ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-K/04 ޤަޟިއްޔާގެ ޙުކުމް
l
2009/HC-I-K204
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 04/HC
-
I
-
K/2009
2
އިންތިޚާބީ ކުށުގެ ދަޢުވާކުރާ ފަރާތް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
1- (ނަމާއި ޢާންމުނަން) ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް *ދާއިމީ އެޑްރެސް: ފ. ސަންލީޓް
* ނަންބަރ 130ހކި1550
/
2009
*މިހާރުގެ އެޑްރެސް:
ސަންލީޓް
އިންތިޚާބީ ކުށުގެ ދަޢުވާލިބޭ ފަރާތް:
2- (ނަމާއި އެޑްރެސް) ޢަލީ ޙަސަން
*މިހާރުގެ އެޑްރެސް: ފ.
ހިންނަވަރު | މާބަގީޗާގެ
0
ރަޖިސްޓްރީ ތާރީޚް: 1 ޖުމާދަލްއާޚިރާ 1439 * ނިމުނު ތާރީޚް: 20 ޖުމާދަލްއާ
ޖުމާދަލްއާޚިރާ 1439
ޖޫން
26 މެއި
2009
14
2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2009/HC-I-K2004
ދަޢުވާގެ ޚުލާޞާ:
މިއީ 9 މެއި 2009 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2009 ގައި
ޅ. ހިންނަވަރުގައި ހުރި 3-1-G01 ނަންބަރު ވޯޓު ފޮއްޓަށް އިންތިޚާބުގެ އެއްބުރެއްގައި ހިންނަވަރު
މާބަގީޗާގެ ޢަލީ ޙަސަން ދެފަހަރަށް ވޯޓުލާފައިވާކަމަށް ބުނެ އަލީ ޙަސަންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ
ދަޢުވާ ކުރުމުން ބެލުނު މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
-1
9 މެއި 2009 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2009 ގައި
ހިންނަވަރުގައި ހުރި G01.1.3 ނަންބަރު ވޯޓު ފޮއްޓަށް އިންތިޚާބުގެ އެއްބުރެއްގައި ހިންނަވަރު
މާބަގީޗާގެ ޢަލީ ޙަސަން އެއްފަހަރަށްވުރެ ގިނަ ފަހަރު (ދެފަހަރު) ވޯޓުލާފައިވާތީ ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާއިބެހޭ ޢާއްމު ޤާނޫނު)ގެ 74 ވަނަ މާއްދާގެ (ހ)ގެ 4ވަނަ ނަންބަރާއި
ޙަވާލާދީ އެ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢަލީ ޙަސަންގެ މައްޗަށް ޕްރޮސެކިއުޓަރ
ޖެނެރަލްގެ ފަރާތުން ދަޢުވާ ކޮށްފައިވެއެވެ.
¢ ¢ ¢
8 0 4 6
2- ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރ މަހާޒް ޢަލީ ޒާހިރު
ދަޢުވާގެ ތަފްޞީލް ޝަރީޢަތަށް ހުށަހަޅަމުން ބުނެފައިވަނީ ޢަލީ ޙަސަން ޅ. ހިންނަވަރުގައި ހުރި
G01.1.3 ވޯޓު ފޮއްޓަށް ދެފަހަރު ވޯޓު ލާފައިވާ ތަން ދުށް ހެކިން ތިބި ކަމަށާއި އެއީ ޅ. ހިންނަވަރު
! ހިކަރި އަޙުމަދު ޝަރީފްއާއި އެރަށު މާރަނގަ ޢަބްދުލްޣަފޫރު އާދަމް ކަމަށާއި މިދެމީހުންގެ ބަހުން ޢަލީ
ހަސަން 9 މޭއި 2009 ވަނަދުވަހުގެ ހެނދުނު ވޯޓުލީކަމާއި އޭގެފަހުން އެދުވަހުގެ މެންދުރެއް ހާއިރު
ޢަލީ ޙަސަން އަންހެނަކާއި އެކު އެހީތެރިއެއްގެ ގޮތުގައި ވޯޓުލާ މަރުކަޒަށް ދެވަނަ ފަހަރަށް އައިސް
އެއަންހެން މީހާއާއިއެކު އެހީތެރިއެއެއްގެ ގޮތުގައި ވޯޓުލާ މަރުކަޒަށް ދެވަނަ ފަހަރަށް އައިސް އެއަންހެން
މީހާއާއި އެކު ވޯޓްލާ ޢަލީ ހަސަންގެ ވޯޓް ކަރުދާސްކޮޅާއި އެއަންހެންމީހާގެ ވޯޓުކަރުދާސްކޮޅު ފޮއްޓަށް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ޖާބް ސައިޓް: www.highcourt.gov.mv
5
2009}HC-I-K04
ވައްޓާލިކަން އެނގެން އޮތް ކަމަށާއި، މީގެ އިތުރުން ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުގައި އެއްފަހަރު
ވޯޓުލާފައިވާ މީހަކަށް އޮފިޝަލުން ދެވަނަ ފަހަރަށް ކަރުދާސް ދޫކުރިކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.
3- ދަޢުވާލިބޭ އުލީހަސަން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުޅު މިދަޢުވާއަށް އިންކާރުކޮށް
ބުނެފައިވަނީ ދެފަހަރު ވޯޓުލާފައި ނުވާކަމަށާއި ފުރަތަމައަށްވެސް ވޯޓުލާން ދިޔައީ މެންދުރުގެ ވަގުތެއްގައި
ކަމަށާއި ވޯޓުލާކަށް ހެނދުނު ނުދާ ކަމަށާއި، ވޯޓުލާން ދިޔައިރު ވޯޓުލާން ވަނީ މުސްތަރީގެ އައިމިނަތު
ހަސަން ގޮވައިގެން ކަމަށާއި ފުރަތަމަ އިނގިލީގެ ޕްރިންޓް ނަގާފައި ޢަލީ ހަސަންއަށް ވޯޓު ކަރުދާސްކޮޅު
ލިބުމުން އެކަރުދާސްކޮޅުގައި ފާހަގަ ޖަހާ ތަނަށް ވަދެ ފާހަގަ ޖަހާފައި ނުކުތުމުން އާމިނަތު ޙަސަން
ކަރުދާސްކޮޅުގައި ލިޔެދޭށޭ ބުނުމުން އޭނާއަށް ކަރުދާސްކޮޅު ލިޔެދިނުމުން ފައްޖަހާފައި އެކަރުދާސްކޮޅު
ވައްޓާލަދޭށޭ ބުނީމާ ޢަލީ ހަސަންގެ އެއްއަތުން އެވޯޓު ކަރުދާސްކޮޅު ވައްޓާފައި އަނެއް އަތުން އަނެއް
ކަރުދާސްކޮޅު ވައްޓާލީ ކަމަށާއި އެހާތަނުން އެތާތިބިބަޔަކު އެވައްޓާލީ "ދެ ވޯޓޭ" ދެ ވޯޓްލީއޭ ކިޔާ
ހަޅޭލަވަން ފެށީކަމަށާއި ދެން ޢަލީ ހަސަން އެތަނުން ނިކުމެގެން އައިސް އައީ އައިމިނަދައިތަގެ ވޯޓާއި
ޢަލީ ހަސަންގެ ވޯޓާއި ދެ ވޯޓުލީކަމަށް ބުނެފައިވާނެ ކަމަށާއި ޢަލީ ހަސަން ދެފަހަރު ވޯޓުލީކަމަށް
އެތާތިބި އޮފިޝަލުން ބުނަނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށެވެ.
61
If
-4
ދެފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް
ނަޒަރުކުރާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޢަލީ ޙަސަންގެ މައްޗަށް ދަޢުވާކުރާ
ޢަލީ ޙަސަން އެއްބުރެއްގައި ދެ ފަހަރު ވޯޓުލާފައިވާކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިންނަށް
ބަލާއިރު
ހިންނަވަރު / ހިކަރި އަޙުމަދު ޝަރީފަކީ ޅ. ހިންނަވަރު ދާއިރާއަށް ކުރިމަތިލީ އަޙުމަދު
ޝަރީފު ޢަބުދުލް ރަޙުމާންގެ ފަރާތުން ވޯޓުލާ މަރުކަޒުގައި ހުރި މަންދޫބެއް ކަމާއި
ހިންނަވަރު |
މާރަނގަ ޢަބުދުލް ޣަފޫރު އާދަމްއަކީ ރައްޔިތުންގެ ޕާޓީގެ ފަރާތުން އޮބްޒާވަރެއްގެ ގޮތުގައި ހިންނަވަރުގައި
ހުރި G01.1.3 ވޯޓު ފޮށި ކައިރީގައި ހުރި މީހެއްކަން އެގެން އޮތުމުން މި ދެމީހުންނަކީ ސިޔާސީ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް، 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2009/HC-I-K14
ޕާޓީގެ ވާދަވެރި ފަރާތްތަކެއްކަން އެނގެން އޮތުމުން ޢަލީ ޙަސަން ދެފަހަރަށް ވޯޓުލާފައިވާ ކަމަށް
މިދެފަރާތުން ބުނާ ވާހަކައަކީ ވާދަވެރިކަމާއި ޚުޞޫމަތްތެރި ކަމެއް އޮތް ކަމެއްގައި އަދި އެ ހެކިބަހުގެ
ސަބަބުން އެފަރާތްތަކަށް މަންފާއެއް އޮތް ކަމަށް ބެލެވޭ ކަމެއްގައި ދޭހެކި ބަހަކަށްވެފައި އެއީ ޝަރުޢީ
ގޮތުން ޤަބޫލުކުރެވޭނެ ހެކި ބަހެއް ކަމަށް ނުބެލެވޭނެކަން.
44
5- ކަންހިނގާދިޔަގޮތުގެ ރިޕޯޓުގައި އޮފިޝަލުން، އެކަކު ދެފަހަރަށް ވޯޓުލާފައިވާ ކަމުގެ މަޢުލޫމާތު
ލިބިފައިވާކަމަށް ފާހަގަ ކޮށްފައިވަނީ އެއްވެސް ލިއެކިއުމެއްގެ މައްޗަށް ބުރަވެގެން ނޫން ކަމާއި، މިކަމަކީ
ލިޔެކިޔުމުން ބަލަހައްޓާ ވޯޓުލާ މީހުންގެ ނަމާއި އެޑްރެސް އަދި އެމީހުންގެ އައިޑީކާޑް ނަންބަރު
ބެލުމަށްފަހު ލިސްޓުގައި އެމީހުންގެ ނަން މާކުރަކުން ކެނޑުމަށްފަހު އަތުގެ އިނގިލީގައި ދެލީން ފާހަގަ
ޖެހުމަށްފަހު ކުރެވޭ ކަމެއް ކަމަށްވެފައި ޢަލީ ޙަސަން ދެފަހަރު ވޯޓުލާފައިވާ ކަމަށް ބުނާ ބުނުން ކަށަވަރު
ކުރެވޭފަދަ އެއްވެސް ލިއުމެއް ނެތް ކަމާއި މިފަދަ ލިޔެކިޔުމަށް ބަރޯސާކުރަން ޖެހޭ ކަމެއްގައި ޝަފަހީ
ހެކިންގެ ހެކި ބަހަށް، އަދި އަމުދުން އެމީހުންގެ ތެރޭގައި ޙުޞޫވަތްތެރިކަމާއި ވާދަވެރިކަން އޮންނަ
ކަމެއްގައި ރިޢާޔަތް ކުރެވިދާނެ ކަމެއް ކަމަށް ޝަރީޢަތަށް ޤަބޫލު ނުކުރެވޭކަން،
4 4
94
6- ޢާލީ ޙަސަން ދެވަނަ ފަހަރަށް ވޯޓުލީ ކަމަށް ބަޔަކު ވާހަކަ ދައްކަން ފެށީ ޢަލީ ޙަސަންއާއި
ވޯޓުލާންދިޔަ ޅ. ހިންނަވަރު މުސްތަރީގެ އާމިނަތު ޙުސަން އެއީ ވޯޓުލުމުގައި އެހީތެރިއަކަށް ބޭނުންވާ
މީހަކަށްވުމުން އޭނާގެ ވޯޓު ކަރުދާސްކޮޅު ލިޔެ ދިނުމަށް އެދުމުން ޢަލީ ޙަސަން އެކަރުދާސްކޮޅު ލިޔެ
ދިނުމުން، ޢަލީ ޙަސަން ކައިރީގައި އެވޯޓު ކަރުދާސްކޮޅު ވައްޓާލަ ދޭށޭ ބުނުމުން ޢަލީ ޙަސަންގެ ވޯޓު
ކަރުދާސްކޮޅު އެއް އަތުން އާމިނަތު ހަސަންގެ ކަރުދާސްކޮޅު އަނެއް އަތުން ވައްޓާލި ތަން ބަޔަކަށް
ފެނިގެން ޖެއްސި މައްސަލައެއްކަމާއި ޢަލީ ޙަސަން އޭގެ ކުރިން ވޯޓުލާފައިވާކަން ސާބިތު ކޮށްދޭނެ
ޝަރުޢީ ހަމަތަކުން ޤަބޫލު ކުރެވޭފަދަ ކާފީ ހަރުދަނާ ހެއްކެއް ލިބިފައިނެތްކަން،
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމޫނު ގޮތުގެ
ރި
2009/HC-I-K04
ވީމާ 09 މެއި 2009 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2009 ގައި
ހިންނަވަރުގައި ބަހައްޓާފައިހުރި 3-1-G01 ނަންބަރު ވޯޓު ފޮއްޓަށް ހިންނަވަރު މާބަގީޗާގެ ޢަލީ
ޙަސަން ދެފަހަރަށް ވޯޓުލާފައިވާކަމަށް ބުނެ ޢަލީ ޙަސަންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކުޅަ
މިދަޢުވާ ސާބިތު ކުރުމަށް ޝަރުޢީ ހަމަތަކުގެ މަތިން ޤަބޫލްކުރެވޭ ފަދަ ކާފީ ހަރުދަނާ ހެކި ހުށަހެޅިފައި
ނުވާކަމަށްޓަކައި ޢަލީ ޙަސަންގެ މައްޗަށް އިންތިޚާބުގައި އެއްބުރެއްގައި ދެފަހަރަށް ވޯޓުލުމުގެ ކުށް ޝަރީޢަތަށް
ސާބިތުނުވާކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
@
ގަ
އާދަމް މުޙައްމަދު ޢަބްދު
ޝަރީފު ޢަލީ
ފަނޑިޔާރު)
ޢަބުދުލް ޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
(ފަނޑިޔާރު)
C
(
ޓައިޕްކުރީ: އާމިނަތު ރިޝާ
ޗެކްކުރީ: އާއިޝަތު ރާމިޒާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv