ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/125 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/125
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
.
ޤަޟިއްޔާ ނަންބަރު: 125/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ހައިޝަމް ޙުސައިން
އައިޑީ ކާޑު ނަންބަރު: A216116
.ޑީ
ދާއިމީ އެޑްރެސް: ހައިސިންތު މ. މުލި
މިހާރުގެ އެޑްރެސް: ހައިސިންތު މ. މުލި
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 30 މާރިޗް 2015
، ނިމުނު ތާރީޚް: 14 މެއި 2017
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/K5C/06
ނިންމެވިކޯޓް: މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުން
ހުށަހެޅުނުތާރީޚް: 19-02-2014
0
ނިމުނު ތާރީޚް: 18-09-2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/125
ދަޢުވާގެ ޚުލާޞާ
*2
މިއީ، މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2014/K5C/06 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، ހައިސިންތު މުލި މުޙައްމަދު
ހައިޝަމް ޙުސައިން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް) އެވެ.
CCC.
..
.....
0
FA
ފާހަގަކުރެވުނު ނުކުތާތައް:
01- މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2014/K5C/06 ޤަޟިއްޔާއަކީ،
ހައިސިންތު މުލި މުޙައްމަދު ހައިޝަމް ޙުސައިން 2012 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސް
މަތިން
(14 އަހަރު) އާއެކު ޖިންސީ ޢަމަލު ހިންގާފައިވާތީ، ޤާނޫނު
ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާމެދު ޚާއްޞަ އުޞޫލްތަކަށް ޢަމަލުކުރުމުގެ
ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، މުޙައްމަދު ހައިޝަމް
ޙުސައިންގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ކުރުމުން ބައްލަވާފައިވާ
ޤަޟިއްޔާއެއް ކަމާއި؛
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ” ދެންފަހެ، މ.މުލީ| ހައިސިންތު މުޙައްމަދު ހައިޝަމް
ޙުސައިން (ދ.ރ.އ.ކާޑު ނަންބަރު A216116)ގެ މައްޗަށް ދައުލަތުން ކުޑަ ކުޑަކުއްޖަކާއެކު ޖިންސީ
ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން މުޙައްމަދު ޙައިޝަމް ޙުސައިން 2013
އޮގަސްޓް 12 ވަނަ ދުވަހުގެރޭ 12:00 އެހާކަން ހާއިރު ޢުމުރުން 15 އަހަރުނުފުރޭ ކުޑަކުއްޖެއް ގޮވައިގެން
އޮފް މޯލްޑިވްސް މުލީ ބްރާންޗްގެ އެކަމަޑޭޝަން ބްލޮކްގެ ކޮޓަރިއަކު ތެރޭގައި ތިބިކަމުގެ މަޢުލޫމާތު
ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން އެތަނަށްގޮސް އެތާގެ މެނޭޖަރާއެކު އެކޮޓަރިއަށް ވަންއިރު އެކޮޓަރި
ތެރޭގައި ހުރި އެނދެއްގެ މަތީގައި
ބަންޑުން ނިދާހެދުމާއެކު އޮށޯވެގެން އަދި އެނދު
43
ބޭންކް
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/125
ދަށުގައި މުޙައްމަދު ޙައިޝަމް ޙުސައިން ހަމައެކަނި ބޮކްސާއެއް ލައިގެން އޮއްވާ ފެނުނުކަމަށް ޕޮލިސް ލާންސް
ކޯޕްރަލް މޫސާ ރައޫފު ޢަބްދުއްޞަމަދު އާއި ޕޮލިސް ކޯޕްރަލް މުޙައްމަދު ސާމިރު އާއި މ. މުލީ) އުފާވެހި
އިބްރާހިމް ޒާހިރު ބުނެފައިވުމާ، އަދި މީގެ އިތުރުން މުޙައްމަދު ޙައިޝަމް ޙުސައިން
ޖިންސީ ގުނަވަންތަކުގައި އަތްލަން 2013 އޮގަސްޓް 12 ވަނަ ދުވަހުގެރޭ ވެސް މަސައްކަތް ކުރިކަމަށް
ބުނެފައިވުމާ، އަދި މުޙައްމަދު ޙައިޝަމް ޙުސައިންއާއެކު ދެމަފިރިން އިދެގެން ތިބެ
ކުރާކަންތައްތައް "ޖިމާޢުވުން" ފަދަކަންތައްތައް ވެސް ކުރާކަމަށް
ބުނެފައިވުމާއި، މުޙައްމަދު
އައިޝަމް ޙުސައިނާ
ދެމީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުން ކަމަށް
މުޙައްމަދު ހައިޝަމް ޙުސައިންވެސް ބުނެފައިވުމާ،
ނިދާކޮޓަރިއަށް
ބުނެގެން 2013 އޮގަސްޓް 12 ވަނަ ދުވަހުގެރޭ 10 ޖަހާ އެހާކަންހާއިރު މުޙައްމަދު ހައިޝަމް
ޙުސައިން ވަސް ކަމާ، އަދި އެކޮޓަރިއަށް ވަދެ ބޮކްސާ ފިޔަވާ އެހެން ހުރިހާ އަންނައުނު ބޭލިކަމަށް މުޙައްމަދު
އައިޝަމް ޙުސައިން އިޢުތިރާފުވެފާވުމާ، އެހެންނަމަވެސް
ޖިންސީ ގޮތުން ގޯނާ ކުރިކަމަށް
މުޙައްމަދު ޙައިޝަމް ޙުސައިންގެ މައްޗަށް ދައުލަތުން ކުރި ދަޢުވާއަށް ޝަރީޢަތުގެ މަޖިލީހުގަޔާ ތަޙްޤީޤުގައި
އިންކާރުކޮށްފައިވާތީ، ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އަނިޔާ ލިބުނު
ދީފައިވާ
ބަޔާނަކީ އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއް ނެތި ތަޙްޤީޤަށް ދީފައިވާ ބަޔާނެއްކަން ތަޙުޤީޤުކުރި އިރު
އަޑުއެހި މުލަކަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ ސޯޝަލް ވޯކަރ ޢަލީ އަޙްމަދު މަނިކު
އާއި، ޕޮލިސް ކޯޕްރަލް ޙުސައިން އާދަމް (ސ.ނ. 2855) ގެ ބަހުން އެގޭ ކަމާއި، އަދި
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުންވެސް
މުޙައްމަދު ހައިޝަމް ޙުސައިން އެކި ފަހަރު
މަތިން ޖިންސީ ގޯނާކުރާކަމާ، އަދި ދެމަފިރިން އިދެގެން ކުރާކަންތައްތައްވެސް ކުރާކަމަށް ޝަރީޢަތުގެ
މަޖިލީހުގަޔާ ތަޙްޤީޤުގައި
ބުނެފައިވުމާ، އެހާދިސާ ހިގިތާ މާގިނައިރުތަކެއް ނުވަނީސް
މިމައްސަލަ ތަޙްޤީޤުކުރި ފަރާތުގައިވެސް މުޙައްމަދު ހައިޝަމް ޙުސައިން ޖިންސީގޯނާ ކުރާކަމާ، އަދި
ދެމަފިރިން ކުރާ ކަންތައްތައް ކުރާކަމަށް
ބުނެފައިވުމާ، އަދި
މެދު
ޖިންސީ ޢަމަލު ހިންގުމުން މީނާ މުލަކަތޮޅު ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުން ބަލައި 2013
ސެޕްޓެމްބަރ 01 ގައި ތައްޔާރުކޮށްފައިވާ ރިޕޯޓުގައި މުޙައްމަދު ޙައިޝަމް ޙުސައިން
Ococ
R
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/125
ގަދަކަމުން ނުވަތަ މަޖުބޫރުން ޖިންސީ ޢަމަލު ހިންގާފައިވާކަމަށް ބުނެފައިވުމާ، އަދި އެސެންޓަރުގައި މީނާ
ހޭދަކުރި ވަގުތުތަކުގައި މީނާގެ ފަރާތުން ފެނިފައިވާ ސިފަތަކުން
ކިޔެވުމަށާ ނަފުސަށާ،
ޞިއްޙަތަށް އަޚްލާޤަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ބުނެވިދިޔަ ރިޕޯޓުގައި ބަޔާންކޮށްފައިވުމާ، އަދި
ގެ މެޑިކޯ ލީގަލް ރިކޯޑުންވެސް
އެލުންލިބިފައިވާކަން އެނގެން އޮތުމާ، އަދި
މީގެ އިތުރުން ތަޙްޤީޤު ކުރި ފަރާތުގެ ބަޔާނުންވެސް
ޖިންސީ ގޮތުން ގޯނާކޮށްފައިވާ
ކަމުގައި ބުނެފައިވުމާއި، ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމާއި، ލެޑިކޯ ލީގަލް ރިކޯޑާއި ފެމެލީ އެންޑް
ޗިލްޑްރަން ސަރވިސް ސެންޓަރުގެ ކުއްޖާއާ ބެހޭ ރިޕޯޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ފެންނަ
ގޮތުގެ ރިޕޯޓާއި ޙާދިސާ ހިނގިތަނަށް ދިޔަ ފުލުހުން ނަގާފައިވާ ވީޑިއޯ އިން ފެންނަ މަންޒަރުތަކާ ގުޅުން ހުރި
ކަމަށް ފެންނާތީއާ ޙާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހެކިބަހާއި ފުލުހުން ނަގާފައިވާ ވީޑިއޯއިން ފެންނަ
މަންޒަރުތަކާ ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ހެކިބަސް ދިމާވާތީ ބުނެވިދިޔަ ކަންތައްތަކުގެ މައްޗަށް
ބިނާކޮށް ކުޑަކުއްޖަކާ އެކު ޖިންސީ ޢަމަލެއް ހިންގާފައިވާކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި
ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެފައިވާތީ، ޤާނޫނު ނަންބަރު 12/2009
(ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލްތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 03 ވަނަ
މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން މ.މުލި| ހައިސިންތު މުޙައްމަދު ހައިޝަމް ޙުސައިން
ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މިކުރި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 03 ވަނަ މާއްދާގެ
(ނ) ގެ ދަށުން މ. މުލި ހައިސިންތު މުޙައްމަދު އައިޝަމް ޙުސައިން 10 (ދިހައެއް) އަހަރު ދުވަހުގެ
މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.؟ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
CCCXO
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު
2014/K5C/06 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުސޫލު ތަކާ ޚިލާފަށް ކަމަށްބުނެ، މުޙައްމަދު ހައިޝަމް ޙުސައިންގެ ފަރާތުން އެޤަޟިއްޔާ
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/125
CCC
އިސްތިއުނާފު ކުރުމަށް 02 (ދޭއް) ނުކުތާ ފާހަގަކޮށް އެނުކުތާތަ
ކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ:
މުޙައްމަދު ހައިޝަމް ޙުސައިންއާ ދެމެދު ޖިންސީ އެއްވެސް
ޢަމަލެއް ހިނގާފައިވާކަން ސާބިތުވާނެ އެއްވެސް ނުކުތާއެއް ހުށަހަޅާފައިނުވާއިރު، ޤާނޫނު ނަންބަރު 12/2009
(ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާމެދު ޚާއްޞަ އުޞޫލްތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 03 ވަނަ
މާއްދާގެ ދަށުން ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގިކަން ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: މެޑިކޯ ލީގަލް ރިޕޯޓްތަކުގައި ޖިންސީ ގޯނާ ކޮށްފައިވާކަމަށް ދަލާލަތުކުރާ ހަރުދަނާ
ސަބަބެއް ނެތްއިރު، އެއީ ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާމެދު
ޚާއްޞަ އުޞޫލްތަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގައި ބަޔާންކުރާފަދަ ހެއްކެއް ކަމުގައި
ބައްލަވައި މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- މިމައްސަލައާ ގުޅިގެން މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު
2014/K5C/06 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މުޙައްމަދު ހައިޝަމް ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލައިގައި
ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެވިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) މ. މުލި| ހައިސިންތު މުޙައްމަދު ހައިޝަމް ޙުސައިން 2012 ވަނަ އަހަރުން ފެށިގެން
ތަފާތު އެކި ދުވަސް މަތިން
(14 އަހަރު) އާއެކު ޖިންސީ ޢަމަލު
ހިންގާފައިވާކަން ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ
މީހުންނާމެދު ޚާއްޞަ އުޞޫލްތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ
އެމާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ހައިޝަމް ޙުސައިން ކުށްވެރިވެއްޖެކަމަށް ކަނޑައަޅުއްވައި އެކުށުގެ
ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 03 ވަނަ މާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ޙައިޝަމް ޙުސައިން
ޖެހިރާއްޖޭގެ
ޝާއި*
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
+ކަމާ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/125
CCCX
10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު
2014/K5C/06 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަން އެގެން އޮވެއެވެ.
(ހ) ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުޞޫލްތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ހ) ގައި މީހަކު، ކުޑަކުއްޖެއްގެ
ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލައިފިކަމަށްވާނަމަ، އެކުރަނީ ކުށެއް ކަމަށް
ބަޔާންކޮށްފައިވާކަމާއި،
މިމައްސަލައާ ގުޅިގެން ދައުލަތުގެ ދަޢުވާ ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާފައިވާ ހެކިތަކަށް
ބަލާއިރު، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާމެދު ޚާއްޞަ އުޞޫލްތަކަށް
ޢަމަލުކުރުމުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖިންސީ ޢަމަލެއް ހިންގައިފިކަން އަންގައިދޭ
ރަސްމީ ލިޔުމެއްގެ ގޮތުގައި މެޑިކޯ ލީގަލް ރިކޯޑާއި، އެމާއްދާގެ (ނ) ގެ ދަށުން ލޮލަށް ފެނުނު މީހުންގެ
ގޮތުގައި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، (ދ) ގެ ދަށުން ވީޑިއޯ ރެކޯޑްތަކުން ލިބޭ ހެކީގެ ގޮތުން އަނިޔާ
ލިބުނު ކުއްޖާގެ އިންޓަވިއު ރެކޯޑިނގް އާއި (ށ) ގެ ދަށުން މުލަކަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް
ސެންޓަރގެ ފަރާތުން ސޯޝަލް ސަރވިސްގެ މީހުންނަށް ކިޔައިދީފައިވާ ކިޔައިދިނުމާއި (ށ) ގެ ދަށުން ކަންވީ
ގޮތް ނުވަތަ ހިނގާދިޔަ
އަނިޔާލިބުނު ކުއްޖާ ކިޔައިދީފައިވާ ބަޔާން ހުށަހަޅާފައިވާކަން އެނގެން
އފއވ.
(ނ) މިމައްސަލައާ ގުޅިގެން ދައުލަތުގެ ދަޢުވާ ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާފައިވާ
ހެކިތަކުގެ ތެރެއިން މުލަކަތޮޅު މަޑުއްވަރީ
މަރުކަޒުގެ ނަންބަރު
2013
/
01/MLC No
:
K9
-
HC (22 އޯގަސްޓް 2013) މެޑިކޯ ލީގަލް ރިކޯޑަށް ބަލާއިރު، އެރިކޯޑުގެ
”ލިބިފައިވާ އަނިޔާގެ ބާވަތް“ ގެ ސުރުޚީގެ ދަށުގައި، ކުރިމަތި ފަރާތުގެ ތުންފަތުގެ ކުރިން 5 މިލިމީޓަރުހާ
ތަންކޮޅެ މަށައިގެން ގޮސްފައި ހުރިކަމާއި އެތަނުގައި އަތްލުމުން ތަދުވާކަން ފާހަގަކުރެވުނު ކަމަށާއި، ކުއްޖާގެ
އެއްބާރުލުން ނުލިބުމުން ފަރުޖުގެ އެތެރެ އެންމެ ބޭނުންވާ ގޮތަށް އެގްޒޭމް ކުރެވޭ ގޮތް ނުވިކަމަށް
ބަޔާންކޮށްފައިވާއިރު، ކުއްޖާގެ ކުރިމަތިފަރާތުން ފެނިފައިވާ މަށައިގެން ދިއުން އެއީ ކައިވެނި ނުކޮށް އުޅޭ 15
އަހަރުގެ އަންހެން ކުއްޖެއްގެ ގައިން ޢާންމުކޮށް ނުފެންނަ ކަމެއް ކަމަށާއި، އެމަށައިގެން ދިއުމަކީ ނޯމަލް
4 |
OCO
COCO
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/125
55ތ224 4
ބަންޑުން ނިދާހެދުމާއެކު
OX
4
ކަމެއް ނޫންކަމަށް ”ޚިޔާލު އަދި ފާހަގަކުރެވޭ އެހެނިހެން ކަންތައްތައް“ ގެ ދަށުގައި ބަޔާންކޮށްފައިވުމުގެ
އިތުރުން، ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ”ލަފާކުރެވޭ ބަލި“ ގެ ގޮތުގައި ބަޔާންކޮށްފައިވާ
ކަން އެނގެން އޮންނަކަމާއި،
މިމައްސަލައިގައި ސީނަށް ދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ލާންސް ކޯޕްރަލް މޫސާ
ރައޫފު ޢަބްދުއް ސަމަދު އާއި ޕޮލިސް ކޯޕްރަލް މުޙައްމަދު ސާމިރުގެ ބަހަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސް
މުލީ ބްރާންޗްގެ އެކަމަޑޭޝަން ބްލޮކްގެ ކޮޓަރި ތެރޭގައި ހުރި އެނދެއްގެ މަތީގައި
ގެން އޮތްކަމާއި އެނދު ދަށުގައި މުޙައްމަދު އައިޝަމް ޙުސައިން ހަމައެކަނި
ބޮކްސާއެއް ލައިގެން އޮއްވާ ފެނިފައިވާކަން އެނގެން އޮންނައިރު،
ނިދާކޮޓަރިއަށް
ބުނެގެން 2013 އޮގަސްޓް 12 ވަނަ ދުވަހުގެރޭ 10 ޖަހާ އެހާކަންހާއިރު މުޙައްމަދު ހައިޝަމް
ޙުސައިން ވަތް ކަމަށާއި އެކޮޓަރިއަށް ވަދެ ބޮކްސާ ފިޔަވާ އެހެން ހުރިހާ އަންނައުނު ބޭލިކަމަށް މުޙައްމަދު
އައިޝަމް ޙުސައިން އިޢުތިރާފުވެފައިވާކަން އެނގެން އޮންނަކަމާއި،
ދީފައިވާ ބަޔާނުގައި
މުޙައްމަދު ހައިޝަމް ޙުސައިން އެކި
ފަހަރު މަތިން ޖިންސީ ގޯނާކުރާކަމާއި، ދެމަފިރިން އިދެގެން ކުރާކަންތަ
އެވެސް
ބުނެފައިވާކަމާއި އެހާދިސާ ހިގިތާ މާގިނައިރުތަކެއް ނުވަނީސް މިމައްސަލަ ތަޙްޤީޤުކުރި ފަރާތުގައި
މުޙައްމަދު ހައިޝަމް ޙުސައިން ޖިންސީގޯނާ ކުރާކަމަށާއި ދެމަފިރިން ކުރާ ކަންތައްތައް
ބުނެފައިވާކަން އެނގެން އޮންނަކަމާއި،
މެދު ޖިންސީ ޢަމަލު ހިންގުމުން
މުލަކަތޮޅު ފެމެލީ
އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުން ބަލައި 2013 ސެޕްޓެމްބަރ 01 ގައި ތައްޔާރުކޮށްފައިވާ
ރިޕޯޓުގައި މުޙައްމަދު ހައިޝަމް ޙުސައިން
ގަދަކަމުން ނުވަތަ މަޖުބޫރުން ޖިންސީ ޢަމަލު
ހިންގާފައިވާކަމަށް ބުނެފައިވާކަމާއި އެސެންޓަރުގައި
ހޭދަކުރި ވަގުތުތަކުގައި
ފަރާތުން ފެނިފައިވާ ސިފަތަކުން
ކިޔެވުމަށާއި ނަފުސަށާއި، ޞިއްޙަތަށާއި
އަޚްލާޤަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ބުނެވިދިޔަ ރިޕޯޓުގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
.ދ 2 ހއ ހ2 24
ކިނތއތައެވެ-
ދމއ
ކުރާކަމަށް
3
2 ހދه
ކކމަށް
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/125
ސ3
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު،
ނިދާކޮޓަރިއަށް 2013
އޮގަސްޓް 12 ވަނަ ދުވަހުގެރޭ 10 ޖަހާ އެހާކަންހާއިރު މުޙައްމަދު ހައިޝަމް ޙުސައިން ވަސް ކަމާއި
އެކޮޓަރިއަށް ވަދެ ބޮކްސާ ފިޔަވާ އެހެން ހުރިހާ އަންނައުނު ބޭލިކަން މުޙައްމަދު އައިޝަމް ޙުސައިންގެ
އިޢުތިރާފުން އެނގެން އޮންނަކަމާއި،
ގެ ޖިންސީ ގުނަވަނަށް ގެއްލުންލިބިފައިވާކަން
މެޑިކޯ ލީގަލް ރިކޯޑުން އެނގެން އޮންނަކަމާއި، ށް ޖިންސީ ގޯނާ ކުރިކަމަށް
ކިއްޖާ ބުނެފައިވާކަމާއި، ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ނުވަނީސް ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް
ސެންޓަރަށް ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމާއި، ޙާދިސާ ހިނގިތަނަށް ދިޔަ ފުލުހުން ނަގާފައިވާ ވީޑިއޯ އިން
ފެންނަ މަންޒަރުތަކާއި ޙާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހެކިބަހާއި ފުލުހުން ނަގާފައިވާ ވީޑިއޯއިން ފެންނަ
ލިބޭ ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ބިނާކޮށް ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް
ހިންގާފައިވާކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް
މުޙައްމަދު ޙައިޝަމް ޙުސައިންގެ މައްޗަށް ޝަރީޢަތަށް ސާބިތުވާކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
نے میانس
8
36
3
ކަންކަން ބަޔާންކުވެ
ދެންފަހެ، އިސްވެ
ބަޔާންކުރެވުނު ގޮތުގެ މަތީން ހުރުމުން، މުލަކަތޮޅު މުލީ
މެޖިސްޓްރޭޓް ކޯޓްގެ
ނަންބަރު 2014/K5C/06 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް އޮތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައިނުވާތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލުގެނެވެން ނެތްކަމަށް މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
i:
ވިރާއް*
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ