ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/343 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/343
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 343/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
ނަން: އެންޓި ކޮރަޕްޝަން ކޮމިޝަން
ދާއިމީ އެޑްރެސް: ހުރަވީ ބިލްޑިންގ، 2 ވަނަ ފަންގިފިލާ
މިހާރުގެ އެޑްރެސް: ހުރަވީ ބިލްޑިންގ، 2 ވަނަ ފަންގިފިލާ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ޔާމީން
އައިޑީ ކާޑު ނަންބަރު: A078598
T.
އެޑްރެސް: މިއ. ޝާހީން
މިހާރުގެ އެޑްރެސް: މއ.
ޝާހީން
• ހުށަހެޅުނު ތާރީޚް: 20 ޑިސެމްބަރު 2012
ނިމުނު ތާރީޚް: 21 ޖުލައި 2014
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2017/VTR/05
• ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 10-01-2012
ނިމުނު ތާރީޚް: 06-09-2012
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/343
ދަޢުވާގެ ޚުލާޞާ
2
8 *0 (4ހހ8$$
އއގންފާކަމަށެބޮނޭ،
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/05 މައްސަލަ އެޓްރައިބިއުނަލުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ޝާހީން ޢަބްދުﷲ ޔާމީން
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A078598) އެވެ.
CCCO
40
ރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/05 މައްސަލަ އަކީ، މއ. ޝާހީން
. މާލެ، ޢަބްދުﷲ ޔާމީން (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A078598) އެންޓި-
ކޮރަޕްޝަން ކޮމިޝަންގެ އޮޑިޓް ޔުނިޓްގައި އޮޑިޓް އެކައުންޓަންޓްގެ މަޤާމް އަދާކުރަމުން ދަނިކޮށް، އެ
ކޮމިޝަންގެ މުވައްޒަފުންގެ އޮނިގަނޑަށް ގެނައި ބަދަލަކާއިއެކު އޮޑިޓް ޔުނިޓާއި އެޔުނިޓްގައި ކުރަމުންދިޔަ
މަސައްކަތްތައް އުވާލުމާއި ގުޅިގެން އޮޑިޓް އެކައުންޓަންޓްގެ މަޤާމު އުވިފައިވާތީކަމަށް ބުނެ 12 އޮކްޓޫބަރ
2011 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި
ޚިލާފަށްކަމަށް ދެކިގެން، އަލުން އަނބުރާ ވަޒީފާ ހޯދުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މައްސަލަ
ނިމުމާއި ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ހޯދައި ދިނުމަށާއި، ޢަބްދުﷲ ޔާމީން ވަޒީފާއިން
ވަކިކުރިއިރު މުސާރައިން އުނިކޮށްފައިވާ ފައިސާ ހޯދައިދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް
ރައްދުވާގޮތަށް 10 ޖެނުއަރީ 2012 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް، ޢަބްދުﷲ ޔާމީން ހުށަހެޅުމުން
ބައްލަވާފައިވާ މައްސަލައެއްކަމާއި؛
6
އެމައްސަލަ ނިންމަވާފައިވަނީ، ދެންފަހެ، މިމައްސަލައާއި ގުޅިގެން މައްސަލަ ހުށަހެޅި ފަރާތާއި
މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި އެންމެހާ ލިޔެކިޔުންތަކާއި، ފާހަގަކުރި ކަންކަމަށް ރިޢާޔަތްކުރާއިރު،
މައްސަލަ ހުށަހެޅި
ޝާހީން | ކ. . މާލެ، ޢަބްދުﷲ ޔާމީން (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A078598} މައްސަލަ ރައްދުވި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮޑިޓް ޔުނިޓްގައި އޮޑިޓް
9އ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/343
އެކައުންޓަންޓްގެ މަޤާމު އަދާކުރަމުން ދަނިކޮށް، އެ ކޮމިޝަންގެ މުވައްޒަފުންގެ އޮނިގަނޑަށް ގެނައި
ބަދަލަކާއިއެކު އޮޑިޓް ޔުނިޓާއި އެޔުނިޓްގައި ކުރަމުންދިޔަ މަސައްކަތްތައް އުވާލުމާއި ގުޅިގެން އޮޑިޓް
އެކައުންޓަންޓްގެ މަޤާމު އުވިފައިވާތީކަމަށްބުނެ 12 އޮކްޓޫބަރު 2011 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށްކަމަށް ދެކިގެން، އަލުން އަނބުރާ ވަޒީފާ ހޯދުމަށާއި، ވަޒީފާއިން ވަކިކުރި
ދުވަހުން ފެށިގެން މައްސަލަ ނިމުމާއި ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް ހޯދައިދިނުމަށް އެދި
ޢަބްދުﷲ ޔާމީން ހުށަހެޅި މި މައްސަލައިގައި، ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކޮށްފައިވަނީ އެންޓި-ކޮރަޕްޝަން
ކޮމިޝަންގެ އޮނިގަނޑަށް ގެނެވުނު ބަދަލަކާއެކު، އޭނާ ވަޒީފާއަދާކުރަމުން ދިޔަ އޮޑިޓް ޔުނިޓާއި އެޔުނިޓްގައި
ކުރަމުން ދިޔަ މަސައްކަތްތައް އުވާލުމާއި ގުޅިގެން އޮޑިޓް އެކައުންޓަންޓްގެ މަޤާމު އުވިފައިވާތީއާއި، އޮޑިޓް
މަސައްކަތް ބަދަލުކުރި އޮޕަރޭޝަންސް ސެކްޝަންގެ އިންވެސްޓިގޭޝަން ޔުނިޓަށް އޭނާ ބަދަލުކުރަން ބެލިއިރު،
އިންވެސްޓިގޭޝަން ޔުނިޓްގެ މަޤާމުތަކުގެ ޝަރުޠު އޭނާގައި ފުރިހަމަ ނުވާތީ، އެ ކޮމިޝަންގެ މުވައްޒަފުންގެ
ޤަވާޢިދުގެ 30 ވަނަ މާއްދާއާއި 47 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތީން، ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގައިވާ ފަދައިން ނޯޓިސްގެ މުއްދަތައްވާ ފައިސާ ދީފައިކަމަށް
މައްސަލަ ރައްދުވި ފަރާތުން ބުނިނަމަވެސް، ޢަބްދުﷲ ޔާމީންގެ ވަޒީފާ ގެއްލިގެން ހިނގައިދާނޭކަމުގެ މަޢުލޫމާތު
ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާއާ ހިއްސާ ކުރެވިފައިވާކަން މައްސަލަ ރައްދުވި ފަރާތުން
ސާބިތުކޮށްދީފައި ނުވާތީއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮނިގަނޑަށް ބަދަލުގެނެސް މުވައްޒަފުންތަކެއް
ވަޒީފާއިން ވަކިކުރުމަށް އެ ކޮމިޝަންއިން ނިންމާފައިވަނީ ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކުރި ދުވަހުގެ ކުރީ
ދުވަސް ކަމަށްވާ 11 އޮކްޓޫބަރު 2011 ގައި ކަން އެނގެން އޮތުމާއި، އޮނިގަނޑަށް ގެންނަ ބަދަލާއި ގުޅިގެން
ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފުން ވަޒީފާގައި ދެމިތިބެން ބޭނުންވާނަމަ ވަޒީފާގެ ޝަރުޠު
ފުރިހަމަކުރުމަށްޓަކައި ބޭނުންވާ ތަޢުލީމާއި ތަމްރީނު ފުރިހަމަ ކުރުމުގެ ފުރުޞަތު ދީފައިވާނޭކަމަށް 11
ގައި ބޭއްވި އެ ކޮމިޝަންގެ މެންބަރުގެ ބައްދަލުވުމުގެ ޔައުމިއްޔާގައި
ބަޔާންކޮށްފައިވީނަމަވެސް، އޮނިގަނޑަށް ގެނެވޭ ބަދަލާއި ގުޅިގެން އެފަދަ ފުރުޞަތެއް ދީފައިވާކަން
ސާބިތުނުވާތީއާއި، އިންވެސްޓިގޭޝަން ޔުނިޓްގައި އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރުގެ މަޤާމު
އުފައްދަން ނިންމާ، އެމަޤާމުގެ ޝަރުތަކީ ޑިޕްލޮމާ ފެންވަރުކަމަށް ނިންމާފައިވަނީވެސް 11 އޮކްޓޫބަރު 2011
2011
އިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{012/HC-A/343
4 2 2 4
ގައި ކަން ސާބިތުވާތީ، މައްސަލަ ހުށަހެޅި ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާއަށް
އިންވެސްޓިގޭޝަން ޔުނިޓްގެ އޮނިގަނޑުގައިވާ އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމުގެ
ޝަރުތު ފުރިހަމަކުރުމަށް ފުރުޞަތެއް ލިބެންޖެހޭކަމަށް މައްސަލަބެލި މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން
ކަނޑައަޅާ، މައްސަލަ ހުށަހެޅި ޢަބްދުﷲ ޔާމީން، މި މައްސަލަ ހިނގަމުން ދަނިކޮށް، ޑިޕްލޮމާ ފެންވަރުގެ
ކޯހެއް ފުރިހަމަކޮށްފައިވާކަން ސާބިތުވާތީ، ޢަބްދުﷲ ޔާމީންއަށް މިއަދު 6 ސެޕްޓެމްބަރު 2012 އިން
ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖައްސާދިނުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި މައްސަލަ
ރައްދުވި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ޢަބްދުﷲ ޔާމީން
ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ ހަމަޖެހުމާއި ހަމައަށް މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބެންޖެހޭ
ފައިސާއާއި އިނާޔަތްކަތުގެ ތެރެއިން، އޭނާ ވަޒީފާއިން ވަކިކުރިއިރު ދީފައިވާ ފައިސާގެ ޢަދަދު
އުނިކުރުމުން ޖެހޭ ފައިސާ، މިއަދު، 6 ސެޕްޓެމްބަރު 2012 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭ
ޢަބްދުﷲ ޔާމީންއަށް އެކީ އެއްފަހަރާ ދިނުމަށްފަހު، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން
އެންގުމަށާއި، މުވައްޒަފުންގެ ވަޒީފާގެ ކަންކަމުގައި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި
މަތީން ޢަމަލުކުރަމުން ގެންދިއުމަށް މައްސަލަ ރައްދުވި އެންޓި-ކޮރަޕްޝަން ކޮމިޝަންއަށް
.ރުކުރަމެވެ.“ މިފައިންކަން އެމައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/05 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ފަސް ނުކުތާއެއް
ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން:
*ޑ 8 ·
ޛުން
• ފުރަތަމަ ނުކުތާއަކީ: އެންޓިކޮރަޕްޝަން ކޮމިޝަންގެ މަސައްކަތް ހަރުދަނާކޮށް އަވަސްކުރުމަށްޓަކައި
ރީސްޓްރަކްޗަރ ކުރަނީ ކަމަށްބުނެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރިއިރު، މުވައްޒަފުން ވަކިކުރީ
”ހަމަހަމަ“ އުޞޫލަކުންކަމަށް ނުވަތަ އެކަމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމަށް ބެލެވުނު
ކަމުގައިވީނަމަވެސް އަދި މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިސްގެ ބަދަލުގައި އެމުއްދަތަށް މުސާރައާއި
އް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/343
0
ޝަރުތުތައް
އިނާޔަތް ދިނުމަށްފަހު ނަމަވެސް، އެޕްރޮސެސް ހިންގާފައިވަނީ އިންޞާފުވެރި، އަދި އެކަށީގެންވާ ގޮތެއްގެ
މަތިން ކަމަށް ނުދެކޭ ކަމަށް ކަނޑައަޅާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަމުން އައި އޮޑިޓް މަސައްކަތް އުވިފައިވާކަން
ލިޔުންތަކުން ސާބިތުވާއިރު، އެމަސައްކަތް އުވިގެން ގޮސްފައިނުވާކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ބުނެ
ފާހަގަކުރި ނުކު
ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: އިންވެސްޓިގޭޝަން ޔުނިޓަށް އެސިސްޓެންޓް އިންވެސްޓިގޭޝަންގެ އޮފިސަރުގެ
މަޤާމު އިތުރުކުރުމަށް ނިންމާފައިވަނީ 11 އޮކްޓޯބަރ 2011 ގައި ބޭއްވުނު ބައްދަލުވުމުގައިކަން
އެބައްދަލުވުމުގެ ޔައުމިއްޔާއިން އެނގޭ ކަމާއި، އެމަޤާމުގެ
ޝަރުތަކީ ޑިޕްލޮމާ ފެންވަރުކަން
ކަނޑައަޅާފައިވަނީވެސް 11 އޮކްޓޯބަރ 2011 ގައި ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައިކަމަށް ޤަބޫލުކުރެވޭ
ކަމަށް ކަނޑައަޅުއްވާފައިވާއިރު އިންވެސްޓިގޭޝަން އޮފިސަރ މަޤާމާއި، އެމަޤާމުގެ
ކަނޑައަޅާފައިވަނީ 11 އޮކްޓޯބަރ 2011 ގެ ކުރިން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: މުވައްޒަފަކު ރިޑަންޑަންސީގެ ދަށުން ވަޒީފާއިން ވަކިކުރަންޖެހޭ ހާލަތެއްގައި
ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާއިން ވަކިކުރާ ކަމުގެ މަޢުލޫމާތު އެމުވައްޒަފަކާ ހިއްސާ ކުރަންޖެހޭ
މުއްދަތެއް ބަޔާންކުރާ ޝަރުޢީ އަދި ޤާނޫނީ ނައްސެއް ނެތްއިރު، ރިޑަންޑަންސީގެ ދަށުން ޢަބްދުﷲ ޔާމީން
ވަޒީފާއިން ވަކިކުރުމުގެ ކުރިން އެކަށީގެންވާ މުއްދަތެއްގައި އެމަޢުލޫމާތު ޢަބްދުﷲ ޔާމީންއާ ހިއްސާ ކޮށްފާ
ނުވާކަމަށް ކަނޑައަޅުއްވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަން ކޮމިޝަންގައި އަދާކުރަމުންދިޔަ ވަޒީފާ
އުވާލެވިފައިވަނިކޮށް ޢަބްދުﷲ ޔާމީނަށް އަލުން އަނބުރާ އެ ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން
ނިންމާފައިވާ ނިންމުން ތަންފީޒްކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ
މުވައްޒަފުންގެ ޤަވާއިދާ ކޮމިޝަނުގެ މުވައްޒަފުންގެ ވަޒީފާގެ އޮނިގަނޑާ ޚިލާފަށް ވަކިފަރާތަކަށް ފައިދާވާ
ގޮތަށް ވަޒީފާދިނުން ކަމުގައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
4 22
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2{012/HC-A/343
6ތމ ތ ދ ތ ދޑ
އެކައުންޓްރޭޓްގެ
440 4
4c
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/05 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) މއ.
ޝާހީން{ މާލެ، ޢަބްދުﷲ ޔާމީންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅި މައްސަލައަކީ، ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮޑިޓް ޔުނިޓްގައި އޮޑިޓް
މަޤާމް އަދާކުރަމުން ދަނިކޮށް، އެ ކޮމިޝަންގެ މުވައްޒަފުންގެ އޮނިގަނޑަށް ގެނައި
ބަދަލަކާއިއެކު އޮޑިޓް ޔުނިޓާއި އެޔުނިޓްގައި ކުރަމުންދިޔަ މަސައްކަތްތައް އުވާލުމާއި ގުޅިގެން އޮޑިޓް
އެކައުންޓަންޓްގެ މަޤާމު އުވިފައިވާތީކަމަށް ބުނެ 12 އޮކްޓޫބަރ 2011 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ،
ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ވަޒީފާއިން ވަކިކޮށް ފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި
ޚިލާފަށްކަން ކަނޑައަޅައި ދިނުމަށް އޭނާގެ ފަރާތުން 10 ޖެނުއަރީ 2012 ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް
ހުށަހެޅި މައްސަލައެއްކަން އެނގޭކަމާއި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާމެދު ޢަމަލުކުރާނޭ ވަކި ޚާއްޞަ
އުސޫލެއް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާންކުރެވިފައިނުވާކަން އެނގެއެވެ.
(ނ) ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ
”އެކަށީގެންވާ، ސަބަބެއްތޯ ބަލާއިރު، ކުންފުނިތަކާއި، އޮފީސްތަކާއި އަދި އިދާރާތަކުގެ ހިންގުން ހަރުދަނާ
ކުރުމުގެ ގޮތުން އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް މަޤާމުތަކާއި ޔުނިޓަށް އުފައްދާ، އުވާލާ، އެއްކޮށް،
ބައިކޮށް ހަދާހެދުމުގައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް އެފަދަ އިދާރާއަކުން ދޫކޮށްލަންޖެހޭފަދަ ޙާލަތެއް
(ރިޑަންޑަންސީގެ ޙާލަތު) މެދުވެރިވެދާނެ ކަމަށް ޤަބޫލުކުރަން ޖެހޭކަމަށާއި، އަދި މިފަދަ ޙާލަތެއްގައި
މުވައްޒަފުން މަދުކުރެވެން ނޯންނަނަމަ އެކަމަކީ އެފަދަ އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ހުރަސްއެޅޭނެ
ސަބަބެއްކަމުގައި ޤަބޫލުކުރަން ޖެހޭކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގައިވެސް އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ
ޤަވާޢިދެއްގައިވެސް ރިޑަންޑަންސީއާ ގުޅޭގޮތުން ވަކި އުސޫލެއް ޤާއިމުކޮށްފައި ނުވިނަމަވެސް، އަދި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/343
.20/
މުވައްޒަފަކު
ހު
CUO
ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއްކަމުގައި ބަޔާންކޮށްފައި
އެފަދަ އިދާރާއެއްގެ އޮނިގަނޑަށް ގެންނަ ބަދަލަކާ ގުޅިގެން،
ދޫކޮށްލަންޖެހިއްޖެނަމަ ނުވަތަ މަދުކުރަންޖެހިއްޖެނަމަ، އެފަދަ ޙާލަތުގައި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް
ވަޒީފާއިން ވަކިކުރާ ވަކިކުރުމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އޮތް އެކަށީގެންވާ ސަބަބެއް ކަމުގައި
ބެލެވިދާނެކަމަށާއި، ނަމަވެސް ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް
އެފަދަ އިދާރާއެއްގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަންޖެހޭފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން
ކޮށްފައިވަނީ ހެޔޮނިޔަތުގައި ތޯއާއި، އަދި އެއީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް
މުވައްޒަފުންތަކެއް ކަނޑައެޅިގެން
ބޭއިންސާފުން ވަޒީފާއިން ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ
މުވައްޒަފުން ކަނޑައެޅުނުގޮތަށް
ޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ
ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedural fairness)
ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު -HC/2011
89/A ޤަޟިއްޔާގައި ކަނޑައަޅުއްވާ ބަޔާންކުރެވިފައިވާކަން އެނގެންއޮވެއެވެ.
(ނ) އިސްވެމިދެންނެވުނު ކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ވަޒީފާއިން
ވަކިކޮށްފައިވަނީ، އޭނާ އެކޮމިޝަނުގެ އޮޑިޓް ޔުނިޓްގައި އޮޑިޓް އެކައުންޓަންޓްގެ މަޤާމް އަދާކުރަމުން ދަނިކޮށް،
އެ ކޮމިޝަންގެ މުވައްޒަފުންގެ އޮނިގަނޑަށް ގެނައި ބަދަލަކާއިއެކު އެކޮމިޝަނުގެ އޮޑިޓް ޔުނިޓާއި އެޔުނިޓްގައި
ކުރަމުންދިޔަ މަސައްކަތްތައް އުވާލުމާއި ގުޅިގެން އޮޑިޓް އެކައުންޓަންޓްގެ މަޤާމު އުވިފައިވާތީކަމަށް
އެކޮމިޝަނުން ބުނިކަމުގައިވީނަމަވެސް، ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކުރެވިފައިވަނީ، އޭނާ ކުރިން
އަދާކުރަމުން ގެންދިޔަ މަޤާމު އުވުމާ ގުޅިގެން، އެ ޔުނިޓްގައި މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފުންގެ
ތެރެއިން، އެކޮމިޝަނުގެ އިންވެސްޓިގޭޝަން ޔުނިޓްގައި އަލަށް އުފެއްދި އެސިސްޓަންޓް އިންވެސްޓިގޭޝަން
އޮފިސަރގެ މަގާމުގެ ޝަރުޠު ހަމަވާ ފަރާތްތައް އިންވެސްޓިގޭޝަން ޔުނިޓަށް ބަދަލުކުރިއިރު ޢަބްދުﷲ ޔާމީނުގެ
ކިބައިގައި އެ މަޤާމަށް ބޭނުންވާ ޝަރުޠު ހަމަނުވާތީކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އޮނިގަނޑަށް
ގެނެވުނު ބަދަލާގުޅިގެން އެތާނގެ މުވައްޒަފުންގެ މަޤާމުތަކަށް ބަދަލު ގެނެވުނުއިރު، އެކޮމިޝަނުގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/343
އިންވެސްޓިގޭޝަން ޔުނިޓްގައި އަލަށް އުފެއްދި އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރގެ މަގާމުގެ
ޝަރުޠު ޢަބްދުﷲ ޔާމީނުގެ ކިބައިގައި އޭރު ފުރިހަމަވީނަމަ އޭނާ ވަޒީފާއިން ވަކިނުކުރެވުނީސްކަން،
މިމައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ސާފުކޮށް އެނގެން
އޮންނަކަމައިގެ
4 22
އެކެމި
އެހެންކަމުން، މިއީ ރިޑަންޑަންސީގެ ޢާންމު ޙާލަތުކަމަށް ބެލެވެން ނެތްކަމާއި، މިޙާލަތަކީވެސް
ރިޑަންޑަންސީގެ ފުޅާ މާނައިގެ ތެރޭގައި ހިމެނޭ ޙާލަތެއް ކަމަށް ވީނަމަވެސް މިއީ ރިޑަންޑަންސީގެ ޢާންމު
ޙާލަތަށްވުރެ ހަނި ޙާލަތެއްކަމާއި، އަދި މިޙާލަތުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ
ޢަދުލުވެރިކަން ޤާއިމުކުރުމުގައި ރިޑަންޑަންސީގެ ޢާންމު ޙާލަތް ތަފާތުވާނޭކަމާއި، އަދި މިޙާލަތުގައި ވަޒީފާއިން
ވަކިކުރެވޭ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ ޢަދުލުވެރިކަން ޤާއިމުވެފައިވާ މިންވަރުގެ
ސަބަބުން ނިކުންނަ ނަތީޖާވެސް، ރިޑަންޑަންސީގެ ޢާންމު ޙާލަތުގައި ނިކުންނަ ނަތީޖާއާ ތަފާތުވާނޭކަން
ފާހަގަކުރެވެއެވެ.
(ށ) މައުޟޫއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ
ވުންކަމާއި، އަދި އިޖްރާޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި
އިޖްރާޢާތަކަށް ވުންކަމާއި؛
އެގޮތުންބަލާއިރު، އޮފީސްތަކާއި އަދި އިދާރާތަކުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނެސް
މަޤާމުތަކާއި ޔުނިޓަށް އުފައްދާ، އުވާލާ، އެއްކޮށް، ބައިކޮށް ހެދުމަކީ، އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ
ގޮތުން ކޮންމެހެން ބޭނުންތެރި ކަމެއްކަމާއި، ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއިން
ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ޝަރީޢަތުން ނަޒަރުކުރިއިރު؛
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ޤަވާއިދުގެ 2011 ގެ 27، 29 އަދި 30 ވަނަ
މާއްދާއިން ކޮމިޝަނުގެ އިދާރީ އޮނިގަޑު އެކުލަވާލުމާއި، ކޮމިޝަނަށް ބޭނުންވާ މަގާމުތައް އުފެއްދުމާއި
އުވާލުމުގެ ބާރު އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި
24
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{012/HC-A/343
ޑ ޑ ވ މ29
އހނ ހ2ބ
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންގެ ޤަވާއިދުގެ 2011 ގެ 30 ވަނަ މާއްދާގެ (ނ)
އަށް ރިޢާޔަތްކޮށް ސެކްޝަނަކުން ކުރަމުން ގެންދިޔަ މަސައްކަތެއް ހުއްޓާލައިފިނަމަ، ނުވަތަ ސެކްޝަނުގެ
މަސައްކަތުން ބައެއް އުވިއްޖެނަމަ، އެފަދަ ސެކްޝަނެއްގައި މަސައްކަތްކުރަމުން ގެންދިޔަ މުވައްޒަފުން
ވަޒީފާއިން ވަކިކުރެވިދާނެ ކަމާއި، އެގޮތުން ނޯޓިސް ދިނުމަށްފަހު ވަޒީފާއިން ވަކިކުރެވިދާނެކަމަށް އިސްވެ
ޝާރާތްކުރެވުނު މާއްދާގެ (ރ) ގައި ބަޔާންކުރެވިފައިވާކަން އެނގެން އޮންނަކަމާއިގެ
ކަމުން ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން ގެންދިޔަ
ސެކްޝަން އުވާލާ އެސެކްޝަނުގައި ކުރަމުން ގެންދިޔަ މަސައްކަތް އެހެން ސެކްޝަނަކަށް ބަދަލުކުރުމުގެ
ސަބަބުން ޢަބްދުﷲ ޔާމީން އަދާކުރަމުން ގެންދިޔަ ވަޒީފާ އުވުމާއެކު އެވަޒީފާއިން ވަކިކުރަން ނިންމި
ނިންމުމުގައި މަޢުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަން އެނގޭކަމާއި؟
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި، ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ
އޮޑިޓް ޔުނިޓްގައި އޮޑިޓް އެކައުންޓެންޓްގެ މަޤާމް އަދާކުރަމުން ދަނިކޮށް، އެ ކޮމިޝަންގެ މުވައްޒަފުންގެ
އޮނިގަނޑަށް ގެނައި ބަދަލަކާއެކު އޮޑިޓް ޔުނިޓާއި އެޔުނިޓްގައި ކުރަމުންދިޔަ މަސައްކަތްތައް އުވާލުމާއި
ގުޅިގެން އޮޑިޓް އެކައުންޓަންޓްގެ މަޤާމު އުވިފައިވާތީކަމަށް ބުނެ 12 އޮކްޓޫބަރ 2011 ގައި އޭނާ ވަޒީފާއިން
ވަކިކޮށްފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުނާފުކުރާ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ
ޢަދުލުވެރިކަން ޤާއިމުކޮށްފައިތޯ ބަލާއިރު، އިސްވެދެންނެވިފައިވާ ފަދައިން ރިޑަންޑަންސީގެ ޙާލަތުގައި
މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް، ޢާންމު
ޙާލަތްތަކުގައި ކަނޑައެޅޭނީ ކޮމިޝަނުން، ރިޑަންޑަންސީގެ ސަބަބުން އެކޮމިޝަނުގެ ވަޒީފާއިން ވަކިކުރާ
މުވައްޒަފުން ވަކިކުރުމުގައި އަންނަނިވި އިޖްރާއީ ފިޔަވަޅުތައް އަޅާފައިވާނަމަކަމާއި، އެއީގެ
1. ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލުގެ ސަބަބުން، ކޮމިޝަނުގެ ވަޒީފާގައި ތިބި
މުވައްޒަފުންތަކެއް
ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަންޖެހިފައިވާކަން، ކޮމިޝަނުގެ
މުވައްޒަފުންނަށް އަދި ވަކިން ޚާއްޞަކޮށް ރިޑަންޑަންސީގެ ވަކިކުރެވޭ މުވައްޒަފުންނަށް
ކުރިއާލައި އަންގާފައިވުން، އަދި
ގެ ސަބަބުން
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/343
OCC
2. ރިޑަންޑަންޓްވުމުގެ ސަބަބުން ކޮމިޝަނުގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއްތާއި އުސޫލުތަކަކީ ކޮބައިކަން ކޮމިޝަނުގެ މުވައްޒަފުންނަށް
ކުރިއާލާ އަންގާފައިވުން؛ އަދި
3. ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުންނަށް ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ
މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ
ބަދަލުގައި ފައިސާ ދީފައިވުން؛ އަދި
4. ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް
ކޮމިޝަނުން ކަނޑައަޅާފައިވާނަމަ، އެއިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން
ކަނޑައެޅި، ކޮމިޝަނުގެ މުވައްޒަފުންނަށް އެންގިފައިވުން؛
ކަމާއި،
އިސްވެ މިދެންނެވުނު އިޖްރާއީ ފިޔަވަޅުތަކުގެ އިތުރުން، ރިޑަންޑަންސީގެ މިޙާލަތަކީ، އެއޮފީހަކުން
ނުވަތަ އިދާރާއަކުން ރިޑަންޑަންޓްވާ މުވައްޒަފުންނަށް، އެއޮފީހަކުން ނުވަތަ އިދާރާއަކުން އެހެން ވަޒީފާތަކަށް
ނުވަތަ މަޤާމުތަކަށް ބަދަލުވުމުގެ ފުރުސަތުދެވޭ ޙާލަތެއްކަމަށްވުމާއެކު، މިގޮތުން ބަދަލުވުމުގެ ފުރުސަތު އޮންނަ
ވަޒީފާގެ ނުވަތަ މަޤާމުގެ ޝަރުޠު، އެމުވައްޒަފެއްގެ ކިބައިގައި ފުރިހަމަކުރުމަށް އެކަށީގެންވާ މުއްދަތެއް އެފަދަ
މުވައްޒަފުންނަށް ދެވެންޖެހޭނޭކަމާއިގެ
އަދި މިދެންނެވުނު ފުރުސަތު ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭ ޙާލަތްތަކުގައި،
ރިޑަންޑަންސީގެ ޢާންމު ޙާލަތުގައި ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ އިޖްރާއީ ކަންކަން
ފުރިހަމަވެފައިވީނަމަވެސް، ރީސްޓްރަކްޗަރކުރުމުގެ ސަބަބުން އުވާލެވުނު މަޤާމުތަކުގައި ތިބި އެހެން
މުވައްޒަފުންނަށް، އެހެން މަޤާމުތަކަށް ބަދަލުވުމަށް ދެވުނު ފުރުސަތު ލިބިގަތުމަށް، ވަޒީފާއިން ވަކިކުރެވުނު
މުވައްޒަފުގެ ކިބައިގައި ހަމަނުވާ ޝަރުޠު ފުރިހަމަކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް އެމުވައްޒަފަކު
ކުރަމުންދާނަމަ، އަދި އެމަސައްކަތުގެ ސަބަބުން އެމުވައްޒަފެއްގެ ކިބައިގައި ފުރިހަމަނުވާ ޝަރުޠު، އެކަށީގެންވާ
މިއްދަތެއްގެ ތެރޭގައި ފުރިހަމަވުމުގެ ފުރުސަތު އޮތްނަމަ، (ރިޑަންޑަންސީގެ ޢާންމު ޙާލަތާ ޚިލާފަށް)
އެމުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނޭކަމާއިގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/343
ވަޒީފާގައި ތިބި
މިކަންކަމުގެ އަލީގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް
ބަލާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިދާރީ އޮނިގަނޑަށް ގެންނަ ބަދަލުގެ ސަބަބުން، ކޮމިޝަނުގެ
މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރާކަން، ކޮމިޝަނުގެ މުވައްޒަފުންނަށް
އަދި ވަކިން ޚާއްޞަކޮށް ރިޑަންޑަންސީގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވާކަން،
އަދި ރިޑަންޑަންޓްވުމުގެ ސަބަބުން ކޮމިޝަނުގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި
ޢަމަލުކުރާނެ އިޖުރާއަތާއި، އުސޫލުތަކަކީ ކޮބައިކަން ކޮމިޝަނުގެ މުވައްޒަފުންނަށް ކުރިއާލައި އަންގާފައިވާކަން،
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާކަމާއި،
އެހެންކަމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަން
ކޮމިޝަންގެ އޮޑިޓް ޔުނިޓްގައި އަދާކުރަމުން ގެންދިޔަ އޮޑިޓް އެކައުންޓަންޓްގެ މަޤާމުން 12 އޮކްޓޫބަރ 2011
ގައި ވަކިކުރި ކުރުމުގައި، މައުޟޫއީ ޢަދުލުވެރިކަން (substantive fairness) ޤާއިމުވެފައި ވީނަމަވެސް
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން (procedural fairness)
ޤާއިމުކުރެވިފައިވާކަމަށް ބެލެވެން ނެތްކަމާއި؛
މީގެއިތުރުން، ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮޑިޓް ޔުނިޓްގައި އަދާކުރަމުން
ގެންދިޔަ އޮޑިޓް އެކައުން
އުންޓަންޓްގެ މަޤާމުން 12 އޮކްޓޫބަރ 2011 ގައި ވަކިކޮށްފައިވަނީ، އެ ކޮމިޝަންގެ
މުވައްޒަފުންގެ އޮނިގަނޑަށް ގެނައި ބަދަލަކާއެކު އޮޑިޓް ޔުނިޓާއި އެޔުނިޓްގައި ކުރަމުންދިޔަ މަސައްކަތްތައް
އުވާލުމާ ގުޅިގެން އޮޑިޓް އެކައުންޓަންޓްގެ މަޤާމު އުވިފައިވާތީކަން، މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅިފައިވާ އެންޓިކޮރަޕްޝަން ކޮމިޝަންގެ ބައްދަލުވުމުގެ ނަންބަރު 201/76 ”އެންޓި-
ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންގެ އިދާރީ ބައްދަލުވުމުގެ ޔައުމިއްޔާ“ (11 އޮކްޓޯބަރ 2011) އިން
އެނގެން އޮތްއިރު، އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އޮނިގަނޑަށް އިސްވެ އިޝާރާތްކުރެވުނު
ބަދަލުގެނެވިފައިވަނީ، 11 އޮކްޓޯބަރ 2011 ވަނަ ދުވަހު ބޭއްވުނު އެކޮމިޝަނުގެ މެމްބަރުންގެ
ބައްދަލުވުމުގައިކަމާއި، މިގޮތުން ކޮމިޝަނުގެ އޮޑިޓް ޔުނިޓް އުވާލައި އިންވެސްޓިގޭޝަން ޔުނިޓްގައި
އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރުގެ މަޤާމު އުފައްދައި، އެމަޤާމުގެ ޝަރުތަކީ ޑިޕްލޮމާ
92އރީ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/343
ފެންވަރުކަމަށް ނިންމާފައިވަނީވެސް 11 އޮކްޓޫބަރު 2011 ގައި ކަން އިސްވެ އިޝާރާތްކުރެވުނު
ޔައުމިއްޔާއިން އެނގެން އޮތްއިރުގެ
އަދި، ޢަބްދުﷲ ޔާމީން ވަޒީފާއިން ވަކިކޮށްފައިވަނީ، އޮޑިޓް ޔުނިޓް އުވާލުމާއި ގުޅިގެން އޮޑިޓް
ޔުނިޓްގައި މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފުންގެ ތެރެއިން، އިންވެސްޓިގޭޝަން ޔުނިޓްގައި އަލަށް
އުފެއްދި އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރގެ މަގާމުގެ ޝަރުތު ހަމަވާ ފަރާތްތައް
އިންވެސްޓިގޭޝަން ޔުނިޓަށް ބަދަލުކޮށް، އަދި ޝަރުޠު ހަމަނުވާ ފަރާތްތަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ
މުވައްޒަފުންގެ ޤަވާއިދުގެ 30 ވަނަ މާއްދާ އާއި 47 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު)ގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ނޯޓިސްގެ މުއްދަތަށްވާ ފައިސާދީ
އެފަރާތްތަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއިން ވަކިކުރުމުގެ ތެރޭގައިކަމަށްވީއިރު؟
ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮޑިޓް ޔުނިޓްގައި އަދާކުރަމުން ގެންދިޔަ
އޮޑިޓް އެކައުންޓަންޓްގެ މަޤާމުން، ނޯޓިސްގެ މުއްދަތައްވާ ފައިސާ ދިނުމަށްފަހު 12 އޮކްޓޫބަރ 2011 ވަނަ
ދުވަހު ވަކިކުރިއިރު، ކޮމިޝަނުގެ އޮޑިޓް ޔުނިޓް އުވާލައި އިންވެސްޓިގޭޝަން ޔުނިޓްގައި އަލަށް އުފެއްދި
އެސިސްޓަންޓް އިންވެސްޓިގޭޝަން އޮފިސަރުގެ މަޤާމުގެ ޝަރުޠުކަމުގައިވާ ”ޑިޕްލޮމާ، ފެންވަރުގެ ކޯހެއްގައި
ޢަބްދުﷲ ޔާމީން ބައިވެރިވެ ކިޔަވަމުން ގެންދިޔަކަމާއި، އަދި ވަޒީފާއިން ވަކިކޮށް ނޯޓިސްގެ ފައިސާ ދީފައިވާ
މުއްދަތުގައި ”ޑިޕްލޮމާ، ފެންވަރުގެ ކޯހެއް ޢަބްދުﷲ ޔާމީން ފުރިހަމަ ކޮށްފައިވާކަން އެނގެން އޮންނަކަމާއިގެ
އެހެންކަމުން ރިޑަންޑަންސީގެ ޢާންމު ޙާލަތުގައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފައިނުވިނަމަވެސް،
އެހާލަތުގައި ޤާއިމުވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) ޤާއިމުކުރެވިފައިވާ
ޙާލަތްތަކުގައި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނުއިރު އޭނާ
އަދާކުރަމުންގެންދިޔަ ވަޒީފާ އަނބުރާ ދިނުމަށް ވަޒީފާދޭފަރާތުގެ މައްޗަށް މަޖުބޫރުނުކުރެވޭނެކަމަށް މީގެކުރިން
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ މިކޯޓުގެ ނަންބަރު 182/HC-A/2012 ޤަޟިއްޔާގައި ހިމެނޭ
މައްސަލަފަދަ މައްސަލަތަކުގައި ކަނޑައަޅާފައިވީނަމަވެސް، މިޙާލަތުގައި، އިސްވެދެންނެވިފައިވާ ސަބަބުތައް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/343
އެގޮތަށް ހުރުމާއެކު، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވާކަމަށް ބުނެ ޢަބްދުﷲ ޔާމީން އެންޓި-ކޮރަޕްޝަން
ކޮމިޝަނުގެ ވަޒީފާއިން ވަކިކުރެވިދާނެ ކަމަކަށް ނުފެނެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/05 މައްސަލައިގައި، ނިންމަވާފައިވާ ނިންމެވުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ ހުރިހާ ފަނޑިޔާރުން އެއްބަސްވެއެވެ.
22
0
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތްކުރުމުން،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަމްބަރު 2012/VTR/05 މައްސަލައިގައި، ނިންމަވާފައިވާ ނިންމުމަށް ބަދަލު
ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
T,
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv