ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/313 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/313
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރު: 313/HC-A/2016
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަބްދުލްޣަނީ އިސްމާޢީލް
އައިޑީ ކާޑު ނަންބަރު: A052579
:
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
އެއްތެޔޮމާގެ މާލެ
ގ. އެއްތެޔޮމާގެ/ މާލެ
CX COC
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 08 އޮގަސްޓް 2016
ނިމުނު ތާރީޚް: 23 އޮގަސްޓް 2016
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2016
/
5405/J
/
MD-145
• އަމުރު ނެރުނު ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ބަންދު އަމުރު
• އަމުރު ނެރުނު ތާރީޚް: 30 ޖުލައި 2016
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/313
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5405/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފުކުރުމަށް އެދި،
އެއްތެޔޮމާގެ/ މާލެ ޢަބްދުލްޣަނީ އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
cu.
/ ޑ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5405/J
/
MD-145 ކޯޓު ކޯޓުއަމުރަކީ، ފުލުހުންގެ
ދައުރަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، މުޖުތަމަޢުގެ ހަމަޖެހުމާއި
ރައްކާތެރިކަމަށްޓަކައި، 2016 ޖުލައި 30 ވަނަ ދުވަހުގެ 15:00 އިން ފެށިގެން 2016 އޮގަސްޓް 14 ވަނަ
ދުވަހުގެ 14:59 ގެ ނިޔަލަށް ޢަބްދުލްޣަނީ އިސްމާޢީލް، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާ ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5405/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނޫންކަމަށްބުނެ ޢަބްދުލްޣަނީ
އިސްމާޢީލްގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރުމަށް އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާގައި
ކުރާ ކުށްކުށަށް
ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމުގެ
އުޞޫލުތަކުގެ ތެރެއިން ބަންދުގައި
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/313
ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދެވޭނެ ޝަރުޠުތަކުގެ ތެރެއިން އެއްވެސް ޝަރުތަކަށް ނުފެތޭއިރުވެސް
ބެހެއްޓުމަށް އަމުރު ނެރެފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ބަންދުގައި
ދެވަނަ ނުކުތާއަކީ: ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 19/SC-A/2010 ގެ
9 ވަނަ ނުކުތާގައި "ޤާނޫނުއަސާސީއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް
ކާފީ ހެކިތަކެއް ނެތްކަމުގައި ވިއަސް ޝައްކުކުރެވޭ.. ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި ކުށުގެ ބޮޑުމިނަކީ
ކޮބައިކަމާއި އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބީ ކޮބައިކަން” ފަނޑިޔާރު ވަޒަންކުރަން ޖެހޭނެކަމުގައި
ބަޔާންކޮށްފައިވާއިރު، މި ކަންކަމަށް ރިޢާޔަތްނުކޮށް އަމުރު ނެރިފައިވާތީ، ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު
ޚިލާފުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2010/SC-A/19
ދޫ
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5405/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން އިސްތިއުނާފުކުރި ފަރާތުންނާއި ދައުލަތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ ގުޅުންހުރި
ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ޢަބްދުލްޣަނީ އިސްމާޢީލް ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ
ގުޅިގެން، 2016 ޖުލައި 30 ވަނަ ދުވަހުގެ 15:00 އިން ފެށިގެން 2016 އޮގަސްޓް 14 ވަނަ ދުވަހުގެ
14:59 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރުކުރައްވައި ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5405/J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވާކަން
އެނގެން އޮންނަކަމާއި،
މަތީން ޢަބްދުލްޣަނީ އިސްމާޢީލް ބަންދުގައި ބެހެއްޓުމަށް
އަމުރުކުރައްވާފައިވަނީ ”މުޖުތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަމަށްޓަކައި، ކަން އެ އަމުރުން އެނގެން
ހޭމުގެ
އްޖޭގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/313
އޮންނައިރު، މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހަކު
ބަންދުގައި ބެހެއްޓުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ޙާލަތްތަކުގެ ތެރެއިން ޙާލަތެއްކަން އެނގެއެވެ.
(ނ) ޢަބްދުލްޣަނީ އިސްމާޢީލްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ބާވަތަކީ ފުލުހުންގެ ދައުރު
އަދާކުރުމަށް ހުރަސް އެޅުންކަން އެނގެން އޮންނައިރު، ޢަބްދުލްޣަނީ އިސްމާޢީލްގެ މައްޗަށް ތުހުމަތުކުރެވުނު
މިކުށުގެ މައްޗަށް ތުހުމަތެއް އުފެދޭ މިންވަރުގެ އެކަށީގެންވާ ހެކި ފުލުހުންގެ ފަރާތުން ދަށު ކޯޓަށް
ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި، ޢަބްދުލްޣަނީ އިސްމާޢީލުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ
ބާވަތަށާއި، ތަބީޢަތަށާއި ކަންހިނގާފައިވާ ގޮތަށާއި، ކުޑަބޮޑު މިނުގެ މައްޗަށް ބަލާއިރު، އިސްތިއުނާފު މިކުރެވޭ
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5405/J
/
MD-145 ކޯޓު އަމުރު ނެރުއްވުމުގައި ކްރިމިނަލް ކޯޓުން
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ކަންކަމުގެ
ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބެލެވެންނެތްކަން
އެނގެއެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
5405/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭ
ސަބަބެއް އޮތްކަމަކަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
މައްޗަށް
0
އާރާމް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2016
/
5405/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަށްޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް
ނެތްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
cu o
އެހިރާއްޖޭގެ
6
ދިވެހިއްޖެ.
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ