ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/50 ޤަޟިއްޔާގެ ޙުކުމް
]
20]!HC-A/50
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
S, Q
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ. 50/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޝާހިދާ އަލީ
ޝާހީހިޔާ
މިހާރުގެ އެޑްރެސް: މ. ޝާހީހިޔާ
އައިޑީ ކާޑު ނަންބަރު: A049442
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ރަމީޒް ޢަލީ
އައިޑީ ކާޑުނަންބަރު: A066991
ދާއިމީ އެޑްރެސް: ގ. ރާވެހި
މިހާރުގެ އެޑްރެސް: ގ. ރާވެހި
0
• ރަޖިސްޓްރީކުރެވުނު ތާރީޚް:20 ރަބީޢުލްއައްވަލް 1432 * ނިމުނު ތާރީޚް: 15 ޛުލްޤައިދާ 1432
23 ފެބުރުއަރީ 2011
03 އޮކްޓޯބަރ 2011
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1684
ނިންމެވި ފަރާތް: މަދަނީކޯޓު
ބާވަތް: ފައިސާ ހޯދުމުގެ މައްސަލަ
• ހުށަހެޅި ތާރީޚް: 15.07.2009
ނިމުނުތާރީޚް: 19.10.2010
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ޒީނިހާއްޖޭއިސް ފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު އައްބާސް ޝަރީފު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
*ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2
2011/HC-A/50
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު: 2009/MC/1684 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމެވުމެއް ނޫންކަމަށްބުނެ މ. ޝާހީހިޔާ ޝާހިދާ ޢަލީގެ ފަރާތުން
އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 50/HC
-
A/2011
ޤަޟިއްޔާއެވެ. ޝާހިދާ ޢަލީގެ ފަރާތުން އިސްތިޢުނާފު ރައްދުވާފަރާތަކީ ގ. ރާވެހި މުޙައްމަދު ރަމީޒު
ޢަލީއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. މަދަނީކޯޓުގެ ނަންބަރު: 2009/MC/1684 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ގ.
ރާވެހި މުޙައްމަދު ރަމީޒު ޢަލީގެ މައްޗަށް މ. ޝާހީހިޔާ ޝާހިދާ އަލީގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. މަދަނީކޯޓުގެ ނަންބަރު: 2009/MC/1684 ޤަޟިއްޔާއަށް ބެލިއިރު އެޤަޟިއްޔާއަކީ
ރާވެހި މުޙައްމަދު ރަމީޒު ޢަލީ އާއި، މ. ޝާހީހިޔާ ޝާހިދާ ޢަލީ އާއި ދެމެދު
11 ޑިސެމްބަރ 2002
ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މުޙައްމަދު ރަމީޒް ޢަލީއަށް ލިބެންޖެހޭ -/
70،000ރ.
(ހަތްދިހަހާސް ރުފިޔާ) އާއި، 04 އޮކްޓޯބަރ 2003 ގައި މިދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމުގެ ދަށުން މުޙައްމަދު ރަމީޒް ޢަލީއަށް ލިބެންވާ -/
49,500ރ. (ސާޅީސް ނުވަހާސް
ފަސްސަތޭކަ ރުފިޔާ) އާއި އެކު ޖުމްލަ -/
120,500ރ. (އެއްލައްކަ ވިހިހާސް ފަސްސަތޭކަ ރުފިޔާ)
އެއްފަހަރާ ހޯދުމަށް އެދި މުޙައްމަދު ރަމީޒް ޢަލީގެ ފަރާތުން ޝާހިދާ ޢަލީގެ މައްޗަށް ދަޢުވާ ކުރުމުން
ބެލުނު މައްސަލައެއްކަމާއި އެމައްސަލައިގެ ޙުކުމްގައިވަނީ،
" ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ
މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ގ. ރާވެހި މުޙައްމަދު ރަމީޒް ޢަލީ އާއި މ. ޝާހީހިޔާ ޝާހިދާ ޢަލީ
އާއި ދެމެދު 04 އޮކްޓޯބަރ 2003 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމާއި، 11 ޑިސެމްބަރ 2002
ގައި ސޮއިކުރެވިފައިވާ އެއްބަސްވުމާއި މިދެއެއްބަސްވުމަކީ މި ދެ އެއްބަސްވުމުގައި ސޮއިކުރެވުނުއިރު
ދެމަފިރިންގެ ގޮތުގައި ތިބި ދެމީހުންގެ މެދުގައި ސޮއި ކުރެވިފައިވާ ދެ އެއްބަސްވުން ކަމުގަޢިލްއުސްކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471)
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2011/HC-A/50
.އ
ދެ އެއްބަސްވުމުގައި ޤާނޫނީ ގޮތުން ބަނދެވުމުގެ ނިޔަތެއް އޮތްކަން ޝަރީޢަތަށް ސާބިތުވާތީ، މި ދެ
އެއްބަސްވުމަކީ އެމައްޗަށް ޢަމަލުކުރުން މިއެއްބަސްވުމުގެ ބައިވެރިންނަށް ލާޒިމްކުރާ ކަމެއްކަމަށާއި،
މިގޮތުން 04 އޮކްޓޯބަރ 2003 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން 01 ނޮވެމްބަރ 2003
ދުވަހުން ފެށިގެން 16 ޖެނުއަރީ 2008 އާއި ހަމައަށް ހިނގާފައިވާ 4 އަހަރާއި، 02 މަހާއި، 15
ދުވަހަށްވާ ޖުމްލަ -/50,500ރ. (ފަންސާސްހާސް ފައްސަތޭކަ ރުފިޔާ) އާއި، 11 ޑިސެމްބަރ 2002
ގައި ސޮއިކުރެވިފައިވާ އެގްރީމެންޓުގެ ދަށުން ލ. ޝާހީހިޔާ ގައި ކުރެވިފައިވާ ޢިމާރާތް ކުރުމުގެ
މަސައްކަތުގެ އަގެއްގެ ގޮތުގައި މިދެފަރާތް އެއްބަސްވެފައިވާ -/70،000ރ. (ހަތްދިހަހާސް ރުފިޔާ)
އާއި އެކު ޖުމްލަ -/
120,500ރ. (އެއްލައްކަ ވިހިހާސް ފައްސަތޭކަ ރުފިޔާ) އަކީ
މ. ޝާހީހިޔާ
ޝާހިދާ އަލީ، ގ.ރާވެހި މުޙައްމަދު ރަމީޒް ޢަލީ އަށް ދޭންޖެހޭ ފައިސާކަން ހުށަހެޅިފައިވާ ލިޔުންތަކުން
އެނގެން އޮތުމާއެކު މިފައިސާގެ ތެރެއިން ޝާހިދާ ޢަލީ، މުޙައްމަދު ރަމީޒް ޢަލީއަށް ގަނެދީފައިވާ
މޯބައިލްފޯނުގެ އަގު ކަމުގައިވާ -/
9،000ރ. (ނުވަހާސް ރުފިޔާ) އާއި، 5 އޭޕްރިލް 2006 ދުވަހު
މުޙައްމަދު ރަމީޒް ޢަލީއަށް ޝާހިދާ އަލީ ދީފައިވާ -/
000،20ރ. (ވިހިހާސް ރުފިޔާ) އާއި އެކު ޖުމްލަ
-/
29,000ރ. (ނަވާވީސްހާސް ރުފިޔާ) އުނިކުރުމުން ބާކީވާ -/
91,500ރ. (ނުވަދިހަ އެއްހާސް
ފައްސަތޭކަ ރުފިޔާ) އަކީ މ.ޝާހީހިޔާ ޝާހިދާ ޢަލީ ގ.ރާވެހި މުޙައްމަދު ރަމީޒް ޢަލީއަށް ދޭންޖެހޭ
ފައިސާގެ ތެރެއިން ނުދެވިވާ ފައިސާއެއްކަން ޝަރީއަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅާ މިފައިސާ
މުޙައްމަދު ރަމީޒް ޢަލީއަށް ލިބިދިނުމުގެ ގޮތުން 19 އޮކްޓޯބަރ 2010 މިދުވަހުން ފެށިގެން މީލާދީ 12
(ބާރަ) މަސްދުވަހުގެ ތެރޭގައި މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު މަދަނީކޯޓަށް ފައިސާ
ދައްކަމުންގޮސް މިދަރަނި ޚަލާސްކުރުމަށް ދައުވާލިބޭ މ.ޝާހީޔާ ޝާހިދާ ޢަލީއަށް އަންގާ
ޙުކުމްކޮށްފީމެވެ." މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު
އެނގެންއޮންނަކަން
.
3. އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން މަދަނީކޯޓުން ޙުކުމް ކުރެއްވުމުން އެޤަޟިއްޔާ
އިސްތިޢުނާފު ކުރުމަށް މ.ޝާހީހިޔާ ޝާހިދާ ޢަލީގެ ފަރާތުން ހަތަރު ނުކުތާއެއް ހުށަހަޅާ އެއާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
(1) ފުރަތަމަ ނުކުތާއަކީ މ.ޝާހީހިޔާ ނާހިދާ ޢަލީ ހުށަހެޅި ޚަރަދުތަކުގެ
ގެ ތަފްޞީލަށް
ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވުން.
ފިހިއްޖޭގެ އިޖް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1316471 +
އީމެއިލް [email protected] ވެބް ސައިޓާ: www.highcourt.gov.mv
4
2011/HC-A/50
(2) ދެވަނަ ނުކުތާއަކީ މ. ޝާހީހިޔާ ޝާހިދާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ
ހެކިބަހަށް ނުބައްލަވާ މައްސަލަ ނިންމަވާފައިވުން.
(3) ތިންވަނަ ނުކުތާއަކީ ދަޢުވާކުރާ ފަރާތްކަމުގައިވާ ގ. ރާވެހި މުޙައްމަދު ރަމީޒު ޢަލީގެ
ބަޔާނުގައި
ޝާހީހިޔާ ނާހިދާ ޢަލީ ދިންކަމަށް ސާބިތުވާ -/12,000ރ. (ބާރަހާސް ރުފިޔާ)
އުނިނުކޮށް މައްސަލަ ނިންމަވާފައިވުން.
(4) ހަތަރުވަނަ ނުކުތާއަކީ މައްސަލައިގެ ޝަރީޢަތުން ނަގާފައިވާ ބަޔާންތައް ކިޔަންނޭނގޭ
ގޮތަށް މ. ޝާހީހިޔާ ޝާހިދާ ޢަލީގެ ޙައްޤުތައް ގެއްލޭގޮތަށް ޤާޟީގެ އަމިއްލަ ވިސްނުމަށް މައްސަލަ
ނިންމޭނެގޮތައް ބަޔާންތައް އަތުރާފައިވުން.
42939
1324
4. މަދަނީކޯޓުގެ ނަންބަރު: 2009/MC/1684 ޤަޟިއްޔާ ރިޕޯޓަށާއި
އިސްތިއުނާފު ކުރުމަށް މ.ޝާހީހިޔާ ޝާހިދާ އަލީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި ގ.ރާވެހި
މުޙައްމަދު ރަމީޒް ޢަލީގެ ފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ގ.ރާވެހި މުޙައްމަދު ރަމީޒް ޢަލީ އާއި މ.ޝާހީހިޔާ ޝާހިދާ ޢަލީ އާއި ދެމެދު
ކުރެވިފައިވާ ދެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ރަމީޒް ޢަލީއަށް ލިބެންޖެހޭކަމަށް މުޙައްމަދު ރަމީޒް
ޢަލީ ދަޢުވާކޮށްފައިވާ -/120,500 (އެއްލައްކު ވިހިހާސް ފައްސަތޭކަ) ރުފިޔާގެ ތެރެއިން 05 އޭޕްރިލް
2006 ދުވަހު މުޙައްމަދު ރަމީޒް ޢަލީއަށް ޝާހިދާ ޢަލީ ދީފައިވާ -/20,000 (ވިހިހާސް) ރުފިޔާ އާއި
ޝާހިދު ޢަލީ، މުޙައްމަދު ރަމީޒު ޢަލީ އަށް ގަނެދީފައިވާ މޯބައިލް ފޯނުގެ އަގު ކަމުގައިވާ -/9000
(ނުވަހާސް) ރުފިޔާގެ އިތުރުން -/12,000 (ބާރަހާސް) ރުފިޔާ މުޙައްމަދު ރަމީޒް ޢަލީއަށް ޝާހިދާ
ޢަލީ ދީފައި އޮންނަކަން މުޙައްމަދު ރަމީޒް ޢަލީގެ އިޢުތިރާފުން އެނގެން އޮންނަކަމާއި، މި -/12,000
(ބާރަހާސް) ރުފިޔާއަކީ ބެޑްރޫމްސެޓެއްގެ އަގު އަދާކުރުމަށް މުޙައްމަދު ރަމީޒް ޢަލީއަށް ޝާހިދާ ޢަލީ
ދިން ފައިސާއެއް ކަމުގައި ބުނި ނަމަވެސް އެކަން ސާބިތުކޮށްދެވިފައިވާނުވާކަން،
=
ހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 23816471
އީމްއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2011/HC-A/50
(ށ) މަދަނީކޯޓުގެ ނަންބަރު 2009/MC/1684 ޤަޟިއްޔާ ނިމިފައިވަނީ ރަނގަޅަށް
ނޫންކަމަށް ޝާހިދާ ޢަލީގެ ފަރާތުން ބުނެ ޝާހިދާ ޢަލީ ޝަރީޢަތަށް ހުށަހެޅި ޚަރަދުގެ ތަފްޞީލަށާއި
ހެކިންގެ ހެކިބަހަށް ޝަރީޢަތުން ރިޢާޔަތް ނުކުރައްވާކަމަށް ބުނާ ވާހަކައިގެ އަސްލެއްނެތްކަމާއި
ޝަރީޢަތުން ޚަރަދުގެ ތަފްޞީލާއި ހެކިންގެ ހެކިބަހުގެ މައްޗަށް ފުރިހަމައަށް ރިޢާޔަތްކޮށް އެކަންކަން
ތަޙްލީލްކޮށް ވަޒަންކޮށްފައިވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތްކަމާއި ނަމަވެސް
މުޙައްމަދު ރަމީޒު ޢަލީއަށް ޝާހިދާ އަލީ ދިންކަމަށްބުނާ -/12,000 ( ބާރަހާސް) ރުފިޔާ އާއި މެދު
ޝަރީޢަތުގެ ފަރާތުން ފުރިހަމައަށް ރިޢާޔަތްކުރެވިފައި ނުވާކަން އެނގެން އޮންނަކަން.
(ނ) މުޙައްމަދު ރަމީޒް ޢަލީ އާއި ޝާހިދު ޢަލީ އާއި ދެމީހުން އިނދެގެން އުޅުނު ދުވަސްވަރު
ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ދެ އެގްރިމެންޓުގެ ދަށުން މުޙައްމަދު ރަމީޒް ޢަލީ ކުޑަ ޚަރަދަށް
ޝާހިދު ޢަލީ ދޭންޖެހޭކަމަށް ޝަރީޢަތަށް ސާބިތުވެފައިވާ -/120,500 (އެއްލައްކަ ވިހިހާސް
ފައްސަތޭކަ) ރުފިޔާގެ ތެރެއިން ޝާހިދު ޢަލީ އަނބުރާ ދިންކަމަށް އެޤަޟިއްޔާގައި ސާބިތުވެފައިވާ
-/29,000 (ނަވާވީސްހާސް) ރުފިޔާގެ އިތުރުން -/12,000 (ބާރަހާސް) ރުފިޔާ ނާހިދާ ޢަލީ
ދީފައިވާކަން މުޙައްމަދު ރަމީޒް ޢަލީގެ އިއުތިރާފުން ސާބިތުވާން އޮތުމުން އެފައިސާއަކީ ބެޑްރޫމް
ސެޓެއްގެ އަގުގެ ފައިސާ ކަމުގައި މުޙައްމަދު ރަމީޒް ޢަލީ ބުނިކަމުގައިޔަސް އެކަން ޝަރީޢަތަށް
ސާބިތުކޮށްދީފައި ނުވުމުން އެ-/12,000 (ބާރަހާސް) ރުފިޔާއަކީ ޝާހިދާ ޢަލީ ދެއްކި ފައިސާގެ
ތެރޭގައި ހިމަނަންޖެހޭ އަދި، މުޙައްމަދު ރަމީޒް ޢަލީ އަށް ޝާހިދާ ޢަލީ ދޭންޖެހޭ ފައިސާއިން
އުނިކުރެވެންޖެހޭ ފައިސާއެއްކަމުން މަދަނީކޯޓުގެ ނަންބަރު 2009/MC/1684 ޤަޟިއްޔާގައި
ކުރައްވާފައިވާ ހުކުމުގައި މުޙައްމަދު ރަމީޒު ޢަލީއަށް ޝާހިދާ ޢަލީ ދީފައިވާ ފައިސާގެ ޢަދަދާއި،
އެޢަދަދު އުނިކުރުމުން ބާކީ ދައްކަން ޖެހޭ ޢަދަދު ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް ނޫންކަމަށް
ޝަރީޢަތަށް ފާހަގަކުރެވޭތީ މިމައްސަލަ ބެލި ފަނޑިޔާރުން ދެކެނީ އެޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަން
ޖެހޭކަން.
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
20ll/HC-A/50
ޙުކުމް
OX
ވީމާ މަދަނީކޯޓުގެ ނަންބަރު 2009/MC/1684 ޤަޟިއްޔާގައި ގ. ރާވެހި މުޙައްމަދު ރަމީޒް
ޢަލީ އާއި މ. ޝާހީހިޔާ ނާހިދާ އަލީ އާއި ދެމެދު ކުރެވިފައިވާ ދެ އެގްރިމެންޓުގެ ދަށުން މުޙައްމަދު
ރަމީޒް ޢަލީއަށް ޝާހިދާ އަލީ -/120,500 (އެއްލައްކަ ވިހިހާސް ފައްސަތޭކަ) ރުފިޔާ ދައްކަން
އޮތްކަމަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު މުޙައްމަދު ރަމީޒް ޢަލީއަށް ޝާހިދާ ޢަލީ
ދީފައިވަނީ -/20,000 (ވިހިހާސް) ރުފިޔާއަކާއި -/9000 (ނުވަހާސް) ރުފިޔާއާއި އެކު ޖުމްލަ
-/29,000 (ނަވާވީސްހާސް) ރުފިޔާކަމަށް މުޙައްމަދު ރަމީޒް ޢަލީއަށް ޝާހިދާ ޢަލީ ދައްކަންޖެހި
ނުދައްކާވާ ޢަދަދަކީ -/
91,500ރ. (ނުވަދިހަ އެއްހާސް ފައްސަތޭކަ) ރުފިޔާކަމަށް ކަނޑައަޅައި
ނިންމެވި ނިންމެވުން ބާޠިލް ކަމަށް ކަނޑައަޅައި، އިތުރު -/12,000 (ބާރަހާސް) ރުފިޔާއެއް
މުޙައްމަދު ރަމީޒް ޢަލީ އަށް ޝާހިދާ ޢަލީ ދީފައިވާކަން ޝަރުޢީ ހަމަތަކުގެ މަތިން ސާބިތުވާކަމަށްޓަކައި
އެ -/12,000 (ބާރަހާސް) ރުފިޔާ ކެނޑުމުން މުޙައްމަދު ރަމީޒު ޢަލީއަށް ޝާހިދާ އަލީ ބާކީ
ދައްކަންޖެހޭ ޢަދަދަކީ -/79,500 (ހަތްދިހަ ނުވަހާސް ފައްސަތޭކަ) ރުފިޔާކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ނޯޓު: މިޤަޟިއްޔާ މިގޮތަށް ނިމުމުން މަދަނީ ކޯޓުގެ ނަންބަރު 2009/MC/1684
ޤަޟިއްޔާއިން ސާބިތުވެފައިވާ އަދަދުން ނުދެވިފައިވާކަމަށް ކަނޑައަޅާފައިވާ ޢަދަދާއި ބާކީ ދައްކަންޖެހޭ
ޢަދަދާއި މެދު އެޤަޟިއްޔާގެ ޙުކުމުގައިވާ މިންވަރު ބާޠިލްވީއެވެ.
440 4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރޯށި، މާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv