ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/192 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/192
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
m
އެޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: HC
-
A192/2008
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ސަމީރާ އާދަމް
* އައިޑީ ކާޑު ނަންބަރ: A008594
ވަކީލު: އޏ.އަޙްމަދު ޒަރީނު އާދަމް
އެޑްރެސް: ޝާޒު އއ.ފެރިދޫ
* މިހާރުގެ އެޑްރެސް: ހ.ދުނގެތިމާގެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޢަބްދުލް މުހައިމިން
އައިޑީ ކާޑު ނަންބަރ: A040634
-1
ދާއިމީ އެޑްރެސް: މ.ނޫބަހާރުގެ /ކ.މާލެ
މިހާރުގެ އެޑްރެސް: މ.ނޫބަހާރުގެ/ ކ.މާލެ
-2
* ނަން: ޢާއިޝަތު ޙަސީނާ
އައިޑީ ކާޑު ނަންބަރ:
ދާއިމީ އެޑްރެސް: މ.ނޫބަހާރުގެ ކ.މާލެ
މިހާރުގެ އެޑްރެސް: ފ. ހެޕީލަކު ކ.މާލެ
-3
* ނަން: ފާޠިމަތު ނަސްރީނާ
* އައިޑީ ކާޑު ނަންބަރ: A040147
ދާއިމީ އެޑްރެސް: މ.ނޫބަހާރުގެ /ކ.މާލެ
މިހާރުގެ އެޑްރެސް: ހުޅުމާލެ ސަނދުރަ 02
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2008/HC-A/192
-4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
* ނަން: އައިމިނަތު މުނާ
.އިޑީ ކާޑު ނަންބަރ:
ދާއިމީ އެޑްރެސް: މ.ނޫބަހާރުގެ ކ.މާލެ
* މިހާރުގެ އެޑްރެސް: ގ.ސެއްލިގެ(ކ.މާލެ
A045864
* ނަން:
ރަޟިއްޔާ އާދަމް
ކާޑު ނަންބަރ: A056783
ދާއިމީ އެޑްރެސް: މ.ނޫބަހާރުގެ
މިހާރުގެ އެޑްރެ މއ. މާރާދައާގެ|ކ.މާލެ
• ހުށަހެޅުނު ތާރީޚް: 30/06/2008
ނިމުނު ތާރީޚް: 09/05/2010
203/JC-4188
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު.
ނިންމެވިކޯޓް: ކޯޓް ނަންބަރ 4
• ޤަޟިއްޔާގެ ބާވަތް: ތަރިކަ
ށަހެޅުނުތާރީޚް: 02/09/1988
ތާރީޚް:
ލޯ: 31/10/1988
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2008/HC-A/192
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އއ
ދަޢުވާގެ ޚުލާޞާ؟
މިއީ، ކޯޓު ނަންބަރ 4 ގެ ނަންބަރ 4
/
88-JC/203 ގެ ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހިގެން ފެރިދޫ ޝާޒް (ހ.ދުނގެތިމާގެ) ސަމީރާ އާދަމް
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް 29 މެއި 2008 ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ހައިކޯޓަށް
ހުށަހަޅައިފި ނަމަ އެޤަޟިއްޔާ ބަލައިދޭން ފެންނަކަމަށް ވިދާޅުވެ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރ
95
/
2008
/
95/ ޕީއާރުއެސް-1(29 މެއި 2008) ގެ ސިޓީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުއްވާ ފައިވަނިކޮށް
30 ޖޫން 2008 ގައި ސަމީރާ އާދަމްގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު
ކުރުމަށް ހުށަހެޅުމުން އޭރު އަމަލު ކުރެވެމުންދިޔަ ހައިކޯޓުގެ ޤަވާއިދުގެ ދަށުން ހައިކޯޓުގެ އިސްތިއުނާފަށް
ބަލައިގަނެވި، ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
<< O
0
4188-JC/203 ގެ
:ގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިމައްސަލަ
އިސްތިއުނާފުކުރި ފަރާތުންނާއި އަދި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތް ތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި ކޯޓު ނަންބަރ 4 ގެ ނަންބަރ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއި އަދި އެރިޕޯޓާއި އެކު ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) އިސްވެއިޝާރާތްކުރެވުނު ކޯޓު ނަންބަރ 4 ގެ ނަންބަރ 4
/
88-JC/203
ގެ ޤަޟިއްޔާގައި އަލް މަރުޙޫމް ފީބޯ އާދަމް ފުޅު ނިޔައުވިއިރު އޭނާގެ ތަރިކައިން ލިބެންތިބީ ފިރިހެންދަރި
މުޙައްމަދު ޢަބްދުލް މުހައިމިނާއި 4 އަންހެންދަރިން ޢާއިޝަތު ޙަސީނާއާއި، ފާޠިމަތު ނަސްރީނާއާއި،
އާމިނަތު މުނާއާއި، ރަޟިއްޔާއާދަމްއާއި މި 05 މީހުންކަމަށް އެޤަޟިއްޔާގައި ބައްލަވާފައިވަނީ މިމީހުންގެ
ބަހަށާއި ޕްރޮޕަޓީ ކްލައިމްސް ޑިވިޝަންގެ ނަންބަރ 78/P.C.D/150 ގެ ޤަޟިއްޔާއަށް ކަން
އެޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 02 ވަނަ ނަންބަރުން އެނގެން އޮންނަކަމުގައި ވިއަސް
ޢާއިލާއާއި ބެހޭ ކޯޓުން 2008/03/05 ދުވަހު ބައްލަވާފައިވާ އެކޯޓުގެ ނަންބަރ 2007/AC/1246ގެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު ސަމީރާ އާދަމް އަކީ މ.ނޫބަހާރުގެ އަލްމަރުހޫމް
ފީބޯއާދަމް ފުޅުގެ ދަރިއެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ޙުކުމްކުރައްވާފައިވާކަން އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމުން އެނެގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2008/HC-A/192
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އާއިލާއާއި ބެހޭ ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު އެކޯޓުގެ ނަންބަރ
2007/AC/1246ގެ ޤަޟިއްޔާއަކީ، އިސްތިއުނާފު ކުރެވިފައިވާ ޤަޟިއްޔާއެއް ނޫންކަން މުޙައްމަދު
ޢަބްދުލް މުހައިމިނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން އެނގެން އޮތުމުން
އާއިލާއާއި ބެހޭ ކޯޓުގެ މިއިޝާރާތްކުރެވުނު ޤާޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ، މައުޖޫދުވެ ދެމިއޮތް
22 04
444
2723 ހއ
އެކެމެއެކަން އެނގެއެވެ.
(ނ) އާއިލާއާއި ބެހޭ ކޯޓުގެ އިސްވެ ހަވާލާދެވުނު ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމުން ސަމީރާއާދަމްއަކީ، މ،ނޫބަހާރުގެ ފިޓޯއާދަމް ފުޅުގެ ދަރިއެއްކަން ސާބިތުވެފައިވާއިރު،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ދެމިއޮތް ޙުކުމެއްކަން އެނގެން އޮންނައިރު، ކޯޓް ނަންބަރ 4ގެ
ނަންބަރ 88ޖޭސީ-203
/
4ގެ ޤަޟިއްޔާގައި މ.ނޫބަހާރުގެ ފީބޯ އާދަމްފުޅުގެ ތަރިކަ ބައްސަވާފައިވަނީ
އޭނާގެ ދަރިއެއްކަން ބުނެވުނު ޢާއިލާއާއި ބެހޭ ކޯޓުގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުން އެނގެން އޮންނަ
ސަމީރާއާދަމް ނުހިމެނޭކަން އެނގެން އޮތުމުން ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހަށް އިއްތިފާޤުވެވިފައިވަނީ ކޯޓްނަންބަރ 4ގެ ނަންބަރ 88/ ޖޭސީ- 203
/
4ގެ ޤަޟިއްޔާގައި
ކުރައްވާފައިވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފު ކަމަށާއި އެހެންކަމުން އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް ބާޠިލް ކުރަން ޖެހޭނެ ކަމަށާއި، އަދި މ.ނޫބަހާރުގެ އަލް މަރުޙޫމް ފީބޯ އާދަމް ފުޅުގެ
ތަރިކައިގެ ގޮތުގައި މ.ނޫބަހާރުގޭގައި ހުރި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އެމަރުޙޫމްގެ ވާރިޘުންގެ މެދުގައި
ބަހައި ދިނުމަށް އެދި ކަމާބެހޭ ކޯޓަށް ސަމީރާ އާދަމްގެ ފަރާތުން ހުށަހަޅައިފިނަމަ ޝަރުޢީއަދި ޤާނޫނީ
ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކޯޓުން އެމައްސަލަ އަލުން ބައްލަވައި ފައިސަލާ ކުރަނިވި
ކުރައްވަންޖެހޭ ކަމަށެވެ.
(ރ) އިސްވެ ޙަވާލާ ދެވުނު ކޯޓުނަންބަރ 4ގެ ނަންބަރ 88/ޖޭސީ
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ ހަމަތަކާއި ޚިލާފުކަން މަތީގައި ބަޔާން ކުރެވިދިޔަ ސަބަބުތަކުން
އެނގެން އޮންނާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ މައްޗަށް ބިނާކުރެވިގެން މ.ނޫބަހާރުގެ އެވެ ކިޔާ
ބަންޑާރަ ގޯތީގައި ސަމީރާ އާދަމްގެ ބައްޕަ އަލްމަރުޙޫމް ފީބޯއާދަމް ފުޅުގެ ތަރިކައިގެ ގޮތުގައި ހުރި
ޢިމާރާތްތަކުންނާއި ވަޅުފަދަ ތަންތަނުން ތަރިކައިގެ އުޞޫލުން ސަމީރާ އާލަމަށް ލިބޭ ޙައްޤު މުޅިން
ނިގުޅިގެންދާ ގޮތަށް ނުވަތަ އެޙައްޤަށް އުނިކަން ލިބޭގޮތަށް ދަށުކޯޓަކުން ހިނގާފައިވާ ޝަރީޢަތްތަކެއް ހުރި
ނަމަ އެފަދަ ޝަރީޢަތްތައް ބެލެވުނު ޤާޟިއްޔާތަކުގައި ކުރައްވާފައިވާ އެފަދަ އެންމެހައި ޙުކުމްތަކަކީވެސް
ބާޠިލް ޙުކުމް ތަކެއްކަން މިކަމާ ގުޅޭ ގޮތުން ހުރި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބެލުމުން އެނގެން
އޮންނާތީ
02 22
2034 ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2008/HC-A/192
4
203 ގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އިސްވެ ޙަވާލާދެވުނު ކޯޓުނަންބަރ 4ގެ ނަންބަރ 88/ޖޭސީ
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ މައްޗަށް ބިނާކުރެވިގެން، މ.ނޫބަހާރުގެއެވެ ކިޔާބަންޑާރަ ގޯތީގައި
ސަމީރާ އާދަމްގެ ބައްޕަ ފީބޯ އާދަމް ފުޅުގެ ތަރިކައިގެ ގޮތުގައި ހުރި ނަމަހުރި އެންމެހައި ޢިމާރާތްތަކާއި
ވަޅުފަދަ ތަންތަންތަނުން ސަމީރާ އާލަމަށް ތަރިކައިގެ އުޞޫލުން ލިބޭ ޙައްޤު މުޅިން ނިގުޅިދާގޮތަށް ނުވަތަ
އެޙައްޤަށް އުނިކަންލިބޭ ގޮތަށް ދަށުކޯޓަކުން ހިނގާނިމިފައިވާ ޤަޟިއްޔާއެއްވާ ނަމަ އެފަދައެންމެހައި
ޤަޟިއްޔާތަކުގައި ކުރައްވާފައިވާ
މިވާ ޙުކުމްތައް ބާޠިލް ވާނެކަމަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި
ފަނޑިޔާރުންގެ މަޖިލީހަށްވަނީ އިއްތިފާޤުވެވިފައެވެ.
ޙުކުމް:
2
ވ2 2
4
2
4
ޅެންބަހުންގެއެވެ
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު
ކޯޓްނަންބަރ 4ގެ ނަންބަރ 4
/
88-JC/203 ގެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ ޢިއްތިފާޤުން ބާޠިލްކޮށް
އަދި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ މައްޗަށް ބިނާކުރެވިގެން މ.ނޫ
ބަންޑާރަގޯތީގައި އއ. ފެރިދޫ ޝާޒް (ހ.ދުނގެތިމާގެ) ސަމީރުއްދަމްގެ ބައްޕަ އަލްމަރުޙޫމް ފީބޯއާދަމް ފުޅުގެ
ތަރިކައިގެ ގޮތުގައި ހުރިނަމަ ހުރި ޢިމާރާތްތަކުންނާއި ވަޅުފަދަ ތަންތަނުން ތަރިކައިގެ އުޞޫލުން
ސަމީރާއާދަމްއަށް ލިބޭ ޙައްޤު މުޅިން ނިގުޅިގެން ދާގޮތަށް ނުވަތަ އެޙައްޤަށް އުނިކަން ލިބޭ ގޮތަށް
ދަށުކޯޓަކުން ހިނގާނިމިފައިވާ ޝަރީޢަތްތަކެއް ހުރިނަމަ، އެފަދަ ޝަރީޢަތްތައް ބެލެވުނު ޤަޟިއްޔާތަކުގައި
ކުރައްވާ ފައިވާ އެފަދައެންމެހައި ޙުކުމްތަކަކީވެސް ބާޠިލް ޙުކުމްތަކެއްކަމަށާއި
މ.ނޫބަހާރުގެ އެވެ ކިޔާ ބަންޑާރަ ގޯތީގައި ސަމީރާ އާދަމްގެ ބައްޕަ މ.ނޫބަހާރުގެ އަލްމަރުޙޫމް
ފީބޯ އާދަމް ފުޅުގެ ތަރިކައިގެ ގޮތުގައި ހުރިނަމަހުރި ޢިމާރާތްތަކާއި ވަޅުފަދަތަންތަން އެމަރުޙޫމްގެ ވާރިޘުންގެ
މެދުގައި ބަހައި ދިނުމަށް އެދި ސަމީރާއާދަމްގެ ފަރާތުން ކަމާބެހޭ ކޯޓަށް ހުށަހަޅައިފިނަމަ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެކޯޓުން އެމައްސަލަ ބައްލަވައި ފައިސަލާ ކުރަނިވި ޙުކުމެއް
ކުރައްވަންޖެހޭ ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެއްލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ޙުކުމްކޮށް މިޟިއްޔާ ނިންމީއެވެ.
o
22c 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2008/HC-A/192
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހައިކޯޓުގެ ޤަޟިއްޔާ މިގޮތަށް ނިމުމުން ކޯޓު ނަންބަރ 4ގެ ނަންބަރ 88/JC/203 ގެ
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި ހައިކޯޓްގެ މިޤަޟިއްޔާގެ ޙުކުމާ ތަޢާރުޒުވާ ގޮތަށް ދަށުކޯޓަކުން
ކުރައްވާފައިވާ އެއްވެސް ޙުކުމެއް ވާނަމަ އެޙުކުމްވެސް ބާޠިލްވީއެވެ.
ޤަޟިއްޔާ ބަލާ ޙުކުމް ކުރީ
Cuk
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
ޢަލީ ޙަމީދު ހުމަތު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރު ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv