ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/254 ޤަޟިއްޔާގެ ޙުކުމް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011-HC-A-254
ދިވެހިރާއްޖޭގެ ހައިކޯޓް
21
80
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 254/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
*ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* ވަކީލާ
• އިސްތިއުނާފު ރައްދުވި ފަރާތް:
އޏ. އުސާމާ މޫސާ
0
* ފަރާތުން:
ހުށަހެޅުނު ތާރީޚް
29 ޛުލްޤައިދާ 1432
27 އޮކްޓޯބަރ 2011
-ނިމުނު ތާރީޚް: 11 ރަބީޢުލްއައްވަލު 1433
ފެބްރުއަރީ 2012
02
އިސްތިއުނާފުކުރެވުނު ކޯޓްއަމުރު ނަންބަރު: 2011
/
06/J-145
• ނިންމެވި ފަރާތް: ކްރިމިނަލްކޯޓް
ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 16 އޮކްޓޯބަރ 2011
ނިމުނުތާރީޚް: 16 އޮކްޓޯބަރ 2014
މައްސަލަ ބެލި ފަނޑިޔާރުން މަޖިލިސްގެ
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރުން އަޒްމިރާލްދާ
4
ދިވެހިރާއްޖޭގެ ހައިކޯޓް،އާބު ރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ
2011-HC-A-254
ދައުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 8868-2011-MD-145 އަމުރުގެ ދަށުން މ.ހައިސިންތު
ސުޙައިލް މުޙައްމަދު އަދި އެކޯޓުގެ ނަންބަރު 8867-2011-MD-145 އަމުރުގެ ދަށުން ގ.ހެޕީސައިޑް
ޙުސައިން އިލްހާމް، މި 02 (ދޭއް) މީހުން 05 (ފަހެއް) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް
ކްރިމިނަލް ކޯޓުން އަމުރުނެރެފައިވަނިކޮށް ކޯޓު އަމުރާ ޚިލާފަށް ޙުސައިން އިލްހާމްއާއި ސުޙައިލް މުޙައްމަދު
ދޫކޮށްލާފައިވާ މައްސަލައާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސާރޖަންޓެއްގެ މަޤާމުގައި
ހުރި އަޙްމަދު އަޒްމަތު ޢަބްދުﷲ (ސަރވިސް ނަންބަރު: 1606) 26 އޮކްޓޯބަރު 2011 ވަނަ ދުވަހުގެ
11:00 އަށް ކްރިމިނަލް ކޯޓަށް ޙާޟިރުވުމަށް އަމުރުކޮށް، ކްރިމިނަލް ކޯޓުން ނެރެފައިވާ އެކޯޓުގެ
ނަންބަރު 2011
/
06/J-145 (26 އޮކްޓޯބަރ 2011) ކޯޓަށް ޙާޟިރުވުމުގެ އަމުރު ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެއަމުރު އިސްތިއުނާފު ކުރުމަށްއެދި އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއް
ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ބެލެވިފައިވާ
މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް
1. ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އިސްވެ ބަޔާންކުރެވުނު ކޯޓަށް ޙާޟިރުވުމުގެ އަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށްބުނެ އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ފަރާތުން އަމުރު އިސްތިއުނާފު ކުރުމަށް ހުށަހެޅި މައިގަނޑު ނުކުތާއަކީ ކްރިމިނަލް ކޯޓުގެ
ނަންބަރު 2011
/
06/J-145 (26 އޮކްޓޯބަރ 2011) " ކޯޓަށް ޙާޟިރުވުމުގެ އަމުރު" މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ޕޮލިސް ސާރޖަންޓެއްގެ މަޤާމުގައި ހުރި އަޙްމަދު އަޒުމަތު ޢަބްދުﷲ (ސަރވިސް
ނަންބަރު: 1606) އަށް ކްރިމިނަލް ކޯޓުން ފޮނުއްވާފައިވާއިރު، ސާރޖަންޓް އަޙްމަދު އަޒުމަތު ޢަބްދު
އަކީ ފަރުދީ ގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
06/J-145 (26 އޮކްޓޯބަރ 2011 އެއްބޯޓަށް
ޙާޟިރުވުމުގެ އަމުރު"ގައި ބަޔާންވެފައިވާ މައްސަލައާއި ސީދާގޮތުން ގުޅުމެއް ހުރި ފަރާތަކަށް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011-HC-A-254
މިކަމަށް ރިޢާޔަތް ކުރެއްވުމެއްނެތި އަޙުމަދު އަޒުމަތު ޢަބްދުﷲ އަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު"
ފޮނުއްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
06/J-145 (26 އޮކްޓޯބަރ 2011} *ކޯޓަށް
ޙާޟިރުވުމުގެ އަމުރު"، އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ،
އެކޯޓު އަމުރު އިސްތިޢުނާފު ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި،
އެނުކުތާއާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
06/J-145 (26 އޮކްޓޯބަރ
2011) ކޯޓަށް ޙާޟިރުވުމުގެ އަމުރަށާއި، މައްސަލައާގުޅޭގޮތުން ހުށަހަޅާފައިވާ ލިޔެކިއުންތަކުގެ މައްޗަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
07
ވަނަ
32.
(ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ
މާއްދާގައިވާފަދައިން ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށްކަމާއި،
ކޯޓަށް ހުށައެޅޭ މައްސަލައަކާއި ގުޅިގެން ނުވަތަ ކޯޓުން ބަލަމުންދާކަމަކާއި ގުޅިގެން ޤާނޫނު އަސާސީން
ކޯޓުތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ޢަދުލު އިންސާފު ޤާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި،
ކޯޓުތަކަށް ހާޒިރުކުރަން
މީހުން ހާޒިރުކުރުމާއި، ކޯޓަށް ހާޒިރުކުރާ މީހުންނާއި ކޯޓުން ބޭނުން
ސުވާލެއް ކުރުމާއި، ކޯޓަށް ހުށައަޅަން ޖެހޭ ލިޔުމެއް ކޯޓަށް ހުށައަޅަން އެންގުމަކީ އަދުލު އިންސާފު
ފޯރުކޮށްދިނުމަށްޓަކައި ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަން އެނގެން އޮތުމެވެ.
4 824
އިސްތިއުނާފަށް ހުށައެޅުމުގެ
(ށ) ދެވަނަކަމަކީ، އަސާސީގެ 56 ވަނަ މާއްދާގައި "ޖިނާއީ މައްސަލަތަކުގައްޔާއި
މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ އަމުރުތައް
ޙައްޤު،
މައްސަލައާއި ގުޅުން ހުރި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް" ބަޔާންވެގެންވާއިރު، ކޯޓުތަކުންޏާއްޖޭގެ
ޓްރައިބިއުނަލް ތަކުން މި ބާބުގައި ( ޤާނޫނު އަސާސީގެ ދެވަނަބާބު) ބަޔާންކޮށްފައިވާ ޙައްޤުތަ
މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަ
ހައިކޯޓް
ފާނެކަމަ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2011-HC-A-254
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދިމިޤްރާތީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތަކަށް ރިޢާޔަތްކޮށް
އެއުސޫލުތައް ނަގަހައްޓަންވާނެ" ކަމަށް ޤާނޫނު އަސާސީގެ 68 ވަނަ މާއްދާގައި ބަޔާންވެގެން އޮންނަކަމާއި،
ޝަރުޢީ ކޯޓުތަކަށް ހާޒިރުކުރުމަށް ފޮނުވާ އަމުރުތައް އިސްތިއުނާފުކުރުމުގެ ޙައްޤު ހުޅުވިގެންވާ ދީމިޤްރާތީ
މުޖުތަމަޢުތަކުގައި ލިބިދެވޭ މިންވަރަށް ބަލާއިރު، ހުޅުވިގެންވާ ދީމިޤްރާތީ މުޖުތަމަޢުތައް ކަމަށް ބެލެވޭ
އެއްވެސް ޤައުމެއްގައި، ޢާންމު އުސޫލެއްގެ ގޮތުން، މައްސަލައަކާއި ގުޅިގެން ކޯޓުތަކަށް ޙާޟިރުވުމަށް
ފޮނުވޭ އަމުރުތައް އެއަމުރު ފޮނުވުނު ކޯޓަށްވުރެ މަތީ ކޯޓެއްގައި އިސްތިއުނާފުކުރުމުގެ ޙައްޤު އެއްވެސް
ފަރާތަކަށް ލިބިދީފައިވާކަން އެނގެންނެތްކަމާއި، ވަކިތާރީޚެއްގައި ކޯޓަށް ޙާޟިރުވުމަށް ފޮނުވޭ އަމުރުތައް
އިސްތިއުނާފްކުރުމަށް އޮންނަ ޙައްޤަކީ ހަނި ކުރެވިދާނެ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޤާނޫނުހަދާ
މަޖިލީހުންވެސް ބަލައިގެންފާވާކަމާއި، މި ގޮތުން ޢާއްމު ޝަރުޢީ ނިޒާމުގެ ތެރޭގައި ހިމެނޭ ކޯޓެއްކަމަށްވާ
ޑްރަގްކޯޓަށް ޙާޟިރުވުމަށް އަންގައި، އެކޯޓުން ކުރާ އަމުރަކީ އިސްތިއުނާފުކުރުމުގެ ޙައްޤެއް ނެތް
ގޮތުގައި ބަލައިގެންފާވާކަން ޤާނޫނު ނަންބަރު 2011/17 މަސްތުވާތަކެއްޗާއިބެހޭ ޤާނޫނުގެ 79
ވަނަ މާއްދާގެ (ރ) އަށް ބެލުމުން އެނގެން އޮންނަކަމާއި، ވަކި ތާރީޚަކަށް ކޯޓުތަކަށް ޙާޟިރުވުމަށް ފޮނުވޭ
އަމުރުތަކާއި، ކޯޓަށް ހާޒިރުކުރެވޭ މީހުން ޖަވާބުދާރީވާން ޖެހޭގޮތަށް ކޯޓުން ކުރާއަމުރުވެރި ސުވާލުތަކާއި،
ކޯޓުގެ ބޭނުމަށް ހުށައަޅަން ޖެހޭ ލިޔުމެއް ކޯޓަށް ހުށައަޅަން އެންގުމުން މިއީ ޤާނޫނުއަސާސީގެ 56 ވަނަ
މާއްދާގައިވާ ފަދަ ޙުކުމެއް ނުވަތަ އަމުރެއްކަމުގައި ބަލާ މިފަދަ އަމުރުތައް އިސްތިއުނާފުކުރެވޭނަމަ، މިއީ
ޝަރީޢަތް ހިންގުމުގެ މަގު ދިގުވެ ޢަދުލު އިންސާފު ޤާއިމުކުރުން ލަސްވެގެންހިނގައިދާނެ ސަބަބެއްކަމުގައި
ބެލެވޭކަމާއި،
އަމުރެއްގެ
43
Ucc
މި ސަބަބުތައް މިހެން ހުރުމާއި އެކު ޝަރީޢަތް ހިންގުމުގެ ބޭނުމަށްޓަކައި ކޯޓުތަކުން ފޮނުވޭ
ޙާޟިރުވުމުގެ އަމުރުތަކާއި، ވަކި ކަމެއް ސާފުކުރުމަށް ކޯޓުން ކުރެވޭ ސުވާލުތަކާއި، ކޯޓުގެ ބޭނުމަށް
ހުށައަޅަން ޖެހޭ ލިޔުމެއް ކޯޓަށް ހުށައަޅަން ކުރެވޭ އަމުރުތަކަކީ ޤާނޫނު އަސާސީގެ 56 ވަނަ މާއްދާގައިވާ
ފަދަ ޙުކުމެއް ނުވަތަ އަމުރެއްކަމުގައި ބެލެވެންނެތްކަމާއި، އިސްވެދެންނެވުނު ކަންކަމަށް ޖުމްލަގޮތެއްގައި
ބަލާއިރު، މިފަދަ އަމުރުތަކަކީ އެމާއްދާގެ ދަށުން އިސްތިއުނާފު ކުރުމުގެ ޙައްޤު ޢާއްމު އުސޫލެއްގެ ގޮތުން
އެއްވެސް ފަރާތަކަށް ލިބެގެންވާ އަމުރުތަކެއް ނޫންކަން މިމައްސަލަ ބެލި ފަނޑިޔާރުންޑެލްކޮކާލާއިން
ނަމަވެސް މިފަދަ އަމުރަކާއި ގުޅިގެން ޙާޟިރުވާންޖެހޭ ފަރާތް ކޯޓަށް ޙާޟިރުވުމަށްފަހު
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2011-HC-A-254
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޙާޟިރުވުމުގެ އަމުރާއިގުޅޭ ގޮތުން ހުށައަޅާ އިޖުރާއީ ނުކުތާއަކާއި ގުޅިގެން ކޯޓަކުން ނިންމާ އިޖުރާއީ
ނިންމުމަކާއި މެދު ހިތްހަމަ ނުޖެހޭނަމަ އެފަދަ ނިންމުމެއް އިސްތިއުނާފުކުރުމުގެ ޙައްޤު އެއަމުރެއް ރައްދުވާ
ފަރާތަކަށް ލިބިގެންވާކަން ފާހަގަ ކުރަމެވެ.
cox
(ނ) ތިންވަނަކަމަކީ، ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި
ޤަދަރު ޙިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަހުށައެޅޭ، ވަކި ފަރާތަކަށް
ނުޖެހި، ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ޤާނޫނާއި ޤަވާޢިދު ތަކުގެ
ޒަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ
ޙަވާލުވެ ތިބި އެންމެހައި މީހުންކޯޓުތަކަށް އެހީތެރިވާންވާނެކަމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ
(ރ) ގައި އޮންނައިރު، ކޯޓުތަކަށް އެހީތެރިވުމުގެ މާނައިގެ ތެރޭގައި ކޯޓުތަކުން ކުރާ އަމުރުތަކަށް
ފުރިހަމައަށް ތަބާވުން ހިމެނޭ ކަމާއި، ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދަށް
ބަލާއިރު، އެޤަވާއިދުގެ 03 ވަނަ މާއްދާގެ (ހ) ގައި " ކޯޓަށް ޙާޟިރުވުމަށް އަންގާ އަމުރުލިބޭ ކޮންމެ
މީހަކު އަމުރުގައި ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުވާންވާނެ" ކަމަށް އޮންނަކަމާއި، ކޯޓަށް
ޙާޟިރުވުމަށް ފޮނުވޭ އަމުރުތަކަށް ޙާޟިރުނުވެއްޖެނަމަ، އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރު
ކޯޓަށް ލިބިގެންވާކަންވެސް މި ޤަވާޢިދަށް ބެލުމުން އެނގެން އޮންނަކަމާއި، މިހެންކަމުން ހަމަޖެހިފައިވާ
ޤަވާޢިދުތަކާއި، އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކޯޓަށް ޙާޟިރުވުމަށް ފޮނުވާ އަމުރެއް ލިބޭ ކޮންމެ
މީހަކު، ކޯޓުން ޤަބޫލުކުރާ މަޤްބޫލު އުޒުރެއް ނެތްނަމަ ކޯޓަށް ޙާޟިރުވާންޖެހޭނެކަމާއި، ނުވަތަ ކޯޓުގެ
ތަކުގެ ޤަވާޢިދުތައް ތަންގޭ
ތަންދޭ ގޮތުގެ މަތިން ބަދަލުގައި ޙާޟިރުވާނެ ފަރާތެއް ހަމަޖައްސަން ޖެހޭނެކަމާއި،
އިސްވެ އިޝާރާތްކުރެވު
ކުރެވުނުފަދަ ކޯޓަށް ޙާޟިރުވުމުގެ އަމުރެއް ލިބުމަށްފަހު، އެއަމުރަކީ އެއަމުރެއް ރައްދުވި
ފަރާތެއްގެ މައްޗަށް ނުކުރެވޭނެ
އަމުރެއްކަމުގައި އެފަރާތަކުން ޤަބޫލުކުރާނަމަ، އެކަން ހާމަކުރަން ޖެހޭނީ އެ
ގޮތުގެމަތިން ކޯޓަށް ޙާޟިރުވުމަށް ފަހުގައިކަން މިދެންނެވި ކޯޓަށް ޙާޟިރުކުރުމުގައި
ރާނޭ ގޮތުގެ ޤަވާޢިދުގައިވާ މާއްދާތަކަށް ބެލުމުން އެނގެން އޮން.
އޮންނަކަމެވެ.
4 82 8 6
އއ 10
(ނ) ހަތަރުވަނަކަމަކީ، ކޯޓަކުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެއްވެސް ފަރާތެއް ކޯޓަށް
ޙާޟިރުކުރެވޭ ނަމަ، ކޯޓުން ފޮނުވޭ ޙާޟިރުވުމުގެ އަމުރު ފޮނުވަންޖެހޭނީ ހަމަޖެހިފައިވާ ޤަވާއިދުބަރޯއި، އައިޖީ
އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން، ކޯޓަށް ޙާޟިރުވުމުގެ އަމުރެއްގައި
OccOX
ރަން
X
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011-HC-A-254
0402712ގއ
ކމެދނެ
34
3 ޑ
ބޭނުމުގެ
ހިމެނުމަށްފަހުގައިކަމާއި، މިގޮތުން ޙާޟިރުވުމަށްފޮނުވޭ ޙާޟިރުވުމުގެ އަމުރެއްގައި ހުރުން
ލާޒިމު ކޮށްފައިވާ މަޢުލޫމާތުތައް ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދުގެ
02 ވަނަ މާއްދާގައި ބަޔާންވެގެންއޮންނަކަމާއި، މި މާއްދާގެ (ހ) ގެ (6) ގެބޭނުމަށްޓަކައި، އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 248/HC-A/2009 ޤަޟިއްޔާގައި ޤާއިމުކުރައްވާފައިވާ އުސޫލުން
ކަންކުރުމަށްޓަކައި، ކޯޓަށް ޙާޟިރުވާންޖެހޭ މީހަކު ކޯޓަށް ޙާޟިރުކުރާ ޙައިސިއްޔަތު ( ރައްދުވާ ފަރާތް،
ހެއްކެއް، ޤަބީރެއް، ނުވަތަ އެނޫންވެސް
އެނޫންވެސް މިފަދަ ސަބަބެއް) ކޯޓު އަމުރުގައި ލިޔެ ކޯޓަށް ޙާޟިރުވާންޖެހޭ
މީހަކާއި، ކޯޓުން ބަލަމުންދާ މައްސަލައަކާއި ހުރި ގުޅުން އެއަމުރެއްގައި ބަޔާންކުރަންޖެހޭނެކަމާއި،
އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގައި ހިމެނޭ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް
ސާރޖެންޓެއްގެ މަޤާމުގައި ހުރި އަޙްމަދު އަޒްމަތު ޢަބްދުﷲ ކްރިމިނަލް ކޯޓަށް ޙާޟިރުވުމަށް އެކޯޓުން
ނެރެފައިވާ 2011
/
06/J-145 (26 އޮކްޓޯބަރ 2011) އަމުރަށް ބަލާއިރު، އެއަމުރުގައި " ޙާޟިރުކުރެވޭ
ގޮތުގައި ލިޔެފައިވަނީ " ކްރިމިނަލްކޯޓުގެ ނަންބަރު 8868-2011-MD-145 އަމުރުގެ ދަށުން
މ.ހައިސިންތު ސުޙައިލް މުޙައްމަދު ޒާހިރު އަދި ނަންބަރު 8867-2011-MD-145 އަމުރުގެ ދަށުން
ގ.ހެޕީސައިޑް ޙުސައިން އިލްހާމް، މި 02 (ދޭއް) މީހުން 15 (ފަހެއް) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި
ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުނެރެފައިވަނިކޮށް ކޯޓު އަމުރާ ޚިލާފަށް ޙުސައިން އިލްހާމްއާއި
ސުޙައިލް މުޙައްމަދު ދޫކޮށްލާފައިވާ މައްސަލައަކާއި ގުޅިގެން" މިފަދައިންކަމާއި،
މިއަމުރުން އަޙުމަދު އަޒްމަތު ޢަބްދުﷲ ކްރިމިނަލްކޯޓަށް ޙާޟިރުކުރެވެނީ ކޮން ޙައިސިއްޔަތަކުން
ކަން އަދި އޭނާއާއި ކްރިމިނަލްކޯޓުން ބަލަމުންދާ މައްސަލައާއި ހުރި ގުޅުމެއް ބަޔާންކޮށްފައި ނުވާކަމާއި،
އިސްވެ އިޝާރާތްކުރެވުނު އަމުރަށް ބެލުމުން އެއަމުރަކީ ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރުތަކަކާއި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޚިލާފުވެފައިވާތީ އެކަން ބެލުމަށް ކްރިމިނަލްކޯޓުން ނެރެފައިވާ
އަމުރެއްކަމުގައި ބެލެވޭކަމާއި، އެއްވެސް މުއައްސަސާއަކުން ކޯޓުން ކުރާ އަމުރަކަށް ތަބާނުވެއްޖެނަމަ،
އެފަދަ މައްސަލަތަކުގައި އެމުއައްސަސާއެއް ޖަވާބުދާރީ ކުރުވުމަށްޓަކައި ކޯޓަށް ޙާޟިރުވުމުގެ އަމުރު
އެމުއައްސަސާގެ ވަކިފަރުދަކަށް ފޮނުވުމުގެ ބަދަލުގައި އެންމެ ފުރަތަމަ އަމުރު ފޮނުވާންވާނީ މުއައްސަސާއަށް
އެއަށް ފަހު މުއައްސަސާ ހިންގުމާ ޙަވާލުވެ ހުންނަ އެންމެ އިސް މީހަކަށްކަމުގައި މިމައްސަލަބެލި
ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
ވީމާ، ކްރިމިނަލް ކޯޓުން ނެރެފައިވާ 2011
/
06/J-145 (26 އޮކްޓޯބަރ 2011) ރާތީ އޭގެ ފައި
ޢަމުރަކީ އެކޯޓުން ކުރިން ނެރުއްވާފައިވާ އަމުރުތަކަކާއި މޯލްޑިވްސް ޕޮލިސްސަރވިސްގެ
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2011-HC-A-254
&
ޤަޟިއްޔާ ނިމުނު ގޮތުގެ
ޚިލާފުވެފައިވާކަމަށް އެކޯޓަށް ފެނިގެން އެކަމުގައި ޖަވާބުދާރީކުރުވުމަށްޓަކައި އެކޯޓުން ނެރެފައިވާ
މުރެއްކަމުގައި ބެލެވެން އޮތްއިރު، މިފަދަ މައްސަލަތަކުގައި ކޯޓަށް އެމުއައްސަސާގެ ވަކިވަކިފަރުދުން
ހާޒިރުކުރުމުގެ ބަދަލުގައި އެންމެ ފުރަތަމަ އަމުރު ފޮނުވާންވާނީ އެމުއައްސަސާއަށް އެއަށްފަހު
އެމުއައްސަސާއެއް ހިންގުމާ ޙަވާލުވެ ހުންނަ އެންމެ އިސް ވެރިޔަކަށް ކަން އެނގޭތީއާއި، ކްރިމިނަލްކޯޓުން
ކުރި އަމުރުތަކަކާއި ޚިލާފުވެގެން ސާރޖަންޓް އަޙުމަދު އަޒްމަތު ޢަބްދުﷲ ކްރިމިނަލްކޯޓަށް ޙާޟިރުކުރެވެނީ
ކޮން ޙައިސިއްޔަތަކުން ކަން އަދި އޭނާއާއި ކްރިމިނަލްކޯޓުން ބަލަމުންދާ މައްސަލައާއި ހުރި ގުޅުމެއް
ކްރިމިނަލްކޯޓުގެ އަމުރުން އެނގެންނެތަތީ، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ދެކެނީ ކްރިމިނަލް ކޯޓުން ނެރެފައިވާ އެކޯޓުގެ ނަންބަރު 2011
/
06/J-145 (26 އޮކްޓޯބަރ 2011)
ކޯޓަށް ޙާޟިރުވުމުގެ
ރުވުމުގެއަމުރު އިސްވެފާހަގަކުރެވުނު ސަބަބުތަކަށްޓަކައި ބާތިލުކުރަން ޖެހޭކަމަށެވެ.
435
4
ވީމާ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ކްރިމިނަލް ކޯޓުން ނެރެފައިވާ،
އެކޯޓުގެ ނަންބަރު 2011
/
06/J-145 (26 އޮކްޓޯބަރ 2011) ގެ ކޯޓުއަމުރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް އެގޮތުގެ މަތީން
ޙުކުމްކޮށްފީމެވެ.
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް،އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv