ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/79 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/79
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 79/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
ނަން: ޖީ.އެމް.އާރ މާލެ އިންޓަރނޭޝަނަލް އެއަރޕޯރޓް ޕްރައިވެޓް ލިމިޓެޑް.
ދާއިމީ އެޑްރެސް: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯރޓް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގ
މިހާރުގެ އެޑްރެސް: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯރޓް، އެޑްމިނިސްޓްރޭޓިވް ބިލްޑިންގ
ރެޖިސްޓްރީ ނަންބަރ 0490
/
2010-C
*
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ހުރުޔާޛު ލަޠީފު
مود ކާޑު ނަންބަރ: A113668
ބަދަލުގައި: އޖ.
: ދާއިމީ އެޑްރެސް: ބީޗްހައުސް ވިލިނގިލި
ތައިލަންޑް
މިހާރުގެ އެޑްރެސް: ބޭންކޮކް،
L.
އަލީ ޝާހް
• ހުށަހެޅުނު ތާރީޚް: 08 މާރޗް 2012
ނިމުނު ތާރީޚް: 23 މެއި 2012
• މައްސަލައިގެ ބާވަތް: ވަޒީފާއާއި ބެހޭ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2012/HC-A/79
ދަޢުވާގެ ޚުލާޞާ
2
6
22 4ހދ8ވެ
އއޤީ0ނކޯހެނތ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/78 މައްސަލަ އެޓްރައިބިއުނަލުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ބުނެ، އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި ޖީ.އެމް.އާރ މާލެ އިންޓަރނޭޝަނަލް އެއަރޕޯރޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ޝަހުރުޔާޛު ލަޠީފު ބީޗްހައުސް
ވިލިނގިލިއެވެ.
43
444;
ޚަށް
ގަކުރެވުނު
.ން އެކު6.
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/78 މައްސަލަ އަކީ،
ވިލިނގިލި/ބީޗްހައުސް ޝަހުރުޔާޛު ލަޠީފު މޯލްޑިވްސް އެއަރޕޯރޓް ކޮމްޕެނީ ޕލކ ގައި ވަޒީފާ އަދާކުރަމުން
ދަނިކޮށް، 8 ޖުލައި 2010 ގައި ޝަހުރުޔާޛު ލަޠީފު އާއި އެކުންފުންޏާ ދެމެދު ވެފައިވާ ޓްރެއިނިންގް
އެއްބަސްވުމެއްގެ ދަށުން ތައިލެންޑްގެ ބޭންގިކޮކްގައި ހުންނަ ސިވިލް އޭވިއޭޝަން ޓްރެއިނިންގް ސެންޓަރުގައި
”ކޮމިއުނިކޭޝަން މެއިންޓަނަންސް، ކޯހެއް ފުރިހަމަ ކުރުމަށްޓަކައި 2010 ޖޫން އިން 2012 ޑިސެމްބަރުގެ
ނިޔަލަށް ފޮނުވާފައިވާ މުއްދަތުގައި އެއިރުގެ މާލޭ އިންޓްރނޭޝަނަލް އެއާޕޯޓުގެ ހިންގުން ޖީ.އެމް.އާރ މާލެ
އިންޓަރނޭޝަނަލް އެއަރޕޯރޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުވެ، ޝަހުރުޔާޛު ލަޠީފުގެ ވަޒީފާ އެ ކުންފުނިން
ހަމަޖެހިގެން ދިއުމަށްފަހު، އޭނާ ފުރިހަމަ ކުރަމުން ގެންދިޔަ ކޯސް ހުއްޓާލުމަށްފަހު ރާއްޖެ އެނބުރި
އައުމަށާއި، ވަޒީފާއަށް ޙާޟިރުވުމަށް ޖީ.އެމް.އާރ މާލެ އިންޓަރނޭޝަނަލް އެއަރޕޯރޓް ޕްރައިވެޓް ލިމިޓެޑުން
2 މާރޗް 2011 ގައި އަންގާފައިވާތީ، އެ އެންގުމަކީ އެއާއި އެއްގޮތަށް ޢަމަލުކުރެވޭނެ އެންގުމެއް
އޭނާ ފުރިހަމަ ކުރަމުން ގެންދާ ކޯހަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ޖީ.އެމް.އާރ
މާލެ އިންޓަރނޭޝަނަލް އެއަރޕޯރޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޝަހުރުޔާޛު
ލަޠީފުގެ ފަރާތުން ހުށަހެޅު
ށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި؛
2
8 އ އޗ
ނޫންކަމަށާއި
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/79
އެމައްސަލަ ނިންމަވާފައިވަނީ ".. މައްސަލަ ހުށަހެޅި ޝަހުރުޔާޛު ލަޠީފު އާއި މޯލްޑިވްސް
އެއަރޕޯރޓް ކޮމްޕެނީ ޕލކ އާއި ދެމެދު ވެފައިވާ ޓްރެއިނިންގ އެއްބަސްވުމުގައި މޯލްޑިވްސް އެއަރޕޯރޓް
ކޮމްޕެނީ ޕލކ އިން ޝަހުރުޔާޛު ލަޠީފު ފޮނުވާ ކޯހުގެ ފުރަތަމަ 06 (ހައެއް) މަސްދުވަހުގެ ފައިސާ ދައްކާނެ
ކަމަށާއި، ކޯހުގެ ބާކީ އޮތް މުއްދަތަށް ޚަރަދުކުރުމާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅާނީ މާލޭ އިންޓަރނޭޝަނަލް
އެއާރޕޯޓް ހިންގުމާއި ޙަވާލުވާ ކުންފުނިން ކަމަށް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ، ޝަހުރުޔާޛު ލަޠީފު
ފުރިހަމަ ކުރަމުން ގެންދާ ކޯސް ހުއްޓާލުމަށް ފަހު އެނބުރި ރާއްޖެ އައުމަށް މައްސަލަ ރައްދުވި ކުންފުންޏަށް
އެންގިދާނެ ކަމަށާއި، އެގޮތުން އެ ކުންފުނިން ޝަހުރުޔާޛު ލަޠީފަށް އެންގި އެންގުމަކީ އެ އެއްބަސްވުމާއި
ޚިލާފު ނިންމުމެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށް މައްސަލަ ރައްދުވި ކުންފުނިން އެދުނު ނަމަވެސް ޤާނޫނު
02/2008 (ވަޒީފާއާބެހޭ ޤާނޫނުގެ) 17 ވަނަ މާއްދާގެ ބާރު ކަނޑުވާލާފަދަ ގޮތަކަށް
އެއްބަސްވުމެއްގައި އިޚްތިޔާރުތަކެއް ލިބިދެވިދާނެކަމަށް ނުފެންނާތީއާއި، މޯލްޑިވްސް އެއަރޕޯރޓް ކޮމްޕެނީ
ލިމިޓެޑުން އެ އެއްބަސްވުމުގައި އެފަދައިން ބަޔާންކޮށްފައިވަނީ އެކުންފުނީގެ ޒިންމާ ނިމޭ ހިސާބު
ކަނޑައެޅުމުގެ ބޭނުމުގައިކަން ދޭހަވާތީ އާއި، މައްސަލަ ހުށަހެޅި ޝަހުރުޔާޛު ލަޠީފު އާއި މޯލްޑިވްސް
އެއަރޕޯރޓް ކޮމްޕެނީ ލިމިޓެޑާއި ދެމެދު ވެފައިވާ މުޅި ޓްރެއިނިންގ އެއްބަސްވުމަށް ރިޢާޔަތްކުރާއިރު،
ދީފައިވާ ކޯހަކީ 06 (ހައެއް) މަސްދުވަހުގެ ކޯހެއް ނޫންކަން ސާބިތުވާތީ، ޝަހުރުޔާޛު ލަޠީފު އެ ކޯސް
ހުއްޓާލުމަށްފަހު އެނބުރި ވަޒީފާއާ ގުޅުމަށް މައްސަލަ ރައްދުވި ފަރާތަށް އެންގޭނީ އެ އެއްބަސްވުމުގައިވާ ގޮތުގެ
މަތީން ނުވަތަ މައްސަލަ ރައްދުވި ފަރާތުގެ ބާރު ނުފޯރާ ފަދަ ޚާއްޞަ ޙާލަތެއް މެދުވެރިވެގެން ކަމަށް
މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅާ، ޝަހުރުޔާޛު ލަޠީފު ފުރިހަމަ ކުރަމުން ގެންދާ ކޯހަށް
ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށާއި، ޝަހުރުޔާޛު ލަޠީފު އާއި މޯލްޑިވްސް އެއަރޕޯރޓް ކޮމްޕެނީ
ލިމިޓެޑާއެކު ވެފައިވާ ޓްރެއިނިންގ އެއްބަސްވުމުގައި އޭނާއަށް ދޭނޭ ކަމަށް ކަނޑައަޅާފައިވާ އެންމެހާ ފައިސާ
ދެމުން ގެންދިއުމަށް މައްސަލަ ރައްދުވި ޖީ.އެމް.އާރ މާލެ އިންޓަރނޭޝަނަލް އެއަރޕޯރޓް ޕްރައިވެޓް ލިމިޓެޑް
(ރެޖިސްޓްރީ ނަންބަރު 0490
/
2010-C) އަށް އަންގަވާކަން އެމައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން
އެގެން އޮވެއެވެ.
~ / ހދ
އަސީއަށް
44
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012/HC-A/79
-02
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު
2011/VTR/78 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނ ޖީ.އެމް.އާރ މާލެ އިންޓަރނޭޝަނަލް އެއަރޕޯރޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ތިން ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
8/44
• ފުރަތަމަ ނުކުތާއަކީ: ޖީ.އެމް.އާރ މާލެ އިންޓަރނޭޝަނަލް އެއަރޕޯރޓް ޕްރައިވެޓް ލިމިޓެޑާއި
ޝަހުރުޔާޛު ލަޠީފު އާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ އެއްވެސް މާއްދާއަކުން އޭނާގެ ޓްރެއިނިންގ
އާ ގުޅޭ އެއްވެސް ޙައްޤެއް އުފެދިފައި ނުވާއިރު އެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް މިމައްސަލަ
ޓްރައިބިއުނަލުން ބެލޭނެ ކަމަށް ކަނޑައަޅުއްވައި އަދި އެ އެއްބަސްވުމުގެ ދަށުން ބުނެވިދިޔަ ފަދަ ޙައްޤު ތަކެއް
ލިބިގެންވާކަމަށް ކަނޑައެޅުންވުން
ޑައެޅުންވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ޝަހުރުޔާޛު ލަޠީފު ފުރިހަމަ ކުރަމުންދާ ކޯހުގައި ކިޔެވުމުގެ ޙައްޤު އުފެދިގެން
އަންނަނީ ޓްރެއިނިންގ އެއްބަސްވުމުން ކަމަށްވާއިރު، އެ އެއްބަސްވުމުން އުފަންވެފައި ނުވާ ޙައްޤުތަކެއް
ވަޒީފާއާ ބެހޭ ޤާނޫނުގެ
ވަނަ މާއްދާގެ ދަށުން ޝަހުރުޔާޛު ލަޠީފަށް ލިބިގެންވާ ކަމަށް
ކަނޑައަޅުއްވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ކޯހުގެ މުއްދަތުގައި ޚަރަދު ކުރުމާބެހޭ ގޮތުން ޓްރެއިނިންގ އެއްބަސްވުމުގައި
ސާފުކޮށް ވަކި ގޮތެއް ކަނޑައަޅައި ބަޔާންކޮށްފައިވާއިރު، އެނޫން ގޮތަކަށް ދެފަރާތުން އެއްބަސްވެފައިވާ ކަން
ދޭހަވާ ކަމަށް ކަނޑައަޅުއްވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
17
8 26
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/78 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ޖީ.އެމް.އާރ މާލެ އިންޓަރނޭޝަނަލް އެއަރޕޯރޓް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
~
2012/HC-A/79
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ތައިލެންޑްގެ ބޭންގކޮކްގައި ހުންނަ ސިވިލް އޭވިއޭޝަން ޓްރެއިނިންގް ސެންޓަރުގައި 2010
ޖޫން އިން 2012 ޑިސެމްބަރުގެ ނިޔަލަށް ކޮމިއުނިކޭޝަން މެއިންޓަނަންސް، ކޯހެއް ފުރިހަމަ ކުރުމަށްޓަކައި
ޝަހުރުޔާޛު ލަޠީފު އާއި މޯލްޑިވްސް އެއަރޕޯރޓް ކޮމްޕެނީ ލިމިޓެޑާ ދެމެދު 8 ޖުލައި 2010 ގައި
ޓްރެއިނިންގް އެއްބަސްވުމެއް (2010
/
147/Reference No. TA
-
TPD) ވެވިފައިވާކަން އެނގެން
(ށ) އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމަށް ބަލާއިރު، އެއެއްބަސްވުމުގެ 3 ވަނަ ޞަފްޙާގެ
(a) ގައި ޓްރެއިނިންގ ގެ ފުރަތަމަ 6 މަސްދުވަހުގެ އަސާސީ މުސާރައާއި ދޭންޖެހޭ އެހެން އެލަވަންސްތައް
ކުންފުނީގެ ފަރާތުން ދޭނެ ކަމަށާއި، މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓައިޒް ވުމުން މިކޯހުގެ ބާކީ
އޮތް މުއްދަތުގައި ޚަރަދުކުރުމާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑައަޅާނީ އައު މެނޭޖްމަންޓުން ކަމަށް
ބަޔާންކޮށްފައިވާކަމާއި
އަދި ހަމަ އެ ޞަފްޙާގެ (b) ގައި ކޯހުގެ ބާކީ 2 އަހަރު ސްޕޮންސަރ ކުރާނެ ކަމުގެ އެއްވެސް
ޔަގީންކަމެއް ކުންފުނީގެ ފަރާތުން ނުދޭ ކަމަށާއި، އެކަމާބެހޭ ގޮތުން ގޮތެއް ނިންމާނީ މާލޭ އިންޓަރނޭޝަނަލް
އެއަރޕޯޓާ 2010 ނޮވެމްބަރުގެ ތެރޭގައި ޙަވާލުވާ ކުންފުނީގެ އައު މެނޭޖްމަންޓުން ކަމަށް ބަޔާންކޮށްފައިވާކަން
އެނގެން އޮވެއެވެ.
(ނ) 2010 ނޮވެމްބަރުގެ ތެރޭގައި އައު މެނޭޖްމަންޓުން އެއަރޕޯޓާ ޙަވާލުވާނެ ކަމާއި ކޯސް
ކުރިއަށް ގެންދިއުމަށް އައު މެނޭޖުމަންޓުން އެއްބަސްވާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް އެއަރޕޯރޓް ކޮމްޕެނީ
ލިމިޓެޑުން ނުދޭކަމާއި، ތަމްރީން ކުރިޔަށް ގެންދާނީ ތޯ ނުވަތަ ހުއްޓާލާނީތޯ ކަނޑައަޅާނީ އައު
ޑިސެމްބަރު 2010 ގެ ނިޔަލަށް އަސާސީ މުސާރައާއި، ސްޓައިޕަންޑް މޯލްޑިވްސް
4 22
14 މ 4
3
4 ފހ
سير عسراء
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2012/HC-A/79
އެއަރޕޯރޓް ކޮމްޕެނީ ލިމިޓެޑުން ދޭނެކަމާއި، ތަމްރީން ޕްރޮގްރާމްގެ ބާކީ 2 އަހަރަށް ހިނގާ ޚަރަދުތައް
ކުރާނެތޯ ނުވަތަ ނުކުރާނެތޯ ކަނޑައަޅާނީ އައު މެނޭޖްމަންޓުންކަން ޝަހުރުޔާޛު ލަޠީފަށް އަންގާ އެކަންކަން
ސާފުކޮށްދެވިފައިވާކަން 2010 ޖުލައި 01 ގައި ބޭއްވި، 2010 ޖުލައި 06 ގައި ޝަހުރުޔާޛު ލަޠީފު
ސޮއިކޮށްފައިވާ ކޮމިއުނިކޭޝަން މެއިންޓަނަސް ކޯހައި ގުޅިގެން ބޭއްވިފައިވާ ބައްދަލުވުގެ ޔައުމިއްޔާއިން
ސާފުކޮށް އެނގެން އޮވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، ޝަހުރުޔާޛު ލަޠީފުއާއި މޯލްޑިވްސް
އެއަރޕޯރޓް ކޮމްޕެނީ ލިމިޓެޑާ ދެމެދު ވެވިފައިވާ ޓްރައިނިންގ އެއްބަސްވުމުގެ ދަށުން ކޯހުގެ ފުރަތަމަ ހަ
މަސްދުވަހަށް ހިނގާ ހުރިހާ ޚަރަދެއް މޯލްޑިވްސް އެއަރޕޯރޓް ކޮމްޕެނީ ލިމިޓެޑުން ކުރުމަށް އެއްބަސްވެފައިވާ
ކަމާއި، އެހެން ނަމަވެސް ކޯހުގެ ބާކީ އޮތް މުއްދަތުގައި ޚަރަދު ކުރުމާމެދު ގޮތެއް
ކަނޑައަޅާނީ އައު
މެނޭޖްމަންޓުންކަން ސާފުކޮށް ބަޔާންކޮށްފައި އޮތުމުން، ޝަހުރުޔާޛު ލަޠީފު ފުރިހަމަ ކުރަމުންދާ ކޯހުގެ
ސްޕޮންސަރ ކުރިޔަށް ގެންދިއުމާ މެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު ކުންފުނީގެ އައު މެނޭޖްމަންޓަށް
ލިބިގެންވާކަން އެނގެން އޮތްއިރު އެއިޚްތިޔާރުގެ ބޭނުންކޮށް ޝަހުރުޔާޛު ލަޠީފު ފުރިހަމަ ކުރަމުން ދިޔަ ކޯސް
ހުއްޓާލުމަށްފަހު އެނބުރި ވަޒީފާއާއި ގުޅުމަށް ކުންފުނީގެ އައު މެނޭޖްމަންޓު (ޖީ.އެމް.އާރ މާލެ
އިންޓަރނޭޝަނަލް އެއަރޕޯރޓް ޕްރައިވެޓް ލިމިޓެޑް) ން ޝަހުރުޔާޛު ލަތީފަށް އަންގާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކުގެ ބޭރުން ކަމަށް ބެލެވެން ނެތް ކަމަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
2011/VTR/78 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަކީ ބަދަލު
ގެންނަންޖެހޭ ނިންމުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
އިއްތިފާޤުވެއެވެ.
OCX
3 42 44
ހއ ހޅ
ދެން ފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، ޝަހުރުޔާޛު ލަޠީފުއާއި މޯލްޑިވްސް
އެއަރޕޯރޓް ކޮމްޕެނީ ލިމިޓެޑާ ދެމެދު ވެވިފައިވާ ޓްރައިނިންގ އެއްބަސްވުމުގެ ދަށުން ޝަހުރުޔާޛު ލަޠީފު
ފުރިހަމަ ކުރަމުންދާ ކޯހުގެ ފުރަތަމަ 06 (ހައެއް) މަސް ދުވަހަށްފަހު ކޯހުގެ ބާކީ އޮތް މުއްދަތުގައި ޚަރަދު
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/79
ކުރުމާމެދު ގޮތެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ކުންފުނީގެ އައު މެނޭޖްމަންޓަށް ލިބިގެންވާކަން އެނގެން
އޮންނާތީ، ކޯހުގެ ފުރަތަމަ 06 (ހައެއް) މަސް ދުވަހަށްފަހު އިތުރު ފައިސާއެއް ޝަހުރުޔާޛު ލަޠީފަށް
ލިބިދިނުމަށް އަންގާނެ ތަނެއް ނެތްކަމަށާއި، ޝަހުރުޔާޛު ލަޠީފު ފުރިހަމަ ކުރަމުން ދިޔަ ކޯސް ހުއްޓާލުމަށްފަހު
އެނބުރި ވަޒީފާއާއި ގުޅުމަށް ކުންފުނީގެ އައު މެނޭޖްމަންޓު (ޖީ.އެމް.އާރ މާލެ އިންޓަރނޭޝަނަލް އެއަރޕޯރޓް
ޕްރައިވެޓް ލިމިޓެޑް) ން ޝަހުރުޔާޛު ލަޠީފަށް އަންގާފައިވާ އެންގުން ބާތިލު ކުރާނެ ޝަރުޢީ އަދި ޤާނޫނީ
ހަމައެއް ނެތްކަމަށް ކަނޑައަޅައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/78 މައްސަލައިގައި
އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުން މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ބާތިލްކޮށްފީމެވެ.
*
!ރާއް
ވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv