ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/53 ޤަޟިއްޔާގެ ޙުކުމް
2011/HC-A/53
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 53/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
އެޓާރނީ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތް:
މާލެ އަތޮޅު ކައުންސިލްގެ އިދާރާ (ކ. މާފުށި)
• ހުށަހެޅުނު ތާރީޚް: 28 ފެބުރުއަރީ 2011
* ނިމުނު ތާރީޚް: 12 މާޗް 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
• އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޙްމަދު ޝަރީފް ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2011/HC-A/53
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މާލެ އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ:2011/H4C/13 ޤަޟިއްޔާއާ
ގުޅިގެން އެކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރ:2011
/
01/H4C ކޯޓު އަމުރު އިސްތިއުނާފް ކުރުމަށް
އެދި ދައުލަތުގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
02 0 0
މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކާއި، މިމައްސަލައާއި ގުޅިގެން ކަމާބެހޭ އިދާރާތަކުން ހައިކޯޓުން ހޯދާފައިވާ ލިޔުންތަކަށާއި، މައްސަލާގެ
ވަށައިގެންވާ ކަންތައްތަކަށާއި، މިމައްސަލައަށް ތަޠުބީޤު ވާންޖެހޭ ޤާނޫނީ މަބްދަޢުތަކަށް ރިޢާޔަތްކޮށް
ބަލާއިރު، މިމައްސަލަ ބެލި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައި ވެއެވެ.
(ހ) އިސްތިއުނާފް މިކުރެވޭ މާލެ ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރ:2011
/
01/H4C ކޯޓު އަމުރަކީ، ޤާނޫނު ނަންބަރ 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 155 ވަނަ މާއްދާގެ (ބ) ގައި މާނަ ކޮށްފައިވާ މާލެ އަތޮޅު
ތުލުސްދޫގައި ކުރިން ޤާއިމް ކޮށްފައިހުރި މާލެ އަތޮޅު އޮފީސް ހިންގި ޢިމާރާތް، މިހާރު މާލެ އަތޮޅު، އަތޮޅު
ކައުންސިލްގެ އިދާރާގެ ތަޅުދަނޑި، ފުލުހުން ހިފަހައްޓާފައިވާކަމަށާއި، އެތަޅުދަނޑި މާލެ އަތޮޅު ކައުންސިލާއި
ހަވާލު ނުކޮށް، ކައުންސިލްގެ މަސައްކަތަށް ފުލުހުން ހުރަސް އަޅަމުންދާކަށާއި، އެކަމުގެ ސަބަބުން
އެކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނުދެވޭކަމަށްބުނެ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
މައްޗަށް މާލެއަތޮޅު ކައުންސިލްގެ ފަރާތުން އެކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ނެރުއްވާފައިވާ
ވަގުތީ އަމުރެއްކަން، އަމުރުގައިވާ "މިކޯޓަށް ހުށަހެޅިފައިވާ މައްސަލަ ޝަރީޢަތުން ވަކިގޮތަކަށް
ހިންމަންދެން" މި ޢިބާރާތުން ރަގަޅަށް ދޭހަވެ އެނގެން އޮންނަ އޮތުމުގެ އިތުރުން، އިސްތިއުނާފް ކުރެވިފައި
މިވާ މާލެ އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު ނަންބަރ:2011
/
01/H4C ކޯޓު އަމުރަކީ، އެކޯޓަށް
ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓުން ނެރުއްވާފައިވާ ވަގުތީ އަމުރެއް ކަމާމެދު މައްސަލާގައި
ހިމެނޭ ފަރާތްތަކުން އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، ޢަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.lhighcourt.gov.mv
2011/HC-A/53
OU OO
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ހައިކޯޓުގެ ކަމާބެހޭ ސެކްޝަނުން މާލެ
އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ގުޅާ އިސްތިއުނާފް ކުރެވިފައި މިވާ މާލެ އަތޮޅު ތުލުސްދޫ
މެޖިސްޓްރޭޓް ކޯޓު ނަންބަރ:2011
/
01/H4C ކޯޓު އަމުރަށް އެދި މާލެ އަތޮޅު ކައުންސިލްގެ ފަރާތުން
ހުށަހެޅި "ވަގުތީ އަމުރަށް އެދޭ ފޯމް" ފެކްސްގެ ޒަރިއްޔާއިން ހައިކޯޓަށް ގެނެވިފައިވާކަމާއި، އެފޯމަށް
ބެލިއިރު މާލެ އަތޮޅު ކައުންސިލްގެ ފަރާތުން ވަގުތީ އަމުރަކަށް އެދި މާލެ އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް
ކޯޓަށް 27 ފެބްރުއަރީ 2011 ވަނަ ދުވަހުގެ 11:00 ގައި ހުށަހަޅާފައިވާކަން އެނގެން އޮންނާތީ، އަތޮޅު
ކައުންސިލް ތަކުގެ ޤާނޫނީ ހައިސިއްޔަތު ދެނެގަތުމަށްޓަކައި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ބެލިއިރު، އެޤާނޫނުގެ 7 ވަނަ މާއްދާގައި،
"މިޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން އިންތިޚާބްކޮށް ޤާއިމްކުރެވޭ އަތޮޅު ކައުންސިލަކީ އަމިއްލަ ނަމުގައި
ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތް ކުރުމުގެ ހައިސިއްޔަތު
ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞިއްކެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެނގެން
އޮންނަ އޮތުމުން، މާލެ އަތޮޅު ކައުންސިލްގެ ފަރާތުން މާލެ އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ
ހުށަހެޅި ހައިސިއްޔަތާއިމެދު ޤާނޫނީ އެއްވެސް ސުވާލެއް އުފެދިފައި ނުވާކަން ފާހަގަކުރެވެއެވެ.
(ނ) މާލެ އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ:2011
/
01/H4C ކޯޓު އަމުރު
އިސްތިއުނާފް ކުރަމުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
އެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ޝަރީޢަތުން ރިޢާޔަތްކޮށް ބަލާއިރު، އިޝާރާތް ކުރެވުނު ކޯޓު އަމުރު
ނެރުއްވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދެއްވާފައި ނުވާކަމަށް ބުނެ،
އެފަދައިން އެފުރުސަތު ނުދެއްވާ އެފަދަ އަމުރެއް ނެރުއްވުމުގެ ޤާނޫނީ ބާރު ޝަރުޢީ ކޯޓުތަކަށް ލިބިގެން
ނުވާކަމަށާއި، ޖަވާބުދާރީ ވުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިސް ސަރވިސަށް ނުދެއްވައި ނެރުއްވާފައިވާ
އަމުރު ބާޠިލް ކޮށްދެއްވުމަށް އެދެމުން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު،
އެއަމުރެއް ރައްދުވާ ފަރާތަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަކާނުލައި ވަގުތީ އަމުރެއް
ނެރުމަކީ ޝަރުޢީ ކޯޓުތަކުން ވަގުތީ އަމުރު ނެރުއްވުމުގައި ޢަމަލު ކުރަމުން އަންނަ އުޞޫލާއި ޚިލާފް
ކަމެއްކަމަށާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައި، ކޮންމެ
މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް
4ހ2
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.lhighcourt.gov.mv
2011/HC-A/53
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އުފުލުމުގައި، ޤާނޫނަކުން ޤާއިމް ކޮށްފައިވާ މިނިވަން މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަވެއްގައި
އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން
ޝަރީޢަތް ކުރެވުމުގެ ހައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް، ބަޔާން ކޮށްފައި އޮންނަ އޮތުމާއި، އަދި
ޠަބީޢީ ޤާނޫނުގައި ކަނޑައެޅި އެމައްޗަށް ޢަމަލު ކުރަމުން އަންނަ އުޞޫލާއި ޚިލާފް ކަމެއް ކަމަށް ދައުލަތުގެ
ފަރާތުން ބަޔާން ކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ނެރެވޭ ވަގުތީ އަމުރު ނެރުމުގައި ރިޢާޔަތް
ކުރަންޖެހޭ ސަބަބު ތަކަކާއި، ޙާލަތް ތަކަކެއް ހުންނަކަން ފާހަގަކުރެވޭކަމާއި، އަދި އެ ސަބަބުތަކާއި
ޙާލަތްތަކަކީ ހުށަހެޅިފައިވާ މައްސަލާގެ ތަބީޢަތަށާއި ބަވާތަށާއި، އެމައްސަލާގެ ވަށައިގެންވާ ކަންތައްތަކުގެ
މައްޗަށް ބިނާކޮށް ތަފާތުވާނެ ކަންތައް ތަކެއްކަމާއި، މިގޮތުން، ވަގުތު ފާއިތުވެއްޖެނަމަ ހަލާކު ވެގެން
ހިގައިދާނެ މުދާ ހިމެނޭ މައްސަލަތަކުގައި އެމުދަލެއް ހިމާޔަތް ކުރުމުގެ ގޮތުން ނެރެވޭ ކޯޓުއަމުރުތަކާއި،
މައްސަލާގެ ޙުކުމް ކުރެވޭއިރު އެޙުކުމުގެ މަޤްޞަދު ޙާސިލުނުވެ ހިގައިދާނެ ކަމުގެ ބިރުގައި ކޯޓުން
ކަނޑައަޅާ ވަގުތީ ވަކި ފިޔަވަޅެއް އެޅުމަށް ނެރެވޭ ކޯޓު އަމުރު ތަކާއި، މައްސަލާގައި ހިމެނޭ އެއްވެސް
ފަރާތަކަށް ގެއްލުމެއް ލިބިދާނެތީ އެގެއްލުމަކުން އެފަރާތެއް ޙިމާޔަތް ކުރުމުގެ ގޮތުން ނެރެވޭ ކޯޓު އަމުރު
ތަކާއި، އަދި އަސާސީ ޚިދުމަތެއް ދިނުމުގައި މަސްއޫލުވެ ތިބޭ ފަރާތެއްގެ މަސައްކަތަށް ހުއްޓުމެއް
އައިސްފިނަމަ އެޚިދުމަތެއް ދިނުމަށް ހުރަސް އެޅިދާނެ ކަމުގެ ބިރުގައި ނެރެވޭ ކޯޓު އަމުރުތަކާއި މިފަދަ
އެންމެހައި އަމުރު ތައް ނެރުމުގައި ކޯޓުތަކުން ރިޢާޔަތް ކުރަންޖެހޭ ކަންތައްތަކާއި ޙާލަތްތައް ތަފާތުވާނެކަމާއި،
ދައުލަތުގެ ފަރާތުން އިޝާރާތް ކޮށްފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 42
ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ
ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމް ކޮށްފައިވާ މިނިވަން މުސްތަޤިއްލު
ކޯޓެއްގައި ނުވަތަ ޓްރައިބިއުނަވެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ،
އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތް ކުރެވުމުގެ ހައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާން ކޮށްފައި
އޮންނަ އޮތުމަކީ، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މައްޗަށާއި، މުވައްސަސާތަކުގެ މައްޗަށާއި، ކުންފުނިތަކާއި
ކޯޕްރޭޝަން ފަދަ ޤާނޫނީ ޝަޚްޞްތަކާއި މުޖްތަމަޢުގެ ފަރުދުން ފަދަ ޠަބީޢީ ޝަޚްޞްތަކުގެ މައްޗަށް
އެމީހުންނަށް ނުވަތަ އެފަރާތްތަކަށް ލިބިގެންވާ މަދަނީ ޙައްޤުތަކެއްކަމާއި، އެމީހުން ނުވަތަ އެގަ
އެފަރާތްތަކުގެ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2011/HC-A/53
ވެއެވެ
4 22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަދަނީ ވާޖިބުތައް ކަނޑައެޅުމުގައާއި، ޖިނާއީ ދަޢުވާއެއް އުފުލޭ ކޮންމެ މީހެއްގެ މައްޗަށް
ޝަރީޢަތް ކުރުމުގައި، އެފަރާތްތަކަށް ޤާނޫނީ ގޮތުން ލިބިގެންވާ އަސާސީ ޙައްޤު ބަޔާން ކޮށްދޭ
މާއްދާއެއްކަމާއި، އެ އަސާސީ ޙައްޤަކީ، ޤާނޫނަކުން ޤާއިމް ކޮށްފައިވާ މިނިވަން މުސްތަޤިއްލު ކޯޓެއްގައި
ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ،
އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތް ކުރެވުމުގެ ހައްޤު ކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ 42 ވަނަ މާއްދާއަކީ، ކޯޓު ތަކުން ވަގުތީ އަމުރު ނެރުމުގައި ތަބާވާންޖެހޭ އުޞޫލު
ކަނޑައަޅާފައިވާ މާއްދާއެއް ނޫންކަމާއި، އެމާއްދާއަކީ އެފަރާތެއްގެ މައްޗަށް ޝަރީޢަތެއް ކުރެވޭއިރު،
އެފަރާތަކަށް ލިބިގެންވާ އަސާސީ ޙައްޤެއް ބަޔާން ކޮށްފައިވާ މާއްދާއެއް ކަމާއި، މި ވާހަކަ ދެކެވޭ ޙާލަތަށް
ބަލާނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސަށް ޖަވާބުދާރީވުމަށް ފުރުޞަތު ދޭންޖެހޭ ގޮތަށް މާލެ އަތޮޅު
ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއަކީ، އެކޯޓުގެ ނަންބަރ:2011/H4C/13
ޤަޟިއްޔާކަމާއި، މިހާރު އިސްތިއުނާފް ކުރެވިފައިވަނީ މި ބަޔާން ކުރެވުނު ޤަޟިއްޔާއާއި ގުޅިގެން އެކޯޓުން
ނެރެފައިވާ ނަންބަރު:2011
/
01/H4C ކޯޓު އަމުރުކަމާއި، ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ވަގުތީ
ފިޔަވަޅު އެޅުމުގެ ގޮތުން ނެރެވޭ ވަގުތީ އަމުރު ނެރުމުގައި، އެ އަމުރެއް ރައްދުވާ ނުވަތަ އެއަމުރެއް ތަންފީޒު
ކުރަންޖެހޭ ފަރާތެއްގެ ބަހެއް ހޯދާ ރުހުން ހޯދަންޖެހޭނަމަ، ޝަރުޢީ ކޯޓުތަކަށް ލިބިފައިވާ ޤާނޫނީ އަދި
ވިރާސީ ބާރުކެނޑި، ކޯޓުތަކަކީ އެހެނިހެން މުވައްސަސާތަކާއި ފަރުދުންގެ ގާތުގައި އާދޭސް ދަންނަވަންޖެހޭ
ބައެއްކަމަށްވެ، ކޯޓް ތަކުގެ ހައިބަތު ގެއްލިގެން ހިގައިދާނެ ކަމެއްކަމާއި، އަދި އެ ވިސްނުމަކީ ކޯޓުތަކުގެ
މިނިވަންކަން ރައްކާތެރި ކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ޙިމާޔަތްކޮށްދިނުމުގައި ޤާނޫނާއި
ޤަވާޢިދުތަކުގެ ޒަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް
ހިންގުމާއި ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާން ވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގައި، ކަނޑައަޅާފައިވާ ކަނޑައެޅުމާއި ޚިލާފް ވިސްނުމެއްކަން
4207
ގ. ކރވއވެ"
(ރ) އިސްތިއުނާފް ކުރެވޭ ކޯޓުއަމުރާއި ގުޅިގެން ދެވަނަ ނުކުތާއެއްގެ ގޮތުގައި ދައުލަތުން
ފާހަގަކޮށްފައިވާ ނުކުތާގައި، ވަގުތީ އަމުރު އެމައްޗަށް ބިނާވެފައިވާ އަސްލު މައްސަލައަކީ ޤާނޫނު ނަންބަރު
7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 127 ވަނަ
ދިވެހިރާa
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/53
މާއްދާއާއި، 128 ވަނަ މާއްދާއާއި، 155 ވަނަ މާއްދާގެ (ސ) މާނަ ކުރަންޖެހޭ މައްސަލައަކަށްވާއިރު،
އެމައްސަލައަށް ވަކިގޮތެއް ނިންމުމުގެ ކުރިން، ކޯޓުން ނެރުއްވާފައިވާ ވަގުތީ އަމުރުގެ ސަބަބުން މައްސަލާގައި
މައުޟޫޢީ ގޮތެއްގައި ބައްލަވަންޖެހޭ ކަންކަމާމެދު ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމަށް ބުނެ އެކަން
ފާހަގަކޮށްފައިވާތީ،
މިޤަޟިއްޔާ ބެލުމުގެ ތެރެއިން ހައިކޯޓުން ބެލިބެލުމުން، އިސްތިއުނާފް ކުރެވިފައިވާ މާލެ
އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2011
/
01/H4C ކޯޓު އަމުރުގައި ބަޔާން ކޮށްފައިވަނީ،
މާލެ އަތޮޅު ތުލުސްދޫގައި ކުރިން ޤާއިމް ކޮށްފައިހުރި މާލެ އަތޮޅު އަތޮޅު އޮފީސް ހިންގި ޢިމާރާތުގެ
ތަޅުދަނޑި ފުލުހުން ހިފަހައްޓާފައިވާކަމަށާއި، އެތަޅުދަނޑި މާލެ އަތޮޅު ކައުސިލާއި ހަވާލު ނުކޮށް
ކައުންސިލްގެ މަސައްކަތަށް ފުލުހުން ހުރަސް އަޅަމުންދާކަމަށާއި އެސަބަބަށްޓަކައި ރައްޔިތުންނަށް ދޭންޖެހޭ
ޚިދުމަތްތައް ނުދެވޭކަމަށް މާލެ އަތޮޅު ކައުންސިލުން ބުނެފައިވާތީ، ފުލުހުންގެ ފަރާތުން އެތަޅުދަނޑި
ހިފަހައްޓާފައިވާނަމަ އެތަޅުދަނޑި މާލެ އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ އެކައުންސިލްގެ ރައީސަށް
ހަވާލު ކުރުމަށްކަމާއި، އެ އަމުރުގައި ފުލުހުން އެތަޅުދަނޑި ހިފަހައްޓާފައިވާކަމަކަށް، ނުވަތަ އެތަޅުދަނޑި
ހިފަހައްޓާފައިވާ ޤާނޫނީ ހައިސިއްޔަތާއި މެދު ގޮތެއް ކަނޑައަޅާފައި ނުވާކަން ފާހަގަކުރެވޭތީ، އިސްތިއުނާފް
މިކުރެވޭ ވަގުތީ އަމުރަކީ ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން ހުށަހެޅިފައިވާ އަސްލު މައްސަލާގެ މައުޟޫއާ
މެދު ފައިޞަލާ ކުރަނިވި ޙުކުމެއް ނުވަތަ ގޮތެއް ކަނޑައަޅާފައިވާ އަމުރެއް ނޫންކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތަކަށް
ރިޢާޔަތް ކޮށް ބަލާއިރު، މާލެ އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު ނަންބަރު:2011
/
01/H4C ކޯޓު އަމުރު
އިސްތިއުނާފް ކުރަމުން ދައުލަތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ބަލާއިރު، އެއަމުރު ނެރެފައިވަނީ
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ވަގުތީ ފިޔަވަޅު އެޅުމުގެ ގޮތުން ނެރޭ ކޯޓު
އަމުރުތަ ނެރުމުގައި ކޯޓުތަކަށް ލިބިފައިވާ ޤާނޫނީ ބާރުގެ ބޭރުން ކަމުގައި، ނުވަތަ އެފަދަ އަމުރުތައް
ނެރުމުގައި ކޯޓުތަކުން ޢަމަލު ކުރަމުން އަންނަ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި ޚިލާފް ވެފައިވާ ކަމަށް
ބެލެވެން ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
<< O
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
/ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/53
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތަކަށް
ރިޢާޔަތް ކޮށް ބަލާއިރު، މާލެ އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ:2011
/
01/H4C ކޯޓު އަމުރު
އިސްތިއުނާފް ކުރަމުން ދައުލަތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، އެއަމުރު
ނެރެފައިވަނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ވަގުތީ ފިޔަވަޅު އެޅުމުގެ ގޮތުން ނެރޭ
ކޯޓު އަމުރުތައް ނެރުމުގައި ކޯޓުތަކަށް ލިބިފައިވާ ޤާނޫނީ ބާރުގެ ބޭރުން ކަމުގައި، ނުވަތަ އެފަދަ އަމުރުތައް
ނެރުމުގައި ކޯޓުތަކުން ޢަމަލު ކުރަމުން އަންނަ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި ޚިލާފަށް ކަމުގައި
ކަނޑައެޅޭނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅާ އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv