ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/181 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
بشان
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
O
ޤަޟިއްޔާ ނަންބަރ. 181/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
ނަން: އިބްރާހީމް ޝިޢާރު
ކާޑު ނަންބަރ: A027007 * މިހާރުގެ އެޑްރެސް:
ވަކީލު: އޗ، އިބްރާހީމް ރިޝާ
ދާއިމީ އެޑްރެސް:.
ރީތިމާގެ
އައިމާ 7 ވަނަ ބުރި
އައިޑީ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ވަޙީދު
އައިޑީ ކާޑު ނަންބަރ. A040584
* ބަދަލުގައި: އޒް. ޢަބްދުލްޙަކީމު ރަޝާދު
ދާއިމީ އެޑްރެސް: މ. އާނަންދު
މިހާރުގެ
؛ އެޑްރެސް: ލ. އާނަންދު
• ހުށަހެޅުނު ތާރީޚް: 22 ޖޫން 2009
ނިމުނު ތާރީޚް: 15 މާރޗް 2010
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/MC/232
• ނިންމެވިކޯޓް: މަދަނީ ކޯޓް
• ޤަޟިއްޔާގެ ބާވަތް: އެގްރީމެންޓާއި ގުޅޭ
ހުށަހެޅުނުތާރީޚް: 11-02-2007
ނިމުނު ތާރީޚް: 25-03-2009
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމު ގެ، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
2009/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދައުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/232 ގެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި
ރީތިމާގެ އިބްރާހީމް ޝިޢާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤައްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ މ. އާނަންދު ޢަބްދުﷲ ވަޙީދު އަށެވެ.
381
04 0
ފާހަގަކުރެވުނު
އެތާތައް
މަދަނީ ކޯޓުގެ ނަންބަރު 2007/MC/232 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އިބްރާހީމް ޝިޢާރުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިބްރާހީމް ޝިޢާރުގެ މައްޗަށް ޢަބްދުﷲ ވަޙީދު ކުރި ދަޢުވާގެ އަޞްލަށް އިބްރާހީމް
ޝިޢާރު އިންކާރުކޮށް
ރުކޮށް، އިބްރާހީމް ޝިޢާރުގެ އަމިއްލަ މިލްކެއް ކަމަށްވާ ”ސަދަން ކްރޮސް“
ނަމަކަށް ކިޔާ ސަފާރީ އުޅަނދުގެ މިލްކުވެރިކަމުގައި ޢަބްދުﷲ ވަޙީދު ބައިވެރި ކުރުމަށްޓަކައި
ޕޮއިންޓް އޯނަރޝިޕް އެއްވެސް އެއްބަސްވުމެއްގައި އިބްރާހީމް ޝިޢާރު ސޮއިކޮށްފައި ނޯންނާނެ
ކަމަށާއި ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުމަކީ ޞައްޙަ ލިޔުމެއް ނޫން ކަމަށް 2007 މެއި 29 ވަނަ
ދުވަހު މަދަނީކޯޓުގެ ޝަރީއަތަށް ހުށަހަޅާފައިވާ ޖަވާބު ފޯމުގައި ބުނެފައިވާއިރު؟
އިސްވެ އިޝާރާތް ކުރެވުނު ލިޔުމުގެ އޮރިޖިނަލް ކޯޓަށް ގެންނަވައިގެން ކަމާބެހޭ ފަރާތަށް
މެދުވެރިކޮށް އޭގެ އޮތެއްޓިސިޓީ ހާމަކޮށްދެއްވުން އެދޭ ކަމަށް އިބްރާހީމް ޝިޢާރު ބުނެފައިވާކަން
އެނގެން އޮވެއެވެ.
(ށ) ޢަބްދުﷲ ވަޙީދު އާއި އިބްރާހީމް ޝިޢާރު އާއި ދެމީހުންގެ މެދުގައި 15 ނޮވެމްބަރު
2000 ގައި ވެވިފައިވާ އެއްބަސްވުމެއް ކަމަށް ބުނެ މަދަނީކޯޓުގެ ނަންބަރު 2007/MC/232
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ އެއްބަސްވުމަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމު ގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
3
2009/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެ އެއްބަސްވުމުގައި އިބްރާހީމް ޝިޢާރު އާއި ޢަބްދުﷲ ވަޙީދު އާއި، އަދި ހެކިންގެ ގޮތުގައި
މ. ބަންގާ ޙަސަން ނައީމް އާއި، މ. މުށިމަސް ޢަބްދުލްޙަލީމު އާއި މި 4 މީހުން ސޮއިކޮށް
އިގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮތްއިރު
އެއެއްބަސްވުމުގައި ހެއްކެއްގެ ގޮތުގައި ޢަބްދުލްޙަލީމު ސޮއިކޮށްފައިވާނެ ކަމަށާއި،
ޢަބްދުލްޙަލީމުގެ އިތުރުން އެހެން މީހަކު ސޮއިކޮށްފައިވާ ކަމަށާއި، އެ އެއްބަސްވުމުގައި އިބްރާހީމް
ޝިޔާރު އާއި ޢަބްދުﷲ ވަޙީދު އާއި ޢަބްދުލްޙަލީމު އާއި އަނެއް ހެކި މީހާ އާއި 4 މީހުން
ސޮއިކޮށްފައިވަނީ އެއް ޙާޟިރެއްގައި ޢަބްދުﷲ ވަޙީދުގެ ކޮޓަރިއެއްގައި ކަމަށް ބުނެ، 2008
އޯގަސްޓް 27 ވަނަ ދުވަހު މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުލްޙަލީމު ހެކިބަސް
ދީފައިވާކަން އެނގެން އޮވެފައި؟
އިސްވެ އިޝާރާތް ކުރެވުނު އެއްބަސްވުމުގައި ހެއްކެއްގެ ގޮތުގައި ޙަސަން ނަޢީމު
ސޮއިކޮށްފައިވާނެ ކަމަށާއި، އެ އެއްބަސްވުމުގައި ޙަސަން ނަޢީމުގެ އިތުރުން ހެއްކެއްގެ ގޮތުގައި
ސޮއިކުރީ ހ. މުށިމަސް ޢަބްދުލްޙަލީމު ކަމަށާއި، އިބްރާހީމް ޝިޔާރު އާއި ޢަބްދުﷲ ވަޙީދު އާއި
ޙަސަން ނަޢީމުމެން ދެހެކިން ސޮއިކުރީ 4 މީހުން އެއް ޙާޟިރުގައި ޢަބްދުﷲ ވަޙީދުގެ ކޮޓަރީގައި
ކަމަށް ބުނެ 2008 ޖޫން 23 ވަނަ ދުވަހު މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޙަސަން ނަޢީމު
ހެކިބަސް ދީފައިވާކަން އެނގެން އޮތުމުގެ އިތުރުން؛
އެއްބަސްވުމުގައިވާ އިބްރާހީމް ޝިޢާރުގެ އިގިލީގެ ނިޝާނާއި ފުލުސް އޮފީހުގެ ރެކޯޑަށް
ނެގިފައިވާ އިބްރާހީމް ޝިޢާރުގެ އިނގިލީގެ ނިޝާނާއި މިދެ ނިޝާން ދިމާވާކަން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު 86/FSD
(
A
)
/
2007
/
FCR ފިންގަރ ޕްރިންޓް ކޮމްޕެރިޝަން
ރިޕޯޓުން އެނގެން އޮތުމުން، ޢަބްދުﷲ ވަޙީދު އާއި އިބްރާހީމް ޝިޢާރު އާއި ދެމީހުންގެ މެދުގައި
15 ނޮވެމްބަރު 2000 ގައި ވެވިފައިވާ އެއްބަރ ވުމެއް ކަމަށް ބުނެ މަދަނީކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހަޅާފައިވާ އެއްބަސްވުމަކީ، ޢަބްދުﷲ ވަޙީދު އާއި އިބްރާހީމް ޝިޢާރު އާއި ދެމީހުންގެ
މެދުގައި ވެވިފައިވާ ޞައްޙަ އެއްބަސްވުމެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތަށް
ސާބިތުވެއެވެ.
(ނ) ޢަބްދުﷲ ވަޙީދު އާއި އިބްރާހީމް ޝިޢާރު އާއި ދެމީހުންގެ މެދުގައި 15 ނޮވެމްބަރު
2000 ގައި ވެވިފައިވާ އެއްބަސްވުމަށް ބަލާއިރުގެ
54
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމު ގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2009/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެ އެއްބަސްވުމުގެ (ހ) ގައި "ތ. އަތޮޅު ބަނޑިދޫގައި ދަރަންޏަށް ފައިސާ ނަގައިގެން
އަހަރެން (އިބްރާހީމް ޝިޔާރު ރީތިމާގެ) އާއި ޢަބްދުﷲ ވަޙީދު މ. އާސަންދަ އާއި ދެމީހުންގެ
މަސައްކަތުން ބަންނަން ފަށާ، ގާތް ގަޑަކައް ސަތޭކަހަތާވީސް ފޫޓުގެ ސަފާރީ ބޯޓާއި، އޭގެ
ކައިރީގައި ޑައިވިން ކުރުމައް ބަންނަމުންދާ ދޯންޏާއި މިދެއުޅަދު ދުއްވުމަށް ބޭނުން ކުރެވޭ
އިންޖީނާއި ހުރިހާ ތަކެއްޗަކާއި މިދެއުޅަދު ދުއްވައިގެން ލިބޭ އާމްދަނީ އަކީ އިބްރާހީމް ޝިޔާރު އާއި
ޢަބްދުﷲ ވަޙީދު އާއި ދެމީހުންނަށް ހަމަ ހަމަ ވެގެންވާ ދެމީހުންގެ މިލްކެކެވެ.” މިފަދައިން
ބަޔާންކޮށްފައިވާއިރު؟
އެއްބަސްވުމުގެ (ބ) ގައި "މިއެއްބަސްވުމުގައި މިދެފަރާތާއި ހެކިން ސޮއި ކުރީ ބުއްދި
ސަލާމަތުން ތިބެ އެއްވެސް މަޖުބޫރު ކަމެއްނެތި އެންމެން އެއް ޙާޟިރުގައި އަމިއްލަ
އިހުތިޔާރުންނެވެ. މިފަދައިން ބަޔާންވެފައި ވުމުން، ޢަބްދުﷲ ވަޙީދު އާއި އިބްރާހީމް ޝިޔާރު އާއި
ދެމީހުންގެ އަމިއްލަ އިޚްތިޔާރުގައި އުޅަނދުގެ މިލްކުވެރިކަމަކީ ދެމީހުންނަށް ހަމަ ވެގެންވާ މިލްކު
ވެރިކަމެއް ކަނޑައަޅައި ހަމަޖެއްސުމަށްފަހު އެގޮތުގެ މަތީން އެއްބަސްވެފައިވާކަން ޝަރީޢަތަށް
ސާބިވާކަމާއި، އެހެން ކަމުން އެދެއުޅަނދުގެ ދެބައިކުޅަ އެއްބައިގެ މިލްކުވެރިކަމުގެ ޙައްޤު އޮތް
ފަރާތަކީ އިބްރާހީމް ޝިޔާރު ކަމާއި ދެން އޮތް ދެބައިކުޅަ އެއްބައިގެ މިލްކުވެރިކަން ލިބިގެންވާ
ފަރާތަކީ ޢަބްދުﷲ ވަޙީދުކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތަށް ސާބިތުވެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަމަށް ބަލާއިރު،
ޢަބްދުﷲ ވަޙީދު އާއި އިބްރާހީމް ޝިޢާރު އާއި ދެމީހުންގެ މެދުގައި 15 ނޮވެމްބަރު 2000 ގައި
އެއްބަސްވުމެއް ވެވިފައިވާކަން ހެކިންގެ ހެކި ބަހުން ޝަރީޢަތަށް ސާބިތުވާއިރު އެއެއްބަސްވުމުގައި
ޖަހާފައިވާ އިގިލީގެ ނިޝާނަކީ އިބްރާހީމް ޝިޢާރުގެ އިގިލީގެ ނިޝާންކަން ފިންގަރ ޕްރިންޓް
ކޮމްޕެރިޝަން ރިޕޯޓުން އެނގެން އޮތުމުގެ އިތުރުން، ދެފަރާތުގެ މެދުގައި ސޮއި ކުރެވިފައިވާ
އެއްބަސްވުމުގެ (ހ) ގައި ސަފާރީ ބޯޓާއި، އޭގެ ކައިރީގައި ޑައިވިން ކުރުމަށް ބަންނަމުންދާ
ދޯންޏާއި މިދެއުޅަދު ދުއްވުމަށް ބޭނުން ކުރެވޭ އިންޖީނާއި ހުރިހާ ތަކެއްޗަކާއި މިދެއުޅަދު
ދުއްވައިގެން ލިބޭ އާމްދަނީ އަކީ އިބްރާހީމް ޝިޔާރު އާއި ޢަބްދުﷲ ވަޙީދު އާއި ދެމީހުންނަށް ހަމަ
ވެގެންވާ
ދެމީހުންގެ މިލްކެއް ކަމަށް ބަޔާންކޮށްފައިވާތީ، މަދަނީކޯޓުގެ
ހަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމު ގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
5
2009/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަންބަރު 2007/MC/232 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ
ސަބަބެއް އޮތް ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، ރީތިމާގެ
އިބްރާހީމް ޝިޔާރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "ސަދަންކްރޮސް” ނަމަކަށް ކިޔާ ސަފާރީ
ބޯޓް (ދޯނި) އާއި ޑައިވިންގ ކުރާ ސްކޯޕިއަން" ނަމަކަށް ކިޔާ އުޅަނދުގެ 1/2 (ދެބައިކުޅަ
އެއްބައި) ގެ މިލްކުވެރި ފަރާތަކީ މ. އާނަންދު ޢަބްދުﷲ ވަޙީދު ކަމަށާއި، މިދެއުޅަނދު ދުއްވައިގެން
ލިބޭ އާމްދަނީގެ 1/2 (ދެބައިކުޅަ އެއްބައި) އަކީ، ޢަބްދުﷲ ވަޙީދުގެ މިލްކެއް ކަމަށް
ކަނޑައަޅުއްވާ، މަދަނީކޯޓުގެ ނަންބަރު 2007/MC/232 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލެއް ގެންނާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައި ނުވާތީ، އެޤަޟިއްޔާގެ ޙުކުމަށް ބަދަލެއް
ގެނެވެން ނެތްކަމަށް ކަނޑައަޅައިފީމެވެ.
މީޤަޟިއްޔާ ބަލާ ޙުކުމް ކުރީ
95
{
އައް.
ޙަމިދު
ފަނޑިޔާރު
ޢަބްދުލްޣަނީ މުޙައްމަދު
އިސް ފަނޑިޔާރު
އަޙްމަދު ޝަރީފު ޢަލީ
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމު ގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv