ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/48 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/48
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
27
އިރޮއްޖެ
.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 48/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަލީ މޫސާ
ދާއިމީ އެޑްރެސް:
ހިތަދޫ ބުލޫލިންކް
އައިޑީ ކާޑު ނަންބަރ: A019592 * މިހާރުގެ އެޑްރެސް: ޑީ.ޕީ.އާރ.އެސް
22
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 03 މާޗް 2010
* ނިމުނު ތާރީޚް: 27 މެއި 2010
ހމި09ތ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/S2C/183
ނިންމެވިކޯޓް: ހިތަދޫކޯޓް
ޝިއްޔާގެ ބާވަތް: ފޭރުން
ހުށަހެޅުނުތާރީޚް: 26 މާޗް 2009 * ނިމުނު ތާރީޚް: 06 ޑިސެމްބަރު 2009
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: www.lhighcourt.gov.mv
[email protected]
2
2010/HC-A/48
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ،
ހިތަދޫ ކޯޓުގެ ނަންބަރު 2009/S2C/183 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއި
މެދު ހިތްހަމަ ނުޖެހިގެން، ހިތަދޫ ބުލޫލިންކް ޢަލީ މޫސާ އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީސް) އެވެ.
0އ .9
.- -03
ފާހަގަކުރެވުނު ނުކުތާތައް:
ހިތަދޫ ކޯޓުގެ ނަންބަރު 2009/S2C/183 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޢަލީ މޫސާގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، މައްސަލައާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަ ތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު، ފޭރުމަކީ: އެހެން މީހެއްގެ
އެއްޗެއް އެމީހާގެ ރުހުމާނުލައި ގަދަކަމުން އަތުލުން ކަން އެނގެން އޮވެއެވެ.
މިލްކު
ހިތަދޫ
(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސ. ހިތަދޫ ޔެލޯވިލާ އާމިނަތު ނަޒްމީނާ 2009
ފެބުރުއަރީ 14 ވަނަ ދުވަހު ދީފައިވާ ބަޔާނަށް ބަލާއިރު، އެބަޔާނުގައި ޢަލީ މޫސާ ގަދަކަމުން ދަވާދު
ދަޅުތައް އަތުލައިގެން ފިހާރައިން ބޭރަށް ނިކުންނަން މަސައްކަތްކުރި ކަމަށާއި، އެވަގުތު ސ.
އޯގަސްޓްގޭ ނުޒުނާ ނަޖުމީ ޢަލީ މޫސާގެ ކުރިމައްޗަށް އެރުމުން އޭނަ ފޮޅާލާފައި ޢަލީ މޫސާ ދަވާދު ދަޅުތައް
ހިފައިގެން ފިހާރައިން ނިކުމެގެން ދިޔަކަމަށް ބުނެފައިވާއިރު، މިދަޢުވާއާއި ގުޅިގެން އާމިނަތު ނަޒްމީނާ
ތަޙުޤީޤަށް ބަޔާނެއް ދިން ކަމަށާއި، އެބަޔާނުގައިވަނީ އާމިނަތު ނަޒްމީނާގެ ސޮޔާއި އިގިލީގެ ނިޝާން ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
3
2010/HC-A/48
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009 ޖުލައި 15 ވަނަ ދުވަހު މިމައްސަލައާއި ގުޅިގެން ސ. ހިތަދޫކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
އާމިނަތު ނަޒްމީނާ ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހިތަދޫ އޯގަސްޓް ނުޒުނާ ނަޖުމީ 2009
ފެބުރުއަރީ 14 ވަނަ ދުވަހު ދީފައިވާ ބަޔާނަށް ބަލާއިރު، އެބަޔާނުގައި ޢަލީ މޫސާ ގަދަކަމުން ދަވާދު
ދަޅުތައް އަތުލައިގެން ފިހާރައިން ބޭރަށް ނިކުންނަން މަސައްކަތްކުރި ކަމަށާއި، އެވަގުތު ނުޒުނާ ނަޖުމީ ޢަލީ
މޫސާގެ ކުރިމައްޗަށް އެރުމުން ނުޒުނާ ނަޖުމީ ފޮޅާލާފައި ޢަލީ މޫސާ ދަވާދު ދަޅުތައް ހިފައިގެން ފިހާރައިން
ނިކުމެގެން ދިޔަކަމަށް ބުނެފައިވާއިރު، މިދަޢުވާއާއި ގުޅިގެން ނުބުނާ ނަޖުމީ ތަޙުޤީޤަށް ބަޔާނެއް ދީ
ސޮއިކޮށް އިގިލީގެ ނިޝާން ދިން ކަމަށާއި، އެއީ ކަން ހިގިގޮތަށް ދީފައިވާ ބަޔާނެއް ކަމަށް، 2009 ޖުލައި
15 ވަނަ ދުވަހު މިމައްސަލައާއި ގުޅިގެން ހިތަދޫކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ނުޒުނާ ނަޖުމީ
ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ހ22222
(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ސ. ހިތަދޫ ހަނދުވަރީމަންޒިލް ފާތިމަތު ނުޒުހާ
2009 ފެބުރުއަރީ 14 ވަނަ ދުވަހު ދީފައިވާ ބަޔާނަށް ބަލާއިރު، އެބަޔާނުގައި ޢަލީ މޫސާ ގަދަކަމުން
ދަވާދު ދަޅުތައް އަތުލައިގެން ފިހާރައިން ބޭރަށް ނިކުންނަން މަސައްކަތްކުރި ކަމަށާއި، އެވަގުތު ސ.
ހިތަދޫ އޯގަސްޓްގޭ ނުޒުނާ ނަޖުމީ ޢަލީ މޫސާގެ ކުރިމައްޗަށް އެރުމުން އޭނަ ފޮޅާލާފައި ޢަލީ މޫސާ ދަވާދު
ދަޅުތައް ހިފައިގެން ފިހާރައިން ނިކުމެގެން ދިޔަކަމަށް ބުނެފައިވާއިރު، މިދަޢުވާއާއި ގުޅިގެން ފާތިމަތު
ނުޒުޙާ ތަޙުޤީޤަށް ބަޔާނެއް ދިން ކަމަށާއި، އެބަޔާނުގައިވަނީ ކަން ހިގި ގޮތަށް ފާޠިމަތު ނުޒުޙާ ކިޔާދީފައިވާ
ތެދު މަޢުލޫމާތު ކަމަށް 2009 ޖުލައި 15 ވަނަ ދުވަހު މިމައްސަލައާއި ގުޅިގެން ހިތަދޫކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ފާޠިމަތު ނުޒުޙާ ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
(ބ) އިސްވެ ފާހަގަ ކުރެވުނު، ސ. ހިތަދޫ ހަނދުވަރީމަންޒިލް ފާޠިމަތު ނުޒުހާ އާއި ސ
ހިތަދޫ އޯގަސްޓް ނުޒުނާ ނަޖުމީ އާއި ސ. ހިތަދޫ ޔެލޯވިލާ އާމިނަތު ނަޒްމީނާ އާއި މިމީސް މީހުން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، ޢަލީ މޫސާ ދަވާދު ދަޅުތައް ހިފައިގެން
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، ޙާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
4
2010/HC-A/48
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދާން އުޅުމުން ނުބުނާ ނަޖުމީ ޢަލީ މޫސާގެ ކުރިމައްޗަށް އެރުމުން ނުޒުނާ ނަޖުމީ ފޮޅާލާފައި ޢަލީ މޫސާ
ދަވާދު ދަޅުތައް ހިފައިގެން ފިހާރައިން ނުކުމެގެން ދިޔަކަމަށް ބުނެފައި އޮތުމުން، އެދަވާދު ދަޅުތައް ޢަލީ
މޫސާ ގެންގޮސްފައިވަނީ ގަދަކަމުން ކަމާއި، އަދި އެކަން ކޮށްފައިވަނީ އެތަކެތީގެ ވެރިފަރާތުގެ ރުހުމުގައި
ކަމަށް ބެލެވެން ނެތުމާއެކު، ޢަލީ މޫސާގެ އެޢަމަލަކީ ފޭރުމުގެ ޢަމަލެއްކަން ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުން ޝަރީޢަތަށް ސާބިތުވެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ފާހަގަ ކުރެވުނު ކަންކަން އެގޮތަށް ހުރުމުން،
ހިތަދޫ ކޯޓުގެ ނަންބަރު 2009/S2C/183 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް
ނުވެވުނެވެ.
453
ކަޑައަޅުއްވާ،
ދެންފަހެ، ހިތަދޫ ބުލޫލިންކް ޢަލީ މޫސާ ފޭރުމުގެ ކުށުން ކުށްވެރި ވެއްޖެ ކަމަށް
ހިތަދޫ ކޯޓުގެ ނަންބަރު 2009/S2C/183 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ،
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، އެޤަޟިއްޔާގެ ޙުކުމަށް
ތާއީދުކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
އި
އަން
ޙަމީދު
(ފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ދިވެހި22
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes