ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/268 ޤަޟިއްޔާގެ ޙުކުމް
2008HC-A/268
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާ
2
• ޤަޟިއްޔާ ނަންބަރ: 268/HC
-
A/2008
އިސްތިއުނާފުކުރި ފަރާތް:
ނަން: އަޙްމަދު ވަޙީދު
އައިޑީ ކާޑު ނަންބަރު: 046519-A
މިހާރުގެ އެޑްރެސް: މއ.ގުލާބީގެ
އިސްތިއުނާފް ރައްދުވި ފަރާތައް:
* ނަން: ޙައްވާ އަލީ
ދާއިމީ އެޑްރެސް: މއ.ގުލާބީގެ
އައިޑީ ކާޑުނަންބަރު: 011744-A
މިހާރުގެ އެޑްރެސް: މއ.ގުލާބީގެ
*
* ނަން: މުޙައްމަދު ވަޙީދު
ދާއިމީ އެޑްރެސް: މއ.ގުލާބީގެ
އައިޑީ ކާޑުނަންބަރު: 063389-A
މިހާރުގެ އެޑްރެސް: މއ.ގުލާބީގެ
* ނަން: ނަސީމާ އިބްރާހީމް
ދާއިމީ އެޑްރެސް: މއ.ފްރީޕާކް
އައިޑީ ކާޑުނަންބަރު: 033541-A
، މިހާރުގެ އެޑްރެސް: މއ.ގުލާބީގެ
މައިކް
* ނަން: އައިޝަތު މަނިކެ
އެޑްރެސް: މއ.ގުލާބީގެ
ކާޑުނަންބަރު: 041857-A
މިހާރުގެ އެޑްރެސް: މއ.ގުލާބީގެ
ހުށަހެޅުނު ތާރީޚް: 14 ރަމްޟާން 1429
14 ސެޕްޓެމްބަރު 2008
ނިމުނު ތާރީޚް: 11 ރަޖަބު 1432
12 ޖޫން 2011
އިސްތިއުނާފުކުރެވުނު ކޯޓު ނަންބަރު 2006/MC/149
ނިންމެވި ފަރާތް: ސިވިލްކޯޓް
މުދަލާއި ބިން ބައިކޮށް ވަކިކުރުން
ހުށަހެޅި ތާރީޚް:
25 ޖެނުއަރީ 2006
ނިމުނުތާރީޚް: 17 ޖުލައި 2008
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުދުޓު ހިނގުން، ތީމުގެ 3 ނަންބަރު، ދޮރާށި، މާލެ، ދިވެހިރާޢްޖެ، ފޯން: 3325029، ފެކްސް3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުތާޞާ
2008/HC-A/268
ދަޢުވާގެ ޚުލާޞާ.
މިއީ، މަދަނީ ކޯޓުގެ ނަންބަރު:2006/MC/149 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނި އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ މއ.ގުވާބީގެ އަޙްމަދު ވަޙީދު، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި
ބެލިފައިވާ މައްސަލައެކެވެ.
9 ހ24 3
4
ހހ
.
di- 2އ)
ހ.a33
އެނހޅު2ނ
ފާހަގަކުރެވުނު ނުކުތާތައް:
މިއީ، މަދަނީ ކޯޓުގެ ނަންބަރު:2006/MC/149 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ މއ.ގުލާބީގެ އަޙްމަދު ވަޙީދު، އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުމުން ހައިކޯޓުން ބަލާފައިވާ މައްސަލައެކެވެ.
02- މަދަނީ ކޯޓުގެ ނަންބަރު: 2006/MC/149 ޤަޟިއްޔާއަކީ، މއ.ގުލާބީގެ އެވެ، ކިޔާ
ބަންޑާރަ ގޯއްޗާއި، އެގޯތީގައިވާ ޢިމާރާތްތަކާއި، އޯކިޑްމަގު 13 ނަންބަރު ފިހާރަ އެވެ، ކިޔާ ބަނޑާރަ
ބިމާއި، އެ ބިމުގައިވާ ޢިމާރާތްތައް ރަޖިސްޓްރީ ކޮށްފައިވާ މުޙައްމަދު ވަޙީދުއާއި، އަޙްމަދު ވަޙީދުއާއި،
ޢާއިޝަތު އިބްރާހީމް (އާއިޝަތު މަނިކެ)އާއި، ނަސީމާ އިބްރާހީމް (ނަސީމާ އިބްރާހީމް ކަލޭފާނު)އާއި،
ޙައްވާ ޢަލީ އާއި، މި 5 މީހުންކުރެ، ޙައްވާ ޢަލީއަން މއ.ގުލާބީގެ އެވެ، ކިޔާ ބަނޑާރަ ގޯތީގެ ބިމާ،
އޯކިޑުމަގު 13 ނަންބަރު ފިހާރައިގެ ބިމުން ލިބެންވާ ބައި ވަކިކޮށްދެއްވާ
ދެއްވުން އެދި ޙައްވާ ޢަލީ
ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ، މއ.ގުލުބީގެ އެވެ، ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ
ޢިމާރާތްތަކާއި، އޯކިޑްމަގު 13 ނަންބަރު ފިހާރަ އެވެ، ކިޔާ ބަނޑާރަ ބިމާއި، އެ ބިމުގައިވާ ޢިމާރާތްތައް
ރަޖިސްޓްރީ ކޮށްފައިވާ އިސްވެ ބަޔާންކުރެވުނު 5 މީހުންކުރެ ޙައްވާ ޢަލީ އަށްވާ ބައި ވަކިކުރެވިފައިވަނީ،
މާލޭ މުނިސިޕަލްޓީގެ ނަންބަރ: 144
/
2007
/
233/C-99 (08 އޯގަސްޓް 2007) ގެ ސިޓީއާ އެކުގައި
ފޮނުވާފައިވާ ޗާޓުގައި މއ. ގުލާބީގެ އެވެ، ކިޔާގޯތި ބައިކުރެވިފައިވާ ގޮތަށްކަމަށް ބަޔާކުރެއްވުމަށްފަހު،
މއ.ގުލާބީގެ އެވެ، ކިޔާ ގޯތީގެ ބިމާއި، އޯކިޑުމަގު 13 ނަންބަރު ފިހާރާގެ ބިމުން ޙައްވާ
ޢަލީ ޢަށްވާ މިންވަރު ވަކިކޮށް ހަމަޖެއްސުމުގައި ބެހެނިވެރީންގެ މެދުގައި ވަކިގޮތަކަށް އެއްބަސް ނުވެވުމުން،
މއ.ގުލާބީގެ އެވެ، ކިޔާ ގޯތީގެ ބިމުން ވަކިކުރެވޭ 600 އަކަފޫޓުގެ ބަޔާއި، އޯކިޑް މަގު 13 ނަންބަރު
ފިހާރައަކީ، އެއްބައެއް ކަމުގައި ހަމަޖައްސައި، ބެހެނިވެރީންގެ މެދުގައި ގުރުއަތުލުމުން، ޙައްވާ ޢަލީ އަށް
ލިބިގެންވަނީ މއ.ގުލާބީގެ ގޯތީގެ އިރު އުތުރަށް އޮތް 600 އަކަފޫޓުގެ ބަޔާއި، އޯކިޑް މަގު 13 ނަންބަރު
ގެ، ގއ.ގުލާބީގެ ގޯތީގެ ބިމުން ދެން އޮތްބައި އެއީ އެގޯތީގެ ބެހެނިވެރިންކުރެ މުޙައްމަދު ވަޙީދުއާ،
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، ފްލެ، ދިވެހިރާއްޖެ، ދޯން: 3325129، ފެކްސް: 3316471
3
2008/HC-A/268
a
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަޙްމަދު ވަޙީދުއާ، ޢާއިޝަތު އިބްރާހީމް (ޢާއިޝަތު މަނިކެ)އާއި، ނަސީމާ އިބްރާހީމް (ނަސީމާ އިބްރާހީމް
ކަލޭފާނު)އާއި، މި 4 މީހުންނަށް ލިބިގެންވާ ބައިކަމަށް ކަނޑައަޅުއްވައި،
މއ.ގުލާބީގެ އެވެ، ކިޔާ ބަންޑާރަ ގޯއްތީގައިވާ ޢިމާރާތްތަކާއި، އޯކިޑްމަގު 13 ނަންބަރު
ފިހާރާ އެވެ، ކިޔާ ބިމުގައިހުރި ޢިމާރާތުގެ ޝަރުޢީ އަގެއް ކަމުގައި ބަލާފައިވާ -/
4821990ރ. (ހަތަރުލައްކަ
އަށްޑިހަ ދެހާސް ނުވަސަތޭކަ ނުވަދިހަ) ރުފިޔާއަކީ، މި މުދަލުގެ ޝަރުޢީ އަގު ކަމުގައި ކަނޑައަޅުއްވައި،
އަދި މި ބަޔާން ކުރެވުނު ޢިމާރާތްތަކުން ޙައްވާ ޢަލީ އަށް ތަރިކާގެ އުޞޫލުން ލިބޭ 6148 ބަޔަށްވަނީ،
609373175ރ.(ފަސްދޮޅަސް ހާސް ތިންސަތޭކަ ހަތްދިހަ ތިންރުފިޔާ، ހަތްދިހަ ފަސްލާރި) ކަމާއި، ގުރުއަތުން
ޙައްވާ ޢަލީ އަށް ލިބުނު މއ.ގުލާބީގެ ގޯތީގެ އިރު އުތުރަށް އޮތް 600 އަކަފޫޓުގެ ބައިގައިވާ ޢިމާރާތް
ތަކާއި، އޯކިޑް މަގު 13 ނަންބަރު ފިހާރަ އެވެ، ކިޔާ ޢިމާރާތުގެ އަގަކީ ޖުމްލަ -/
1989000ރ.(އެއްލައްކަ
ނުވަދިހަ އަށްހާސް) ރުފިޔާކަމާއި، މިއީ ޙައްވާ ޢަލީ އަށް ތަރިކާގެ އުޞޫލުން ލިބޭ 6/48 ބަޔަށްވާ
ވަރަށްވުރެ 137626
/
25ރ.(އެއްލައްކަ ތިރީސް ހަތްހާސް ހަސަތޭކަ ސައްބީސް ރުފިޔާ، ފަންސަވީސްލާރި)
އިތުރު ޢަދަދެއް ކަމަށް ކަނޑައަޅުއްވައި، މިފައިސާ ޙައްވާ ޢަލީގެ ފަރާތުން ދެންތިބި 4 ވާރިސުންނަށް
ދެއްކުމަށްޓަކައި، 3 މަސް ދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް ދެއްކުމަށް ޙައްވާ ޢަލީ އަށް އަންގަވައި،
އެފަދައިން ފައިސާ ދައްކާ ޚަލާސް ކުރުމުން މއ.ގުލާބީގެ ގޯތީގެ އިރު އުތުރަށް އޮތް 600 އަކަފޫޓުގެ
ބަޔާއި، އޯކިޑް މަގު 13 ނަންބަރު ފިހާރާގެ ބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދައު ޙައްވާ އަލީ އަށް
މިލުކުވާނެ ކަމަށް ކަނޑައަޅުއްވައި، އެގޮތުގެ މަތީން ޙުކުމް ކުރައްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީ ކޯޓުގެ ނަންބަރު: 2006/MC/149
ޤަޟިއްޔާގައި ޙުކުމް ކުރައްވާ ނިންމެވުމުން، އެ ޙުކުމާ މެދު ހިތްހަމަ ނުޖެހިގެން އަޙްމަދު ވަޙީދުގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ މަދަނީ ކޯޓުގެ ނަންބަރު: 2006/MC/149 ޤަޟިއްޔާގައި މުދާ
ބެހުމަށްޓަކައި ވަކިގޮތަކަށް ބައިއަޅުއްވައި، ބެހެނިވެރީންގެ މެދުގައި ގުރުއަތުލެއްވުމުން، ތަރިކާގެ 6748 ބައި
ލިބޭ ޙައްވާ ޢަލީއަށް މއ.ގުލާބީގެ އެވެ، ކިޔާ ގޯތީގެ ބިމުންނާއި، އޯކިޑު މަގު 13 ނަންބަރު ފިހާރަ
އެކަމުގެ ސަބަބުން ދެންތިބި ބެހެނިވެރިންގެ ޙައްޤަށް އުނިކަން އައިސްފައިވާކަމަށް ބުނެ
.
3ވ
--
A
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޖު ވިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
24
2008/HC-A/268
. ދެވަނަ ނުކުތާއަކީ: ބެހެނިވެރީންނަށް މުދާ ލިބިފައިވަނީ ތަރިކާގެ އުޞޫލުން ކަމުގައި
ބުނެފައިވާއިރު، ތަރިކާގެ 6/48 ބައި ލިބޭމީހަކަށް އެހެން ބެހެނިވެރިއަކަށްވުރެ ބިމުން ލިބިފައިވާ މިންވަރު
އިތުރު ވެފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާ.
• ތިންވަނަ ނުކުތާއަކީ: ބެހެނިވެރީންގެ ތެރޭގައި ހިމެނޭ އަންހެން ދަރިއަކަށް 7148 ބައި،
އަދި ފިރިހެން ދަރިއަކަށް 14/48 ބައި ވާތީ، ތަރިކާގައި ހިމެނޭ އޯކިޑުމަގު 13 ނަންބަރު ފިހާރަ މިބައި
މީހުންނަށް ހަމަޖައްސައި، މއ.ގުލާބީގޭ ގޯތީގެ ބިމުން ޙައްވާ ޢަލީއަށް 600 ހަމަޖެއްސެން އޮއްވައި،
އެގޮތަށް ނުހައްދަވައި، މިގޮތަށް މައްސަލަ ނިންމެވުމުން ޙައްވާ ޢަލީ އަށް ޚާއްޞަ އިސްކަމެއް ދީފައިވާކަން
ދޭހަވާގޮތް މެދުވެރި ވެފައިވާކަމަށް ބުނެފައިވާ ބުނުން.
04- މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު: 2006/MC/149 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން އަޙްމަދު ވަޙީދުގެ ފަރާތުންނާއި
މައްސަލަ ރައްދުވާ ފަރާތްތަކުން ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިއުންތަކަށް
ބަލާއިރު ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެއެވެ.
(ހ) މަދަނީ ކޯޓުގެ ނަންބަރު: 2006/MC/149 ޤަޟިއްޔާއަކީ، މއ.ގުލާބީގެ އެވެ، ކިޔާ
ބަންޑާރަ ގޯއްޗާއި، އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި، އޯކިޑްމަގު 13 ނަންބަރު ފިހާރަ އެވެ، ކިޔާ
ބަންޑާރަ ބިމާއި ޢިމާރާތްތައް ރަޖިސްޓްރީ ކޮށްފައިވާ މުޙައްމަދު ވަޙީދުއާއި، އަޙްމަދު ވަޙީދުއާއި، ޢާއިޝަތު
އިބްރާހީމް (ޢާއިޝަތު މަނިކެ) އާއި، ނަސީމާ އިބްރާހީމް (ނަސީމާ އިބްރާހީމް ކަލޭގެފާން) އާއި ޙައްވާ
ޢަލީއާއި މި 05 މީހުންކުރެ ޙައްވާ ޢަލީ އަށް މއ.ގުޅާބީގެ ގޯތީގެ ބިމުންނާއި އޯކިޑުމަގު 13 ނަންބަރު
ފިހާރާގެ ބިމުން ލިބެންވާބައި ވަކިކޮށްދެއްވުން އެދި ޙައްވާ ޢަލީ ހުށަހެމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަން
އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(ނ) އިސްވެ ބަޔާން ކުރެވުނު ރިޕޯޓަށް ބަލާއިރު، އިސްވެ ބަޔާން ކުރެވުނު ދެ ބިމާއި،
އެދެބިމުގައިވާ ޢިމާރާތްތަކުން ޙައްވާ ޢަލީއަށް ލިބޭ ބައި ވަކިކުރެވިފައިވަނީ، މާލޭ މުނިސިޕަލްޓީގެ ނަންބަރ:
144
/
20071233/C-99 (08 އޯގަސްޓް 2007) ގެ ސިޓީއާ އެކުގައި ފޮނުވާފައިވާ ޗާޓުގައި ބައިކުރެވިފައިވާ
ގޮތަށް ކަމާއި، ޙައްވާ ޢަލީ އަށްވާ މިންވަރު ވަކިކޮށް ހަމަޖެއްސުމުގައި ބެހެނިވެރީންގެ މެދުގައި ވަކިގޮތަކަށް
މއ.ގުލާބީގެ އެވެ، ކިޔާ ގޯތީގެ ބިމުން 600 އަކަފޫޓުގެ ބަޔަކާއި، އޯކިޑް މަގު 13
ރާއްޖޭގެ ކަމްބަރު ފިހާރަ (ޖުމްލަ 362.5 އަކަފޫޓް) އަކީ، އެއްބައެއް ކަމުގައި ހަމަޖައްސައި، ބެހެނިވެރީންގެ
ގުރުއަތުލުމުން، ޙައްވާ ޢަލީ އަށް ލިބުނީ މއ.ޤުލާބީގެ ގޯތީގެ އިރުއުތުރަށް އޮތް 600
8 33
އެއްބަސް ނުވެވުމުން،
.ޔޯޔޯ ނިމޫނު ގޮތުގެ ޚުލާޞާ
2008/IIC-A/268
3594.4
އަކަފޫޓުގެ ބަޔާ، އޯކިޑް މަގު 13 ނަންބަރު ފިހާރަކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
(ނ) އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތީން ޙައްވާ ޢަލީ އަށް ވާބައި ކަނޑައެޅިގެން
ދިއުމުން، މއ.ގުލާބީގެ ގޯތީން 600 އަކަފޫޓުގެ ބަޔަކާއި، އޯކިޑު މަގު 13 ނަންބަރު ފިހާރާ އެވެ، ކިޔާ
ބިމުގެ 362.5 އަކަފޫޓުގެ ބަޔާއެކު ޖުމްލަ 962.5 އަކަފޫޓުގެ ބިން ޙައްވާ ޢަލީއަށް ލިބިގެންދާކަން އެގެން
އޮންނައިރު، މއ.ގުލާބީގެ ގޯތީގެ ބިމުގެ އޭރިޔާގެ ބޮޑުމިން ކަމަށް މާލޭ މުނިސިޕަލްޓީން ކުރަހާފައިވާ
ޗާޓުންނާއި، އެގޯއްޗަށް ހައްދަވައި ދެއްވާފައިވާ ރަޖިސްޓްރީން އެނގެން އޮންނަ 4192.4 އަކަފޫޓުން ޙައްވާ
ޢަލީއަށް ކަނޑައެޅުނު 600 އަކަފޫޓު ކަނޑާލުމުން ބާކީ އޮންނަނީ 3594.4 އަކަޕޫޓުކަމާއި، މި
އަކަފޫޓު ޙައްވާ ޢަލީ ފިޔަވައި ދެންތިބި 04 ބެހެނިވެރީންގެ މެދުގައި ހަމަހަމައަށް ބަހާލުމުން ބަޔަކަށް ޖެހެނީ
898.1 އަކަފޫޓުކަމާއި، އެއީ ޙައްވާ ޢަލީ އަށް މއ.ގުލާބީގެ ގޯތީގެ ބިމުންނާއި އޯކިޑުމަގު 13 ފިހާރާގެ
ބިމުން ލިބުނު ޖުމްލަ އަކަފޫޓަށްވުރެ ކޮންމެ ބެހެނިވެރިއަކަށް 64.4 އަކަފޫޓު މަދުމިންވަރެއްކަމާއި، އަދި
އެއީ ޙައްވާ ޢަލީ ފިޔަވައި ދެންތިބި 04 ބެހެނިވެރިންނަށް ޖުމްލަ ލިބޭ 3594.4 އަކަފޫޓުގެ މިންވަރު، ވަކި
ބައިތަކެއްގެ ގޮތުގައި ބައިނުކުރާ ޙާލަތުގައިކަމާއި، ނަމަވެސް އެ 04 ބެހެނިވެރީންގެ މެދުގައި އެ ބައިތައް
ބައިކުރެވޭ ޙާލަތުގައި ދައުލަތުގެ ކަމާބެހޭ އިދާރާގެ ޤަވާޢިދުތައް ނިޔާކުރާ ގޮތުގެ މަތިން އެންމެ ކުޑަވެގެން
180 އަކަފޫޓުގެ ގޯޅިމަގެއް ނަގަންޖެހޭކަމާއި، އޭރުން އެ 04 ބެހެނިވެރީންގެ މެދުގައި ބައިކުރުމަށް ލިބޭ
ޖުމްލަ ބޮޑުމިނަކީ 3414.4 އަކަފޫޓުކަމާއި، މި މިންވަރު 04 ބަޔަށް ބެހުމުން ބަޔަކަށް ޖެހެނީ 853.6
ޙައްވާ ޢަލީ އަށް އިސްވެ
ދެބިމުން ޖުމްލަ ލިބިފައިވާ 962.5
އަކަފޫޓަށްވުރެ 108.9 އަކަފޫޓު މަދު ޢަދަދެއްކަން ފާހަގަކުރެވޭކަމާއި، އަދި މިއީ މިމައްސަލާގައި ހިމެނޭ
ޙައްވާ ޢަލީ ފިޔަވައި ދެންތިބި 04 ބެހެނިވެރިންގެ ޝަކުވާ ބިނާކޮށްފައިވާ މައިގަޑު އަސާސްކަން
އަކަފޫޓުކަމާއި، މިއީ
މި 4
3
2
2
3
ބަޔާންކުރެވެ
4ހ32 * * * 4
/893އވެ.
(ނ) އިސްވެ ބަޔާން ކުރެވުނު ފަދައިން މަދަނީ ކޯޓުގެ ނަންބަރު: 2006/MC/149
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު މއ.ގުލާބީގެ ގޯއްޗާއި، އޯކިޑުމަގު 13 ފިހާރާގެ ބެހެނިވެރިންގެ
ތެރެއިން 475 ބައި މީހުންގެ ހިތްހަމަ ނުޖެހުމުގެ ޝަކުވާ ބިނާވެގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް
ހައިކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ހުރިހާ ބެހެނިވެރީންގެ ފަރާތުން ދައްކަމުން ގޮސްފައިވާ
އިސްތިއުނާފް މިކުރެވޭ މަދަނީކޯޓުގެ ޤަޟިއްޔާގެ ޙުކުމުގައިވާ ގޮތުގެ މަތީން ޙައްވާ ޢަލީ އަށް
ބެހެނިވެރީންގެ މެދުގައި ވަކިގޮތަކަށް އެއްބަސް ނުވެވިގެން ގުރުއަތު ލެވުނުއިރު، އޯކިޑު
eވެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިތް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2008/HC-A/268
މަގު 13 ފިހާރާގެ ބިމާއި، މއ.ގުލާބީގެ އެވެ، ކިޔާ ގޯތީގެ ބިމުގެ ތެރެއިން 600 އަކަފޫޓަކީ އެއްބައެއް
ކަމުގައި ޝަރީޢަތުން ހަމަޖެއްސުމުގެ ނަތީޖާއެއްގެ ގޮތުންކަން ފާހަގަކުރެވޭތީ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ބެހެނިވެރީންގެ މެދުގައި
ވާހަކަ ދައްކައިގެން ގޮތެއް ނިންމުމަށް ދެވުނު ފުރުޞަތު ތަކުގައި ޙައްވާ ޢަލީގެ ފަރާތުންނާއި، ދެންބާކީ
ތިބި 04 ބެހެނިވެރީންގެ ފަރާތުން ދެއްކި ވާހަކަތަކުން މި 05 ބެހެނިވެރީން މައިގަޑު ދެ ބަޔަކަށް ބެހިގެން
ގޮސްފައިވާކަމާއި، އެގޮތުން އެއްފަޅީގައި ޙައްވާ ޢަލީ އެކަނި ހިމެނިފައިވާއިރު، އަނެއް ފަޅީގައި ބާކީތިބި
04 ބެހެނިވެރީން ހިމެނޭކަމާއި، މި ދެބައިމީހުންގެ ދެމެދުގައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އެއްފަރާތުން އަނެއް ފަރާތަށް ހުށަހެޅުން
ހުށަހެޅުންތައް ހުށަހަޅަމުންގޮސް، އަދި އެއްފަރާތުން އަނެއްފަރާތަށް ދެވެންހުރި
ދޫތައް ދެމުންގޮސް، ބެހެނިވެރީންގެ މެދުގައި ވަކިގޮތަކަށް އެއްބަސްވެވިފައިވާކަން ފާހަގަކުރެވޭކަމާއި،
އެގޮތުން މއ.ގުލާބީގެ އަލްމަރުޙޫމް ލިން އިބްރާހީމް ކަލޭފާގެ ވާރިސުންގެ ގޮތުގައި
ދުނިޔޭގައިތިބި މއ.ގުލާބީގެ! މުޙައްމަދު ވަޙީދު (ދ.ރ،ކާޑު ނަންބަރު:A063389) އާއި، އަޙްމަދު ވަޙީދު
(ދ.ރ.ކާޑު ނަންބަރު:A046519) އާއި، ޢާއިޝަތު އިބްރާހީމް (ދ.ރ.ކާޑު ނަންބަރު:A041857) އާއި،
ނަސީމާ އިބްރާހީމް (ދ.ރ.ކާޑު ނަންބަރު:A033541) އާއި، ޙައްވާ ޢަލީ (ދ.ރ.ކާޑު
ނަންބަރު:A611744) އާއި، މި 05 މީހުންގެ މައްޗަށް މއ.ގުލާބީގެ އެވެ، ކިޔާ ބަންޑާރަ ގޯއްޗާއި،
އެގޯތީގައިވާ ޢިމާރާތްތަކާއި، އޯކިޑްމަގު 13 ނަންބަރު ފިހާރަ އެވެ، ކިޔާ ބަނޑާރަ ބިމާއި، އެ ބިމުގައިވާ
ޢިމާރާތްތައް އިސްތިއުނާފް މިކުރެވޭ މަދަނީކޯޓުގެ ޤަޟިއްޔާގެ ކުރިން ވަނީ ރަޖިސްޓްރީ ކުރެވިފައިކަން
އެނގެން އޮންނަކަމާއި، އިސްތިއުނާފް މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު: 2006/MC/149 ޤަޟިއްޔާއަކީ،
މި ބަޔާން ކުރެވުނު މއ.ގުލާބީގެ އެވެ، ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ ޢިމާރާތްތަކާއި، އޯކިޑްމަގު
13 ނަންބަރ ފިހާރަ އެވެ، ކިޔާ ބަންޑާރަ ބިމާއި ޢިމާރާތްތައް ރަޖިސްޓްރީ ކޮށްފައިވާ، އިސްވެ މިބަޔާން
ކުރެވުނު 05 ބެހެނިވެރިންކުރެ، ޙައްވާ ޢަލީ އަށް މއ.ގުލާބީގެ އެވެ، ކިޔާ ބަންޑާރަ ގޯތީގެ ބިމުންނާއި،
އޯކިޑްމަގު 13 ނަންބަރ ފިހާރަ އެވެ، ކިޔާ ބިމުން ލިބޭންވާބައި ވަކިކޮށް ލިބިގަތުމަށް ޙައްވާ ހުށަހެޅި
މައްސަލައެއް ކަން ފާހަގަކުރެވޭކަމާއި،
މިގޮތުން މަދަނީ ކޯޓުގެ ނަންބަރު: 2006/MC/149 ޤަޟިއްޔާގައި ޙައްވާ ޢަލީ އަށް
މއ.ގުލާބީގެ އެވެ، ކިޔާ ގޯތީންނާއި، އޯކިޑް މަގު 13 ނަންބަރު ފިހާރާގެ ބިމުންނާއި މިދެބިމުން ލިބިފައިވާ
ބަދަލުގައި، މި ދެބިމުން ޙައްވާ ޢަލީ އަށް ޙައްޤުވާ މިންވަރެއް، މއ.ގުލާބީގެ ގޯތީގެ ބިމުން
s
" ދިވެހިރާއްޖެ
ދިވެހިhއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮށުށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް
www.highcourt.gov.my ieme
&5ވ
1
2008/HC-A/268
502
އެކަނި، ދިނުމަށް ޙައްވާ ޢަލީ ފިޔަވައި ދެންތިބި ބެހެނިވެރީންގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކަށް ޙައްވާ
ޢަލީގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވާކަމާއި،
މއ.ގުލާބީގެ އެވެ، ކިޔާ ގޯއްޗާއި، އޯކިޑުމަގު 13 ނަންބަރު ފިހާރާގެ ބިންވެސް 05 (ފަހެއް) ބަޔަށް
ބެހުމަށްފަހު، އޭގެ ތެރެއިން ފިހާރާގެ ބިމުން ޙައްވާ ޢަލީއަށް ލިބޭ ބައިގެ ޖުމްލަ އަކަފޫޓަށްވާ މިންވަރު،
އޭނާއަށް ގުލާބީގެ ގޯތިން ލިބޭ 1/5 ބައިގެ ތެރެއަށް އިތުރުކުރުމުން ޖުމްލަ ޖެހޭ ޢަދަދު، މއ.ގުލާބީގެ
އެވެ، ކިޔާ ގޯތީގެ ބިމުން ޙައްވާ ޢަލީ އަށް ލިބިދިނުމާއެކު، ގުލާބީގެ ގޯތީގެ ބިމުން ޙައްވާ ޢަލީ
ބޭނުންވާފަދައިން ގުލާބީމަގަށްވާގޮތަށް ގޯތީގެ އިރު އިތުރު ކަނުން އެބައި ނެގުމާއި، ފިހާރައާއި ގުލާބީގެ
ގޯތީގައި ހިމެނޭ ޢިމާރާތްތައް އަގުމަގު ކުރުމަށްފަހު، ތަރިކާގެ އުޞޫލުން އެބެހެނިވެރިއަކަށް ޖެހޭ މިންވަރު
ބެލުމަށްފަހު އުނިއިތުރު ހަމަޖެއްސުމުގެ ގޮތުން އެއްފަރާތުން އަނެއް ފަރާތަށް ދޭންޖެހޭ މިންވަރެއް
ދިނުމަށްފަހު ފިހާރާގެ ބިން ޙައްވާ ޢަލީ ފިޔަވައި ދެންތިބި 04 ބެހެނިވެރިންގެ ނަމުގައި އޮންނަގޮތަށް
ހުށަހެޅި ހުށަހެޅުމެއްކަމާއި،
އަދި މިބަޔާން ކުރެވުނު ގޮތުގެ މަތިން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހަޅާފައިވާ ބިން ބައިކުރަން ފެންނަ ގޮތުގެ ޗާޓުގައި ލިއެފައިވާ މިންތަކަކީ ޙަޤީޤީ މިންތަކަކަށް
ނުވެދާނެކަމަށާއި، އަދި އެޗްޓުގައި ގޯތިގެ އެތެރެ ބަޔަށް ވަނުމަށްޓަކައި ނެގޭ ގޯޅި މަގުގެ ފުޅާ މިނަކީވެސް
އެކަމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާފައިވާ ގަވައިދުތަކާއި އެއްގޮތަށް ނެގިފައިވާ ގޯޅި
މަގަކަށް ނުވެދާނެ ކަމަށްޓަކައި، ދެފަރާތަށް އެއްބަސް ވެވުނު އަސާސްގެ މައްޗަށް ބިނާކޮށް، އަދި
ކުރިމަގުގައި މިގޯތި ޙައްވާ ޢަލީ ފިޔަވައި ދެންތިބި 04 ބެހެނިވެރިންގެ މެދުގައި ބައިކުރަން ޖެހިދާނެ
ޙާލަތެއް މެދުވެރި ވެދާނެ ކަމަށްބަލައި، އަދި ހުރިހާ ބައެއްގައިވެސް ދާދި އެއް އުސްމިނެއްގައި އިމާރާތް
ކުރެވޭގޮތަށް ބައްލަވައި، މާލޭ މުނިސިޕަލްޓީގެ ފަރާތުން ކުރަހާ ޗާޓަކާއި އެއްގޮތަށް ބައިކޮށް ދިނުމަށް
ހުރިހާފަރާތަކުންވެސް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އެދިފައިވާކަމާއި، މިކަންކަން ފާހަގަކުރެވެއެވެ.
އަދި އިސްވެ މިބަޔާން ކުރެވުނު ހުށަހެޅުމުގައިވާ ގުލާބީގެ ގޯތީގައިވާ ޢިމާރާތްތަކާއި، އޯކިޑު
މަގު 13 ނަންބަރު ފިހާރާގައިވާ ޢިމާރާތްތައް އަގުމަގުކޮށް ތަރިކާގެ އުޞޫލުން އުނިއިތުރު ހަމަޖެއްސުމުގެ
މައްސަލަ ހައިކޯޓުން ކުރިއަށް ގެންގޮސްފިނަމަ، އެކަމުގެ ތެރެއިން އުފެދޭ މައްސަލައެއް އިސްތިއުނާފް
ބޭނުންވާ ފަރާތަކަށް އިސްތިއުނާފްގެ އެއްމަރުޙަލާ ގެއްލިގެން ހިގައިދާނެކަމަށްޓަކައި، އެމަސައްކަތް
އަލުން މިމައްސަލަ ދަށުކޯޓަށް ފޮނުވައިގެންކަމަށް މިމައްސަލަ ހައިކޯޓުގައި ބެލި
ދިވެހިރާއްޖޭގެ ހައިކޯޓް.އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2008/HC-A/268
ކނeއPރ
ފަނޑިޔާރުންނަށް އެއްބަސްވެވިފައިވާތީ، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ 05
ބެހެނިވެރީންގެ ސަމާލުކަމަށް އެކަން ގެނައުމުން، އިސްވެ ބަޔާން ކުރެވުނު 05 ބެހެނިވެރީންވެސް
ބޭނުންވަނީ މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާ މިމައްސަލާގައި މި ވާހަކަ ދެކެވޭ ދެ ބިން، އެ 05
ބެހެނިވެރީންގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވި ގޮތަށް ބަހާ ނިންމުމަށްކަމަށާއި،
އެކަން އެގޮތަށް ކުރުމަށް މަގު ފަހި ކުރުމުގެ ގޮތުން، އެ 05 ބެހެނިވެރިންކުރެ އެއްވެސް ބެހެނިވެރިއެއްގެ
ފަރާތުންވެސް މި މައްސަލާގައި ވާހަކަ މިދެކެވޭ ގުލާބީގެ ގޯތީގައިވާ ޢިމާރާތްތަކާއި އޯކިޑު މަގު 13
ނަންބަރު ފިހާރާގައިވާ ޢިމާރާތްތައް އަގުމަގުކޮށް ތަރިކްގެ އުޞޫލުން އުނިއިތުރު ލިބިގަތުމަށް އިތުރަށް
ބޭނުން ނުވާކަމުގައި ބުނެފައިވާކަމާއި، އަދި އިސްތިއުނާފް މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު.
2006/MC/149 ޤަޟިއްޔާގެ ޙުކުމުގައި ބެހެނިވެރިންކުރެ ޙައްވާ ޢަލީގެ ފަރާތުން ދެންތިބި 04
ބެހެނިވެރީންނަށް ދޭންޖެހޭ ފައިސާ، އެ 04 ބެހެނިވެރީން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދޫކޮށްލާފައިވާކަން ފަހަގަކުރެވެއެވެ.
(ބ) އިސްވެ ފާހަގަކުރެވުނު އެންމެހައި
ބަލާއިރު، މަދަނީ ކޯޓުގެ
ނަންބަރު: 2006/149MC ޤަޟިއްޔާގައި މއ.ގުލާބީގެ އެވެ، ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ
ޢިމާރާތްތަކާއި، އޯކިޑުމަގު 13 ނަންބަރު ފިހާރާ އެވެ، ކިޔާ ބަންޑާރު ބިމާއި، އެބިމުގައިވާ ޢިމާރާތްތަކުން
އުއްވާ ޢަލީ އަށް ލިބެންވާބައި ވަކިކޮށްދެއްވުންއެދި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން ޙައްވާ ޢަލީ އަށްވާ
މިންވަރު ވަކިކޮށް ހަމަޖެއްސުމުގައި ބެހެނިވެރީންގެ މެދުގައި މަދަނީ ކޯޓުގައި ވަކިގޮތަކަށް އެއްބަސް
ނުވެވުމުން، މއ.ގުލާބީގެ އެވެ، ކިޔާ ގޯތީގެ ބިމުން 600 އަކަފޫޓުގެ ބަޔަކާއި، އޯކިޑްމަގު 13 ނަންބަރު
ފިހާރާގެ 362.5 އަކަފޫޓު) ބިމަކީ، އެއްބައެއް ކަމުގައި ހަމަޖައްސައި، ބެހެނިވެރީންގެ މެދުގައި ގުރުއަތު
ލުމުން، ޙައްވާ ޢަލީ އަށް ލިބުނީ މއ.ގުލާބީގެ އެވެ، ކިޔާ ގޯތީގެ އިރު އުތުރަށް އޮތް 600 އަކަފޫޓުގެ
ބަޔާ، އޯކިޑް މަގު 13 ނަންބަރު ފިހާރަކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އޮތްއިރު، އެގޮތަށް ޙައްވާ ޢަލީ އަށް ބައިލިބިގެން ދިއުމުން، ދެންތިބި 04 ބަހެނިވެރީންގެ ޙައްޤަށާއި،
މަޞްލަޙަތަށް ގެއްލުން ލިބި އުނިކަން އައިސްފައިވާކަމާއި، މިގޮތުން އެޤަޟިއްޔާ އިސްތިއުނާފް ކުރުމުގެ
ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މި ދެ ބިމުގެ ހުރިހާ ބެހެނިވެރީންގެ މެދުގައި
އެކިފަހަރު މަތީން ވާހަކަ ދެކެވި ހުށަހެޅުންތައް ހުށަހަޅަމުން އެއްފަރާތުން އަނެއް ފަރާތަށް ދޫދެމު
ހުރިހާ ފަރާތަކުންވެސް އެއްބަސްވެފައިވާ ގޮތުގެ މައްޗަށް ބިނާކޮށް މއ.ގުލާބީގެ އެވެ، ކިޔާ
05 ބެހެނި ވެރިންގެ މެދުގައި ބައިކުރެވިގެން ދާނެގޮތުގެ ޗާޓެއް ކުރަހައި ދިނުމަށްއެދި މާލޭ
އްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤުސްޠަޠާ ނިމުނު ގޮތުގެ ގުޅޭބޯ
208/HC-A/268
މުނިސިޕަލްޓީއަށް ހުށަހެޅުމުން، އެއޮފީހުން ކުރަހައި ހައިކޯޓަށް ފޮނުވާފައިވާ ޗާޓަށް ބަލާއިރު، އެގޯތީގެ
ބިމުގެ އޭރިޔާގެ 4192 އަކަފޫޓުގެ ތެރެއިން ގޯތީގެ 05 ބެހެނި ވެރިންނަށް ބައިކުރުމުގެ ގޮތުން، އެންމެ
އެތެރެބައި (އިރު ދެކުނު ކަނުގައިވާ ބައި) އަށް ވަނުމަށްޓަކައި، 180 އަކަފޫޓުގެ ގޯޅި މަގެއް ނެގުމަށްފަހު،
ޙައްވާ ޢަލީ އަށް ދިނުމަށް ހުރިހާ ބެހެނިވެރީންވެސް އެއްބަސްވެފައިވާ ބައިގެ ތެރެއަށް، އޯކިޑުމަގު 13
ނަންބަރު ފިހާރާގެ ބިން 05 (ފަހެއް) ބަޔަށް ބެހުމުން ޙައްވާ އަލީ އަށް ލިބޭ 72 އަކަފޫޓު އިތުރު
ކޮށްފައިވާކަމާއި، މިގޮތަށް ހެދުމުން މއ.ގުލާބީގެ އެވެ، ކިޔާ ގޯތީގެ ބިމުން ދެން 05 (ފަހެއް) ބަޔަށް
ބެހުމަށް ލިބިފައިވާ 3940 އަކަފޫޓު 05 (ފަހެއް) ބަޔަށް ބަހާލުމުން ކޮންމެ ބެހެނީ ވެރިއަކަށްވެސް
ހަމަހަމަ ގޮތެއްގައި އެގޯތީގެ ބިމުން 788 އަކަފޫޓު ލިބިގެންދާކަމައި، އަދި ޙައްވާ ޢަލީއަށް ފިހާރައިގެ
ބިމުން ލިބޭ 72 އަކަފޫޓު ޙައްވާ ޢަލީ އަށް ގުލާބީގެ ގޯތިން ލިބޭ 788 އަކަފޫޓުގެ ތެރެއަށް އިތުރު
ކުރުމުން ޖުމްލަ 360 އަކަފޫޓު ލިބިގެން ދާކަމާއި، އަދި މިއިން ކޮންމެ ބައެއްގައިވެސް ޢިމާރާތް ކުރެވޭ
މިންވަރު އެއްބައި އަނެއް ބަޔާއި ދެމެދު މާބޮޑު ފަރަގެއް ނެތި، "909.9 (ނުވަދިހަ ފޫޓު ނުވަ އިންޗި) އާއި
"971.0 (ނުވަދިހަ ހަތްފޫޓު) އާއި ދެމެދުގެ އުސްމިނުގައި ޢިމާރާތްތައް ކުރުމުގެ ފުރުޞަތު އެބައިތަކުގެ
މެދުގައި ލިބިގެންދާކަމާއި، މިކަންކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ މިފާހަގަކުރެވުނު އެންމެހައި ކަންތައްތަކަށް ބަލާއިރު، އިސްވެ މިބަޔާން
ކުރެވުނު ދެ ބިމުގެ ބެހެނިވެރިންގެ ގޮތުގައި ހިމެނޭ 5 ބެހެނިވެރީންގެ މެދުގައި މަދަނީ ކޯޓުގެ ނަންބަރު:
ޤަޟިއްޔާގެ ޙުކުމާއި ޚިލާފް ގޮތަކަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އެއްބަސްވެވިފައިވާތީ، އެ ސަބަބަށްޓަކައި އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލި
ހައިކޯޓުގެ ފަނޑިޔާރުން އެއްބަސް
ވަސްވެއެވެ.
149/MC/2016
ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންތައްތަކަށް ބަލާއިރު، މަދަނީ ކޯޓުގެ
ނަންބަރު: 2006/MC/149 ޤަޟިއްޔާގައި، މއ.ގުލާބީގެ އެވެ، ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ
ޢިމާރާތްތަކާއި، އޯކިޑުމަގު 13 ނަންބަރު ފިހާރާ އެވެ، ކިޔާ ބަންޑާރަ ބިމާއި، އެބިމުގައިވާ ޢިމާރާތްތަކުން
ޙައްވާ ޢަލީ އަށް ލިބެންވާބައި ވަކިކޮށްދެއްވުންއެދި ހުށަހެޅި ހުށަހެޅުމާއި ގުޅިގެން، ޙައްވާ ޢަލީ އަށް އެ
ލިބިގެންވާ މިންވަރު ވަކިކޮށް ހަމަޖެއްސުމުގައި، ބެހެނިވެރީންގެ މެދުގައި ވަކިގޮތަކަށް އެއްބަސް ނުވެވުމުން،
އެވެ، ކިޔާ ގޯތީގެ ބިމުން 600 އަކަފޫޓުގެ ބަޔަކާއި، އޯކިޑްމަގު 13 ނަންބަރު ފިހާރަ
ޕްވެ
ދިވެހިރާއްޖޭގެ ހުއިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަދު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން. 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
I0
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A268
ހއ
(362.5 އަކަފޫޓު) ގެ ބިމަކީ، އެއްބައެއް ކަމުގައި ހަމަޖައްސައި، ބެހެނިވެރީންގެ މެދުގައި ގުރުއަތު
ލުމުން، ޙައްވާ ޢަލީ އަށް ލިބުނީ މއ.ގުލާބީގެ ގޯތީގެ އިރުއުތުރަށް އޮތް 600 އަކަފޫޓުގެ ބަޔާ، އޯކިޑް
މަގު 13 ނަންބަރު ފިހާރައިގެ ބިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އޮތްއިރު، އެގޮތަށް ޙައްވާ ޢަލީ އަށް ބައި ލިބިގެން ދިއުމުން، ދެންތިބި 04 ބެހެނިވެރީންގެ ޙައްޤަށާއި،
މަޞްލަޙަތަށް ގެއްލުން ލިބި އުނިކަން އައިސްފައިވާކަމަށް އެ 04 ބެހެނިވެރީންނަށްވެސް ޤަބޫލުކުރެވިގެން،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ގޯތީގެ ހުރިހާ ބެހެނިވެރީންގެ މެދުގައި އެކިފަހަރު މަތީން
ވާހަކަ ދެކެވި ހުށަހެޅުންތައް ހުށަހަޅަމުން، އެއްފަރާތުން އަނެއް ފަރާތަށް ދޫދެމުންގޮސް، އެންމެ ފަހުގެ
ހުށަހެޅުން ކަމުގައިވާ، އޯކިޑު މަގު ނަންބަރު ފިހާރައިގެ ބިން 05 (ފަހެއް) ބަޔަށް ބެހުމުން، އެބިމުން
ޙައްވާ އަލީއަށް ލިބޭ މިންވަރު ކަމުގައިވާ 72 އަކަފޫޓު، ހއ.ގުލާބީގެ އެވެ، ކިޔާ ގޯތީގެ ބިން 05 ބަޔަށް
ބެހުމުން ޙައްވާ ޢަލީއަށް ލިބޭ ބައިގެ ތެރެއަށް އިތުރު ކުރުމާއެކު، ޙައްވާ ޢަލީ ފިޔަވައި މއ.ގުލާބީގެ އެވެ،
ކިޔާގޯތީގެ ބެހެނިވެރީންގެ ގޮތުގައި ދެންތިބި 04 ބެހެނިވެރީންގެ މެދުގައިވެސް ކުރިމަގުގައި އެގޯތީގެ
ބާކީބިން ބަހަންޖެހިދާނެ ކަމަށް ބަލައި، ގޯތީގެ އެންމެ އެތެރެބައި އިރު ދެނުކުނު ބައި) އަށް ވަނުމަށްޓަކައި
ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާފައިވާ ޤަވާޢިދުގެ ދަށުން ގޯޅި މަގަށް ނަގަންޖެހޭ މިންވަރެއް
މި 05 (ފަހެއް) ބައި ގައި ޢިމާރާތް ކުރަންޖެހޭއިރު، ހުރިހާ ބައެއްގައިވެސް ވީހާ ބޮޑަކަށް އެއް
އުސްމިންތަކަކަށް ޢިމާރާތް ކުރެވޭނޭ ގޮތެއްގެ މަތީން އެގޯތީގެ ބިން މާލޭ މުނިސިޕަލްޓީ މެދުވެރިކޮށް
ކުރަހާލެވޭ ޗާޓަކާ އެއްގޮތަށް ބައިތައް ކަނޑައެޅުންކަމާއި، މިހުށަހެޅުނު ގޮތަކީ، މަދަނީ ކޯޓުގެ ނަންބަރު:
2006/MC/149 ޤަޟިއްޔާގެ ޙުކުމާއި ޚިލާފަށް 05 ބެހެނިވެރިން އެއްބަސްވެގެން ގެނެވުނު ބަދަލެއް
ކަމުގައިވާތީ، މިބަދަލުގެ ސަބަބުން އުނިއިތުރުގެ މައްސަލަ ހަމަޖެއްސުމަށް ޝަރުއީ އިތުރު މަރުޙަލާއެއްގައި
ވަގުތު ހޭދަކުރުމަށް އެއްވެސް ބެހެނިވެރިއަކު ބޭނުން ނުވާކަމަށްޓަކައި، ހައިކޯޓުގެ މިޤަޟިއްޔާގައި ހުރިހާ
ބެހެނިވެރީންގެ މެދުގައި ވާހަކަ ދައްކައިގެން އެއްބަސްވެވުނު ގޮތަކީ، މަދަނީ ކޯޓުގެ ނަންބަރު.
2006/MC/149 ޤަޟިއްޔާގެ ޙުކުމުގައި އެ ދެތިން މި 05 ބެހެނިވެރީންގެ މެދުގައި ބައިކޮށް އުނިއިތުރު
ހަމަޖެއްސި ގޮތާއި ޚިލާފް ގޮތަކަށްވާތީ، ހައިކޯޓުގެ މިޤަޟިއްޔާގައި މި 05 ބެހެނިވެރީންގެ މެދުގައި
އެދެބިމުގެ ބައިތައް ހަމަޖެހިގެން ދިޔަގޮތުގެ މައްޗަށް ބިނާކޮށް، އެބައިތަކުގައި ހިމެނޭ ޢިމާރާތްތައް އަލުން
ބެހެނިވެރީންގެ މެދުގައި އުނިއިތުރު ހަމަޖެއްސުމަށް ބޭނުން ނުވާކަމަށް
ނަންވެސް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެ، އަދި މަދަނީ ކޯޓުގެ ނަންބަރު .
/MC/140 ޤަޟިއްޔާގެ ޙުކުމުގައި ޙައްވާ ޢަލީގެ ފަރާތުން ދެންތިބި 04 ބެހެނިވެރީންނަށް ދިނުމަށް
05
ނަ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން. ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓްގެ www.highcourt.gov.mv
Il
2008/HC-A/268
ކަނޑައަޅުއްވާފައިވާ ބަދަލުގެ މިންވަރުވެސް އެ 04 ބެހެނިވެރީންގެ ފަރާތުން ދޫކޮށްލާފައިވާކަމަށްޓަކަ
އެޓަކައި،
ހައިކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ، "ހައިކޯޓުގެ ނަންބަރު:-
95/99/2009/09(02.11.2009) ސިޓީއާއި ގުޅޭ" މިގޮތަށް ލިޔެފައިވާ މާލޭ މުނިސިޕަލްޓީގެ ތައްގަޑު
ޖަހާފައިވާ ޗާޓުގައި، މއ.ގުލާބީގެ އެވެ، ކިޔާ ގޯތީގެ އިރު އުތުރު ކަނުން ޤުލާބީ މަގަށް ވާގޮތަށް (އިރުމަތީ
ބިތުގައި "8-3، އުތުރު ބިތުގައި "10-'22، ހުޅަނގު ބިތުގައި "8-399، ދެކުނު ބިތުގައި "2-221)
އޮތް 360 އަކަފޫޓުގެ ބަޔަކީ، މއ.ގުލާބީގެ އެވެ، ކިޔާ ގޯއްޗާއި، އޯކިޑު މަގު 13 ނަންބަރު ފިހާރަ އެވެ
ކިޔާ ބިމުގެ 05 ބެހެނިވެރިންކުރެ ޙައްވާ ޢަލީ އަށް މި ދެމުން ލިބިގެންވާ މިންވަރު ކަމުގައި
ކަނޑައަޅައި، އަދި ޙައްވާ ޢަލީ އަށް މި ކަނޑައެޅުނު 860 އަކަފޫޓުގެ ބިމުގައިވާ ޢިމާރާތްތަކުގެ
ވެރިފަރާތަކީ ޙައްވާ ޢަލީ (ދ.ރ.ކާޑު ނަންބަރު: A011744) ކަމުގައި ކަނޑައަޅައި، މިބައި ވަކިކުރުމަށް
ޙައްވާ ޢަލީ ބޭނުންވެއްޖެ ހިނދެއްގައި މިބައި ވަކިކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާއަށް އަންގައި،
އަދި ޙައްވާ ޢަލީ އަށް މިޤަޟިއްޔާގެ ޙުކުމުގެ ދަށުން ކަނޑައެޅިގެން ދިޔަ ބައި ވަކިކުރުމުގައި މއ.ގުލާބީގެ
އެވެ، ކިޔާ ގޯތީގެ ބާކީތިބި 04 ބެހެނިވެރީންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެ 04
ބެހެނިވެރީނަށް އަންގައި، މަދަނީ ކޯޓުގެ ނަންބަރު: 2006/MC/149 ޤަޟިއްޔާގެ ޙުކުމުގެ ދަށުން ޙައްވާ
ޢަލީ ފިޔަވައި ބާކީ ތިބި 04 ބެހެނިވެރީންނަށް ލިބިދިނުމުގެ ގޮތުން ޙައްވާ ޢަލީގެ ފަރާތުން އެއްވެސް
ފައިސާއެއް ދައްކާފައިވާނަމަ، އެފައިސާ އެކީ އެއްފަހަރު އަނބުރާ ޙައްވާ ޢަލީއަށް މިއަދު (12 ޖޫން
2011) ން ފެށިގެން 10 ދުވަހުގެ ތެރޭގައި ލިބިދިނުމަށް އަންގައި، މިގޮތުގެ މަތީން ހައިކޯޓުގެ
މިޤަޟިއްޔާ ނިމުމުން، މި ޤަޟިއްޔާގެ ޙުކުމުގެ ދަށުން މއ.ގުލާބީގެ އެވެ، ކިޔާ ގޯތީގެ ބިމުން، ޙައްވާ
ޢަލީ އަށް ކަނޑައެޅުނު ބައި ފިޔަވައި އެގޯތީގައި ދެން ބާކީ އޮތް ބިމުގައިވާ ޢިމާރާތްތަކާއި، އޯކިޑުމަގު
13 ނަންބަރު ފިހާރައިގެ ބިމުގައިވާ ޢިމާރާތްތަކުގެ މިލްކު ވެރި ފަރާތްތަކަކީ މއ.ގުލާބީގެ| މުޙައްމަދު
ވަޙީދު (ދ.ރ.ކާޑު ނަންބަރު:A063389) އާއި، އަޙްމަދު ވަޙީދު (ދ.ރ.ކާޑު ނަންބަރު:A046519) އާއި،
ޢާއިޝަތު އިބްރާހީމް (ދ.ރ.ކާޑު ނަންބަރު:A041857) އާއި، ނަސީމާ އިބްރާހީމް (ދ.ރ.ކާޑު
ނަންބަރު:A033541) ކަމުގައި މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި، މަދަނީ ކޯޓުގެ ނަންބަރު: 2006/MC/149 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް
މިގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
ka
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީޅުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓޯ: www.highcourt.gov.mv