ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/189 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/189
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 189/HC
-
A/2013
• އިސްތިއުނާފް ކުރިފަރާތް:
* ނަން: މުޙައްމަދު ޝަމްޢޫން ނަޞީރު
އައިޑީ ކާޑު ނަންބަރ: A054998
*
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް
އޮށްކަފަގެ| ކ.މާލެ
އޮށްކަފަގެ/ ކ.މާލެ
އިސްތިއުނާފް ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 04 ޖޫން 2013
ނިމުނު ތާރީޚް: 12 ޖޫން 2013
o
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2013/4753(J(MD-145
• އަމުރު ނެރުނު ކޯޓު ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: މުދަލަށް ގެއްލުންދީ
• އަމުރު ނެރުނު ތާރީޚް: 30 މެއި 2013
ފައެކުންކުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/189
ދަޢުވާގެ ޚުލާޞާ
cu o C
CCCO
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013
/
4753/J
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހ. އޮށްކަފަގެ| ކ.މާލެ މުޙައްމަދު ޝަމްޢޫން
ނަޞީރުގެ ފަރާތުން އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މުޙައްމަދު ޝަމްޢޫން ނަޞީރުގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 4753 /2013(J
(
MD-145 ކޯޓު އަމުރަކީ، · އޮށްކަފަގެ{
ކ.މާލެ، މުޙައްމަދު ޝަމްޢޫން ނަޞީރުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މުދަލަށް ގެންލުންދީ
ވައްކަންކުރުމުގެ މައްސަލައެއްގައި ހެކި ފޮރުވަން މަސައްކަތްކޮށްފާނެކަމަށް ފެންނާތީ، 2013 މެއި 31
ވަނަ ދުވަހުގެ 20:27 އިން ފެށިގެން 2013 ޖޫން 15 ވަނަ ދުވަހުގެ 20:26 އަށް 15 (ފަނަރަ)
ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާތަނެއްގަ
މިނެއްގައި މުޙައްމަދު ޝަމްޢޫން ނަޞީރު
ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
cc
ccc
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2013
/
4753/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
މުޙައްމަދު ޝަމްޢޫން ނަޞީރުގެ ފަރާތުން 07 (ހަތެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި
ބަޔާންކުރާފަދަ ޙާލަތެއް މެދުވެރިވެފައިވާކަން ސާބިތުކޮށްދިނުމުގެ ބުރަ (Burden of Proof)
އޮންނާނީ ދައުލަތުގެ މައްޗަށް ކަމަށްވާއިރު، ފުލުހުންނަށް އެފަދަ ސަބަބެއް އެކަށީގެންވާ މިންވަރަށް
ބަޔާންކޮށްދެވިފައި ނުވަނީސް ކްރިމިނަލް ކޯޓުގެ ނަންބަރު 2013/4753(J(MD-145 އަމުރުން
މުޙައްމަދު ޝަމްޢޫން ނަޞީރުގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި
33
· · 433
ކުeއވެ.
ޖަ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2013/HC-A/189
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ދެވަނަ ނުކުތާއަކީ: ހައްޔަރުކޮށްފައިވަނީ އޭގެ 10 ދުވަސް ފަހުން 16 މެއި 2013 ގައި
ކަމަށްވާއިރު، ފުލުހުންނަށް ހެކި ފޮރުވާނެކަމުގެ ބިރު އޮތް ނަމަ 10 ދުވަސް ވަންދެން މަޑުކުރެއްވި
ސަބަބަކީ ކޮބައިތޯ އާއި އެމުއްދަތުގެ ތެރޭގައި މުޙައްމަދު ޝަމްޢޫން ނަޞީރުގެ ފަރާތުން ހެކި
ފޮރުވަން ކުރި އެއްވެސް މަސައްކަތެއް ފުލުހުންނަށް ބުނެދެވިފައިނުވާއިރު ކްރިމިނަލް ކޯޓުގެ
ނަންބަރު 2013
/
4753
J
(
MD-145 އަމުރުން މުޙައްމަދު ޝަމްޢޫން ނަޞީރުގެ މުއްދަތަށް 15
ދުވަސް އިތުރުކޮށްފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
50 ވަނަ މާއްދާގެ ދަށުން
ތަޙްޤީޤީ އިދާރާގެ މައްޗަށް އެކަށައަޅާފައިވާ ލަސްނުކޮށް އެންމެ އަވަހަކަށް މައްސަލައެއް
ތަޙްޤީޤުކޮށް ނިންމުމުގެ ޒިންމާއަށް ފުލުހުންގެ ފަރާތުން އިޙްމާލުވުމަކީ ކުށެއްގެ ތުހުމަތުގައި މީހަކު
ބަންދުގައި ބެހެއްޓުމަށް އެކަށޭނަ ތަޤްރީރެއްނޫން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: މުޙައްމަދު ޝަމްޢޫން ނަޞީރަށް އޭނާ ބޭނުންނަމަ ހެކި ނައްތާލުމުގެ
ފުރިހަމަ ފުރުޞަތާއި ބާރު ހައްޔަރުކުރުމާއި ހަމަޔަށްވެސް ލިބިފައިވާކަން ދޭހަވާ ވާޤިޢާތަކަށް
ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއިން
ކަށަވަރުކޮށްދީފައިވާ ”ދަތުރު ފަތުރުކުރުމާއި ވަޒަންވެރިވުމުގެ ޙައްޤު ފަދަ އޭގެ ޒާތާއި ބާވަތުން
މުހިންމު ޙައްޤެއް މުޙައްމަދު ޝަމްޢޫން ނަޞީރުގެ ކިބައިން ނިގުޅައިގަތުމުގައި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރަށް ރިޢާޔަތްކޮށްފައި
ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ: ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޒިރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހެއްގެ ބަންދުގެ މުއްދަތަށް އިތުރުކުރެވޭނީ އެންމެ ގިނަވެގެން 15
ދުވަސް ކަމަށް އޮންނަ ޤާނޫނީ ނައްޞާއި ޚިލާފަށް މުޙައްމަދު ޝަމްޢޫން ނަޞީރު 16 ދުވަހުގެ
މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ރއއ0ކށް
ތުކޮށްފައި ނުވާކަމަށް
cu o
etc
coc
E
ޑިމީ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2013/HC-A/189
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހަތްވަނަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2013/4753(J(MD-145 އަމުރުން
މުޙައްމަދު ޝަމްޢޫން
މްޢޫން ނަޞީރުގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން ކަށަވަރުކޮށްދޭ ޤާނޫނުގެ
ކުރިމަތީގައި ހަމަހަމަވުމުގެ އުސޫލާއި ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
U OX3
CCC
cu o
=
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/4753(J(MD-145 ކޯޓު އަމުރަށާއި، މުޙައްމަދު
ޝަމްޢޫން ނަޞީރުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އޮތްތޯކަމާއި، އެއިން ސަބަބެއް އޮތްކަން
ނުވަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ރ) އަށާއި، 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި؟
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ
ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް
ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް
ލިބިގެންވާކަން އެނގެން އޮންނަކަމާއި،
46
OCX
E
ޑިމީ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2013/HC-A/189
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކުށް
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް
ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ
ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު
ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ
ކަން އެނގެން އޮންނަކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2013/4753(J(MD-145 ކޯޓު އަމުރަށް ބަލާއިރު، މުޙައްމަދު
ޝަމްޢޫން ނަޞީރު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު
ކުރައްވާފައިވަނީ މުޙައްމަދު ޝަމްޢޫން ނަޞީރުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ހެކި ފޮރުވަން
މަސައްކަތްކޮށްފާނެކަމަށް ފެންނާތީކަން ކްރިމިނަލް ކޯޓުގެ އެއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
cccx
(ނ) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/4753(J
(
MD-145 ކޯޓު އަމުރަށް ބަލާއިރު، މުޙައްމަދު
ޝަމްޢޫން ނަޞީރު 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާ
ސަބަބަކީ ހެކި ފޮރުވަން މަސައްކަތްކޮށްފާނެކަމަށް ފެނުންކަން ބަޔާންކޮށްފައިވާއިރު؟
މުޙައްމަދު ޝަމްޢޫން ނަޞީރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ، އަހިގަސްދޮށުގެ 06 ވަނަ
ފަންގިފިލާގައި ހުންނަ ޓިސް، ޓްރިޕްކޮންސެޕްޓް އަދި އޮޕްޓިމޯ މިތިން އޮފީސް ހިންގާ އެޕާރޓްމަންޓް
ތެރޭގައި ހުރި އިލެކްޓްރޯނިކްސް ސާމާނުތަކާއި އަދި މިއޮފީސް ތެރޭގައި ތަޅުލާފައި ހުރި ކޮޓަރިއަކަށް
ގެއްލުންދީ ކޮޓަރީގެ ދޮރު ހަލާކު ކުރުމަށްފަހު ކޮޓަރިތެރެއަށް ވަދެ ކޮޓަރި ތެރޭގައި ބަހައްޓާފައި ހުރި މޭޒެއްގެ
ވަތްގަނޑުން -/
110000ރ. (އެއްލައްކަ ދިހަހާސްރުފިޔާ) އާއި ކޮޓަރި ތެރޭގައި ބަހައްޓާފައި ހުރި
އިލެކްޓްރޯނިކްސް ގިނަ ސާމާނުތަކެއް ވަގަށް ގެންގޮސްފައިވާ މައްސަލައިގެ ހާދިސާ ހިނގާފައިވަނީ 2013
E
ޑިމީ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/189
އޭނާގެ
ސަބަބު
މެއި 05 ވަނަ ދުވަހު ކަމާއި، މުޙައްމަދު ޝަމްޢޫން ނަޞީރު ހައްޔަރުކޮށްފައިވަނީ 2013 މެއި 16 ވަނަ
ދުވަހު ކަމާއި؛
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 55/HC
-
A/2013 ޤަޟިއްޔާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު
2013/1049(J(MD-145 އަމުރުގެ ދަށުން ގދ. ހޯނޑެއްދޫ ފޭރުމާގެ، ޢަބްދުﷲ ސަޢީދުގެ މައްޗަށް
ތުހުމަތުކުރެވިފައިވާ މަކަރާއި ހީލަތްހެދުމުގެ މައްސަލައިގައި ފުލުހުން ހުށަހަޅާފައިވާ އެކި ޤަރީނާއަށް
ބަލާއިރު، އެވަގުތު އޭނާ ބަންދުން ދޫކޮށްލައިފިނަމަ، ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެކަމަށް
ފެންނާތީއާއި،
މުޖްތަމަޢުގެ ހަމަޖެހުން ގެއްލި މުޖްތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަމަށްޓަކައި، ކަމަށްބުނެ، 2013 ފެބްރުއަރީ 7 ވަނަ ދުވަހުގެ 20:05 އިން ފެށިގެން 15
(ފަނަރަ) ދުވަހުގެ މުއްދަތަށް ޢަބްދުﷲ ސަޢީދު، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި
ބަންދުގައި ބެހެއްޓުމަށް، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވުމާއިގުޅިގެން ޢަބްދުﷲ ސަޢީދުގެ ފަރާތުން
އިސްތިނާފުކުރުމުން ބެލިފައިވާ މައްސަލައެއްކަމާއި،
ޢަބްދުﷲ ސަޢީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަކަރާ ހީލަތް ހެދުމުގެ ތުހުމަތަކީ 2005)
2009 އަދި 2010 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކާ ގުޅިގެން މައްޗަށް
ކުރެވިފައިވާ ތުހުމަތެއްކަމާއި، އެމައްސަލައިގެ ތަޙްޤީޤު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށާފައިވަނީ
2012 ވަނަ އަހަރުގެ ތެރޭގައިކަމަށް ވީނަމަވެސް، އެމައްސަލައަކީ އޭގެކުރިން ދައުލަތުގެ
ދެމުއައްސަސާކަމަށްވާ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުންވެސް ބަލާފައިވާ
މައްސަލައެއްކަމާއި،
އޭގެއިތުރުން، ޢަބްދުﷲ ސަޢީދު ބަންދުން ދޫކޮށްލައިފިނަމަ އޭނާ ފޮރުވުމުގެ އިޙްތިމާލުއޮތްކަމަށް
ދައުލަތުގެ ފަރާތުން ބުނާ ހެއްކަކީ ނުވަތަ ލިޔެކިޔުންތަކަކީ އެޕޯލޯ ކުންފުނީގައި ހުރި ތަކެތިކަމަށް ދައުލަތުގެ
ފަރާތުން ބުނާއިރު، ޢަބްދުﷲ ސަޢީދުއަކީ އެއްއިރެއްގައިވެސް އެކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ނުވަތަ
ޑިރެކްޓަރުންގެ ތެރޭގައިވެސް ހިމެނޭ ފަރާތެއް ނޫންކަމާއި، ޢަބްދުﷲ ސަޢީދު 2005 ގައި އެޕޯލޯ ހާޑްވެއަރ
ސްޓޯރުގައި އަދާކުރަމުންގެންދިއަ ވަޒީފާއިން މީގެ ދޮޅުއަހަރެއްހާ ދުވަސްކުރިން ވަކިވެފައިވާކަމާއި، އަދި،
ޢަބްދުﷲ ސަޢީދު ހައްޔަރު ކުރެވިފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުގެ
ހުމަތުކުރެވިފައިމިވާ މައްސަލައިގެ ތަޙްޤީޤަށް
އެންޤި
ހ ސ ޑ 4
CO
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/189
24 ه
އޭނަގެ
ބަޔާނެން
އޭނާ ހާޒިރުކުރެވި ފެނެގުމަށްފަހު މިނިވަނެއްގެ ގޮތުގައި މުޖްތަމަޢުގެ ތެރެއަށް ދޫކޮށްލާފައި
ހުންނަތާ ދެހަފްތާއެއްހާ ދުވަސް ފަހުންކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އޮންނަކަމާއި؛
މިއިސްތިއުނާފުކުރެވޭ މައްސަލައާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 55/HC-A/2013
ޤަޟިއްޔާގެ ދަށުން ބެލިފައިވާ މައްސަލައިގެ ވާޤިޖާއަށް ބަލާއިރު، މިދެމައްސަލައިގާ ބަންދުގައި ބެހެއްޓުމަށް
ދަށުކޯޓުގެ ފަނޑިޔާރު ނިންމެވި ނިންމެވުން ބިނާކުރައްވާފައިވާ ސަބަބު އެއްގޮތްވީ ކަމުގައިވީނަމަވެސް
އިސްތިއުނާފުކުރެވޭ މިމައްސަލައިގައި، އެކަމަކާއި ގުޅިގެން މުޙައްމަދު ޝަމްޢޫން ނަޞީރުގެ މައްޗަށް
ތުހުމަތުކުރެވިފައިވާ މައްސަލައާއި މުޙައްމަދު ޝަމްޢޫން ނަސީރު އާއި ހުރި ގުޅުމާއި ހާދިސާ
ހިނގާފައިވާކަމަށް ބުނާ ތަނާއި ވަގުތާއި ޒަމާނާއި ޙާލަތާއި މިކަންކަމުގައި ފާޅުކަންބޮޑު ގޮތެއްގައި
ތަފާތުތަކެއް ހުރުމާއެކު، އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ދަށުން ބެލިފައިވާ މައްސަލައާއި
މިމައްސަލައާއި އެއްގޮތްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
4 ، 33 04
03އ
(ނ) ކުށެއްގެ ތުހުމަތުގައި މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޒިރުކޮށް ބަންދާއިމެދު
ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހެއްގެ
ބަންދުގެ މުއްދަތަށް އިތުރުކުރެވޭނީ އެންމެ ގިނަވެގެން 15 ދުވަސް ކަމަށް އޮންނަ ޤާނޫނީ ނައްޞާއި
ޚިލާފަށް މުޙައްމަދު ޝަމްޢޫން ނަޞީރު 16 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްބުނެ
މުޙައްމަދު ޝަމްޢޫން ނަޞީރުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާ ޝަރީޢަތުން ބެލުމުގެ ގޮތުން ކްރިމިނަލް
ކޯޓުގެ ނަންބަރު 2013/4753(J(MD-145 ކޯޓު އަމުރަށް ނަޒަރު ކުރާއިރު،
އެއަމުރުގެ
ތާރީޚަކީ 30.05.2012 ކަމުގައިވީނަމަވެސް ބަންދުގެ މުއްދަތު ފެށޭ ތާރީޚާއި ގަޑިއަކީ
31.05.2013 ގެ 20:27 ކަމާއި، އަދި ބަންދުގެ މުއްދަތު ހަމަވާ ތާރީޚާއި ގަޑިއަކީ 15.06.2013 ގެ
20:26 ކަމާއި، ބަންދުގައި ބަހައްޓަންވީ މުއްދަތަކީ 15 (ފަނަރަ) ދުވަހުގެ މުއްދަތަށްކަމާއި، މިކަންކަން
އެއަމުރުން ސާފުކޮށް އެނގެން އޮންނަކަމާއި، އެހެންކަމުން މުޙައްމަދު ޝަމްޢޫން ނަޞީރު ބަންދުގައި
ބެހެއްޓުމަށް އަމުރުކުރައްވާފައިވާ މުއްދަތަކީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
etc
O Occ
COC
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ކަ. (0
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/189
ކުރިމައްޗަށް ޙާޒިރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކުރެވިފައި އޮންނަ ޤާނޫނީ ނައްޞާއި ޚިލާފު މުއްދަތެއްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، މުޙައްމަދު ޝަމްޢޫން ނަޞީރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށް ސާބިތުކުރުމަށް ކާފި
ހެކިތަކެއް އަދި ހުށަހެޅިފައި ނެތްކަމުގައިވީނަމަވެސް ތުހުމަތުކުރެވިފައިވާ މައްސަލައާއި މުޙައްމަދު ޝަމްޢޫން
ނަބީރު އާއި ހުރި ގުޅުމާއި ހާދިސާ ހިނގާފައިވާކަމަށް ބުނާ ތަނާއި ވަގުތާއި ޒަމާނާއި ޙާލަތާއި، ތަޙްޤީޤުކުރާ
ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކާއި، ހޯދާފައިވާ ކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު މުޙައްމަދު
ޝަމްޢޫން ނަޞީރު ހައްޔަރުކުރެވިފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ފަދަ ކަންތައްތަކެއް
ހުރިކަމަށް ބެލެވެން އޮތުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު2013
/
4753(J
(
MD-145 ކޯޓު އަމުރަށް
ދަލުގެންނަންޖެވެ
ޖެހޭ ސަބަބެއް އޮތްކަމަކަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
0
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާން
މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/4753(J(MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
+
ޖީ
ރާއްޖެ.
E
ޑިމީ"
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv