ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/296 ޤަޟިއްޔާގެ ޙުކުމް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/296
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ. 296/HC
-
A/2009
• އިސްތިޢުނާފް ކުރިފަރާތް:
z ނަން: ޢަބްދުﷲ މުޙައްމަދު
* ދާއިމީ އެޑްރެސް: ގ.ވަރަޕްލަސް
އެޑްރެސް: ފ.ވަރަޕްލަސް
އައިޑީ
A037076
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އައިޑީ
ކާޑު ނަންބަރ
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 23 ޝައްވާލު 1430
* ނިމުނު ތާރީޚް: 24 ޛުލްޙިއްޖާ 1432
20 ނޮވެމްބަރ 2011
12 އޮކްޓޯބަރ 2009
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/781
• ނިންމެވި ފަރާތް: މަދަނީ ކޯޓު ( ސިވިލް ކޯޓު)
• ބާވަތް: ބާޠިލް ލިޔުމެއްކަމަށް ކަނޑައެޅުމަށް އެދި.
، ހުށަހެޅި ތާރީޚް: 19 މާރޗް 2009
ނުތާރީޚް: 19 އޮގަސްޓް 2009
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އިސް ފަނޑިޔާރު އަޙުމަދު ޝަރީފު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢަބްދުﷲ ޙަމީދު
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 3316471
އިމްއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
k
4,
2
2009/HC-A/296
ގޮސްވިއްޔާ ވުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/781 ޤަޟިއްޔާ، އެކޯޓުން ނިންމަވާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމެވުމެއް ނޫންކަމަށް ބުނެ ގ.ވަރަޕްލަސް ޢަބްދުﷲ މުޙައްދުގެ ފަރާތުން
އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 296/HC
-
A/2009
ޤަޟިއްޔާއެވެ.
ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. މަދަނީކޯޓުގެ ނަންބަރު: 2009/MC/781 ޤަޟިއްޔާ، އެކޯޓުން ބައްލަވާ ނިންމަވާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށްއެދި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މައްޗަށް ގ.ވަރަޕްލަސް
ޢަބްދުﷲ މުޙައްދުގެ
ފަރާތުން
ހުށަހަޅާފައިވެއެވެ.
d)
2. މަދަނީ ކޯޓުގެ ނަންބަރު 2009/MC/781 ޤަޟިއްޔާބެލިއިރު އެޤަޟިއްޔާއަކީ،
ގ.ވަރަޕްލަސް ޢަބްދުﷲ މުޙައްމަދު، މީނާގެ ބޭބެ ގިސޯނފް ޢަލީ މުޙައްމަދު ނިޔަދުވުމުން އެމަރްޙޫމްގެ
ތަރިކައިގެ މައްސަލަ ހަމަޖެއްސުމަށް ބެލިއިރު، ޢަލީ މުޙައްމަދުގެ ނަމުގައި ރަޖިސްޓަރީ ކޮށްދެއްވާފައިވާ،
ގ. ސޯނފް އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 1/2 ބައި،
ގ. ސޯނފުގައި ދިރިއުޅޭ އަޙްމަދު ޝަފީޤަށް ހިބައިން ދީފައިވާތީ، އަޙްމަދު ޝަފީޤަށް ގ. ސޯނފް އެވެ
ކިޔާ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ 1/2 ހިބައިން ދިން މަދަނީ ކޯޓުގެ ނަންބަރު:
2002/MC/1748 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފްކުރަން ހުށަހެޅުމުން ހައިކޯޓުގެ
ނަންބަރު 101/HC
-
A/2005 ޤަޟިއްޔާއިން މަދަނީ ކޯޓުގެ ނަންބަރު 2002/MC/1748
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުފުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދީޤް
ވީ.ޖީގެ
3
4
2009/HC-A/296
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
9 30
ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރައްވާފައިވާތީ، މިމައްސަލަ އަހްމަދު ޝަފީޤު ރައީސުލްޖުމްހޫރިއްޔާއަށް
އިލްތިމާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމް ރަގަނޅުކަމަށް
ނިންމަވައި އަދި ހައިކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން
ޖަވާބުދެއްވާފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިދެންނެވި ލިޔުމަކީ ބާޠިލްލިޔުމެއްކަމަށް
ކަނޑައަޅުއްވައި ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މައްޗަށް ގ. ވަރަޕްލަސް ޢަބްދު
މުޙައްމަދު ދަޢުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި އެޤަޟިއްޔާގެ ޙުކުމްގައިވަނީ،
"ދެންފަހެ، އިސްވެ ދިޔަ ބަޔާންތަކާއި ފާހަގަ ކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު
ގ.ވަރަޕްލަސް ޢަބްދުﷲ މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގައި
ޢަބްދުﷲ މުޙައްމަދު ބާޠިލް ކުރުމަށް އެދި ހުށަހަޅާފައިވާ މަދަނީކޯޓުގެ ނަންބަރު 2002/MC/1748
ޤަޟިއްޔާގެ ޙުކުމް ރަނގަޅު ކަމަށާއި، ހައިކޯޓުގެ ނަންބަރު 101/HC
-
A/2005 ޤަޟިއްޔާގެ ޙުކުމް
ރައީސުލްޖުމްހޫރިއްޔާ ބާޠިލް ކުރެއްވި ލިޔުމަކީ ޞައްޙަ ލިޔުމެއްކަން މިމައްސަލާގައި ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން ޝަރީޢަތަން ޘާބިތުވާތީ، ގ.ވަންޕްލަސް ޢަބްދުﷲ މުޙައްމަދު އެދިފައިވާގޮތަށް
ޝަރީޢަތަށް އެލިޔުން ބާޠިލްކޮށްދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންކަމާއި
މިކަންކަން އެޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެނގެންއޮވެއެވެ.
3 34
3. އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން މަދަނީ ކޯޓުން ޙުކުމް ކުރެއްވުމުން އެޤަޟިއްޔާ
އިސްތިޢުނާފު ކުރުމަށް ޢަބްދުﷲ މުޙައްމަދުގެ ފަރާތުން 04 ނުކުތާއެއް ހުށަހަޅާ އެއާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 101/HC
-
A/2005 ޤަޟިއްޔާގެ
ޙުކުމް ރައީސުލްޖުމްހޫރިއްޔާ ބާޠިލްކުރެއްވިކަން އަންގައި މައްސަލަ އިސްތިއުނާފަށް ހުށަހެޅި ފަރާތަށް
ފޮނުވި ލިޔުމަކީ ބާޠިލް ލިޔުމެއްކަމުގައި ކަނޑައަޅުއްވައި ދެއްވުމަށް އެދި މަދަނީކޯޓަށް ހުށަހެޅި
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
..
4
2009/HC-A/296
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި، ދައްކާފައިވާ ވާހަކަތަކަށް ޝަރީޢަތުން ބެއްލެވުމެއްނެތި
މަދަނީ ކޯޓުން މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ،
• ދެވަނަ ނުކުތާއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މައްޗަށް ދައުވާލިބޭ ގޮތަށް މަދަނީ ކޯޓަށް
ހުށަހެޅި މައްސަލަ، އެކޯޓުގެ ނަންބަރު 2009/MC/781 ޤަޟިއްޔާގައި ބައްލަވާ ނިންމެވިއިރު
ދަޢުވާއަށް ދަޢުލަތުން އިންކާރުކޮށް ބާޠިލް ލިޔުމެއްކަމުގައި ކަނޑައަޅުއްވައި ދެއްވުން އެދި
ހުށަހަޅައިފައިވާ ލިޔުމަކީ ޞައްޙަ ލިޔުމެއްކަމަށް ދަޢުލަތުން ޝަރީޢަތުގެ މަޖުލީހުގައި ބުނެފައިވީ
ނަމަވެސް އެލިޔުމުގެ އަޞްލު ދަޢުލަތަށް، ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމަށްބުނެ ހުށަހެޅިނުކުތާ،
، ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 101/HC
-
A/2005 ޤަޟިއްޔާގެ
ޙުކުމް ރައީސުލްޖުމްހޫރިއްޔާ ބާޠިލްކުރެއްވިކަމަށާއި، އަދި ބާތިލްކުރުމަށް ހުށަހަޅައިފައިވާ ލިޔުމަކީ
ޞައްޙަ ލިޔުމެއްކަމަށް ކަނޑައަޅުއްވައި މަދަނީކޯޓުން މައްސަލަ ނިންމެވިއިރު މިމައްސަލަ އާއި ގުޅިގެން
ދަޢުލަތުން ހުށަހެޅުއްވި ލިޔުންތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 101/HC
-
A/2005
ޤަޟިއްޔާގެ ޙުކުމް ރައީސުލްޖުމުހޫރިއްޔާ ބާޠިލްކުރައްވައި އެމަނިކުފާނު ސޮއިކުރައްވާފައިވާ ލިޔުމެއް
މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދަޢުލަތުން ހުށަހަޅުއްވައިފައި ނުވާއިރުވެސް، މަދަނީ ކޯޓުން
މިމައްސަލަ ނިންމެވުމުގައި މިކަންކަމަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ ،
• ހަތަރުވަނަ ނުކުތާއަކީ މަދަނީ ކޯޓުގެ ނަންބަރ 2009/MC/781 ގެ ޤަޟިއްޔާގެ
ފާހަގަކުރެއްވި ނުކުތާތަކުގެ ދެވަނަ ނަންބަރުގައި ބަޔާންކުރައްވާފައިވާ ވާހަކަތަކަށް ބަލާއިރު، މަދަނީ
ކޯޓުގެ 2002/MC/1748 ގެ ޤަޟިއްޔާގެ ޙުކުމް ރަނގަޅުކަމަށާއި، އަދި ހައިކޯޓުގެ ނަންބަރ
101/HC
-
A/2005 ޤަޟިއްޔާގެ ޙުކުމް ރައީސުލްޖުމްހޫރިއްޔާ ބާޠިލު ކުރައްވައި އެކަން ކަމާއިބެހޭ
ދާއިރާތަކަށް އެންގުމަށްޓަކައި އެކަން ނިންމެވިގޮތުގެ ލިޔުން އެޓޭޗްކޮށްފައި ފޮނުވާފައިވާ ސިޓީތަކުންނާއި،
އެލިޔުމުން ރައީސުލްޖުމުހޫރިއްޔާއަށް އިލްތިމާސްއަށް ހުށަހެޅުނު މައްސަލަ ރައީސުލް ޖުމުހޫރިއްޔާ
هل
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
GA.
5
2009/HC-A/296
ޤަޟިއޔާ ނިމުނު ގޮތުގެ ރިޕޯޓް
ނިންމަވާފައިވާގޮތުގެ ލިޔުމާއި، ޢަބްދުﷲ މުޙައްމަދު ދީފައިވާ ލިޔުމާއި، ތަފާތު ނުވާކަމަށް
ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 101/HC
-
A/2005 ޤަޟިއްޔާގެ ޙުކުމް
ރައީސުލް ޖުމްހޫރިއްޔާ ބާޠިލްކުރައްވާފައިއެވާ ލިޔުމެއް މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައި
ހުށަހެޅި ނުކުތާ،
8 ހދ94 4
ބޮކަމަށްބުނެ
• ފަސްވަނަ ނުކުތާއަކީ ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުގެ ނަމުގައި ޢަބްދުﷲ މުޙައްމަދު ގެއަށް
ފޮނުވާފައިވާ ލިޔުމަށް ބަލާއިރު، އެލިޔުމަކީ ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން ކޮންފަރާތަކަށް
ފޮނުވާފައިވާ ލިޔުމެއްކަން އެނގެން ނެތުމުން އަދި ރައީސުލް ޖުމުހޫރިއްޔާއަކީ އެއިރު ޢަމަލުކުރަމުންދާ
ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާގޮތުން ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސްވެރިޔާކަމަށް
ވީނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ މައްސަލަތައް އެނޫންގޮތަކަށް ޙުކުމް
ދަލުކުރައްވާނަމަ، އެފަދަ ނިންމެވުންތައް ނިންމަވާ އެރައްދުވާ ފަރާތްތަކަށް ފޮނުވާއިރު، އެފަދަ
ލިޔުންތައް ރައްދުވާފަރާތް އެނގެން އޮންނައިރު މިލިޔުން ރައްދުވާ ފަރާތް އެނގެން ނެތްއިރުވެސް
މަދަނީ ކޯޓުން މިކަންކަމަށް ބައްލަވާފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާ،
• ހަވަނަ ނުކުތާއަކީ ޢަބްދުﷲ މުޙައްމަދު ބާޠިލުކުރުމަށް މަދަނީ ކޯޓަށް ހުށަހަޅާފައިވާ ލިޔުމަކީ
ޞައްޙަ ނޫން ލިޔުމެއްކަމުގައި ބަލަންޖެހޭ ސަބަބަކީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން އެކިފަރާތްތަކަށް
ފޮނުވާ ލިޔުންތައް ލިޔެފައި ހުންނަނީ އެއޮފީހުގެ ލެޓަރހެޑްގައި ކަމަށްވެފައި އެލިޔުން ފޮނުވި އޮފީހުގެ
ނުވަތަ ސެކްޝަނެއްގެ ނަންބަރެއްޖެހުމަކީ ކުރަންޖެހޭ ކަމެއްކަމުގައި ވީނަމަވެސް ޢަބްދުﷲ މުޙައްމަދު
ބާޠިލު ކުރަން ހުށަހެޅި ލިޔުމުގައި ނަންބަރެއް އަދި އޮފީހެއްގެ ސިއްކައެއް ޖަހާފައި ނެތްއިރުވެސް
މަދަނީ ކޯޓުން މިކަންކަމުގެ މައްޗަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
94
• ހަތްވަނަ ނުކުތާއަކީ ރައީސުލްޖުމުހޫރިއްޔާއަކީ އެވަގުތު އަމަލުކުރަމުން ދިޔަ ޤާނޫނު އަސާސީގައި
ކޮށްފައިވާ ގޮތުން ޢަދުލު އިންސާފު ޤާއިމްކުރުމުގެ އެންމެއިސް ފަރާތްކަމަށް ބަޔާ
ބަޔާންކޮށްފައި
OXO
43
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.ity
4
.
6
2009/HC-A/296
ގތީގ ދިފާޓީ
ވީނަމަވެސް ޝަރުޢީ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމެވުމާއި ގުޅިގެން އެދުވަސްވަރު
އޮންނަ އިލްތިމާސް ކޮމިޓީއަށް ހުށަހެޅި ނަމަވެސް އެފަދަ މައްސަލަ ތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޙުކުމެއް ރައީސުލް ޖުމުހޫރިއްޔާއަށް ލިބިދޭ ޤާނޫނީ އިޚްތިޔާރުގެ ދަށުން ބަދަލުގެންނެވި ކަމުގައިވިޔަސް
އެފަދަ ނިންމެވުންތައް ނިންމަވާނީ ޚުދު ރައީސުލްޖުމުހޫރިއްޔާކަމަށާއި އެފަދަ ލިޔުންތަކުގައި
ސޮއިކުރައްވާނީ ރައީސުލްޖުމުހޫރިއްޔާކަމަށްވާތީ ޢަބްދުﷲ މުޙައްމަދު ބާޠިލުކުރުމަށް ހުށަހަޅާފައިވާ
ލިޔުމަކީ މިފަދަ ލިޔުމަކަށް ނުވުމާއި މިލިޔުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމުހޫރިއްޔާ ނޫންކަން
އެނގެން އޮތްއިރުވެސް މަދަނީ ކޯޓުން މިކަންކަމުގެ މައްޗަށް ބައްލަވާފައި ނުވާކަމަށްބުނެ ހުށަހެޅި
ނުކުތާ،
• އަށްވަނަ ނުކުތާއަކީ ބުނެވިދިޔަ ސަބަބުތައް ހުރުމާއިއެކު މަދަނީ ކޯޓުގެ ނަންބަރ
2009/MC/781 ގެ ޤަޟިއްޔާ އެކޯޓުން ބައްލަވާ ނިންމާފައިވަނީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި
އުޞޫލުތަކާއި އެއްގޮތަށް ބެލެވެންނެތްކަމަށްބުނެ ހުށަހެޅިނުކުތާ ،
2
OXO
4. މަދަނީ ކޯޓުގެ ނަންބަރު: 2002/MC/1748 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި
އިސްތިއުނާފު ކުރުމަށް ދަޢުވާ ހުށަހަޅާ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި ދަޢުވާ ރައްދުވާ ފަރާތުން
ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން
ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ހައިކޯޓުގެ ނަންބަރު 101/HC
-
A/2005 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް،
މަދަނީ ކޯޓުގެ ނަންބަރު 2002/MC/1748 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް މައްސަލަ ނިންމުމަށް
ރައީސުލްޖުމްހޫރިއްޔާ 31 ޖުލައި 2008 ގައި ކަނޑައެޅުއްވިކަން ޑޮކިއުމަންޓް 5 ގެ ގޮތުގައި މަދަނީ
ކޯޓަށް ހުށަހެޅުނު ލިޔުމުން އެނގެން އޮންނަކަމާއި،
ހައިކޯޓުގެ ނަންބަރު 101/HC
-
A/2005 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ރަގަޅު
ނޫންކަމަށްވާތީ، އެމައްސަލައާމެދު ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާގެ
29 43 45
99
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވާޘް،
1
2 ه
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-A/296
އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވި ނަންބަރު 138
/
2008
/
76/ޕީއާރުއެސް-1 (3 އޮގަސްޓް
2011) ސިޓީއާއި، މިނިސްޓްރީ އޮފް ޖަސްޓިސްއަށް ފޮނުވި ނަންބަރު 138/2008/126(ޕީއާރުއެސް-1
(3 އޮގަސްޓް 2011) ސިޓީއިންނާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން
ޑިވެލޮޕްމަންޓްއަށް ފޮނުވި ނަންބަރު 138/2008/56!ޕީއާރުއެސް-1 (3 އޮގަސްޓް 2011) ސިޓީއިން
އޮންނާތީ، ހައިކޯޓުގެ ނަންބަރު 101/HC
-
A/2005 ޤަޟިއްޔާއިންކޮށްފައިވާ ޙުކުމަށް
ރައީސުލްޖުމްހޫރިއްޔާ ބަދަލުގެނެސްފައިވާކަން އެނގެން އޮންނަކަން.
0 4
(ށ) ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރެވޭ މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޙުކުމެއް ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރައްވާނަމަ، އެޙުކުމް ބަދަލު ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ނޫންކަން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު
32
/
2009
/
35/ސީބީއޯ(އެލް)-1 (ތާރީޚް 23 އޭޕްރިލް 2009) ސިޓީއިން އެނގެން އޮންނަކަމާއި،
ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދޭ މަޖުލީހުގެ ލަފާގެ މަތިން އެމަޖިލީހަށް ހުށަހެޅޭ
މައްސަލަތައް ނިންމަވައި އެފަދަ ނިންމުންތަކުގައި ސޮއިކުރަނީ ހުދު ރައީސުލްޖުމްހޫރިއްޔާކަމަށް
މައްސަލަ އިސްތިއުނާފަށް ހުށަހެޅި ފަރާތުން ބަޔާންކުރިނަމަވެސް، ހައިކޯޓުގެ ނަންބަރު
1296/HC
-
A/2009 ޤަޟިއްޔާގެ ދަށުން ބެލެވެމުންމިދާ މައްސަލާގައި ބާޠިލް ލިޔުމެއްކަމަށް
ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ ލިޔުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ
އެގްޒެކެޓިވް ސެކްރެޓަރީކަން އެނގެން އޮންނަކަމާއި، ޤާނޫނު ނަންބަރު: 1,68 ޖީ. (އޮފިޝަލް
ކަންތައް ޗެޕްޓަރ 1) ގެ 10 ވަނަ މާއްދާގައި، ބައެއް ހާލަތުތަކުގައި ރައީސުލްޖުމްހޫރިއްޔާ
އެގްޒެކެޓިވް ސެކްރެޓަރީ މެދުވެރިކޮށް އަމުރުތައް ފޮނުވިދާނެކަން އެނގެން އޮންނަކަން،
(ނ) ހައިކޯޓުގެ ނަންބަރު 101/HC
-
A/2005 ޤަޟިއްޔާއާމެދު ރައީސުލްޖުމްހޫރިއްޔާ
ނިންމެވި ގޮތުގެ ލިޔުން ޢަބްދުﷲ މުޙައްމަދަށް ފޮނުވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ
ނަންބަރު 32
/
2009
/
38/ސީބީއޯ(އެލް)-1 (ތާރީޚް: 5 މެއި 2009) ސިޓީއިން އެނގެން އޮންނަކަމާޢީ
އޭ 449
ދިވެހިރާއްޖޭގެ ހައިކޯޓާ، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: i?33164
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
T>
ޤުވެހިރާއްޖ.
8
2009/HC-A/296
ނިމުނު ގޮތުގެ ރިޕޯ
ޑޮކިއުމަންޓް 5 ގެ ގޮތުގައި މަދަނީ ކޯޓަށް ހުށަހެޅުނު އެލިޔުމަކީ އެމައްސަލަ ނިމުނު ގޮތުގެ މަޢުލޫމާތު
ޢަބްދުﷲ މުޙައްމަދާއި ޙިއްސާކުރުމުގެ ގޮތުން ޢަބްދުﷲ މުޙައްމަދަށް ފޮނުވުނު ލިޔުމެއްކަމަށް އެނގެން
އޮންނަކަމާއި، ދަޢުލަތުގެ ފަރާތުން ޢާންމު ފަރުދަކަށް މިގޮތަށް ފޮނުވާ ލިޔުމެއްގައި ސޮޔާއި ހިޖްރީ
ތާރީޚާއި މީލާދީ ތާރީޚް އޮތުން ފިޔަވައި އެފަދަ ލިޔުމެއްގައި އެހެން އެއްޗެއް ހިމެނުން ޤާނޫނީ ގޮތުން
ލާޒިމް ނުކުރާކަން ޤާނޫނު ނަންބަރު: 2
/
68ޖީ. (އޮފިޝަލް ކަންތައް ޗެޕްޓަރ 42 އިން އެނގެން
އޮންނަކަން.
ވީމާ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/781 ޤަޟިއްޔާ އެކޯޓުން ބައްލަވާ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އަޞްލުތަކާއި ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެއްލެވި
ދިވެހި ރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނޤުން، މާލެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv