ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/321 ޤަޟިއްޔާގެ ޙުކުމް
1
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A/k
އްޖޭ
ދިވެހިރާއްޖޭގެހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 321/HC
-
A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އަޙްމަދު ފަޔާޟް ޢަލީ ރިޝާ
* އައިޑީ ކާޑު ނަންބަރު: A059426
* ދާއިމީ އެޑްރެސް: މއ.ކުރިކީލަގެ މާލެ
* މިހާރުގެ އެޑްރެސް: މއ.ކުރިކީލަގެ މާލެ
• އިސްތިއުނާފު ރައްދުވާ ފަރާތްތައް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރޭޝަން ނަންބަރު:-
މިހާރުގެ އެޑްރެސް: ހ. ވެލާނާގެ / ކ.މާލެ
ދާއިމީ އެޑްރެސް: ހ.
ހ. ވެލާނާގެ / ކ.މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް:27 ޞަފަރު 1438 ނިމުނު ތާރީޚް: 20 ޛުލްޤައިދާ 1440
27 ނޮވެމްބަރު 2016
23 ޖުލައި 2019
އިސްތިއުނާފް ކުރެވުނު ޤާޟިއްޔާ ނަންބަރު: 2016/Cr
-
C/228
• ނިންމެވި ކޯޓު ކުރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުން
، ހުށަހެޅި ތާރީޚް: 15 މާރިޗު 2016
ނިމުނު ތާރީޚް: 19 ޖޫން 2016
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖިލިސް
އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން ފަނޑިޔާރު ޙަސަން ޢަލީ ފަނޑިޔާރު މުޙައްމަދު ނިޔާޒް
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2016;Cr
-
C;228 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މއ. ކުރިކީލަގެ 1
އަޙްމަދު ފަޔާޝް ޢަލީ ރިޝާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ޤިޤާޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ކުރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/228 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، މާލެ / މއ.ކުރިކީލަގެ އަޙްމަދު ފަޔާޟް ޢަލީ ރިޝާގެ މައްޗަށް ހުށަހަޅާފައިވާ ޤާނޫނު
ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ ދަޢުވާކަމާއި،
މިދަޢުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލް ޕަބްލިކް ޕްރޮސިކިއުޓަރ އާދަމް އާރިފް ބުނެފައިވަނީ،
އަޙްމަދު ފަޔާޟް ޢަލީ ރިޝާ 28 ސެޕްޓެމްބަރ 2015 ވަނަ ދުވަހުގެ 08:00 ހާއިރު، ރިޔާސީ ލޯންޗުކޮޅު
ފިނިފެންމާ" މާލޭގެ ޢިއްޒުއްދީން ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި، ލޯންޗުކޮޅުން
ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ، ލޯންޗުކޮޅަށް ގެއްލުންވި ޙާދިޘާ ތަޙްޤީޤުކުރުމުގެ ގޮތުން ސީނަށް ދިޔަ
ފުލުހުންނަށް ލޯންޗުކޮޅަށް އެރުން މަނާކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅާފައިވާތީ، ޤާނޫނު ނަންބަރު
7/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 532 ވަނަ މާއްދާގެ (ހ) އާއި، ޙަވާލާދީ، އެމާއްދާގެ (ނ) ގެ
ދަށުން އަޙްމަދު ފަޔާޟް ޢަލީ ރިޝާގެ މައްޗަށް ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި
ހ2 22
22
2
ހުރަސްއެ
- އމީމުގެ ކުށުގެ ދަޢުވާކުރައްވާ
ސްއެޅުމުގެ
ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/321
އެޤަޟިއްޔާގައި ކުރިމިނަލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، ދައުލަތުން މާލެ 1
މއ.ކުރިކީލަގެ އަޙްމަދު ފަޔާޝް ޢަލީ ރިޝާގެ މައްޗަށް ކުޅަ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް
ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، އަޙްމަދު ފަޔާޝް ޢަލީ ރިޝާ، 28
ސެޕްޓެމްބަރ 2015 ވަނަ ދުވަހުގެ 08:00 ހާއިރު، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" މާލޭގެ ޢިއްޒުއްދީން
ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި، ލޯންޗުކޮޅުން ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ،
ލޯންޗުކޮޅަށް ގެއްލުންވި ހާދިޘާ ތަޙްޤީޤުކުރުމުގެ ގޮތުން ސީނަށް ދިޔަ ފުލުހުންނަށް ލޯންޗުކޮޅަށް އެރުން މަނާކޮށް
ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅާފައިވާކަން، މީނާ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންނާއި،
ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާހިނދު، އަޙްމަދު ފަޔާޝް
ޢަލީ ރިޝާ އެކަން ކޮށްފައިވަނީ މީނާގެ މައްޗަށް ތިބި ވެރިން އަންގައިގެންކަމަށް ބުނެފައިވީނަމަވެސް، މިކަން
މީނާއަށް ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
ގެ 532 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ
މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުން މާވެ! މއ.ކުރިކީލަގެ އަޙްމަދު ފަޔާޝް ޢަލީ ރިޝާ
ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 7/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލް ޢުޤޫބާތު) ގެ 532 ވަނަ މާއްދާގެ (ހ) އާއި، މިމާއްދާގެ (ނ) އާއި، 1102 ވަނަ މާއްދާގެ (ހ) ގެ
(1) ވަނަ ނަންބަރުގެ (ii) އާއި މިމާއްދާގެ (ށ) އާއި، 1104 ވަނަ މާއްދާގެ (ނ) އާއި، 1006 ވަނަ މާއްދާގެ
(ނ) ގެ (2) ވަނަ ނަންބަރާއި، ހަވާލާދީ، މިޤާނޫނުގެ 1002 ވަނަ މާއްދާގެ ދަށުން އަޙްމަދު ފަޔާޝް ޢަލީ
ރިޝާ، 3 މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މިޤަޟިއްޔާ ބެލި ޤާޟީންގެ މަޖިލީހުގެ އިއްތިފާގުން
ކަނޑައަޅާ މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންކަން އެ ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/321
-02
އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން ކުރިމިނަލް ކޯޓުގެ ނަންބަރު2016/Cr
-
C/228
ޤަޟިއްޔާގައި ޙުކުމްކުރެއްވުމާއި ގުޅިގެން .
ކުރިކީލަގެ | އަޙްމަދު ފަޔާޝް ޢަލީ ރިޝާގެ ފަރާތުން އެމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަމުން 05 (ފަހެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
(ހ) ފުރަތަމަ ނުކުތާއަކީ، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާއިރު، ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލު
ފުރިހަމަވު
އަވުމަށް ބޭނުންވާ އުންސުރުތައް ފުރިހަމަނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ދެވަނަ ނުކުތާއަކީ، ފުލުހުން ލޯންޗަށް އެރުން މަނާކުރުމާއި ގުޅިގެން ޗީފް އޮފް ޑިފެންސް
ފޯސްއާ ޑިފެންސް މިނިސްޓަރަށް އެ ޝަކުވާ ހުށަހެޅިކަމަށާއި، އަޙްމަދު ފަޔާޝް ޢަލީ ރިޝާ އަންގަވާ ގޮތެއްގެ
މަތީން ކުރިއަށް ގެންދިއުމަށް އެބޭފުޅުން އިރުޝާދު ދެއްވާފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާތީ، އަޙްމަދު
ފަޔާޝް ޢަލީ ރިޝާ ޢަމަލުކޮށްފައިވަނީ ސިފައިންގެ އިސްވެރިންގެ އަމުރާ އެއްގޮތަށްކަން ސާބިތުވާއިރު
ޤާނޫނުލްޢުޤޫބާތުގެ 42 ވަނަ މާއްދާގެ (ހ) ދަށުން ހުއްދަ ޢަމަލެއް ކުރުމުގެ ދިފާޢު ލިބިގެންނުވާކަމަ
ކަނޑައަޅުއްވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ، ފުލުހުން ލޯންޗަށް އެރުން އެއްވެސް ޙާލެއްގައި މަނާކޮށްފައިނުވާކަމާއި،
ލޯންޗް ސެކިއުރިޓީ ޗެކް ނިމެންދެން އެއްވެސް ބަޔަކު ލޯންޗަށް އެރުން މަޑުޖައްސާލެވިފައި އޮތީކަން ހެކިންގެ
ހެކިބަހުން ހާމަވާއިރު، ފުލުހުންގެ ސަލާމަތަށްޓަކައި އެޅި ފިޔަވަޅަކީ ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ކުށުގެ ޢަމަލުކަމުގައި ކަނޑައަޅުއްވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/321
(ށ) ހަތަރުވަނަ ނުކުތާއަކީ، އަދަބު ކަނޑައެޅުމުގައި ޤާނޫނުލްޢުޤޫބާތުގެ 1104 ވަނަ މާއްދާގެ
(ރ) ގެ (3) އާއި، ޤާނޫނުލްޢުޤޫބާތުގެ 1108 ވަނަ މާއްދާގެ (ށ) އާއި، 1109 ވަނަ މާއްދާއަށް
ރިޢާޔަތްކުރައްވާފަނުވާކަމަށް ބުނެ ހުށަހެޅި
22 / 22
ދެކެއެވެ"
(ބ) ފަސްވަނަ ނުކުތާއަކީ، އަޙްމަދު ފަޔާޟް ޢަލީ ރިޝާގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހެޅުނު
ޤަޟިއްޔާގައި ޝަފަހީ އަދި ކިތާބީ ހެކި ބަލައިގަތުމާއި، ހުށަހެޅިފައިވާ ހެއްކާމެދު ތަޢުނުކުރުމާއި، ދިފާޢީ ހެކިން
ޙާޟިރުކުރުމުގެ ފުރުޞަތު ލިބިދިނުމުގައިއާއި، ހެކި ވަޒަންކުރުމުގައި ކުރިމިނަލް ކޯޓުގެ ފަނޑިޔާރުން
ޢަމަލުކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
36/SC
-
A/2011 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ
19
03- ކުރިމިނަލް ކޯޓުގެ ނަންބަރު 2016/Cr-C/228 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ކުރިކީލަގެ | އަޙްމަދު ފަޔާޟް ޢަލީ ރިޝާގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، މިމައްސަލަ ނމިންމަށް ފެންނަ ގޮތާމެދު މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ދެ ރަޢުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވެއެވެ. މިގޮތުން؛
އަޤައްވިޔާ ރަޢުޔު (ފަނޑިޔާރު މުޙައްމަދު ނިޔާޒު) އާއި އެރަޢުޔު ބިނާކުރެވިފައިވާ އަސާސްތައް؛
(ހ) ފުރަތަމަ ކަމަކީ، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް
ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާއިރު، ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލު
ފުރިހަމަވުމަށް ބޭނުންވާ އުންސުރުތައް ފުރިހަމަނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު، މިދަޢުވާއަކީ ޤާނޫނު
ނަންބަރު:9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 532ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ)ގެ
ދަށުން ކޮށްފައިވާ ދަޢުވާއެއް ކަމާއި، މިދަޢުވާގައި ބަޔާން ކުރާ ކުށް ކަނޑައަޅާފައިވަނީ، ޔޫނާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަންބަރު:9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 532ވަނަ މާއްދާގެ (ހ) ގައި ކަމާއި، އެއަކުރުގައި
އޮންނަނީ؛
އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ އެކުރަނީ ކުށެކެވެ.
(1) މިމާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކު، ރަސްމީ ހައިސިއްޔަތުން ކުރުން
ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން، ނުވަތަ އެކަމަށް ހުރަސްއެޅުން ނުވަތަ އެކަމެއް
ކުރިއަނުދިނުން؛ އަދި
(2)
އެއީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްކަން ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް
ބަލަހައްޓާ މުވައްޒަފެއްކަން އޭނާއަށް އެނގުން.
0 3
2c22
މިފަދައިން ކަމާއި، މިކުށުގެ ޢަމަލު (actus reus) ތިން ގޮތަކަށް ކުރެވިދާނެކަން އެގެން އޮންނަކަމާއި އެއީ
ހުއްޓުވުން، ހުރަސް އެޅުން އަދި ކުރިއަނުދިނުން ކަމާއި، މިކުށުގެ ނިޔަތް (mens rea) އަކީ، ބަޔާންވެދިޔަ
ކަމަކުން ކަމެއް ގަސްދުގައި (intentionaly) ކުރުން ކަމާއި، އަދި މިކުށުގެ ތުހުމަތު ކުރެވޭ
ފަރާތުން ކުރާ ޢަމަލު ގަސްދުގައި ކުރިކަން ސާބިތުވިނަމަވެސް، މިމާއްދާގެ ދަށުން އޭނާ ކުށްކުރިކަމަށް ބެލެވޭނީ،
(2)ވަނަ ނަންބަރުގައި ބަޔާން ކުރާ ގޮތަށް ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ހުއްޓުވެނީ،
ނުވަތަ ހުރަސްއެޅޭނީ، ނުވަތަ ކުރިއަނުދެވެނީ، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއް ނުވަތަ މީހުން ބަންދުގައި
ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފެއް ކަން މުއްތަހަމަށް އެނގިފައި އޮވެގެންކަން އެގެން އޮންނަކަމާއި،
ހުށަހެޅިފައިވާ ދަޢުވާއާ ގުޅިގެން ހުށަހެޅުނު ލިޔުންތަކާއި ހެކިބަސް ދީފައިވާ ހެކިންގެ ބަހުންނާއި އަދި އަޙްމަދު
ފަޔާޝް ޢަލީ ރިޝާގެ ބަހުން، އެގެން އޮތް ގޮތުގައި، 28 ސެޕްޓެމްބަރ 2015 ވަނަ ދުވަހު 08:00
އެހާކަށްހާއިރު، ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" މާލޭގެ ޢިއްޒުއްދީން ފާލަމާ ގާތްކުރިވަގުތު ލޯންޗް ކޮޅުގެ
ތެރެއިން އެއް
އެއްޗެއް ގޮވައި، ހިނގި ޙާދިޘާ ތަހުޤީޤު ކުރުމަށްޓަކައި ފުލުހުން އެލޯންޗްކޮޅަށް އަރަން ދިޔުމުން،
އެލޯންޗް ކޮޅަށް ފުލުހުން އެރުން ހުއްޓުވިކަން ސާފުކޮށް އެގެން އޮންނަކަމާއި، އަދި އަޙްމަދު ފަޔާޟް ޢަލީ ރިޟާ
އެކަން ކޮށްފައިވަނީ ގަސްދުގައި ކަމާއި، ކުށުގެ ނިޔަތަކީ، ކުށުގެ ޢަމަލާއި ޚިލާފަށް ފޮރުވިފައިވާ އެއްޗެއްކަމާއި،
މުއްތަހަމުގެ އިޢުތިރާފް ނުލިބޭނަމަ، ކުށުގެ ނިޔަތް ދެނެގަތުމުގެ ގޮތުން ބަލަންޖެހޭނީ، ކުށުގެ ޢަމަލު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބާރުގެ ބޭނުޓީރި8 2 ބ
ބޭނުންކޮށްގން
އިންސްޕެކްޓަރ އަޙްމަދު ޢަޒުމަތު ޢަބްދުﷲއަކީ ޤާނޫނު ތަންފީޛު ކުރާ މުވައްޒަފެއްކަން އަޙްމަދު ފަޔާޟް ޢަމީޖްގެ ހައިކޯޓު
ވަގުތު ނުވަތަ އެޢަމަލު ހިންގުމުގެ ކުރިން ނުވަތަ އޭގެ ފަހުން މުއްތަހަމުގެ ބޭރުފުށުން ފެންނާންހުރި ޢަމަލުތަކުގެ
މައްޗަށް ކަމާއި، މިގޮތުން، އޭނާ ކުރާ ޢަމަލަކީ އެޒާތުގެ ނުވަތަ އެބާވަތުގެ ޢަމަލެއްކަން އޭނާއަށް އެގޭނަމަ، އެއީ
އެނގިހުރެ ނުވަތަ ގަސްދުގައި ކުރާ ކަމެއްކަމަށް ބަލަންޖެހޭކަމާއި، އެޢަމަލުގެ ނަތީޖާއާ ގުޅޭ ގޮތުން ބަލާއިރު،
އެނަތީޖާއެއް ޙާޞިލު ކުރުމުގެ އެދުމުގައި އެކަން ކުރިނަމަ، އެއީވެސް ގަސްދުގައި ކުރި ކަމެއްކަމަށް ބެލެވޭނެ
ކަމާއި، އަޙްމަދު ފަޔާޝް ޢަލީ ރިޝާ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި"..ފުލުހުންނަކީ ގޭގައި
އަންހެނުންނާއި، ފިރިހެނުން ތިއްބައި ދޮރު ވައްޓާލާފައި ވަންނަ ބައެއްކަމަށާއި، މީނާ ވައްޓާލާފައި ނޭރީ
ހިނެއްވެގެންތޯ ސުވާލުއުފެދޭ ކަމަށާއި." މިހެން ބުނެފައިވާ ބުނުމުން، އަޙްމަދު ފަޔާޝް ޢަލީ ރިޝާއާ ދެކޮޅަށް
ރިޔާސީ ލޯންޗަށް ކޮޅަށް ފުލުންނަށް އެރުނީސްކަން އަޙްމަދު ފަޔާޟް ޢަލީ ރިސާގެ ބަހުން
އެގެން އޮތްއިރު، ފުލުހުން ރިޔާސީ ލޯންޗްކޮޅަށް އެވަގުތު އެރުން އަޙްމަދު ފަޔާޟް ޢަލީ ރިޝާގެ ފަރާތުން
ހުރަހެއް ނެތްނަމަ، ބާރުގެ ބޭނުން ކުރަންޖެހޭފަދަ މޭރުމަކުން ވާހަކަ ދައްކަންޖެހޭ
އަޙްމަދު ފަޔާޟް ޢަލީ ރިޝާ އެކަން ހުއްޓުވާފައި އޮތުމުގެ ސަބަބުން، ފުލުހުންނަށް ރިޔާސީ
ލޯންޗްކޮޅަށް އަރަން ބޭނުންވި ވަގުތު އެލޯންޗް ކޮޅަށް އެރިފައި ނުވާކަން އެގެން އޮތުމުން، ޤާނޫނު
ނަންބަރު:7/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 532 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށުގެ
ދެރުކުން ކަމުގައިވާ ކުށުގެ ޢަމަލުގެ ރުކުނާއި ނިޔަތުގެ ރުކުން ސާފުކޮށް ސާބިތުވާން އޮންނަކަމާއި، ހަމަ އެއާއެކު،
ފުލުހުންގެ ފަރާތުން، ރިޔާސީ ލޯންޗްކޮޅަށް އެވަގުތު އެރުމަށް ބޭނުންވެގެން އެދިފައިވަނީ، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ޢަޒުމަތު ޢަބްދުﷲކަން އަޙްމަދު ފަޔާޝް ޢަލީ ރިޝާއަށް
އެގޭކަން އަޙްމަދު ފަޔާޝް ޢަލީ ރިޝާ ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެގެން އޮންނަކަމާއި، މިގޮތުން
އަޙްމަދު ފަޔާޝް ޢަލީ ރިޝާ ޝަރީޢަތުގައި "...އަޅުގަނޑަށް އެންގީ ސިފައިން އަރާ ޗެކުކުރުމަށްފަހުގައި،
ފުލުހުން އަރާނީ. އެހެންވީމާ އަޅުގަނޑު އެގޮތަށް ދެންނެވިން. އަޅުގަނޑަށް ހީވަނީ އޭނާއަށް ކިޔަނީ އަޒުމަތުހެން.
އޭނާ ހުރި ފާލަންމަތީގައި..." މިފަދައިން އޮތް އޮތުމުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސްޓޭޝަން
ސަބަބެއް ނެތްކަމާއި،
.0 2 22/
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0 0
<< O
ރިޝާއަށް އެގިފައިވާކަން އެގެން އޮންނަކަމާއި، ޤާނޫނު ނަންބަރު:9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ
532ވަނަ މާއްދާގެ (ހ)ގެ (2)ވަނަ ނަންބަރުގައި ބަޔާން ކުރާ ޝަރުޠު ފުރިހަމަވެފައިވާކަން އެގެން އޮންނަކަމާއި،
މިގޮތުން
ތުން، އަޙްމަދު ޢަޒުމަތު ޢަބްދުﷲ ޝަރީޢަތުގައި ދިން ހެކިބަހުގައި؟
މީނާ އެތަނަށް ގޮސް ލޯންޗްގައި ހުރި އަލީ ފާރޫޤުގެ ކައިރީގައި ލޯންޗްގައި ކަމެއް ހިގައިގެން
އުޅޭތީ އެކަން ބަލަންވެގެން ލޯންޗަށް އަރަން ބޭނުންކަމަށް ބުނިކަމަށާއި އެހެން ބުނުމުން، ޢަލީ
ފާރޫޤް ބުނެފައިވަނީ
ފެޗަށް އަރަން އަޙްމަދު ފަޔާޝް އަލީ ރިޟާ (ޕާޕާ ސަރ)ގެ
ހުއްދައެއްނެތްކަމަށާއި، އޭރު ޕާޕާ ސަރ ޖެޓީ މަތީގައި ހުރިކަމަށާއި ދެން މީނާ ޕާޕާ ސަރ ކައިރީގަ
ލޯންޗަށް އަރަން ބޭނުންކަމަށް ބުނިކަމަށާއި، ނަމަވެސް މިވަގުތު އެއްވެސް މީހަކަށް ލޯންޗަށް
ނޭރޭނެކަމަށް އަޙްމަދު ފަޔާޝް ޢަލީ ބުނެފައިވާ ކަމަށާއި،..
މިފަދައިން ބަޔާން ކޮށްފައިވާއިރު، ޢަލީ ފާރޫޤް ޝަރީޢަތުގައި ދިން ހެކިބަހުން، މިވާހަކަތައް ތަޞްދީޤް ވެފައިވާ
އޮތުމުން، އަޙްމަދު ފަޔާޝް ޢަލީ ރިޝާގެ މައްޗަށް ޤާނޫނު ނަންބަރު:7/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ
532ވަނަ މާއްދާގެ (ހ)ގެ ދަށުން ކޮށްފައިވާ ދަޢުވާގައި ބަޔާން ކުރާ ކުށުގެ ޢަމަލު ފުރިހަމަވުމަށް ބޭނުންވާ
އުންސުރުތައް ފުރިހަމަވެފައިވާ ކަން އެގެން އޮންނަކަމާއި، ނަމަވެސް އަޙްމަދު ފަޔާޝް ޢަލީ ރިޝާ އެކަން ކުރީ
އޭނާގެ މަތިން ތިބި ވެރިން އަންގަވައިގެން ކަމަށް ބުނެ، ސްޕީރިއަރ އޯޑަރ (superior order) ދިފާޢު
ނަގާފައިވާކަމާއި ނަމަވެސް އެދިފާޢު މަދަނީ މިންގަނޑަށް (balance of probability) ސާބިތުކޮށް ދެވިފައި
ނެތްކަމެވެ.
(ށ) ދެވަނަ ކަމަކީ، ފުލުހުން ލޯންޗަށް އެރުން މަނާކުރުމާއި ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސްއާ
ޑިފެންސް މިނިސްޓަރަށް އެ ޝަކުވާ ހުށަހެޅިކަމަށާއި، އަޙްމަދު ފަޔާޝް ޢަލީ ރިޝާ އަންގަވާ ގޮތެއްގެ މަތީން
ކުރިއަށް ގެންދިއުމަށް އެބޭފުޅުން އިރުޝާދު ދެއްވާފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާތީ، އަޙްމަދު ފަޔާޝް
ޢަލީ ރިޝާ ޢަމަލުކޮށްފައިވަނީ ސިފައިންގެ އިސްވެރިންގެ އަމުރާ އެއްގޮތަށްކަން ސާބިތުވާއިރު ޤާނޫނުލްޢުޤޫބާތުގެ
42 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުއްދަ ޢަމަލެއް ކުރުމުގެ ދިފާޢު ލިބިގެންނުވާކަމަށް ކަނޑައަޅުއްވާފައިވުން
ކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
" އަޙްމަދު ފަޔާޝް ޢަލީ ރިޝާ އަންގަވާ ގޮތެއްގެ މަތީން ކުރިއަށް ގެންދިއުމަށް އެބޭފުޅުން
އިރުޝާދު ދެއްވާފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާތީ މިފަދައިން އިސްތިއުނާފް ކުރާ ފަރާތުން
ބުނެފައިވާއިރު، 28 ސެޕްޓެމްބަރ 2015 ވަނަ ދުވަހު 08:00 އެހާކަށްހާއިރު، ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"
މާލޭގެ ޢިއްޒުއްދީން ފާލަމާ ގާތްކުރިވަޤުތު ލޯންޗް ކޮޅުގެ ތެރެއިން އެއްޗެއް ގޮވައި، ހިގި ޙާދިޘާ ތަހުޤީޤު
ކުރުމަށްޓަކައި ފުލުހުން އެލޯންޗްކޮޅަށް އަރަން ދިޔުމުން، ފުލުހުން ލޯންޗްކޮޅަށް އެރުވުމާއި ނޭރުވުމަކީ އަޙްމަދު
ފަޔާޝް ޢަލީ ރިޝާގެ މައްޗަށް ތިބި ވެރިންގެ ފަރާތުން އަޙްމަދު ފަޔާޝް ޢަލީ ރިޝާއަށް އިޚްތިޔާރު ދީފައިވާ
ކަމެއްކަން އެގެން އޮތްއިރު، ހިގައިގެން ދިޔަ ޙާދިޘާއާއި ގުޅިގެން، އެއީ ކުށުގެ ވެއްޓެއްކަމަށް ޚުދު އަޙްމަދު
ފަޔާ ޝް ޢަލީ ރިޝާއަށްވެސް ޤަބޫލު ކުރެވޭކަމަށް ހުށަހެޅިފައިވާ ލިޔުންތަކުންނާއި ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަ ތަކުން އެގެން އޮތްއިރު، އެކުށުގެ ވެށި ތަޙްޤީޤު ކުރުމަށްޓަކައި ވަގުތުން ފުލުހުން ރިޔާސީ
ލޯންޗްކޮޅަށް އެރުވުން މަނާކުރުމުގެ އިޚްތިޔާރުގެ ބޭނުން ކުރަންޖެހޭނީ ޤާނޫނީ ގޮތުން ޤަބޫލު ކުރެވޭ އަސާސެއްގެ
މައްޗަށް ކަމާއި، މިޙާލަތުގައި ހުއްދަ ޢަމަލެއްގެ ދިފާޢު ސާބިތުކޮށްދިނުމަށްޓަކައި، ޤާނޫނުލްޢުޤޫބާތުގެ 42ވަނަ
މާއްދާގެ (ހ) ގައި ބަޔާން ކުރާ، ދައުލަތުގެ މުވައްޒަފެއްގެ ވާޖިބުތައް ނުވަތަ މަސައްކަތްތައް ބަޔާންކޮށްދީފައިވާ
ޤާނޫނަކުން، ނުވަތަ އެފަދަ މުވައްޒަފަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ބަޔާން ކޮށްދީފައިވާ ޤާނޫނެއްގެ ދަށުން
ކުރި ޢަމަލެއްކަން ސާބިތުކޮށް ދޭންޖެހޭނެ ކަމާއި، އިސްތިއުނާފް މިޤަޟިއްޔާގެ މައުޟޫގައި ބަޔާން ކުރާ ޙާދިޘާއާއި
ގުޅިގެން، ތަޙްޤީޤު ކުރުމަށްޓަކައި ފުލުހުން ރިޔާސީ ލޯންޗްކޮޅަށް އެރުން ހުއްޓުވަންޖެހޭ ފަދަ ވާޖިބެއް އަޙްމަދު
ފަޔާޟް ޢަލީ ރިޝާގެ ޒިންމާގައި އޮތްކަން ސާބިތުކޮށްދެވިފައި ނެތްކަން އެގެން އޮވެއެވެ.
(ނ) ތިންވަނަ ކަމަކީ، ފުލުހުން ލޯންޗަށް އެރުން އެއްވެސް ޙާލެއްގައި މަނާކޮށްފައިނުވާކަމާއި،
ލޯންޗް ސެކިއުރިޓީ ޗެކް ނިމެންދެން އެއްވެސް ބަޔަކު ލޯންޗަށް އެރުން މަޑުޖައްސާލެވިފައި އޮތީކަން ހެކިންގެ
ހެކިބަހުން ހާމަވާއިރު، ފުލުހުންގެ ސަލާމަތަށްޓަކައި އެޅި ފިޔަވަޅަކީ ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ކުށުގެ ޢަމަލުކަމުގައި ކަނޑައަޅުއްވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
44
497
28 ސެޕްޓެ
ސެޕްޓެމްބަރ 2015 ވަނަ ދުވަހު 08:00 އެހާކަށްހާއިރު، ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ"
ޢިއްޒުއްދީން ފާލަމާ ގާތްކުރިވަގުތު ލޯންޗް ކޮޅުގެ ތެރެއިން އެއްޗެއް ގޮވައި، ހިގި ޙާދިޘާ ތަޙްޤީޤު ކުރުމަށް
ރިޔާސީ ލޯންޗްކޮޅަށް ފުލުހުން އެރުން މަނާކުރީ، ފުލުހުންގެ ސަލާމަތަށްޓަކައި ކަމަށް ބުނާއިރު، ޙާދިޘާ ހިގިތަނުން
ރިޔާސީ ލޯންޗްކޮޅު ނަގައި ފަތްތިޔަލަށް ގެންދިޔައިރު، އެލޯންޗް ކޮޅުގައި، ލޯންޗްކޮޅުގެ ކެޕްޓަން އަޙްމަދު ސަމީލް
އާއި ހަތަރު ފަޅުވެރިންނާއި އެމް.އެން.ޑީ. އެފް ގެ ސާރޖަންޓް ޢަލީ ފާރޫޤު އާއި އިންޖިނޭރު އިބްރާހިމް ރަޝީދު
ތިބިކަން ވަރަށް ސާފުކޮށް އެގެން އޮތްއިރު، އީ.އޯ.ޑީ ޓީމް. ލޯންޗަށް އެރުވުމުގެ އަސާސީ ބޭނުމަކީ ފިނިފެންމާ
ލޯންޗްގައި ގޮވި ފަދަ އިތުރު ގޮވުމެއް ގޮވުމުގެ ނުރައްކާ އޮތްކަން ނުވަތަ ނެތްކަން ނުވަތަ އެލޯންޗަކީ އެފަދަ
އިތުރު ގޮވުމަކުން ރައްކާތެރި އެއްޗެއްތޯ ބެލުން ކަމަށްވާއިރު، އީ.އޯ.ޑީ ޓީމް ފިނިފެންމާ ލޯންޗަށް އަރަން ފުރަތަމަ
ދެވުނީވެސް، ފަންނީ ގޮތުން ބަލާ މިންގަނޑުން އެފަދަ ދެވަނަ އެއްޗެއް ގޮވައިފާނެ ވަގުތަށްވުރެވެސް މާފަހުގެ
ވަގުތެއްގައި ކަން ހުށަހެޅުނު ލިޔުންތަކުން އެގެން އޮންނަކަމާއި، ހަމައެހެންމެ، އީ.އޯ.ޑީ ޓީމް އެލޯންޗްކޮޅަށް
ކުރިން އެލޯންޗުގެ ރައްކާތެރިކަން ކަށަވަރު ނުވާކަމަށް އަޙްމަދު ފަޔާޝް ޢަލީ ރިޝާއަށް ޤަބޫލު
ކުރެވޭއިރު، އެލޯންޗްގައި ތިބި މީހުން އެލޯންޗުން ނުބޭލުމަށް އެންގިކަން އަޙްމަދު ފަޔާޝް ޢަލީ ރިޝާގެ ބަހުން
އެގޭކަމާއި، އީ.އޯ.ޑީ ޓީމުން، ރިޔާސީ ލޯންޗްކޮޅަށް އަރައި ބަލައިފާސްކުރުމުގެ ކުރިން ފުލުހުންގެ ސަލާމަތަށްޓަކައި
ކަމަށް ބުނެ ފުލުހުން އެލޯންޗް ކޮޅަށް ނޭރުވި އިރު، ލޯންޗްކޮޅުގައި ތިބި ބަޔާންވެދިޔަ މީހުންގެ ސަލާމަތާއި
ރައްކާތެރިކަން ކޮބާތޯ؟ އެމީހުންނަކީ ދެވަނަ އެއްޗެއް ގޮވިނަމަ ގެއްލުން ލިބެން ދޫކޮށްލެވިފައިވާ ބައެއްތޯ؟
ބައެއްތޯ؟ ނުވަތަ
އެމީހުން ތިބީ އެވަގުތު ދެވަނަ ގޮވުމެއް ގޮވިނަމަވެސް ނުރައްކަލެއް ނުވާނެފަދަ ރައްކާތެރިކަން ޔަޤީން
ކުރެވިފައިވާފަދަ ޙާލަތެއްގައިތޯ؟ އެމީހުން އެތިބި ހާލެއްގައި ފުލުހުންނަށްވެސް އެވަގުތު އެލޯންޗްކޮޅަށް ނޭރެންވީ
ސަބަބަކީ ކޮބާތޯ؟ މިކަންކަން އަޙްމަދު ފަޔާޝް ޢަލީ ރިޝާ ސާފުކޮށް ބަޔާން ކޮށްދޭންޖެހޭކަމާއި، ވީމާ، ރިޔާސީ
ލޯންޗްކޮޅުގައި އެއްޗެއް ގޮވިހާދިޘާއާއި ގުޅިގެން، ސެކަންޑަރީ ޑިވައިސްއެއް އޮވެދާނެކަމަށް ބަލައި، ފުލުހުންގެ
ސަލާމަތަށްޓަކައި އެލޯންޗްކޮޅަށް ފުލުހުން އެރުން މަނާކުރި ފަދައިން، އެލޯންޗްކޮޅުގައި
ސަލާމަތަށްޓަކައި އެލޯންޗްކޮޅުން އެމީހުން ބާލައި ލޯންޗް ކޮޅު ހުސް ނުކުރި ސަބަބެއް ސާފުވާންޖެހޭ
می ترکی
2x 0 0
2 20
2x 92 2
eބ
މީހުންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަންނީ މިންގަނޑެއްގައި މިބާވަތުގެ ޙާދިޘާ އަކާއި ގުޅިގެން ޢަމަލު ކުރަންޖެހޭ އެންމެ ދަށް މިންގަޑަށް
ބަލާއިރުވެސް، ސެކަންޑަރީ ޑިވައިސް އެއް އޮވެދާނެކަމަށް ޤަބޫލު ކުރެވޭނެނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ
ކަންތައްތަކުގެ ތެރޭގައި އެހާދިޘާ ހިނގި ތަނެއްގައި ނުވަތަ އެހާދިޘާ ހިނގި އެތީގައި ތިބި ބަޔަކު އެތަނުން ނުވަތަ
އެއެއްޗަކުން ބަލައި ނުރައްކަލުން ދުރުކުރުމަކީ (evacuate) ޤާނޫނެއްގައި ނުވަތަ އުޞޫލެއްގައި ލިޔެފައި
ނެތްނަމަވެސް ޞިއްޙީގޮތުން ދެނެގަނެވޭނެ އަސާސީ މިންވަރެއް ކަމަށް ވާއިރު، މިހަމައާ ދިމާ އިދިކޮޅަށް
އެލޯންޗްކޮޅުގައި އެވަގުތު ތިބި، ބަޔަކު ޢާންމު ފަޅުވެރިން ހިމެނޭގޮތުން، ބޭއްތިބުމަށްފަހު، އެޙާދިޘާ ތަޙްޤީޤު
ކުރުމަށް ފުލުހުން ރިޔާސީލޯންޗްކޮޅަށް އެވަގުތު ނޭރުވީ ފުލުހުންގެ ސަލާމަތަށްޓަކައި ކަމަށް ބުނާ ބުނުމަކީ
ސަބަބުވެރި އިންސާނަކަށް ޤަބޫލު ކުގެ
ކަމެއް ނޫންކަން އެގެން އޮވެއެވެ.
އިސްވެބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކުރިމިނަލް ކޯޓުގެ ނަންބަރު
2016/Cr
-
C/228 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.
އަޢުލަބިއްޔަތު ރަޢުޔު (އިސްފަނޑިޔާރު ޝުޖާޢު އުޘްމާން އާއި ފަނޑިޔާރު ޙަސަން ޢަލީ) އާއި އެރަޢުޔު
ބިނާކުރެވިފައިވާ އަސާސްތައް؛
3.1- ފުރަތަމަކަމަކީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/228 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، މިއީ، ކ.މާލެ / މއ.ކުރިކީލަގެ، އަޙްމަދު ފަޔާޝް ޢަލީ ރިޝާ 28
ސެޕްޓެމްބަރ 2015 ވަނަ ދުވަހުގެ 08:00 ހާއިރު، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" މާލޭގެ ޢިއްޒުއްދީން
ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި، ލޯންޗުކޮޅުން ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ،
ލޯންޗުކޮޅަށް ގެއްލުންވި ޙާދިޘާ ތަޙްޤީޤުކުރު
ޤުކުރުމުގެ ގޮތުން ސީނަށް ދިޔަ ފުލުހުންނަށް ލޯންޗުކޮޅަށް އެރުން މަނާކޮށް
ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅާފައިވާތީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
ގެ 532 ވަނަ މާއްދާގެ (ހ) އާއި، ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ކ.މާލެ / މއ.ކުރިކީލަގެ،
ގަޘްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
12
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަޔާޝް ޢަލީ ރިޝާގެ މައްޗަށް ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ
ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބެލުނު މައްސަލައެއްކަމާއި،
މިމައްސަލައިގައި، އަޙްމަދު ފަޔާޝް ޢަލީ ރިޝާ މިދެންނެވި ކުށް ކޮށްފައިވާކަން ދައުލަތުން
ހުށަހެޅި ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާހިނދު، އަޙްމަދު ފަޔާޟް ޢަލީ ރިޝާ އެކަން ކޮށްފައިވަނީ
މީނާގެ މައްޗަށް
ތިބި ވެރިން އަންގައިގެންކަމަށް ބުނެފައިވީނަމަވެސް، އެކަން
، ޝަރީޢަތަށް
ސާބިތުކޮށްދެވިފައިނުވާތީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 532 ވަނަ މާއްދާގެ
(ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަޞްދުގައި
ހުރަސްއެޅުމުގެ ކުށުން މާލެ/ މއ.ކުރިކީލަގެ އަޙްމަދު ފަޔާޝް ޢަލީ ރިޝާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 532 ވަނަ
މާއްދާގެ (ހ) އާއި، މިމާއްދާގެ (ނ) އާއި، 1102 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (ii) އާއި
މިމާއްދާގެ (ށ) އާއި، 1104 ވަނަ މާއްދާގެ (ށ) އާއި، 1006 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި
ހަވާލާދީ، މިޤާނޫނުގެ 1002 ވަނަ މާއްދާގެ ދަށުން އަޙްމަދު ފަޔާޝް ޢަލީ ރިޝާ، 03 މަހާއި 18 ދުވަހުގެ
މުއްދަތަށް ޖަލަށްލުމަށް މިޤަޟިއްޔާ ބެލި ޤާޟީންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅާ މިގޮތުގެ މަތިން
މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
ދެކެމެކށް
3.2- ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހި ދައުލަތް
ދިފާޢުކޮށް ހިމާޔަތް ކުރުމާއި، ދިވެހިރާއްޖެއަށް ދިމާވާ ޤުދުރަތީ ކާރިސާތަކާއި އަދި އެނޫންވެސް ނުރައްކާތެރި
ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި، ސަރުކާރުގެކަމާބެހޭ ފަރާތްތަކާ ގުޅިގެން
އިސްވެ ޙަރަކާތްތެރިވުމަކީ ސިފައިންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ޤާނޫނު ނަންބަރު
1/2008 (ސިފައިންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ހ) އަދި އެމާއްދާގެ (ރ) އަށް ބެލުމުން އެނގެން
އޮންނަކަމާއި، އެގޮތުން ސިފައިން ފުދު ޔުނިފޯމް އެޅި މުއައްސަސާތަކަކީ ޗެއިން އޮފް ކޮމާންޑް ނުވަތަ އެތަންތަނުޖެޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
13
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހ 0
2
0 ދ ތ
* ***
ވެރިންގެ އަމުރުގެ ދަށުން ހިނގުމުގެ އޮނިގަނޑެއް އޮންނަ މުއައްސަސާތަކެއްކަމާއި، ދިވެހި ސިފައިންގެ ވެރިން
އަންގަވާ ގޮތެއްގެމަތިން ޢަމަލުކުރުމަކީ ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ
(ނ) ގެ ދަށުން ސިފައިންގެ މައްޗަށް ވާޖިބެއްކަމާއި، އަދި އެއަށް ތަބާނުވާނަމަ އެކުރެވެނީ
މިދެންނެވި ޤާނޫނުގެ 48 ވަނަ މާއްދާގެ (ޅ) ގެ 4 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނައިރު،
އިސްތިއުނާފުކޮށްފައިމިވާ ކުރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ހިމެނޭ ހާދިސާއަކީ އެންމެ ނުރައްކާތެރި ބޮޑެތި
ހާދިސާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވާއިރު، މިފަދަ ހާދިސާތަކުގައި އިސްވެ ހަރަކާތްތެރިވުމަކީ ސިފައިންގެ
ޤާނޫނުގެ ދަށުން އެފަރާތްތަކަށް ލާޒިމުކަމެއްކަން އެނގެން އޮންނަކަމެވެ.
2222 22 22
497
5.3- ތިންވަނަ ކަމަކީ، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް
ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު، ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލު
ފުރިހަމަވުމަށް ބޭނުންވާ އުންސުރުތައް ފުރިހަމަނުވާކަމަށާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) ގެ 532 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލު އުފެދެނީ ޤާނޫނު ތަންފީޒުކުރާ
މުވައްޒަފަކު ރަސްމީ ޙައިސިއްޔަތުން ކުރުން ހުއްދަކަމެއް ކުރުން ޤަޞްދުގައި ހުއްޓުވުމުން، ނުވަތަ އެކަމަށް
ހުރަސް އެޅުމުން ނުވަތަ އެކަމެއް ކުރިޔަ ނުދިނުމުން ކަމާއި، މި މާއްދާގައި ބުނެފައިވާ ކުށް ފުރިހަމަވުމަށްޓަކައި
ނިޔަތުގެ ރުކުން ފުރިހަމަވާންޖެހޭ ކަމަށް
ހަމަވާންޖެހޭ ކަމަށް މިމާއްދާއަށް ބެލުމުން އެނގެން އޮންނަކަމަށާއި، ޤާނޫނު ނަންބަރު
9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 24 ވަނަ މާއްދާގެ ދަށުން ކުށުގެ ނިޔަތާ ގުޅޭ
ސާބިތުކުރުމުގައި ކޮންމެ ރުކުނަކާ ގުޅިގެން ކުށުގެ ނިޔަތް އޮތްކަން ސާބިތުނުވާހާ ހިނދަކު އެމީހަކު
ކުށްވެރިވާކަމުގައި ނުބެލޭނެކަމަށާއި، ކުށުގެ ޢަމަލުގެ ރުކުނާއި، ޙާލަތުގެ ރުކުނާއި، އަދި ނަތީޖާގެ ރުކުނުގައިވެސް
ނިޔަތް އޮތްކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު،
03 ތތ
ރުކެންeއ
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 532 ވަނަ މާއްދާގައިވަނީ ޤާނޫނު
ތަންފީޒުކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސްއެޅުންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
14
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުވަތަ ދަތިކުރުން ކަމަށްވާއިރު، އިސްތިއުނާފުކޮށްފައިމިވާ ކުރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/228
ޤަޟިއްޔާގައި އަޙްމަދު ފަޔާޟް ޢަލީ ރިޝާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގައިވާ ކުށަކީ، 28
ސެޕްޓެމްބަރ 2015 ވަނަ ދުވަހުގެ 08:00 ހާއިރު، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" މާލޭގެ ޢިއްޒުއްދީން
ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި، ލޯންޗުކޮޅުން ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ،
ލޯންޗުކޮޅަށް ގެއްލުންވި ޙާދިޘާ ތަޙްޤީޤުކުރުމުގެ ގޮތުން ސީނަށް ދިޔަ ފުލުހުންނަށް ލޯންޗުކޮޅަށް އެރުން މަނާކޮށް
ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅާފައިވާތީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
ގެ 532 ވަނަ މާއްދާގެ (ހ) އާއި، ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ
މަސައްކަތަށް ޤަޞްދުގައި ހުރަސްއެޅުމުގެ ކުށް ކަން އެނގެން އޮންނަކަމާއި،
4 22
އިސްތިއުނާފުކޮށްފައިމިވާ ޤަޟިއްޔާގައި ހިމެނޭ "ފިނިފެންމާ" ލޯންޗްކޮޅު ގައި ދިމާވި ހާދިސާ ހިނގި
އުޅަނދަކީ އެމް.އެން.ޑީ.އެފްގެ ބެލުމުގެ ދަށުގައި އޮތް އުޅަނދަކަށްވާއިރު، އެއުޅަނދަށް އެރުމުގެ ހުއްދައަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދިފައިވާކަން މިމައްސަލައިގައި ކުރިމިނަލް ކޯޓުގެ ޝަރީޢަތުގައި
ހެކިބަސްދިން ފަރާތްތަކުގެ ހެކިބަހުން އެނގެން އޮންނައިރު، އެކަމުގެ ހުއްދަ ދެވޭނީ އެމް.އެން.ޑީ.އެފް ގެ އީއޯޑީ
ޓީމުން ލޯންޗު ޗެކްކޮށް ނުރައްކަލެއް ނެތްކަން ކަށަވަރުކުރުމަށްފަހު ކަމަށް އިސްތިއުނާފުކުރާ ފަރާތުން
ޖަވާބުދެއްވާފައިވާކަމަށް ބުނެ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ޢަޒުމަތު ޢަބްދުﷲ ހެކިބަސް ދީފައިވާއިރު،
.ލޯންޗަށް އެރޭނެ ގޮތެއް އޮތްތޯ ބެލުމަށް ޑިފެންސް މިނިސްޓަރަށް ގުޅުމުން ލޯންޗަށް އެރޭނެ ކަމަށާއި، އަޙްމަދު
ފަޔާޝް ޢަލީ ރިޟާއާ ގުޅައިގެން ކުރިއަށް ދިއުމަށް ވިދާޅުވިކަމާއި، އެހެންކަމުން އަޙްމަދު ފަޔާޟް ޢަލީ ރިޝާއަށް
ގުޅައި ޑިފެންސް މިނިސްޓަރ އެގޮތަށް ވިދާޅުވިކަމަށް ދެންނެވުމުން އީއޯޑީ އިން ޗެކްކޮށް ނިމުމުން ފުލުހުންނަށް
އެރޭނެކަމަށް އަޙްމަދު ފަޔާޝް ޢަލީ ރިޝާ ވިދާޅުވިކަމަށް ސިއްރު ހެކި 2 ގެ ގޮތުގައި ހުށަހަޅާފައިވާ ހެކިވެރިޔާގެ
ހެކިބަހުން އެނގެން އޮންނައިރު، މިދެންނެވި ވަގުތު ލޯންޗަށް އެރުމުގެ ހުއްދަ ދީފައިނުވަނީ އީއޯޑީ ޓީމުން ޗެކް
ކުރުމަށްފަހު ނޫނީ އެއްވެސް މީހަކު ލޯންޗަށް ނޭރުވުމަށް ޗީފް އޮފް ޑިފެންސް ފޯސް އަންގަވާފައިވާތީކަމަށް
މިމައްސަލަ އިސްތިއުނާފުކުރާ ފަރާތް ކަމުގައިވާ އަޙްމަދު ފަޔާޝް ޢަލީ ރިޝާ ޝަރީޢަތުގެ މަޖިލީހުގައެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
15
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20 2
ޖަވާބުދެއްވާފައިވާކަމާއި، އަދި ސިއްރުހެކި 1" ގެ ގޮތުގައި ހުށަހެޅިފައިވާ ހެކިވެރިޔާ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ތަޙްޤީޤަށް 11 ފެބްރުވަރީ 2016 ގައި ދީފައިވާ ބަޔާނަށް ބަލާއިރު، އޭނާ ޗީފް އޮފް ޑިފެންސް
ފޯސްގެ އަރިހުގައި ފުލުހުން ލޯންޗަށް އަރަން ބޭނުންވާކަމުގެ މަޢުލޫމާތު ދިން ކަމަށާއި، ނަމަވެސް ޖަވާބުގައި
ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވެފައިވަނީ އީއޯޑީ ޓީމް އެރުމުން ނޫނީ އިތުރު ބަޔަކަށް ނޭރޭނެކަމަށްކަން
މިދެންނެވި ހެކިވެރިޔާގެ ހެކިބަހުން އެނގެން އޮންނަކަމާއި،
މިމައްސަލައިގައި ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ގެ ބަޔާންވެސް
ނެގިފައިވާކަމަށް ދައުލަތުން ބުނެފައިވާއިރު، އެފަރާތްތަކުގެ ބަޔާން ކުރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓާއިއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނިފައިނުވާތީ، އެލިޔުންތައް ފޮނުވައިދެއްވުމަށް އެދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުވުމުން މިމައްސަލައާ ގުޅިގެން
ޗީފް އޮފް ޑިފެންސް ފޯސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާން 28 މޭ 2019 ވަނަ
ދުވަހު އީމެއިލްގެ ޒަރީއާއިން ފޮނުވާފައިވާކަމަށާއި ނަމަވެސް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ބަޔާނެއް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤުގައި ނަގާފައި ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ނަންބަރު A1
/
95
/
2019
/
314-196 ސިޓީއިން ޖަވާބު ދެއްވާފައިވާކަން ފާހަގަކުރެވޭކަމާއި،
ޗީފް އޮފް ޑިފެންސް ފޯސްގެ ބަޔާނުގައި، ލޯންޗު ބަލަހައްޓާށޭ، ސެކިޔޯރ ކުރާށޭ، ރައްކާތެރިތޯ
ޔަޤީންކުރާށޭ އެންގެވިކަމަށް އިސްތިއުނާފުކޮށްފައިމިވާ މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައުލަތުން ބުނެފައިވާއިރު، ޗީފް އޮފް ޑިފެންސް ފޯސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް
16 ފެބުރުވަރީ 2016 ގައި ދީފައިވާ ބަޔާނަށް ބަލާއިރު، އެއްވެސް ކަހަލަ ގޮވުމެއް ނޫނީ ގަދައަޑެއް ކިޔާފައި
ކަންތައްގަނޑެއް ހިނގައިގެން އުޅޭ ވާހަކަ އަޑުއިވޭތީ، ވަގުތުން އީ.އޯ.ޑީ ޓީމް ލޯންޗަށް އަރުވައި އޭގައި
އެކްސްޕްލޯސިވްގެ އަސަރު ހުރިތޯ ނުވަތަ ނެތްތޯ ބެލުމަށް އޭނާ ބޭނުންވި ކަމަށާއި، އެއީ އެމް.އެން.ޑީ.އެފް ގެ
ސްޓޭންޑަރޑް ޕްރޮސީޖަރ ކަމަށާއި، އެހެންކަމުން އަޙްމަދު ފަޔާޝް ޢަލީ ރިޝާގެ ގާތުގައި އީ.އޯ.ޑީ ޓީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
16
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަރުވައި އެއްވެސް ކަހަލަ އެކްސްޕްލޯސިވް ޓެރޭސް އެއް ހުރިތޯ ނެތްތޯ ޔަޤީންކުރުމަށާއި، އޭރުން އެކަން
ކްލިއަރވީ ނޫންހޭ ބުނެފައިވާކަމަށާއި، އޭރު އެތަނުގައި ހުންނަވައިގެން ޙަސަން ޙަބީބް (މޯލްޑިވްސް ޕޮލިސް
ސަރވިސްގެ އިސް ވެރިއެއް) ޗީފް އޮފް ޑިފެންސް ފޯސްގެ ގާތުގައި ލޯންޗުގައި ހިނގާދިޔަ ކަންތައްތަކަކީ ފުލުހުން
ތަޙްޤީޤުކުރަންޖެހޭ މައްސަލައެއް ނޫންހޭ، ފުލުހުން އަރުވަންވީ ނޫންހޭ ބުނުމުން، މިދެންނެވި ކަހަލަ އެއްވެސް
ކަމެއް ހުރިތޯ ޗެކްކުރުމަށްފަހު ފުލުހުން އަރުވާނެ ކަމަށް ބުނެފައިވާކަމަށް ވިދާޅުވެ ޗީފް އޮފް ޑިފެންސް ފޯސްގެ
ބަޔާން ދެއްވާފައިވާތީ، އަޙްމަދު ފަޔާޝް ޢަލީ ރިޝާ ފުލުހުން ލޯންޗަށް އެރުމުގެ ހުއްދަ ދީފައިނުވަނީ ޗީފް އޮފް
ޑިފެންސް ފޯސް އޭނާއަށް އެގޮތަށް އަމުރުކުރައްވާފައިވާތީކަން އެނގެން އޮންނަކަމާއި، އެހެންކަމުން
މިމައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ދައުލަތުން ހުށަހެޅި ކުށުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި
ކުށުގެ ޢަމަލު ފުރިހަމަވުމަށް ބޭނުންވާ އުންސުރުތަކުގެ ތެރެއިން ކުށުގެ ޢަމަލުގެ ރުކުނާއި، ޙާލަތުގެ ރުކުނާއި،
އަދި ނަތީޖާގެ ރުކުނުގައިވެސް ކުށުގެ ނިޔަތް ފުރިހަމަނުވާކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަމެވެ.
3.4 ހަތަރުވަނަ ކަމަކީ، ފުލުހުން ލޯންޗަށް އެރުން މަނާކުރުމާއި ގުޅިގެން ޗީފް އޮފް ޑިފެންސް
ފޯސްއާ ޑިފެންސް މިނިސްޓަރަށް އެ ޝަކުވާ ހުށަހެޅިކަމަށާއި، އަޙްމަދު ފަޔާޝް ޢަލީ ރިޝާ އަންގަވާ ގޮތެއްގެ
މަތީން ކުރިއަށް ގެންދިއުމަށް އެބޭފުޅުން އިރުޝާދު ދެއްވާފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާތީ، އަޙްމަދު
ފަޔާޟް ޢަލީ ރިޝާ ޢަމަލުކޮށްފައިވަނީ ސިފައިންގެ އިސްވެރިންގެ އަމުރާ އެއްގޮތަށްކަން ސާބިތުވާއިރު
ޤާނޫނުލްޢުޤޫބާތުގެ 42 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުއްދަ ޢަމަލެއް ކުރުމުގެ ދިފާޢު ލިބިގެންނުވާކަމަށް
ކަނޑައަޅުއްވާފައިވާކަމަށާއި،
ފުލުހުން ލޯންޗަށް އެރުން އެއްވެސް ޙާލެއްގައި މަނާކޮށްފައިނުވާކަމާއި، ލޯންޗު ސެކިއުރިޓީ ޗެކް
ނިމެންދެން އެއްވެސް ބަޔަކު ލޯންޗަށް އެރުން މަޑުޖައްސާލެވިފައި އޮތީކަން ހެކިންގެ ހެކިބަހުން ހާމަވާއިރު،
ފުލުހުންގެ ސަލާމަތަށްޓަކައި އެޅި ފިޔަވަޅަކީ ޤާނޫނުލްޢުޤޫބާތުގެ 532 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ
ޢަމަލުކަމުގައި ކަނޑައަޅުއްވާފައިވުންކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާއަށް ނަޒަރުކުރާއިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
0x09
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/321
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 42 ވަނަ މާއްދާގައިވަނީ،
"މީހަކު ކުރާ ޢަމަލަކީ އަންނަނިވި ސަބަބުތަކަށްޓަކައި ކުރެވޭ ނުވަތަ އަންނަނިވި ގޮތުގެމަތިން ކުރެވޭ
ކަމެއްކަމަށްވާނަމަ، އެއީ ހުއްދަ ޢަމަލެކެވެ." ކަމާއި، އެގޮތުން އެމާއްދާގެ (ހ) ގައިވަނީ ދައުލަތުގެ
މުވައްޒަފެއްގެ ވާޖިބުތައް ނުވަތަ މަސައްކަތްތައް ބަޔާންކޮށްދީފައިވާ ޤާނޫނަކުން، ނުވަތަ އެފަދަ މުވައްޒަފަކަށް
އެހީތެރިކަން
OXO
2&2 0 2 0x2 2
22 2.
).
އެގޮތުން، އިސްތިއުނާފުކުރެވިފައިމިވާ ކުރިމިނަލް ކޯޓުގެ ޤަޟިއްޔާގައި "ފިނިފެންމާ" ލޯންޗުކޮޅުގައި
ހިނގި ހާދިސާ ތަޙްޤީޤުކުރުމަށްޓަކައި ފުލުހުން ލޯންޗުކޮޅަށް އެރުމުގެ ހުއްދަ ދީފައިނުވަނީ ޗީފް އޮފް ޑިފެންސް
ފޯސް އަންގަވައިގެންކަމަށް ސިއްރު ހެކި 1 ގެ ގޮތުގައި ހުށަހަޅާފައިވާ ހެކިވެރިޔާގެ ހެކިބަހުންނާއި، އަދި ޗީފް
އޮފް ޑިފެންސް ފޯސް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއި، އަދި ލޯންޗު ރައްކާތެރިތޯ ޗެކްކުރުމަށް
އެންގެވިކަމަށް މިމައްސަލާގައި ޗީފް އޮފް ޑިފެންސް ފޯސްގެ ބަޔާނުގައި ހިމެނޭކަމަށް ދައުލަތުން ބުނެފައިވާތީ،
އީއޯޑީ އިން ލޯންޗަށް އަރައި ޗެކްކުރުމުގެ ކުރިން ފުލުހުން އެލޯންޗުކޮޅަށް އެރުން މަނާކޮށްފައިވަނީ ސިފައިންގެ
އިސްވެރިޔާގެ އަމުރާއި އެއްގޮތަށްކަން އެނގެން އޮތުމުން އިސްތިއުނާފުކުރާ ފަރާތުންކުރި މިދެންނެވި ކަމަކީ
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 42 ގެ (ހ) ގެ ދަށުން ހިމެނޭ ހުއްދަ
ލެއްކަމަށްވާއިރު، މިދެންނެވި ޢަމަލަކީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ
532 ގައި ބަޔާންކޮށްފައިވާފަދަ ކުށުގެ ޢަމަލެއް ކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 9/2014
(ދިވެހިރާއްޖޭގެ
އެޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 20 ވަނަ މާއްދާއާއި، 24 ވަނަ މާއްދާއާ ޚިލާފަށްކަމަށް ޝަރީޢަތަށް
/
oxo
2 2222/
ދިވެހިރާއްa؟
ބައިކްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
.
18
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3.5- ފަސްވަނަ ކަމަކީ، އަދަބު ކަނޑައެޅުމުގައި ޤާނޫނުލްޢުޤޫބާތުގެ 1104 ވަނަ މާއްދާގެ (ރ)
ގެ (3) އާއި، ޤާނޫނުލްޢުޤޫބާތުގެ 1108 ވަނަ މާއްދާގެ (ށ) އާއި، 1109 ވަނަ މާއްދާއަށް
ރިޢާޔަތް
ޔަތްނުކުރައްވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1104 ވަނަ މާއްދާގެ (ރ) ގެ
(3) ވަނަ ނަންބަރުގައި ކޯޓަށް ލިބޭ އިޚްތިޔާރުގެ ދަށުން އަދަބުގެ އަސާސީ މިންގަނޑަށްވުރެ 01 ދަރަޖަ ނުވަތަ
2 ދަރަޖަ ދަށްކުރުމަށްޓަކައި 1104 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އިތުރު
ފުރިހަމަވާންޖެހޭނެ ކަމާއި، މިގޮތުން 1104 ވަނަ މާއްދާގެ (ރ) ގައިވަނީ،
3x
"ކުށްވެރިޔާ ކުށުގެ ޢަމަލު ހިންގީ:
(1) އެކުށް ކުރުމަށް އެކަށީގެންވާ ވަރަށް ތައްޔާރުވުމަކާއި ނުލައި، ވަރަށް ކުޑަ ވަގުތު ކޮޅެއްގެ
ތެރޭގައި ކަމަށްވެފައި،
(2) ކުށްވެރިޔާގެ ޢާންމު ސުލޫކާނުގުޅޭ އާދަޔާ ޚިލާފު ޙާލަތެއްގައިކަން ދޭހަކޮށްދޭ ވަގުތެއްގައި
ކަމަށްވެފައި،
(3) ކުށްވެރިޔާއަކީ އެ ކުށް ކުރުމުގެ ކުރިން ޤާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަމުން އައި
މީހެއްކަމަށްވާނަމަ، އޭނާގެ މައްޗަށް ދަޢުވާކުރެވިފައިވާ ކުށްތަކުގެ އަދަބުގެ ދަރަޖަ، އަދަބު ކަނޑައެޅުމުގެ އަސާސީ
މިންގަނޑަށްވުރެ 1 ނުވަތަ 2 ދަރަޖަ ދަށްކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. މިގޮތުން އަދަބުގެ ދަރަޖަ
ކޯޓުން ދަށް ކުރަންވާނީ އެއީ އިންޞާފުވެރިގޮތް ކަމަށް ކޯޓަށް ފެންނަ ނަމައެވެ." މިފަދައިން ކަމާއި،
އިސްތިއުނާފުކޮށްފައިމިވާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގެ
17 ވަނަ ނަންބަރަށް ބަލާއިރު، އަޙްމަދު ފަޔާޝް ޢަލީ ރިޝާގެ މައްޗަށް ޤާނޫނު ނަންބަރު 9/2014
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1104 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ކުށުގެ ރެކޯޑެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހީދުއްދީ
19
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޮތްކަމަށް ބަޔާންކޮށްފައިވުމުން މިދެންނެވި މާއްދާގެ (ރ) ގެ 3 ވަނަ ނަންބަރަށް ރިޢާޔަތް ކުރައްވާފައިނެތްކަމަށް
ބެލެވެން ނެތްކަމާއި، ނަމަވެސް އޭނާގެ މައްޗަށް އަދަބު ކަނޑައެޅުއްވުމުގައި ޤާނޫނު ނަންބަރު 9/2014
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1108 ވަނަ މާއްދާގެ (ށ) ގައި ބުނާފަދަ، ކުށްވެރިޔާ ކުޅަ ކުށުގެ ޢަމަލާއި،
ކުށުގެ ބާވަތާއި، އެކުށް ކުރި ޙާލަތަށް ރިޢާޔަތްކުރާއިރު، ހުއްދަ ކުރެވިފައިވާ ދިފާޢުގެ ޙާލަތެއް ފުރިހަމަވުމާ
ކައިރިވެފައިވާނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ ދަށްކުރެވޭނެކަމާއި، އަދި 1109
ވަނަ މާއްދާގައި ފުރިހަމަނުވާ މަޢާފު ލިބެނިވި ދިފާއެއްގެ ސަބަބުން އަދަބުގެ މިންވަރު ދަށްވާން ވާނެކަމަށް
ބަޔާންވެފައިވީނަމަވެސް މިކަންކަމަށް ރިޢާޔަތް ކުރައްވާފައިނުވާކަން ޝަރީޢަތަށް ފާހަގަކުރެވޭކަމެވެ.
3.6- ހަވަނަ ކަމަކީ، އަޙްމަދު ފަޔާޟް ޢަލީ ރިޝާގެ މައްޗަށް ކުރިމިނަލް ކޯޓަށް ހުށަހެޅުނު
ޤަޟިއްޔާގައި ޝަފަހީ އަދި ކިތާބީ ހެކި ބަލައިގަތުމާއި، ހުށަހެޅިފައިވާ ހެއްކާމެދު ތަޢުނުކުރުމާއި، ދިފާޢީ ހެކިން
ޙާޟިރުކުރުމުގެ ފުރުޞަތު ލިބިދިނުމުގައްޔާއި، ހެކި ވަޒަންކުރުމުގައި ކުރިމިނަލް ކޯޓުގެ ފަނޑިޔާރުން
ޢަމަލުކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
36/SC
-
A/2011 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު،
ސުޕްރީމް ކޯޓުގެ ނަންބަރު 36/SC
-
A/2011 ޤަޟިއްޔާގައި ފާހަގަކުރެވޭ ނުކުތާތަކުގެ (ށ)
ގައިވަނީ، "ފަނޑިޔާރު (ޤާޟީ) ގެ އިޤްތިޞާޢު (ޤާޟީއަށް ޤަބޫލުކުރެވުން) ކަނޑައެޅުމުގައި ފަނޑިޔާރަށް ލިބޭ
މިނިވަން އިޚްތިޔާރީ ބާރުގެ ދަށުން ވަކި ހެކިބަހެއްގައި ހިފުމާއި ދޫކޮށްލުމުގެ އިޚްތިޔާރު ލިބިގެންވީނަމަވެސް ހެކި
ވަޒަންކުރުމުގެ އިޚްތިޔާރީ ބާރު އެ ހެކިބަހުގެ އަޑުއެހުމަކާނުލައި ޤާޟީއަށް ލިބިގެން ނުވާނެކަން އެނގޭކަމާއި
ކޯޓުން އަޑުނާހައި އޮތް ހެކިބަސް ތަކެއްގެ އަންދާޒާއެއް ނުވަތަ ލަފައެއް ނުކުރެވޭނެކަމާ އަދި އަމުދުން އެ
ހެކިބަހަކީ ދިފާޢުވާ ފަރާތުން އަޑުއަހަން އެދޭ ހެކިބަހަކަށް ވެއްޖެނަމަ އެ ހެކިބަހުގެ އަޑުއެހުމަކާނުލައި ނިންމާ
ނިންމުމަކީ ދިފާޢުވުމުގެ ޙައްޤަށް ބުރޫއަރާނެ ކަމެއްކަމާއި ޤާނޫނީ ގޮތުން ހެކިންނާ ސުވާލުކުރުމަށްފަހުގައި މެނުވީ
ހެކިބަހާމެދު ކޯޓުން ދެކޭގޮތް ކަނޑައެޅުމުގެ ޙައްޤު ކޯޓަށް ނުލިބޭނެކަމާއި، މައްސަލައިގައި ސާބިތުވާގޮތްކަމަށް
ޖެހިރާއްޖެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
20
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފަނޑިޔާރަށް ކުރިން ޤަބޫލުކުރެވިފައި އޮތްގޮތް، އަޑުނޭހި އޮތް ހެކިބަހެއް އަޑުއެހުމުން ބަދަލުވާގޮތްވުމަކީ
ކަށީގެންވާކަމެއްކަން އެނގެން އޮންނަ އޮތުމެވެ." ކަމާއި،
އެކަށީ
މިމައްސަލައިގައި ދިފާޢީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރީޢަތަށް
ހާޒިރުކޮށްފައިނުވާ ފަރާތްތައް ހާޒިރުނުކުރެވުނު ސަބަބުގެ ގޮތުގައި އިސްތިއުނާފުކޮށްފައިމިވާ ކުރިމިނަލް ކޯޓުގެ
ނަންބަރު 2016/Cr
-
C/228 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފަހާގަކުރެވުނު ނުކުތާތަކުގެ 9
ވަނަ ނަންބަރުގައި
ނެކޮށްފައިވަނީ، "ހެކިން ހުށަހެޅި އިރު ހެކިން ހުށަހަޅާ ބޭނުމުގެ ގޮތުގައި ބަޔާންކޮށްފައިވާ
ސަބަބުގެ މައްޗަށް ބަލާއިރު، ހާޟިރުކުރަން ނުޖެހޭ ފަރާތްތަކާއި ހެކިންގެ މަޢުލޫމާތު ނުވަތަ ވަނަވަރު ހުށަހެޅިއިރު
ޝަރީޢަތަށް އެފަރާތެއް ޙާޟިރުކުރުމަށް ބޭނުންވާ އަސާސީ މަޢުލޫމާތު ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާއި ހެކިން
ޙާޟިރުކުރުމަށް ބެލިއިރު ރާއްޖޭން ބޭރުގައި ހުރުމުގެ ސަބަބުން ޙާޟިރު ކުރެވިފައިނުވާ ފަރާތް" ތައް ކަން
އެނގެން އޮންނަކަމާއި، އެހެންކަމުން، މިދެންނެވި ސަބަބުތަކަށް ބަލާއިރު، ދިފާޢީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ
ހެކިތަކުގެ ތެރެއިން ޝަރީޢަތަށް ހާޒިރުކޮށްފައިނުވާ ފަރާތްތައް ހާޒިރުކޮށްފައިނުވަނީ ސުޕްރީމް ކޯޓުގެ ނަންބަރު
36/SC
-
A/2011 ޤަޟިއްޔާގެ އިސްވެދެންނެވި ނުކުތާގައި ފާހަކުރައްވާފައިވާ ފަދަ ފަނޑިޔާރު (ޤާޟީ) ގެ
އިޤްތިޞާޢު (ޤާޟީއަށް ޤަބޫލުކުރެވުން) ކަނޑައެޅުމުގައި ފަނޑިޔާރަށް ލިބޭ މިނިވަން އިޚްތިޔާރީ ބާރުގެ ދަށުން
އެކަނިނޫންކަމާއި، ނަމަވެސް އެ ހެކިން ޝަރީޢަތަށް ހާޒިރުކޮށްފައިނުވަނީ ޤަބޫލުކުރެވޭފަދަ އެކަށީގެންވާ
ސަބަބުތަކުގެ މައްޗަށް ބިނާކޮށްކަން އިސްތިއުނާފުކޮށްފައިމިވާ ކުރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/228
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފަހާގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރަށް ބެލުމުން އެނގެން
އޮންނާތީ ސުޕްރީމް ކޯޓުގެ ނަންބަރު 16/SC
-
A/2011 ޤަޟިއްޔާގައި ފާހަގަކުރެވޭ ނުކުތާތަކުގެ (ށ)
އިސްތިއުނާފުކޮށްފައިމިވާ ޤަޟިއްޔާއަށް ތަޠުބީޤުނުކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހީއްޖެ
21
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3.7- ހަތްވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތައް
އެގޮތުގެ މަތިން ހުރުމުން، ކުރިމިނަލް ކޯޓުގެ ނަންބަރު 2016/Cr
-
C/228 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލުގެންނަން ޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޢުލަބިއްޔަތައް
އެއްބަސްވެވުނު ކަމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
22
2016/HC-A/321
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
{
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެފަދައިން ހުރުމުން، ކުރިމިނަލް ކޯޓުގެ ނަންބަރު
2016/Cr-C/228 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 532
ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް
ޤަޞްދުގައި ހުރަސްއެޅުމުގެ ކުށުން މާލެ: މއ.ކުރިކީލަގެ އަޙްމަދު ފަޔާޟް ޢަލީ ރިޟާ ކުށްވެރިވެއްޖެކަމަށް
ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު)
ގެ 532 ވަނަ މާއްދާގެ (ހ) އާއި، މިމާއްދާގެ (ނ) އާއި، 1102 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ
ނަންބަރުގެ (i) އާއި މިމާއްދާގެ (ށ) އާއި، 1104 ވަނަ މާއްދާގެ (ށ) އާއި، 1006 ވަނަ މާއްދާގެ (ނ)
ގެ (2) ވަނަ ނަންބަރާއި، ހަވާލާދީ، މިޤާނޫނުގެ 1002 ވަނަ މާއްދާގެ ދަށުން އަޙްމަދު ފަޔާޝް ޢަލީ ރިޝާ،
03 މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އަޢުލަބިއްޔަތުން ކަނޑައަޅައި ޙުކުމްކޮށް ފީމެވެ.
<<
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv