ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/217 ޤަޟިއްޔާގެ ޙުކުމް
1
2011HC-A/21?
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 217/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ސިވިލްސަރވިސް ކޮމިޝަން
އައިޑީ ކާޑު ނަންބަރ :-
ދާއިމީ އެޑްރެސް: ވެލާނާގެ،12 ވަނަ ބުރި
މިހާރުގެ އެޑްރެސް: ގ.ވެލާނާގެ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސާއިލާ ޢަބްދުއްރަޙްމާން
އައިޑީ ކާޑު ނަންބަރ : A055012
*
ދާއިމީ އެޑްރެސް: ޕޭންޓްލޭންޑް،ބ.އޭދަފުށި
* މިހާރުގެ އެޑްރެސް: މ.ހިރިނައިދޫ
0
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 ޝައްވާލް 1432 *ނިމުނު ތާރީޚް: 24 ޝަޢުބާން 1434
07 ސެޕްޓެމްބަރ 2011
01 ޖުލައި 2013
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 2011/VTR/70
ނިންމިކޯޓް: ވަޒީފާއާއިބެހޭ ޓްރައިބިއުނަލް
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާއިބެހޭ
ތާރީޚް: 16 މެއި 2011 ނިމުނު ތާރީޚް: 14 ޖުލައި 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު،
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ސޯ90
ހުންއެޅުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2011HC-A/21?
ދަޢުވާގެ ޚުލާޞާ
0x2
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/70 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު ކޮށްދިނުންއެދި ސިވިލް
ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ބ.އޭދަފުށި ޕޭންޓްލޭންޑް ސާއިލާ
ޢަބްދުއްރަޙްމާނުއެވެ.
ކުރެވުނު
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/70 މައްސަލަ އަކީ، ސާއިލާ
ޢަބްދުއްރަޙްމާނު، ޕޭންޓްލޭންޑް، ބ.އޭދަފުށި (A055012)، 1997 ވަނަ އަހަރުގެ ޖެނުއަރީ މަހުން
ފެށިގެން ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޓީޗަރެއްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 2010 ވަނަ
އަހަރުގެ ފަހުކޮޅު ކުއްލިއަކަށް ބަލިވެ، ބަލި ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވެ ވަޒީފާއަށް ނުކުތުމަށް
އުޒުރުވެރިވާންޖެހި، ސަލާމުގެ ޗުއްޓީގައި ހުރެގެން ބައްޔަށް ފަރުވާކުރަމުންގޮސް، މިބައްޔަށް އެކަށީގެންވާ
ފަރުވާއެއް ރަށުން ލިބެން ނެތުމުން، މާލެއަށް ގޮސް ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމަށް، ޑޮކްޓަރ އިރުޝާދު
ދެއްވުމާ ގުޅިގެން، 30 ދުވަހުގެ ސަލާމުގެ ޗުއްޓީ ހަމަވާން ކައިރިވެފައިވާތީ، ޑޮކްޓަރ ސެޓްފިކެޓާއެކު،
މުސާރަ ނުލިބޭގޮތަށް ވީއްލާ ދިނުމަށް އެދި ތިން ފަހަރެއްގެ މަތިން ބ.އަތޮޅު ތަޢުލީމީ މަރުކަޒަށް
ވުމުންވެސް އެކަންތައް ހަމަޖައްސައިނުދެއްވާ، 30 ވެމްބަރ 2010 ގައި ވަޒީފާއިން
ވަކިކޮށްފައިވާތީ، އޭނާ ކުރިން އަދާކުރަމުންދިޔަ ވަޒީފާ އަލުން ހަމަޖައްސައިދިނުމަށް އެދި ސިވިލް
ސަރވިސް ކޮމިޝަނަށް ރައްދުވާ ގޮތަށް، 2011 ވަނަ އަހަރުގެ މެއި މަހު 16 ވަނަ ދުވަހު، ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ސާއިލާ ޢަބްދުއްރަޙްމާނުގެ ފަރާތުން ހުށަހެޅި މައްސަލައެއްކަން އެނގޭކަމާއި،
2 ތ 3
2
0
2
ހެނހެޅެމެ
ނޮވެމް
އެމައްސަލަ ނިންމަވާފައިވަނީ
ދެންފަހެ، މިމައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި ފަރާތުންނާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނިމުލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2{11/HC-A/217
މައްސަލަ ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ ހުށަހެޅި އާއިލާ
ޢަބްދުއްރަޙްމާނު ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އަދާކުރަމުން ދިޔަ ވަޒީފާއިން 30 ނޮވެމްބަރު 2010 ގައި
ވަކިކޮށްފައިވަނީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ)ގެ 3 ވަނަ ނަންބަރުގައި
ވާގޮތުގެ މަތިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 152 ވަނަ
މާއްދާއާއި ކޯޑްއޮފް ކޮންޑަކްޓާ ޚިލާފުވެފައިވާތީ، ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނިނަމަވެސް،
ސާއިލާ ޢަބްދުއްރަޙްމާނު ވަޒީފާއަށް ޙާޟިރުނުވެ ހުންނަން ޖެހުނު ސަބަބު މައްސަލަ ރައްދުވި ފަރާތަށް
އެނގިފައިވާކަން ސާބިތުވާތީއާއި، އާއިލާ ޢަބްދުއްރަޙްމާނު ހުށަހަޅާފައިވާ ކަންތަކާ ގުޅޭގޮތުން ގޮތެއް
ނިންމުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ދަށުގައިވާ އިދާރާތަކުން ޢަމަލުކުރުމަށް ދިވެހި ސިވިލް
ސަރވިސްގެ ޤަވާޢިދު 2010ގައި، ކަނޑައަޅާފައިވާ ގޮތަށް ޢަމަލުކޮށްފައި ނުވާކަން ސާބިތުވާތީ، ސާއިލް
ޢަބްދުއްރަޙްމާނު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު:2007;5 (ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނު)އާއި، ޤާނޫނު ނަންބަރު: 02/2008 ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ކަމަށް މައްސަލަ ބެލި
މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު: 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ
29 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ސާއިލާ ޢަބްދުއްރަޙްމާނު ކުރިން
އަދާކުރަމުންދިޔަ ވަޒީފައިގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ
މީހެއްކަމުގައި ނުބެލުމަށާއި، އޭނާގެ ވަޒީފާއާގުޅޭ އެންމެހާ ކަންތައްތައް މިއަދު 14 ޖުލައި 2011
ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހަމަޖައްސައި، އޭނާ ވަޒީފާއިން ވަކިކުރި ތާރީޚް ކަމަށްވާ 30
ނޮވެމްބަރު 2010ން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައް ހަމަޖެހޭ ދުވަހާ ހަމައަށް ލިބެންވާ މުސާރައާއި
އެލަވަންސް، މައްސަލަ ހުށަހެޅި ސާއިލާ ޢަބްދުއްރަޙްމާނަށް މިއަދު، 14 ޖުލައި 2011ން ފެށިގެން 15
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my emas
4
2{011}HC-A/21
(ފަނަރަ) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދިނުމަށް ފަހު، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން
އެންގުމަށް، ސިވިލް ސަރވިސް ކޮމިޝަނަށް އަންގާ އަމުރުކުރަމެވެ ." މި ފަދައިންނެވެ.
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/70 މައްސަލަ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އެއް
ނުކުތާ ހުށައަޅައި އެނުކުތާއާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އެނުކުތާއަކީ
ސިވިލް ސަރވިސްގެ ޤާނޫނާއި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓް އަދި
ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގެ 152 ވަނަ މާއްދާއަށް ފުރިހަމައަށް ރިޢާޔަތް ނުކޮށް
މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
05/
24 2
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/70 މައްސަލަ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި އެނުކުތާއާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
2x2
(ހ) ސާއިލާ ޢަބްދުއްރަޙްމާނު އަކީ ޖެނުއަރީ 1997 އިން ފެށިގެން
ތަޢުލީމީ މަރުކަޒުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފެއްކަމާއި، އެސުކޫލުގައި އޭނަ
އަދާކުރަމުންދިޔަ ވަޒީފާއިން 30 ނޮވެމްބަރު 2010 ވަނަ ދުވަހު އޭނަ ވަކިކޮށްފައިވާ ކަމާއި ވަކިކުރި އިރު
އޭނަ އަދާކުރަމުންދިޔައީ ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގުރެޖުއޭޓު ޓީޗަރެއްގެ މަޤާމު ކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my emas
5
2011HC-A/21?
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ
ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ
ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންވެގެން
އޮންނަކަމާއި، ސާއިލާ ޢަބްދުއްރަޙްމާން ވަޒީފާއިން ވަކިކުރި ސަބަބާއި ބެހޭ ގޮތުން ސިވިލް ސަރވިސް
ކޮމިޝަނުން ބުނެފައިވަނީ ސާއިލާ ޢަބްދުއްރަހްމާން ވަޒީފާއިން ވަކިކުރެވިފައިވަނީ ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނާއި، ޤަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފްވެފައިވާތީ ކަމަށާއި ދިވެހި ސިވިލް
ސަރވިސްގެ ޤަވާއިދުގެ 2010 ގެ 152 ވަނަ މާއްދާގައި ސވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރާ
މުވައްޒަފަކަށް ވަޒީފާއަށް ހާޟިރުނުވެ ހުރެވޭނީ ސިވިލް ސަރވިސްގެ ޤަވާއިދުގައި ކަނޑައަޅާފައިވާ
ގޮތްތަކުގެ ތެރެއިން ގޮތެއް ކުރިއަށް ހަމަޖެހިގެން ކަމަށާއި، މުވައްޒަފަކު ވީނުވީއެއް ނުދަންގައި 15
(ފަނަރަ) ދުވަހު ހުރެއްޖެ ނަމަ، އިތުރު ނޯޓިހެއް ދިނުމަކާއި ނުލައި އެމީހަކު ވަޒީފާއިން ވަކިކުރެވިދާނެ
ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ސާޢިލާ ޢަބްދުއްރަޙްމާން ވަޒީފާއިން ވަކިކޮށްފައިވަނީ ސާއިލާ
ޢަބްދުއްރަޙްމާން ސިވިލް ސަރވިސްގެ ޤަވާއިދުގެ 12 ވަނަ މާއްދާއާއި ޚިލާފަށް ޢަމަލުކޮށްފައިވާތީ ކަމަށް
ސިވިލް ސަރވިސް ކޮމިޝަނުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައި އޮންނަކަން އެނގޭކަމާއި
އިސްތިއުނާފު މިކުރެވޭ މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު،
ސާއިލާ ޢަބްދުއްރަޙްމާން 29 އޮގަސްޓް 2010 އިން ފެށިގެން 3 މަސްދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭ
ގޮތަށް ވީއްލައި ދިނުމަށް އެދި ސްކޫލަށް ހުށަހެޅުއްވުމަށްފަހު ވީއްލުމުގެ ކަންތައް ހަމަނުޖެހި ވަނިކޮށް
ސްކޫލަށް ހާޟިރުވެފައި ނުވާތީ ވަޒީފާއިން ވަކިކުރުމާމެދު ލަފަޔަކަށް މިނިސްޓްރީ އޮފް އެޑިކޭޝަންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my emas
6
2011HC-A/21?
ނަންބަރު
188
/
2010
/
1306/D-22 (18 އޮކްޓޯބަރ 2010 ) ސިޓީން އެދިފައިވާ ކަމާއި އެސިޓީ
047
ހދ 3ތ ކތ ދ ތ
04ދއްރަޙްމާން
އާއި ގުޅިގެން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގައިވާ
ގޮތުގެ މަތީން ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވާ މުވައްޒަފުން
ވަޒީފާއިން ވަކިމިކުއްރައްވާ އުސޫލުން ސާއިލާ ޢަބްދުއްރަޙްމާން ވަޒީފާއިން ވަކިކުރެއްވިދާނެކަމަށް
ބަޔާންކޮށް އަދި ވަކިކުރައްވަން ބޭނުންފުޅުވާނަމަ ދެންނެވުނު އުސޫލުގެ މަތިން ވަޒީފާއިން ވަކިކުރައްވާ ޗިޓް
ފޮނުއްވުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 25
/
22
/
2010
/
1445/A-188 ސިޓީން
މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށް އަންގަވައިފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން
އޮންނަކަމާއި
ސާއިލާ
30 ނޮވެމްބަރު 2010 މި ތާރީޚުގައި ވަޒީފާއިން ވަކިކުރި
ސަބަބެއް ކަމުގައި ވަޒީފާއިން ވަކިކުރެއްވި ކަމަށް އަންގައި ސާއިލާ ޢަބްދުއްރަޙްމާނަށް ފޮނުވާފައިވާ
ސިޓީގައި ބަޔާންކުރައްވާފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3
ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ، ޤަވާއިދާއި ކޯޑް އޮފް
ކޮންޑަކްޓާއި ޚިލާފްވެފައިވާތީ ކަމަށް ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ނަންބަރު 2010
/
16/GSoL
/
MIS
ސިޓީން އެނގެން އޮންނަކަމާއި، އަދި އެސިޓީ ލިޔެފައިވާ ތާރީހަކީ 17 ފެބްރުއަރީ 2011 ގައިކަން
އެލިޔުމުން އެނގެން އޮންނައިރު، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީއަތަށް ހުށަހަޅާފައިވާ ނަންބަރު 2010
/
2151/CSC(2) ގެ "ވަޒީފާއިން ވަކިކުރެއްވި ޗިޓް" އަށް
ބަލާއިރު ސާއިލާ ޢަބްދުއްރަޙްމާން ވަޒީފާއިން ވަކި ކޮށްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަންބަރު
2010
/
1316/(18)/D-22 (7 ނޮވެމްބަރ 2010) ގެ ޗިޓާއި ހަވާލާދީ 30 ނޮވެމްބަރު 2010 ގައި
ކަމަށް ބަޔާންކޮށްފައިވާއިރު އެލިޔުމުގައި ތާރީޚުގެ ގޮތުގައިވަނީވެސް 30ނޮވެމްބަރު 2010 ކަން އެލިޔުމުން
0 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my emas
7
2011/HC-A/21
އެނގެން އޮންނައިރު، ސާއިލާ ޢަބްދުއްރަޙްމާން 17 ފެބްރުއަރީ 2011 ގެ ނިޔަލަށް ވަޒީފާއަށް
ނުކުމެފައިވާކަން މިމައްސަލާގައި ހުށަހެޅިފައިވާ ލިޔެކިޔުން ތަކުން އެނގެއެވެ.
22
އިސްތިއުނާފު މިކުރެވޭ މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސާއިލާ
ޢަބްދުއްރަހްމާން ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް 2010 ވަނަ
އަހަރުގެ ފަހުކޮޅުގައި ސާއިލާ ޢަބްދުއްރަޙްމާން ކުއްލިއަކަށް ބަލިވެ ވަޒީފާއަށް ނުކުތުމަށް އުޒުރުވެރިވެ
ސަލާމުގެ ޗުއްޓީގައި ހުރެގެން ބައްޔަށް ރަށުން ފަރުވާކޮށް ރަނގަޅު ނުވުމާ ގުޅިގެން ޑޮކްޓަރުގެ ލަފާ ގެ
މަތިން މާލެއިން ފަރުވާކުރުމަށްޓަކައި ނާއިލާ ޢަބްދުއްރަޙްމާން އޭރު ހުރި ސަލާމުގެ ޗުއްޓީ ހަމަވާން
ކައިރިވެފައިވުމާއެކު މުސާރަ ނުލިބޭގޮތަށް ވީއްލާ ދިނުމަށް އެދި ޑޮކްޓަރުގެ ސެޓިފިކޭޓާއި އެކު މުސާރަ
ނުލިބޭގޮތަށް 29 އޮގަސްޓް 2010 ދުވަހުން ފެށިގެން ތިންމަސްދުވަހަށް ވީއްލާދިނުމަށް އެދި 19
އޮގަސްޓް 2010 ގައި ބ.އަތޮޅު ތައުލީމީ މަރުކަޒަށް ހުށަހަޅާފައިވާ ކަމާއި އެހުށަހެޅުމާއި ގުޅިގެން ޗުއްޓީ
ހަމަޖެއްސުމަށް އެދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހިއުމަންރިސޯސް އެންޑް ޑިވެލޮޕްމަންޓްކޮމިޓީގެ
މަޝްވަރާއަށް އެކަން ފޮނުވާފައިވާ ކަމަށް ބަޔާންކޮށް ޗުއްޓީ ހަމަޖެހެންދެން ޤަވާއިދުން ވަޒީފާއަށް
ހާޟިރުވަމުން ގެންދިޔުމަށް 19 އޮގަސްޓް 2010 ގައި ސާއިލާ ޢަބްދުއްރަޙްމާނަށް އެސުކޫލުގެ ފަރާތުން
އަންގާފައިވާކަމާއި، މުސާރަ ނުލިބޭގޮތަށް ވީއްލާދިނުމަށް އެދި ހުށަހެޅުމުން އެކަން ހަމަނުޖެހި ގިނަ
ދުވަސްތަކެއްވާތީ އާއިލާ ޢަބްދުއްރަހްމާންގެ ސަލާމުގެ ޗުއްޓީއާއި ޢާއިލީ ޒިންމާގެ ޗުއްޓީވެސް
ހުސްވެފައިވުމުން ޙާއްސަ ޙާލަތަކާ ގުޅިގެން މުސާރަ ނުލިބޭގޮތަށް 15 ދުވަހުގެ ޗުއްޓީ އަކަށް 05
ސެޕްޓެމްބަރު 2010 ގައި އެދި ހުށަހަޅާފައިވާ ކަން ލިޔުންތަކުން އެނގޭކަމާއި އެސިޓީ އާއި ގުޅިގެން
ޗުއްޓީ ހަމަޖައްސަވައި ދެވެންނެތްކަމަށް 05 ސެޕްޓެމްބަރު 2010ގައި ސާއިލާ ޢަބްދުއްރަހްމާނަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނިމުލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2011HC-A/21?
އަންގާފައިވާކަމާއި އެއަށްފަހު 07 ސެޕްޓެމްބަރު 2010 ގައި ދެވަނަ ފަހަރަށް ސާއިލާ ޢަބްދުއްރަހްމާންގެ
ސަލާމުގެ ޗުއްޓީއާއި ޢާއިލީ ޒިންމާގެ ޗުއްޓީވެސް ހުސްވެފައިވުމުން ސިވިލް ސަރވިސްގެ ޤަވާއިދުގެ 180
ވަނަ މާއްދާގައި ބުނާ ޙާއްސަ ޙާލަތަކާ ގުޅިގެން މުސާރަ ނުލިބޭގޮތަށް 15 ދުވަހުގެ ޗުއްޓީއަކަށް އެދި
ހުށަހަޅާފައިވާކަމާއި އެސިޓީއާއި ގުޅިގެން ޑޮކްޓަރަށް ދެއްކުމަށް މާލެ ދިއުމަށް ދެއްވާފައިވާ ލަފާގެ މައްޗަށް
ބުރަވެ ސާއިލާ ޢަބްދުއްރަހްމާނު ހުށަހަޅާފައިވާ މެޑިކަލް ސެޓިފިކޭޓްގައިވާ ހާލަތަކީ ޙާއްސަ ޙާލަތެއް ކަމަށް
ބަލައި މުސާރަ ނުލިބޭ ގޮތަށް ދޫކޮށްދެވެން ނެތްކަމަށް 13 ސެޕްޓެމްބަރު 2010 ގައި ސާއިލާ
އަބްދުއްރަޙްމާނަށް ބ.އަތޮޅު ތައުލީމީ މަރުކަޒުން އަންގާފައިވާކަން އެނގެން އޮންނަކަމާއި އަދި މައްސަލައާއި
ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު 17 އޮގަސްޓް 2010 ގައި ސާއިލާ ޢަބްދުއްރަޙްމާނަށް
އަގަބަހުން ނަސޭހަތް ދެވިފައިވާ ކަމާއި 23 ސެޕްޓެމްބަރު 2010 ގައި ސާއިލާ ޢަބްދުއްރަށް ވަޒީފާއަށް
ނުކުންނަން ފަށާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
ހދ 3
2 ހދ / ތ
ހހމާން
(ނ) ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގެ 152 ވަނަ މާއްދާއަށް ބަލާއިރު
އެމާއްދާއަކީ ވީގޮތެއް ނާންގައި އޮފީހަށް ހާޒިރުނުވެ ހުރުމާ ގުޅޭގޮތުން ޢަމަލުކުރާނެ ގޮތާއި ބެހޭ
މާއްދާއެއްކަން އެމާއްދާގެ ސުރުޚީއަށް ބެލުމުން އެނގެން އޮންނަކަމާއި ދިވެހި ސިވިލް ސަރވިސް
ޤަވާއިދު 2010 ގެ 152 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސިވިލް ސަރވިސްގެ ވަޒީފާއެއް
އަދާކުރާ އެއްވެސް މުވައްޒަފަކު ވަޒީފާއަށް ޙާޟިރުނުވެ ހުރެވޭނީ، އެޤަވާޢިދުގައި ކަނޑައެޅިފައިވާ
ގޮތްތަކުގެ ތެރެއިން ގޮތެއް ކުރިއަށް ހަމަޖެހިގެން ކަމަށް ބަޔާން ބަޔާންކޮށްފައިވާކަމާއި އެއީ
އެއްވެސް ކަހަލަ ޗުއްޓީއެއްނަމަ، ޤަވާޢިދުން ޗުއްޓީއެއް ހަމަޖެހިގެންކަމަށް ބަޔާންކޮށް އެމާއްދާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2{11/HC-A/217
ON O
ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ އެއްވެސް މުވައްޒަފަކަށް ވީނުވީއެއް ނާންގާ ޙާޒިރުނުވެ
ވަޒީފާގައި ދެމި ނުހުރެވޭނެ ކަމަށް ބަޔާންކޮށް އެގޮތަށް ޙާޟިރުނުވާ އެންމެ ދުވަހެއްވެސް ބެލެވޭނީ
ވަޒީފާއަށާއި، ޒިންމާއަށް އިހްމާލުވުންކަމަށް އެމާއްދާގައި ބަޔާންކޮށްފައިވާ ކަމާއި މިގޮތުން މުވައްޒަފު
ވީނުވީއެއް ނާންގާ 15 ދުވަހު ހުރެއްޖެނަމަ، އިތުރު ނޯޓިސްއެއް ދިނުމަކާއި ނުލައި އެމުވައްޒަފު
ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ބަޔާންކޮށް ވީގޮތެއް ނައަންގައި މުވައްޒަފަކު އޮފީހަށް ހާޒިރުނުވެ
ހުރުމުގެ ސަބަބުން މުވައްޒަފަކު ވަކިކުރާ ޚާލަތުގައި އެމުވައްޒަފަކު ވަކިކުރުމަށް މަސްއޫލު އޮފީހުން
ކޮމިޝަނަށް ހުށައަޅަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމާއި
އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު ސާއިލާ
ޢަބްދުއްރަޙްމާން ވަޒީފާއަށް ނުނިކުމެހުރީ ފުރަތަމަ ސަލާމުގެ ޗުއްޓީއާއި ޢާއިލީ ޒިއްމާގެ ޗުއްޓީ
ހަމަވެފައިވުމުގެ ސަބަބުން
ބަލިހާލަތު ހުރިގޮތުން އިތުރަށް ފަރުވާ ހޯދުމަށް ރަށުން ބޭރަށް
ދިއުމަށްޓަކައި ސިވިލް ސަރވިސްގެ ޤަވާއިދުގެ 179 މާއްދާގައި ބުނާ ފަދަ މުސާރަ ނުލިބޭ ގޮތަށް
3 މަސްދުވަހުގެ ޗުއްޓީ އަށް އެދުމަށްފަހު އެކަންތައް ހަމަނުޖެހި ދިގުލުމުގެ ސަބަބުން ސިވިލް
ސަރވިސްގެ ޤަވާއިދުގެ 180 ވަނަ މާއްދާގައި ބުނާ ފަދަ ޚާއްސަ ހާލަތުގައި މުސާރަ ނުލިބޭގޮތަ
ވީއްލުމަށް އެދިފައިވަނިކޮށްކަން ބަޔާންތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭއިރު
داری
ދިވެހި ސިވިލް ސަރވިސް ގެ ޤަވާއިދު 2010 ގެ 179 ވަނަ މާއްދާގައި މުސާރަ
ނުލިބޭ ގޮތަށް މުވައްޒަފުން ވީއްލޭނެ ގޮތްތައް ބަޔާންކޮށްފައިވާކަމާއި އެގޮތުން އެމާއްދާގެ (ށ) ގައި
ފަރުވާ ބޭނުންވާ ބައްޔަކަށް ފަރުވާ ހޯދުމަށްޓަކައި މުސާރަ ނުލިބޭގޮތަށް ވީއްލުމަށް ބޭނުންވެއްޖެ ނަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނިމުލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my emas
10
2{11/HC-A/217
ދޫކުރެވޭނެ ކަމަށް ބަޔާންކޮށް އެމާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި އެގޮތަށް ދޫކުރެވޭނީ
އެމީހެއްގެ ބަލީގެ ބަވަތާއި، އެމީހަކަށް ފަރުވާކުރުމަށް ބޭނުންވާނެ މުއްދަތު ބަޔާންކޮށް އެޤަވާއިދުގައި
ސެޓިފިކެޓް ޤަބޫލުކުރާކަމަށް ކަނޑައަޅާފައިވާ ޞިއްޙީ އެހީތެރިއެއްގެ ސެޓިފިކެޓް ހުށަހެޅުމުން ކަމަށް
ބަޔާންކޮށްފައިވާކަމާއި
ހ(
އޏ
އިސްތިއުނާފު މިކުރެވޭ މައްސަލާގައި 19 އޮގަސްޓް 2010 ދުވަހު ސާއިލާޢަބްދުއް
ރަޙްމާން 3 މަސްދުވަހުގެ މުސާރަ ނުލިބޭ ޗުއްޓީއަކަށް އެދިފައިވާކަމާއި އަދި ޙާއްސަ ހާލަތެއްގައި
މުސާރަ ނުލިބޭ ގޮތަށް 15 ދުވަހަށް ވީއްލައިދިނުމަށް އެދި ހުށަހަޅާފައިވަނީ މެޑިކަލް ސެޓިފިކެޓް
އަކާއި އެކު ކަން އެނގެން އޮންނަކަމާއި، ސާޢިލާ ޢަބްދުއްރަޙްމާން ހުށަހަޅާފައިވާ
ހޮސްޕިޓަލް ގެ ނަންބަރު 2010/BAH/67 (12 އޮގަސްޓް 2010 )ލިޔުމަށް ބަލާއިރު
އެލިޔުމުގައި ކޮމްޕްލެއިންގެ ގޮތުގައި ޑޮކްޓަރ ފާހަގަކުރައްވާފައިވަނީ " އިޗިންގ ނުވަތަ ރޭޝަސް"
ކަން އެނގޭ ކަމާއި މިލިޔުމަށް ބަލާއިރު މިއީ އޭގެ ދެއަހަރު ކުރިންވެސް އޭނާ ގައިގައި ހުރި
އެލާޖީއެއް ( ގައި ހިރުވުން) ކަން އެލިޔުމަށް ބެލުމުން އެނގޭ ކަމާއި އަދި އައި.ޖީ.އެމް.އެޗް ނުވަތަ
އިން ހަމުގެ ހާއްސަ ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރ ލަފާ ދެއްވާފައިވާކަން މިލިޔުމުން
2
c2
هހ 4
އެނގޭކަމާއި
04x
83އ
ދިވެހި ސިވިލް ސަރވިސް ޤަވާއިދު 2010 ގެ 152 ވަނަ މާއްދާގައި ވާގޮތަށް ކުރިއަށް
ހަމަޖެއްސުމުގައި ސާއިލާ ޢަބްދުއްރަޙްމާނުގެ ފަރާތުން ހުށަހަޅަންޖެހޭ
ހުށަހެޅުންތައް
ހުށަހަޅާފައިވާކަން އެނގޭ ކަމާއި މިގޮތުން ސާއިލާ ޢަބްދުއްރަޙްމާން ޚާއްސަ ޤާލަތެއްގައި
މުސާރަނުލިބޭ ގޮތަށް ވީއްލައިދިނުމަށް އެދި ހުށަހެޅުމާ ގުޅިގެން ބ.އަތޮޅު ތަޢުލީމީ މަރުކަޒުން ގޮތެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2011HC-A/21?
ކަނޑައެޅުއްވިއިރު ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010ގެ 180 ވަނަ މާއްދާގައި
ބަޔާންވެގެންވާ ގޮތަށް ސާޢިލާ ޢަބްދުއްރަޙްމާނުގެ ހުށަހެޅުމާ ބެހޭގޮތުން ހިއުމަން ރިސޯސް
ކޮމިޓީގައި މަޝްވަރާ ކުރެވިފައިވާކަން އެނގޭނެ އެއްވެސް ހުއްޖަތެއް ހުށަހެޅިފައި
ނުވާކަން އެނގެއެވެ.
0 0
މެނޭޖުމެންޓް
19 7
ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ށ) ގައި "
މަސައްކަތުގެ އަޚްލާޤީ މިންގަޑަށް މުވައްޒަފަކު ތަބާނުވާކަމަށް ބެލުމުގައި ނުވަތަ މުވައްޒަފަކު އޭނާގެ
ވަޒީފާއިން ވަކިކުރުމުގައި ތިރީގައިއެވާ ކަންތައްތައް އެއީ އެކަށީގެންވާ ސަބަބުތަކެއް ކަމަށް ނުބެލެވޭނެއެވެ.'
މިގޮތަށް
ތަށް ބަޔަންކުރުމަށްފަހު (ށ) ގެ (2) ވަނަ ނަންބަރުގައި ވަނީ " ބަލިވުން ނުވަތަ ލިބުނު ހާނިކައެއްގެ
ސަބަބުން، ވަގުތީ ގޮތުން ވަކި ދުވަސްތަކަކު މަސައްކަތަށް ނުނުކުމެ ހުރުން" މިފަދައިން ބަޔާން
ކޮށްފައިވާއިރު، ސާއިލާ ޢަބްދުއްރަޙްމާނު ވަގުތީ ގޮތުން ވަކި ދުވަސްތަކަކު މަސައްކަތަށް ނުނިކުމެހުރީ
ބަލިވުމުގެ ސަބަބުންކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ބަޔާންތަކުން އެނގޭކަމާއި
ޤާނޫނު ނަންބަރު 2/2008 ( ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާގައި ވާގޮތުން
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެމުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި އޭނާ
ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާ
އެއްކަމާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާދޭފަރާތަށް
ސާބިތުކޮށް ނުދެވިއްޖެނަމަ އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނޭ ކަމަށް
އެމާއްދާގައި ބަޔާންކޮށްފައިވާއިރު ސާއިވާ ޢަބްދުއްރަޙްމާނު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާއިބެހޭ
ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭފަރާތުން ނިންމުމުގައި
މަޢުޟޫއީ ގޮތުންނާއި އިޖުރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިގެން ނޫންކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2011HC-A/21?
އެނގޭކަމާއި އަދި ސާއިލާ ޢަބްދުއްރަޙްމާނު ވަޒީފާއިން ވަކިކުރުމުގައި ޤާނޫނު ނަންބަރު 5/2007 ( ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގައި ދިވެހި ސިވިލް ސަރވިސްގައި
މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބުތައް ކަމުގައި ބަޔާންކޮށްފައިވާ
ސަބަބުތަކުގެ ތެރޭގައި ހިމެނޭ ސަބަބެއް ސާއިލާ ޢަބްދުއްރަޙްމާނުގެ ކިބައިން މެދުވެރިވެފައިވާ ކަމަށް
ޝަރީޢަތުން ބެލެވޭނެ ހުއްޖަތެއް ނެތްކަން އެނގެއެވެ.
ބަޔާންކުރެވުން
24 2
2 *ތ
ބިނާކޮށް
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
އެންމެހައި ސަބަބުތައް އެގޮތުގެ
މަތީން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/70 މައްސަލަ އިސްތިއުނާފު
ކުރުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ
ސަބަބެއް އޮތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް
ނުފެނުނެވެ.
24 0
22 22
ޙުކުމް:
ހ) 20
92
2
19ކޗވަން
ދެންފަހެ، އިސްވެ ފާހަގަކުރެނު ނުކުތާތަކުގައި
އެންމެހައި ސަބަބުތައް
އެގޮތުގެ
މަތީން ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR/70
މައްސަލާގައި
ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބެލެވޭނެ
އެއްވެސް ސަބަބެއް އޮތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
ނުފެންނާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2011/VTR;70 މައްސަލާގައި ނިންމާފައިވާ
ނިންމުމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް، އެގޮތުގެ
މަތިން ޙުކުމް ކޮށްފީމެވެ.
0/
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން 3325129، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv