ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/182 ޤަޟިއްޔާގެ ޙުކުމް
1
20jj/HC-A/122
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
%
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
1
ޤަޟިއްޔާ ނަންބަރ: 182/HC-A/2011
އިސްތިއުނާފުކުރި ފަރާތް:
ނަން: އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑް ދާއިމީ އެޑްރެސް: 232، ޕަންޑަން ލޫޕް ސިންގަޕޫރު128420
ރެޖިސްޓްރޭޝަން ނަންބަރ: 1H
19480001* މިހާރުގެ އެޑްރެސް:232، ޕަންޑަން ލޫޕް ސިންގަޕޫރު 128420
އިސްތިއުނާފު ރައްދުވި ފަރާތް:
*
ދެން އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: ފ.ނިއު ޕްލޮޓް
ސްޓްރޭޝަން ނަންބަރު: 70
/
96-C
އެޑްރެސް: މ.ނިއު
L
ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ޖުލައި 2011
ނިމުނު ތާރީޚް: 15 އޮކްޓޯބަރ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC/1029
ނިންމެވިކޯޓް: ސިވިލް ކޯޓް (މަދަނީ ކޯޓް)
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• ހުށަހެޅި ތާރީޚް: 2010-03-28
ނިމުނު ތާރީޚް: 2010-08-15
::
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފް ޙުސައިން
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2011/HC-A/382
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2010/MC/1029 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ އެފް އެންޑް
އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑު (ރެޖިސްޓްރޭޝަން ނަންބަރު 70
/
96-C) އެވެ.
CCCO
ފާހަގަކުރެވުނު ނުކުތާތައް:
01. މިއީ، މަދަނީ ކޯޓުގެ ނަންބަރު 2010/MC/1029 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ އެފް އެންޑް
އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑު (ރެޖިސްޓްރޭޝަން ނަންބަރު 70
/
96-C) އެވެ.
02- އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު: 2010/MC/1029 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ސިންގަޕޫރުގައި ރަޖިސްޓްރީ ކޮށްފައިވާ
ކުންފުންޏެއް ކަމުގައިވާ އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރޭޝަން ނަންބަރު
1H
19480001 ) އިން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެއް ކަމުގައިވާ އެފް އެންޑް އެފް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރޭޝަން ނަންބަރު 70
/
96-C) އަށް ސަޕްލައިކޮށްދީފައިވާ
ކާނާގެ ބާވަތްތަކެއްގެ އަގަށްވާ 1,686,294.63$US (އެއްމިލިއަން ހަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ
ނުވަދިހަ ހަތަރެއް ޕޮއިންޓް ހައެއް ތިނެއް އެމެރިކާ ޑޮލަރ) އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑަށް
ދެއްކުމަށް ތަކުރާރުކޮށް އެންގުމުންވެސް، އެފައިސާ އެއްބަސްވެފައިވާ ގޮތުގެމަތިން ދައްކާފައި ނުވާކަމަށްބުނެ
އެފައިސާއާއި، އަދި މިމައްސަލައާއި ގުޅިގެން ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް 4,000.00$US (ހަތަރު
ހާސް އެމެރިކާ ޑޮލަރ) ޚަރަދުވެފައިވާކަމަށްބުނެ އެފައިސާއާއެކު ޖުމުލަ 1,690,294.63$US (އެއްމިލިއަން
ހަލައްކަ ނުވަދިހަހާސް ދުވިސައްތަ ނުވަދިހަ ހަތަރެއް ޕޮއިންޓް ހައެއް ތިނެއް އެމެރިކާ ޑޮލަރ) ޝަރީޢަތް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
20jj/HC-A/122
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މެދުވެރިކޮށް ހޯދުމަށް އެދި އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެފް އެންޑް އެފް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާ ކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،"...އެންގްލިސް ސިންގަޕޯރ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ސަޕްލައިކޮށްފައިވާ ކާނާގެ
ބާވަތްތަކުގެ އަގުގެ ތެރެއިން އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން މިހާރު ނުދައްކާވާ
ފައިސާގެ ޢަދަދުކަމަށް އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާ 1,686,294.63$US
(އެއްމިލިއަން ހަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ނުވަދިހަ ހަތަރެއް ޕޮއިންޓް ހައެއް ތިނެއް އެމެރިކާ
ޑޮލަރ) އަށް އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިޢުތިރާޟްކުރާކަމަށާއި،
އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފައިސާ ނުދެއްކި ވަސްވެފައިވަނީ
އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ބައެއް ޢަމަލުތަކުގެ ނަތީޖާގެ ސަބަބުންކަމާއި، އެންގްލިސް
ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިމައްސަލައާއި ގުޅިގެން ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް
ހިނގިކަމަށް ބުނާ 4,000.00$US (ހަތަރު ހާސް އެމެރިކާ ޑޮލަރު) އެފް އެންޑް އެފް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭނެކަމަށް ޤަބޫލުނުކުރާ
ކަމުގައި އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބަޔާންކުރާކަމަށާއި،
ދަޢުވާގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި މުޢާމަލާތްތަކެއް ހިނގާފައިވާކަން ދެފަރާތުގެ ބަހުން
އެނގޭހިނދު، އަދި އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ
ފައިސާގެ އަދަދު ދަޢުވާ ފޯމުގައިވާ ޢަދަދުން އުނިކުރުމުންވަނީ 1,625,781.43$US (އެއްމިލިއަން ހަލައްކަ
ފަންސަވީސްހާސް ހަތްސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް ހަތަރެއް ތިނެއް އެމެރިކާ ޑޮލަރު) ކަމަށާއި، މިއަދަދަކީ
ސަޕްލައިކޮށްދީފައިވާ ކާނާގެ ބާވަތްތަކުގެ އަގުގެ ތެރެއިން ނުދައްކާވާ ފައިސާގެ ޖުމްލަ ޢަދަދުކަމުގައި
އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބަޔާންކުރުމުން، އެޢަދަދާއި މެދު އެފް އެނޑް އެފް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
4
2jjj/HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިމިޓެޑުގެ
ފަރާތުން ވަކި
ބުނަން ނުއެދޭކަމުގައި
އެންޓަރޕްރައިސަސް ޕްރައިވެޓް
ބަޔާންކޮށްފައިވާހިނދު،
ދެފަރާތުގެ މެދުގައި ކޮށްފައިވާ ގަނެވިއްކުމުގެ ވިޔަފާރި ކުރެވިފައިވާކަން އެނގެން އޮތް އިރު،
ދަޢުވާކުރާ ފަރާތުން ސަޕްލައިކޮށްދީފައިވާ ކާނާގެ ބާވަތްތަކުގެ އަގުގެ ތެރެއިން، އެފް އެންޑް އެފް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑަށް
ދައްކަންޖެހޭ ޢަދަދު ޝަރީޢަތަށް ޘާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައި ނެތަތީ، ހުށަހަޅާފައިވާ ފަދައިން ފައިސާ
ނާގާދެވޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީ ކޯޓުގެ ނަންބަރު 2010/MC/1029
ޤަޟިއްޔާގެ ޙުކުމް ކުރުމާ ގުޅިގެން އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރޭޝަން ނަންބަރު
1H
19480001) ގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް
އެނުކުތާތަކާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ
އަޕްޑޭޓެޑް
ސްޓޭޓްމަންޓްތަކުގައި
ޓެތަކުގައިވާ
އަދަދުކަމުގައިވާ 1,625,871.43$US (އެއްމިލިއަން ހަސަތޭކަ
ފަންސަވީސް ހާސް އަށްސަތޭކަ ހަތްދިހަ އެއް ޔޫއެސް ޑޮލަރު ސާޅިސް ތިން ސެންޓު) އަށް އެފް.އެންޑް.އެފް
އެންޓަރޕްރައިސަސްއިން އިންކާރުކޮށްފައި ނުވާއިރުވެސް ދައްކަންޖެހޭ ޢަދަދު ޝަރީޢަތަށް ސާބިތުވާ މިންވަރަށް
ހެކި ހުށަހަޅާފައި ނުވާ
ނުވާކަމަށް މައްސަލަ ނިންމާފައިވުންކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓު (މަދަނީ ކޯޓް) ޤަޟިއްޔާ ނަންބަރު: 2008/MC/2154
އާއި މިފަދަ އެހެން މައްސަލަތަކުގައި ކޮށްފައިވާ ޙުކުމް ފާހަގަކޮށް ހުށަހެޅި ނުކުތާ އެވެ.
* ތިންވަނަ ނުކުތާއަކީ: އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ ވަކީލުން
އެފް.އެންޑް.އެފް އެންޓަރޕްރައިސަސް އަށް ފައިސާ ދެއްކުމަށް އެދި ފޮނުވާފައިވާ ޑިމާންޑް ލެޓަރތަކުގައި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2011/HC-A/122
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބަޔާންކޮށްފައިވާ ޢަދަދުތަކަށް އެއްވެސް ވަރަކަށް އެފް.އެންޑް.އެފް އެންޓަރޕްރައިސަސްއިން އިޢުތިރާޝްކޮށްފައި
ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
ހަތަރުވަނަ ނުކުތާއަކީ: އެފް.އެން.އެފް އެންޓަރޕްރައިސަސް އިން ފޮނުވާފައިވާ
އީ-މެއިލްތަކުގައި ފައިސާ ނުދެއްކި ލަސްވާ ހަމައެކަނި ސަބަބަކީ ޔޫ.އެސް ޑޮލަރު ލިބުމުގެ ދަތިކަން
ދިމާވުންކަމަށް ބަޔާންކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ފަސްވަނަ ނުކުތާއަކީ: އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ކާނާގެ
ބާވަތްތައް އެފް.އެން.އެފް އެންޓަރޕްރައިސަސްއަށް ލިބި، އެފަރާތުން ޙަވާލުވެ، އެއާމެދު މުޢާމަލާތްކޮށްފައިވާ
ގޮތަށް ބަލާއިރުގައި އަދި ޝަރީޢަތުން އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ
ހިސާބުތަކަށް އެފް.އެން.އެފް އެންޓަރޕްރައިސަސް އިން ޖަވާބެއްނުދީ މައްސަލަ ކުރިއަށް ގެންގޮސް ނިމިގެން
ދިއުމަކީ ޝަރީޢަތުން ހޯދަން އެދޭ ޢަދަދު ސާބިތުނުވާކަމަށް ބެލެވޭނޭކަމެއް ނޫންކަމަށް މަދަނީ މިންގަޑުން
ފަހުން ހުށަހެޅުނު އަޕްޑޭޓަޑް ސްޓޭޓްމަންޓުގައިވާ ޢަދަދު ސާބިތުވާކަމަށް ބެލެވޭއިރު، އެއާއި ޚިލާފަށް މައްސަލަ
ނިންމާފައިވުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ހަވަނަ ނުކުތާއަކީ: އެފް.އެން.އެފް އެންޓަރޕްރައިސަސްއިން އެންގްލިސް ސިންގަޕޯރ
ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ބޭންކް ގެރެންޓީގެ މުއްދަތު ހަމަވަންދެން އިންވޮއިސްތަކަށް ބަރާބަރަށް ފައިސާ
ދައްކަމުން އައިސްފައިވާކަމަށާއި، އަދި ބޭންކް ގެރެންޓީގެ މުއްދަތު ހަމަވެ، އައު ނުކުރުމުން ފައިސާ
ދެއްކުމުގައި ފަރުވާ ކުޑަކޮށް ފައިސާ ދައްކާފައި ނުވުން ކަމަށް ބުނެ ހުށަހެޅިނުކުތާ.
* ހަތްވަނަ ނުކުތާއަކީ: މުދާ ވިއްކުމާއިބެހޭ (ޤާނޫނު ނަންބަރު 6/91) ގެ 15 ވަނަ މާއްދާ
އަދި 12 ވަނަ މާއްދާ އަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމުން ކަމަށްބުނެ ހުށަހެޅިނުކުތާ އެވެ.
އަށްވަނަ ނުކުތާއަކީ: ޝަރުޢީ މަރުޙަލާގައި ވަކީލުންގެ އެހީ ހޯދިފައި ވާކަން ކޯޓަށް
ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތްއިރު، ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް ހިނގިކަމަށް ބުނާ ޚަރަދަކީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
/8
/
24 ޖެނެ
6
2{jjj/HC-A/j82
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހިނގާފައިވާ ޚަރަދެއްކަން އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުން ހާމަކޮށްދީފައި
އެފައިސާ ނަގައިދީފައި ނުވުން ކަމަށްބުނެ ހުށަހެޅިނުކުތާ އެވެ.
404 މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2010/MC/1029 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށްއެދި އެންގްލިސް ސިންގަޕޯރ ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) މަދަނީ ކޯޓުގެ ނަންބަރު 2010/MC/1029 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި، އެރިޕޯޓާއެކުގައިވާ ދެފަރާތުގެ ބަޔާންތަކަށާއި، ލިޔެކިޔުންތަކަށް ބަލާއިރު، އެންގްލިސް ސިންގަޕޯރ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާގައި ދަޢުވާކުރުމަށް އެދި ހުށަހަޅާފައިވާ "މަދަނީ ކޯޓުގެ
ވިޔަފާރިއާބެހޭ ބަޔަށް ދަޢުވާއާއި މައްސަލަ ހުށަހަޅާ ފޯމް" ގައި، އެކުންފުންޏާއި އެފް އެންޑް އެފް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވިފައިވާ ވިޔަފާރި މުޢާމަލާތްތަކާ ގުޅިގެން އެހާތަނަށް
އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކުންފުންޏަށް ދައްކަންޖެހި ނުދައްކާވާ
ޢަދަދަކީ 1,686,294.63$US (އެއްމިލިޔަން ހަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ނުވަދިހަ ހަތަރެއް
ޕޮއިންޓް ހައެއް ތިނެއް) އެމެރިކާ ޑޮލަރ ކަމަށާއި، އެހެންކަމުން އެފައިސާއާއި، އެފައިސާގެ އިތުރުން
އެޤަޟިއްޔާގައި ދަޢުވާކުރަންޖެހުމުން ޤާނޫނީ ވަކީލުގެ ފީގެ ގޮތުގައި އެކުންފުނީން ޚަރަދުކުރަންޖެހިފައިވާ
US
$
4000.00(ހަތަރުހާސް) އެމެރިކާ ޑޮލަރ ވެސް އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑް ގެ ފަރާތުން ހޯދުމަށް ދަޢުވާކުރާކަމަށް އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
ބުނެފައިވާކަން އެނގެން އޮތުމެވެ.
(ށ) އިސްވެ ބަޔާންކުރެވުނު ދަޢުވާއަށް ޖަވާބު ދިނުމުގެ ގޮތުން އެފް އެންޑް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަދަނީކޯޓުގެ ވިޔަފާރިއާބެހޭ ބަޔަށް
44.2
ދަޢުވާއާއި
ދިވެހިރާއްޖޭ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
2011/HC-A/182
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މައްސަލައިގެ ޖަވާބު ހުށަހަޅާ ފޯމް" ހުށަހަޅާފައިވާކަމާއި، މިގޮތުން އެފޯމުގައި، އެފް އެންޑް އެފް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑަށް
ދައްކަންޖެހޭ ފައިސާގެ ތެރެއިން ބައެއް ފައިސާ އެހާތަނަށް ދައްކާފައި ނުވާކަމަށް އެފް އެންޑް އެފް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވެފައިވާކަމާއި، ނަމަވެސް އެންގްލިން ސިންގަޕޯރ
ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކުޅި ދަޢުވާގައި ބުނެފައިވާ 1,686,294.63 $US (އެއްމިލިޔަން ހަލައްކަ
އަށްޑިހަ ހަހާސް ދުއިސައްތަ ނުވަދިހަ ހަތަރެއް ޕޮއިންޓް ހައެއް ތިނެއް) އެމެރިކާ ޑޮލަރ އަކީ އެފް އެންޑް
އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހި ނުރައްކާވާ ޞައްޙަ ޢަދަދުކަމާމެދު
އެކުންފުނީން އިޢުތިރާޝްކޮށްފައިވާކަމާއި، އަދި އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑަށް އެހާތަނަށް ދައްކާފައިވާ ފައިސާގެ ތަފްޞީލުތައް
ރަގަޅަށް ބެލުމަށްފަހު އެކުންފުނީން އެހާތަނަށް ދައްކަންޖެހިފައިވާ ޞައްޙަ ޢަދަދު ޝަރީޢަތުގެ މަޖިލީހަށް
ހުށަހަޅައިދިނުމަށް އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑްގެ ކިބައިން އެފް އެންޑް އެފް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އެދިފައިވާކަމާއި،
އަދި އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކުޅި ދަޢުވާގައި ހޯދުމަށް
އެދިފައިވާ ޤާނޫނީ ވަކީލުގެ ފީއަށްވާ 4000.00$US (ހަތަރުހާސް) އެމެރިކާ ޑޮލަރ އާއި ބެހޭ ބަޔަށް
ޖަވާބުދެމުން އެފޯމުގައި، އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑް އާއި އެފް އެންޑް އެފް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ކުރެވިފައިވާ އެއްވެސް މުޢާމަލާތެއްގައި، އެއްފަރާތެއްގެ
ޤާނޫނީ ވަކީލުންނަށް ދޭންޖެހޭ ފައިސާ އަނެއް ފަރާތުން ދައްކަންޖެހޭނެކަމަށް ޝަރުތުކޮށްފައި ނުވަތަ
އެއްބަސްވެފައި ނުވާކަމަށްޓަކައި، އެއީ އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
އުފުލަންޖެހޭ ޒިންމާއެއް އެއްކަމަށް ނުދެކޭކަމަށް އެކުންފުނީގެ ފަރާތުން ބުނެފައިވާކަން އެނގެން އޮތުމެވެ.
(ނ) އިސްވެ ބަޔާންކުރެވުނު ފަދައިން އެފް އެންޑް
އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޖަވާބު ދިނުމުން އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަލުން އެފަރާތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2011/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިޔެކިޔުންތައް ޗެކްކޮށް ހެދުމަށްފަހު، އެފަރާތުން ހޯދުމަށް ދަޢުވާކުރާ ޢަދަދު އިޞްލާޙްކޮށް ޝަރީޢަތުގެ
މަޖިލީހަށް ހުށަހަޅާފައިވާކަމާއި، މިގޮތުން މުދަލުގެ އަގުގެ ގޮތުގައި ހޯދުމަށް ދަޢުވާކޮށްފައިވާ
US
$
1,686,294.63 (އެއްމިލިޔަން ހަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ނުވަދިހަ ހަތަރެއް ޕޮއިންޓް ހައެއް
ތިނެއް) އެމެރިކާ ޑޮލަރ ގެ ބަދަލުގައި އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ދައްކަންޖެހި ނުދައްކާވާ ޢަދަދަކީ 1,625,871.45$US(އެއްމިލިޔަން ހަލައްކަ ފަންސަވީސްހާސް އަށްސަތޭކަ
ހަތްދިހަ އެކެއް ޕޮއިންޓް ސާޅީސް ތިނެއް) އެމެރިކާ ޑޮލަރ ކަމަށް ބުނެ، ކުރިން ހުށަހެޅި ޢަދަދު
އިޞްލާޙުކޮށް، ދަޢުވާކުރުމުގައި އެފަދައިން އޮޅުންއެރި ސަބަބު، 02 ޖޫން 2010 ގެ ތާރީޚްގައި ހުށަހަޅާފައިވާ
ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނައިރު،
އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިޞްލާޙުކުރި އަދަދާއި ގުޅޭގޮތުން
15އޯގަސްޓް 2010 ގައި އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދީފައިވާ
ބަޔާނުގައި، "ފަހުން ހުށަހެޅި އަދަދާއި ގުޅޭގޮތުން ދަޢުވާލިބޭ ފަރާތުން ވަކިއެއްޗެއް ދަންނަވަން ނުއެދޭވާހަކަ
ދަންނަވަމެވެ." މިފަދައިން ބުނެ ޖަވާބު ދީފައިވާކަން އެނގެން އޮތުމެވެ.
(ރ) ޢާންމު އުޞޫލެއްގެ ގޮތުން މަދަނީ މައްސަލަތަކުގައި ޚަޞްމުންގެ މެދުގައި އޮންނަ
ޚުޞޫމަތު (އެއްފަރާތުން އަނެއްފަރާތަށް ކުރާ ދަޢުވާ) ސާބިތުކުރުމުގެ ބުރަ ނުވަތަ މަސްއޫލިއްޔަތު
(onus probandi) އުފުލަންޖެހޭ ފަރާތަކީ ދަޢުވާކުރާ ފަރާތްކަމާއި، އިސްލާމީ ޝަރީޢަތުގައި މިއުޞޫލު
ކަނޑައެޅި ބަޔާންވެފައިވާ ޤައިދާއަކީ "لللޖާ لل للللاޓޖީ" (ދަލީލު ހުށަހެޅުންވަނީ ދަޢުވާކުރާ ފަރާތަށެވެ.)
މިފަދައިން އޮންނަ ޙަދީޘް ފުޅުކަމާއި،
މިގޮތުން މަދަނީ މައްސަލަތައް ސާބިތު ކުރުމުގައި، އެކަމަކުން ޤާނޫނީ ނަތީޖާއެއް ޙާޞިލުކޮށްދޭ
ވާޤިޢާ (fact) އެއް އޮތްކަމުގެ މައްޗަށް ޝަރީޢަތާއި ޤާނޫނުގައި ކަނޑައެޅިފައިވާ ވަސީލަތްތަކުން ކުރެ ކޮންމެ
ވަސީލަތެއް
ބޭނުންކޮށްގެންވެސް ޝަރީޢަތުގެ މަޖިލީހުގައި ދަލީލު ޤާއިމްކުރެވިދާނެކަމާއި، އަދި "ދަޢުވާކުރާ
ފަރާތް" އަކީ ޚުޞޫމަތެއް އުފެދިގެން އޭނާގެ ޚަޞްމާއި އިދިކޮޅަށް ކޯޓަށް އިސްވެ މައްސަލަ ހުށަހެޅި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2011/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޭގެ އިތުރުން
(49 ތ
ފަރާތްކަމުގައި ޢާންމު މަފްހޫމަކުން ބެލުނު ކަމުގައި ވިޔަސް، ޝަރީޢަތުން މައްސަލައެއް ބެލުމުގައި ދަޢުވާކުރާ
ފަރާތްކަމުގައި ބަލަންޖެހޭނީ ހަމައެކަނި އިސްވެ ކޯޓަށް މައްސަލަ ހުށަހެޅި ފަރާތް ނޫންކަމާއި،
އެދަޢުވާއެއް ރައްދުވާ ފަރާތުން ދަޢުވާއަށް ޖަވާބު ދިނުމުގެ ގޮތުން ދިފާޢީ ދަޢުވާ ކުރާ ފަރާތަކީވެސް ދަޢުވާ
ކުރާ ފަރާތެއްކަމާއި، އެހެންކަމުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ
ކުރިމަތިކުރާ ދަފުއެއް ސާބިތުކުރުމަށް ދަލީލު ހުށަހެޅުމަކީ އުޞޫލެއްގެ ގޮތުން ދިފާޢީ ދަޢުވާއެއް ކުރާ ފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، ހަމައެފަދައިން އެފަދަ ދިފާޢީ ދަޢުވާއެއް ހުށަހެޅުމަކާނުލައި، ދަޢުވާކުރި ފަރާތުގެ
ދަޢުވާއަށް ނުވަތަ އެދަޢުވާގައި ހިމެނޭ ވަކިކަމަކާ ބެހޭގޮތުން ވަކި އެއްޗެއް ބުނަން ބޭނުން ނުވާކަމަށް
ބުނެފައިވާނަމަ، ނުވަތަ އެކަމަކާ ގުޅިގެން ސާފުބަހުން އިންކާރުކޮށްފައި ނުވާނަމަ ބެލެވޭނީ ދަޢުވާކުރި ފަރާތުގެ
ދަޢުވާ ނުވަތަ އެދަޢުވާގައި ހިމެނޭ ވަކިކަމަކާ ބެހޭގޮތުން އެދަޢުވާ ކުރި ފަރާތުން ބުނިއެއްޗެއް އެބުނިގޮތަށް
ޤަބޫލުކުރި ކުރުމެއްކަމުގައި ކަމާއި،
މިއުޞޫލުން ބަލާއިރު، އިސްތިއުނާފު މިކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2010/MC/1029
ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގައި ބަޔާންކުރެވިފައިވާ ދެކުންފުނީގެ ދެމެދުގައި ކުރެވިފައިވާ ވިޔަފާރި
މުޢާމަލާތާއި ގުޅިގެން ހޯދުމަށް ހުށަހެޅި އަދަދަކީ 1,686,294.63$US (އެއްމިލިއަން ހަލައްކަ އަށްޑިހަ
ހަހާސް ދުއިސައްތަ ނުވަދިހަ ހަތަރެއް ޕޮއިންޓް ހައެއް ތިނެއް ސެންޓް) އެމެރިކާ ޑޮލަރު ކަމާއި، އެފަދައިން
ހުށަހެޅުމުން، އެދެކުންފުނީގެ ދެމެދުގައި ކުރެވިފައިވާ ވިޔަފާރި މުޢާމަލާތްތަކެއްގެ ސަބަބުން ދަޢުވާކުރި ފަރާތަށް
ފައިސާ ދައްކަންޖެހި ނުދެއްކިވާކަމަށް ދަޢުވާ ރައްދުވި ފަރާތުން އިޢުތިރާފުވެފައިވާކަމާއި، ނަމަވެސް އެފަދައިން
އިޢުތިރާފު ވުމަށްފަހު، ދަޢުވާކުރި ފަރާތުން ހޯދުމަށް އެދިފައިވާ އެ ޢަދަދަކީ ޞައްޙަ ޢަދަދު ކަމަށް ޤަބޫލު
ރާކަމަށްބުނެ އެ ޢަދަ
ޢަދަދަށް އިޢުތިރާޝް ކޮށްފައިވާކަން އެނގޭކަމާއި، އަދި ދަޢުވާކުރި ފަރާތުން ހުށަހަޅާފައިވާ
ޢަދަދަކީ ޞައްޙަ ޢަދަދުކަމަށް އިޢުތިރާޝްކުރިއިރު، އެކުންފުނީގެ ފަރާތުން ދެކޭ ޞައްޙަ ޢަދަދު އެކުންފުނީގެ
ފަރާތުން ޝަރީޢަތަށް ހުށަހަޅާފައި ނުވާކަމާއި، އަދި ދަޢުވާލިބޭ ފަރާތުން އެހާތަނަށް ދައްކާފައިވާ ފައިސާގެ
ތަފްޞީލުތައް ރަގަޅަށް ބެލުމަށްފަހު، ދައްކާފައިވާ ޢަދަދުތައް އުނިކޮށް ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ޞައްޙަ
,ހިރާއްޖޭގެ ހައިg
2 22 22
E
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4ދ8ކުގެ
10
20jj/HC-A/122
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢަދަދު ޝަރީޢަތަށް ހުށަހެޅުމުގެ މަސްއޫލިއްޔަތު ދަޢުވާކުރާ ފަރާތުން އުފަލައިދިނުމަށް އެކުންފުނީގެ ފަރާތުން
ޚި
ދަޢުވާކުރާ ފަރާތުގައި އެދިފައިވާކަމާއި،
އެހެންކަމުން އެގޮތުގެމަތީން ދަޢުވާކުރި ފަރާތުން
އެމަސައްކަތްކޮށް، ދަޢުވާގައި
ބަޔާންކުރެވިފައިވާ ވިޔަފާރި މުޢާމަލާތާއި ގުޅިގެން އެހާތަނަށް ދައްކަންޖެހިފައިވާ ޢަދަދު އިޞްލާޙުކޮށް އެކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާކަމާއި، އެގޮތުން ހުށަހަޅާފައިވާ ޢަދަދަކީ 1,625,781.45$US
(އެއްމިލިއަން ހަލައްކަ ފަންސަވީސްހާސް ހަތްސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް ހަތަރެއް ތިނެއް އެމެރިކާ
ކަމާއި، ދަޢުވާކުރި ފަރާތުން ދަޢުވާފޯމުގައި ހުށަހަޅާފައިވާ ޢަދަދަށްވުރެ
US
$
60,513.20(ފަސްދޮޅަސްހާސް ފަސްސަތޭކަ ތޭރަ ޕޮއިންޓް ދޭއް ސުމެއް ސެންޓް) އެމެރިކާ ޑޮލަރ މަދު
ޢަދަދެއްކަމާއި، މިކަންކަން އެނގެން އޮތްއިރު، އިޞްލާޙު ކޮށްފައި ހުށަހެޅި އެ ޢަދަދާއި ބެހޭގޮތުން ވަކިއެއްޗެއް
ބުނަން ބޭނުން ނުވާކަމުގައި ދަޢުވާލިބުނު އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން ސާފު ބަހުން ބުނެފައިވާ ބުނުމަކީ، އިޞްލާޙުކުރެވުނު އެޢަދަދާމެދު އެކުންފުނީން އިޢުތިރާޟްކޮށް
ބުނެފައިވާ ބުނުމެއްކަމުގައި ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމާއި، އެހެނީ އެބުނުމާއި ގުޅިގެން އެއީ
އިޢުތިރާޝްކުރުމުގެ ގޮތުން ބުނެފައިވާ ބުނުމެއްކަމުގައި ބަލަންޖެހޭ އެއްވެސް ކަމެއް އެކުންފުނީގެ ފަރާތުން
އެއްވެސް ސިފައެއްގައި ހުށަހަޅާފައިވާކަން އެނގެންނެތުމުން ކަމާއި، އަދި މަދަނީ ކޯޓުގެ ނަންބަރު
2010/MC/1029 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (6) ވަނަ
ނަންބަރުގައި، "އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސަޕްލައި ކޮށްދީފައިވާ ކާނާގެ
އަގުގެ ތެރެއިން ނުދައްކާ ފައިސާގެ ޢަދަދު ކަމުގައި ބުނެ އިސްލާޙުކޮށް ހުށަހަޅާފައިވާ
US
$
1,625,781.43 (އެއްމިލިއަން ހަލައްކަ ފަންސަވީސްހާސް ހަތްސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް
ހަތަރެއް ތިނެއް އެމެރިކާ ޑޮލަރު) އާމެދު އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އިންކާރުކޮށްފައި ނުވާކަން އެނގެއެވެ." މިފަދައިން ފާހަގަކުރައްވާފައިވާކަން އެނގެން އޮންނައިރު،
COC
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/182
22
c etc
މަދަނީ ކޯޓުގެ އެ ޤަޟިއްޔާގައި އެކަންކަމުގެ މައްޗަށް ބިނާކުރައްވާ ކުރައްވާފައިވާ ޙުކުމުގައި،
އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެންގްލިސް ސިންގަޕޯރ ޕްރައިވެޓް
ލިމިޓެޑަށް ދައްކަންޖެހޭ ޢަދަދު ޝަރީޢަތަށް ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައި ނެތްކަމަށް
ވިދާޅުވެ،
އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން ފައިސާ ނަގާދެވޭނެ ތަނެއް
ނެތްކަމުގައި ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވޭތީ، ހައިކޯޓުގެ މިޤަޟިއްޔާ ބެލުމުގެ ތެރެއިން މަދަނީ
ދަޢުވާތައް ސާބިތުކުރުމުގައި ޝަރުޢީ އަދި ޤާނޫނީ ގޮތުން ތަބާވާންޖެހޭ އުޞޫލުތަކަށް ރިޢާޔަތްކޮށް ބަލާއިރު،
މަދަނީ ކޯޓުގެ ނަންބަރު 2010/MC/1029 ޤަޟިއްޔާގައި އެންގްލިސް ސިންގަޕޯރ
ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ކުރި ދަޢުވާގައި އެކުންފުނީން އެފް އެންޑް އެފް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑް އަށް ސަޕްލައި ކޮށްދީފައިވާ މުދަލުގެ އަގުގެ ގޮތުގައި ހޯދުމަށް ދަޢުވާކޮށްފައިވާ
US
$
1,686,294.63 (އެއްމިލިއަން ހަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ ނުވަދިހަ ހަތަރެއް ޕޮއިންޓް ހައެއް
ތިނެއް އެމެރިކާ ޑޮލަރު) ގެ ޢަދަދަކީ ޞައްޙަ ރަގަޅު ޢަދަދުކަމާމެދު އެފް އެންޑް އެފް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން އިޢުތިރާޝްކޮށް، އަދި އެއިޢުތިރާޟް ބިނާކުރި ސަބަބުތައް ޝަރީޢަތުގެ
މަޖިލީހުގައި ހުށަހެޅުމަށްފަހު، އެކުންފުނީގެ ފަރާތުން އެހާތަނަށް ދައްކާފައިވާ ފައިސާގެ އަދަދުތައް ރަގަޅަށް
ބެލުމަށްފަހު، އެ ޢަދަދުތައް އުނިކުރުމަށްފަހު އެހާތަނަށް ދައްކަންޖެހި ނުދެއްކިވާ ޞައްޙަ ޢަދަދު
ހުށަހަޅައިދިނުމަށް އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ކިބައިން އެފް އެންޑް އެފް
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އެދުމާއިގުޅިގެން، އެކުންފުނީގެ އެ އިޢުތިރާޝްކުރި އަސާސްތަކުގެ
ރަގަޅަށްބެލުމަށްފަހު، އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާ ފޯމުގައި
ލިޔެފައިވާ ޢަދަދު އިޞްލާޙްކޮށް އެހާތަނަށް ދައްކަންހި ނުދައްކާވާ ޢަދަދަކީ 1,625,781.43$US
(އެއްމިލިއަން ހަލައްކަ ފަންސަވީސްހާސް ހަތްސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް ހަތަރެއް ތިނެއް އެމެރިކާ
ޑޮލަރު) ކަމަށްބުނެ 02 ޖޫން 2010 ގެ ތާރީޚުގައާއި 18 ޖުލައި 2010 ގައި ތާރީޚުގައި ޝަރީޢަތުގެ
މަޖިލީހުގައި އެ ޢަދަދު ހުށަހެޅުމުން، 15 އޯގަސްޓް 2010 ގެ ތާރީޚުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި،
މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/182
8 349
ޤީޤީeނ
ދަޢުވާކުރި ފަރާތުން ފަހުން ހުށަހެޅި އެ ޢަދަދާއި ވަކިއެއްޗެއް ބުނަން ބޭނުންނުވާކަމަށް އެފް އެންޑް
އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެފައިވާއިރު، އެންގްލިސް ސިންގަޕޯރ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ފަހުން ހުށަހެޅި އެ އަދަދަކީ ޞައްޙަ ޢަދަދުކަން ޝަރީޢަތަށް
ސާބިތުކޮށްދިނުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކުންފުނީން އިތުރަށް އުފުލަންޖެހޭ އެއްވެސް
ޒިންމާއެއް ނެތްކަން އެނގެން އޮތުމެވެ.
(ބ) މަދަނީ ކޯޓުގެ ނަންބަރު 2010/MC/1029 ޤަޟިއްޔާގައި އެންގްލިސް ސިންގަޕޯރ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ހިމެނިފައިވާ ދެވަނަ ބަޔަކީ، އެކުންފުނީގެ ފަރާތުން
އެޤަޟިއްޔާގައި ކޯޓުގައި ދަޢުވާކުރަންޖެހުމުން އެކަމަށްޓަކައި ޤާނޫނީ ވަކީލަށް ޚަރަދުކުރަންޖެހިފައިވާ
US
$
4,000.00 (ހަތަރު ހާސް) އެމެރިކާ ޑޮލަރު އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
އިން ހޯއްދަވައި ދެއްވުމަށް އެދިފައިވާ އެދުންކަމާއި، މިނުކުތާއަށް ޖަވާބުދެމުން އެޤަޟިއްޔާގައި ދަޢުވާލިބުނު
ފަރާތުން ހުށަހެޅި ޖަވާބު ފޯމުގައި، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެއްވެސް މުޢާމަލާތެއްގައި، މިފަދަ
ޙާލަތެއްގައި އެއްފަރާތެއްގެ ޤާނޫނީ ވަކީލުންނަށް ދޭންޖެހޭ ފައިސާ އަނެއް ފަރާތުން ދައްކަންޖެހޭނެކަމަށް
ޝަރުޠުކޮށްފައި ނުވަތަ އެއްބަސްވެފައި ނުވާކަމަށްޓަކައި، އެފައިސާއަކީ އެފް އެންޑް އެފް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް ނުދެކޭކަމަށް އެކުންފުނީގެ ފަރާތުން
ބުނެފައިވާކަމާއި، އެނުކުތާއަށް އިޝާރާތްކުރައްވާ މަދަނީ ކޯޓުގެ ނަންބަރު 2010/MC/1029 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ (8) ވަނަ ނުކުތާގައި، "އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑް ގެ
ފަރާތުން މިމައްސަލައާއި ގުޅިގެން ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް ހިނގިކަމަށްބުނާ 4,000.00$US (ހަތަރު
ހާސް އެމެރިކާ ޑޮލަރު) އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ފަރާތުން އެންގްލިސް
ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑް އަށް ކަމަށް ޤަބޫލުނުކުރާ ހިނދު، އަދި ޤާނޫނީ ވަކީލެއްގެ އެހީ
ހޯދުމަށް ހިނގާ ޚަރަދުކުރުމަށް އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
އެއްބަސްވެފައިވާކަން އެނގެން ނެތްއިރު، އަދި ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމަށް ހިނގިކަމަށް ބުނާ ޚަރަދަކީ
ވެ
ސޑއ އދ
کر می ما عمري
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
20jj/HC-A/122
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހިގާފައިވާ ޚަރަދެއްކަން އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހާމަކޮށްދީފައި ނެތަތީ،
އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މިމައްސަލައާއި ގުޅިގެން ޤާނޫނީ ވަކީލެއްގެ އެހީ
ހޯދުމަށް ހިނގިކަމަށް ބުނާ 4,000.00$US (ހަތަރު ހާސް އެމެރިކާ ޑޮލަރު) ނަގައިދޭނެ ތަނެއް ނެތްކަން
ފާހަގަކުރަމެވެ." މިފަދައިން ފާހަގަކުރައްވާފައި އޮތް އޮތުން ބިނާކުރައްވާފައިވާ އަސާސަކީ މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ ހަރުދަނާ އަސާސެއްކަން އެނގެންއޮންނައިރު،
އެނުކުތާއާއި ގުޅޭގޮތުން މަދަނީ ކޯޓުގެ ނަންބަރު 2010/MC/1029 ޤަޟިއްޔާގެ ޙުކުމުގައި ވަކިގޮތަކަށް
ނިންމަވާފައި ނުވާކަން އެނގެން އޮންނަ އޮތުމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައް އެގޮތުގެ މަތީން ހުރުމާއެކު
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، މަދަނީ ކޯޓުގެ ނަންބަރު
2010/MC/1029 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭނެ ކަމަށެވެ.
، ޙުކުމް:
ހ4 498
7
ނP ޔން
ދދވ
ކަންތައތކށް
ދެންފަހެ، އިސްވެފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބެލިއިރު، މަދަނީ ކޯޓުގެ ނަންބަރު 2010/MC/1029
ޤަޟިއްޔާގައި އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުޅި ދަޢުވާގައި ބުނެފައިވާ ގޮތުގެ
މަތީން އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތީން އެންގްލިން ސިންގަޕޯރ
ޕްރައިވެޓް ލިމިޓެޑުން މުދާ ސަޕްލައިކޮށްދީފައިވާކަމާއި، އަދި ސަޕްލައި ކޮށްދީފައިވާ މުދަލަށް ފައިސާ
ދައްކަންޖެހި ނުދެއްކިވާކަމަށް އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
މަދަނީކޯޓުގައި އެއްބަސްވުމަށްފަހު، އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ދަޢުވާ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
މިމުހިއްމެވެ
ހޭގޮތުން
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20]1/HC-A/182
cO
ފޯމުގައި ސަޕްލައި ކޮށްދިން މުދަލުގެ އަގުގެ ގޮތުގައި ހޯދުމަށް ދަޢުވާކޮށްފައިވާ ޢަދަދާމެދު އިޢުތިރާޝްކޮށް،
އެކުންފުނީން އެހާތަނަށް ދައްކާފައިވާ ފައިސާ ރަގަޅަށް ބެލުމަށްފަހު، އަދި ދައްކާފައިވާ ހުރިހާ ފައިސާއެއް
އުނިކުރުމަށްފަހު، އެހާތަނަށް ދައްކަންޖެހިފައިވާ ފައިސާގެ ޞައްޙަ ޢަދަދު ޝަރީޢަތަށް ހުށަހަޅައިދިނުމަށް
އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑުގެ ކިބައިން އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑް އެދުނު ހިނދު، އެމަސައްކަތް އެގޮތަށްކޮށް ނިންމުމަށްފަހު، އެންގްލިސް ސިންގަޕޯރ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި 1,625,781.43$US (އެއްމިލިއަން
ހަލައްކަ ފަންސަވީސްހާސް ހަތްސަތޭކަ އަށްޑިހަ އެކެއް ޕޮއިންޓް ހަތަރެއް ތިނެއް އެމެރިކާ ޑޮލަރު) ގެ
ޢަދަދާއިމެދު އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްވެސް ސިފައެއްގައި
އިންކާރުކޮށްފައިވާކަން އެނގެން ނެތަތީ، އެ ޢަދަދަކީ އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އެންގްލިން ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުދައްކާވާ ޢަދަދުކަން މަދަނީ
ދަޢުވާތައް ސާބިތުކުރުމުގެ މިންގަނޑުތަކާއި ހަމަތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މަދަނީ
ކޯޓުގެ ނަންބަރު 2010/MC/1029 ޤަޟިއްޔާގައި ޤާނޫނީ ވަކީލުގެ ފީ ގެ ގޮތުގައި ހޯދުމަށް ދަޢުވާކޮށްފައިވާ
ފައިސާ އާއި މިދެކުންފުނީގެ ދެމެދުގައި ކުރެވިފައިވާ މުޢާމަލާތުގައި އެއްވެސް ސިފައެއްގައި
ބަސްވެފައިވާކަން އެނގެން ނެތްކަމަށްޓަކައި އެފައިސާ ނަގައިދެވޭނެ އެއްވެސް ހަމައެއް ނެތްކަމަށް
ކަނޑައަޅައި، ސަޕްލައި ކޮށްދީފައިވާ މުދަލުގެ އަގުގެ ގޮތުގައި އެފް އެންޑް އެފް އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް
މިޤަޟިއްޔާގައި ސާބިތުވި 1,625,781.43$US (އެއްމިލިއަން ހަލައްކަ ފަންސަވީސްހާސް ހަތްސަތޭކަ
އަށްޑިހަ އެކެއް ޕޮއިންޓް ހަތަރެއް ތިނެއް އެމެރިކާ ޑޮލަރު) އެންގްލިސް ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑަށް
ލިބިދިނުމަށްޓަކައި، މިއަދު (15 އޮކްޓޯބަރ 2012) ން ފެށިގެން މަސްހަމަކޮށް، ކޮންމެ މަހަކުވެސް
US
$
406,445.35 (ހަތަރުލައްކަ ހަހާސް ހަތަރުސަތޭކަ ސާޅީސް ފަހެއް ޕޮއިންޓް ތިނެއް ފަހެއް ސެންޓް)
އެމެރިކާ ޑޮލަރ މަދަނީކޯޓަށް ދައްކަމުން ގޮސް، 04 (ހަތަރެއް) މަސް ދުވަހުގެ ތެރޭގައި މިފައިސާ އެކުގައި
ތ ދ ތ ގ 2
: ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15
20jj/HC-A/162
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައްކާ ޚަލާޞްކުރުމަށް އެފް އެންޑް އެފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގާ ޙުކުމްކޮށް، އަދި
މަދަނީ ކޯޓުގެ ނަންބަރު 2010/MC/1029 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް މިޤަޟިއްޔަ
ނިންމީއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv