެސް
އަޙްމަދު ވާފިރު
ޢަމަލުކޮށްފައިނުވާކަމާއި،
މިހާރު އިސްތިއުނާފުކުރެވިފައިމިވާ މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
03/A
/
E10C ކޯޓު އަމުރަކީ މިމައްސަލައާ ގުޅޭގޮތުން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކޯޓުން
ކުރިން ކުރައްވާފައިވާ ޙުކުމްތަކަށް އަޙްމަދު ވާފިރު ތަބާވެފައިނުވުމުން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ
ކޯޓުގެ ނަންބަރު 2009/E10C/16 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކޮށްދިނުމަށް އެދި ޢަބްދުލްބާރީ
ޢަބްދުއްރަޙުމާނުގެ ފަރާތުން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކޯޓަށް ހުށަހެޅުނު ދެވަނަ މައްސަލަކަން
އެނގެންއޮތްއިރު،
އިސްވެބަޔާންކުރެވިދިޔަ، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކޯޓުގެ ޤަޟިއްޔާތަކުގެ ތެރެއިން
އެއްވެސް ޤަޟިއްޔާއެއްގެ ޙުކުމް މަތީމަރުޙަލާގެ ކޯޓެއްގައި އިސްތިއުނާފުކުރެވި، އެއިން ޙުކުމަކަށް ބަދަލު
އައިސްފައިވާކަން އެނގެންނެތްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/09
ނ.
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2014
/
03/A
/
E10C ކޯޓު އަމުރަކީ، ރަސްމާދޫ ލަކީލާސްޓް ގޯތިތެރޭގައި އެގޯތީގެ
ވެރިފަރާތްކަމަށްވާ ޢަބްދުލްބާރީ ޢަބްދުއްރަޙުމާނަށް އެނގުމަކާނުލައި އަޙްމަދު ވާފިރު ޤާނޫނާއި ޤަވާއިދާ ޚިލާފަށް
ޢިމާރާތްކޮށްފައިވާކަން އަޙްމަދު ވާފިރުގެ އިޢުތިރާފުން ސާބިތުވުމުން، އޭނާގެ މައްޗަށް މާޅޮސްމަޑުލު އުތުރުބުރީ
ރަސްމާދޫ ކޯޓުގެ ނަންބަރު 2009/E10C/16 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ މައްޗަށް ބިނާކޮށް
ނެރުއްވާފައިވާ އަމުރެއްކަމާއި، ނިމިފައިވާ ޤަޟިއްޔާތަކުން އެނގި ކަށަވަރުވަނީ ރ. ރަސްމާދޫ ލަކީލާސްޓް
ގޯތީގެ އިމުގެ ތެރެއަށް އަރާގޮތަށް ޢިމާރާތްކޮށްފައިވާ ރ. ރަސްމާދޫ މުރިނގު ކިޔާ ގެއަކީ އަޙްމަދު ވާފިރުގެ
ގެއެއްކަމާއި، މިޤަޟިއްޔާތަކުން މިކަން އެނގޭއިރު، އެގޭގެ ވެރިފަރާތަކީ މިހާރު އަޙްމަދު ވާފިރު ނޫންކަމަށް
ބުނާ ބުނުމުގެ މައްޗަށް މިމައްސަލާގައި އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމާއި، އަދި އެގޯއްޗަކީ، މިހާރު
އަޙްމަދު ވާފިރު އޭނާގެ ދަރިންނަށް ދީފައިވާ ގެއަކަށް ވީނަމަވެސް އެގޭގެ ވެރިންނަށް، ލަކީލާސްޓް ގޯތީގައި
ކުރެވިފައިވާ އެޢިމާރާތުގެ ބައިގެ މައްޗަށް ޙައްޤެއް ނޯންނާނެކަމާއި، އަޙްމަދު ވާފިރު ލަކީލާސްޓް ގޯތިތެރޭގައި
ކޮށްފައިވާ ޢިމާރާތުގެ ބައި ތަޅައި ސާފުކުރުމަށް ކޮށްފައިވާ ނިހާއީ ޙުކުމެއް އޮތްއިރު، އެޙުކުމް ތަންފީޒުކުރުމުގެ
އަމުރެއް އަޙްމަދު ވާފިރަށް ރައްދުވާގޮތަށް ނެރުއްވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމައަކާވިޔަސް ޚިލާފުކަމެއްކަމަށް
E3
26
4 2 2 4
ންލުވާންކމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2014
/
03/A
/
E10C ކޯޓު އަމުރަކީ، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކޯޓުގެ ނަންބަރު
2009/E10C/16 ޤަޟިއްޔާގައި 16 ސެޕްޓެމްބަރ 2009 ގައި ކުރައްވާފައިވާ ޙުކުމެއް ތަންފީޒުކުރުމަށް
ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެޙުކުމް ތަންފީޒުކުރެއްވުމުގެ ގޮތުން ނެރުއްވާފައިވާ އަމުރެއްކަމުން، އެޙުކުމް
ތަންފީޒުކުރުމަށް އަޙްމަދު ވާފިރަށް އެކަށީގެންވާ ފުރުސަތެއް ލިބިފައިނުވާކަމަށް ބެލެވޭނެ ތަނެއް
ނކަމާއި،
.ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވެ. ދިވެހި
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/09
އަދި އަޙްމަދު ވާފިރުވެސް ހިމެނޭގޮތުން ނެރުއްވާފައިވާ އެއަމުރަކީ، އެފަދައިން ނުނެރެވޭނެ އަމުރެއްކަމަށް
ބަލަންޖެހޭފަދަ ސަބަބެއް ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހަމައަކުން ހުށަހެޅިފައިނުވާކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
03/A
/
E10C ކޯޓު އަމުރުގައި، ރ. ރަސްމާދޫ ލަކީލާސްޓް ގޯތީގެ
އިމުގެ ތެރެއަށް އަރާގޮތަށް އަޙްމަދު ވާފިރު ކޮށްފައިވާ ޢިމާރާތުގެ އެބައި 45 (ސާޅީސް ފަހެއް) ދުވަހުގެ
ތެރޭގައި ތަޅައި، ނަގައި، ބިން ސާފުކުރުމަށް އެއަމުރު ރައްދުވި ފަރާތްތަކަށް އަންގަވައި މާޅޮސްމަޑުލު
އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުއްވާފައިވަނީ 25 ނޮވެމްބަރު 2014
ތާރީޚުގައިކަމަށްވެފައި، އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އަޙްމަދު ވާފިރުގެ ފަރާތުން
ހުށަހަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ރަޖިސްޓްރީ ކުރެވިފައިވަނީ 8 ޖެނުއަރީ 2015 ގައިކަން
އެނގޭއިރު،
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
03/A
/
E10C ކޯޓު
އަމުރަކީ މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކޯޓުގެ ނަންބަރު 2009/E10C/16 ޤަޟިއްޔާގައި 16
ސެޕްޓެމްބަރ 2009 ގައި ކުރައްވާފައިވާ ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެޙުކުމް
ތަންފީޒުކުރެއްވުމުގެ ގޮތުން ނެރުއްވާފައިވާ އަމުރެއްކަމުންނާއި، އެއަމުރު އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ
އެއްވެސް ނުކުތާއަކީ ރަނގަޅު ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކުރެވިފައިވާ ނުކުތާއަކަށް ނުވާތީ، އެއަމުރަކީ
އެއަމުރު އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ބާޠިލުކުރެވެންއޮތް އަމުގެ
އަމުރެއްކަމުގައި
ނުވާއިރު، އެއަމުރު އިސްތިއުނާފުކުރެވުމުގެ ސަބަބުން އެއަމުރު ތަންފީޒުކުރެއްވުމަށް އެއަކުރުގައި
ކަނޑައަޅުއްވާފައިވާ މުއްދަތުގައި އެއަމުރު ތަންފީޒުނުވެ ގޮސްފައިވާތީ، އެކަން ޙައްލުކޮށް، އެއަމުރު
ތަންފީޒުކުރެވޭނެ މަގު ތަނަވަސްވެގެންދިއުމަކީ، މިމައްސަލާގައި ރ. ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުން ކުރިން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2015/HC-A/09
3
ou oo
ކުރައްވާފައިވާ ޙުކުމަށާއި ނެރުއްވާފައިވާ އަމުރުތަކުގެ މައްޗަށް ބަލާއިރު، މިމައްސަލާގައި ޢަދުލު އިންސާފު
ޤާއިމުކުރުމުގައި މުހިންމުކަމެއްކަމަށް ޤަބޫލުކުރެވޭތީ، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2014
/
03/A
/
E10C ކޯޓު އަމުރު ތަންފީޒުކުރުމަށް އެއަމުރުގައި ކަނޑައަޅުއްވާފައިވާ މުއްދަތަށް
30 (ތިރީސް) ދުވަސް އިތުރުކުރުމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ހުރިހައި ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވެއެވެ.
)ފަސްވަނަ ކަމަކީ، ރ. ރަސްމާދޫ ލަކީލާސްޓް ގޯތިތެރޭގައި ރ. ރަސްމާދޫ މުރިނގުގޭގެ
ހުޅަނގުކޮޅުން ފާޚާނާއިން ބައެއް އަރާގޮތަށް ޤާނޫނާ ޤަވާއިދާ ޚިލާފަށް އަޙްމަދު ވާފިރު ކޮށްފައިވާ ޢިމާރާތުގެ
ބައި 16 ސެޕްޓެމްބަރ 2009 އިން ފެށިގެން 08 (އަށެއް) މަސްދުވަހުގެ ތެރޭގައި ތަޅައި، ނަގައި، ބިން
ސާފުކުރުމަށް އަޙްމަދު ވާފިރަށް އަންގަވައި މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2009/E10C/16 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާއިރު، މިފަދަ ޙުކުމްތަކާ އެއްގޮތަށް
އަމަލުކުރުމަކީ
އެޙުކުމް ރައްދުވި ފަރާތުން ކުރަންޖެހޭ ކަމަކަށްވާއިރު، ޙުކުމް ރައްދުވި ފަރާތުން އެޙުކުމާ
ޢަމަލުނުކޮށްގެން، ކޯޓުން ކަނޑައަޅުއްވާގޮތެއްގެމަތިން ކޯޓުން ނުވަތަ އެހެން ފަރާތަކުން އެފަދަ ޙުކުމެއް
ތަންފީޒުކުރަންޖެހޭ ޙާލަތުގައި އެކަމަށް ހިނގާ ޚަރަދަކީ ތަންފީޒުކުރަންޖެހޭ ޙުކުމް ރައްދުވި ފަރާތުން
ގދ ދވ
އއޤީށް
4 44 44
و سرسرع
ޚަރަދެއްކަމެވެ.
ދެންފަހެ، އިސްވެބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މާޅޮސްމަޑުލު އުތުރުބުރީ
ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
03/A
/
E10C ކޯޓު އަމުރު ބާޠިލްކުރާނެ ތަނެއްނެތްކަމަށް
ކަނޑައަޅައި، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
03/A
/
E10C ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/09
04
އަމުރު ތަންފީޒުކުރެވޭނެ މަގު ތަނަވަސްވެގެންދިއުމަކީ، މިމައްސަލާގައި މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ
ކޯޓުން ކުރިން ކުރައްވާފައިވާ ޙުކުމަށާއި ނެރުއްވާފައިވާ އަމުރުތަކުގެ މައްޗަށް ބަލާއިރު، މިމައްސަލާގައި ޢަދުލު
އިންސާފު ޤާއިމުކުރުމުގައި މުހިންމުކަމެއްކަމަށް ޤަބޫލުކުރެވޭތީ، މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
03/A
/
E 10C ކޯޓު އަމުރުގައި 25 ނޮވެމްބަރު 2014 ވަނަ ދުވަހުން
ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެއަމުރު ތަންފީޒުކުރުމަށް ދެއްވާފައިވާ މުއްދަތުގެ ތެރެއަށް
30 (ތިރީސް) ދުވަސް އިތުރުކޮށް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފިމެވެ.
ޑިހިރާއްޖޭގެ
*
ދިވެހިރާއްޤީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv