ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/225 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/225
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A1
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
« et,
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރު: 225/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
*
ނަން: ޢަލީ ސަމީރު
އައިޑީ ކާޑު ނަންބަރު: A134561
ދާއިމީ އެޑްރެސް: ތުނޑި. ފެއަރީގާޑެން ލ. ގަން
* މިހާރުގެ އެޑްރެސް: ތުނޑި.ފެއަރީގާޑެން ލ. ގަން
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު:
ދާއިމީ އެޑްރެސް:.
* މިހާރުގެ އެޑްރެސް: -
، ރަޖިސްޓްރީ ތާރީޚް: 24 ޝަޢުބާން 1436
ޖޫން 2015
ނިމުނު ތާރީޚް: 30 ޝަޢުބާން 1436
17 ޖޫން 2015
09
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: PO
)
O6MC
-
B2
/
2015
/
58)
• ނިންމެވި ކޯޓު ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 21.05.2015 ނިމުނު ތާރީޚް: 21.05.2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަލީ ސަމީރު
ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2015/HC-A/225
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OU OO
މިއީ ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު PO
)
O6MC
-
B2
/
2015
/
58) ކޯޓު
އަމުރު އެ ކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް އެދި، ލ. ގަން ތުނޑި، ފެއަރީގާޑެން ޢަލީ ސަމީޙާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހެވެ.
އއ. . 1
ކުރެވުނު ނުކުތާތައް:
02 0 0
އިސްތިއުނާފުކުރެވޭ ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
PO
)
O6MC
-
B2
/
2015
/
58) ކޯޓު އަމުރަށް ބަލާއިރު، އަމުރަކީ ލ. ގަން | ތުނޑި، ފެއަރީގާޑެން ޢަލީ
ސަމީރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މީނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ
ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެތީ އާއި ހެކިބަސް ދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާފާނެކަމަށް
ބެލެވޭތީ، 21 މެއި 2015 ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ޢަލީ ސަމީޙާ މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރެއްކަން
24 2x 04
އަނގނވ"
ކޯޓު ތުނޑީ
2) ހައްދުންމަތީ މެޖިސްޓްރޭޓް
ސެކްޝަންގެ ނަންބަރު
PO
)
OGMC
-
B2
/
2015
/
58) ކޯޓު އަމުރު އެ ކޯޓުން ނެރުއްވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ޚިލާފަށްކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރަމުން، ލ. ގަން / ތުނޑި، ފެއަރީގާޑެން ޢަލީ ސަމީޙުގެ ފަރާތުން
02 (ދޭއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ވާހަކަދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2015/HC-A/225
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
C
ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
141 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 286/HC
-
A
/
202
،
2014
/
HC
-
A/2008
265/HC
-
A/2009 އަދި 109/HC
-
A/2014 ޤަޟިއްޔާގައި ހިޔާޒަތު ނުވަތަ މަސްތުވާތަކެތި އަތުން
ފެނުންކަމަށް ބަޔާންކޮށްފައިވާ ހަމައާ ޚިލާފަށް ބަންދުގައި ބަހައްޓަން ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
0
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 07/SC
-
A/2010
ޤަޟިއްޔާއާއި 24/SC
-
A/2010 ޤަޟިއްޔާގައި ހިޔާޒަތު މާނަކޮށްފައިވާ އުސޫލާ ޚިލާފަށް ހިޔާޒަތު މާނަކޮށް
ބަންދުގައި ބަހައްޓަން ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
02 0 0
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
PO
)
O6MC
-
B2
/
2015
/
58) ކޯޓު އަމުރުން ލ. ގަން ! ތުނޑި، ފެއަރީގާޑެން، ޢަލީ ސަމީޙު، 21 މެއި
2015 ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާކަމާއި، އިސްވެ ބުނެވުނު އަމުރުގައި ޙަވާލާދެއްވާފައިވާ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު TD079445 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24
ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމު" ގައި ޢަލީ ސަމީޙު
ބަންދުކުރި ނުވަތަ ހައްޔަރުކުރި މައްސަލަކަމަށް ބަޔާންކޮށްފައިވަނީ، 2015 މެއި 19 ވަނަ ދުވަހުގެ ރޭގަނޑުގެ
ވަގުތެއްގައި، ލ.ގަން ތުނޑީގައި ދުއްވާ ދޫރެސް ބޯޓުން ލ.ގަމަށް މަސްތުވާތަކެތި އެތެރެކުރާކަމަށް މަޢުލޫމާތު
ލިބުމާއި ގުޅިގެން ލ.ގަން ޕޮލިސް ސްޓޭޝަންއާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ
އޮޕަރޭޝަނެއްގައި ދޫރެސް ބޯޓު ބަލާ ފާސްކުރުމުން އެ ބޯޓުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
ވަ/ދކޮށް 2
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/225
އަދަދެއްގެ ތަކެތި ފެނިފައިވާ މައްސަލާގައި، މީނާ ހައްޔަރުނުކޮށް ދޫކޮށްލައިފިނަމަ މީނާގެ ފަރާތުން މުޖުތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއާއި، މައްސަލައާ ގުޅޭ ހެއްކަށް ނުފޫޒު ފޯރުވަފާނެތީއާއި، ހެކިނައްތާލަން
02/
ފ ތ 2
oxo
/ ދ ތ
(ނ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް، އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ރިޢާޔަތް ކުރަންޖެހޭނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަ ވޭތޯކަމާއި، އެއިން ސަބަބެއް
ފުރިހަމަވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން
އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49
ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް
ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް،
ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
xތ ދ ތ * 4
އޮންނަކަ19
ޖެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2015/HC-A/225
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
oxo
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ
އެއްގޮތްވާ ގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި،
އަދި އެ ޙާދިސާ ތަޙްޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ ގޮންޖެހުންތަކެއްތޯއާއި، އެ ކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑުމިނަކީ ކޮބައިކަމާއި، އެ ކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި، އަދި
ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަށް
ކުރަންޖެހޭނެކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ 9 ވަނަ
ނަންބަރުގައި ބަޔާންކުރައްވާފައިވާކަމާއި،
ސަލައެއް ތަޙްޤީޤު ކުރެވެމުންދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް،
ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫންކަމާއި، ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ މައްސަލަތަކުގައި ކޯޓަށް ހެކި ހުށަހަޅަންޖެހޭނީ ކުށެއްކުރިކަމަށް ސާބިތުވާ
މިންވަރުގެ ދެކިޤާރީން ނޫންކަމަށާއި، އެފަދަ މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ
ކުށެއްކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ދެކީ!ޤަރީނާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
263/HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްތިއުނާފު ކުރެވޭ ހައްދުންމަތީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
PO
)
06MC
-
B2
/
2015
/
58) ކޯޓު އަމުރު އިސްތިއުނާފު ކުރަމުން ޢަލީ ސަމީޙާގެ ފަރާތުން މައިގަނޑު
ގޮތެއްގައި ސުވާލު އުފައްދާފައިވަނީ މި މައްސަލާގައި ފެނިފައިވާ މަސްތުވާތަކެތި ފެނިފައިވަނީ ޢަލީ ސަމީރުގެ
ހިޔާޒަތުގެ ދަށުންތޯ ނުވަތަ ނޫންތޯކަމާމެދުކަން ފާހަގަކުރެވޭކަމާއި، އެ ކަންކަމަކީ، ޢަލީ ސަމީރުގެ މައްޗަށް
ތުހުމަތު ކުރެވިފައިވާ މައްސަލާގެ މައުޟޫޢުއާ ގުޅޭ ކަންކަން ކަމަށްވެފައި، ކުށެއްގެ ތުހުމަތުގައިވާ މީހާގެ
މައްޗަށް ހުށަހެޅިފައިވާ ހެއްކަކީ މި މަރުޙަލާގައި ސާބިތުކޮށްދޭންޖެހޭ ކަންކަންކަމުގައި ނުވާއިރު، އެފަދަ
މައްސަލަތަކުގައި ހެކީގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއްކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ
ހެކިޤަރީނާކަމާއި،
ގަމު
ދިވެހިރާއްޑުގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/225
އެގޮތުން، ހުށަހެޅިފައިމިވާ މައްސަލާގައި، ޢަލީ ސަމީޙުއަކީ މީގެ ކުރިން އެތައް ފަހަރެއްގެ
މަތިން މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް
ގެންދެވިފައިވާ ފަރާތެއްކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހައްޔަރު!ބަންދުގެ ލޮގް" އިން އެނގެން
އޮންނަކަމާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވަނީ ޢަލީ ސަމީރުއާއި
އިތުރު ބަޔަކުވެގެން ލ.ގަމަށް މަސްތުވާތަކެތި އެތެރެކުރާކަމުގެ މަޢުލޫމާތުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، މި މައްސަލާގައި
މަސްތުވާތަކެތި ފެނިފައިވަނީ ޢަލީ ސަމީޗު ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ބޯޓަކުންކަމަށްވެފައި، އަދި މި
މައްސަލައާ ގުޅިގެން ނެގުނު ޢަލީ ސަމީޙުގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް މަސްތުވާތަކެއްޗަށް ޕޮސިޓިވް
ވެފައިވާކަމަށް ތަޙުލީލު ރިޕޯޓުން އެނގެން އޮންނަކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ބުނެފައިވާއިރު، ބުނެވުނު ކަންކަމުގެ މައްޗަށް ބިނާކުރައްވައި، ޢަލީ ސަމީރުގެ މައްޗަށް ކުށެއްކުރިކަމުގެ ތުހުމަތު
އުފެދޭވަރުގެ ހެކި!ޤަރީނާ ހުރިކަމަށް ބައްލަވައި، މީނާ ހައްޔަރުނުކޮށް ދޫކޮށްލައިފިނަމަ މީނާގެ ކިބައިން
މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެކަމަށްޓަކާ އަދި ހެކިބަސްދޭންތިބި ފަރާތްތަކަށް ނުފޫޒު
ފޯރުވަފާނެކަމަށްޓަކައި، 21 މެއި 2015 އިން ފެށިގެން 15 ދުވަހުގެ މުއްދަތަކަށް މިނިސްޓްރީ އޮފް ހޯމް
އެފެއާރޒުން ކަނޑައަޅާތަ
އަޅާތަނެއްގައި ޢަލީ ސަމީޙު ބަންދުކޮށްފައި ހައްދުންމަތީ ގަމު މެޖިސްޓްރޭޓް
ކޯޓުން އަމުރު ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި
މައްސަލަ ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
422
2 ހއ
ބެހެއްޓުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
2015/HC-A/225
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން ހައްދުންމަތީ ގަމު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު PO
)
O6MC
-
B2
/
2015
/
58) ކޯޓު އަމުރު އެ ކޯޓުން ނެރުއްވާފައިވަނީ ޤާނޫނީ
އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv