ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/204 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/234
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 204/HC-A/2015
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޢަބްދުﷲ ޝަރީފް
ދާއިމީ އެޑްރެސް: މ. ރެޑިއަމްކޮކާ މާލެ
އައި.ޑީ.ކާޑު ނަންބަރު: A068903
މިހާރުގެ އެޑްރެސް:
ރެޑިއަމްކޮކާ| މާލެ
ވަކީލް: އދ. އިސްމާޢީލް މުޙައްމަދު ކޯޒީވިލާ/ މ. މުލައް
*
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައި.ޑީ.ކާޑު ނަންބަރު:
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: ޕަބްލިކް ޕްރޮސިކިއުޓަރ އދ. އާދަމް މުޙައްމަދު
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 07 ޝަޢުބާން 1436
މެއި 2015
= ނިމުނު ތާރީޚް: 17 ޝަޢުބާން 1436
ޖޫން 2015
25
04
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2015
/
3624/J
/
MD-145
ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުއްވި ތާރީޚް: 14 މެއި 2015
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
ތެވެމއ
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް
2015/HC-A/204
ދައުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3624/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި،
ރެޑިއަމްކޮކާ ޢަބްދުﷲ ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
ނ
"145-J/MD/2015/3624
1. ކްރިމިނަލް ކޯޓުގެ
އަމުރު އެކޯޓުން
ފެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި،
މ. ރެޑިއަމްކޮކާ ޢަބްދުﷲ ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3624/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ ކޯޓު
އަމުރަކީ، މ.ރެޑިއަމްކޮކާ ޢަބްދުﷲ ޝަރީފުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކޮރަޕްޝަން/ މަކަރާއިހީލަތް
ހިއުމަން ސްމަގްލްގެ ކުށުގެ މައްސަލާގައި 14 މެއި 2015 ދުވަހު 16:24 އިން 24 މެއި 2015 ދުވަހު
16:23 އަށް 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ގޭގައި ޢަބްދުﷲ ޝަރީފް ބަންދުކޮށްފައި
އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގެންއޮވެއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް
2015/HC-A/234
2
4 އދ8 9 *
ނޫންކަމަށްބުނެ،
.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3624/J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް
ރެޑިއަމްކޮކާ ޢަބްދުﷲ ޝަރީފުގެ ފަރާތުން
ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޢަބްދުﷲ ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ!
ccc
• ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3624/J
/
MD-145 ކޯޓު އަމުރުގައި،
ކްރިމިނަލް ކޯޓުން ޢަބްދުﷲ ޝަރީފުގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ނިންމާފައި ވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ޢަބްދުﷲ ޝަރީފުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ޝަރީޢަތަށް ޙާޟިރު
ކުރުމުގައި، ތުހުމަތުކުރެވޭ ފަރާތުގެ ވަކީލަށް އެންގުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޢާއްމުކޮށް
ޢަމަލުކުރަމުން އަންނަ އުސޫލާއި ޚިލާފަށް ޢަމަލުކޮށްފައިވުމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އާއްމު
ޤަވާޢިދުގެ 54 ވަނަ މާއްދާއާއި ޚިލާފަށް ފުރިހަމަ ކޮށްފައިވާ ޢިޖުރާޢަތެއްގެ މައްޗަށް ނިންމަވާފައިވާ
ނިންމުމެއްކަމަށް ބުނެ
ން ހުށަހެޅި
ންކު#އވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2015
/
3624/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
.. ރެޑިއަމްކޮކާ ޢަބްދުﷲ ޝަރީފުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ ޙައްޤުތައް ޤާނޫނުއަސާ
48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2015/HC-A/234
އެމީހަކަށް އަންގަންވާނެކަމަށާއި، އަދި ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު
އެހައްޔަރުކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން
ޓުމުގެ ފުރުޞަތު އެމީހަކަށް ފަހިކޮށްދެވިފައި އޮތުމަކީ ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ކޮންމެ
މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ދިހ284
(ށ) ދެވަނަކަމަކީ، ރެޑިއަމްކޮކާ ޢަބްދުﷲ ޝަރީފުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
3624/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާއިރު، އިސްތިއުނާފުކުރިކުރުން
ބިނާކޮށްފައިވާ މައިގަނޑު ސަބަބަކީ، ޢަބްދުﷲ ޝަރީފްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް
ޙާޟިރުކުރިއިރު، އެކަން ޢަބްދުﷲ ޝަރީފްގެ ޤާނޫނީ ވަކީލަށް އަންގާފައިނުވުމުން، ޤާނޫނީ ވަކީލެއްގެ
އެހީތެރިކަން ޢަބްދުﷲ ޝަރީފަށް ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާކަން އެނގެން އޮންނައިރު،
މިމައްސަލައިގައި ކަން ހިނގާދިޔަ ގޮތްކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި،
ފުލުހުންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަތަކަށް ބަލާއިރު، ޢަބްދުﷲ ޝަރީފުގެ ބަންދާ
ކުރިން ބޭއްވުނު ކޯޓުގެ މުއްދަތު މަޖިލީސްތަކަށް ޢަބްދުﷲ ޝަރީފުގެ ފަރާތުން ހަމަޖައްސާފައިވާ
ވަކީލު ޙާޟިރުވެފައިވާކަމާއި، އަދި އެކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޅަންޖެހޭ ފިޔަވަޅުތައް
އަޅާފައިވާކަމާއި، އެހެންނަމަވެސް އިސްތިއުނާފު ކުރެވިފައިމިވާ ކޯޓުއަމުރުގެ މައްސަލަ އޮތްދުވަހު، ބަންދުގެ
މުއްދަތު އިތުރުމުކުރުމަށް ޢަބްދުﷲ ޝަރީފު ކޯޓަށް ޙާޟިރުކުރެވޭކަން އެންގުމަށް ޢަބްދުﷲ ޝަރީފުގެ
ވަކީލަށް ފޯނުން ގުޅިއިރު، ޢަބްދުﷲ ޝަރީފުގެ ފަރާތުން ޢައްޔަންކޮށް، އޭނާގެ ފަރާތުން ކުރިން ކޯޓަށް
ޙާޟިރުވާ ވަކީލުގެ ފޯނު ނިއްވާލާފައިވާތީ، އެވަކީލަށް އެންގޭ ގޮތް ނުވިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުންނާއި މައްސަލަ ތަޙުޤީޤުކުރާ ފަރާތުން ބުނާއިރު، ޢަބްދުﷲ ޝަރީފުގެ ފަރާތުން ޢައްޔަންކޮށްޖޭގެ ހައިއި
ބަންދުގެ މަޖިލީސްތަކަށް ކުރިން ޙާޟިރުވި ވަކީލު އެދުވަހު ރާއްޖެއިން ބޭރުގައިވާކަން މިމައްސަލައި
x43މ 8
ޤީ03ނ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
422 ހ*
5
2015/HC-A/234
ޢަބްދުﷲ ޝަރީފުގެ ވަކީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮންނައިރު،
ޢަބްދުﷲ ޝަރީފުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ޙާޟިރުކޮށްފައިވަނިކޮށް، ޢަބްދު
ޝަރީފުގެ ވަކީލަކަށް ފަހުން އަލްއުސްތާޛް އިމްތިޔާޒް ޢަލީ ހަމަޖައްސްފައިވާކަން އެނގުނުކަމަށާއި، އަދި
އެވަގުތު އިމްތިޔާޒް ޢަލީ ކްރިމިނަލް ކޯޓުން ފުލުހުންގެ އޮފިސަރާއި ދިމާވެގެން އިމްތިޔާޒު ޢަލީ ގާތުގައި
ޢަބްދުﷲ ޝަރީފުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެނެސްފައިވާކަމަށް ފުލުހުންގެ ފަރާތުން ބުނެ،
އެކަން އިމްތިޔާޒު ޢަލީއަށް އެންގިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައިވާކަން އެނގެން
އޮންނަކަމެވެ.
4 ، 39
އރކޯރވެ
(ނ) ތިންވަނަ ކަމަކީ، މިމައްސަލައިގައި ކަން ހިނގާދިޔަ ގޮތްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުންނާއި، ފުލުހުންގެ ފަރާތުން ހުށަހެޅި އިޝާރާތްކުރެވުނު ކަންކަމުގެ މައްޗަށާއި، ފުލުހުންގެ
ފަރާތުން ކަންކުރިގޮތުގެ މައްޗަށް ބަލާއިރު، ޢަބްދުﷲ ޝަރީފުގެ ޤާނޫނީ ވަކީލަށް އޭނާގެ ބަންދުގެ މުއްދަތު
މަޖިލީހަށް ގެންދެވޭކަން އެންގުމަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ
އެކަށީގެންވާގޮތެއްގައި ކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އެހެންކަމުން، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ
ފުރުޞަތު ޢަބްދުﷲ ޝަރީފަށް ފަހިކޮށްދެވިފައި ނުވާކަމުގައި ބެލެވެން ނެތްކަމާއި، އަދި ޤާނޫނީ ވަކީލެއްގެ
އެހީތެރިކަމާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ބަންދުގެ މަޖިލީހުގައި ޢަބްދުﷲ ޝަރީފުގެ ފަރާތުން ޤާޟީގެ
ސަމާލުކަމަށް ގެނެސްފައިނުވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2015/HC-A/234
ވީމާ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
3624/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް ޢަބްދުﷲ ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާއި ޚިލާފަށް ނެރުއްވާފައިވާ
އަމުރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
2015
/
3624/J
/
MD-145 ކޯޓު އަމުރު، އިސްތިއުނާފުކުރުމަށް ޢަބްދުﷲ ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެއަމުރަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއްނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
މީޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ދިވެހިރާއްa
)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv