ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/122 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރ
!ވެހިރާމް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 122/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
* ނަން: (ކުޑަކުއްޖަކަށްވާތީ، އެކުއްޖާގެ ނަމާއި މައުލޫމާތު އުނިކުރެވިފައި)
އައި.ޑީ. ކާރޑް ނަންބަރު:
ދާއިމީ އެޑްރެސް:
40ތ"
* މިހާރުގެ އެޑްރެސް: ކުޑަކުދިންގެހިޔާ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް މިހާރުގެ އެޑްރެސް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
• ތަދައްޚުލްވިފަރާތް:
ނަން: ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
އެޑްރެސް:
އުތުރުވެހި މާލެ
މިހާރުގެ
އުތުރުވެހި މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 07 އޭޕްރީލް 2013 ނިމުނު ތާރީޚް: 21 އޯގަސްޓް 2013
އިސްތިއު އުނާފުކުރެވުނު ޤަޟިއްޔާ:
z ނަންބަރ: 2012/Jv
-
C/65
* ކޯޓު: ޖުވެނައިލް ކޯޓު
ނިންމެވި ތާރީޚް: 26 ފެބްރުއަރީ 2013
ޤަޟިއްޔާގެ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ބާވަތް: ޒިނޭކުރުން
0
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/122
ދަޢުވާގެ ޚުލާޞާ
މިއީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/65 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް (ކުޑަކުއްޖެއް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤާޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލް) އެވެ.
މިޤަޟިއްޔާއަށް ތަދައްޚުލުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ
ފަރާތުން އެދިފައިވާތީ މިޤަޟިއްޔާގައި އެކޮމިޝަން ތަދައްޚުލްވެއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1- ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/65 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް (ކުޑަކުއްޖެއް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/65 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ އިސްތިއުނާފުކުރި ފަރާތް، ށ. ފޭދޫ ! ދަނބުގޭ މުޙައްމަދު
އިބްރާހީމާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އުޅުމުގައި ތަފާތު އެކިދުވަސް މަތީން ބަދުއަޚްލާޤީ ޢަމަލު
ހިންގައި ޒިނޭކޮށްފައިވާކަމަށް ބުނެ އިސްތިއުނާފުކުރި ފަރާތް، ޒިނޭގެ ކުށް އިޢުތިރާފްވެފައިވާތީ،
އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ޒިނޭ ކުރުމުގެ ކުށުގެ ދަޢުވާ ކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
Proxec
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޑުޓާހއެއް
3
2013/HC-A/122
ޤަޟިއްޔާ ނިމުނު ގޮތު
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދަޢުލަތުގެ ދަޢުވާގައިވާ ފަދައިން
އިސްތިއުނާފުކުރި ފަރާތް، ޒިނޭގެ ކުށަށް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވުމުން “އަލްއިޢުތިރާފް
ސައްޔިދުލް
މިދުލްއަދިއްލާ" ގެ މަބްދަޢުގެ މައްޗަށް ބަލައި، ދައުލަތުން ކުޅަ ޒިނޭ ކުރުމުގެ ކުށުގެ ދަޢުވާ ލިބުނު
އިސްތިއުނާފުކުރި ފަރާތް އިޢުތިރާފުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވައި،
އެކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤިކުށް ކުރިއިރު އިސްތިއުނާފުކުރި ފަރާތަކީ، މީލާދީ ގޮތުން
18 (އަށާރަ) އަހަރު ނުފުރޭ ޤާނޫނީ ގޮތުން ކުޑަކުއްޖެއްކަމުގައިވާތީ، "ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް
ބަލާ، ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 17 ވަނަ މާއްދާގެ
(ހ) އާއި އެމާއްދާގެ (ބ) ގެ 02 ވަނަ ނަންބަރަށް ޙަވާލާދީ، "ޝަރީޢަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ
ޤަވާއިދު" 6 ގެ 193 ވަނަ މާއްދާ (ނަންބަރު MJ/2008
/
03 ސަރކިއުލަރ) ގެ 10 ވަނަ ނަންބަރުގެ
ދަށުން އިސްތިއުނާފުކުރި ފަރާތުގެ ގައިގާ 100 (އެއްސަތޭކަ) އެތިފަހަރުން ޒިނޭގެ ޙައްދު ޖެހުމާއެކު 08
(އަށެއް) މަސް ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ޙުކުމްކުރައްވައިކަން އެނގެން އޮންނަކަމެވެ.
19 7
3- ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/65 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އިސްތިއުނާފުކުރި ފަރާތުގެ ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
ހ) ފުރަތަމަ ނުކުތާއަކީ: އިސްލާމްދީނުގައި ޙައްދު ޤާއިމު ކުރުމުގެ ހަމަތަކަށް ބަލާއިރު،
އެކުލެވިގެންވާ އެއްވެސް ކަމެއްގައި ޙައްދު ޤާއިމުކުރެވިގެން ނުވާނެ
ނުވާނެކަމަށް އޮންނަ ޝަރުޢީ
އުޞޫލާ ޚިލާފަށް ޙުކުމް ކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 1316471]
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieman:
4
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
(ނ) ދެވަނަ ނުކުތާއަކީ: ޖިނާއީ ކުށެއްގެ ދަޢުވާ އުފުލޭއިރު، އެކުށުގެ ތަޙްޤީޤު ކުރުމަކީ
ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އަދި ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު ހަމަޖެހިފައިވާ
ގޮތުންވެސް ކުރަންޖެހޭ ކަމަށްވާއިރު، ޖިނާއީ ކުށެއްގެ އެއްވެސް ތަޙްޤީޤެއްނެތި، ޖިނާއީ ޢަދުލުގެ ނިޒާމާ
ޚިލާފަށް ޙައްދު ޤާއިމު ކުރެވޭ ކުށެއްގެ ދަޢުވާކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ތިންވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (ހ) ގައި، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، އެމީހެއްގެ މައްޗަށް ތުހުމަތު
ކުރެވިފައިވާ ކުށަކީ ކޮބައިކަން، އެމީހަކަށް ރަނގަޅަށް ދޭހަވާ ބަހަކުން، ލަސްނުކޮށް އަންގަ
ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ މަފްހޫމާ ޚިލާފަށް ދަޢުވާ އުފުލާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
ނަގަންވާނެކަމަށް
<< O
(ށ) ހަތަރުވަނަ ނުކުތާއަކީ: ހެކި ހޯދުމާއި ހެކި ވަޒަންކުރުމުގައި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، އަދި ޖިނާއީ މިންގަނޑުން ހެކި ވަޒަންކުރުމުގެ
މިންގަނޑުތަކާއި ޚިލާފަށް ހެކި ހޯދައި ވަޒަންކޮށް އެ ހެކިތަކުގެ މައްޗަށް ރިޢާޔަތްކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: އިސްލާމީ ޝަރުޢީ އުޞޫލުތަކަށް ނަޒަރުކުރާއިރު،
އިޢުތިރާފަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި ވާންޖެހޭނޭ އެއްޗަކަށްވާއިރު، އެ އިޢުތިރާފެއް ވެފައިވަނީ،
އަމިއްލަ އިޚްތިޔާރުގައިކަން ނުވަތަ ނޫންކަމާމެދު ސުވާލު އުފެދޭ ވަށައިގެންވާ އެހެނިހެން ދެކިތަކުގެ
މައްޗަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 1471*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯ
5
2013/HC-A/122
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ޅ) ހަވަނަ ނުކުތާއަކީ އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް
ޝަރީޢަތުން ނިންމަވާފައިވަނީ، އޭނާގެ އިޢުތިރާފެއްގެ މައްޗަށް ކަމުގައިވާއިރު، އެއިޢުތިރާފަކީ
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ އާއި ޚިލާފަށް ނަގައި ބޭނުންކޮށްފައިވާ އިޢުތިރާފުކަށްވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
0
-
C/65 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އިސްތިއުނާފުކުރި ފަރާތުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން އިސްތިއުނާފުކުރި
ފަރާތުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުންނާއި
ލިޤާޟިއްޔާއަށް ތަދައްޚުލްވި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޖުވެނައިލް ކޯޓުގެ ނަންބަރު
2012/Jv
-
C!65 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ދައުލަތުން ޒިނޭ ކުރުމުގެ
ކުށުގެ ދަޢުވާކޮށްފައިވަނީ އިސްތިއުނާފުކުރި ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް 07
ޖުލައި 2012 ގައި ދީފައިވާ ބަޔާނުގައި އޭނާ ށ. ފޭދޫ ! ދަނބުގޭ މުޙައްމަދު އިބްރާހީމާއެކު ބަދުއަޚްލާޤީ
ޢަމަލު ހިންގައި ޒިނޭކުރިކަމަށް އިސްތިއުނާފުކުރި ފަރާތް އިޢުތިރާފްވެފައިވާތީކަމަށް ބުނެ އެކަމުގެ މައްޗަށް
ބައްލަވައިގެންކަން އެނގޭއިރު، އޭނާގެ މައްޗަށް ޒިނޭކުރުމުގެ ކުށް ސާބިތުވާކަމަށް ޖުވެނައިލް ކޯޓުން ޙުކުމް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieman:
6
2013/HC-A/122
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކުރައްވާފައިވަނީވެސް ހަމައެކަނި އިސްތިއުނާފުކުރި ފަރާތް، ޒިނޭކުރިކަމަށް އިޢުތިރާފުވެފައިވާކަމަށް
ބައްލަވައިގެންކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީން ކަން
އެނގެން އޮންނަކަމާއި، ޒިނޭ ކުރުމުގެ ކުނަކީ އިސްލާމީ ޝަރީޢަތުގައި އެކުށަށް ވަކި ޢުޤޫބާތްތަކެއް
ބަޔާންވެގެން އޮތް ޙައްދުކަނޑައެޅިފައިވާ ކުށެއްކަމާއި ޒިނޭކުރުމުގެ ކުށާއި ގުޅޭ ގޮތުން އިސްލާމީ
ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ބަލާއިރު، ޒިނޭގެ ޙައްދު ކަނޑައެޅުމުގައި
އިސްލާމީ ޝަރީޢަތުގައި އެކުށް ކުރާ މީހުން ދެ ބަޔަކަށް ބެހިގެންވާކަމަށް ބަޔާންކޮށްފައިވާކަމާއި، އެއީ
މުޢްޞަނުންނާއި ޣައިރު މުޢްޞަނުންކަމާއި، މުޙް ޞަނުންނަކީ، ކައިވެއްޏެއްކޮށް އަނބިފިރި ކަމުގެ ގުޅުން
ޖިމާޢުވުން) ހިންގާފައިވާ މީހުންކަމާއި، އަދި ޣައިރު މުޙްޞަނުންނަކީ ކައިވެންޏެއް ނުކުރާ މީހުންކަމާއި،
އެމީހުންގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ، އަދަބު ކަނޑައެޅުމުގައި ތަފާތުތަކެއްވާކަން އެނގޭކަމާއި،
އެގޮތުން ޒިނޭކުރުން ޙަރާމް ކުރައްވައި، ކީރިތި
ޤުރުއާނުގެ
32 ވަނަ އާޔަތުގައި މާތް
ވަހީކުރައްވާފައިވަނީ، (ފި! 1
1اjا ޕޯޖް cl5 هل→ هلا للا) މާނައަކީ "އަދި ތިޔަބައިމީހުން ޒިނޭއާ
ކައިރިނުވާށެވެ. ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން
އެކަންތައް ހާދަހާ ނުބައިވެގެ
މިފަދައިން ކަމާއި އަދި ޒިނޭކުރާ މީހުންނަށް ހުރި ޢުޤޫބާތް
ބަޔާންކުރައްވައި، ގެ 02 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވަނީ (jޤަޖާ ފަللالل
قاجلدوا كل واحډ مهما مائة جلدة ولا تأخذگم بهما رأفة في دين الله إن كنتم تؤمنون بالله واليوم الآخر من
,للا ޓާ ބޮiلللا لاﷲﷲ އާޖާ للل) މާނައަކީ "ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ
ކޮންމެ މީހަކުމެ ގައިގައި ސަތޭކަ، އެތިފަހަރުން ޙައްދު ޖަހާހުށިކަމެވެ. މާތްﷲ އަށާއި އާޚިރަތް ދުވަހަށް
ތިޔަބައިމީހުން އީމާންވާކަމުގައި ވަނީނަމަ މާތްﷲގެ ޙުކުމް ތަންފީޒް ކުރުމުގައި އެދެމީހުންނަށް އޯގާތެރި
4440 44
I
22&
93އ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieman:
ދިވެހި 128
47"
7
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
ނުވާހުށިކަމެވެ. އަދި އެމީހުންނަށް އަދަބު ދެވޭތަނަށް މުއުމިނުންގެ ތެރެއިން ބަޔަކު ޙާޟިރުވާހުއްޓެވެ"
މިފަދައިން ކަމާއި، ޒިނޭކުރި ޣައިރު މުޙް ޞަނުންގެ ޢުޤޫބާތު ބަޔާންކުރަމުން،
ގެ ކިބައިން
އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘްފުޅު (
) މާނައަކީ "ބިކުރުވެރި
ދެމީހަކު (އެބަހީ ކައިވެނިކޮށް ޖިމާޢުވެފައިނުވާ ފިރިހެނަކާއި އަންހެނަކު) ޒިނޭކޮށްފިނަމަ އެއިން ކޮންމެ
މީހެއްގެ ގައިގާ 100 (އެއްސަތޭކަ) އެތިފަހަރުން ޖެހުމަށާއި އެދެމީހުން 01 (އެކެއް) އަހަރު ދުވަހުގެ
މުއްދަތަށް ފޮނުވާލާށެވެ. (އެބަހީ އަރުވާލާށެވެ" މިފަދައިންކަން އެނގޭކަމެވެ.
XLC
Oxec
07 އ ހ2
އދިޗށް
(ނ) ތިންވަނަ ކަމަކީ: ޒިނޭކުރާ މީހުންނަށް ދިވެހިރާއްޖޭގައި ދޭނޭ އަދަބު
ބަޔާންކޮށްފައިވަނީ ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދު 6 ގެ 133 ވަނަ މާއްދާ (މިނިސްޓްރީ
އޮފް ޖަސްޓިސްގެ ނަންބަރު MJ/2008
/
03 (11 މެއި 2008) ސަރކިއުލަރ) ގައިކަން އެނގޭކަމާއި،
އެގޮތުން އެސަރކިއުލަރގެ 10 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، "ޒިނޭކޮށްފިނަމަ ދެވޭ އަދަބަކީ
އެމީހަކު 100 (އެއްސަތޭކަ) އެތިފަހަރުން ހައްދު ޖެހުމާއެކު، ފިރިހެނަކުނަމަ، 1 (އެކެއް) އަހަރުގެ
އަރުވާލުން، އަންހެނަކުނަމަ އެމުއްދަތަށް ގޭގައި ބަންދުކުރުމެވެ. މިކުށް ތަކުރާރުވާ ކޮންމެ
ފަހަރަކު އަދަބު ކަނޑައެޅުމުގައި 1 (އެކެއް) އަހަރު އިތުރުކު
މިގޮތުން ކަނޑައެޅޭނެ އެންމެ ބޮޑު
އަދަބަކީ 4 (ހަތަރެއް) އަހަރުދުވަހެވެ." މިފަދައިންކަމާއި، "ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލައި،
ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 5 ވަނަމާއްދާގައި އުމުރުން
10 އަހަރާއި 15 އަހަރާ ދެމެދު ކުދިންކުރާ ޖިނާއީ ކުށްތަކުގެ ތެރެއިން އެކުދިން މަސްއޫލިއްޔަތު
އުފުލަންޖެހޭ ކުށްތަކެއް
ތަކެއް ބަޔާންކޮށްފައިވާކަމާއި، އެގޮތުން އެމާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި "ޒިނޭ
ކުރުމުގެ ކުށް" ހިމެނިފައިވާކަން އެނގެން އޮންނަކަމެވެ.
2 · &ޑ & 4
ދެކުރެންއވ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: A16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ގޮތުގެ
2013/HC-A/122
22
ޤަޟިއްޔާ ނިމުނު ގޮތު
(ށ) ހަތަރުވަނަ ކަމަކީ: ޒިނޭ ކުރިކަން ޝަރީޢަތަށް ސާބިތުވާ މިންގަނޑަކީ އެއްވެސް
ޝައްކެއްނެތް މިންވަރު ކަމާއި، ޒިނޭ ކުރިކަން ދެގޮތަކުން ޝަރީޢަތަށް ސާބިތުކުރެވޭކަމާއި އެއީ، ޒިނޭ ކުރި
މީހާގެ އިޢުތިރާފުންނާއި، މަދުވެގެން 4 (ހަތަރެއް، ފިރިހެނުންގެ ހެކިބަހުންކަން އެނގޭއިރު، މިފަދައިން
ވެވޭ އިޢުތިރާފެއް ސައްޙަވުމުގެ ޝަރުތުތަކުގެ ތެރޭގައި އިޢުތިރާފުވާ މީހާގެ ބުއްދި ސަލާމަތުން ހުރުމާއި
އެކު ބާލިޣުވެފައިވުމާއި، އެއިޢުތިރާފަކީ އަމިއްލަ އިޚުތިޔާރުގައިވެފައިވާ އިޢުތިރާފެއްކަމުގައި ވުން
ހިމެނޭކަމާއި އަދި ޒިނޭގެ ކުށަށްވާ އިޢުތިރާފުން ރުޖޫޢަވެއްޖެނަމަ ޒިނޭގެ ޙައްދު ޤާއިމުކުރުމުން
ދުރުހެލިވާންޖެހޭކަމާއި އަދި ޒިނޭގެ ކުށަކީ ޙައްދު ޤާއިމުކުރެވިފައިވާ ކުށަކަށްވީ ހިނދު، އެއިޢުތިރާފުގައި
އެއްވެސް ޝުބުހައެއް އެކުލެވިގެންވާނަމަ ޙައްދު ޤާއިމުކުރުމުން ދުރުހެލިވާންޖެހޭކަން ކީރިތި هللل هل
ﷲ ޤޑ هلل→ ގެ ޙަދީޡް ބަސްފުޅު ( لاهههلل) އާއި → هދﷲ ގެ އަރިހުން ރިވާވެފައިވާ
ހަދީޘްފުޅެއްކަމަށްވާ (
) މިދެޙަދީޘަށް ބެލުމުން ހައްދު ޖެހުމުން
ދުރުކުރުވާފަދަ ބުދުހައެއް ނުވަތަ ހާލަތެއް އޮތްނަމަ، ޙައްދު ޖެހުމުން ދުރުވާން ޖެހޭކަމާއި، އަދި ه
هلهلޑު ގެ އަރިހުން ރިވާވެފައިވާ އަންނަނިވި ޙަދީޘްއިންވެސް މިކަމަށް ދަލީލް ލިބޭކަމާއި، މިގޮތުން
އެޙަދީޘްގެ މާނާގައިވަނީ، "ސަލާމާއި ޞަލަވާތެލެއްވި އިތުރު އެކަލޭގެފާނު މިސްކިތުގައި ވަޑައިގެން
އިންނަވަނިކޮށް މާޢިޒު އެކަލޭގެފާނުންގެ އަރިހަށް އައިސް ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ތިމަން
ޒިނޭކޮށްފީމެވެ"، އެހިނދު ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު މޫނުފުޅު އަނެއްފަރާތަށް
އަނބުރާލެއްވިއެވެ. ދެން، މާޢިޒު އަނެއްކާވެސް ފީ ޤާޢީ ގެފާނުގެ ކުރިފުޅުމައްޗަށް އައިސް ދެންނެވިއެވެ.
"އޭ ﷲގެ ރަސޫލާއެވެ. ތިމަން ޒިނޭކޮށްފީމެވެ". ދެން އަނެއްކާވެސް މޫނުފުޅު އަނެއްފަރާތަށް
އަނބުރާލެއްވުމުން، މިގޮތަށް މާޢިޒު ހަތަރު ފަހަރު އިތުރުއެކަލޭގެފާނަށް ދަންނަވައިފިއެވެ. ދެން އޭނާގެ
ނަފްސުގެ މައްޗަށް ހަތަރު ފަހަރު ހެކިދިނުމުން، ސަލަމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘް
ކުރެއްވިއެވެ. "ތިބާ މޮޔައީ ހެއްޔެވެ؟ އެނާ ދެންނެވިއެވެ. "ނޫނެކެވެ." ދެން ޙަދީޘް ކުރެއްވިއެވެ. "ތިބާއީ
)
އައި29
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 33252029 ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
*
www.highcourt.gov.my ieman:
ދިވެހިރާއްޖެ
9
2013/HC-A/122
ޤަޟިއްޔާ ނިމުނު ގޮތު
ގޮތުގެ ޚުލާޞާ
4 )ii
22
uޔަ 442
f1
މުޢްޞަނެއް ހެއްޔެވެ؟ ދެންނެވިއެވެ. "އާދޭހެވެ. ދެން ސަލާމާ ސަލަވާތްލެއްވި އިތުރު އެކަލޭގެފާނު
ޙަދީޘް ކުރެއްވިއެވެ. "މީނާ ގެންގޮސް ރަޖަމް ކުރާށެވެ." މާޢިޒު ރަޖަމް ކުރެއްވުމަށްފަހު އަޞްޙާބު ބޭކަލުން
ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނުންގެ އަރިހަށް އައިސް ދެންނެވިއެވެ. "މާޢިޒު ގައިގައި
ހިލަތަކުން ޖެހި، ވޭންއަޅައި، މަރުވެދާނެހެން ހީވުމުން، އޭނާ ދުއްވައިގަތުމުން ތިމަންމެން އޭނާގެ
ފަހަތުންގޮސް އޭނާގެ ގައިގައި އޭނާ މަރުވަންދެން ތެޅީމެވެ". އެހިނދު ސަލާމާއި ޞަލަވާތްލެއްވި
އިތުރުކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން އޭނާ ދޫކޮށްނުލެއްވީ ކީއްވެތޯއެވެ؟"
22&
843ނ
ބިނާކުރައްވައި އިސްލާމީ ޢިލްމުވެރިން
އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި، ޒިނޭގެ ކުށަށްވާ އިޢުތިރާފަކީ، އެއިޢުތިރާފުގެ މައްޗަށް ބިނާކޮށް
ކަނޑައެޅޭ ޙުކުމް ތަންފީޒުކޮށް ނިމުމުގެ ކުރިން ރުޖޫޢުވުން ހުއްދަ އިޢުތިރާފެއްކަމާއި، އަދި ޢަމަލުކުރާ
ގޮތަކުން ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ބުނާ ބަހަކުން އެއިޢުތިފާރުން ރުޖޫޢަވެވިދާނެކަމަށް ފާއިޒު
ރަޖަމް ކުރަންފެށުމުން އޭނާ ދުއްވައި ގަތުމުން އޭނާ ދޫކޮށްނުލެއްވީ ކީއްވެތޯ؟
ކަރިކި
رسول صل الله عليه
لا ގެ ޙަދީޡް ބަސްފުޅުން ދަލީލް ލިބޭކަމަށް އިލްމްވެރިން އެއްބަސްވެފައިވާކަން އެނގޭކަމާއި، ޒިނޭކުރާ
މީހާގެ ކިބައިން ޙައްދު ޤާއިމުކުރުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކެއް ވާކަމާއި، އެގޮތުން ޒިނޭކުރި މީހަކީ،
1- ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން؛
2- ބާލިޣުވެފައިވުން؛
3- އެމީހެއްގެ އިޚްތިޔާރުގައި (އެއްވެސް މަޖްބޫރު ކަމެއްނެތި) ޒިނޭކުރުން؛
4 އެކަމަކީ ޙަރާމްކަމެއްކަން އެނގުން.
މި
ޝަރުޠުތައްކަން އެނގޭކަމާއި، މިއިން
ޝަރުތެއް އުނިވެއްޖެނަމަ އެމީހެއްގެ މައްޗަށް ޒިނޭގެ ޙައްދު ނުޖެހޭނެކަން ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކަށް ބެލުމުން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 33256329 ފެކްސް: 8316471(
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieman:
10 ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
(ބ) ފަސްވަނަ ކަމަކީ: މިމައްސަލާގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރި ފަރާތުގެ
މައްޗަށް ދަޢުވާ ހުށަހަޅާފައިވަނީ އޭނާ ޒިނޭ ކުރިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވެފައިވާ
އިޢުތިރާފެއްގެ މައްޗަށް ބިނާކޮށްގެންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނާއިރު، އޭނާ
ވެފައިވާކަމަށް ބުނާ އިޢުތިރާފުގެ މައްޗަށް ބިނާކޮށް އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ދައުލަތުގެ ފަރާތުން
ޒިނޭކުރުމުގެ ކުށުގެ ދަޢުވާ ޖުވެނައިލް ކޯޓަށް ހުށަހެޅުމުން، އެމައްސަލާގައި ބޭއްވުނު އެންމެ ފުރަތަމަ
އަޑުއެހުމުގައި، އެމައްސަލައާ ގުޅިގެން އޭނާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނަށް
ކަނޑައެޅިގެން އިންކާރުކޮށްފައިވާކަން އިސްތިއުނާފުކުރި ފަރާތުގެ ފަރާތުން ޖުވެނައިލް ކޯޓަށް ދީފައިވާ
ބަޔާނަށް ބެލުމުން އެނގެން އޮންނަކަމާއި އަދި އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވި
އިސްތިއުނާފުކުރި ފަރާތުގެ ދިފާޢީ ވަކީލް އަލްއުސްތާޛާ ފާޠިމަތު ޝަރީފް ދީފައިވާ ބަޔާނަށް ބަލާއިރު،
އިސްތިއުނާފުކުރި ފަރާތުގެ ފަރާތުން ދަޢުވާއަށް އިންކާރު ކުރާކަމަށާއި، އެގޮތަށް އިންކާރުކުރަނީ އެދަޢުވާ
ބިނާކޮށްފައިވަނީ އެފަރާތުން ނެގި ބަޔާނެއްގެ މައްޗަށްކަމަށްވާތީއާއި އިސްތިއުނާފުކުރި ފަރާތުގެ ބަޔާން
ނެގިއިރު ޤާނޫނީ ވަކީލެއްގެ ފުރުސަތު ދީފައިނުވާތީއާއި، ފުލުހުން ބަޔާން ނެގި އިރު އިސްތިއުނާފުކުރި
ފަރާތަށް ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަންވެސް ބަޔާންކޮށްދީފައިނުވާތީކަމަށް ބުނެފައިވާކަމާއި،
އިސްތިއުނާފުކުރި ފަރާތަކީ ވަރަށް ކުޑައިރުއްސުރެ، ޖިންސީ އަނިޔާ ލިބެމުން ގޮސްފައިވާ ކުއްޖެއްކަމަށާއި،
އެކަމުގެ ސަބަބުން، އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަ އެބަޔާނެއްގެ މައްޗަށް ބިނާވެފައިވާ ބަޔާން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ނެގިއިރު، އޭނާއަކީ ނަފުސާނީ ބައްޔެއްކަމަށްވާ ޕޯސްޓް
ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑަރ (ޕީޓީއެސްޑީ) ހުންނަ ކުއްޖެއް ކަމަށާއި، އެބަލީގެ ސަބަބުން އޭނާއަށް
ނޭދެވޭ އަސަރުތަކެއްކޮށްފައިވާކަމަށް ފާހަގަ ކުރެވޭކަމަށް، މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް
ހިއުމަން ރައިޓްސްގެ ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ ފާތިމަތު އީމާން ނަޝީދު ބުނެފައިވާކަން
OX
19
ދިވެހިރާއްޖޭގެ
ކު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 33256329 ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
T
www.highcourt.gov.my ieman:
11
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
2c / ހދ
އެނގޭކަމާއި، އަދި މިމައްސަލައިގެ ތަޙްޤީގު މަރުހަލާގައި އިސްތިއުނާފުކުރި ފަރާތުގެ ނަފްސާނީ ހާލަތު
ދެނެގަތުމަށްޓަކައި، ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓެއް ހެދިފައިވާކަމާއި، އެރިޕޯޓަށް ބަލާއިރު،
ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ޕީޓީއެސްޑީގެ ހާލަތަށް ގޮސްފައިވާ ކަމާއި، އެކަމުގެ ސަބަބުން
އޭނާގެ އާންމު ދިރިއުޅުމާއި ވިސްނުމާއި އެހެން މީހުންނާ މުޢާމަލާތްކުރާ ގޮތަށް ބަދަލުތަކެއް
އައިސްފައިވާކަމަށް ފާހަގަކުރެވޭކަމަށް އެރިޕޯޓުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
މިމައްސަލައިގެ ޝަރީޢަތް ދަށު ކޯޓުގައި ހިނގިއިރު، އަދި މިހާރުވެސް އިސްތިއުނާފުކުރި ފަރާތުގެ ހުންނަ
ސައިކޮލޮޖިކަލް މައްސަލައިގެ ސަބަބުން ޝަރީޢަތަކަށް ކުރިމަތިލުމުގެ އަހުލިއްޔަތު ނެތް ކަމުގެ އިޙްތިމާލު
އޮތްކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ކަމާއި،
އިސްތިއުނާފުކުރި ފަރާތް ޒިނޭކުރިކަމަށް އިޢުތިރާފުވިކަމަށް ޝަރީއަތުގެ ފަރާތުން ބައްލަވާފައިވަނީ
އިސްތިއުނާފުކުރި ފަރާތް، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފައިވާ ބަޔާނަށް އިންކާރު ކުރުމުން
ޝަރީޢަތުގެ ފަރާތުން އިސްތިއުނާފުކުރި ފަރާތާއި ކުރި ސުވާލުތަކެއްގެ ޖަވާބުގައި އޭނާ މުޙައްމަދު
އިބްރާހިމާއެކު ޒިނޭ ކުރިކަމަށް ބުނެފައިވާތީ ހަމައެކަނި އެކަމުގެ މައްޗަށް ބައްލަވައިގެންކަން އެނގޭއިރު،
އިސްތިއުނާފުކުރި ފަރާތަށް ޒިނޭއަކީ ކޯއްޗެއްކަން އެނގޭކަމަށް ބުނި ނަމަވެސް ތަފްސީލުކޮށް އެކަން
ކިޔައިދޭން ނޭނގޭކަމަށް ބުނެފައިވާކަން އެނގޭކަމާއި، އަދި ޝަރީޢަތުގެ ފަރާތުން އިސްތިއުނާފުކުރި
ފަރާތް، ޒިނޭކުރިކަމަށް ބުނެ އިޢުތިރާފުވިކަމަށް ބުނާ ޢަމަލު ހިންގިގޮތެއް ތަފްސީލުކޮށް ހޯދާފައިވާކަން
ވެސް އެނގެން ނެތްކަމާއި، އިސްވެ ބަޔާންކޮށްފައިވާ ޙަދީޘްގެ މައްޗަށް ރިޢާޔަތް ކުރާއިރު، ކީރިތި رسول
هل ﷲ هلޑ للލ މާޢިޒުއާ އެކިގޮތްގޮތަށް ސުވާލުކުރެއްވި ކުރެއްވުމަށް، ރިޢާޔަތްކޮށް މީހެއްގެ މައްޗަށް
ޒިނޭގެ ޙައްދު ޤާއިމުކުރުމަށް ޝަރީޢަތުން ކަނޑައެޅުމުގެ ކުރިން އެމީހަކަށް ޒިނޭއަކީ ކޮން ކަމެއްކަން
އެނގޭތޯ ބެލުމަށް އަދި އެމީހާއެކުރީ ޝަރީޢަތުގައި ޙައްދުޤާއިމުކުރަންޖެހޭ ފަދަ ޒިނޭކަން
ކަށަވަރުކުރުމަށްޓަކައި އެމީހަކު ޒިނޭކަމަށްބުނެ އެއިޢުތިރާފުވީ ޢަމަލު ހިނގިގޮތް ޝަރީޢަތުގެ ފަރާތުން
22&
Dec
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 33iA71/
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieman:
ދިވެހިޔާ382 ހައިކޯ"
12
ޤަޟިއްޔާ ނިމުނު ގޮތު
مر
2013/HC-A/122
2 22 22
ތަފްސީލުކޮށް އޮޅުންފިލުވަންޖެހޭނެކަމަށް އިސްލާމީ ފިޤުހުގެ ޢިލްމުވެރިންގެ ރައުޔުތަކުގައި
ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި މިހެންކަމުން މީހަކު ޒިނޭކުރިކަމަށް ޝަރީއަތުގައި
އިޢުތިރާފުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމުކުރުމުގެ ކުރިން އެމީހަކަށް ޒިނޭކުރުމަކީ
ކޮބައިކަން އެނގޭކަން ޝަރީޢަތުގެ ފަރާތުން ކަށަވަރުކުރުމަށްޓަކައި އެޙާދިސާ ހިނގާ ދިޔަގޮތުގެ ތަފްސީލު
ޝަރީޢަތުން އޮޅުން ފިލުވަންޖެހޭނެކަން އެނގޭކަމެވެ.
(ޅ) ހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ
ޤާނޫނު) ގެ 30 ވަނަ މާއްދާގައި "ކުޑަކުދިން" ކަމުގައި ބަލާފައިވަނީ މައިމީހާގެ ބަނޑުގައި އާދަމުގެ
ދަރިޔާ ގަރުބަގަތީއްސުރެ، ދުނިޔެއަށް އުފަންވުމާ ދެމެދުގެ ޙާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް
އުފަންވުމަށްފަހު މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންކަން އެނގެން އޮންނަކަމާއި،
ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގެ ޢަމަލުކުރާނެ ގޮތުގެ
ޤަވާއިދު ގެ 2 ވަނަ މާއްދާގެ (ހ) ގައިވަނީ ކުޑަކުދިން ކަމުގައި ބަލާނީ މީލާދީ ގޮތުން 18 (އަށާރަ)
އަހަރު ފުރިފައިނުވާ ކުދިންކަމާއި، މިގޮތުން އެޤަވާއިދުގެ 5 ވަނަ މާއްދާގައި، ކުއްޖާގެ ޢުމުރުން 10
(ދިހައެއް) އަހަރު ފުރުނީއްސުރެ 15 (ފަނަރަ) އަހަރު ފުރިހަމަވުމާ ހަމައަށް، ކުށުގެ ޖިނާއީ
މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކުށްތަކެއް ބަޔާންކޮށްފައިވާކަމާއި، އެކުށްތަކުގެ ތެރޭގައި ޒިނޭގެ ކުށް
ހިމެނޭކަން އެމާއްދާގެ (ހ) ގެ 3 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމާއި، އިސްތިއުނާފުކުރި
ފަރާތުގެ މައްޗަށް ދަޢުވާކުރެވުނީ ޒިނޭގެ މައްސަލައެއްގައިކަން އެނގޭއިރު، އިސްތިއުނާފުކުރި ފަރާތް،
ހައްޔަރުކޮށްފައިވަނީ އިސްތިއުނާފުކުރި ފަރާތް، ނަހަލާލަށް ބަލިވެ އިނދެ ކުއްޖަކު ވިހައި، ކުއްޖާ
މަރާލުމުގެ ތުހުމަތުގައި ކަމާއި، އިސްތިއުނާފުކުރި ފަރާތަކީ 18 (އަށާރަ) އަހަރުން ދަށުގެ
ކުޑަކުއްޖެއްކަމަށްވާތީ، އޭނާގެ ތަޙްޤީޤްކުރެވިފައިވަނީ ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލައި،
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮންދީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: B316171
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieman:
ޖެހިރާއްޖޭގެ ހައި
13
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގެ ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 9,8,5 އަދި 11 ވަނަ މާއްދާއާ
އެއްގޮތްވާގޮތުގެ މަތިންކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަމާއި، އެޤަވާއިދުގެ 8 ވަނަ މާއްދާގައި
ކުޑަކުދިންގެ މައްޗަށް ހުށަހެޅޭ ކުށުގެ މައްސަލަތަކުގެ ހުރިހާ މަރުޙަލާއެއްގައި
އްގައިވެސް އެކުދިންގެ ފަރާތުން
ވަކާލާތުކޮށްދިނުމަށް ޤާނޫނީ ވަކީލުން ބޭނުންކުރެވިދާނެކަމަށް ބުނެފައިވާކަމާއި، ހަމަ އެޤަވާޢިދުގެ 9 ވަނަ
މާއްދާގައި ކުޑަކުދިން ކުރާ ކުށްތައް ތަޙްޤީޤު ކުރަންވީގޮތް ބަޔާންކޮށްފައި އޮންނަކަން އެނގެން
އޮންނަކަމާއި،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަމާއްދާގެ (ށ) ގައި ހައްޔަރުކުރެވޭ
ހިނދު ނުވަތަ ބަންދުކުރެވޭ ހިނދު ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން އެމީހަކަށް
އަންގަންވާނެކަމަށާއި، އަދި ލަސްކުރުމެއް ނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު ހައްޔަރު
ކުރެވުނު ނުވަތަ ބަންދު ކުރެވުނު މައްސަލައެއް ނިމޭންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ
ފުރުސަތު އެމީހަކަށް ފަހިކޮށް ދޭންވާނެކަމަށާއި، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާއަކީ ޤާނޫނީ
ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހަކު ނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ
ވަކީލަކު ޢައްޔަންކޮށް ދޭންވާނެކަމަށް ޤާނޫނުއަސާސީގެ 53 ވަނަމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަން
އެނގޭކަމާއި، ތިމާއަކީ ކާކުކަން އަންގައި ދިނުން ފިޔަވައި، އިތުރު އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ
އެމީހަކަށް ލިބިގެންވާ ހައްޤެއްކަން އެމީހަކަށް އަންގައި، އެޙައްޤު ލިބިގަތުމުގެ ފުރުޞަތު އެމީހަކަށް
ދޭންވާނެކަމަށް ޤާނޫނުއަސާސީގެ 48 ވަނަމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި،
ދުނިޔޭގެ ކުރިއަރާފައިވާ ޤާނޫނީ ޖޫރިސްޑިކްޝަންތަކުން ބަލައިގަންނަ، ބައިނަލްއަޤްވާމީ
ޤާނޫނުގެ ތެރޭގައި ހިމެނިފައިވާ އ.ދ. (ޔުނައިޓަޑް ނޭޝަންސް) ގެ ރެޒަލޫޝަނެއްކަމަށްވާ ސްޓޭންޑަރޑް
2 20
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 33252029 ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
މިނިމަމް ރޫލްސް ފޯރ ދި އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް (ބެއިޖިންގް ރޫލްސް) 1985
ގެ 7.1 ވަނަ މާއްދާގައި، ކުށެއް ކުރިކަން ސާބިތުނުވާހާ ހިނދަކު، ކުށެއް ނުކުރާ މީހެއްކަމަށް ބެލުމާއި،
ތުހުމަތެއް ކުރެވުމާއެކު ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން ލަސްނުކޮށް އެންގުމުގެ ޙައްޤާއި، ހަނުހުރުމުގެ
ޙައްޤާއި ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ޙައްޤާއި މައިންބަފައިން ނުވަތަ ބެލެނިވެރިއެއް ހާޟިރުވެ
ހުރުމުގެ ޙައްޤާއި، ދެކޮޅު ހެދުމާއި އަދި އަނެއް ފަރާތުން ހުށަހަޅާ ހެކިންނާއި ސުވާލުކުރުމުގެ ޙައްޤާއި،
އެމައްސަލަ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ކޮންމެ މަރުޙަލާއެއްގައި ލިބިދޭންޖެހޭނެކަމަށް
ބަޔާންކޮށްފައިވާކަން އެނގޭކަމާއި، މިއުސޫލުތަކާއި ޙައްޤުތަކަކީ އިސްވެބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައާއި، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނާއި، ކުޑަކުދިންކުރާ ކުށުގެ
މައްސަލަތައް ބަލާ، ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގެ ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގައިވެސް
އެކަށައަޅައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އައްޤުތަކެއްކަން އެނގޭކަމާއި،
މިމައްސަލާގައި އިސްތިއުނާފުކުރި ފަރާތުގެ ދިފާޢީ އިޢުތިރާޒުތަކަކީ އޭނާގެ މައްޗަށް
ދަޢުވާކުރެވިފައިވާ މައްސަލާގައި، އޭނާއަށް ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނަށް ތަޙްޤީޤު
މަރުހަލާގައި، ލިބެންޖެހޭ އަސާސީ ޙައްޤުތައް އޭނާއަށް ލިބިދީފައިނުވާތީ ކުރާ އިޢުތިރާޒުތަކެއްކަން
އެނގޭކަމާއި، އެގޮތުން ތަޙްޤީޤުގައި ޤާނޫނީ ވަކީލެއްގެ އެހީހޯދުމުގެ ފުރުސަތު ލިބިދީފައިނުވުމާއި،
ހަނުހުރުމުގެ ހައްޤު ލިބިގެންވާކަން އޭނާއަށް އަންގާފައިނުވާކަމަށް އިސްތިއުނާފުކުރި ފަރާތުގެ ފަރާތުން
ބުނެފައިވާކަން އެނގޭކަމާއި،
މިޙައްޤުތަކަކީ އިސްވެދެންވިފައިވާ ފަދައިން، ހައްޔަރު
އްޔަރުކުރެވޭ ނުވަތަ ބަންދު ކުރެވޭ ކޮންމެ
މީހަކަށްވެސް ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތަކަކަށްވުމުގެ އިތުރުން، މިޙައްޤުތަކަކީ، ކުށެއްގެ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
*
ވެކަން.
ދިވެހިރާއްޖޭގެ ހައި
15
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
ތުޙުމަތުގައިވާ ކޮންމެ މީހަކަށްމެ، މިނިވަން ދިމިޤްރާތީ ނިޒާމްތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން
ލިބިދިނުން ލާޒިމްކޮށްފައިވާ ޙައްޤުތަކެއްކަންވެސް އެނގޭކަމާއި، އެގޮތުން އެމެރިކާގެ ސުޕްރީމް ކޯޓުގެ
(1966) 436
.MIRANDA v
.
ARIZONA
,
384 U.S ޤަޟިއްޔާގައި، ކުށެއްގެ ތުހުމަތުގައި ފުލުހުންގެ
ބެލުމުގެ ދަށުގައިވާ މީހަކާ ފުލުހުން ސުވާލުކުރުމުގެ ކުރިން އެމީހަކަށް، 4 (ހަތަރެއް) ޙައްޤެއް ލިބިގެންވާކަން
އަންގަންވާނެކަމާއި، އެއީ؟
Ooc
1- ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަންގެ
2- ތަޙްޤީޤަށް އޭނާ ދޭ ބަޔާނަކީ، އޭނާއާ ދެކޮޅަށް ކޯޓުގައި ބޭނުން ކުރެވިދާނެ އެއްޗެއްކަން؟
3- ޤާނޫނީވަކީލެއްގެ ޙައްޤު ލިބިގެންވާކަން
4
ޤާނޫނީވަކީލަކު ހޯދުމުގެ މާލީ ޤާބިލުކަން ނެތްނަމަ، އޭނާއަށް ޤާނޫނީވަކީލަކު
ހަމަޖައްސައި
oc
މިކަންތައްތައްކަން އެނގޭކަމާއި، އަދި ޙައްޤުތައް ލިބިގެންވާކަން ކުށުގެ ތުހުމަތުގައިވާ
މީހާއަށް ނާންގައި، ފުލުހުން ނަގާބަޔާން ނުވަތަ އެމީހާވާ އިޢުތިރާފަކީ އޭނާގެ ރުހުން ނެތި ނަގާފައިވާ
އެއްޗެއްކަމުގައި ބެލެވޭނެކަމާއި، އަދި އޭނާއާ ދެކޮޅަށް އެއެއްޗެއް އެއްވެސް ޖިނާއީ މައްސަލައެއްގައި ބޭނުން
.ކަމާއި، އަދި އެއިޢުތިރާފު ނުވަތަ އެބަޔާނުގެ މައްޗަށް ބިނާކޮށް ހޯދޭ ހެކި އެމެރިކާގެ ކޯޓުން
ޤަބޫލުނުކުރާނެކަމަށް ކަނޑައަޅާފައިވާކަމާއި،
22
2
4
2 ހ2
ންކުރވެނީ
މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް
ފަރާތަކުން ކޮށްގެންވާނޭ ކަންކަމެއް ނޫންކަމަށާއި، އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް
ޤަބޫލުކޮށްގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަމާއްދާގައި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮންދީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
OXO
ބަޔާންކޮށްފައި އޮންނަ އޮތުމާއި، ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި
ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޙައްޤުތަކާއި
މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް
ރިޢާޔަތްކޮށް އެއުސޫލުތައް ނަގަހައްޓަންވާނެކަމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައި
އޮންނަ އޮތުމުގެ މައްޗަށް ބަލާއިރު، ކުށުގެ ތުހުމަތުގައިވާ މީހާއަށް އެމެރިކާފަދަ ހުޅުވިގެންވާ ދީމިޤްރާޠީ
މުޖްތަމަޢުތަކުން ލިބިދީފައިވާ އިސްވެދެންނެވިފައިވާ ޙައްޤުތަކަކީ ދިވެހިރާއްޖޭގައިވެސް އެފަދަ ކޮންމެ
މީހަކަށްމެ ލިބިދެވެންޖެހޭނެ ޙައްޤުތަކެއްކަމާއި، އަދި އެޙައްޤުތައް ލިބިނުދީ ނެގޭ ބަޔާންތަކާ މެދު އެ
ޤައުމުތަކުގެ ކޯޓުތަކުން ޢަމަލުކުރާ އިސްވެދެންނެވިފައިވާ އުސޫލަށް ދިވެހިރާއްޖޭގައިވެސް
ޢަމަލުކުރަންޖެހޭނެކަމެވެ.
(ކ) ހަތްވަނަ ކަމަކީ: މިމައްސަލާގައި އިސްތިއުނާފުކުރި ފަރާތް، މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް 07 ޖުލައި 2012 ގައި ދީފައިވާ ބަޔާން ނެގިފައިވަނީ ކުށެއްގެ ތުހުމަތުކުރެވިފައިވާ
މީހެއްގެ ބަޔާން ނެގުމަށް ކަނޑައަޅާފައިވާ އިޖްރާޢަތުތަކާއި އެއްގޮތަށްތޯ ނުވަތަ ކުށެއްގައި އަނިޔާލިބުނު
މީހެއްގެ ގޮތުގައިތޯ ބެލުމުގެ ގޮތުން އެމައްސަލަ ތަޙްޤީޤު ކުރި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓާފް
ސަރޖަންޓް ސަޢުދިއްޔާ އަޙްމަދު (ސަރވިސް ނަންބަރު 1507) އާ، އިސްތިއުނާފުކުރި ފަރާތުގެ ތަޙްޤީޤު
ބަޔާންނެގުނު ގޮތާ ބެހޭ ގޮތުން 16 މެއި 2013 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި
ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުން އިސްތިއުނާފުކުރި ފަރާތް، ހައްޔަރު ކުރެވުނީ އޭނާ ރަށްމެދަށް
ވިހައި ކުއްޖާ މަރާލި މައްސަލައިގައިކަމަށާއި، އެމައްސަލާގައި އޭނާއާމެދު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޢަމަލު ކުރެވިފައިވާނެކަމަށާއި، އިސްތިއުނާފުކުރި ފަރާތަކީ 18 އަހަރުން
ދަށުގެ ކުޑަކުއްޖެއްކަމަށްވާތީ، އޭނާގެ ތަޙްޤީޤްކުރެވިފައިވަނީ "ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ،
<< O
2 2 22
ދިޗެހިރާއްޖޭގެ
. ހައި
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
94
ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" އާ އެއްގޮތްވާ ގޮތުގެމަތިން
ކަމަށް ސަޢުދިއްޔާ އަޙްމަދު ބުނެފައިވާކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD042723
ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" ގެ ހަތަރުވަނަ ނަންބަރުގައި، ކުށުގެ ތުހުމަތުގައިވާ މީހާއަށް
އަންގަންޖެހޭ ޙައްޤުތަކުގެ ތެރެއިން ހަނުހުރުމުގެ ހައްޤު ލިބިގެންވާކަން އޭނާއަށް އަންގާފައިވާކަން
އެނގެންނެތްކަމާއި، ނަމަވެސް ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުޞަތު ލިބިގެންވާކަމާއި، ގެންދެވޭ ތަން
އިސްތިއުނާފުކުރި ފަރާތަށް އަންގާފައިވާކަން އެފޯމަށް ބެލުމުން އެނގެން އޮތްނަމަވެސް، އަދި
އިސްތިއުނާފުކުރި ފަރާތަކީ ކުޑަކުއްޖަކަށް ވީހިނދު، އޭނާއަށް ލިބިގެންވާ ޙައްޤުތައް (އެޙައްޤުތަކަކީ
ދޫކޮށްލެވޭ ޙައްޤުތަކަށްވާއިރު، އޭނާއަށް އަންގަންވާނީ އޭނާގެ ޤާނޫނީ ބެލެނިވެރިއެއްގެ ޙާޟިރުގައިކަމަށް
ވީހިނދު، އިސްތިއުނާފުކުރި ފަރާތަށް ލިބިދޭ ޙައްޤުތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އޭނާއަށް
އަންގާފައިވަނީ އޭނާގެ ޤާނޫނީ ބެލެނިވެރިއެއްގެ ޙާޟިރުގައި ނޫންކަމާއި،
އެމައްސަލަ ތަޙްޤީޤުގައި އިސްތިއުނާފުކުރި ފަރާތާ ސުވާލުކުރެވުނު ގޮތުގެ ވީޑިއޯ
ރިކޯޑިންގ މިކޯޓަށް ގެނެސް ބެލިއިރު، ތަޙްޤީޤަށް އިސްތިއުނާފުކުރި ފަރާތް، ޙާޟިރުކުރެވިފައިވަނީ
އިސްތިއުނާފުކުރި ފަރާތާމެދު އޭނާގެ ދޮންބައްޕަ ބަދުއަޙްލާޤީ ޢަމަލު ހިންގި މައްސަލައިގައިކަމަށް
އަންގާފައިވާކަން އެނގޭކަމާއި، ނަމަވެސް އެވީޑިއޯ ރިކޯޑިންގއިން އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް
ކުށެއްގެ ތުހުމަތު ކުރެވި، އެފަދަ ތުހުމަތުކުރެވޭ މީހުންނަށް ޤާނޫނުއަސާސީންނާއި ޤަވާޢިދުގެ ދަށުން ލިބިދޭ
ޙައްޤުތައް ލިބިގެންވާކަމަށް އަންގާފައިވާކަން އެނގެން ނެތްކަމާއި، އެމައްސަލަ ތަޙްޤީޤުކުރެވިފައިވަނީ
އިސްތިއުނާފުކުރި ފަރާތައަކީ ޖިންސީ ގޯނާކުރުމުގެ ސަބަބުން އަނިޔާ ލިބިފައިވާ ކުއްޖެއްގެ ގޮތުގައި
ބަލައިގެންކަން އެތަޙްޤީޤު ވީޑިއޯ ރިކޯޑިންގއަށް ބެލުމުން އެނގޭކަމާއި، އަދި މިމައްސަލާގައި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން އެންމެ ފުރަތަމަ އިސްތިއުނާފުކުރި ފަރާތާ ސުވާލުކުރުމުން ތަޙްޤީޤަށް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 33256329 ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
އޅުހ8އ
ކިޔައިދިނުމަށް އޭނާ އިންކާރުކޮށްފައިވާކަމަށާއި، އެހެންކަމުން ތަޙްޤީޤުކުރި ފަރާތުން
އިސްތިއުނާފުކުރި ފަރާތާއެކު އުޅެ، އޭނާއާ ވާހަކަ ދައްކައި އޭނާގެ އިތުބާރު ހޯދުމުން ތަޙްޤީޤުގައި
އެވާހަކަތައް ކިޔައިދިނުމަށް އޭނާ އެއްބަސްވިކަމަށް ސަޢުދިއްޔާ އަޙްމަދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި،
02 22
ހ2399 02
240ސކުނ
ކުރަމުންދާ ތަޙްޤީޤެއްގައި އަނިޔާލިބިގެން ތަޙްޤީޤަށް ބަޔާންދޭ ފަރާތެއް ތަޙްޤީޤަށް ދޭ
އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ތުޙުމަތު އުފެދޭފަދަ ހާލަތެއް ނުވަތަ ކަމެއް
މެދުވެރިވެއްޖެނަމަ، އަދި އެކަމުގައި އޭނާގެ މައްޗަށް ކުށުގެ ތުހުމަތުކުރާނަމަ، އެކަމާ ގުޅޭ ގޮތުން އިތުރަށް
އޭނާއާއި ސުވާލުކުރަންވާނީ ޤާނޫނުއަސާސީގެ 48 ވަނަމާއްދާގެ ދަށުން ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ
މީހުންނަށް ލިބިދޭންޖެހޭ ޙައްޤުތައް އެފަރާތަކަށް ލިބިދިނުމަށްފަހުގައި ކަމަށް ޤަބޫލުކުރެވޭކަމާއި، މިމައްސަލަ
އިސްތިއުނާފުކުރާ އިސްތިއުނާފުކުރި ފަރާތަކީ އޭނާގެ ދޮންބައްޕަގެ ފަރާތުން ޖިންސީ އަނިޔާލިބިފައިވާ
ކުއްޖެއްކަމާއި، އަދި އޭނާގެ މައިންބަފައިންނާއި ޢާއިލާގެ ފަރާތުން ކުޑަކުއްޖަކަށް ލިބިދޭންޖެހޭ
ރައްކާތެރިކަމާއި ހިމާޔަތް އިސްތިއުނާފުކުރި ފަރާތަށް ލިބިދީފައިވާކަމަށް ޤަބޫލުނުކުރެވޭކަމާއި، އެހެންކަމުން
މިފަދަ ހާލަތެއްގައިވާ ކުޑަކުއްޖަކަށް ޤާނޫނުއަސާސީގެ 48 ވަނަމާއްދާގެ ދަށުން ލިބިދޭ އަސާސީ ޙައްޤުތައް
ލިބިގެންވާކަމަށް އޭނާއަށް އެންގިކަމަށް ބުނުމަކުން ނުފުދޭކަމާއި، އެޙައްޤުތައް ހޯދައިދިނުމަށް ދައުލަތުން
މަސައްކަތްކުރަންވާނެކަމަށް ޤަބޫލުކުރެވޭކަމާއި، އެހެންނަމަވެސް، މިމައްސަލައިގެ ތަޙްޤީޤު މަރުހަލާގައި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެގޮތުގެމަތިން ޢަމަލުކޮށްފައިވާކަން އެނގެން ނެތްކަމެވެ.
(އ) އަށްވަނަ ކަމަކީ: މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހަށް މައްސަލަ ހުށަހަޅާ ނަންބަރު 196
/
2012
/
3243/LC2012
/
09691
)
D3
/
PF-171 ފޯމަށް ބަލާއިރު،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieman:
19
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
އެފޯމުން ހުށަހަޅާފައިވާ މައްސަލަތަކަކީ، 2012 ޖޫން 25 ވަނަ ދުވަހުގެ ވަގުތެއްގައި އިސްތިއުނާފުކުރި
ފަރާތް (15 އަހަރު) އާ މެދު އޭނާގެ ދޮންބައްޕަ ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައާއި، އެމަންޒަރު
ފެނި އަދި އެކަން އެނގިހުރެ އިސްތިއުނާފުކުރި ފަރާތުގެ މަންމަ އެކަން ކަމާބެހޭ އެއްވެސް ފަރާތަކަށް
ނާންގައި ސިއްރުކުރި މައްސަލައާއި، އިސްތިއުނާފުކުރި ފަރާތުގެ ދޮންބައްޕަ، އޭނާއާމެދު އެކި ދުވަސްމަތިން
ޖިންސީ ގޯނާކުރުމުގެ ސަބަބުން އިސްތިއުނާފުކުރި ފަރާތް ނަހަލާލަށް ބަލިވެ އިނދެ، ވިހޭ ކުއްޖާ
މަރާލުމަށްފަހު، 2012 ޖޫން 25 ވަނަ ދުވަހުގެ ވަގުތެއްގައި، އޭނާގެ ގޭގެ ގިފިލިތެރޭގައި ވަޅުލާފައިވާ
މައްސަލާގައި، ކުއްޖާ މަރާލުމަށްފަހު ވަޅުލިކަމަށް އިތުރު މީހަކާއި ދޮންބައްޕަ ބައިވެރިވިކަމަށް ތުހުމަތުކުރެވޭ
މައްސަލައާއި، ދޮންބައްޕަ ދިރިއުޅޭ ގެ ބަލާފާސްކުރި ކުރުމުން އެގޭ ކޮޓަރިއެއްގައިހުރި އަލަމާރިއަކުން ގިނަ
ޢަދަދެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ސީޑީ ފެނުނު މައްސަލަކަން އެނގޭއިރު، އިސްތިއުނާފުކުރި
ފަރާތް، ށ. ފޭދޫ ދަނބުގޭ މުޙައްމަދު
އިބްރާހީމާއެކު ޒިނޭ ކުރި މައްސަލައެއް ހުށަހެޅިކަން އެފޯމުން ސާފު
ޞަރީޙަކޮށް އެނގެން ނެތްއިރު، އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ދައުލަތުގެ ފަރާތުން
ނިންމަވާފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްސަލަ ހުށަހަޅާ ފޯމުގެ އިތުރު ބަޔާނުގައި،
"މިމައްސަލާގައި އިތުރު ފަރާތެއްގެ މައްޗަށް
ދަޢުވާކޮށް ދެއްވުންއެދި." މިގޮތަށް
ފައިވާތީކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަމާއި، އެފޯމުގެ އިތުރު ބަޔާނުގައިވާ "މިމައްސަލަ" މިލަފްޒް
އިޝާރާތް ކުރެވެނީ އެފޯމުން ހުށަހަޅާފައިވާ މައްސަލަތަކަށް ކަމަށް ބަލަންޖެހޭކަމާއި، ދައުލަތުގެ ފަރާތުން
އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޞިޘްގައި ބަޔާންކޮށްފައިވާ މައްސަލަ އެވޯމުން
ހުށަހަޅާފައިނުވާކަން އެނގޭކަމާއި، އެފޯމުގެ އިތުރު ބަޔާނުގައި ބަޔާންކޮށްފައިވާ "މިމައްސަލާގައި"
މާނަކުރެވެންވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުށަހަޅާފައިވާ މައްސަލަތަކަށް
ކަމަށް
ދައުވާކުރައްވާނަމަ،
OXO
ޤަބޫލުކުރެވޭކަމެވެ.
ޖެހިރާއްޖޭގެ
ކު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 33256329 ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieman:
2013/HC-A/122
4 22
(
20 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ވ) ނުވަވަނަ ކަމަކީ: މިމައްސަލަ އިސްތިއުނާފުކުރި ފަރާތަކީ، ނަފްސާނީ
ބައްޔެއްކަމަށްވާ ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑަރ (ޕީޓީއެސްޑީ) ހުންނަ ކުއްޖެއްކަން
އިސްތިއުނާފުކުރި ފަރާތުގެ ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓަށް ބެލުމުން އެނގޭކަމާއި، އެކަމުގެ
ސަބަބުން އޭނާގެ ވިސްނުމަށާއި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއްކޮށްފައިވާކަމާއި، ޕީޓީއެސްޑީ ގެ
ހާލަތަށް އިސްތިއުނާފުކުރި ފަރާތް ގޮސްފައިވަނީ އޭނާއާމެދު އޭނާގެ ދޮންބައްޕަ ޖިންސީ ގޯނާކުރުމުގެ
ސަބަބުން ކަމާއި، މިމައްސަލަ ތަޙްޤީޤު ކުރެވުނުއިރު އަދި ޖުވެނައިލް ކޯޓުގައި ޝަރީޢަތް ހިންގުނުއިރުވެސް
އިސްތިއުނާފުކުރި ފަރާތަކީ، ޕީޓީއެސްޑީގެ މައްސަލަ ހުންނަކުއްޖެއްކަން އެނގޭކަމާއި، މިޤާޟިއްޔާގެ
ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުންވެސް، އިސްތިއުނާފުކުރި ފަރާތަކީ ތަޙްޤީޤް މަރުހަލާގައާއި،
ޝަރީޢަތް ކުރެވުނު އިރުގައާއި، އަދި މިހާރުވެސް "އަންފިޓް ފޯ އަ ޓްރައިލް" (هل
ނުވަތަ ޝަރީޢަތެއް ހިންގުމުގެ ޞަލާޙިއްޔާތު ނެތް ކުއްޖެއްކަމަށްވުމަކީ އެކަށީގެންވާކަމެއްކަމަށް
ބުނެފައިވާކަން އެނގޭއިރު، އެފަދަ ހާލަތެއްގައިވާކަމަށް ބެލެވޭ ކުއްޖެއްގެ މައްޗަށް ދަޢުވާކުރަންވާނީ، އޭނާގެ
ހާލަތު ހުރިގޮތް ބައްލަވައި، އެމީހަކީ ޝަރީޢަތުގެ މަޖިލީހުގައި ޖަވާބުދާރީވުމުގެ އަޚްލިއްޔަތުހުރި މީހެއްކަން
(ކަމާބެހޭ ތަޖުރިބާ ލިބިފައިވާ ފަރާތެއްގެ މަޝްވަރާގެ މަތިން ކަށަވަރުކުރުމަށް ފަހުގައިކަމާއި، އަދި ހަމަ
އެހެންމެ ކުޑަކުއްޖެއްގެ މައްޗަށް ދަޢުވާލިބޭގޮތަށް ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދަޢުވާ ލިބޭ
ފަރާތެއްގެ ކިބައިން އަހުލިއްޔަތު ނެތްކަމަށް ދޭހަވާފަދަ ކަމެއް ފެނިއްޖެނަމަ، ނުވަތަ އެފަރާތުން އެގޮތަށް
ބުނާނަމަ، އެކަން ޝަރީޢަތުގެ ފަރާތުން ބައްލަވައި އެފަރާތެއްގެ އަހުލިއްޔަތު ހުރިކަން
ކަށަވަރުނުކޮށް
ޝަރީޢަތް ކުރިއަށް ގެންދެވުމަކީ، ޢަދުލުވެރި އަދި އިންސާފުވެރި ޝަރީޢަތެއް ކުރުމަށް ހުރަސް
އެޅިގެންދާނެ ކަމެއްކަމަށް ޤަބޫލުކުރެވޭކަމާއި، މިމައްސަލާގައި އިސްތިއުނާފުކުރި ފަރާތަކީ ޝަރީޢަތެއް
ހިންގުމުގެ ޞަލާޙިއްޔާތު ނެތް ކުއްޖަކަށްވުމުގެ އިހްތިމާލު އޮތް ކުއްޖެއްކަމަށް ދައުލަތުގެ ފަރާތުން
ޤަބޫލުކުރާ ކުއްޖަކަށްވާއިރު، އޭނާގެ ސަލާޙިއްޔަތު ހުރިތޯ ބެލިފައިނުވާކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 33252029 ފެކްސް 831971
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ieman:
21
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/22
ޝަރީޢަތަކަށް ޙާޟިރުވުމާއި އެޝަރީޢަތަކަށް ކުރިމަތިލައި، ޖަވާބުދާރީވުމުގެ ޤާބިލްކަންނެތްކަމުގެ އިހުތިމާލް
އޮތް ފަރާތެއްގެ މައްސަލައެއްގައި، އޭނާއަށް ޝަރީޢަތަށް ޙާޟިރުވެ ޖަވާބުދާރީވުމުގެ އަހުލިއްޔަތު ހުރިކަން
ކަށަވަރުނުކޮށް، އޭނާ ޝަރީޢަތުގެ މަޖިލީހުގައި ދައްކާވާހަކައަކަށް ބުރަވުމަކީ ޢަދުލުއިންޞާފުގެ ހަމަތަކާއި
ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފުކަމެއްކަމަށް ޤަބޫލުކުރެވޭ ކަމެވެ.
4992
0
/
28އ
(މ) ދިހަވަނަ ކަމަކީ: ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ
ރިކަމާއެކު، ވަކިފަރާތަކަށްނުޖެހި، ކަމަށް ޤާނޫނުއަސާސީގެ 42 ވަނަމާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާކަމާއި، އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި
ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކުކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ
51 ވަނަމާއްދާގެ (އ) ގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
04>= 04
ޤާނޫނުއަސާސީއާ ޢަމަލުކުރުމާއި، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި
ބަޔާންވެގެންވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް
ޤާނޫނުއަސާސީގެ 18 ވަނަމާއްދާގައި ބަޔާންކޮށްފައިވާކަމާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް
ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި
ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް
ޤާނޫނުއަސާސީގައި ހިމެނޭ
މާއްދާއެއް މާނަކޮށް ނުވަތަ
ތަރުޖަމާކޮށްގެނެއް
ޤާނޫނުއަސާސީގެ 69 ވަނަމާއްދާގައި ބަޔާންވެގެންވާކަން އެނގޭކަމާއި، ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން
ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރެވިފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި
ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ
އެއްވެސް
22 4ދ 0
ނުވާނޭކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ ފޯން: 3325029 ފެކްސް: 30/16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
22 ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/122
ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެއުސޫލުތައް ނަގަހައްޓަންވާނެކަމަށާއި،
އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރަންވާނެކަމަށް ޤާނޫނުއަސާސީގެ
68 ވަނަމާއްދާގައި ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށާއި، ޤާނޫނުއަސާސީއާއި
ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައިނުވާކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް
ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަމަށާއި، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު
ޝަރީޢަތްކުރެވޭނީ ޤާނޫނާއި ޤަވާޢިދުތަކާއި ޝަރީޢަތްކުރުމުގެ އިޖްރާޢަތުތަކާ އެއްގޮތަށް އެޝަރީޢަތެއް
ކުރެވިފައިވުމުންކަމަށް ޤަބޫލުކުރެވޭކަމެވެ.
42224
<
ބަޔާނަކީ، އެމައްސަލާގައި ޖިންސީ އަނިޔާލިބުނު ފަރާތެއްގެ ގޮތުން ދީފައިވާ ބަޔާނެއްކަމާއި، އަދި އޭނާގެ
ބަޔާނަކީ ކުށެއްގެ ތުހުމަތުގައި ނެގިފައިވާ ބަޔާނެއްނޫންކަމާއި، އެމައްސަލައިގެ ތަޙްޤީޤު ހުރިހާ
މަރުހަލާއެއްގައިވެސް އިސްތިއުނާފުކުރި ފަރާތަކީ ޖިންސީ އަނިޔާ ލިބުނު ކުއްޖެއްގެ ގޮތުގައި
ބެލެވިފައިވާކަމަށް ތަޙްޤީޤުކުރި ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން
އެނގޭކަމާއި، އޭނާގެ މައްޗަށް ދަޢުވާކޮށްފައިވާ ކުށުގެ ތުޙުމަތު އޭނާގެ މައްޗަށް ކުރެވުނު ހިސާބުން،
ކުށެއްގެ ތުޙުމަތުގައި ބަންދުކުރެވޭ މީހަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތައް އިސްތިއުނާފުކުރި
ފަރާތަށް ލިބިދީފައިވާކަމަށް ޤަބޫލުނުކުރެވޭތީއާއި، މިމައްސަލަ ދަށު ކޯޓުގައި ކުރިއަށް ދިޔައިރު،
އެމައްސަލާގައި ދަޢުވާލިބޭ އިސްތިއުނާފުކުރި ފަރާތަކީ ޝަރީޢަތަކަށް ކުރިމަތިލުމާއި ޖަވާބުދާރީވުމުގައި
ސަލާހިއްޔަތުނެތް ކުއްޖަކަށްވުމުގެ އިޙްތިމާލު އޮތް ކުއްޖެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
94
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 33252029 ފެކްސް334
i
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯ"
ގޮތުގެ
ޚުލާޞާ
2013/HC-A/122
23 ޤަޟިއްޔާ ނިމުނު ގޮތު
މަޖިލީހުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގޭއިރު، ޝަރީޢަތަށް ޙާޟިރުވެ
ޖަވާބުދާރީވުމުގެ ސަލާމިއްޔަތު އޭނާގެ ކިބައިގައި ހުރިކަން ކަށަވަރުނުކޮށް މައްސަލަ ކުރިއަށް ގެންދެވުމަކީ
އިންސާފުވެރި ގޮތެއްކަމަށް ނުބެލެވޭކަމާއި، ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އިސްތިއުނާފުކުރި
ފަރާތުން ދީފައިވާ ބަޔާންތަކުގައި، އޭނާގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއަށް އިންކާރުކުރާކަން އެނގޭތީއާއި،
އެބަޔާންތަކުގައި ހުރި ވާހަކަތަކުގައި ފުށު އެރުންތަކެއް ހުރުމާއި، އޭނާގެ ބަޔާނުގައި، އޭނާއަށް ކުރެވުނީ
ގޯސްކަމެއްކަން އެނގުނީ މާފަހުން ކަމަށާއި، ޒިނޭއަކީ ކޯއްޗެއްކަން އޭނާއަށް އެނގުނު ނަމަވެސް
ތަފްސީލުކޮށް ކިޔައިދޭންކަށް ނޭނގޭކަމަށް ބުނެފައިވާކަން އެނގޭތީ އިސްތިއުނާފުކުރި ފަރާތް މިމައްސަލާގައި
ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދިފައިވާ ބަޔާންތަކުގައިހުރި ވާހަކަތަކުގެ ޞައްޙަކަމާމެދު، ޝުބުހު
(ޝައްކު) އުފެދިފައިވާތީއާއި، އިސްލާމީ ޝަރީޢަތުގައި ހައްދުކަނޑައެޅިފައިވާ ކުށެއް ޝަރީޢަތަށް ސާބިތުވާ
މިންގަނޑަކީ، އެއްވެސް ޝައްކެއްނެތް މިންވަރުކަން ޝަރުޢީ އުސޫލުތަކަށް ބެލުމުން އެނގޭތީއާއި،
އިސްތިއުނާފުކުރި ފަރާތަކީ ޕީޓީއެސްޑީގެ ހާލަތުގައިވާ ކުއްޖެއްކަމުން އޭނާ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބުރަވެވެން ނެތްކަމަށް
މިޤްޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
99 22
0 20 0 22
ހހހ3ނ،
މިމައްސަލާގައި އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ޒިނޭގެ ކުށް އޭނާގެ
އިޢުތިރާފުން ސާބިތުވާކަމަށް ކަނޑައަޅުއްވައި ޖުވެނައިލް ކޯޓުގެ ނަންބަރު 2012/Jv
-
C/65 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެފައިވެއެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 316471:*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
24
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/22
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ޖުވެނައިލް
ކޯޓުގެ ނަންބަރު 2012/Jv
-
C/65 ޤަޟިއްޔާގައި އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ޒިނޭކުރުމުގެ ކުށް
އޭނާގެ އިޢުތިރާފުން ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށްކަމަށް، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށްފީމެވެ.
ދިވެހިންވެގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ ފޯން: 3325129 ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv