ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/337 ޤަޟިއްޔާގެ ޙުކުމް
1 ޝޫސިއޯޔޫ ނިމުނު ޝޮތު ރިޕޯޓް
20]2}HC-A/337
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 337/HC
-
A/2012
• އިސްތިއުނާފްކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:
އެޑްރެސް:.
މިހާރުގެ އެޑްރެސް: -
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: އިބްރާހީމް އަޝްރަފް
: އައިޑީ ކާޑު ނަންބަރ: A131834
*
ދާއިމީ އެޑްރެސް: ވަގުތީއުފާ ! ކ. ، ގުރައިދޫ
މިހާރުގެ އެޑްރެސް: ވަގުތީއުފާ ކ. . ގުރައިދޫ
*
ޓްރީކުރެވުނު ތާރީޚް: 22 މުޙައްރަމް 1434
06 ޑިސެމްބަރ 2012
* ނިމުނު ތާރީޚް: 27 މުޙައްރަމް 1434
11 ޑިސެމްބަރ 2012
MD/2012/28
އިސްތިއުނާފުކުރެ
ފިކުރެވުނު ޤަޟިއްޔާ ނަންބަރު.
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
ނިންމެވިކޯޓް: މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓު
ންމެވިނުތާރީޚް: 2017-12-04
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
.3 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012}l.C-A/331
ދަޢުވާގެ ޚުލާޞާ
މިއީ، މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު:2012
/
28/MD ކޯޓު އަމުރު
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ ޕްރޮސިކިޔުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ، ކ. ގުރައިދޫ، ވަގުތީ އުފާ، އިބްރާހީމް
އަޝްރަފް (ދ.ރ.ކާޑު ނަން A131834 ) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01 ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މާލެއަތޮޅު
ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012
/
28/MD ކޯޓު އަމުރަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު TD047856 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް” އިން ކ. ގުރައިދޫ ވަގުތީ އުފާ، އިބްރާހީމް
އަޝްރަފް (ދ.ރ.ކާޑު ނަންބަރު A131834)، 03 ޑިސެމްބަރ 2012 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ
މުއްދަތަށް ބަންދު ކޮށްފައި ނުވަތަ ހައްޔަރު ކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެކޯޓުން ނެރުއްވާފައިވާ
އަމުރެއްކަން އެނގެއެވެ.
02- މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012
/
28/MD ކޯޓު އަމުރު
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުގައި މައިގަނޑު
ކުތާއެއް ފާހަގަކޮށް އެ ދެ ނުކުތާއާއި މެދު ތަފްޞީލުކޮށް ވާހަކަ ދައްކަފައި ވެއެވެ.
* ފުރަތަމަ ނުކުތާއަކީ އިބްރާހީމް އަޝްރަފްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ
ކުޑަކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލާގައި، މީނާ އެޢަމަލު ހިންގިކަމަށް ތުހުމަތު ކޮށްފައިވާ
02 ނުކުތާއެއް ފާ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWw.highcourt.gov.mv
4 ޤަޤިޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/337
.ޑه
ޖެއެ
ޅ. ހިންނަވަރު ކަފިދޫގެ މަރިޔަމް އިފާއަކީ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި އުޅޭ ކުއްޖެއްކަމަށްވެފައި،
އެކުއްޖާ އެމަރުކަޒަށް ގެނެވިފައިވާ ޙައިޘިއްޔަތު އޮޅުންފިލުވައި ދެވިފައި ނުވާތީއާއި، އެކުއްޖާ ބުނާ ބުނުމުގެ
އިތުރުން އިބްރާހީމް އަޝްރަފްގެ މައްޗަށް ތުހުމަތު ކުރެވޭ ވަރުގެ ހަރުދަނާ ހެކި ޤަރީނާ ލިބިފައިނުވާތީ،
ބަންދުގައި ބަހެއްޓުމަށް ނުފެންނަކަމަށް ފާހަގަކުރައްވައި، 04 ޑިސެމްބަރ 2012 ވަނަ ދުވަހު މާލެއަތޮޅު
ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ އަމުރަކީ، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު
ނަންބަރު 22/2012 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ
ޤާނޫނު) އާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ނިންމުމުގެ ޤަވާޢިދު" ގައި ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅާފައިވާ
އުޞޫލަށް ރިޢާޔަތް ނުކުރައްވާ ނެރުއްވާފައިވާ އަމުރެއް ކަމަށް ވިދާޅުވެ ފާހަގަކުރައްވާފައިވާ ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: މިމައްސަލާގައި އަނިޔާ ލިބުނު ކުއްޖާއަކީ، ކ. ގުރައިދޫގައި ހުންނަ
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންތިބޭ މަރުކަޒުގައި ހުންނަ ކުއްޖެއްކަމަށްވެފައި އެކުއްޖާ އެތަނުގައި
ބަހައްޓާފައިހުރީ ދައުލަތުގެ ފަރާތުން ކަމަށްވާތީ، އެކުއްޖާއަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް
ކަމުގައިވިޔަސް ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމުގައި ނުވިޔަސް، އެކުއްޖާ ބެލެހެއްޓުމަކީ
އެތަނުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ ޒިންމާއެއްކަމުގައި ވުމުންނާއި، އެފަދަ ޒިންމާދާރު ވަޒީފާއެއްގައި ހުރި
މީހެއްގެ ފުށުން މިފަދަކަމެއް ފެނުމަކީ އެކަމުގެ ޚުޠޫރަތްތެރިކަން ބޮޑު ކަމެއްކަމަށާއި، މިފަދަ ޒިންމާދާރު
ވަޒީފާއެއްގައި ހުރި މީހެއްގެ ފަރާތުން މިފަދަ ޢަމަލެއް ފެނުމަކީ އޭގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި
ރައްކާތެރިކަމަށް ނުރައްކާވުމުގެ ފުރުޞަތު އިތުރުވެގެން ދާކަމެއްކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012
/
28/MD ކޯޓު އަމުރަށާއި،
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ އަމުރު އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2[[2/HC-A/337
*9
މައްސަލައާއި ގުޅުންހުރި ޤާނޫނީ މާއްދާތަކަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ޝަރީޢަތަށް ފާހަގަ ކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ: އިބްރާހީމް އަޝްރަފަކީ، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް
ބޭނުންވާ މީހުންތިބޭ މަރުކަޒުގައި ވަޒީފާ އަދާ ކުރާ މުވައްޒަފަކަށްވެފައި، އެމަރުކަޒުގައި ދަޢުލަތުގެ ފަރާތުން
ބަހައްޓާފައި ހުންނަ ޅ. ހިންނަވަރު) ކަފިދޫގެ މަރިޔަމް އިފާ (16 އަހަރު) އާއި މެދު ބަދު އަޚްލާޤީ ޢަމަލު
ހިންގާފައިވާކަމަށް މަރިޔަމް އިފާ ބުނާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހެއްކަމުގައިވާތީއާއި،
މީނާ ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައިފާނެތީއާއި، މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާ ވެދާނެކަމަށް ފެންނާތީއާއި، އަދި މީނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ބާވަތުގެ ކުށަކީ ޤާނޫނު
ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ
ޤާނޫނު) ގައި ބުނާ ފަދަ ކުށެއްގެ ތުހުމަތު ކަމުގައިވާތީ، މީނާ ބަންދުން ދޫކޮށްލައިފިނަމަ، މީނާގެ ފަރާތުން
އެފަދަ ކުށްތައް ތަކުރާރުވެ އެކަމުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާތެރި ވެދާނެކަމަށް ފެންނާތީ،
03 ޑިސެމްބަރ 2012 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ނުވަތަ ހައްޔަރު
ކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރު ކޮށްދެއްވުމަށް އެދި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް" އިން އެދުމުން، އިބްރާހީމް އަޝްރަފް
ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތު ކޮށްފައިވާ ޅ.ހިންނަވަރު! ކަފިދޫގެ މަރިޔަމް އިފާ، ޚާއްޞަ އެހީއަށް
ބޭނުންވާ މީހުންތިބޭ މަރުކަޒުގައި ބަހައްޓާފައިވާ ހައިސިއްޔަތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
އޮޅުން ފިލުވައި ދީފައި ނުވާތީއާއި، މަރިޔަމް އިފާ ބުނާ ބުނުމުގެ އިތުރުން އިބްރާހީމް އަޝްރަފްގެ މައްޗަށް
ތުހުމަތު ކުރެވޭވަރުގެ ހަރުދަނާ ހެއްކާއި ޤަރީނާ ލިބިފައި ނުވާކަމަށްބުނެ އިބްރާހީމް އަޝްރަފް އިތުރަށް
ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ވިދާޅުވެ، އޭނާ ބަންދުން ދޫކޮށްލުމަށް ނެރުއްވާފައިވާ އަމުރެއްކަމާއި،
TD047856
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އިމެއިލެ: [email protected] ވެބް ސައިޓް: www.highcourt.gov.mv
އޭ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/337
ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރާ އިސްތިއުނާފު ބިނާކޮށްފައިވާ މައިގަޑު
އަސާސަކީ އިބްރާހީމް އަޝްރަފް ދޫކޮށްލުމުގައި އެއަމުރު ބިނާކުރެއްވި އަސާސްތަކަކީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި އެއްގޮތް އަސާސްތަކެއް ކަމަށް ނުފެންނަކަމަށް ބުނެ އެގޮތުގެ މަތިން ފާހަގަކޮށްފައިވާ ދެ
ނުކުތާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި
ޢަމަލުކުރަންޖެހޭ ޢާންމު އުޞޫލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އެމީހެއްގެ
ކިބާގައި ފުރިހަމަވެފައިވޭތޯ ފަނޑިޔާރު ބެލުންކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު
ގޮތެއް ނިންމުމުގެބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވޭއިރު،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތީން މީހަކު ބަންދުކުރުމުގައި،
ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ ތަޙްޤީޤުކުރުމުގައި ގޮންޖެހުންތައް
ހުރި މިންވަރަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ ޠަބީޢަތަށާއި، ކުށުގެ ކުޑަބޮޑު މިނަށާއި،
އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަށާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތް މިންވަރަށާއި،
އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތް މިންވަރަށް ފަނޑިޔާރު ވަޒަންކުރަ
ކުރަންޖެހޭނެކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނުނުކުތާތަކުގެ 9ވަނަ
ނަންބަރުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަން ފާހަގަކުރެވޭކަމާއި،
އިބްރާހީމް އަޝްރަފްގެ މައްޗަށް ތުހުމަތު ކުރެވިފއިވާ މައްސަލާގައި އިބްރާހީމް
އަޝްރަފްގެ ފަރާތުން އެކުއްޖަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތުކުގެ
ތުހުމަތުކުރެވޭ
84
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325،129، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.fmv
: ޤަޟިއްޔާ ނިމުނު ގޮތުގެ
2012/HC-A/337
ކަފިދޫގެ މަރިޔަމް އިފާ (16 އަހަރު )، އެކަން ހިނގާފައިވާގޮތް ކިޔައިދީ މޯލްޑިވްސް ޕޮލިސް ސަރވިސް
އަށް 08 ނޮވެމްބަރ 2012 ވަނަ ދުވަހު ދީފައިވާ ބަޔާނެއް ހުށަހެޅިފައިވާކަމާއި، އެ ބަޔާނުގައި އޭނާއާއި މެދު
އިބްރާހީމް އަޝްރަފް ޢަމަލުކޮށްފައިވާގޮތް ކިޔައިދީފައިވާ ކަން ފާހަގަކުރެވޭކަމާއި،
ނަމަވެސް މިބާވަތުގެ މައްސަލަ ތަކުގައި ޑިޕާޓްމަންޓް އޮފް ޗައިލްޑް އެންޑް ފެމިލީ
ޕްރޮޓެކްޝަން ސަރވިސަސް އިން ތައްޔާރުކުރަންޖެހޭ ރިޕޯޓު އަދި މިމައްސަލާގައި ތައްޔާރު ކުރެވިފައި
ނުވާކަމާއި، އެހެން އެކަން ދިމާވެފައިވަނީ މިމައްސަލަ ތަޙްޤީޤުކުރަން ފެށިފަހުން އަދި އެކަމަށް އެކަށީގެންވާ
ވަގުތު ލިބިފައި ނުވާތީކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި
ބުނެފައިވާކަމާއި،
މައްސަލާގައި ތުހުމަތު ކުރެވިފައިވާ މީހާ ހައްޔަރު ކުރެވިފައިވަނީ 03 ޑިސެމްބަރ 2012
ވަނަ ދުވަހުގެ 22:10 ގައި ކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD047856 "ހައްޔަރު
ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" އެނގެން އޮންނައިރު، އިސްތިއުނާފް މިކުރެވޭ މާލެއަތޮޅު ގުރައިދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012
/
28/MD ކޯޓު އަމުރުގެ ދަށުން 04 ޑިސެމްބަރ 2012 ވަނަ
ދުވަހުގެ 00:10 ގައި އިބްރާހީމް އަޝްރަފް ދޫކޮށްލާފައިވާކަން އެނގޭކަމާއި، އެހެންކަމުން އިބްރާހީމް
އަޝްރަފް ދޫވެފައި އެވަނީ އޭނާ ބަންދުކުރިތާ ބާރާބަރު 03 ގަޑިއިރުގެ ތެރޭގައިކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން އިބްރާހީމް އަޝްރަފްގެ ބަންދާމެދު ނިންމުމުގައި އިސްވެ މިބަޔާންކުރެވުނު
ލިބޭ ހެއްކާއި ޤަރީނާއަށް ބަލައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމަށާއި، އަދި ޑިޕާޓްމަންޓް އޮފް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން
ތައްޔާރުކުރަންޖެހޭ ރިޕޯޓު ތައްޔާރުކުރުމަށް ވަގުތު ލިބިފައި ނުވާކަމާއި، އެހެންކަމުން ހައިކޯޓުގެ މިޤަޟިއްޔާގައި
ކުށުގެ ތުހުމަތުގައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމުގައި އިސްވެ ކަންތައްތަކަށް ރިޢާޔަތް
OL
ގެތޮއ
ދ 3ފ03
ޑޯކއެމާންޓްތަކުން
ހ&3456
3
eeހކުރ
ކުރެވިފައިވާނެކަން ފާހަގަކުރެވެއެވެ.
އިކްގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ގެ ވެބް ސައިޓް: www.highcourt.gv.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/337
(ނ) ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު"
ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) އެކުލަވާލުމުގެ މަޤްޞަދަށް ބަލާއިރު، މުޖުތަމަޢުގައި ހިމެނޭ
ކުޑަކުދިންނަށް ނުރައްކަލެއްކަމަށް ވެދާނެ މީހުންގެ ކިބައިން އެކުދިން ރައްކާތެރިކޮށް، އެގޮތުގައި އެ
ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙްޤީޤުގެ މަރުޙަލާގައާއި
ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބޭތިއްބުމާއި، ކުށުގެ އަދަބުން މިންޖުވުމަށްފަހުވެސް ވަކިކަހަލަ ނިޒާމެއްގެ
ތެރެއިން އެމީހުން ބެލެހެއްޓެމުންދާނެގޮތް ހެދުން ހިމެނޭކަމާއި،
އެޤާނޫނުގެ 9 ވަނަ މާއްދާއަށް ބަލާއިރު، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައިހުރި
މީހަކު، އެ ކުޑަކުއްޖައާއެކު ޖިންސީ އަމަލެއް ހިންގުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާކަމާއި، މިގޮތުން
"ކުޑަކުއްޖަކަށް ޚިދުމަތްދެމުންދާ ނުވަތަ އެކުއްޖަކު ބަލަހައްޓަމުންދާ މީހުންގެ ތެރެއިން މީހެއް އެއީ، އެ
ޤާނޫނުގެ ބޭނުމަށްޓަކައި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހެއްކަމަށް ބަލަންޖެހޭނެ
އެޤާނޫނުގެ 13 ވަނަ މާއްދާގެ (ބ) އަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
ހހ¢ ¢¢¢¢ދه
ހެންކަމަށް
܀܀ ܘܕ ܀ ܕ ܕ
ޓ ޓސް
28
އަދި އިސްވެ
ޤާނޫނަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީން ލިބިދީފއިވާ ބައެއް އަސާސީ ޙައްޤުތައް އެޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވާކަން އެ
ޤާނޫނުގެ ހަތަރުވަނަ ބައިން ރަނގަޅަށް އެނގޭކަމައި، މިގޮތުން ތަޙްޤީޤުގެ މަރުޙަލާގައި ބަންދުން މިނިވަންވުމުގެ
ޙައްޤު ހިފެހެއްޓިފައިވާކަން
ބަޔާންކުރުމުގެ
އެ ޤާނޫނުގެ
ވަނަ މާއްދާގައި،
"ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކު، އެމީހާ ހިމެނޭ މައްސަލައިގެ ހެކި ފޮރުވުމަށް، ނުވަތަ ހެކިބަސްދޭންހުރި
މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި، ނުވަތަ
ފިލާފާނެކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
- ކުރިމަތިވެދާނެކަމަށްޓަކައި މެނުވީ، ޝަރީޢަތުން ޙުކުމްކުރުމުގެ ކުރީން މީހަކު ބަންދުގައި ބަހައްޓައިގެން
ނުވާނެކަމަށް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައި ވީނަމަވެސް، މި ޤާނޫނުގެ ދަށުން ކުށެއްގެ
މީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެ
33153
0ހ302ކވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/337
ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށް
ބަލައި، ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް،
ފަނޑިޔާރަށް މަގުފަހިކޮށްދިނުމަށްޓަކައި، އެ ޙައްޤު އެ މިންވަރަށް މި ޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެން
ވެއެވެ." މިފަދައިން ބަޔާންކުރުމަށްފަހު، ޖެހިގެންއައި 29 ވަނަ މާއްދާގެ (ހ) ގައި އެ ޤާނޫނު 27 ވަނަ
މާއްދާއާއި 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތައް ހިފެހެއްޓިފައި ވަނީ ޤާނޫނުއަސާސީގެ 16
ވަނަ މާއްދާގެ (ށ) ގެ ދަށުންކަމަށް ބަޔާން ކޮށްފައިވާކަމާއި، އަދި އެޤާނޫނުގެ ދަށުން އެ ޙައްޤުތައް
އެމިންވަރަށް ހިފެހެއްޓިގެންވަނީ ޤާނުނުއަސާސީގެ 16 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިންތޯ ކޯޓުން
ކަނޑައެޅުމުގައި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ 6 ނުކުތާއަށްވެސް، އެ
ޤާނޫނުގެ ދަށުން، އެ އަސާސީ ޙައްޤުތައް އެ މިންވަރަށް ހިފެހެއްޓުމުގައި ރައްޔިތުންގެ މަޖިލީހުން
ރިޢާޔަތްކޮށްފައިވާކަމަށް ކޯޓުން ބަލަންވާނެކަމަށް ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ
ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012
/
28/MD ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކައަށާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ އަލީގައި އިސްވެ
ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި، މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު: 2012
/
28/MD ކޯޓު އަމުރުގައި ގުރައިދޫގެ ވަގުތީ އުފާ، އިބްރާހީމް އަޝްރަފް (ދ.ރ.ކާޑު
ނަންބަރު A131834 ) 04 ޑިސެމްބަރ 2012 ގެ 00:10 ފެށިގެން ދޫކޮށްލުމަށް ނިންމަވާފައިވާ
ނިންމެވުމަށް ބަދަލު ގެންނަން ޖެހޭކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުކުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329 ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
loޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
22{FIC-A/33
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު: 2012
/
28/MD ކޯޓު އަމުރުގައި
ކ. ގުރައިދޫވަގުތީ އުފާ، އިބްރާހީމް އަޝްރަފް (ދ.ރ.ކާޑު ނަންބަރު 131834)، މުޖްތަމަޢުތެރެއަށް
ދޫކޮށްލުމަށް ނިންމަވާފައިވާ ނިންމެވުން ބާޠިލްކޮށް، 11 ޑިސެމްބަރ 2012 ދުވަހުގެ 11:14 އިން ފެށިގެން
07 ދުވަހުގެ މުއްދަތަށް، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި
އަމުރުކޮށް، މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
O OCC
0
ته من معسر
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
9
އަރުތީމު
ޢަލީ ސަމީރު
ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު)
ފަނޑިޔާރު)
(ފަނޑިޔާރު)
ތައްޔާރުކުރީ: ޒަރީޔާ އިބްރާޙީމް
ދުލްޖަލީލް ޙުސައިން
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 16471
33
އީމެއިލް: [email protected] ވެބް ސުއިޓް www.highcourt.gov.mv