ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/36 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
1
• ޤަޟިއްޔާ ނަންބަރ: 36/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މޫސާ މުޙައްމަދު
ކާޑު ނަންބަރ: 296687
A
* ދާއިމީ އެޑްރެސް: ފެހިވިދުވަރުސ.ފޭދޫ
* މިހާރުގެ އެޑްރެސް: ދޫނިދޫ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ޕޮލިސް ސަރވިސް * ދާއިމީ އެޑްރެސް: ޝަހީދު ޙުސައިން އާދަމް ބިލްޑިންގ
އައިޑީ
ކާޑު ނަންބަރ:
މިހާރުގެ އެޑްރެސް: ޝަހީދު ޙުސައިން އާދަމް ބިލްޑިންގ
0
• ރަޖިސްޓްރީކުރެވުނު ތާރީޚް: 07 ރަބީއުލްއައްވަލް 1431 * ނިމުނު ތާރީޚް: 17 ރަބީޢުލްއައްވަލް 1431
21 ފެބްރުއަރީ 2010
03 މާރޗް 2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/1017(J
(
MD-145 * ނިންމެވިކޯޓް: ޖިނާއީކޯޓް
ޤަޟިއްޔާގެ ބާވަތް: ކޯޓް އަމުރު
ހުށަހެޅުނުތާރީޚް: 15 ފެބްރުއަރީ 2010
* ނިމުނު ތާރީޚް: 15 ފެބްރުއަރީ 2010
ދިވެހިރާއްޖޭގެ ހައިކޯޓް، އޯބުރުޒު ހިނގުން، ތީމުގެ 3 ނަންބަރުދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2010/HC-A/36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު: 2010
/
1017/(JMD-145 ކޯޓު އަމުރާއިމެދު ހިތްހަމަ ނުޖެހިގެން،
ސ.ފޭދޫ ފެހިވިދުވަރުގެ، މޫސާ މުޙައްމަދު، އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި
ޤަޟިއްޔާއެކެވެ.
.
މުޞްޠަފާ މުޙައްމަދު ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ މޯލްޑިވްސް ޕޮލިސް
ސަރވިސްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ex
0484
އެ އަdގ
ޖިނާއީ ކޯޓުގެ ނަންބަރު: 2010
/
1017/(J
(
MD-145 ކޯޓު އަމުރަށާއި، މޫސާ މުޙައްމަދުގެ ފަރާތުން
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު،
މޫސާ މުޙައްމަދު ބަންދުކޮށްފައިވަނީ މޫސާ މުޙައްމަދު، މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ
މަޢުލޫމާތު ލިބިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މީނާއަށް ފުލުހުން ފެނުމުން، މީނާގެ އަތުގައި
ވައްޓާލިތަން ފުލުހުންނަށް ފެނިފައިވާތީއާއި، މީނާ ހުރިތަނުން މަލްބަރޯ ހަރޑް ސިގިރެޓް ފޮއްޓެއް
ފެނި، އެފޮށީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 09 ރަބަރު ޕެކެޓް ފެނިފައިވާތީއާއި،
ފެނިފައިވާ ޕެކެޓްތަކުގައި 0.2031 ގްރާމް އޯޕީއެޓްސް ހުރިކަމަށް އެތަކެތީގެ ވަގުތީ ނަތީޖާއިން ދައްކާފައިވާތީ،
އެމައްސަލާގެ ތަޙްޤީޤަށްކަން އެނގެން އޮންނަކަމާއި، އަދި ބަންދުގެ މުއްދަތު އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް
ސާރވިސްއިން ބޭނުންވާ ސަބަބަކީ މޫސާ މުޙައްމަދު މިވަގުތު ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާވެދާނެކަމަށް ފެންނާތީކަން މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން
އޮންނަކަމާއި،
އަދި ޖިނާއީ ކޯޓުގެ ނަންބަރު: 2010
/
1017/(J
(
MD-145 ކޯޓު އަމުރުގެ ދަށުން މޫސާ މުޙައްމަދު
ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެއްވި ސަބަބަކީ މޫސާ މުޙައްމަދު މިވަގުތު ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ
2 20
02 22 22
ދިވެހިރާއްޖޭގެ ހައިކޯޓް، އޯބުރުޒު ހިނގުން، ތީމުގެ 3 ނަންބަރުދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
3
2010HC-A/36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީކަމަށް އެއަމުރުގައި ބަޔާންކޮށްފައިވާކަމާއި، މިކަންކަން އެއަމުރުން
އެނގެން އޮވެފައި،
އެ އަމުރު އެގޮތުގެމަތީން ޖިނާއީކޯޓުން ނެރުއްވުމުގައި ރިޢާޔަތް ކުރައްވާފައިވާ ސަބަބަކީ، މީހަކު
ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުނެރޭއިރު ރިޢާޔަތް ކުރަންޖެހޭކަމަށް ޤާނޫނު
ނަންބަރު 6/2008 (ޢާންމު ޤަވާޢިދުތަކާއި ބެހޭ ޤާނޫނު)ގެ ދަށުން ޤާނޫނީ ބާރު ލިބިފައިވާ ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދުގޮތެއްނިންމުމުގެ ޤަވާޢިދު"
ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށްވާއިރު، އެސަބަބަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާއި
ޚިލާފު ސަބަބެއް ނޫންކަން ފާހަގަކުރެވޭކަމާއި،
މޫސާ މުޙައްމަދުގެ މައްޗަށް ތުހުމަތުކު
ތުކުރެވިފައިވާ
އިވާ ކުށުގެ މައްސަލައިގެ ތަޙްޤީޤު ނިމިފައިނުވާކަމާއި، އަދި
އެކަންކުރެވިފައި ނުވަނީ މަސްތުވާތަކެތި ތަޙްލީލު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާރވިސްގައި ބޭނުންކުރާ
މެޝިން ހަލާކުވެފައި ހުރުމުންކަމަށް އެސާރވިސްއިން ބުނެފައިވާކަމާއި، އަދި ވީހާވެސް އަވަހަކަށް އެކަން ރަގަޅު
ކުރުމަށް އެސާރވިސްއިން މަސައްކަތް ކުރަމުން ދާކަމަށް ބުނެފައިވާއިރު، މެޝިން ހަލާކުވުމަކީ އޭގެ ސަބަބުން
މޫސާ މުޙައްމަދަށް ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމުގެ ޙައްޤު އެއްވެސް މިންވަރަކަށް ހިފެހެއްޓެންޖެހޭ
ސަބަބެއްކަމަށް އޭނާގެ ފަރާތުން ނުދެކޭކަމަށް ބުނެފައިވާއިރު، އެފަދަ ޓެކްނިކަލް ކަމެއް ދިމާވެގެން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ހަދަންޖެހޭ ޓެސްޓެއް ނުހެދި ލަސްވުމަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ
ތުހުމަތުގައި ބަންދުކުރެވިފައިހުރި މީހަކު މުޖުތަމަޢަށް ދޫކޮށްލަންޖެހޭ ސަބަބެއްވެސް ނޫންކަމާއި، އެހެނީ
ވަކިފަރުދަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމުގެ ޙައްޤުން އެކަށީގެންވާ މިންވަރެއް ހިފަހައްޓައިގެން
އެމީހެއްގެ ފުށުން މުޖުތަމަޢުއަށް ދިމާވެދާނެ ނުރައްކަލަކުން މުޖުތަމަޢު ސަލާމަތް ކުރެވޭނެކަމަށް ފެންނަނަމަ
މުޖުތަމަޢުގެ ޙައްޤަށް އިސްކަންދިނުންމާ އައުލާކަން ބޮޑުކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އޯބުރުޒު ހިނގުން، ތީމުގެ 3 ނަންބަރުދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWw.highcourt.gov.mv
4
2010/HC-A/36
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވީމާ، ފޭދޫ ފެހިވިދުވަރު މޫސާ މުޙައްމަދު 16 ފެބްރުއަރީ 2010 ދުވަހުގެ 19:12 އިން
ފެށިގެން 03 މާރޗް 2010 ދުވަހުގެ 19:01 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ
ތަނެއްގައި މޫސާ މުޙައްމަދު ބަންދުކޮށްފައި ބެހެއްޓުމަށް، ޖިނާއީ ކޯޓުން ނެރެފައިވާ އެކޯޓުގެ ނަންބަރު:
2010
/
1017/(J
(
MD-145 ކޯޓު އަމުރަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފު އަމުރެއްކަމަށް ބަލާނެ
ތަނެއްނެތްކަމަށް މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
-ސ
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
ޢަލީ ޙަމީދު މުޙައްމަދު
(ފަނޑިޔާރު)
ޙަމީދު
(ފަނޑިޔާރު)
ދިއެހިރާއް2
ދިވެހިރާއްޖޭގެ ހައިކޯޓް، އޯބުރުޒު ހިނގުން، ތީމުގެ 3 ނަންބަރުދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv