ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/146 ޤަޟިއްޔާގެ ޙުކުމް
1
2007/HC-A/146
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
'
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 146/HC
-
A/2007
• އިސްތިއުނާފު ކުރިފަރާތް:
z ނަން: ޢަބްދުއްރަޙްމާން ޙަސަން
އައިޑީ ކާޑު ނަންބަރ: A080127
ދާއިމީ
އެޑްރެސް: ޕެންޓްލޭންޑް ގެ ބ. އޭދަފުށި
މިހާރުގެ އެޑްރެސް: ޕެންޓްލޭންޑް .. އޭދަފުށި
O O OO
*2
• އިސްތިއުނާފް ރައްދުވި ފަރާތްތައް:
* ނަން: 1- ރަޙްމާ ޙަސަން ކަންމަތީގެ | ބ. އޭދަފުށި
2- ރަޙީމާ ޙަސަން ކަންމަތީގެ | ބ. އޭދަފުށި
3- މަރިޔަމް ޙަސަން ކަންމަތީގެ / ބ. އޭދަފުށި
4- މުޙައްމަދު ޙަސަން ކަންމަތީގެ |
8
އޭދަފުށި
1431
• ރަޖިސްޓްރީކުރެވުނު ތާރީޚް: 10 ރަޖަބް 1428
24 ޖުލައި 2007
ނިމުނު ތާރީޚް: 14 މުޙައްރަމް
31 ޑިސެމްބަރ 2009
* ނިންމެވިކޯޓް: އޭދަފުށީކޯޓް
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2001/F
-
10
-
C/20
ޤަޟިއްޔާގެ ބާވަތް: ތަރިކަބެހުން.
ހުށަހެޅުނުތާރީޚް: 2001-06-03
0
ނިމުނު ތާރީޚް: 2007-05-02
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2
2007/HC-A/146
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
C
ދަޢުވާގެ ޚުލާޞާ
މިއީ، ބ. އޭދަފުށީ
ކޯޓުގެ ނަންބަރު 2001/F-10-C/20 ގެ ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތާމެދު ހިތްހަމަ ނުޖެހޭކަމަށް ބުނެ ބ. އޭދަފުށި | ޕެންޓްލޭންޑް ޢަބްދުއްރަޙްމާން ޙަސަން އެޤަޟިއްޔާ
އިސްތިއުނާފް ކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާ ލިބުނީ ބ. އޭދަފުށީ! ކަންމަތީގެ ރަޙްމާ ޙަސަންއާއި، ރަޙީމާ ޙަސަންއާއި، މަރިޔަމް
ޙަސަންއާއި، މުޙައްމަދު ޙަސަންއާއި މި ހަތަރު މީހުންނަށެވެ.
* ފާހަގަކުރެވުނު ނުކުތާތައް
މިމައްސަލައާއި ގުޅިގެން އިސްތިއުނާފްގެ މިދަޢުވާކުރާ ޢަބްދުއްރަޙްމާން ޙަސަނާއި،
މިމައްސަލާގައި ދަޢުވާ ލިބުނު ހުރިހާ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީސްގައި ދައްކާފައިވާ
ވާހަކަތަކަށާއި، ބ. އޭދަފުށި ކޯޓުގެ ނަންބަރު 2001/F
-
10
-
C/20 ގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯރޓްގެ މައްޗަށާއި، އެރިޕޯރޓާއި އެކުގައިވާ ބަޔާންތަކާއި، އަދި މިމައްސަލައާއި ގުޅިގެން ޝަރީޢަތަށް
ލިބިފައިވާ ރަސްމީ މަޢުލޫމާތުތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިހިނދު، އަންނަނިވި ނުކުތާތައް
ފާހަގަކުރެވިފައިވެއެވެ.
އޭދަފުށީ "ޕެންޓްލޭންޑް" ޙަސަން މުޙައްމަދު 1996/1/15 ގައި ނިޔާވެފައިވާކަން
އޭދަފުށީ އޮފީހުގެ ނަންބަރު 2003
/
07/F10
/
F
-
10
-
C (2003/06/23) ގެ ސިޓީއާ ޙަވާލާދެއްވައި
އޭދަފުށި ކޯޓުގެ ނަންބަރު 2001/F
-
10
-
C/20 ގެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ
ނަންބަރުގައި ދެއްވާފައިވާ މަޢުލޫމާތުތަކުން އެނގެއެވެ.
18
0 0
އޭދަފުށީ ޕެންޓްލޭންޑް ޙަސަން މުޙައްމަދު ނިޔާވިއިރު، އޭނާގެ ވާރިޘުންގެ ގޮތުގައި
ދުނިޔޭގައި ތިބީ 02 ފިރިހެންދަރިން ކަމަށްވާ އޭދަފުށީ ޕެންޓްލޭންޑް އަބްދުއްރަޙްމާން ޙަސަނާއި، އެރަށު
ކަންމަތީގެ މުޙައްމަދު ޙަސަނާއި، 03 (ތިނެއް) އަންހެންދަރިން ކަމަށްވާ އެރަށު ކަންމަތީގެ ރަޙްމާ ޙަސަނާއި،
މަރިޔަމް ޙަސަނާއި، ރަޙީމާ ޙަސަނާއި އެކު ޖުމްލަ 05 ވާރިޘުންކަން މިމީހުންގެ ބަހުންނާއި، ބ. އޭދަފުށީ
ރަންގަލި އިބްރާހީމް މުޙައްމަދާއި، އެރަށު ދިގަލި ޔޫސުފް ޢަލީއާއި، މިދެމީހުން ނަންބަރު 2001/F
-
10
-
C/20
ގެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖްލީހަށް 2001/06/17 ދުވަހު ދީފައިވާ ހެކި ބަހުގެ ބަޔާނުން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
3
2007/HC-A/146
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
744
*2
(ނ) ބ. އޭދަފުށީ ޕެންޓްލޭންޑްއެވެކިޔާ ގޯއްޗަކީ ބަންޑާރަ ގޯއްޗެއްކަމާއި، އެގޯތި ދިވެހި
ދައުލަތުން ޙަވާލުކޮށްފައިވާ ފަރާތަކީ އެގޭ ޙަސަން މުޙައްމަދުކަމާއި، އެގޯތީގެ ޢިމާރާތުގެ ވެރި ފަރާތަކީވެސް
ޙަސަން މުޙައްމަދުކަމާއި، މިކަންކަން އަތޮޅު އޮފީހުން 1992/12/5 ގައި ހައްދަވާ ދެއްވާފައިވާ ނަންބަރު
103 ގެ " ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އިން އެނގެއެވެ. އެހެންކަމުން އެގޯތީގައިވާ ޢިމާރާތްތަކާއި
ވަޅުފަދަ ތަންތަނުގެ މިލްކުވެރި ފަރާތަކީ އެގޯތި ރަޖިސްޓްރީ ކުރެވިފައިވާ
އޭދަފުށީ ޕެންޓްލޭންޑް ޙަސަން
މަދުކަން ޤާނޫނީ ގޮތުން ބަލަންޖެހޭނެކަން އެނގެއެ
7 ދތ ވ3ދ 0
މުޙައްމަދުކަން
ފަގެއެވެ.
8
ބބހ
އޭދަފުށީ ޕެންޓްލޭންޑްއެވެކިޔާ ގޯއްޗަކީ 3517 އަކަފޫޓްގެ ބޮޑުމިނުގެ ގޯއްޗެއްކަން
މިގޯތީގެ ބޮޑުމިން ސާފުކޮށްދެއްވުން އެދި ހައިކޯޓުން ބ. އޭދަފުށީ އޮފީހަށް ލިޔުމުން، އޭގެ ޖަވާބުގައި
އެއޮފީހުން ހައިކޯޓަށް ފޮނުއްވި އެއޮފީހުގެ ނަންބަރު 10
/
95
/
2009
/
46-F (2009/11/05) ގެ ސިޓީއިން
އެނގެއެވެ.
(ބ) ބ. އޭދަފުށިކޯޓުގެ ނަންބަރު 2001/F
-
10
-
C/20 ގެ ޤަޟިއްޔާ އެކޯޓުން ނިމިފައިވަނީ
2007/5/2 ގައި ކަމަށްވުމުން، އެޤަޟިއްޔާ ނިމިފައިވަނީ ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާވެ
ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ފަހުންކަން އެނގެން އޮވެފައި، އެޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ 2
ވަނަ ނަންބަރުން ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެމަރުޙޫމްގެ ވާރިޘުންނަށް ނުވަތަ
ވާރިންގެ ތެރެއިން މީހަކަށް 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު އެހެން ބަންޑާރ ގޯއްޗެއް ލިބިފައިވީ
ނަމަވެސް މަރުވިމީހާއަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތީގެ ބިން އެމަރުޙޫމްގެ ވާރިޘުންގެ މެދުގައި ހަމަހަމައަށް
ބެހުމުން، މީހަކަށްޖެހޭ ބައި 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑުވާނަމަ، އެމަރުވާމީހާއަށް ދޫކުރެވިފައިވާ
ގޯތީގެ ބިމުން ލިބުމުގެ ޙައްޤު އެމަރުޙޫމްގެ ހުރިހާ ވާރިޘުންނަށް ލިބިގެންވާކަން އެނގެން އޮތުމުން،
އޭދަފުށީ ޕެންޓްލޭންޑްއެވެކިޔާ ގޯއްޗަކީ ބަންޑާރަ ގޯއްޗެއްކަމަށްވެފައި އެގޯތި ދައުލަތުން ޙަވާލުކުރައްވާފައިވާ
އެގޭ ޙަސަން މުޙައްމަދު ނިޔާވިއިރު، އެމަރުޙޫމްގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައިތިބި އިސްވެބުނެވުނު
ފަސްމީހުންކަމަށްވުމުން އެގޯތީގެ ބިން 5 ބަޔަށް ހަމަހަމައަށް ބެހުމުން މީހަކަށްޖެހޭވަރު 600 އަކަފޫޓަށްވުރެ
އެގޯތީގެ ބިމުން ލިބުމުގެ ޙައްޤު އެމަރުހޫމްގެ މި ފަސްވާރިޘުންނަށް ލިބިގެންވާކަން އެނގެއެވެ.
8
xވ
22
(ޅ) ބ. އޭދަފުށި ކޯޓުގެ ނަންބަރު 2001/F-10-C/20 ގެ ޤަޟިއްޔާ ނިންމެވިގޮތާމެދު
ހިތްހަމަ ނުޖެހޭކަމަ އިބުނު ޢަބްދުއްރަޙްމާން ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާގައި
އޭދަފުށީ "ޕެންޓްލޭންޑް' އެވެކިޔާ ބަންޑާރަގޯތީގެ ބިމުން ޢަބްދުއްރަޙްމާން ޙަސަން ފިޔަވައި އެއްވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2007/HC-A/146
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
/44ނ
9
މިންވަރެއް އެގޯތި ދައުލަތުން ދޫކުރައްވާފައިވާ އަލްމަރުޙޫމް ޙަސަން މުޙައްމަދުގެ އެހެންވާރިޘުންނަށް
ލިބެންނުޖެހޭ މައިގަނޑު ސަބަބަކީ އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނަކީ ޢަބްދުއްރަޙްމާން
ޙަސަންގެ މަސައްކަތާއި، ފައިސާއިން އުފައްދާފައިވާ ތަންތަންކަމަށްވާތީކަމަށް، ޢަބްދުއްރަޙްމާން ޙަސަންގެ
ފަރާތުން ބުނަމުންދާއިރު، ބ. އޭދަފުށީ ޕެންޓްލޭންޑް އެވެކިޔާ ގޯއްޗަކީ ބަންޑާރަ ގޯއްޗެއްކަމާއި، އަދި
އެގޯތި ޙަވާލުކޮށްފައިވާ ފަރާތަކީ ޢަބްދުއްރަޙްމާން ޙަސަންގެ ބައްޕަ އޭދަފުށީ ޕެންޓްލޭންޑް
އަލްމަރުޙޫމް ޙަސަން މުޙައްމަދުކަމާއި، މިކަންކަން އެގޯއްޗަށް އަތޮޅުއޮފީހުން 1992/12/5 ގައި
ހައްދަވާދެއްވާފައިވާ އިސްވެ އިޝާރާތްކުރެވުނު ނަންބަރު 103 "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" އިން
އެނގެން އޮންނައިރު، ޢަބްދުއްރަޙްމާން ޙަސަންއާއި، ބެދުއްރަޙްމާން ޙަސަންގެ ބައްޕަ
އޭދަފުށީ
ޕެންޓްލޭންޑް ޙަސަން މުޙައްމަދާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމެއްގެދަށުން އެގޯތީގައި ޢަބްދުއްރަޙްމާން
ޙަސަން ޢިމާރާތްކޮށްފައިވާނަމަ އެކަމަކީ އެގޯތީގައިވާ ޢިމާރާތްތަކުގެ މިލްކުވެރިކަން ޢަބްދުއްރަޙްމާން ޙަސަނަށް
މިލްކުވާންޖެހޭ ސަބަބެއް ނޫންކަން ޤާނޫނު ނަންބަރު 6/2008 (ޢާއްމު ޤަވާޢިދުތަކާބެހޭ ޤާނޫނު) ގެދަށުން
ޤާނޫނީބާރު ލިބިފައިވާ "ޝަރީޢަތް ކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދު" 6 ގެ 252 ވަނަ މާއްދާއިން
ރަނގަޅަށް އެނގެއެވެ.
05
4.
(ކ) ބ. އޭދަފުށި ކޯޓުގެ ނަންބަރު 2001/F
-
10
-
C/20 ގެ ޤަޟިއްޔާގެދަށުން
އޭދަފުށީ "ޕެންޓްލެންޑް" އެވެކިޔާ ބަންޑާރަ ގޯތީގެ ބިން އެގޯތި ދައުލަތުން ޙަވާލުކޮށްފައިވާ އެގޭ އަލްމަރުޙޫމް
ޙަސަން މުޙައްމަދު ނިޔާވިއިރު، އެމަރުޙޫމްގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައިތިބި އެމަރުޙޫމްގެ ފިރިހެން 02
ދަރިން ކަމުގައިވާ ޢަބްދުއްރަޙްމާން ޙަސަންއާއި، މުޙައްމަދު ޙަސަންއާއި، އަންހެން 03 ދަރިންކަމުގައިވާ ރަޙްމާ
ޙަސަނާއި، ރަޙީމާ ޙަސަނާއި، މަރިޔަމް ޙަސަނާއި، އެކު ޖުމްލަ 05 ވާރިޘުންގެ މެދުގައި ބަހައި،
ންގެމެދުގައި އެގޯތީގެ ބިމުގެބައިތައް ހަމަޖެއްސުމަށް މިފަސްމީހުން ރުހި ޤަބޫލުވެފައިވާކަން މިފަސްމީހުންގެ
ފަރާތުން 200714/19 ދުވަހު އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖްލީސްއަށްދީފައިވާ ބަޔާނުން އެނގެން އޮތުމުން،
އަލްމަރުޙޫމް ޙަސަން މުޙައްމަދުގެ ވާރިޘުންގެ ތެރެއިން ޢަބްދުއްރަޙްމާ
ޙްމާން ޙަސަން ފިޔަވައި އޭނާގެ ބައްޕަ
އެހެންވާރިޘަކަށް ގޯތީގެބިމުން ލިބިދެއްވައިގެން އިސްވެ އިޝާރާތްކުރެވުނު އޭދަފުށީ ކޯޓުގެ ނަންބަރު
2001/F
-
10
-
C/20 ގެ ޤަޟިއްޔާ ނިންމަވާފައިވާގޮތާމެދު ހިތްހަމަނުޖެހިގެން ޢަބްދުއްރަޙްމާން ޙަސަން މިކުރާ
އިޢުތިރާޟްއަކީ ޢަބްދުއްރަޙްމާން ޙަސަން އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖްލީހަށް 200714/19 ދުވަހު ދީފައިވާ
އިސްވެ އި
ޝާރާތްކުރެވުނު ބަޔާނުގައި ޢަބްދުއްރަޙްމާން ޙަސަން ޤަބޫލުކޮށްފައިވާގޮތާއި ޚިލާފަށް ޢަބްދުއްރަޙްމާން
ޙަސަން ކުރާ އިޢުތިރާޝްއެއްކަން އެނގެއެވެ.
*2
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
5
2007/HC-A/146
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 02 0 2 002
(އ) ޢަބްދުއްރަޙްމާން ޙަސަންގެ ބައްޕަ ޙަސަން މުޙައްމަދު މަރުވެފައިވަނީ 1996/1/15
ގައިކަން މަތީގައި ބަޔާންކުރެވިދިޔަ ގޮތުގެމަތިން އެނގެން އޮންނައިރު، ހައިކޯޓުގެ މިޤަޟިއްޔާގެދަށުން
އިސްތިއުނާފް މިކުރެވޭ ބ. އޭދަފުށީ ކޯޓުގެ ނަންބަރު 2001/F
-
10
-
C/20 ގެ ޤަޟިއްޔާ އެކޯޓަށް
ހުށަހެޅިފައިވަނީ 2001/6/3 ގައި ކަމަށްވުމުން، އެޤަޟިއްޔާ އެކޯޓަށް ހުށަހެޅިފައި އެވަނީ ޢަބްދުއްރަޙްމާން
ޙަސަންގެ ބައްޕަ ޙަސަން މުޙައްމަދު މަރުވިތާ 60 ދުވަސް ފާއިތުވެ ދިޔަތާ އެތައްދުވަހެއްގެ ފަހުންކަން
އެނގެން އޮންނައިރު،
ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގައި މީހަކު މަރުވުމަށްފަހު
އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަޞިއްޔަތެއްފަދަ ކަމެއް އޮވެގެން ދަޢުވާކުރާ މީހަކު ހުރެއްޖެނަމަ އެމީހަކު
މަރުވާ ދުވަހުން ފެށިގެން 60 ދުވަހުގެތެރޭގައި މާލޭގައިނަމަ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކަމާބެހޭ ކޯޓަށް،
ރާއްޖެތެރޭގައި ނަމަ ރަށުކޯޓަށް ހުށަހަޅަންވާނެކަމަށާއި، މިމުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލޭނީ
އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދަޢުވާކުރާ މީހަކުނެތީ
ކަމަށްކަމުގައި ކަނޑައެޅި ބަޔާންވެފައިވާއިރު،
ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ޢަބްދުއްރަޙްމާން ޙަސަންގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުގައި އޭދަފުށީ "ޕެންޓްލޭންޑް
އެވެ ކިޔާގެއާއި،
އާއި، އެގޯތީގައިވާ ތަންތަނަނަކީ ޢަބްދުއްރަޙްމާން
ޙަސަންގެ ބައްޕަ ޙަސަން މުޙައްމަދު، ޢަބްދުއްރަޙްމާން ޙަސަނަށް ވަޞިއްޔަތުން ދީފައިވާ ތަންކަ
ބުނެފައިވާއިރު، މިވަޞިއްޔަތުގެ ލިއުމުގެ މައްޗަށް އެއްވެސް ތަނެއްގައި ޢަބްދުއްރަޙްމާން ޙަސަން
ދަޢުވާކޮށްފައިނުވާކަން ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ޢަބްދުއްރަޙްމާން ޙަސަންގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮތުމުން، ޢަބްދުއްރަޙްމާން ޙަސަންގެ ބައްޕަ ޙަސަން މުޙައްމަދު ނިޔާވިތާ 60 ދުވަސް
ފާއިތުވެ ދިޔަތާ އެތައް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް ޢަބްދުއްރަޙްމާން ޙަސަން މިބުނާ ވަޞިއްޔަތުގެ
މައްޗަށް ޢަބްދުއްރަޙްމާން ޙަސަންގެ ފަރާތުން ދަޢުވާކޮށްފައި ނުވާކަން ޢަބްދުއްރަޙްމާން ޙަސަންގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން، އިސްވެ ޙަވާލާދެވުނު ޤާނޫނު ނިޔާކުރާގޮތުން ޢަބްދުއްރަޙްމާން
ޙަސަންގެ މިޝަކުވާއަކީ އެޝަކުވާކުރުމުގެ ޙައްޤު ޤާނޫނީގޮތުން ޢަބްދުއްރަޙްމާން ޙަސަން މިހާރު ލިބިގެންވާ
ޝަކުވާއެއް ނޫންކަން ސާފުކޮށް އެނގެއެވެ.
ﷲތ ކތ ދ ތތ
ތަންތަން ކަމަށް
4 22
oooo <
(ވ) އިސްވެބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ބަލާއިރު، ބ. އޭދަފުށީ ޕެންޓްލޭންޑް
އަލްމަރުޙޫމް ޙަސަން މުޙައްމަދުގެ ތަރިކައިގެ މައްސަލަ އޭދަފުށީ ކޯޓުން ބައްލަވާ ނިންމެވި އެކޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2007/HC-A/146
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އޭދަފުށީ
ނަންބަރު 2001/F
-
10
-
C/20 ގެ ޤަޟިއްޔާ ގައި އަލްމަރުޙޫމް ޙަސަން މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީ
ކުރެވިފައިވާ ބ. އޭދަފުށީ ޕެންޓްލޭންޑް އެވެކިޔާ ބަންޑާރަގޯތީގެ ބިމުން އެމަރުޙޫމް ނިޔާވިއިރު، އެމަރުޙޫމްގެ
ވާރިޘުންގެގޮތުގައި ދުނިޔޭގައިތިބިކަން ޘާބިތުވާ 05 ވާރިޘުންނަށް ލިބިދެއްވަފައިވަނީ ޤާނޫނު ނަންބަރު
1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާއި
އެއްގޮތަށްކަން އެނގެން އޮންނާތީއާއި، އަދި 200714/19 ދުވަހު ކޯޓުގެ ނަންބަރު -10-F/20
2001/C ގެ ޤަޟިއްޔާގެ ޝަރީޢަތުގެ މަޖްލީހަށް ޢަބްދުއްރަޙްމާން ޙަސަން ހިމެނޭގޮތަށް ދީފައިވާ ބަޔާނުގައި
އޭދަފުށީ ޕެންޓްލޭންޑް އެވެކިޔާ ގޯތީގެ ބިން މަރުޙޫމް ޙަސަން މުޙައްމަދުގެ 05 ވާރިޘުންނަށް
ހަމަޖެއްސުމަށް ޢަބްދުއްރަޙްމާން ޙަސަން އެއްބަސްވެފައިވާކަން އެނގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން
މިމައްސަލަ ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވަނީ އިޝާރާތް ކުރެވުނު ބ. އޭދަފުށީ ކޯޓުގެ ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޢަބްދުއްރަޙްމާން ޙަސަން ހުށަހެޅި ނުކުތާގެ މައްޗަށް ބަލައިގެން
އެޤަޟިއްޔާގައި
އޭދަފުށީ ޕެންޓްލޭންޑް އެވެކިޔާ ގޯތީގެ ބިމުން އެރަށު ޕެންޓްލޭންޑް ޙަސަން މުޙައްމަދުގެ
ހުރިހާ ވާރިޘުންނަށް ލިބިދެއްވާ ކުރައްވާފައިވާ ޙުކުމާބެހޭބަޔަށް ބަދަލެއް ގެނެވޭނެ ތަނެއް ނެތްކަމަށެވެ.
*2
cހ3
ޙުކުމް:
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އޭދަފުށި
ކޯޓުގެ ނަންބަރު 2001/F-10-C/20 ގެ ޤަޟިއްޔާ ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހިގެން އޭދަފުށީ
ޕެންޓްލޭންޑް ޢަބްދުއްރަޙްމާން ޙަސަން ހިތްހަމަނުޖެހޭ ކަމަށްބުނެ އޭނާ އިސްތިއުނާފް ކުރި ނުކުތާގެ މައްޗަށް
ބަލައިގެން އެޤަޟިއްޔާގައި ބ. އޭދަފުށީ ޕެންޓްލޭންޑްއެވެ ކިޔާ ގޯތީގެ ބިމުން އެރަށު ޕެންޓްލޭންޑް ޙަސަން
މުޙައްމަދުގެ ހުރިހާ ވާރިޘުންނަށް ލިބިދެއްވައި ކުރައްވާފައިވާ ޙުކުމާބެ
ކުމާބެހޭ ބަޔަށް ބަދަލެއް ގެނެވޭނެތަނެއް
ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނުހިނދު، އިސްވެ
މިބުނެވުނު ބ. އޭދަފުށިކޯޓުގެ ނަންބަރު 2001/F
-
10
-
C/20 ގެ ޤަޟިއްޔާގައި އޭދަފުށީ ޕެންޓްލޭންޑްއެވެ
ކިޔާ ގޯތީގެ ބިމުން، އެރަށު ޕެންޓްލޭންޑް ޙަސަން މުޙައްމަދުގެ 05 ވާރިޘުންނަށް ލިބިދެއްވައި ކުރައްވާފައިވާ
ޙުކުމާބެހޭ ބަޔަށް ބަދަލެއް ގެނެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2007/HC-A/146
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނޯޓް
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި ބެލެވިފައިވަނީ ބ. އޭދަފުށިކޯޓުގެ ނަންބަރު -F/20
2001/C-10 ގެ ޤަޟިއްޔާ ނިންމަވާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ، އޭދަފުށީ ޕެންޓްލޭންޑް
ޢަބްދުއްރަޙްމާން ޙަސަން އިސްތިއުނާފް ކުރި ނުކުތާ އެކަންޏެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޝޯގައި
އާދަމް މުހައްމަދު ޢަބްދު
،ފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
ޙަމީދު
،ފަނޑިޔާރު)
މިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv