ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/91 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/91
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
404
ޓ ބޮތްވެ
ދާއިމީ އެޑްރެސް: 11 ބޮޑުތަކުރުފާނު މަގު/ ކ. މާލެ
މިހާރުގެ އެޑްރެސް:11 ބޮޑުތަކުރުފާނު މަގު/ ކ. މާލެ
**
*
• ޤަޟިއްޔާ ނަންބަރު: 91/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
އޮފް މޯލްޑިވްސް ޕލކ.
ރެޖިސްޓްރީ ނަންބަރ: 22
/
1982-C
ވަކީލު: އގ. އަޙްމަދު މުރާދު،
އިސްތިއުނާފް ރައްދުވި ފަރާތް:
(1) * ނަން: ރިއަލް ކޮންސްޓްރަކްޝަން
ރަޖިސްޓްރީ ނަންބަރު: 128
/
2006-C
ބަދަލުގައި: ޢަބްދުﷲ ސަޢީދު
(2) * ނަން: ޢަބްދުﷲ ސަޢީދު
އައިޑީ ކާޑު ނަންބަރު: A005012
ދާއިމީ އެޑްރެސް: ލ. ފަހިރޯޅި
މިހާރުގެ އެޑްރެސް: މ. ފަހިރޯޅި
ޏ.ފުވައްމުލައް
ދާއިމީ އެޑްރެސް: ދޫޑިގަން. ގްރީންލޭންޑް/
މިހާރުގެ އެޑްރެސް:ދޫޑިގަން. ގްރީންލޭންޑް/ ޏ.
ޏ.ފުވައްމުލައް
*
0
.ޑީ
• ހުށަހެޅުނު ތާރީޚް: 31 މާރޗް 2014 ނިމުނު ތާރީޚް: 29 ޖެނުއަރީ 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 3
/
2012-RIC/411
ނިންމެވިކޯޓް: ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް މައްސަލައިގެ ބާވަތް: ފައިސާ ހޯދުން (ބޭންކް ލޯނު)
ހުށަހެޅުނުތާރީޚް: 04-09-2012
ނިމުނު ތާރީޚް: 23-06-2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢައްބާސް ޝަރީފް
RE
ހައިކަ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ދ ޏ އ ސ ޑ S
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/91
ދަޢުވާގެ ޚުލާޞާ
404
މިއީ، ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2012-RIC/411 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ އޮފް މޯލްޑިވްސްގެ ފަރާތުން
އޮފް މޯލްޑިވްސްގެ ފަރާތުންކުރި މި ދަޢުވާ ރައްދުވަނީ، ރިއަލް ކޮންސްޓްރަކްޝަން ޕްރައިވެޓް
ލިމިޓެޑް އަށާއި، ދޫޑިގަން. ގްރީންލޭންޑް / ޏ.ފުވައްމުލައް ޢަބްދުﷲ ސަޢީދުއަށެވެ.
4,
2ނ
ބޭންކް
0
ނަންބަރު
22
2008
ފާހަގަކުރެވުނު ނުކުތާތައް:
ol- ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2012-RIC/411 ޤަޟިއްޔާއަކީ،
ޏ.ފުވައްމުލަކު ގްރީންލޭންޑް ޢަބްދުﷲ ސަޢީދު ޔަޤީންކަންދީގެން ރިއަލް ކޮންސްޓްރަކްޝަން ޕްރައިވެޓް
ލިމިޓެޑުގެ އެދުމަކަށް ބޭންކް އޮފް މޯލްޑިވްސް ޕލކ އިން 24 އޮކްޓޯބަރ 2007 ގައި ސެންކްޝަން ސި
ސިޓީ
ނެބަރު 0313
/
007-FMBR
/
ADV ގެ ދަށުން -/500,000 (ފަސްލައްކަ) ރުފިޔާގެ ޑިމާންޑް ލޯނަކާއި
ޖެނުއަރީ
ސެންކްޝަން
ނަންބަރު
343/2008(0313
/
2007-FMBR
/
ADV_ ގައި ބަޔާންކޮށްފައިވާ
ޝަރުތުތަކާ އެއްބަސްވެގެން
-/300,000 (ތިންލައްކަ) ރުފިޔާގެ އިތުރުކުރުމަކާއި އެކު ޖުމްލަ -/800,000 (އަށްލައްކަ) ރުފިޔާގެ
ޑިމާންޑް ލޯނެއް އެފަރާތަށް ދޫކޮށްފައިވާހިނދު، އެފަރާތުން އެއްބަސްވެފައިވާ ގޮތަށް ޑިމާންޑް ލޯނުގެ ފައިސާ
އަދާކުރަމުން ގެންގޮސްފައިނުވާތީ، މިލޯނުގެ ފައިސާ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ އެކުގައި އެއްފަހަރާ
ދަޢުވާލިބޭ ފަރާތްތަކުގެ ކިބައިން ލިބިގަތުމަށާއި، ފައިސާ އެކުގައި އެއްފަހަރާ ނުދެއްކޭނަމަ ލޯނާ ގުޅިގެން 28
އޮކްޓޯބަރ 2007 ގައި ޏ. ފުވައްމުލަކު ކޯޓުގައި ކުރެވުނު ނަންބަރު 148
/
2007-BML
/
FMBR
/
AGR
ރަހުނު އެގްރީމެންޓާއި 29 ޖެނުއަރީ 2008 ގައި ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓްރީ
ކުރެވުނު ނަންބަރު 017
/
2008-BML
/
FMBRUAGR ރަހުނު އެގްރީމެންޓްގެ ދަށުން ޢަބްދުﷲ ސަޢީދުގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ ”ތިލަހާ، ޏ. ފުވައްމުލައް، (ރެޖިސްޓްރީ ނަންބަރު 79/2007(8-R)) އެވެ
ކިޔުނު ބަންޑާރަ ގޯއްޗާއި ގޯތީގައިވާ ޢިމާރާތްތައް ވިއްކުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް
z
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/91
ދެއްވާ، ބުނެވި ދިޔަ ރަހުނަކީ މިލޯނާ ގުޅިގެން ބޭންކަށް ލިބެންޖެހޭ އެންމެހައި ފައިސާ ލިބިދެވޭނެކަމުގެ
ޔަޤީންކަން ދިނުމުގެ ގޮތުން ކުރެވުނު ރަހުނަކަށްވީހިނދު ލޯނާ ގުޅިގެން ބޭންކަށް ލިބެންޖެހޭ އެންމެހައި ފައިސާ
ދައްކާ ޚަލާޞްކުރެވި ލޯނު އެކައުންޓް ބަންދުކުރެވެންދެން އެގްރީމެންޓްތަކުގެ ދަށުން ލިބިގެންވާ ޙައްޤުތަކާއި
ބާރުތައް ބާތިލްނުވެ ދެމިގެންދާނެކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި ބޭންކް އޮފް މޯލްޑިވްސް ޕލކގެ
ފަރާތުން ރިއަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޢަބްދުﷲ ސަޢީދުގެ މައްޗަށް ދަޢުވާކުރުމުން
ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؛
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދެންފަހެ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
3
/
2012-RIC/411 ޤަޟިއްޔާގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ފުވައްމުލަކު ގްރީންލޭންޑް ޢަބްދު
ސަޢީދު ޔަޤީންކަން ދެއްވައިގެން ރިއަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް ބޭންކް އޮފް
މޯލްޑިވްސް ޕލކ. އިން 24 އޮކްޓޯބަރ 2007 ގައި ސެންކްޝަން ސިޓީ ނަންބަރު
-FMBR
/
ADV
0313/007 ގެ ދަށުން -/500,000 (ފަސްލައްކަ) ދިވެހި ރުފިޔާގެ ޑިމާންޑް ލޯނަކާއި 22 ޖެނުއަރީ 2008
ސެންކްޝަން
ނަންބަރު
FMBR/ADV-40313/2007)343/2008
ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްބަސްވެގެން
-/300,000 (ތިންލައްކަ) ދިވެހި ރުފިޔާގެ އިތުރުކުރުމަކާއިއެކު ޖުމްލަ -/800,000 (އަށްލައްކަ) ރުފިޔާގެ
ޑިމާންޑް ލޯނަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ނުދެއްކުމުގެ ސަބަބުން 23 ޖޫން 2013 ގެ ނިޔަލަށް ބޭންކް
އޮފް މޯލްޑިވްސް ޕލކ އަށް ފުވައްމުލަކު ގްރީންލޭންޑް ޢަބްދުﷲ ސަޢީދު ދައްކަންޖެހޭ އެއްމިލިޔަން ތިންލައްކަ
ސާޅީސް އެއްހާސް ހަސަތޭކަ ނުވަދިހަ ދެރުފިޔާ ހަތްދިހަ ހަތަރުލާރި (1,341,692.74) އެކީ އެއްފަހަރާ
ލިބިގަތުމަށް އެދި ބޭންކް އޮފް މޯލްޑިވްސް އިން ދަޢުވާކޮށްފައިވާކަން ފާހަގަކުރެވޭ ހިނދު، ދަޢުވާ ލިބޭ
ފުވައްމުލަކު ގްރީންލޭންޑް ޢަބްދުﷲ ސަޢީދު ދަޢުވާއަށް އެއްބަސްވެ، އެއްމިލިޔަން ތިންލައްކަ ސާޅީސް
އެއްހާސް ހަސަތޭކަ ނުވަދިހަ ދެރުފިޔާ ހަތްދިހަ ހަތަރުލާރި (1,341,692.74) އެކީ އެއްފަހަރާ ބޭންކް އޮފް
މޯލްޑިވްސް އަށް ދައްކާ ޚަލާޞް ނުކުރެވޭނެ ކަމަށާއި، އެއީ އޭނާގެ ތަނަވަސްކަން ނެތުމުންކަމަށް ބުނެ،
އެހިރާއްޖޭގެ
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/91
އެފައިސާ ގިނަވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތުގައި ދައްކާ ޚަލާޞްކުރާ ގޮތަށް މައްސަލަ ނިންމަވައި
ދެއްވުން އެދިފައިވާކަން ފާހަގަކުރެވެއެވެ.
މިހެންކަމުން، ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ޤާނޫނީ ނަޒަރިއްޔާތުތަކަށް ވިސްނާ
ބެލުމުންފަހު ދަރަނިވެރިޔާގެ ހާލަތާއި، ދަރަނީގެ ޙަޤީޤީ ހައިސިއްޔަތަށް ވިސްނައި، ބޭންކް އޮފް މޯލްޑިވްސް
ފުވައްމުލަކު ބްރާންޗް އިން ފުވައްމުލަކު ގްރީންލޭންޑް ޢަބްދުﷲ ސަޢީދު ނަގާފައިވާ -/800,000 (އަށްލައްކަ)
ރުފިޔާގެ ލޯނަށް ދައްކަންޖެހޭ ފައިސާ ޤަވާއިދުން ނުދެއްކުމުގެ ސަބަބުން 23 ޖޫން 2013 ގެ ނިޔަލަށް
ފުވައްމުލަކު ގްރީންލޭންޑް ޢަބްދުﷲ ސަޢީދު ދައްކަންޖެހޭ އެއްމިލިޔަން ތިންލައްކަ ސާޅީސް އެއްހާސް ހަސަތޭކަ
ނުވަދިހަ ދެރުފިޔާ ހަތްދިހަ ހަތަރުލާރި (1,341,692.74) އާއި މީގެ އިތުރަށް އިންޓްރެސްޓާއި، ޖުރުމާނާއެކު
މިއަދުން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭ ޢަދަދަށް ދައްކަންޖެހޭ ފައިސާ ގިނަވެގެން 3 (ހަތަރެއް) އަހަރާއި
4 (ހައެއް) މަސްދުވަހުގެ މުއްދަތުގައި ބޭންކް އޮފް މޯލްޑިވްސް އަށް ދައްކާ ޚަލާސްކުރަން ފުވައްމުލަކު
ގްރީންލޭންޑް ޢަބްދުﷲ ސަޢީދު (އައިޑީކާޑް ނަންބަރު A006012) އަށް އަންގާ ޤަޟިއްޔާގެ
ޙުކުމްކޮށްފީމެވެ.” މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ
02- އިސްވެ
އިވުނު ގޮތުގެމަތީން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
3
/
2012-RIC/411 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށްބުނެ، ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް 02 (ދޭއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ކޮށްފައިވާ ދަޢުވާގައި ލޯނަށް
ރަހުނުކޮށްފައިވާ މުދާ ރަހުނުކޮށްފައިވާކަން ކަނޑައަޅުއްވާފައިވާ ނުވުމާއި، އަދި އެއްފަހަރާ ލޯނު ނުދެއްކޭނަމަ
ރަހުނު ވިއްކާލުމަށް އެދިފައިވާއިރު،
ކަނޑައަޅުއްވާފައިނުވާ ކަމަށް ބުނެ ފާހަގަކުރި
CCCXO
ބަންކުރެވެނީ
ދި 28
326
އެތެކެ3246
eyއ
4 2 499
ނަކީ އ.
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/91
• ދެވަނަ ނުކުތާއަކީ: ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ކޮށްފައިވާ ދަޢުވާގައި އިންޓްރެސްޓާއި
ޖޫރިނަމާ ފައިސާ އެކުގައި އެއްފަހަރާ ދެއްކުމަށް ޙުކުމް ކޮށްދެއްވުމަށް އެދިފައިވާއިރު ޙުކުމް ކުރައްވާފައިވަނީ
3 އަހަރާއި 2 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
-03
މިމައްސަލައާ ގުޅިގެން ފުވައްމުލަކު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު
3
/
2012-RIC/411 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި
ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ކޮށްފައިވާ ދަޢުވާގައި ލޯނަށް ރަހުނުކޮށްފައިވާ މުދާ
ރަހުނުކޮށްފައިވާކަން ކަނޑައަޅުއްވާފައިވާ ނުވާކަމަށާއި، އަދި އެއްފަހަރާ ލޯނު ނުދެއްކޭނަމަ ރަހުނު ވިއްކާލުމަށް
އެދިފައިވާއިރު، އެނުކުތާއާމެދު ގޮތެއް ކަނޑައަޅުއްވާފައިނުވާ ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ
ފަރާތުން އިސްތިއުނާފުކޮށްފައިވާ ނުކުތާއަށް ބަލާއިރު،
ބޭންކު އޮފް މޯލްޑިވްސް އިން ކޮށްފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ލޯނަށް އެއްވެސް މުދަލެއް
ރަހުނު ކުރެވިފައިވާކަމަކަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2012-R1C/411 ޤަޟިއްޔާގެ
ރިޕޯޓުގައި ފާހަގަކޮށްފައި ނުވާކަމާއި، އަދި ހަމައެފަދައިން އެލޯނާއި ގުޅިގެން ދައްކަންޖެހިފައިވާ ފައިސާ
އެއްފަހަރާ ނުދެއްކޭނަމަ އެލޯނަށް ރަހުނުކުރެވިފައިވާ ތަންތަނާއި ތަކެތި ވިއްކާލުމުގެ ހުއްދައަށް ބޭންކުގެ
ފަރާތުން އެކޯޓުގައި އެދިފައިވާއިރު، އެއިންކަމަކާ ގުޅޭގޮތުންވެސް އެޤަޟިއްޔާގައި ވަކިގޮތެއް ކަނޑައަޅުއްވާފައި
ނުވާކަން އެނގެން އޮވެއެވެ.
(ނ) ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ކޮށްފައިވާ ދަޢުވާގައި އިންޓްރެސްޓާއި ޖޫރިނަމާ
ފައިސާ އެކުގައި އެއްފަހަރާ ދެއްކުމަށް ޙުކުމް ކޮށްދެއްވުމަށް
އެދިފައިވާއިރު ޙުކުމް ކުރައްވާފައިވަނީ 3 އަހަރާއި
4 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ބަލާއިރު،
ހައިކަ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/91
ބޭންކު އޮފް މޯލްޑިވްސްގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި ކުރި ދަޢުވާގައި
އެއްފަހަރާ ލޯނުގެ ފައިސާ ލިބިދެއްވުމަށް އެދިފައިވާކަމާއި، އަދި ޢަބްދުﷲ ސަޢީދުގެ ފަރާތުން އެފައިސާ
ދެއްކޭނެ ވަކި މުއްދަތެއް ޝަރީޢަތުގައި ބުނެފައިނުވާކަމާއި، ނަމަވެސް އެޤަޟިއްޔާގެ ޙުކުމުގައި އެލޯނުގެ
ފައިސާ ދެއްކުމަށް 3 އަހަރާއި 2 މަސް ދުވަހުގެ މުއްދަތު ދީފައިވާކަމާއި، އެމުއްދަތު ދީފައިވާ ސަބަބެއްގެ
ގޮތުގައި، ދަރަނިވެރިޔާގެ ޙާލަތާއި، ދަރަނީގެ ޙަޤީޤީ ޙައިސިއްޔަތުކަމަށް ޙުކުމުގައި ބަޔާންކޮށްފައިވާކަން
އެނގެން އޮވެއެވެ.
(ނ) ޝަރީޢަތް ކުރުމުގެ ޢާންމު އިޖްރާއާތަށް ބަލާއިރު ކޯޓަށް ހުށަހެޅޭ ދަޢުވާތަކާއި މައްސަލަތައް
މައުޟޫޢީ ގޮތުން ބަލަން ފެށުމުގެ ކުރިންނާއި މައުޟޫޢު ބެލުމުގެ ތެރެއިން އިޖްރާއީގޮތުންނާއި މައުޟޫޢީގޮތުން
ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުންނަކަމާއި، އޭގެ ތެރޭގައި، އެމައްސަލައެއް ނުވަތަ ދަޢުވާއެއް ހުށަހެޅި
ފަރާތް ފަރާތްތަކާއި، އެމައްސަލައެއް ނުވަތަ ދަޢުވާއެއް ރައްދުވާ ފަރާތް ފަރާތްތައް ކޯޓަށް ހާޒިރުކުރުމަށް
ހަމަޖެހިފައިވާ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އެމީހުން ކޯޓަށް ހާޒިރުކޮށް އެމީހުން އެދަޢުވާއަކާ ނުވަތަ
މައްސަލައަކާ މެދު ބުނާ އެއްޗެއް ބެލުން ހިމެނޭކަމާއި، އަދި މައްސަލަ ހުށަހެޅި ފަރާތުން އެމައްސަލައެއް
ރައްދުވާ ފަރާތެއް ނުވަތަ ފަރާތްތަކެއް ކަނޑައަޅާފައިވާނަމަ، އެއިން ފަރާތެއް އުނިކޮށް އިތުރުކޮށް ހެދުމުގެ
ބާރު ކޯޓަށް ލިބިގެންވާނީވެސް އެކަމަށް ކަނޑައެޅިފއިވާ އިޖްރާއާތެއްގެ ދަށުންކަމާއި، އެއާއި ޚިލާފަށް ކޯޓުގެ
އަމިއްލަ އިސްނެގުމަށް ގެނެވޭ އެފަދަ އުނިއިތުރުތަކަކީ ބާޠިލް އުނިއިތުރު ތަކެއްކަމަށް
ބެލެވޭނެކަމާއި،
އަދި މައްސަލަ ހުށަހަޅާ ފަރާތުން ކޯޓަށް ހުށަހަޅާ މައްސަލާގައި ނުވަތަ ދަޢުވާގައި، ޚުލާޞާ
ގޮތެއްގައި އެކަމެއް ބަޔާންކޮށްފައިވާ ގޮތަށާއި، އެކަމެއް ހިނގާފައިވާގޮތްކަމަށް ބަޔާންކޮށްފައިވާ ޙަޤީޤަތްތަކަށާއި،
އެކަމެއްގެ ޙައްލެއްގެ ގޮތުގައި އެފަރާތަކުން އެދިފައިވާ ކަންކަމަށް ކޯޓުން އެމައްސަލައެއް ބެލުމުގައި
ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރައްވައި، އެއިން ކޮންމެ ކަމަކަށް، އެކަންކަމާމެދު ޝަރީޢަތަށް
ފެންނަގޮތް ބަޔާންކުރަންޖެހޭނެކަމާއި، އަދި އެއިންކަމަކާމެދު ޝަރީޢަތުން ގޮތެއް ނިންމަންޖެހޭކަމަށް
ނުފެންނަނަމަ އެކަމުގެ ސަބަބުވެސް ބަޔާންކުރަންޖެހޭނެކަމާއި، މިއީ ޝަރީޢަތް ކުރުމުގެ ޢާންމު އިޖްރާއާތުގެ
ތެރޭގައި ހިމެނޭ އަސާސީ ކަންކަން ކަމާއި، އެކަންތައްތައް ފުރިހަކުރުމަކީ ކޮންމެހެން ލާޒިމް ކަމެއްކަމާއި،
ތަކެއްކަމަށް ޤާނޫނީގޮތުން
4 هل 2 ހދ
OCCOX
z
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/91
8 26
އެއިންކަމެއް ނުވަތަ ކަންތައްތަކެއް ފުރިހަމަ ނުކުރެވި ހުންނަ ނިންމުންތަކަކީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި އެއްގޮތް ނިންމުންތަކެއް ކަމުގައި ނުބެލެވޭނެތީ، އެފަދަ ކަންތައްތަކުން އެފަދަ ނިންމުންތަކުގެ
ޞައްޙަކަމަށް
އަސަރުކުރާނެކަމަށް ދިވެހިރާއްޖެ ހައިކޯޓުގެ ނަންބަރު 92/HC-A/2014 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 3.4 ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއިގެ
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ނ)
ގައި، ”ހައިކޯޓުގައި އިސްތިއުނާފުކުރެވޭ މައްސަލަ ބަލާ ފަނޑިޔާރުންނަށް، އެމައްސަލަ ދަށު ކޯޓުގައި ބެލިއިރު،
ނުބެލިހުރި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިގެން އެމައްސަލަ އަލުން ބެލުމުގެ މަޞްލަޙަތު ބޮޑުކަމަށް
ފެނިއްޖެނަމަ، އެމައްސަލަ ބެލުމަށްޓަކައި އެމައްސަލަ ދަށުކޯޓަށް ފޮނުވިދާނެއެވެ.” މިފަދައިން
ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގައި، "މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ
މައްސަލައަކީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އަލުން ފޮނުވައި، މައްސަލައިގައި ކަންހިނގާފައިވާ ގޮތް
އަލުން ބަލަންޖެހޭ ގޮތަކަށް އޮތް މައްސަލައެއްނަމަ އެ މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް ނުވަތަ
ޓްރައިބިއުނަލަށް ތަޙްވީލުކުރުން.” މިފަދައިން ބަޔާންކޮށްފައިވާއިރު، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 3
/
2012-R1C/411 ޤަޟިއްޔާގައި އޮފް މޯލްޑިވްސް ޕލކ އިން ހުށަހެޅި ދަޢުވާ ބައްލަވާ
ގޮތެއް ނިންމެވުމުގައި، ޝަރީޢަތުގެ ޢާންމު އިޖްރާއަތާއި އެއްގޮތަށް ފުރިހަމަކުރެވިފައިނުވާ އަސާސީ
ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމާއި،
އޭގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން ހުށަހެޅި ދަޢުވާގައި، ދަޢުވާ ލިބޭ
ފަރާތްތަކުގެ ގޮތުގައި ރިއަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، ދޫޑިގަން. ގްރީންލޭންޑް، ޏ.
ފުވައްމުލައް ޢަބްދުﷲ ސަޢީދު އާއި މި 02 (ދޭއް) ފަރާތް ހިމަނާފައިވާއިރު، އެދެފަރާތުންކުރެ ހަމައެކަނި
ޢަބްދުﷲ ސަޢީދު އެކޯޓަށް ހާޒިރުކޮށްފައިވާކަން އެނގެން އޮންނައިރު، ދަޢުވާލިބޭ އަނެއް ފަރާތް ކަމުގައިވާ
ރިއަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑު ހާޒިރުކޮށް އެފަރާތުގެ ބަހެއް ހޯދާފައިނުވާ ސަބަބު ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ނުވާކަމާއި، ރިއަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަކީ
ލޯނު ނެގި ފަރާތްކަން ލިޔުންތަކުން އެނގެން އޮންނައިރު އެލޯނު ނަގާފައިވަނީ ޢަބްދުﷲ ސަޢީދުކަމަށް
444
ކ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/91
2 46
އދ ވ މ ކތ ދ
ހ34(
2470
ބަޔާންކޮށްފައިވުމާއި، އެލޯނާ ގުޅިގެން ރަހުނު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން އެނގެން އޮންނައިރު،
ގޮތުން ޢަމަލުކުރާނެ ގޮތެއް އަދި ރަހުނު ކުރެވުނު ކަމާމެދުވެސް ގޮތެއް ނިންމަވާފައިނުވާކަމާއި؟
ހަމަ އެހެންމެ ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް
ހުށަހެޅި މައްސަލައިގެ ދަޢުވާ ފޯމުގައި އެދިފައިވާ ކަންތައްތައް އެދިފައިވާ ގޮތުގެ މަތީން ޝަރީޢަތުން ގޮތެއް
ކަނޑައަޅުއްވާފައިނުވާއިރު އެދިފައިވާ ކަންތައްތަކާމެދު ކަނޑައަޅުއްވާފައިނުވާ ސަބަބެއް
މިންކުރައްވާފައި ނުވާކަމާއި،
އަދި ލޯނު ދޫކުރުމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން ހުށަހަޅާފައިވާ އެންމެހައި
ޝަރުޠުތަކަށް ލޯނު ނެގި ފަރާތްތަކުން އެއްބަސްވެފައިވާކަން އެނގެން އޮންނައިރު ލޯނުގެ ފައިސާ އަދާކުރުމަށް
މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2012-R1C/411 ޤަޟިއްޔާގައި ކަނޑައަޅާފައިވާ މުއްދަތަކީ
އެ އެއްބަސްވުމުގައި ދެފަރާތުން އެއްބަސްވެފައިވާގޮތާ ޚިލާފު އަދި ޝަރުޢީ ކޯޓުތަކުން މިހާތަނަށް މިފަދަ
މައްސަލަތަކުގައި ބަލައިގަނެ ޢަމަލުކުރަމުންދާ އުޞޫލާވެސް ތަޢާރުޟުވާ ދިގު މުއްދަތެއްކަމަށް މިމައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހުން ދެކެއެވެ.
ވީމާ އިސްވެ ފާހަގަކުރެވިފައިވާ މިވާ އެންމެހައި ތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ރިޢާޔަތްކުރާއިރު، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2012-R1C/411 ޤަޟިއްޔާގައި،
އެޤަޟިއްޔާ ހުށަހެޅި އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާން ކޮށްފައިވާ
ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކާމެދު
ހިތްތައްތަކާމެދު ގޮތެއް ކަނޑަ ނާޅުއްވާ، އަދި
ޑީކީންތައްތަކާމެދު ގޮތެއް ކަނޑަ
ނޭޅުއްވި ސަބަބު ބަޔާންކުރައްވާފައިވާ ނުވާތީއާއި، އެކަންތައްތަކަކީ އެޤަޟިއްޔާގެ ނިންމުމުގައި ޝަރީޢަތުން
ގޮތެއް ކަނޑައަޅުއްވަންޖެހޭ ކަންތައްތަކެއްކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި ފާހަގަކޮށްފައިވާ
އެންމެހައި ކަންތައްތަކަށް ރިޢާޔަތްކޮށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2012-R1C/411
ޤަޟިއްޔާ އަލުން ބަލާ ފައިޞަލާކުރަނިވި ޙުކުމެއް ކުރެއްވުމަށްޓަކައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް
އެޤަޟިއްޔާ ތަޙްލީލު ކުރުމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވިފައިވެއެވެ.
ހ2 ހ8 ދދވ
ވެނެ އެބކަށް
ބޭންކް
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/91
0
ޙުކުމް:
884
ދެންފަހެ، އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 3
/
2012-R1C/411 ޤަޟިއްޔާގެ ދަށުން އެކޯޓަށް ހުށަހެޅި މައްސަލައިގާ ދަޢުވާކޮށްފައިވަނީ ރިއަލް
ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، ދޫޑިގަން. ގްރީންލޭންޑް، ޏ. ފުވައްމުލައް ޢަބްދުﷲ ސަޢީދު އާއި
02 (ދޭއް) ފަރާތުގެ މައްޗަށްކަން އެނގެން އޮންނައިރު، އެމައްސަލަ ބައްލަވާ ނިންމެވުމުގައި
އެމައްސަލައިގެ ދަޢުވާލިބޭ އެއް ފަރާތްކަމުގައިވާ ރިއަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ބަހެއް
ހޯދާފައިނުވާތީ އާއި، އެމައްސަލައިގާ ޙުކުމް ކުރައްވާ ނިންމަވާފައިވަނީ، އެޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާގެ
މައުޟޫޢާ ގުޅިގެން ކޮންމެހެން ބަލަންޖެހޭ ކަންތައްތަކަށް ޝަރީޢަތުގެ އިޖްރާއާތުތަކާ އެއްގޮތްވާގޮތުގެ މަތިން
ގޮތެއް ކަނޑައެޅުއްވުމަކާ ނުލައިކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު
ހިނދު، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
3
/
2012-RIC/411 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާ މައުޟޫޢީ ގޮތުން އަލުން ބަލާ ފައިޞަލާކުރަނިވި
ކަނޑައެޅުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ) 32 ވަނަ
މާއްދާގެ (ނ) އަށާއި، 46 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް އެޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާ އަލުން
ބެލުމަށް ފުވައްމުލައްކު މެޖިސްޓްރޭޓް ކޯޓަށް ތަޙްލީލުކޮށް، އެދަޢުވާ އަލުން ބެލުމުގައި، ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ނ) އަށާއި، ހައިކޯޓުގެ
މިޤަޟިއްޔާގައި ފާހަގަކޮށްފައިވާ އެންމެހައި ކަންތައްތަކަ
.ތައްތަކަށް ރިޢާޔަތްކޮށް ފައިޞަލާ ކުރަނިވި ޙުކުމެއް ކުރުމަށް
އަންގާ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2012-R1C/411 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިންތިފާޤުން ބާޠިލްކޮށްފީމެވެ.
ވެވުނު
8 4 3 9
އެކުމެއެ
ދިވެހިރާ
ހައިކޯޓް
4
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ