ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/356 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{16/HC-A/356
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
في موقع "
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 356/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް:
ނަން: އަޙްމަދު ތިހާމް
ކާޑު ނަންބަރ: A015919
*
ދާއިމީ އެޑްރެސް: ބުލްބުލާގެ / ސ. ފޭދޫ
މިހާރުގެ އެޑްރެސް: މއ.
ލިލީގަސް | ކ. މާލެ
k
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
: އައިޑީ ކާޑުނަންބަރު:-
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
1437
.ރަޖިސްޓްރީކުރެވުނު ތާރީޚް: 14 ޛުލްޤަޢިދާ
17 އޯގަސްޓް 2016
ނިމުނު ތާރީޚް: 25 ޝަޢުބާން 1440
30 އެޕްރީލް 2019
.
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2016/Cr
-
C/230
ނިންމެވިކްޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ޢަދުލު އިންސާފް ޤާއިމުކުރުމަށް ހުރަސްއެޅުން
ހުށަހެޅި ތާރީޚް: 15 މާރޗު 2016
ނިމުނު ތާރީޚް: 19 ޖޫން 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު މުޙައްމަދު ނިޔާޒް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/356
ދަޢުވާގެ ޚުލާޞާގެ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު: 2016/Cr
-
C/230 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ފޭދޫ / ބުލްބުލްގެ، އަޙްމަދު ތިހާމް (ދ.ރ.ކާޑު
ނަންބަރު: A015919) ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް އެވެ.
2 4
ފާހަގަކުރެވުނު ނުކުތާތައް:
01- އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު: 2016/Cr-C/230 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، އަޙްމަދު ތިހާމްއާއި، އަޙްމަދު ފަޔާޝް ޢަލީ
ރިޝާއާއި، މޫސާ ޒަމީރު، 28 ސެޕްޓެމްބަރ 2015 ވަނަ ދުވަހުގެ 08:00 ހާއިރު، ރިޔާސީ ލޯންޗުކޮޅު
"ފިނިފެންމާ" މާލޭގެ ޢިއްޒުއްދީން ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި، ލޯންޗުކޮޅުން
ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ، ލޯންޗުކޮޅަށް ގެއްލުންވި ޙާދިސާއާއި ގުޅިގެން މިމީހުންގެ ތެރެއިން އަޙްމަދު
ފަޔާޝް ޢަލީ ރިޝާ އެސަރަޙައްދަށް ގޮސް، އެތަނުގައި ޙަރަކާތްތެރިވަމުންދިޔަ ސިފައިންގެ ބޭކަލުންނަށް
އަމުރުމަޢުރޫފު ހިންގައި އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް
ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިނުވާތީއާއި، އަޙްމަދު ފަޔާޝް ޢަލީ
ރިޝާގެ އަމުރަށް އެމީހުންގެ ތެރެއިން އަޙްމަދު ޝިހާމްއާއި، މޫސާ ޒަމީރު ލޯންޗުކޮޅަށް އަރައި، ކުށުގެ ވެށިން
ތަކެތި ނެގުމުގައި ކަމާ ގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި، އެއްވެސް ރައްކާތެރިކަމެއް ނެތި
މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެދި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާތީ، ޤާނޫނު
ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 530 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރާ
ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން އަޙްމަދު ފަޔާޝް ޢަލީ ރިޝާއާއި، އަޙްމަދު ޝިހާމްއާއި، މޫސާ ޒަމީރުގެ
މައްޗަށް ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާކަމާއި،
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/356
22c
· 89 07
ބެބިލިﷲ
އެމައްސަލަ ބަލައި ކޮށްފައިވާ ޙުކުމުގައި، "ދެންފަހެ، ދައުލަތުން .
އަހްމަދު ޝިހާމްއާއި، މާލެ / މއ. ކުރިކީލަގެ އަޙްމަދު ފަޔާޝް ޢަލީ ރިޟާއާއި، މާލެ / މމދ.ދަފްތަރު 617
މޫސާ ޒަމީރުގެ މައްޗަށް ކުޅު ޢަދުލު އިންސާފް ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން
ބެލިބެލުމުން، އަޙްމަދު ތިހާމްއާއި، އަޙްމަދު ފަޔާޝް ޢަލީ ރިޝާއާއި، މޫސާ ޒަމީރު 28 ސެޕްޓެމްބަރ 2015
ވަނަ ދުވަހުގެ 08:00 ހާއިރު، ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" މާލޭގެ ޢިއްޒުއްދީން ފާލަމާ ގާތްކުރި ވަގުތު
ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި، ލޯންޗުކޮޅުން ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ، ލޯންޗުކޮޅަށް ގެއްލުންވި
ޙާދިސާއާއި ގުޅިގެން މިމީހުންގެ ތެރެއިން އަޙްމަދު ފަޔާޝް ޢަލީ ރިޝާ އެސަރަޙައްދަށް ގޮސް، އެތަނުގައި
ޙަރާކާތްތެރިވަމުންދިޔަ ސިފައިންގެ ބޭކަލުންނަށް އަމުރުމަޢުރޫފުހިންގައި އެތަން މީނާގެ ކޮންޓްރޯލްގެ ދަށަށް
ގެނައުމަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި
އަޅާފައިނުވާތީއާއި، އަހްމަދު ފަޔާޟް ޢަލީ ރިޝާގެ އަމުރަށް މިމީހުންގެ ތެރެއިން އަޙްމަދު ތިޙާމްއާއި، މޫސާ
ޒަމީރު ލޯންޗުކޮޅަށް އަރައި، މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި ނަގައިގެން ތަޙްލީލު
ކުރުމަށްޓަކައި ހުޅުލެއަށް ގެންގޮސްފައިވަނީ ތަޙުޤީޤީ އިދާރާއެއްގެ މަޝްވަރާއާއި، ބެލުމުގެ ދަށުން ނޫންކަން
ދައުލަތުން ހުށަހެޅި ހެކިންގެ ބަހުންނާއި، ޤަރީނާތަކުން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 9/2014
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 530 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ
(ށ) ގެ ދަށުން އަޙްމަދު ފަޔާޝް ޢަލީ ރިޝާއާއި، އަޙްމަދު ތިޙާމްއާއި، މޫސާ ޒަމީރު، ޢަދުލު އިންސާފު
ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުން ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި، އަޙްމަދު ފަޔާޝް ޢަލީ ރިޝާގެ
މައްޗަށް މިސާބިތުވި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
ގެ 530 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރާއި، މިމާއްދާގެ (ށ) އާއި، މިޤާނޫނުގެ 1102 ވަނަ
މާއްދާގެ (ހ)ގެ (1)ގެ (i) އާއި މިމާއްދާގެ (ނ) އާއި ޙަވާލާދީ، މި ޤާނޫނުގެ 1002 ވަނަ މާއްދާގެ ދަށުން
އަޙްމަދު ފަޔާޝް ޢަލީ ރިޝާ 02 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، އަޙްމަދު ޙާމްއާއި، މޫސާ
ޒަމީރުގެ މައްޗަށް ސާބިތުވި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވި ދިޔަ ޤާނޫނުގެ 530 ވަނަ މާއްދާގެ (ހ)
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/356
02 ވަނަ ނަންބަރާ މިމާއްދާގެ (ށ) އާއި، މިޤާނޫނުގެ 1104 ވަނަ މާއްދާގެ (ރ) ގެ 03 ވަނަ ނަންބަރާއި،
1108 ވަނަ މައްދާގެ (ހ) އާއި، 1109ގެ (ހ)އާއި ހަވާލާދީ، މި ޤާނޫނުގެ 1002 ވަނަ މާއްދާގެ ދަށުން
އަޙްމަދު ތިޙާމްއާއި، މޫސާ ޒަމީރު، 04 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިމައްސަލަ ބެލި
ޤާޟީންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅާ މިގޮތުގެ މަތިން ޙުކުމްކޮށް ޅިޤަޟިއްޔާ ނިންމީއެވެ."
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
0x077
-02
ހ2 0
2
22
2
018ކ&ނ
ގުޅިގެން
އިސްވެ
ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު:
2016/Cr
-
C/230 ޤަޟިއްޔާގައި ޙުކުމްކުރެއްވުމާއި ފޭދޫ / ބުލްބުލްގެ، އަޙްމަދު ޝިހާމް ގެ
ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، 04 ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކާ މެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: އަހްމަދު ތިހާމްގެ މައްޗަށް ޢަދުލުއިންސާފް ޤާއިމު ކުރުމަށް ހުރަސް
އެޅުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ
ނަންބަރުގައި ބަޔާންކުރާ ކޮން ޢަމަލެއް ކޮށްގެންކަން ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި ބަޔާންކޮށްފައިނުވާ
ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ، މައްސަލަ ބަލާ ފަނޑިޔާރުގެ އިސްނެގުމަށް ހެކިން ހާޟިރުކޮށްފައިވަނީ
ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު 34/SC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް
ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ: މައްސަލައިގައި ހުކުމް ކުރުމުގައި ޝަރީޢަތުގެ އިސްނެންގެވުމަށް
ޙާޟިރުކުރި ޚަބީރާއި، ދައުލަތުން ހުށަހެޅި ހެކިން ދީފައިވާ ހެކިބަހަށް އެކަށީގެންވާ މިންވަރަށް
ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: އަހްމަދު ތިޙާމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު
ޤަޟިއްޔާގައި ޝަފަހީ އަދި ކިތާބީ ހެކި ބަލައިގަތުމާއި، ހުށަހެޅިފައިވާ ހެއްކާމެދު ތަޢުނުކުރުމާއި، ދިފާޢީ
0 2
<< O
224
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/356
ހެކިން ޙާޟިރުކުރުމުގެ ފުރުޞަތު ލިބިދިނުމުގައިއާއި، ހެކި ވަޒަންކުރުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން
ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
36/SC
-
A/2011 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު: 2016;Cr
-
C:230 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިޔުންތަކަށް
މި މައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ނިންމަން
ފެންނަ ގޮތާމެދު ފަނޑިޔާރުންގެ މެދުގައި ދެ ރައުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވެއެވެ. މި ގޮތުން؟
ތަފާތުވި ރައުޔު (ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރައުޔު) އާއި އެ ރައުޔު
ބިނާކުރެވިފައިވާ އަސާސްތައް؛
l.3- ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ
15 ވަނަ މާއްދާއަށް ބަލާއިރު، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށުގެ ކޮންމެ ރުކުނެއް
ސާބިތުކުރެވިގެން މެނުވީ އެއްވެސް މީހެއްގެ މައްޗަށް ކުށެއް ސާބިތުވާކަމަށް ނުބެލެވޭނެކަމާއި، އެ މިންވަރަށް
ހެކި ލިބެން ނެތް ހާލަތުގައި، ދަޢުވާ ރައްދުވާ މީހާއަކީ ކުށެއް ނުކުރާ މީހެއްކަމުގައި ބެލެވޭނެކަމާއި،
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 24 ވަނަ މާއްދާގެ (ހ)
އަށް ބަލާއިރު، ކުށުގެ މަޤްޞަދާގުޅޭ ރުކުންތަކުގެ ތެރެއިން ކޮންމެ ރުކުނަކާ ގުޅިގެން ކުށުގެ ނިޔަތް އޮތްކަމަށް
ސާބިތުނުވާހާ ހިނދަކު، ދަޢުވާ ރައްދުވާ މީހާގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށުން، އޭނާ ކުށްވެރިވާކަމުގައި
ނުބެލެވޭނެކަމާއި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށުގެ ނިޔަތް، ކުށްކަމުގައި ބެލެވޭ ޢަމަލުކުރި
ވަގުތުގައި، އޮންނަންވާނެކަން މި މާއްދާގެ (ށ) ގައި ބަޔާންވެފައިވާކަމާއި،
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 8 ވަނަ މާއްދާ (ސިފައިންގެ
ވާޖިބުތައް) ގެ (ނ) އަށް ބަލާއިރު، ސިފައިންނަކީ ޤާނޫނުއަސާސީއަށާއި، ޤާނޫނަށާއި ސިފައިންޑިއްޖޭގެ ޖަޒީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2{016/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގަވާއިދުތަކަށާއި އުސޫލުތަކަށާއި މިކަންކަމާ އެއްގޮތަށް ވެރިން އަންގާ އެންގުންތަކަށާއި ކުރާ އަމުރުތަކަށް
ފަސްޖެހުމެއްނެތި ކިޔަމަންތެރިވާ ބައެއްކަމުގައި ވާންވާނެކަން އެނގޭކަމާއި، އަދި ޙަވާލުކުރެވޭ ކޮންމެ ރަސްމީ
މަސައްކަތެއްވެސް ކުރަންވާނީ ފަރުވާތެރިކަމާއި ރައްކާތެރިކަމާއި އިޚްލާސްތެރިކަމާއެކުގައިކަން މި މާއްދާގެ (ބ)
އިން އެނގޭކަމާއި،
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 16 ވަނަ މާއްދާއަށް ބަލާއިރު އެ
މާއްދާއަކީ ސިފައިންނަށް ލިބިގެންވާ އިމްތިޔާޒު ބަޔާންކޮށްފައިވާ މާއްދާކަމާއި، އެ މާއްދާގެ (ށ) ގައިވާގޮތުން،
ސިފައިންގެ މީހެއްގެ ވެރިއަކަށް ހުރި މީހަކު ކުރާ ޤާނޫނީ އަމުރަކަށް ކިޔަމަންތެރިވުމުގެ ގޮތުން ނުވަތަ
ސިފައިންގެ މީހެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ޤާނޫނާ ޚިލާފުނުވާ ގޮތުގެ މަތިން ސިފައިންގެ މީހަކު
އެމީހެއްގެ ރަސްމީ ޙައިޘިއްޔަތުން އެއްވެސް ނުބައި ނިޔަތެއް ނެތި ކުރާ ކަމަކާމެދު ނުވަތަ އެމީހަކު ނުކޮށް
ދޫކޮށްލާ ކަމަކާ މެދު އެމީހެއްގެ މައްޗަށް ދަޢުވާއެއް އުފުލިގެން ނުވާނެކަން އެނގޭކަމެވެ.
3.2- ދެވަނަ ކަމަކީ، އަޙްމަދު ޝިހާމުގެ މައްޗަށް ހުށަހެޅުނު ދަޢުވާއަކީ ޤާނޫނު ނަންބަރު
9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 530 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރާ ޙަވާލާދީ،
އެމާއްދާގެ (ށ) ގެ ދަށުން، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެއްކަމާއި،
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 530 ވަނަ މާއްދާގެ (ހ)
ގައި ވަނީ "މީހަކު ހައްޔަރުކުރުމަށް، ނުވަތަ މީހެއްގެ މައްޗަށް ދަޢުވާއެއް އުފުލުމަށް، ނުވަތަ މީހަކު ދިފާއެއް
ހުށަހެޅުމަށް ހުރަސްއެޅުމުގެ މަޤްޞަދުގައި ނުވަތަ އެއިން ކަމެއް ހުއްޓުވުމުގެ މަޤްޞަދުގައި، އެނގިހުރެ
އަންނަނިވި ޢަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ." އަދި މި މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ވަނީ
"ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއްކަމުގައިވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުން ހުރި މާއްދީ ހެކި
ނެތިކޮށްލުމާއި، ބަދަލުކުރުމާއި، ފޮރުވުމާއި، ފާހަގަނުވާނެގޮތް ހެދުމާއި، ދޮގު ހެކީ ބެހެއްޓުމާއި، ދޮގު މަޢުލޫމާތު
ދިނުން." މިފަދައިން ކަމާއި،
ދިވެހިރާއްaގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
7
2{016/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މި މާއްދާގެ ނައްޞައް ބަލާއިރު، މި މާއްދާގައި ބުނެފައިވާފަދަ ޢަމަލެއް ކުރާމީހާ އެކުރާ
ޢަމަލު ކުށަކަށްވަނީ، އެމީހާ ޢަމަލުކުރީ، މީހަކު ހައްޔަރުކުރުމަށް، ނުވަތަ މީހެއްގެ މައްޗަށް ދަޢުވާ
އުފުލުމަށް، ނުވަތަ މީހަކު ދިފާއެއް ހުށަހެޅުމަށް ހުރަސްއެޅުމުގެ މަޤްޞަދުގައި ނުވަތަ އެއިންކަމެއް ހުއްޓުވުމުގެ
މަޤްޞަދުގައި، އެނގިހުރެ އެ ޢަމަލުކުރުމުންކަން އެނގެން އޮންނައިރު،
އަޙްމަދު ޝިހާމުގެ މައްޗަށް ދަޢުވާކޮށްފައިވަނީ، 28 ސެޕްޓެމްބަރ 2015 ވަނަ ދުވަހުގެ
08:00 ހާއިރު، ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" މާލޭގެ ޢިއްޒުއްދީން ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގެ
ތެރެއިން އެއްޗެއް ގޮވާފައިވަނިކޮށް އަޙްމަދު ތިހާމު ލޯންޗުކޮޅަށް އަރައި، ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާ
ގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި، އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި
ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާތީކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދަޢުވާއާއި އަދި އެދަޢުވާއާގުޅިގެން ކުރިމިނަލް ކޯޓުގައާއި ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
އަޙްމަދު ތިހާބުވެސް ހިމެނޭގޮތުން 3 މީހެއްގެ ޗަށް ހުށަހެޅުނު
ޖަވާބުދެމުން، އަޙްމަދު ތިހާމުގެ ފަރާތުން ކުރިމިނަލް ކޯޓުގައި ދައްކާފައިވާ ވާކަހައަށް ބަލާއިރު، އަޙްމަދު
ތިހާމުއަކީ އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް (އީ.އޯ.ޑީ} ޓީމުގައި ހިމެނޭ ސިފައިންގެ މީހަކަށްވާއިރު،
އަޙްމަދު ތިހާ އެ ލޯންޗަށް އަރައި މަސައްކަތް ކޮށްފައިވަނީ އަޙްމަދު ޝިހާމުގެ ވެރިންގެ
އެއްގޮތަށްކަމަށް ބުނެފައިވާކަން އެނގޭއިރު، ޙަވާލުކުރެވޭ ކޮންމެ ރަސްމީ މަސައްކަތެއްވެސް ފަރުވާތެރިކަމާއި
ރައްކާތެރިކަމާއި އިޚްލާޞްތެރިކަމާއެކު އަދާކުރަންޖެހޭކަން ޤާނޫނު ނަންބަރު 2008;1 (ސިފައިންގެ ޤާނޫނު) ގެ
8 ވަނަ މާއްދާ (ސިފައިންގެ ވާޖިބުތައް) ގެ (ބ) އިން އެނގޭކަމާއި، އަދި މި މާއްދާގެ (ނ) އަށް ބަލާއިރު،
ސިފައިންނަކީ ޤާނޫނުއަސާސީއަށާއި، ޤާނޫނަށާއި ސިފައިންގެ ގަވާއިދުތަކަށާއި އުސޫލުތަކަށާއި މިކަންކަމާ
ވެރިން އަންގާ އެންގުންތަކަށާއި ކުރާ އަމުރުތަކަށް ފަސްޖެހުމެއްނެތި ކިޔަމަންތެރިވާ ބައެއްކަމުގައި
ވާންވާނެކަން ބަޔާންކޮށްފައިވާކަމާއި،
ހއކތ
2ކޑިންތަކާ އަމުރާ
2
8 *ހ2
رہ کر مری
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2{016/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަޙްމަދު ތިހާ މިޙާދިސާގައި ޢަމަލުކޮށްފައިވަނީ ވެރިންގެ އަމުރާ އެއްގޮތަށް، ޙަވާލުކުރެވުނު
މަސައްކަތް ކުރުމަށްކަމަށް އަޙްމަދު ޝިހާމުގެ ފަރާތުން ބުނެ ދެއްކި ވާހަކަތަކަށް އިންކާރުކޮށް، ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން 21 އެޕްރީލް 2016 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި
ބުނެފައިވަނީ، މިބާވަތުގެ ޙާދިސާތަކުގައި ފަރުވާތެރިކަމާއި ރައްކާތެރިކަމާއި އިޚްލާޞްތެރިކަމާއެކު
މަސައްކަތްކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ އުޞޫލުތަކެއް ސިފައިންގެތެރޭގައި އެބަހުރިކަމަށާއި، އެ ގޮތުން
2011 ވަނަ އަހަރުން ފެށިގެން އެކުލާވާލެވި، ޢަމަލުކުރަމުންދާ، "ދިމާވެދާނެ ބޮމުގެ ހަމަލާއެއްގައި އީ.އޯ.ޑީ
ޓީމު މަސައްކަތްކުރަންޖެހޭގޮތް" މިނަންކިޔާ އުސޫލެއް އޮންނަކަމަށާއި، މި މައްސަލާގައި ބަޔާންކުރާ ޙާދިސާއާ
ގުޅިގެން ޢަމަލުކޮށްފައިވަނީ އެ އުޞޫލާ އެއްގޮތަކަށް ނޫންކަމަށާއި، އެ އުޞޫލަކީ 2011 ވަނަ އަހަރުން
ފެށިގެން ޢަމަލުކުރަމުންދާ އުޞޫލެއްކަމުގެ ހެކި ދައުލަތުން ހެކި ހުށަހަޅާ މަރުޙަލާއަށް ދިއުމުން
ހނހރނނކތނކ ޤަވ"
ގައެވެ.
ނަމަވެސް، އަޙްމަދު ތިހާމު އެ އުޞޫލަކާ ޚިލާފަށް މަސައްކަތްކޮށްފައިވާކަމަށް ދައުލަތުން
ބަޔާންކޮށްފައިވާ، އަދި ހުށަހަޅާނެކަމަށް ބުނެފައިވާ އުޞޫލު ކުރިމިނަލް ކޯޓަށް ހުށަހަޅާފައި ނުވާކަމާއި، އަދި އެ
އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާކަން އެނގޭކަމެވެ.
3.3- ތިންވަނަ ކަމަކީ، އަޙްމަދު ތިހާމުއަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ
ފަސްޓް ލެފްޓިނެންޓް (ސ.ނ: 3853) ގެ މަޤާމުގައި ހުރި މީހެއްކަމާއި، މި މައްސަލަގައި ބަޔާންކޮށްފައިވާ
ހާދިސާ ހިނގިއިރު ވަޒީފާ އަދާކުރަމުން ގޮސްފައިވަނީ އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް (އީ.އޯ.ޑީ)
ޔުނިޓުގައި އެޓީމުގެ ލީޑަރެއްގެގޮތުންކަމާއި، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" މާލޭގެ ޢިއްޒުއްދީން ފާލަމާ
ގާތްކުރި ވަގުތު ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވާފައިވަނިކޮށް އަޙްމަދު ތިހާމު ލޯންޗުކޮޅަށް އަރާފައިވަނީ،
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެސް.ޕީ.ޖީ ކޮމާންޑަރު ކާނަލް އަޙްމަދު ފަޔާޝް ޢަލީ ރިޝާ
(އޯޑިނަންސް ސަރވިސްގެ ކޮމާންޑިން އޮފިސަރ) (ސ.ނ: 1166) ގެ މޯލްޑިވްސް ނޭޝަނަލް
2x 2
2ތ
04
34 ތތ
އެންގެވުމަށް،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
2{016/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
Cox
ޑިފެންސް ފޯސްގެ ސަރޖަންޓް މޫސާ ޒަމީރާ އެކުގައިކަމާއި، އެއް ލޯންޗްކޮޅުގެ ތެރޭގައި ގޮވާ ޒާތުގެ
އެއްޗެއްކަމަށް ޝައްކުކުރެވޭ އިތުރު އެއްވެސް އެއްޗެއް އޮތްތޯ ޗެކްކޮށް ބެލުމަށް، ހުއްދަ ލިބިގެން ރަސްމީކޮށް
ކުރަންޖެހޭ މަސައްކަތެއް ކުރުމަށްކަން، އަޙްމަދު ޝިހާމުގެ ބަހުގެ އިތުރުން ކާނަލް އަޙްމަދު ފަޔާޟް ޢަލީ ރިޝާ
ތަޙުޤީޤަށް ދީފައިވާ ބަޔާނާއި އަދި 21 އޭޕްރީލް 2016 ގައި ޝަރީޢަތަށް ދިފައިވާ ބަޔާނުން އެނގެން
އޮންނަކަމާއި،
އަދި އަޙްމަދު ތިހާމާއި މޫސާ ޒަމީރު ލޯންޗްކޮޅަށް އަރާފައިވަނީ ކާނަލް އަޙްމަދު ފަޔާޟް ޢަލީ
ރިޝާ އަންގައިގެންކަން މި މައްސަލާގައި ހެކިބަސް ދީފައިވާ ހެކިވެރިޔާ ނަންބަރު 01 ޝަރީޢަތުގެ މަޖިލީހުގައި
ދީފައިވާ ހެކިބަހުންވެސް އެނގޭކަން ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 14 ވަނަ
ނަންބަރުގައި ފާހަގަކޮށްފައިވާކަން އެނގޭކަމާއި އަދި އީ.އޯ.ޑީ ޓިމުގެ މީހުން ލޯންޗުކޮޅަށް އަރަން ކާނަލް
އަޙްމަދު ފަޔާޝް ޢަލީ ރިޝާ އެންގިކަން ސަރޖަންޓް ޢަލީ ޒިޔާދުގެ ހެކިބަހުން އެނގޭކަމާއި، އެކަން
ކުރިމިނަލް ކޯޓުގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 21 ވަނަ ނަންބަރުގައި
ޝަރީޢަތުން ފާހަގަކޮށްފައިވާ ކަންކަމުންވެސް އެނގޭކަމެވެ.
3.4- ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ
530 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން އަޙްމަދު ތިހާމުގެ
މައްޗަށް ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، 28 ސެޕްޓެމްބަރ
2015 ވަނަ ދުވަހުގެ 08:00 ހާއިރު، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" މާލޭގެ ޢިއްޒުއްދީން ފާލަމާ ގާތްކުރި
ވަގުތު ލޯންޗުކޮޅުގެ ތެރެއިން ގޮވައި، ލޯންޗުކޮޅުން ދަތުރުކުރި ބައެއް ފަރާތްތަކަށް އަނިޔާވެ،
ލޯންޗުކޮޅަށް ގެއްލުންވި ޙާދިސާއާއި ގުޅިގެން އެސް.ޕީ.ޖީ ގެ ކޮމާންޑަރު ކާނަލް އަޙްމަދު ފަޔާޟް ޢަލީ ރިޝާގެ
އަމުރަށް އަޙްމަދު ޝިހާމްއާއި، މޫސާ ޒަމީރު ލޯންޗުކޮޅަށް އަރައި، ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާ
ގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި، އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި
އެއްޗެއް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
10
2{16/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
Box
ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާތީކަމަށް ދައުލަތުން ހުށަހެޅި ދަޢުވާގައި
ބަޔާންކޮށްފައި އޮތްއިރު،
އަޙްމަދު ތިހާމު ލޯންޗްކޮޅަށް އަރާފައިވަނީ އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް
(އީ.އޯ.ޑީ) ޓީމުގެ މީހެއްގެ ހައިސިއްޔަތުން، ކާނަލް އަޙްމަދު ފަޔާޝް ޢަލީ ރިޝާގެ އެންގުމަށް، ލޯންޗްކޮޅުގައި
ގޮވާ ޒާތުގެ އެއްޗެއްކަމަށް ޝައްކުކުރެވޭ އިތުރު އެއްޗެއް (ސެކަންޑަރީ ޑިވައިސްއެއް) އޮތްތޯ ޗެކްކޮށް
ބެލުމަށްކަމާއި، އެގޮތުން، ލޯންޗުކޮޅު ޗެކްކޮށް އެފަދަ އިތުރު އެއްޗެއް އޮތްތޯ ބަލާފައިވާކަމާއި، އެގޮތުން އިތުރު
އެއްޗެއް އޮތްތޯ ބަލައި ޗެކްކުރުއިރު އަޙްމަދު ތިހާމާއި މޫސާ ޒަމީރު އަންގިލައްވާފައި ނުވާއިރު، އެފަދަ
ހާލަތުގައި އަންގި ލެއްވުމަކީ އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް (އީ.އޯ.ޑީ) ޓީމުގެ މީހުންނަށް
ލާޒިމުވާކަމެއްކަން އެނގެން ނެތްކަމާއި، މި މައްސަލާގައި ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހެޅި
އެމް.އެން.ޑީ.އެފް ގެ ސަރޖަންޓް މުޙައްމަދު ޒިޔާދު (ސ.ނ: 6003) 12 މެއި 2016 ގައި ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، ތަމްރީނުތަކުގައި ބަލައި ފާސްކުރުމުގެ ހަރަކާތްތައް
ހިންގާފައިވަނީވެސް އަންގި ލައްވައިގެން ނޫންކަމާއި، އަދި މިފަދަ ހާލަތްތަކުގައި އަންގި ލައްވަން ޖެހޭކަމަށް ޝި
މައްސަލާގައި ޤަބީރެއްގެ ގޮތުގައި ޝަރީޢަތަށް ޙާޟިރުކުރެވުނު އެމް.އެން.ޑީ.އެފް ގެ ވޮރަންޓް އޮފިސަރ
އަހުމަދު ޚަލީލުގެ ހެކިބަހުގައި ބުނެފައިވާއިރު، މިފަދަ ޙާލަތްތަކުގައި ބޭނުންކުރުމަށް އެ އިދާރާގައި އަންގި
ހޯދައިދީފައި ނުހުންނަކަމާއި، އަދި އީ.އޯ.ޑީ ޓިމުން ތަންތަން ބަލައި ފާސްކުރަންޖެހޭނީ އަންގި
ބޭނުންކޮށްގެންކަން ކަނޑައަޅާފައިވާ އެއްވެސް ގަވާއިދެއް ސިފައިންގޭގައި އޮތްކަން އެނގިފައިނުވާކަމަށާއި، އަދި
ބޭރުގެ ފަރާތްތަކުންވެސް އީ.އޯ.ޑީ ޓީމަށް ތަމްރީނުތައް ހިންގާފައިވާއިރު، އެ ތަމްރީނުތަކުގައި ހިންގާފައިވާ
އެއްވެސް ޕްރެކްޓިކަލް ކްލާހެއްގައިވެސް ތަންތަން ބަލައި ފާސްކުރުމުގައި އަންގި ބޭނުންކޮށްފައި ނުވާކަމަށާއި،
އަދި މިފަދަ ލޯންޗެއްގައި އެއްޗެއް ގޮވައިގެން، ސެކަންޑަރީ ޑިވައިސްއެއް އޮތްތޯ ބަލާއިރު، ތަންތައް ހިއްލައި
ބަލަންވެސް ޖެހޭނެކަމަށާއި، އަދި ތަޙުޤީޤު ޓީމު އެރުމުގެ ކުރިން އީ.އޯ.ޑީ ޓީމު އަރައި ތަންތަން ހިއްލައިގެން
ވިޔަސް އެއީ ރައްކާތެރި އެއްޗެއްކަމަށް ހަދައިދޭންވާނެކަމަށް ހަމަ އެ ހެކިބަހުގައި ވޮރަންޓް އޮފިސަރ އަޙްމަދު
ބައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ދިވެހިބޭއްޖެ
11
2016/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 33x243
کو مل کر کسی
ޚަލީލު ބުނެފައިވާކަމާއި، އަދި ބަލާ ފާސްކުރާއިރު ބޮން ސޫޓު ލައިގެން ލޯންޗު ތެރޭގައި ހަރަކާތްތެރިވެވޭނެހެން
ހީނުވާކަމަށާއި، އަދި މިފަދަ ޙާލަތުގައި އަމަލުކުރާނެ ވަކި ގަވާއިދެއް ލިޔެވިފައި ނެތްއިރު، އެ ޙާލަތަކާ
ޑިސިޝަން ނަގައި އަމަލުކުރާނެ ގޮތް ނިންމުމުގެ އިޚްތިޔާރު އެ ތަނުގައި އެންމެ އިސްކޮށް ހުންނަ
މީހަކަށް އޮންނާނެކަންވެސް ޚަބަރުގެ ގޮތުގައި ޙާޟިރުކުރެވުނު އެމް.އެން.ޑީ.އެފް ގެ ވޮރަންޓް އޮފިސަރ
އަޙްމަދު ޚަލީލުގެ ހެކިބަހުގައި ބުނެފައިވާކަމާއި، އަދި އީ.އޯ.ޑީ ޓީމުން މީގެ ކުރިން ތަންތަން
ސާރޗްކޮށްފައިވާއިރު އަންގި ލައްވާފައިނުވާކަމަށް ސާރޖަންޓް މުޙައްމަދު ޒިޔާދުގެ ހެކިބަހުގައިވެސް
ބުނެފައިވާކަމާއި،
ސާމްޕަލް ގެ ގޮތުގައި ނެގިތަކެތި އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް (އީ.އޯ.ޑީ) ޓީމުން
ނަގާފައިވަނީ އެ ޙާދިސާއަކީ އެކްސްޕްލޯސިވް ގޮވުމެއް ނުވަތަ އައި.އީ.ޑީ އެއްކަމަށް ހީވާތީ، ޓެސްޓުކުރުމުގެ
ބޭނުމުގައި، ކާނަލް އަޙްމަދު ފަޔާޟް ޢަލީ ރިޝާގެ އެންގުމަށްކަ އެގޮތުން ނެގި ސާމްޕަލްތައް
ނަގާފައިވަނީވެސް އަޙްމަދު ތިހާމު ނޫންކަމާއި، އެ ސާމްޕަލްތައް ނަގާފައިވަނީ މި މައްސަލާގައި ހެއްކެއްގެ
ގޮތުގައި ދައުލަތުން ހުށަހެޅި .އެން.ޑީ.އެފްގެ ސަރޖަންޓް މުޙައްމަދު ޒިޔާދު (ސ.ނ: 6003) ކަމާއި، އަދި
އޭނާ ސާމްޕަލް ނަގާފައިވަނީވެސް އަންގި ލައްވައިގެންކަމާއި، ޕްލާސްޓިކް ކޮތަޅަށް ސާމްޕަލް ލީވެސް
ސަރޖަންޓް މުޙައްމަދު ޒިޔާދު ކަމާއި، ސާމްޕަލްގެ ގޮތުގައި ނަގާފައިވަނީ ގޮވާފައި އޮތް ސަރަހައްދުން
ސްޕޮންޖުކޮޅަކާއި، ފޮއިލްކޮޅަކާއި އަދި ޓިޝޫކޮޅެއްކަމާއި، އަދި އެ ވަގުތު އެއީ ކްރައިމް ސީނެއްކަމަށް
އެއްވެސް ބަޔަކު ކަނޑައަޅާފައިނުވާކަމަށްވެސް ސަރޖަންޓް މުޙައްމަދު ޒިޔާދުގެ ހެކިބަހުގައި ބުނެފައިވާކަން
އެނގޭކަމައި،
އަދި ގޮވާފައިވަނީ އެކްސްޕްލޯސިވް ގޮވުމެއް ނުވަތަ އައި.އީ.ޑީ އެއްތޯ ބެލުމަށް ޓެސްޓުކުރުމުގެ
ބޭނުމުގައި، ސާމްޕަލްގެ ގޮތުގައި ނަގާފައިވާ ތަކެތި ޓެސްޓްކުރުމަށް ހުޅުލެއަށް ގެންދިއުމުގައި އަޙްމަދު ތިހާމު
ބައިވެރިވެފައިވާކަން އެނގެން އޮންނައިރު، އެ ސާމްޕަލްތައް ހުޅުލެއަށް ގެންދިޔައީ އެމް.އެން.ޑީ.އެފް ގައި
ބޭނުންކުރާ އެކްސްޕްލޯސިވް ޑިޓެކްޓަރ ބޭނުންކުރެވޭ ހާލަތެއްގައި ނެތުމުން ކާނަލް އަޙްމަދު ފަޔާޟް ޢަލީ
2
8
2 ބ
22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ދިވެހިންގެ
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/356
4740
ރިޝާގެ އެންގެވުމަށް އެ ތަކެތި ޓެސްޓްކުރުމަށްކަމާއި، އަދި ޓެސްޓު ކުރުމަށްފަހު އެ ތަކެތި ގެނެސް
ފުލުހުންނާ ހަވާލުކުރުމަށް ބަހައްޓާފައިވާކަމަށާއި އަދި އެތަކެތި ފަހުން ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް
ލިބިފައިވާކަމަށް މި މައްސަލާގައި އަޙްމަދު ތިހާމު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާއިރު، ދައުލަތުން އެކަން ނަފީކޮށް، އެތަކެތި އަޙްމަދު ޝިހާމް ނުވަތަ ދައުވާ ލިބުނު އެހެން
ފަރާތަކުންވިޔަސް ނައްތާލާފައި، ނުވަތަ ގެއްލުވާލާފައިވާކަމަށް ދައުލަތުން ބުނެފައިނުވާކަން އެނގޭކަމާއި،
އަދި ޚާބީރުގެ ގޮތުގައި ޙާޟިރުކުރެވުނު އެމް.އެން.ޑީ.އެފް ގެ ވޮރަންޓް އޮފިސަރ އަޙްމަދު
ޚަލީލުގެ ހެކިބަހުގެ މައްޗަށް ބަލާއިރު، އީ.އޯ.ޑީ ޓީމުން ނެގި ސާމްޕަލްތައް، މި މައްސަލާގައި ސާމްޕަލް
ނަގައިގެން ގެންދިއުމުގައި އަމަލުކޮށްފައިވާގޮތަށް، އަންގި ލައްވައިގެން ސާމްޕަލްތައް ނެގުމަށްފަހު، ބޭނުންނުކޮށް
ހުރި ޖޫސްޕެޓީކޮތަޅުކަހަލަ ކޮތަޅަށް، ކޮންމެ ސާމްޕަލެއް ވަކި ކޮތަޅަކަށް ލައި ބަންދުކޮށްފައި، ބޭނުން ނުކޮށް
އޮތް ބާޒާރު ކޮތަޅަކަށް އެ ކޮތަޅުތައް ލައިގެން ގެންދިއުމަކީ ހެކި ނެތިދާނެ، ނުވަތަ ހެކި ހަލާކުވެދާނެ، އަދި
އޭގައި ހުރެދާނެ އެކްސްޕްލޯސިވް ޓްރޭސް ގެއްލެންޖެހޭ ސަބަބެއްނޫންކަމަށް
ކަމަށް ބުނެފައިވާކަންވެސް އެނގޭކަމާއި،
އަދި ސާމްޕަލް ނަގަންޖެހޭނީ ތަޙުޤީޤީ އިދާރާއެއްގެ ޙާޟިރުގައި، އަދި އެމީހުންގެ
މަޝްވަރާއާއި ލަފާގެމަތިންކަމަށް، ޚަބީރުގެ ގޮތުގައި ޙާޟިރުކުރެވުނު އެމް.އެން.ޑީ.އެފް ގެ ވޮރަންޓް އޮފިސަރ
އަޙްމަދު ޚަލީލުގެ ހެކިބަހުގައި ބުނެފައިވާއިރު، ގޮވުމެއް ގޮވާފައިވާ ތަނަކުން، އެތަނަކީ ބޮމެއް ގޮވާފައިވާ
ތަނެއްތޯ ނޫނީ އިންޖީނުގެ ކޮންމެވެސް އެއްޗެއް ގޮވައިގެން އުޅެނީތޯ ދެނެގަތުމަށްޓަކައި އެތަނުން ސާމްޕަލެއް
ނަގައިގެން އެހެން ތަނަކަށް ގޮސް، އެތަނުގައި ހުރި އިކުއިޕްމެންޓެއް ބޭނުންކޮށްގެން، ޓެސްޓްކުރަންޖެހިއްޖެ
ހާލަތެއްގައި އެ ސާމްޕަލް ނަގާނެގޮތާއި، ނެގުމަށްފަހު އެ ގެންގުޅެންވާނެގޮތާއި، ކަންކަމާގުޅޭ ލިޔެވިފައިވާ
ގަވާއިދެއް، ޕްރޮސީޖާއެއް ނޯންނަކަމަށްވެސް ޝަބީރުގެ ގޮތުގައި ޙާޟިރުކުރެވުނު އެމް.އެން.ޑީ.އެފް ގެ ވޮރަންޓް
އޮފިސަރ އަޙްމަދު ޚަލީލުގެ ހެކިބަހުގައި ބުނެފައިވާކަމާއި، އަދި މި މައްސަލާގައި ބަޔާންކޮށްފައިވާފަދަ
ނަގާ ސާމްޕަލާމެދު ޢަމަލުކުރާނެ ގޮތުގެ ވަކި ގަވާއިދެއް އޮންނަކަން އެނގިފައިނުވާކަމަށް
ސަރޖަންޓް މުޙައްމަދު ޒިޔާދުގެ ހެކިބަހުގައިވެސް ބުނެފައިވާކަން އެނގޭކަމެވެ.
ހ48ހ ޤަ.4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/356
3.5- ފަސްވަނަ ކަމަކީ، އަޙްމަދު ޝިހާމުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން
ކުރިމިނަލް ކޯޓަށް ހުށަހެޅި، މި މައްސަލާގައި ބަޔާންކުރެވިފައިވާ ދަޢުވާ އަޙްމަދު ޝިހާމުގެ މައްޗަށް
ސާބިތުވާކަމަށް ކަނޑައެޅި މައިގަނޑު އެއް އަސާސަކީ ލޯންޗްކޮޅަށް އަރައި ސާމްޕަލް ނަގައި، ތަޙުލީލުކުރުމުގައި
އަޙްމަދު ތިހާމް ޢަމަލުކޮށްފައިވަނީ އޭނާގެ މައްޗަށް ތިބި ވެރިން އަންގައިގެންކަން މި މައްސަލައާގުޅިގެން
ޙާޟިރުކުރެވުނު ހެކިންގެ ބަހުން އެނގެން ނެތުމުން، އަޙްމަދު ޝިހާމްގެ އެ ޢަމަލަކީ ރަނގަޅު ނިޔަތުގައި
ކޮށްފައިވާ ކަމެއް ނޫންކަން އެނގެން އޮންނާތީކަމަށް ކުރިމިނަލް ކޯޓުން މި މައްސަލައިގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 25 ގެ (ށ) ގައި ކަނޑައަޅުއްވާފައިވާއިރު، ކާނަލް އަޙްމަދު
ފަޔާޝް ޢަލީ ރިޝާ 21 އޭޕްރީލް 2016 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ދީފައިވާ ބަޔާނަށާއި މި
މައްސަލާގައި ކަން ހިނގާފައިވާގޮތުގެ މައްޗަށް ބަލާއިރު، އަޙްމަދު ތިހާމު އީ.އޯ.ޑީ ޓީމުގައި ލޯންޗަށް
އަރާފައިވަނީ، އަދި ލޯންޗުން ތަކެތި (ސާމްޕަލް) ނަގާފައިވަނީ، އަދި އެތަކެތި ޓެސްޓުކުރުމަށް ގެންގޮސް
ޓެސްޓުކޮށްފައިވަނީ ކާނަލް އަޙްމަދު ފަޔާޝް ޢަލީ ރިޝާގެ ވުމާއި އަމުރަށްކަން އެނގޭއިރު، އަޙްމަދު
ތިހާ އީ.އޯ.ޑީ ޓީމުގެ މީހެއްގެ ހައިސިއްޔަތުން ފިނިފެންމާ ލޯންޗުކޮޅަށްއަރައި، ގޮވާފާނެ އެހެން އެއްޗެއް
ބަލައި، ލޯންޗުކޮޅުގައި ގޮވާފައިވާ އެއްޗެއްގެ ހަޤީޤަތް ދެނެގަތުމަށް ޓެސްޓުކުރުމަށް ލޯންޗުކޮޅުން
ސަރޖަންޓް މުޙައްމަދު ޒިޔާދު ނެގި ސާމްޕަލް ގެންގޮސް ޓެސްޓުކޮށްފައިވަނީ، ޤަވާއިދަކާ ނުވަތަ ލިޔެވި، އޭގެ
މައްޗަށް އަމަލުކުރެވެމުންދާ އުޞޫލަކާ ޚިލާފަށްކަންވެސް އެނގެން ނެތްއިރު،
ސިފައިންގެ ޤާނޫނު (ޤާނޫނު ނަންބަރު 1/2008) އާއި، އެ ޤާނޫނުގެ ދަށުން ހެދިފައިވާ
ޤަވާޢިދުތަކުގެ މައްޗަށް ބަލާއިރު، ސިފައިންގެ ވަޒީފާއަކީ، "ޗެއިން އޮފް ކޮމާންޑް" އަށް ތަބާވެ، އެ އަސާސްގެ
ދަށުން މަސައްކަތްކުރަންޖެހޭ، ދައުލަތުގެ އެހެން ވަޒީފާތަކާ ޚިލާފަށް އެމީހުން އުފުލަންޖެހޭ
މަސްއޫލިއްޔަތުތަކާއި، އަދާކުރަންޖެހޭ ވާޖިބުތަކާއި ޒިންމާތައް ތަފާތު ބައެއްކަން އެނގޭކަމާއި، މި ކަންކަން
މިފަދައިން މި ކޯޓުގެ ނަންބަރު 568/HC
-
A/2016 ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވާކަމާއި، މި
މައްސަލާގައި ބަޔާންކޮށްފައިވާ ޙާދިސާއާގުޅިގެން އަޙްމަދު ތިހާމު ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، އަޙްމަދު
އަޤްވާވެ
20x
.1
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
14
2{16/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތިހާމު ޢަމަލުކޮށްފައިވަނީ ޗެއިން އޮފް ކޮމާންޑަށް ތަބާވެ، އީ.އޯ.ޑީ ޓީމުގައި މަސައްކަތްކުރާ ސިފައިންގެ
މީހެއްގެ ހައިސިއްޔަތުންކަން އެނގޭއިރު،
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު،
ސިފައިންނަކީ ޤާނޫނުއަސާސީއަށާއި، ޤާނޫނަށާއި ސިފައިންގެ ގަވާއިދުތަކަށާއި އުސޫލުތަކަށާއި މިކަންކަމާ
އެއްގޮތަށް ވެރިން އަންގާ އެންގުންތަކަށާއި ކުރާ އަމުރުތަކަށް ފަސްޖެހުމެއްނެތި ކިޔަމަންތެރިވާ ބައެއްކަމުގައި
ވާންވާނެކަން އެނގޭކަމާއި، އަދި ޙަވާލުކުރެވޭ ކޮންމެ ރަސްމީ މަސައްކަތެއްވެސް ކުރަންވާނީ ފަރުވާތެރިކަމާއި
ރައްކާތެރިކަމާއި އިޚްލާސްތެރިކަމާއެކުގައިކަން މި މާއްދާގެ (ބ) އިން އެނގޭކަމާއި،
މިބާވަތުގެ ޙާދިސާތަކުގައި ފަރުވާތެރިކަމާއި ރައްކާތެރިކަމާއި އިޚްލާޞްތެރިކަމާއެކު
މަސައްކަތްކުރުމުގެ ގޮތުން އެކުލަވާލެވިފައިވާ އުޞޫލުތަކެއް ސިފައިންގެތެރޭގައި އެބަހުރިކަމަށާއި، އެ ގޮތުން
2011 ވަނަ އަހަރުން ފެށިގެން އެކުލާވާލެވި، ޢަމަލުކުރަމުންދާ، "ދިމާވެދާނެ ބޮމުގެ ހަމަލާއެއްގައި އީ.އޯ.ޑީ
ޓީމު މަސައްކަތްކުރަންޖެހޭގޮތް" މިނަންކިޔާ އުޞޫލެއް އޮންނަކަމަށާއި، މި މައްސަލާގައި ބަޔާންކުރާ ޙާދިސާއާ
ގުޅިގެން ޢަމަލުކޮށްފައިވަނީ އެ އުޞޫލާ އެއްގޮތަކަށް ނޫންކަމަށާއި، އެ އުޞޫލަކީ 2011 ވަނަ އަހަރުން
ފެށިގެން ޢަމަލުކުރަމުންދާ އުޞޫލެއްކަމުގެ ހެކި ދައުލަތުން ހެކި ހުށަހަޅާ މަރުޙަލާއަށް ދިއުމުން ހުށަހަޅާނެކަމަށް
21 އެޕްރީލް 2016 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދީފައިވާ
ބަޔާނުގައި ބުނެފައިވީނަމަވެސް، އަޙްމަދު ތިހާމު އެ އުޞޫލަކާ ޚިލާފަށް މަސައްކަތްކޮށްފައިވާކަމަށް ދައުލަތުން
ބަޔާންކޮށްފައިވާ، އަދި ހުށަހަޅާނެކަމަށް ބުނެފައިވާ އުޞޫލު ކުރިމިނަލް ކޯޓަށް ހުށަހަޅާފައި ނުވާއިރު އެ
އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާކަން އެނގޭކަމާއި،
މި މައްސަލާގައި ޙާޟިރުކުރެވުނު ހެންނާއި ޚަބީރެއްގެ ގޮތުގައި ކުރިމިނަލް ކޯޓުގެ
ޝަރީޢަތުގެ އިސްނެގުމަށް ޙާޟިރުކުރެވުނު ޚަބީރުގެ ހެކިބަހުގެ މައްޗަށާއި އަދި އަޙްމަދު ތިހާމު ޢަމަލުކޮށްފައިވާ
ގޮތުގެ މައްޗަށް ބަލާއިރު، އަޙްމަދު ޝިހާމުގެ ޢަމަލަކީ، މީހަކު ހައްޔަރުކުރުމަށް، ނުވަތަ މީހެއްގެ މައްޗަށް
ދަޢުވާ އުފުލުމަށް، ނުވަތަ މީހަކު ދިފާއެއް ހުށަހެޅުމަށް ހުރަސްއެޅުމުގެ މަޤްޞަދުގައި ނުވަތަ އެއިންކަމެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ދިވެހިންގެ
15
2{016/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުއްޓުވުމުގެ މަޤްޞަދުގައި ކޮށްފައިވާ ޢަމަލެއްކަން އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ސާބިތުވާން
ނެތްކަމާއި،
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގައިވާގޮތުން،
404
ސިފައިންގެ މީހެއްގެ ވެރިއަކަށް ހުރި މީހަކު ކުރާ ޤާނޫނީ އަމުރަކަށް ކިޔަމަންތެރިވުމުގެ ގޮތުން ނުވަތަ
ސިފައިންގެ މީހެއްގެ ވާޖިބު އަދާކުރުމުގެ ގޮތުން ޤާނޫނާ ޚިލާފުނުވާ ގޮތުގެ މަތިން ސިފައިންގެ މީހަކު
އެމީހެއްގެ ރަސްމީ ޙައިސިއްޔަތުން އެއްވެސް ނުބައި ނިޔަތެއް ނެތި ކުރާ ކަމަކާމެދު ނުވަތަ އެމީހަކު ނުކޮށް
ދޫކޮށްލާ ކަމަކާ މެދު އެމީހެއްގެ މައްޗަށް ދަޢުވާއެއް އުފުލިގެން ނުވާނެކަން އެނގޭކަމެވެ.
3.6- ހަވަނަ ކަމަކީ، އިސްވެ ފާހަގަކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، ހު
މައްސަލާގައި އަޅުގަނޑު ދެކެނީ، މިހާދިސާގެ ޠަބީޢަތުގެ މައްޗަށާއި އަޙްމަދު ތިހާމުގެ ވަޒިފާގެ ހައިސިއްޔަތުގެ
މައްޗަށާއި، އަޙްމަދު ތިހާމު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ދަޢުވާ
ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހުގެ މައްޗަށާއި އަދި ޝަރީޢަތުގެ އިސްނެގުމަށް ޙާޟިރުކޮށްފައިވާ
ޚަބީރުގެ ހެކިބަހުގެ މައްޗަށް ބަލާއިރުވެސް، އަޙްމަދު ތިހާމު ކޮށްފައިވާ ޢަމަލަކީ މީހަކު ހައްޔަރުކުރުމަށް،
ނުވަތަ މީހެއްގެ މައްޗަށް ދަޢުވާއެއް އުފުލުމަށް، ނުވަތަ މީހަކު ދިފާއެއް ހުށަހެޅުމަށް ހުރަސްއެޅުމުގެ
މަޤްޞަދުގައި ނުވަތަ އެއިން ކަމެއް ހުއްޓުވުމުގެ މަޤްޞަދުގައި، އެނގިހުރެ ހެއްކެއް ބަދަލުކޮށް، ނުވަތަ
ނައްތާލައި ނުވަތަ ހެއްކެއް ފޮރުވައި ނުވަތަ ހެއްކެއް ފާހަގަނުވާނެހެން ހެދުމުގެ ބޭނުމުގައި ކޮށްފައިވާ
ކަމެއްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުނުވާކަމަށާއި، އެހެންކަމުން، ޤާނޫނު
ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 530 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރާ
ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުން އަޙްމަދު ތިހާމް
ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގެ އެބަޔަށް ބަދަލުގެންނަންޖެހޭކަމުގައެވެ.
.
04 04
27320
404ތތ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/356
ނުވަތަ
ވުމުގެ
އަޣުލަބިއްޔަތު ރައުޔު (ފަނޑިޔާރު މުޙައްމަދު ނިޔާޒް އާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ގެ
ރައުޔު) އާއި އެރައުޔު ބިނާކުރެވިފައިވާ އަސާސްތައް؛
3.1- ފުރަތަމަކަމަކީ، އަހްމަދު ޝިހާމްގެ މައްޗަށް ޢަދުލުއިންސާފް ޤާއިމުކުރުމަށް ހުރަސް
އެޅުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ
ނަންބަރުގައި ބަޔާންކުރާ ކޮން ޢަމަލެއް ކޮށްގެންކަން ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި ބަޔާންކޮށްފައިނުވާ
ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ
ނަންބަރުގައި ބަޔާން ކޮށްފައިވަނީ؛
530.(ހ) މީހަކު ހައްޔަރުކުރުމަށް، ނުވަތަ މީހެއްގެ މައްޗަށް ދައުވާއެއް
އުފުލުމަށް،
މީހަކު ދިފާއެއް ހުށަހެޅުމަށް ހުރަސްއެޅުމުގެ މަޤްޞަދުގައި ނުވަތަ އެއިން ކަމެއް ހުއްޓުވުމުގެ
މަޤްޞަދުގައި، އެނގިހުރެ، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
(2) ޝަރީއަތަށް ހުށަހެޅިދާނެ ހެއްކެއްކަމުގައި ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުން ހުރި
މާއްދީ ހެކި ނެތިކޮށްލުމާއި، ބަދަލު ކުރުމާއި، ފޮރުވުމާއި، ފާހަގަނުވާނޭ ގޮތް ހެދުމާއި، ދޮގު ހެކި
ބެހެއްޓުމާއި، ދޮގު މަޢުލޫމާތު ދިނުން، ނުވަތަ
މިފަދައިންނެވެ. މިމާއްދާގެ (ހ) ގައި ބަޔާން ކުރާ ކުށުގެ ޢަމަލު (actus reus) އަކީ ކޮބައިކަން އެމާއްދާގެ
(ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (5) ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ކަމާއި، އިސްތިއުނާފް
ކުރި އަޙްމަދު ޝިހާމްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ މިމާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ (ހ) ގެ
ދަށުން ކަމަށްވާތީ، އެއަކުރަށް ބަލާއިރު، އެއަކުރުގައި ތަފާތު 06 (ހައެއް) ޢަމަލެއް ބަޔާންކޮށްފައިވާ ކަމާއި،
އެއީ ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއްކަމުގައި ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުން ހުރި މާއްދީ ހެކި؟
(1) ނެތިކޮށްލުން.
(2) ބަދަލު ކުރުން.
(3) ފޮރުވުން.
(4) ފާހަގަނުވާނޭ ގޮތް ހެދުން.
(5) ދޮގު ހެކި ބެހެއްޓުން.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/356
(6) ދޮގު މައުލޫމާތު ދިނުން.
މި 06 (ހައެއް) ޢަމަލުކަމާއި މީގެ ތެރެއިން ޢަމަލެއް ނުވަތަ އެއްޢަމަލަ
ޢަމަލަށްވުރެ ގިނަ ޢަމަލުވިޔަސް ކުރުމަކީ،
ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބަޔާން ކުރާ ކުށުގެ ޢަމަލު
ހިންގުނީ ކަމާއި، އިސްތިއުނާފް ކުރާ އަޙްމަދު ނިހާމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާގައި
އޭނާއާ ގުޅޭ
ބައިގައި ބަޔާން ކޮށްފައިވަނީ؛
"އަޙްމަދު ފަޔާ ޝް އަލީ ރިޝާގެ އަމުރަށް އަޙްމަދު ޝިހާމް...ލޯންޗްކޮޅަށް އަރައި ކުށުގެ ވެށިން
ތަކެތި ނެގުމުގައި ކަމާ ގުޅުން ހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި، އެއްވެސް
ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން
ނަގައިގެން ގެންގޮސްފައިވާތީ، ޤާނޫނު ނަންބަރު: 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
ގެ 530 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ
ދަށުން...އަޙްމަދު ތިހާމް...ގެ މައްޗަށް ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ
ދައުވާ..."
މިފަދައިންނެވެ. މިދަޢުވާގެ ސީޝޯއަށް ބަލާއިރު، "...ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން
ނަގައިގެން ގެންގޮސްފައިވާތީ" މިއީ އިސްތިއުނާފް ކުރާ އަޙްމަދު ޝިހާމް ކުރިކަމަށް ތުހުމަތު ކުރެވުނު ޢަމަލު
ކަމާއި، މިޢަމަލަކީ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ހ) ގައި
ބަޔާންކުރާ ޢަމަލު ތަކުގެ ތެރެއިން ޢަމަލެއްތޯ ބަލާއިރު، މިއީ އެމާއްދާގެ (ހ) ގެ 02 ވަނަ ނަންބަރުގެ (ށ)
ގައި ބަޔާން ކުރާ ޢަމަލުތަކުގެ ތެރެއިން 02 ވަނައަށް އޮތް ޢަމަލުކަން އެނގޭކަމާއި އެހެނީ އަޙްމަދު ނިހާމްގެ
މިޢަމަލީ ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއްކަމުގައި ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުން ހުރި މާއްދީ
ހެކި ބަދަލު ކުރުމުގެ ޢަމަލެއްކަން ސާފުކޮށް އެނގެން އޮންނަކަމާއި، އެހެނީ ޝަރީޢަތަށް ހުށަހެޅިދާނެ
ވިޔަސް އަދި ނުވިޔަސް މައްސަލައަކާ ގުޅުން ހުރި މާއްދީ ހެކި ކުށުގެ ވެށިން ނަގައިގެން
ގެންދިއުމަކީ އެހެކި އޮތްގޮތް ނުވަތަ ހުރިގޮތް ނޫން އެހެން ގޮތެއް އެހެއްކަށް ހެދުން ކަމާއި، މީގެ ތެރޭގައި
އެހެއްކެއްގެ ޒާތަށް ބަދަލު ގެނައުން، މިސާލަކަށް ފޮއިލްކޮޅެއް ނުވަތަ ސްޕޮންޖް ކޮޅެއްނަމަ، ހާދިޘާ ހިގިއިރު
ސިފަ ނޫނީ އޭގައި ހުރި މާއްދާ | ތާސީރު ބަދަލު ކުރުމާއި ހާދިޘާ ހިގުމުން
02 ޑތ ތ7ތ
ހެއްކެއްކަމުގައި
ax
0404 4
22111
404 4
ން އެއެއްJ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
18
2{016/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OOX
OXO<
އޮތްތަން ނޫން އެހެންތަނަކަށް ބަދަލު ކުރުން ހިމެނޭކަން މިއީ ޤާނޫނުން ސާފުކޮށް އެނގެންއޮތް ކަމެއްކަމާއި،
ނަމަވެސް ދަޢުވާގެ ސީޝޯގައި ޖިނާއީ ވަކި ކުށަކަށް ޤާނޫނެއްގައި ވަކި ޚާއްޞަ ނަމެއް ދީފައިވާނަމަ، ނުވަތަ އެ
ކުށް ކަނޑައެޅުމުގައި ޤާނޫނެއްގައި ވަކި ޚާއްޞަ ޢިބާރާތެއް ބޭނުންކޮށްފައިވާނަމަ، ދަޢުވާގައި އެ ކުށް ބަޔާން
ކުރުމުގައި އެޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށް ބަޔާން ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމާއި
އަދި މިއުޞޫލަކީ މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި
ބަޔާންކޮށްފައިވާ ހަމައެއްކަމާއި، މިހަމައިން ބަލާއިރު، އަޙްމަދު ތިހާމެގެ މައްޗަށް ކުރެވުނު ދަޢުވާގެ ސީޣާއިން
ކުށުގެ ޢަމަލު ސާފުކޮށް ފެންނަން އޮންނަނީ ދަޢުވާގެ ސީޣާ އަންނަނިވި ގޮތަށް އޮތުމުންކަމާއިގެ
އަޙްމަދު ފަޔާޟް އަލީ ރިޝާގެ އަމުރަށް އަޙްމަދު ނިހާމް..ލޯންޗްކޮޅަށް އަރައި ކުށުގެ ވެށިން
ތަކެތި ނެގުމުގައި ކަމާ ގުޅުން ހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި، އެއްވެސް
ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން
ނަގައިގެން ގެންގޮސް، ޝަރީއަތަށް ހުށަހެޅިދާނެ މާއްދީ ހެކި ބަދަލުކޮށްފައި ވާތީ، ޤާނޫނު
ނަންބަރު: 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 530 ވަނަ މާއްދާގެ (ހ) ގެ 02
ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން...އަޙްމަދު ތިހާމް...ގެ މައްޗަށް ޢަދުލު
އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ..."
މިދެންނެވި ގޮތަށް ދަޢުވާގެ ސީޕޯގައި ބަޔާން ނުކުރިނަމަވެސް، މިދަޢުވާގައި ބަޔާންކުރާ ކުށުގެ ދަޢުވާ
އިސްތިއުނާފް ކުރާ އަޙްމަދު ޝިހާމްގެ މައްޗަށް އުފުލުނީ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ (2)
ވަނަ ނަންބަރުގެ (ށ) ގައި ބަޔާން ކުރާ ކޮން ޢަމަލެއްކޮށްގެންކަން ވަރަށް ސާފުކޮށް ޕްރޮސިކިއުޝަންގެ
ފަރާތުން ސާފުކޮށްދީފައިވާކަން 21 އޭޕްރީލް 2016 ގައި މަޙްޝަރު ކުރެވިފައިވާ ޕްރޮސިކިއުޝަނުން ދީފައިވާ
ބަޔާނުން އެނގެން އޮންނަކަމާއި އެބަޔާނުގައި އޮންނަނީ؛
...އަޙްމަދު ތިހާމްގެ މައްޗަށް ޢަދުލުއިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
ކުރެވިފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ ދަށުން، ޤާނޫނުލްޢުޤޫބާތުގެ (ހ) ގައި
ބަޔާންކޮށްފައިވަނީ، މީހަކު ހައްޔަރު ކުރުމަށް ނުވަތަ މީހެއްގެ މައްޗަށް ދަޢުވާއެއް އުފުލުމަށް
ނުވަތަ މީހަކު ދިފާއަށް ހުރަސްއެޅުމުގެ މަޤްޞަދުގައި ނުވަތަ އެއިން ކަމެއް ހުއްޓުވުމުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
19
2{016/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެ
މަޤްޞަދުގައި އެނގިހުރެ އަންނަނިވި ޢަމަލު ކުރާ މީހަކީ ކުށެކޭ. މިމައްސަލައިގައި ދަޢުވާ ލިބޭ
ތިން ފަރާތުން އަމަލުކޮށްފައިވަނީ (ހ) ގައި ބުނާ ފަދައިން މީހެއްގެ މައްޗަށް ދައުވާއެއް
އުފުލުމަށް ހުރަސްއެޅިދާނެ ފަދައަކުންކަން ދައުލަތުން ފާހަގަ ކުރަން. އެހެންކަމުން (ހ) ގައިވާ
ނުކުތާތަކުގެ ތެރެއިން ދައުވާގެ ސީޕޯގައި ޙަވާލާދެވިފައިވަނީ ދެވަނަ ނަންބަރަށް. އެނަންބަރުގައި
ބަޔާން ކުރަނީ ޝަރީޢަތަށް ހުށަހެޅިދާނެ ހެއްކެއްކަމުގައިވިޔަސް އަދި ނުވިޔަސް މައްސަލައަކާއި
ގުޅުން ހުރި މާއްދީ ހެކި ނެތިކޮށްލުމާއި، ބަދަލުކުރުމާއި، ފޮރުވުމާއި، ފާހަގަނުވާނޭ ގޮތް ހެދުމާއި،
ދޮގުހެކި ބެހެއްޓުމާއި، ދޮގު މައުލޫމާތު ދިނުން. މިނުކުތާތަކުގައި ފާހަގަ ކުރެވިފައިވާ ކަންކަމުގެ
ތެރޭގައި ހިމެނޭ ކުށުގެ ވެށި ބަދަލުކޮށްފައިވާތީއާއި، ކުށުގެ ވެށިގެން ތަކެތި ނަގައިގެން
ގެންގޮސްފައިވާތީއާއި، އަދި ތަކެތި ނަގައިގެން ގެންގޮސްފައިވަނީ އެކަމަށް ޚާއްޞަކުރެވިފައިވާ
ވަޞީލަތްތަކަކާއި ނުލައި ކަމަށްވާތީ މިދެވަނަ ނަންބަރުގައި ބަޔާން ކުރެވިފައިވާ ޝަރީޢަތަށް
ހުށަހެޅިދާނެ ހެއްކެއް ކަމުގައިވިޔަސް އަދި ނުވިޔަސް މައްސަލައަކާއި ގުޅުން ހުރި މާއްދީހެކި
ބަދަލުކުރުމުގެ ތެރެއަށް އެކަން ފެތޭކަމަށް ދައުލަތަށް ފެންނާތީ މިދަޢުވާ ކުރެވިފައިވަނީ..
މިބަޔާނުގެ މައްޗަށް ބަލާއިރު، އަޙްމަދު ތިހާމްގެ މައްޗަށް އުފުލިފައިވާ ދަޢުވާއަކީ ކޮބާކަން ނޭގިގެން އޮޅުން
އަރައިގެން ނުވަތަ އަޙްމަދު ޝިހާމްގެ ދިފާޢުއަށް ހުރަސްއެޅިދާނެ އޮޅުމެއް ފެންނާން ނެތްކަމާއި ތުހުމަތު ކުރެވޭ
ފަރާތާމެދު ތުހުމަތު ކުރެވޭ ކުށް ދަޢުވާ ފޯމުގައި ބަޔާން ކުރުމުގައި ނުވަތަ ދަޢުވާއާގުޅޭ އެނޫންވެ.
ތަފްޞީލެއް ބަޔާންކުރުމުގައި ކުށެއް (mistake) އޮތުމަކީ، ނުވަތަ ކުށް (offence) ބަޔާން ކުރުމުގައި ނުވަތަ
އެނޫންވެސް ތަފްޞީލެއް ބަޔާން ކުރުމުގައި ހިމަނަންޖެހޭ އެއްޗެއް ނުހިމެނި އޮތުމަކީ، އޭގެ
ސަބަބުން ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ދަޢުވާ، ދަޢުވާ ލިބޭފަރާތަށް އޮޅިދާނެ ޙާލަތެއްގައި
މެނުވީ، އެދަޢުވާއަށް އަސަރުކުރާނެ ކަމެއްނޫންކަމީ، ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމުގައި
ބަލައިގަނެފައިވާ ޢާންމު އުޞޫލެއްކަމާއި މިއީ ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ
ޤާނޫނުންވެސް ބަލައިގެންފައިވާ ހަމައެއްކަން އެނގެން އޮންނަކަމާއި، ވީމާ އިސްތިއުނާފް ކުރި އަޙްމަދު ތިހާމްގެ
ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާކަމުގައިވާ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ
ނަންބަރުގައި ބަޔާންކުރާ ކޮން ޢަމަލެއް ކޮށްގެންކަން ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި ބަޔާންކޮށްފައިނުވާ
ހ23 2
22
کر رہ کر
2 20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/356
ކަމަށް ބުނާ ބުނުމަކީ، ޤާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި ނުކުތާއެއްކަމަށް ބެލެވެން
2 22 22
eށ2
ބަނޏ
3.2- ދެވަނަކަމަކީ، މައްސަލަ ބަލާ ފަނޑިޔާރުގެ އިސްނެގުމަށް ހެކިން ހާޟިރުކޮށްފައިވަނީ
ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު 34/SC-A/2011 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް
ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި ގުޅިގެން އިސްތިއުނާފް ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި،
ފަނޑިޔާރުންގެ ދައުރަކީ އީޖާބީ ދައުރެއް (active role) ކަމަށް ބަޔާން ކުރުމާއިއެކު، އެއްވެސް ޙާލަތެއްގައި
ދަޢުވާ ޘާބިތު ކުރުމަށް ދަޢުވާ ކުރާ ފަރާތުން ހުށަހަޅާ ހެއްކާއި، ދަލީލުތަކާއި ހެކިން ފިޔަވައި، ފަނޑިޔާރުން
ނުންވެގެން ފަނޑިޔާރުންގެ އަމިއްލަ އިސްނެގުމުން އިތުރު އެހެން ހެއްކާއި ދަލީލުތަކާއި ހެކިން ޝަރީޢަތަށް
ގެނައުމަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް ބުނެ ދެއްކި ވާހަކަތަކީ
ފަނޑިޔާރުންގެ ދައުރު އީޖާބީ ދައުރެއް ނޫންކަމަށް ބާރުދޭ ވާހަކަތައްކަމާއި، އިސްތިއުނާފް ކުރި ފަރާތުގެ
މިވާހަކަ ތަކުން އެނގެނީ ފަނޑިޔާރުންގެ ދައުރަކީ ސަލްބީ ދައުރެއް (passive role) ކަން ކަމާއި
އިސްތިއުނާފް ކުރާ ފަރާތުން ހުށަހެޅި ނުކުތާގައި ބަޔާން ކުރަން ބޭނުންވަނީ އަމިއްލަ
އިސްނެގުމުން ހެކިން ޙާޟިރު ކުރުމުގައި ފަނޑިޔާރުންގެ ދައުރާ ބެހޭގޮތުންނަމަ، އެވާހަކަ ދެކެވެނީ ޝަރީޢަތް
ހިންގުމުގެ ދެނިޡާމެއްގެ ވާހަކަކަމާއި، އެއީ، ތަޙްޤީޤީ (inquisitoriod) އަދި ޙުޞޫމީ (adresarial)
ނުވަތަ އިއްތިހާމީ (accesitoraial} ނިޒާމް ކަމާއި، ޢާންމުގޮތެއްގައި ފަނޑިޔާރުންގެ ދައުރު އީޖާބީ
ދައުރަކަށްވާނީ ތަޙްޤީޤީ ނިޒާމެއްގައި ކަމާއި ފަނޑިޔާރުންގެ ދައުރު ސަލްބީ ދައުރެއް އޮންނަނީ ޒުމީ ނުވަތަ
އިއްތިހާމީ ނިޒާމެއްގައި ކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:34!SC
-
A;2011 ޤަޟިއްޔާގައި
ބަޔާން ކޮށްފައިވަނީ،
..ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި އެފަދަ މައްސަލަތައް ބަލާ ފަނޑިޔާރުންގެ ދައުރަކީ
އިސްވެދިޔަ ދުސްތޫރީ ނައްޞުގެ މަޤްޞަދު ޙާޞިލުކުރެވޭފަދަ ދައުރަކަށް އިޖްރާއީގޮތުން
ވާންޖެހޭނެކަމާއި، އެމަޤްޞަދު ޙާޞިލުކުރުމަށްޓަކާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި
ޢަމަލުކުރެވޭ ޖިނާއީ މައްސަލަތައް ސާބިތުކުރުމުގެ އިޖްރާއީ ނިޒާމު ޤާއިމުވެގެންވަނީ އިއްތިޤާމިރާއްޖޭގެ
44
2 ހ2 0
އަހރމނ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/356
(Inquisitoroal
ނިޒާމާއި (Accusatoraiat Procedure ތަޙުޤީޤީ ނިޒާމާއި
(Procedure މިދެ ނިޒާމުގެ ޚާއްޞަ ސިފަތައް ހިމެނޭ މައްސުނި ނިޒާމެއްގެ މައްޗަށްކަމާ،
މިގޮތުން ތަފާތު ޖުރިސްޑިކްޝަންތަކުގައި ޖިނާއީ މައްސަލަ ބަލާ ފަނޑިޔާރުންގެ ދައުރަކީ އީޖާބީ
ދައުރެއް...(ކަމަށެވެ.)
އެހެންކަމުން، ޖިނާއީ މައްސަލަތައް ސާބިތު ކުރުމުގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުން ކުރެވޭ ނިޒާމަކީ
ބަޔާންވެދިޔަ މައިގަނޑު ދެނިޒާމުގެ ޚާއްޞަ ސިފަތައް ހިމެނޭ މައްސުނި (hybrid) ނިޝާމެއްކަން އެނގެން
އޮންނަކަމާއި އެހެނީ ޝަރީޢަތް ހިންގުމުގެ އިއްތިހާލީ އަދި ތަޙްޤީގް ނިޒާމުގައިވެސް މައްސަލަ ބަލާ
ފަނޑިޔާރުގެ އިސްނެގުމަށް ދެކި ޙާޟިރު ކުރުމަކީ މުޞްލަޤަށް ބަންދުކޮށްފައިވާ ދޮރެއްނޫންކަމާއި،
ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ ޢަދުލުއިންސާފު ޤާއިމްކުރުން ކަމަށްވާއިރު، ޢަދުލުއިންސާފު ޤާއިމުކޮށް
ނެގެހެއްޓުމަށްޓަކައި ވަކި ހެއްކަކު ކޮންމެހެން ޙާޟިރު ކުރާންޖެހޭ ކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ޤަބޫލު
ކުރެވިއްޖެނަމަ، އެހެއްކަކު އޭނާގެ އިސްނެގުމުން ޙާޟިރުކުރުމަކީ ޢަދުލުއިންޞާފު ޤާޢީމު ކުރުމުގެ ބޭނުމަށް
ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރެއްކަމާއި މިކަމަކީ އިއްތިހާމީ ނިޒާމުގައިވެސް ބަންދުކޮށްފައިވާ ދޮރެއް
ނޫންކަން އެނގެން އޮތުން މިމައްސަލަ ބެލި ފަނޑިޔާރުގެ އިސްނެގުމަށް ހެކިން ޙާޟިރުކޮށްފައިވާނަމަ އެކަމަކީ
ސުޕްރީމްކޯޓުގެ ނަންބަރު:34/SC
-
A/2011 ޤަޟިއްޔާއާ ޚިލާފަށް ކޮށްފައިވާ ކަމެއްނޫންކަން އެނގެން
އޮންނަކަމެވެ.
3.3- ތިންވަނަކަމަކީ، މިމައްސަލައިގެ ހުކުމް ކުރުމުގައި ޝަރީޢަތުގެ އިސްނެންގެވުމަށް
ޙާޟިރުކުރި ޚަބީރާއި، ދައުލަތުން ހުށަހެޅި ހެކިން ދީފައިވާ ހެކިބަހަށް އެކަށީގެންވާ މިންވަރަށް
ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅުވައި އިސްތިއުނާފް ކުރި ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި އެވާހަކަތަކާއި ގުޅިގެން އިސްތިއުނާފް ރައްދުވާ ޕްރޮސިކިއުޝަންގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށް ޝަރީޢަތުން ބަލާއިރު، ހުށަހެޅިފައިވާ ދަޢުވާއާއި ގުޅިގެން ދަޢުވާ ސާބިތު ކުރުމަށް ދައުލަތުން
ހުށަހެޅި ހެކިންގެ ހެކިބަހުގެ އިތުރުން މިދަޢުވާ އުފުލިފައިވާ ފަރާތްތަކުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކާއި މިދަޢުވާއާއި ގުޅިގެން ޚަބީރެއްގެ ގޮތުގައި ޙާޟިރު ކުރެވުނު ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ދިވެހިރާއް
22
2016/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަޔާންކޮށްދިން ކަންކަމަށް ބަލާއިރު، ތިރީގައިވާ ކަންކަން ޝަރީޢަތަށް ސާބިތުކުރުމަށް ހެކި ވަޒަން ކުރުމުގައި
ޤާނޫނީ އަދި ޝަރުޢީ ގޮތުން ގޯހެއް ނެތްކަމާއި؛
1- މިދައުވާގައި ބަޔާން ކުރާ ޙާދި
ޙާދިޘާއާއި ގުޅިގެން އަޙްމަދު ތިޙާމް އީ.އޯ.ޑީ ޓީމްގެ މެންބަރެއްގެ ގޮތުގައި ރިޔާސީ
ލޯންޗްކޮޅަށް އެރިކަން.
2- ރިޔާސީ ލޯންޗްކޮޅަށް އެރުމަށްފަހު ސާމްޕަލްގެ ގޮތުގައި ތަކެތި ނެގިކަން.
3- ސާމްޕަލްގެ ގޮތުގައި ނެގި ތަކެތި ރިޔާސީ ލޯންޗްކޮޅުން އަޙްމަދު ނިހާލް ބޭލިކަން.
4 ސާންޕަލްގެ ގޮތުގައި ނެގި ތަކެތި ރިޔާސީ ލޯންޗްކޮޅުން ބާލައިގެން ހުޅުލެއަށް ގެންދިޔަކަން.
އެކަންކަން ޝަރީޢަތަށް ސާބިތުވެފައިވަނީ ދަޢުވާ ސާބިތު ކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހުގެ
އިތުރުން އިސްތިއުނާފް ކުރާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ ތަކުންކަމާއި، މިގޮތުން
21 އޭޕްރީލް 2016 ގައި އަޙްމަދު ތިޙާމް ޝަރީޢަތުގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ؛
...އަޅުގަނޑުމެން އަންގި ބޭނުންކޮށްގެން ސާމްޕަލްނެގީ ދެސެންޓިމީޓަރު ހުންވަރުގެ ކުޑަ ސްޕޮންޖް
ކޮޅެއް. މުޅި ޑެގުމަތީގައި އެތަންމިތާ ސްޕޮންޖް ހުރި ފަޅައިގެން ގޮސްގެން. އަދި އިތުރަށް އެތާ
އޭސީ ދަށުގައި ލޯންޗް ތެރެއަށް ވައިވަންނަން، އޭސީ ފަޅައިގެން ގޮސް މުޅި ލޯންޗް މަތީގައި،
ޑެގުމަތީގައި އެކި ސައިޒްގެ ފޮއިލްތައް ހުރީ. އެތަނުން އަޅުގަނޑުމެން ނެގި ސާމްޕަލްއަކީ
ގާތްގަޑަކަށް ދެސެންޓި މީޓަރު ހުންނަވަރުގެ ކުޑަކުޑަ ސުޕޮންޖް ކޮޅަކާއި ގާތްގަޑަކަށް ފަސް
ސެންޓިމީޓަރު ހުންނަވަރުގެ ފޮއިލްކޮޅެއް....
މިފަދައިންނެވެ. އަދި ހަމަ އެދުވަހު އަޙްމަދު ޝިހާމްގެ ވަކީލު ދީފައިވާ ބަޔާނުގައި ބުނެފައިވަނީ،
..އަޙްމަދު ޝިހާމްގެ ފަރާތުން އަޙްމަދު ތިހާމްގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއަށް
އިންކާރުކުރައްވާ. އަޙްމަދު ތިހާލް ދަޢުވާއަށް އިންކާރު ކުރާ ސަބަބަކީ ފުރަތަމަކަމަށް އަޙްމަދު
ތިހާމް ލޯންޗަށް އަރާފައިވަނީ އަޙްމަދު ތިހާމްގެ ވެރިންގެ އަމުރަށް ކިޔަމަންތެރިވުމުގެ
ގޮތުން...މިފަދަ ޙާލަތެއްގައި އަޙްމަދު ޝިހާމްގެ މައްޗަށް އަމުރު ކުރެވުމުން އަޙްމަދު ނިހާމް
ކުރައްވަން މިޖެހެނީ ދެކަމެއް. އެއީ ލޯންޗަށް އަރާ ލޯންޗްގައި ގޮވާ އެއްޗެއް އޮތްތޯ ބެލުން، ދެން
ލޯންޗުން ސާމްޕަލް ނެގޭ ކަމަށްވާނަމަ ސާމްޕަލް ނަގައިގެން އެތަކެތި ތަހުލީލު ކުރުން..ދެން އޮތީ
ކަލެކްޓްކުރި ތަކެތި. ކަލެކްޓް ކޮށްފައިވަނީ ސާމްޕަލް ކަލެކްޓްކުރުމުގެ ގޮތުން ތަނުން ނަގާފައިވަނީ
ސްޕޮންޖް ކޮޅެއް. އެއީ ގާތްގަނޑަކަށް ދެސެންޓިމީޓަރުގެ ބޮޑު މިނުގެ ސްޕޮންޖް ކޮޅަކާއި ފަހެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
s
23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/356
404 4
2 ތ ދ 2 ބ 2
سرم روی کی
ސެންޓިމީޓަރު ހުރި އެލްމެނިއަމް ފޮއިލް ކޮޅެއް. އޭގެ އިތުރުން އެކްސްޕްލޯސިވް ޑިޓެކްޓަރ
ސާމްޕަލް ނެގުމަށް ޚާއްޞަ ކާޑުން ޓެކްނޮލޮޖީގައި ޖައްސާ އަދި ކާޑުން ސާމްޕަލް ނެގުމަށް ބޭނުން
ކުރި އަންގީގައި ޓްރޭސް ހުރިތޯ ބެލުމަށް އެ އަންގި ޓެކްނޮލޮޖީގެ ސްޕޮންޖާ ފޮއިލް ގިނަ
ޢަދަދަކަށް ހުރީތީ އެތަނުން ނަގާފައި އޮތް ސްޕޮންޖް ކޮޅަކާއި ފެއިލް ކޮޅެއް. ތަކެތި ނަގައިގެން
އަޅާފައިވަނީ އެވިޑެންސް ބޭގަކަށްނޫނޭ. ޖޫސްޕެޓީ ކޮތަޅަކަށް. ސިފައިންނަކީ ކްރައިމް
އިންވެސްޓިގޭޓް ކުރާ ބަޔަކަށް އާންމު ގޮތެއްގައިނުވާތީ ސިފައިންގެ އަތަކު އެވިޑެންސް ބޭގްގެ
އެވިޑެންސް ލިޔެފައި ހުންނަ އެވިޑެންސް ބޭގެއް ނުހުރޭ..."
މިފަދައިންނެވެ. މިވާހަކަތަކަށް ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ސާފުކޮށް ލިބިފައިވާކަން އެހެކިންގެ
ހެކިބަސްތަކަށް ބެލުމުން އެނގެން އޮވެއެވެ. މިދަޢުވާއާއި ގުޅިގެން ހެކިންގެ ހެކިބަސް ވަޒަން ކުރުމުގައި
ޝަރީޢަތަށް ސާބިތުވާންޖެހޭ ޙަޤީޤަތަކީ އަޙްމަދު ތިޙާމް ފިނިފެންމާ ލޯންޗް ކޮޅަށް އަރައި ސާންޕަލް ނަގައިގެން
ގެންދިޔައީ ކީއްވެތޯ އާއި އެކަން ކުރީ ޤާނޫނީ އިމުގެ ތެރެއިންތޯ ކަމާއި، ސަބަބަކީ، އީ.އޯ.ޑީ ޓީމްގެ
ހައިޞިއްޔަތުން، މިފަދަ ޙާދިޘާތަކާއި ގުޅިގެން އެހާދިޘާއެއް ހިނގި ތަނަށް ދިއުމާއި އެތަން
ބަލާފާސްކޮށް އެބާވަތުގެ ދެވަނަ އެއްޗެއް އޮތްތޯ ބެލުމަކީ ޤާނޫނީ ގޮތުން އަޙްމަދު ޙާމް ކުރަންޖެހޭ
ވާތީ ކަމާއި ނަމަވެސް އީ.އޯ.ޑީ ޓީމްގެ މަސްއޫލިއްޔަތުގެ ތެރޭގައި ސާމްޕަލް ނަގައިގެން އެހެން
ތަނަކަށް ގެންދިއުމާއި އެހެން ތަނެއްގައި އެތަކެތި ތަޙްލީލު ކުރުމާއި މިކަންކަން ހިމެނިފައި އޮތްކަން ނުވަތަ
ނޫންކަން ހެކިންގެ ބަހުން ޝަރީޢަތަށް ސާބިތުވާންޖެހޭ ކަމާއި،
2011 ވަނަ އަހަރުން ފެށިގެން އެކުލާވާލެވި، ޢަމަލުކުރަމުންދާ، "ދިމާވެދާނެ ބޮމުގެ ހަމަލާއެއްގައި އީ.އޯ.ޑީ
ޓީމު މަސައްކަތްކުރަންޖެހޭގޮތް" މިއުޞޫލާއިމެދު އުފެދިފައިވާ ދެބަސްވުންތައް އެއްފަރާތް ކުރުމަށްފަހު، ލިޔެފައި
އޮތް ޕްރޮސީޖާއެއް ނެތްކަމަށް ބެލިނަމަވެސް، ހުނަރުވެރި މަސައްކަތެއް ކުރާ މީހެއްގެ ކިބައިން
ފެނިގެންދާންޖެހޭނެ އެންމެ ދަށް މިންގަނޑަކީ މިފަދަ ޙާލަތްތަކުން ބަލަންޖެހޭ މިންގަނޑު ކަމާއި، މިގޮތުން،
ވަކި ހުނަރެއް ހުރި މީހެއްގެ ފަރާތުން އެކަމެއްގެ މައްޗަށް ރިޢާޔަތްތެރިކަމާއި ލަޔާޤަތްތެރިކަން ފެންނަން ޖެހޭނީ
ޢާންމު ފަރުދެއްގެ ފަރާތުން އެފަދަ ކަމަކާއި ގުޅިގެން ފެނިގެންދާނެ މިންވަރަށްވުރެ މަތީ މިންވަރެއްގެ
މ 4ތ ﷲ ޚަ0
ކަމެއެކަމަށް
24 2 2
2 02 0 0
ދިވެހިރާއްޖޭގެ
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/356
ރިޢާޔަތްތެރިކަމާއި ލަޔާޤަތްތެރި ކަމެއްކަމާއި، އެފަންނެއްގެ އެންމެ ކުޅަދާނަ މާހިރެއްގެ ފަރާތުން ފެނިގެން
ހިގައިދާނެ މިންވަރަށް އޭނާގެ ކިބައިން ރިޢާޔަތްތެރިކަމާއި ލަޔާޤަތްތެރިކަން ފެންނަން ނުޖެހޭ ކަމާއި، ފަންނީ
މަސައްކަތެއް ކުރާ މީހަކު އެފަންނެއްގައި ދައްކަންޖެހޭ އެންމެ ދަށް ފަންނުވެރިކަމަކީ، ވަކި ދާއިރާއަކުން
ހުނަރުލިބި މަސައްކަތް ކުރާ މީހެއްނަމަ، އެހުނަރެއް ލިބި މަސައްކަތްކުރާ އާދައިގެ މީހެއްގެ ކިބައިން ފެންނާނެ
ރިޢާޔަތްތެރިކަމާއި ލަޔާޤަތްތެރިކަން އެމީހާގެ އެމަސައްކަތުގައި ބެހެއްޓިކަން އެނގެން އޮތުން ކަމާއި، މިގޮތުން
އިސްތިއުނާފް ކުރާ އަޙްމަދު ތިހާމްއަކީ އީ.އޯ.ޑީ ޓީމްގައި މަސައްކަތްކުރައްވާ އެދާއިރާގެ ފަންނުވެރި
ހުނަރުވެރިއެއްކަމަށް ޚުދު އަޙްމަދު ޝިހާމް ޝަރީޢަތުގައި ބުނެފައިވާއިރު، އަޙްމަދު ޝިހާމްގެ ކިބައިން އެންމެ
ކުޑަމިނުން ފެނިގެންދާންޖެހޭނީ މިދާއިރާގެ ހުނަރު ހުރި އާދައިގެ މީހެއްގެ ކިބައިން، އެފަދަ ޙާލަތެއްގައި ޢަމަލު
ކުރާ ގޮތް ކަމާއި، މިގޮތުން، އެއްޗެއް ގޮވައިގެން އުޅޭ ތަނަކަށް އީ.އޯ.ޑީ ޓީމަކުން ގޮސް އެޓީމުން އެންމެ
ފުރަތަމަ ކުރާނެ ކަންކަމުގެ ތެރޭގައި، އެތަނަކުން ޢާންމު މަދަނީން ހުސްކޮށް ރައްކާތެރި ކުރުމުގެ ގޮތުން
ކުރަންޖެހޭ ކަންކަން ކުރުމާއި، އެތަނެއް ކޯޑަންކުރުމާއި އެގޮވީ ކޮންއެއްޗެއްކަން ނޭގޭ ޙާލަތްތަކުގައި، އެފަދަ
Cox
ދެވަނަ އެއްޗެއް އޮތްތޯ ބެލުމުގެ ގޮތުން، ޙަރަކާތްތެރިވާއިރު، އެތަނެއް ބަލާފާސްކުރުމުގެ
ދ ޏ އ 0
264
ގޮތުން ވަންނަންޖެހޭ
އެންމެ މަދު ޢަދަދެއްގެ މީހުން އެތަނަކަށް ވަނުމާއި، މިފަދަ އަސާސީކަންކަން ހިމެނިގެންދާނެކަމާއި ނަމަވެސް
މިދަޢުވާއާއި ގުޅިގެން ހުށަހެޅުނު ލިޔުންތަކާއި ޝަރީޢަތުގެ މަޖިލީހުގައި ހެކިން ދީފައިވާ ބަޔާން ތަކާއި އަދި
އިސްތިއުނާފް ކުރާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ޝަރީޢަތުން ބަލާއިރު އެނގެން އޮތީ، މިހާދިޘާ
ހިންގުމާއި ގުޅިގެން، ފުރަތަމަވެސް ކޮމާންޑް އައީ ހާދިޘާ ހިނގި ލޯންޗުން އެއްވެސް މީހަކު ފޭބުން
މަނާކުރިކަމަށް ބުނާ އަމުރެއް ކަމާއި، ދެވަނަ އަށް އައި އަމުރަކީ އެއްވެސް މީހަކު ލޯންޗަށް އެރުން މަނާ
ކުރުމުގެ އަމުރެއްކަމާއި، އީ.އޯ.ޑީ ޓީމުން ރިޔާސީ ލޯންޗްކޮޅަށް އެރުމަށްފަހުވެސް އެލޯންޗުން މަދަނީން
ހުސްކޮށްފައި ނެތްކަމާއި، އީ.އޯ.ޑީ ޓީމުން ރިޔާސީ ލޯންޗްކޮޅަށް އެރީ އެފަދަ ޙާދިޘާއެއްގައި ދެވަނަ އެއްޗެއް
ކަމަށް ބެލެވޭ ވަގުތައްވުރެއް މާފަހުގެ އްގައި ކަމަށް އިސްތިއުނާފް ކުރާ ފަރާތުން
ބުނެފައިވާއިރު، އެޙާލަތުގައި ތަޙްޤީޤު އިދާރާތަކާއި ނުގުޅި އީ.އޯ.ޑީ ޓީމުން އަމިއްލައަށް ސާމްޕަލް ނަގައި
4 2 2x
/022 ހ
مگر عرب کو ہی
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
އެކެއްގެ
25
2{016/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2x
އަމިއްލައަށް ތަޙްޤީޤު ކުރީ އެކަމުގެ ޤާނޫނީ ޒިންމާއެއް އޮވެގެންނޫންކަން ޚަބީރެއްގެ ގޮތުގައި ހެކިބަސްދިން
ފަރާތުގެ ބަހުންވެސް ސާފުކޮށް އެނގެން އޮތްއިރު، މިޙާލަތުގައި އީ.އޯ.ޑީ ޓީމުން ތަޙްޤީޤު އިދާރާއާއި ނުގުޅި
މަސައްކަތްކުރީ އިސްވެރިން އަންގައިގެންކަމަށް ބުނާ ބުނުމުގެ ފުރިހަމަ ދިފާޢު ޝަރީޢަތަށް ބަޔާން ކޮށްދިނުމަކީ
އެދިފާޢު ނަގާ ފަރާތުގެ ޒިންމާއެއްކަމާއި، އިސްތިއުނާފް ކުރި ފަރާތުން މިޙާދިޘާ އާއި ގުޅިގެން ލޯންޗަށް އަރައި
ސާންޕަލްނަގައި ޓެސްޓުކުރަންގެންދިޔައީ މައްޗަށް ތިބި ވެރިންގެ އަމުރަށްކަމަށް ބުނެ ނެގި ސްޕީރިއަރ އޯޑަރ
(superior order) ދިފާޢު އަޙްމަދު ތިޙާމްގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި ޝަރީޢަތަށް ބަޔާން
ކޮށްދެވިފައި ނުވާކަން އެނގެން އޮތުމުން، މިދަޢުވާއާއި ގުޅިގެން ދަށުންކޯޓުން ދެކިވަޒަން ކުރުމުގައި ގޯހެއް
ހަދާފައި އޮތްކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއްނެތްކަމެވެ.
3.4- ހަތަރުވަނަ ކަމަކީ އަހްމަދު ނިޒާމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު
ޤަޟިއްޔާގައި ޝަފަހީ އަދި ކިތާބީ ހެކި ބަލައިގަތުމާއި، ހުށަހެޅިފައިވާ ހެއްކާމެދު ތަޢުނުކުރުމާއި، ދިފާޢީ
ހެކިން ޙާޟިރުކުރުމުގެ ފުރުޞަތު ލިބިދިނުމުގައިއާއި، ހެކި ވަޒަންކުރުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން
ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
36/SC
-
A/2011 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު
މިޤަޟިއްޔާއާއި ގުޅިގެން، ދައުލަތުން ހުށަހެޅި ހެކި ތަޢުނު ކުރުމުގެ ފުރުޞަތު އިސްތިއުނާފް ކުރާ ފަރާތަށް
ހުށަހެޅި ޚަބީރު ޙާޟިރު ކުރުމަކާއި ނުލައި ޝަރީޢަތުގެ އިސްނެގުމުން ޙާޟިރު ކުރެވުނު ޚަބީރާއިވެސް
ސުވާލުކޮށް ތަޢުނު ކުރުމުގެ ފުރުޞަތު ދެވިފައިވާ ކަމާއި، ދިފާއީ ހެކިންނާއި ދައުލަތުގެ ފަރާތުން އަދި
ދަށުކޯޓުގެ ޝަރީޢަތުގެ ފަރާތުން ބައެއް ލީޑިންގ ސުވާލުތައް ކޮށްފައިވާއިރު، އިސްތިއުނާފް ކުރާ ފަރާތުން
އެކަމަށް އިޢުތިރާޝް ކޮށްފައި ނެތްނަމަވެސް އެފަދަ ސުވާލުތަކާއި ގުޅިގެން ހެކިން ދީފައިވާ ޖަވާބުތައް އުނިކޮށް
މުޅި މައްސަލައިގައި ހެކިވަޒަންކޮށްފައިވާ ގޮތަށް ބަލާއިރު، ޤާނޫނީ އަދި ޝަރުޢީ ހަމައަކާއި ޚިލާފުވެފައިވާކަން
ބަޔާން ކޮށްދެވިފައި ނެތްކަމާއި، މިދަޢުވާގައި ބަޔާންކުރާ ކަންކަން ޝަރީޢަތަށް ސާބިތުވެފައިވަނީ ހެކިންގެއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
26
2{016/HC-A/356
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަހުގެ އިތުރުން އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އިސްތިދުލާލު
މައްޗަށް ބުރަވެކަން އެނގެން އޮންނައިރު، އިސްތިއުނާފުކުރާ ފަރާތުން ދިފާޢުގައި ހުށަހަޅާފައިވަނީ ޚަބަރެއް
ޙާޟިރުކޮށްދިނުމަށްކަމާއި އެފުރުޞަތު ޝަރީޢަތުގެ އިސްނެގުމުގެމަތިން ޙާޟިރު ކުރެވުނު ޤަބީރާއި ސުވާލު
ކުރުމުގެ ފުރުޞަތު ދެވިފައިވާތީ އާއި މިދަޢުވާއާއި ގުޅިގެން، އަޙްމަދު ތިހާމްގެ ފަރާތުން ނަގާފައިވާ ދިފާޢު
މަދަނީ މިންގަނޑަށް ބަޔާން ކޮށްދެވިފައި ނެތުމުން، އަޙްމަދު ތިޙާމްގެ މައްޗަށް ކުށް ސާބިތު ކުރެވިފައިވަނީ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް ފެންނާނީ ކްރިމިނަލް
ކޯޓުގެ ނަންބަރު 2016/Cr-C/230 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެ ތަނެއްނެތްކަމަށް
މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް އެއްބަރ
ބަސްވެވުނެވެ.
ވީމާ، ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު:
2016/Cr
-
C/230 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާތިލު ޙުކުމެއްކަމަށް ކަނޑައަޅަންޖެހޭ ޤާނޫނީ
އެއްވެސް ސަބަބެއް ނެތެވެ.
• ޙުކުމް:
22
0
2
2 2ތ
އެހެންހުރެމުން،
ދެންފަހެ ބަޔާންވެދިޔަ ކަންކަން
ކްރިމިނަލް ކޯޓުގެ ނަންބަރު:
2016/Cr
-
C/230 ޤަޟިއްޔާގެ ޙުކުމުގައި އިސްތިއުނާފުކުރާ އަޙްމަދު ޝިހާމްގެ މައްޗަށް އޮތްބަޔަކީ
ޤާނޫނާއި އެއްގޮތަށް އޮތް ބަޔަކަށް ވާތީ، އެޙުކުމުގެ އެބައި ބާޠިލު ކުރަންޖެހޭ ތަނެއް ނެތްކަމަށް
ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެޤަޟިއްޔާގެ
ޙުކުމުގައި އަޙްމަދު ޝިހާމްގެ މައްޗަށް އޮތްބަޔަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv