ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
212/HC-A/197
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 197/HC
-
A/2012
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ވަކީލު: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޢައިޝަތު ފަޒްނާ އަޙްމަދު
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަޙްމަދު ނާޝިމް
އައި.ޑީ.ކާޑު ނަންބަރު: A046840
ވަކީލު: އދ. އާމިނަތު ޝިޒުލީނާ، މަދޮށިމާވިލާ •
އދ. އާދަމް އާޞިފް، ވުޑްލޭންޑް| ލ. ގަން
* ދާއިމީ އެޑްރެސް: މ. ނިޔަދުރު މާލެ
މިހާރުގެ އެޑްރެސް: ގ. އާބިން/ މާލެ
*
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ޝަޢުބާން 1433
05 ޖުލައި 2012
ނިމުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1435
13 ފެބްރުއަރީ 2014
• އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/JC
/
2009
)
569
/
Cr
-
C/2336)
• ނިންމިކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: މަކަރާހީލަތް ހެދުން
• ހުށަހެޅުނު ތާރީޚް: 17 ނޮވެމްބަރ 2009
ނިމުނު ތާރީޚް: 22 ފެބްރުއަރީ 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު.ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު:ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/197
ދަޢުވާގެ ޚުލާޞާ
sތ *40
އެއްގޮތަށް
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
569
/
Cr
-
C/2336) ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ނޫންކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ނިޔަދުރު އަޙްމަދު ނާޘިމެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
.1
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
569
/
Cr
-
C/2336) ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
569
/
Cr
-
C/2336) ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، މ. ނިޔަދުރު އަޙްމަދު ނާޝިމްގެ
ހިއްސާއޮންނަ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް އަޙްމަދު ނާޝިމް
ހުރެ، ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމެންޓަށް 15000 (ފަނަރަހާސް) ދިވެހި ދިދަ ގަތުމަށް
ބޭނުންވެގެން 31 ޑިސެމްބަރ 2003 ދުވަހު ކުރިކަމަށް ބުނާ އިޢުލާނަކާއި ގުޅިގެން ނަމީރާ އިންޖިނިއަރިންގ
އެންޑް ޓްރޭޑިންގ ލިމިޓެޑްގެ ތަކެއްޗާ މުވައްޒަފުން ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ
ކުންފުންޏެއްކަމަށްވާ ސީވިއު ޕްރައިވެޓް ލިމިޓެޑާއި ފާސްޓް ޓެއިލަރސްއާއި، މާލެގަމް ޓެއިލަރސްއާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/197
ނީޑުލްވަރކް އިލަރސް މިނަންތައް ބޭނުންކޮށްގެން ލެޓަރހެޑް ހަދާ އެތަންތަނުގެ ނަމުގައި މިޕްރޮޖެކްޓަށް
އެސްޓިމޭޓް ހުށަހަޅާ މިޕްރޮޖެކްޓް ކާމިޔާބުކޮށް މީނާ މިޕްރޮޖެކްޓްގެ ޖުމްލަ އަގަށްވާ -/
1425000ރ.
(އެއްމިލިއަން ހަތަރުލައްކަ ފަންސަވީސްހާސް ރުފިޔާ) މަކަރާއި ޙީލަތުން ހޯދާފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 131
ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ ދަށުން އަޙްމަދު ނާޝިމްގެ މައްޗަށް
ސަރުކާރުގެ ދިހަހާސް ރުފިޔާއިން މަތީ އަދަދެއްގެ ފައިސާއިން މަކަރާ ހީލަތްހެދުމުގެ ކުށުގެ ދަޢުވާއާއި،
އަޙްމަދު ނާޝިމް މަކަރާހީލަތުން ހޯދި -/
1425000ރ. (އެއްމިލިއަން ފަންސަވީސްހާސް ރުފިޔާ) ސަރުކާރަށް
ލިބިދިނުމަށްއެދި ދައުލަތުގެ ފަރާތުން އަޙްމަދު ނާޝިމްގެ މައްޗަށް ދަޢުވާކުރުމުން ބެލެވިފައިވާ މައްސަލައެއްކަން
އެނގެންއޮވެއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު
2010/JC
/
2009
)
569
/
Cr
-
C/2336) ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ މާލެ / މ.ނިޔަދުރު،
އަޙްމަދު ނާޝިމްގެ މައްޗަށް ދައުލަތުން ކުޅަ މަކަރާ ހީލަތް ހެދުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން،
މިދަޢުވާ އަކީ މ.ނިޔަދުރު، އަޙްމަދު ނާޝިމް، މީނާގެ ހިއްސާއޮންނަ ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގ
ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރެ ކުރީގެ މިނިސްޓްރީއޮފް އެޓޯލްސް ޑިވެލޮޕްމެންޓަށް 15000
(ފަނަރަހާސް) ދިވެހި ދިދަ ގަތުމަށް ބޭނުންވެގެން 31 ޑިސެމްބަރ 2003 ދުވަހު ކުރިކަމަށް ބުނާ އިޢުލާނަކާއި
ގުޅިގެން ނަމީރާ އިންޖިނިއަރިން އެންޑް ޓްރޭޑިންގ ލިމިޓެޑްގެ ތަކެއްޗާ މުވައްޒަފުން ބޭނުންކޮށްގެން
ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ ކުންފުންޏެއްކަމަށްވާ ސީވިއު ޕްރައިވެޓް ލިމިޓެޑާއި ފާސްޓް
ޓެއިލަރސްއާއި، މާލެގަމް ޓެއިލަރސްއާއި، ނީޑުލްވާރކް ޓެއިލަރސް މިނަންތައް ބޭނުންކޮށްގެން ލެޓަރހެޑް
ހަދާ އެތަންތަނުގެ ނަމުގައި މިޕްރޮޖެކްޓަށް އެސްޓިމޭޓް ހުށަހަޅާ މަކަރާހީލަތުން މިޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާތީ
ކަމަށް ބުނެ ދައުލަތުން އަޙްމަދު ނާޒިމްގެ މައްޗަށް މިދަޢުވާ ކުރާއިރު، މިދަޢުވާގެ އަސްލު ބިނާވެފައިވާ
ކަންތައްތައް ކޮށްފައިވަނީ ކުންފުނީގެ މުވައްޒަފުންކަން ތަޙްޤީޤު ބަޔާންތަކުން އެނގެން އޮންނަ ހިނދު،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
22
4
4
2012/HC-A/197
އެފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރުމެއްނެތި، އަދި ކުންފުނީގެ މުވައްޒަފުންނަށް ތިބެ ޢަމަލީގޮތުން
މިދަޢުވާގައިބުނާ ކަންތައްތައް ސީދާގޮތުން ކޮށްފައިވާ ފަރާތްތަކަކީ ހެކިންގެ ގޮތުގައި ބަލައިގަނެ، މިކުންފުނީގެ
މެނޭޖިން ޑިރެކްޓަރ މ.ނިޔަދުރު، އަޙްމަދު ނާޝިމްގެ މައްޗަށް ފަރުދީގޮތުން މިދަޢުވާ ކޮށްފައިވީނަމަވެސް،
މިމައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ޝަރީޢަތުން ރިޢާޔަތް ކުރާއިރު، މިމައްސަލައާއި ގުޅިގެން
މ.ނިޔަދުރު، އަޙްމަދު ނާޝިމް ކޮށްފައިވާ ކަންތައްތަކަކީ ޤާނޫނީގޮތުންނާއި ޝަރުޢީ ގޮތުން ތަޖުރީމުކުރެވޭ ވަރުގެ
ޝަރީޢަތުން ކަނޑައަޅައި،މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާނިންމީއެ
މީއެވެ"
ކަންތައްތަކެއް
މިފަދައިންނެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
569
/
Cr
-
C/2336) ޤަޟިއްޔާ ނިމިފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ: ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދުގައި
ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް މައްސަލަ ހިންގަވައި ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތް
ކުރެއްވުމަކާނުލައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައިވާ ތަފާތު
ނުކުރުމާއި ހަމަހަމަކުރުމުގެ ނައްޞާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/197
• ހަތަރުވަނަ ނުކުތާއަކީ: ދައުލަތުން އަޙްމަދު ނާޝިމުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބުނާ
ޢަމަލަކީ ތަޖުރީމުކުރެވޭނެ ކަމެއްނޫ
އްނޫންކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
569
/
Cr
-
C/2336) ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
2
OOOXC
85 82 834
ހ) ފުރަތަމަ ކަމަކީ، ނިޔަދުރު އަޙްމަދު ނާޝިމުގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ
ދަޢުވާއަކީ، ނިޔަދުރު އަޙްމަދު ނާދިމުގެ ހިއްސާއޮންނަ ނަމީރާ އިންޖިނިއަރިންގ ޓްރޭޑިންގ
ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް ހުރެ ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމެންޓަށް 15000
(ފަނަރަހާސް) ދިވެހި ދިދަ ގަތުމަށް ބޭނުންވެގެން 31 ޑިސެމްބަރ 2003 ދުވަހު ކުރިކަމަށް ބުނާ އިޢުލާނަކާއި
ގުޅިގެން ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ލިމިޓެޑްގެ ތަކެއްޗާއި މުވައްޒަފުން
ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ ކުންފުންޏެއްކަމަށްވާ ސީވިއު ޕްރައިވެޓް ލިމިޓެޑާއި ފާސްޓް
ޓެއިލަރސްއާއި، މާލެގަމް ޓެއިލަރސްއާއި، ނީޑުލްވަރކް ޓެއިލަރސް މިނަންތައް ބޭނުންކޮށްގެން ލެޓަރހެޑް
ހަދައި އެތަންތަނުގެ ނަމުގައި މިޕްރޮޖެކްޓަށް އެސްޓިމޭޓް ހުށަހަޅާ މިޕްރޮޖެކްޓް ކާމިޔާބުކޮށް މީނާ
-/
1425000ރ. (އެއްމިލިއަން ހަތަރުލައްކަ ފަންސަވީސްހާސް ރުފިޔާ) މަކަރާއި ޙީލަތުން ހޯދާފައިވާކަމަށް ބުނެ
ހުށަހަޅާފައިވާ ދަޢުވާއެއްކަމާއި، މިދަޢުވާ ކޮށްފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132
ވަނަ މާއްދާއާއި 143 ވަނަ މާއްދާގެ ދަށުން އަޙްމަދު ނާޝިމުގެ މައްޗަށް ސަރުކާރުގެ ދިހަހާސް ރުފިޔާއިން މަތީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/197
އަދަދެއްގެ ފައިސާއިން މަކަރާ ހީލަތްހެދުމުގެ ކުށުގެ މައްޗަށް ކަމާއި، އަދި އަޙްމަދު ނާޝިމް މަކަރާ ހީލަތުން
ހޯދިކަމަށްބުނާ -/
1425000ރ. (އެއްމިލިއަން ހަތަރުލައްކަ ފަންސަވީސްހާސް ރުފިޔާ) ސަރުކާރަށް
ލިބިދިނުމަށްވެސް މިދަޢުވާގައި ދައުލަތުގެ ފަރާތުން އެދިފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، އަޙްމަދު ނާޝިމުގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލި މިދަޢުވާއަށް އަޙްމަދު
ނާތި އިންކާރުކޮށްފައިވާކަމާއި، އަދި އަޙްމަދު ނާޝިމުގެ މައްޗަށް ދައުލަތުގެ ފަރާތުން ހުށަހެޅި ދަޢުވާގައި
ސާފުނުވާ ކަންތައްތަކެއް ހުރުމުން އެކަންކަން ފާހަގަކުރައްވާފައިވާކަމާއި، އަދި މިއިން އެއްވެސް ކަމެއްގައި
އަޙްމަދު ނާޝިމް ހިއްސާވާ ކުންފުންޏެއްވެސް ނެތްކަމާއި، އަދި ފަރުދީ ގޮތުން ބައިވެރިވުމެއްވެސް ނެތްކަމާއި،
އެނގެން އޮތީ މިމުޢާމަލާތްތައް އެޓޯލްސް ޑިވެލޮޕްމެންޓާއެކު ހިންގާފައިވަނީ އަދި އެއްބަސްވުމުގައި ސޮއިކޮށް
އަދި ފައިސާ ނަގާފައިވަނީވެސް މ. ދިއްގަރު އާރާސްތު އަޙްމަދު ސިރާޖުކަމާއި، މިމުޢާމަލާތް ސީދާ
ހިންގާފައިވަނީ އަޙްމަދު ސިރާޖުކަމަށް ވާއިރު، އަޙްމަދު ސިރާޖުގެ މައްޗަށް ދަޢުވާނުކޮށް އަޙްމަދު ނާޝިމުގެ
މައްޗަށް ދަޢުވާކުރާ ކުރުމާމެދު ސުވާލުކޮށްފައިވާކަމާއި،
އަދި މިމުޢާމަލާތްތަކާ އަޙްމަދު ނާޝިމުއާ އެއްވެސް ގުޅުމެއް ނެތްއިރު، އަދި މިއީ 2003 ގައި
ހިނގާފައިވާ މުޢާމަލާތަކަށް ވެފައި، އެމުޢާމަލާތް ކުރީ އަޙްމަދު ސިރާޖުކަން އެނގޭއިރު، އަދި 2013 ގެ
ފަހުން ހިނގާދިޔަ އަހަރުތަކުގައި އޮޑިޓްކުރެވިފައިވަނިކޮށް އޭގެ ހަތް އަހަރު ފަހުން އަލުން އޮޑިޓްކޮށް، އަޙްމަދު
ސިރާޖުގެ މައްޗަށް ދަޢުވާކުރުމެއްނެތި، އަޙްމަދު ނާޝިމުގެ މައްޗަށް ދަޢުވާކޮށް، އަދި އަޙްމަދު ސިރާޖު
އެޓޯލްސް ޑިވެލޮޕްމެންޓާއެކު ހިންގި އެމުޢާމަލާތުގެ ދަށުން އެޓޯލްސް ޑިވެލޮޕްމެންޓަށް ސަޕްލައިކޮށްދޭންޖެހޭ
ފަނަރަހާސް ދިދަ ސަޕްލައިކޮށްދީފައިވާކަން އެނގޭއިރު، އެތަކެތީގެ އަގު އަޙްމަދު ނާޝިމްގެ އަތުން ހޯދުމަށް
ދައުލަތުން ދަޢުވާ ކުރާ ކުރުމާމެދުވެސް އަޙްމަދު ނާޝިމުގެ ފަރާތުން ސުވާލު އުފައްދާފައިވާކަމާއި،
އަދި އަޙްމަދު ނާޝިމަކީ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ
ޑިރެކްޓަރު ކަމަށްވާތީ އަޙްމަދު ނާޝިމުގެ މައްޗަށް މިދަޢުވާކުރާއިރު، ފުލުހުންގެ ތަޙުޤީޤު ރިޕޯޓުތަކަށް ބަލާއިރު،
>COc Oxc
COXC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
$
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/197
އެޢަމަލުކުރީ، އަދި މަޢުލޫމާތު ސާފުކުރަން ދިޔައީވެސް އަދި އެސްޓިމޭޓް ހުށަހެޅީވެސް އަދި އެގްރީމެންޓުގައި
ސޮއިކުރީވެސް އަދި އެފައިސާއާ ޙަވާލުވީވެސް އެހެން މީހަކުކަން އެނގޭކަމަށާއި، އެކަންކަން ކުރީ ތިމަންނައޭ
އެމީހާ ބުނެފައިވާ އިރު، އެމީހާގެ މައްޗަށް ދަޢުވާ ނުކުރާކަމަށާއި،
އަދި އެފައިސާ ޖަމާކުރީވެސް ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ
އެކައުންޓަށް ނޫންކަމަށާއި، އެމީހުން އެފައިސާ ޖަމާކުރީ ނޭޒާ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ކިޔާ
ކުންފުންޏެއްގެ އެކައުންޓަށް ކަމަށްވާއިރު، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީވެސް އެހެންމީހަކުކަމަށާއި އަދި
އެކުންފުނީގެ މޭޖަރ ޝެއަރ ހޯލްޑަރަކީވެސް އެހެންމީހަކުކަމަށްވާއިރު، އަޙްމަދު ނާޝިމަކީ ނަމީރާ
އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރު ކަމަށްވާތީ މިދަޢުވާ ކުރަނީ
އަޙްމަދު ނާޝިމުގެ މައްޗަށް ކަމަށާއި، އެހެންކަމުން، ކުށްކުރި މީހާ އެކަމަށް އިޢުތިރާފްވާއިރު، އެމީހާގެ މައްޗަށް
އަދި ފައިސާ ލިބުނު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް ދަޢުވާނު
ދަޢުވާނުކޮށް އަޙްމަދު ނާޝިމުގެ
ދަޢުވާކުރަނީ
އެންމެންނާމެދު ހަމަހަމަކޮށް ކަންތައް
މާއްދާތަކާ ޚިލާފަށް ކަމަށް އަޙްމަދު ނާޝިމުގެ ފަރާތުން ބުނެފައިވާކަމާއި،
އަދި އަޙްމަދު ނާމާއި ދެކޮޅަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންނަކީ މިމައްސަލައިގައި
ހިނގާފައިވާ ކަންތައްތައް ކުރި ފަރާތްތައްކަމަށާއި، ދައުލަތުން އެވަނީ ކުށްކުރި ފަރާތްތަކުގެ މައްޗަށް ދަޢުވާ
ނުކޮށް، އެފަރާތްތައް ހެކިންގެ ގޮތުގައި ހުށަހަޅާފައިކަމަށާއި، އެހެންކަމުން އެހެކިން ހެކިން ކަމުގައި
ޤަބޫލުނުކުރާކަމަށް ބުނެ މިކަންކަން އަޙްމަދު ނާޝިމުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ފާހަގަކޮށްފައިވާކަން
( 4
3ތ
ދުފުންކޮށް
އަށް
ފަނނކކޮށް
ه
ނެތް އައ
ނުއަސާސީގެ
4ހ¢ ¢
އެނގޭކަމެވެ.
4
(ނ) ތިންވަނަ ކަމަކީ، ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ގަވާއިދާއި ޖިނާއީ
މައްސަލަތަކުގައި ޝަރީޢަތް ހިންގުމުގެ އުސޫލުތަކަށް ބަލާއިރު، ދަޢުވާ ލިބޭ މީހާ ދަޢުވާއަށް
އިންކާރުކޮށްފިނަމަ، ދަޢުވާ ލިބޭ މީހާގެ މައްޗަށް ދައުލަތުން ކުރާ ދަޢުވާގެ ތަފްސީލާއި، ދަޢުވާ ސާބިތުކުރު
.e/2ށ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/197
24
ހުށަހަޅާ ހެކިތައް ބަޔާންކުރުމަށް ޤާޟީ ދައުލަތުގެ ވަކީލަށް އަންގަން
ގަންވާނެކަމާއި، މިގޮތަށް އެންގުމުން،
ދައުލަތުގެ ވަކީލު ދަޢުވާގެ ތަފްސީލާއި، އެދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާނެ ހެކިތައް
ބަޔާންކުރާނީ ކަމާއި، އެއަށްފަހު މިހެކިތަކާއި ގުޅިގެން އެހެކިތަކުގެ މައްޗަށް ޖަވާބުދިނުމަށް ދަޢުވާ ލިބޭ
މީހާއަށް އަންގާނީކަމާއި މިގޮތަށް އެންގުމުން ދަޢުވާއަށް ޖަވާބުދީ ދަޢުވާލިބޭ މީހާ ހުށަހަޅާނޭ ހެކިތައް
ބަޔާންކުރާނީކަން އެނގެން އޮންނަކަމާއި، ދައުލަތުގެ ފަރާތުން އަޙްމަދު ނާޝިމުގެ މައްޗަށް އުފުލި މިދަޢުވާއަށް
އަޙްމަދު ނާޖިމް އިންކާރުކޮށްފައިވާތީ ދައުލަތުގެ ފަރާތުން މިދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅަންޖެހޭ ހެކިތައް
ހުށަހަޅައި އެހެކިތައް ހުށަހަޅަނީ ކޮންކަމެއް ސާބިތުކޮށްދިނުމަށްޓަކައި ކަން ބަޔާންކޮށްދިނުމުގެ ފުރުސަތު
ކްރިމިނަލް ކޯޓުން ދައުލަތަށް ދީފައިވާކަމާއި މިގޮތުން މިދަޢުވާ ސާބިތުކުރުމަށް ހެކިންގެ ގޮތުގައި ދައުލަތުގެ
ފަރާތުން ހުށަހަޅާފައިވަނީ ދިއްގަރު އާރާސްތު އަޙްމަދު ސިރާޖާއި،
ފޭދޫ ފޫޅުމާގެ މުޙައްމަދު
ނަޞީރުއާއި، ގޮމަށިގޭ އަޙްމަދު އަޝީތު ކަމާއި އަދި އޭގެ އިތުރުން މައްސަލައާ ގުޅިގެން ލިބިފައިވާ
ލިޔެކިއުންތައްވެސް ހުށަހަޅާކަމުގައި 14 މާރޗް 2010 ވަނަ ދުވަހު ދައުލަތުގެ ފަރާތުން ޖިނާއީ ކޯޓަށް
ދީފައިވާ ބަޔާނުގައި ބުނެފައި އޮންނައިރު، 25 އޮގަސްޓް 2011 ގައި ދައުލަތުން ދީފައިވާ ބަޔާނުގައި،
މިމައްސަލަ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިންނަކީ، ދިއްގަރު އާރާސްތު އަޙްމަދު
ސިރާޖުއާއި، ސ. ފޭދޫ ފޫޅުމާގެ މުޙައްމަދު ނަޞީރުއާއި، ގޮމަށިގޭ އަޙްމަދު އަޝީތުއާއި، ހަނިފާ
އިބްރާހީމް ނިޝާމްއާއި، އަދި ލ. މުންޑޫ އަސުރުމާގެ މޫސާ ނަސީމު އަޙްމަދުގެ އިތުރުން
ލަކީސްޓާރ މުޙައްމަދު އިރުޝާދުކަމަށާއި، އަދި އޭގެ އިތުރުން މައްސަލާގައި ހިމެނޭ ކިތާބީ ހެކިތައް ޤަރީނާގެ
ގޮތުގައި ހުށަހަޅާކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން އެނގޭއިރު، އަދި ކިތާބީ އެހެކިތަކަކީ ކޮބައިކަމާއި،
އަދި އެހެކިތައް ހުށަހަޅުއްވަނީ
ސާބިތުކޮށްދިނުމަށްޓަކައިކަން ދައުލަތުން ސާފުކޮށް
ބުނެދެވެންވާނެކަމަށް 25 އޮގަސްޓް 2011 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ޝަރީޢަތުގެ ފަރާތުން
ދައުލަތަށް އަންގަވާފައިވާކަން އެތާރީޚުގައި ދައުލަތުގެ ވަކީލު ސޮއިކޮށްފައިވާ ބަޔާނުން އެނގޭއިރު،
އއ. މާޅޮސް
8aދޑ 2
ކޮންކަމެއް
ފ6
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ، ދިވެހިރާއްޖެ
9
2012/HC-A/197
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ފަރާތުން
ހެކިތަކަކީ ކޮބައިކަމާއި އަދި އެހެކިތަކާގުޅޭ ހުންކުރެވިދިޔަ ކަންކަން ދައުލަތުގެ
ބަޔާންކޮށްދީފައިވާކަން އެނގެންނެތްކަމާއި،
ދައުލަތުގެ ފަރާތުން ހުށަހެޅި މިހެކިތަކާއި ގުޅިގެން އަޙްމަދު ނާޝިމުގެ ފަރާތުން މިހެކިތަކާއި މެދު
ދެކޭގޮތް ހާމަކޮށް، ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންނަކީ މިމައްސަލައިގައި
ހިނގާފައިވާ ކަންތައްތައް ކުރިފަރާތްތައްކަމަށް ވުމުން، އެހެކިން ޤަބޫލުނުކުރާކަމަށާއި، އެފަރާތްތައް ހެކިންގެ
ގޮތުގައި ކަނޑައެޅޭނެ އަސާސެއް ނޯންނާނެކަމަށް ބުނެ އެހެކިންގެ ހެކިބަސް ނެގުމާއި މެދު އަޙްމަދު ނާޝިމުގެ
ފަރާތުން އިޢުތިރާޝްކޮށް އެހެކިން ތަޢުނުކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ޒ 2
0
0
1
(ށ) ހަތަރުވަނަ ކަމަކީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ
މުސްތަނަދުތަކާއި ދަލީލުތައް މާނަކުރުމާއި، ވަޒަންކުރުމާއި، ތަރުޖީޙުކުރުމާއި، މައްސަލަ ސާބިތުކުރުމަށްޓަކައި
އެމުތަނަދުތަކާއި
ތަކާއި ދަލީލުތައް ފުދޭތޯއާއި، މިފަދަ އެންމެހައި ކަންކަމަކީ މައްސަލާގެ ފެކްޓްސް" ގެ ތެރޭގައި
ހިމެނޭ އެހެކިތައް ވަޒަންކުރާ ކޯޓެއްގެ ތަޤްދީރީ ބާރުގެ ދަށުން ކަނޑައެޅޭ ކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 30/SC-A/2009 ޤަޟިއްޔާގައި ފާހަގަކުރައްވާފައި އޮންނަކަމާއި އަދި ޖިނާއީ މައްސަލަތައް
ނިންމުމުގައި، ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން، ޤާނޫނީ ޤަރީނާ ފިޔަވައި، ވަކި ހެކިތަކަކަށް ނުވަތަ
ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމްވެގެން ނުވާކަމަށާއި، ހުށަހެޅޭ ދަލީލުތައް ތަޤްލީމް
(evaluate) ކޮށް ވަޒަންކުރުމަށްފަހު ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި އެ ދަލީލުތަކުން ކުރެވޭ
އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިޞާޢު ވެގެން މެނުވީ ކުށެއް
ސާބިތުވެ ޖިނާއީ މައްސަލައެއްގައި ޙުކުމެއް ކޮށްގެން ނުވާނެކަމީ އިސްތިޤްރާރުވެފައިވާ ޖިނާއީ
މައްދައެއްކަން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 23/SC
-
A/2011
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަން އެނގޭކަމާއި،
މ އކ އ ހވ
ގވއޖހމޭށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/197
ހއ 2
aވ
ޓއަން ކީށް
އަދި ޖިނާއީ މައްސަލައެއްގައި ޝަރީޢަތަށް ހުށައެޅޭ ހެކިތަކާއި ޤަރީނާތަކުގެ ތެރެއިން މައްސަލައާއި
ގުޅުންހުރީ ކޮން ހެކިތަކެއްކަމާއި، ހެކި ހުށަހެޅެނީ ކޮންކަމެއް ސާބިތުކުރުމުގެ ބޭނުމުގައިކަން މައްސަލަ ބައްލަވާ
ފަނޑިޔާރަކު ވަޒަންކުރުމަށްފަހު ޝަރީޢަތުން ބަލައިގަނެވިދާނެ ހެކިތަކާއި ބަލައި ނުގަނެވޭނެ ހެކިތައް އަދި
ޝަރީޢަތަށް ޙާޟިރުކުރެވޭނެ ހެކިންނާއި ޙާޟިރުނުކުރެވޭނެ ހެކިން ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން
ކަނޑައެޅިދާނެކަމަށާއި ނަމަވެސް ޝަރީޢަތަށް ހުށައަޅާ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ބަލައިގަނެވެންނެތް
ނުވަތަ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވެންނެތް ހެކި ހުރިނަމަ އެކަން އެގޮތަށް ނިންމަންޖެހުނު ސަބަބެއް
މައްސަލަ ބައްލަވާ ފަނޑިޔާރު، އެމައްސަލައެއްގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވަންޖެހޭނެކަމަށާއި އަދި ޝަރީޢަތަށް ހުށަހެޅުނު ހެކިތަކުގެ ތެރެއިން ބަލައިނުގަނެވޭނެ ހެކިތަކާއި
ކޯޓަށް ހެކިން ޙާޟިރުނުކުރުމަށް ފަނޑިޔާރު ނިންމަވާފައިވާ ސަބަބަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
އެކަށީގެންވާ ސަބަބެއް
ބެއްކަމުގައިވެސް ވާންޖެހޭނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
192/HC-A/2011 ޤަޟިއްޔާގައި ހެކި ބަލައިގަތުމާއި އެހެކިތައް ވަޒަންކުރުމާއި ގުޅޭ ގޮތުން އުސޫލެއް
ޤާއިމުކުރައްވާފައިވާކަން އެނގޭކަމާއި، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ޤަޟިއްޔާތަކުގައި ފާހަގަކުރައްވާފައިވާ ކަންކަމަށާއި ޝަރީޢަތަށް ހުށަހެޅޭ ހެކިބަސްތައް ބަލައިގަތުމާއި ގުޅޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ޤާއިމުކުރައްވާފައިވާ އުސޫލުތަކަށް ބެލުމުން މައްސަލައެއް ސާބިތުކުރުމަށްޓަކައި
ޝަރީޢަތަށް ހުށަހެޅޭ ހެކިތަކުގެ ތެރެއިން ބަލައިގަނެވޭނެ ހެކިންނާއި ބަލައިނުގަނެވޭނެ ހެކިން ކަނޑައަޅައި
އެހެކިންގެ ހެކިބަސް ޝަރީޢަތުން ޤަބޫލުކުރުމާއި ނުކުރުން އަދި ހެކިންގެ ތެރެއިން ޝަރީޢަތަށް
ޙާޟިރުކުރަންޖެހޭ ހެކިންނާއި ޙާޟިރުކުރަންނުޖެހޭ ހެކިންނާއި މެދު ގޮތެއް ކަނޑައަޅައި ނިންމުމަކީ މައްސަލަ
ބައްލަވާ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން ކަނޑައެޅޭ ކަންކަންކަމަށް ވެފައި އެނިންމުން ބިނާކުރި
ސަބަބަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބެއްކަމުގައިވެފައި، އެސަބަބެއް
ބަޔާންކުރެވިފައިވާނަމަ އެކަމަކީ ޝަރުޢީ އަދި ޤާނޫނީ އަސްލަކާއި ޚިލާފުވުންކަމުގައި ނުބެލެވޭނެކަމެވެ.
0 2
CU O
CC cucc
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/197
(ބ) ފަސްވަނަ ކަމަކީ، އަޙްމަދު ނާޝިމުގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލި ދަޢުވާ
ސާބިތުކުރުމަށް ހެކި ހުށަހެޅުމުގެ ފުރުސަތު އަދި ހެކިން ހުށަހަޅަނީ ކޮންކަމެއް ސާބިތުކުރުމުގެ ގޮތުންކަން
ތަފްސީލްކޮށް ބަޔާންކޮށްދިނުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދައުލަތަށް ދީފައިވާކަން މިމައްސަލައިގައި
ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާންތަކުން އެނގެން އޮތްއިރު، މިމައްސަލައާއި އެކު
ހުށަހެޅުނު ހެކިތައް ފަނޑިޔާރަށް ލިބިފައިވާ ތަޤްދީރީ ބާރުގެ ތެރެއިން ވަޒަންކުރައްވައި، މިހެކިތަކަކީ
މިމައްސަލާގައި ބަލައިގަނެވެން ނެތް ހެކިތަކެއްކަމަށް ކްރިމިނަލް ކޯޓުން މިމައްސަލަ ބެއްލެވި ފަނޑިޔާރު
ކަނޑައަޅުއްވައި، މިހެކިތަކާއި ގުޅޭ ގޮތުން ފަނޑިޔާރަށް ފާހަގަކުރެވުނު ކަންކަން މިމައްސަލައިގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމާއި، މިގޮތުން ކްރިމިނަލް ކޯޓުގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ "ފާހަގަކުރެވުނު ނުކުތާތައް” ގައި މިމައްސަލައިގައި ދައުލަތުގެ ފަރާތުން
ހުށަހެޅި ހެކިތައް ކްރިމިނަލް ކޯޓުން މިމައްސަލަ ބެއްލެވި ފަނޑިޔާރު ވަޒަންކުރެއްވުމަށްފަހު ފާހަގަކުރެވުނު
ކަންކަން ބަޔާންކުރައްވާފައިވާކަމާއި، މިގޮތުން މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންނަކީ
މިދަޢުވާގައި ޙަވާލާދެވޭ ބިޑް ޑޮކިއުމެންޓްތައް ތައްޔާރުކޮށް ސޮއިކުރި ފަރާތްތައް ކަމަށްވެފައި، އެފަރާތްތަކަކީ
ކުށުގެ އަސްލު އުފަންކުރުވި ފަރާތްތައްކަން މައްސަލައާއި އެކު ހުށަހެޅުނު ލިޔުންތަކާއި ތަޙްޤީޤު ބަޔާންތަކުން
އެނގެން އޮތުމުން، އެފަރާތްތަކަކީ މި މައްސަލާގައި ޙަވާލާދޭ ކަންކަން ހިންގި ފަރާތްތައްކަމަށް ތުހުމަތު އޮތް
އެއްކަމަށާއި ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން މިބިޑް
ޑޮކިއުމެންޓްތައް ތައްޔާރުކޮށް ސޮއިކޮށް ހުށަހަޅަންޖެހޭ ތަންތަނަށް ހުށަހަޅާފައިވަނީ އަޙްމަދު ނާޝިމް ސޮއިކޮށް
ހުއްދަ ދީގެންކަން އެނގެންނެތްކަމަށާއި މިމައްސަލައިގައި ޑޮކިއުމެންޓްރީ ހެކިތަކެއްގެ ގޮތުގައި ހުށަހަޅާފައިވާ
މައިގަނޑު ތަކެއްޗަކީ ބިޑް ޑޮކިއުމެންޓްތަކުގެ ލިޔުންތައްކަމަށް، މިމައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި
ހެކިތައް ވަޒަންކުރުމަށް ފަހު ކްރިމިނަލް ކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރު ފާހަގަކުރައްވާފައިވާއިރު،
މިމައްސަލައިގައި ޙަވާލާދޭ ބިޑް ޑޮކިއުމެންޓްތައް ތައްޔާރުކޮށް އެބިޑް ޑޮކިއުމެންޓް ތަކުގައި ސޮއިކުރި
ފަރާތްތަކަކީ މިމައްސަލައިގައި ޙަވާލާދޭ ކަންކަން އުފަންކުރުވި އަސްލު ފަރާތްތައް ކަމުގައި ބަލަން ޖެހޭއިރު،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/197
ހޅީ ޑޑ 0
2
މަނަ,3ނވެ
ޕްރޮސިކިއުޓަރ ޖެނެރަލް އަށް ލިބިގެންވާ ބާރާއި އިޚުތިޔާރުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް މިމައްސަލާގައި
ދަޢުވާ އުފުލާފައި ނުވިނަމަވެސް އެފަރާތްތަކަކީ އެފަރާތްތަކުގެ މައްޗަށް މިޢަމަލު ހިންގި ކަމުގެ މައްޗަށް އެންމެ
ބޮޑު ތުހުމަތެއް ކުރެވެން އޮތް ފަރާތްތަކެއް ކަމުގައި ބެލެވެން އޮންނައިރު، ހެކިންގެ ގޮތުގައި
ޙާޟިރުކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވާ މިފަރާތްތަކަކީ މިމައްސަލައާއި ގުޅިގެން އެފަރާތްތަކަށް
ލާބައެއް ލިބިދާނެކަމުގެ އުއްމީދެއްނެތި އަދި ގެއްލުމެއް ލިބިދާނެކަމުގެ ބިރެއްވެސްނެތި ހެކިބަސް
ދެވިދާނެކަމާމެދު ސުވާލު އުފެދިފައިވާ މަޙައްލެއްގައި ތިބި ފަރާތްތަކެއްކަމުގައި ބެލެވޭކަމާއި އަދި އެއް
ޖަރީމާއަކާއި ގުޅިގެން ތުހުމަތު ކުރެވިފައިވާ މުއްތަހަމުންގެ ތެރެއިން އެއްމުއްތަހަމު އަނެއް މުއްތަހަމާއި
އެއްކޮޅަށް ނުވަތަ ދެކޮޅަށް ހެކިބަސް ދިނުން ފަދަ ޙާލަތްތަކަކީ ހެކިވެރިޔާގެ މައްޗަށް ޖިނާއީ
މައްސަލަތަކުގައި ހެކިބަސްދިނުން ޙާލަތްތަކެއްކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި
ތަޠުބީޤުކުރެވޭ ޖިނާއީ އިޖުރާއާތުގެ ޢާއްމު އުސޫލަށް ބެލުމުން އެނގޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 01/SC-A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަން
އެނގެން އޮންނަކަމާއި، މީގެ އިތުރުން ދައުލަތުގެ ފަރާތުން ހުށަހެޅި ކިތާބީ ހެކިތަކަކީ، އިޝާރާތްކުރެވުނު
މުޢާމަލާތަކީ އަސްލުކަމަށް ބަލައިގެން އެމުޢާމަލާތާއި ގުޅިގެން އުފެދިގެން ދިޔަ ކިތާބީ ހެކިތަކެއްކަމުގައި
ބެލެވެން އޮތްއިރު، މިމައްސަލައިގައި ހެކިންގެ ގޮތުގައި ހުށަހެޅި ފަރާތްތަކަކީ އެފަރާތްތަކުގެ ހެކިބަހާއި މެދު
ޝައްކުގެ މަޙައްލުގައި ތިބި ފަރާތްތަކެއްކަމުން އެމުޢާމަލާތާއި ގުޅިގެން ދެން އުފެދޭ ކިތާބީ ހެކިތަކުގައިވެސް
އެޝައްކު އެގޮތުގައި ދެމި އޮންނާނެކަމުގައި ބަލަންޖެހޭކަމާއި، މިހެންކަމުން މިމައްސަލައާއި ގުޅިގެން ދައުލަތުގެ
ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެކިން ބަލައިނުގަތުމަށް އެކޯޓުން ނިންމަވައި އެފަރާތްތައް ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުނުކުރުމަށް ނިންމެވި ނިންމެވުމުގައި ޝަރުޢީ އަދި ޤާނޫނީ އަސްލަކާއި ޚިލާފުވުމެއް
ހދނީ
އޮތްކަމުގައި ބެލެވޭނެ ހަމައެއްނެތްކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
2012/HC-A/197
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
(ޅ) ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވަނީ، "މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، މިބާބުގައި ބަޔާންކޮށްފައިވާ
ގޮތުގެމަތީން އެއްވެސް ގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މި ޙައްޤުތަކާއި
މިނިވަންކަން ލިބުމުގައި، އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ
ޖިންސަށް، ނުވަތަ ޢުމުރަށް، ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ
މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރި ކަމަށް، ނުވަތަ ނިސްބަތްވާ
ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެންނުވާނެއެވެ" މިފަދައިންކަން
އެނގޭއިރު، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިވަނީ، "ޤާނޫނުގެ ކުރިމަތީގައި،
އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ޤާނޫނުގެ
ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޙައްޤެކެވެ"
މިފަދައިން ކަމާއި، މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ހެކިން
ޝަރީޢަތަށް ބަލައިނުގަންނަ ކަމަށް ވިދާޅުވެ އެހެކިން ޙާޟިރުކުރެއްވުމެއް ނެތި އަދި މައްސަލައިގައި ދައުލަތުގެ
ފަރާތުން ހުށަހެޅި ކިތާބީ ހެކިތަކަށް ބުރަދަނެއް ދިނުމެއްނެތި މިމައްސަލަ ކްރިމިނަލް ކޯޓުން ނިންމަވާފައިވާ
ނިންމެވުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާގައި ބަޔާންކުރާ ހަމަހަމަކަމުގެ
މަޞްދައުއާއި ޚިލާފު ކަމެއްކަމަށް ދެކޭކަމަށް ދައުލަތުގެ ފަރާތުން ފާހަގަކުރައްވާފައިވާ ނުކުތާއަށް ބަލާއިރު،
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި ބެލޭނީ ކޮންމެ މައްސަލައެއްގެވެސް ވަށައިގެންވާ
ކަންކަމުގެ މައްޗަށާއި ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެކި ޤަރީނާތަކުގައި ހުރި ބުރަދަނެއްގެ މައްޗަށް
ރިޢާޔަތްކޮށްގެންކަމާއި އަޙްމަދު ނާޝިމުގެ މައްޗަށް އުފުލުން ދަޢުވާގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތައް
ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވަނީ މައްސަލައާއި އެކު ހުށަހެޅޭ ހެކި ޤަރީނާތައް
ވަޒަންކުރުމަށް މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީނީ ބާރުގެ ތެރެއިން، ދައުލަތުގެ ފަރާތުން
ހުށަހެޅި އެންމެހާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް، އެހެކިތަކާއި ޤަރީނާތައް ބަލައިނުގަތުމަށް ނިންމި ނިންމުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/197
ބިނާކުރި ސަބަބު މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވައި އެގޮތުގެމަތިންކަމާއި އަދި
މިހެކިތަކާއި ޤަރީނާތައް ބަލައިނުގަތުމަށް ނިންމުމަށް ކްރިމިނަލް ކޯޓުން މިމައްސަލަ ބެއްލެވި ފަނޑިޔާރު
ބިނާކޮށްފައިވާ ސަބަބުތަކަށް ބެލިއިރު އެސަބަބުތަކުގައި ޝަރުޢީ ނުވަތަ ޤާނޫނީ އަސްލަކާއި ޚިލާފުވުމެއް
ނުވާއިރު، މިއީ ޖިނާއީ މައްސަލަތައް ބެލުމުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ އުސޫލަކާއި ޚިލާފުވުމެއްކަމުގައި
ބެލެވެންނެތްކަމާއި، އަދި އަޙްމަދު ނާޝިމުގެ މައްޗަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކަށް ބުރަދަނެއް ދެވެން
ނެތްކަމަށް އެކޯޓުން ނިންމެވި ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ
މާއްދާގައި ބުނާފަދަ ޤާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް
ހަމަހަމަވެގެންވާ މީހެއްކަމަށް ބުނާ މައްދައާ ފުށުއަރާކަމެއްކަމުގައި ނުބެލެވޭކަމާއި، އަދި އެއީ ޤާނޫނުއަސާސީގެ
17 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ތަފާތުކުރުމެއް ކަމުގައިވެސް ނުބެލެވޭކަމެވެ.
Cucc
ހ23 8
(ކ) ހަތްވަނަ ކަމަކީ، ތަޙްޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް،
އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ކުށެއް ކުރިކަމަށް ތުހުމަތު ކުރެވިފައިވާ
މީހަކާމެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށް އެ ނިންމުން
ބަދަލުކުރުމާއި، ކޮށްފައިވާ ދަޢުވާއެއް އަނބުރާ ގެނައުމަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 223
ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިއޮތް މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި
ހިމެނޭކަމެއްކަން އެނގޭފަދައިން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ އެބާރުގެ ތެރެއިން އެފަރާތުން މީހެއްގެ
މައްޗަށް ޝަރުއީ ކޯޓެއްގައި ދަޢުވާއެއް އުފުލައިފިނަމަ އެފަރާތުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް ބަލާ
ބެލުމުގައި އެދަޢުވާގައި ސާބިތުކުރެވެ އޮތް ކުށުގެ ޢަމަލެއް އޮތްތޯ ބަލައި، ސާބިތުކުރެވެން އޮތީ ކުށުގެ ކޮން
ޢަމަލެއްކަމާއި، އަދި ދަޢުވާކޮށްފައިވަނީ ދަޢުވާކުރުމުގެ ސިފައޮތް ފަރާތެއްގެ މައްޗަށްތޯ ބަލައި، އަދި
އެދަޢުވާއަކީ އެމައްސަލާގައި ތުހުމަތުކުރެވޭ ފަރާތްކަމަށް ބުނެ ދައުލަތުން ދަޢުވާކޮށްފައިވާ ފަރާތުގެ މައްޗަށް
8
ރފ އތ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/197
ކުރެވިދާނެ ދަޢުވާއެއްކަން ނުވަތަ ނޫންކަންވެސް ކަނޑައެޅުމަކީ ޝަރުޢީ ކޯޓުތަކަށް ލިބިގެންވާ ބާރެއްކަން
އެނގޭކަމާއި،
40
މިމައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކާއި ޤަރީނާތަކާއި މިމައްސަލާގައި ދަށުކޯޓުން
މައްސަލަ ބެއްލެވި ފަނޑިޔާރު ފާހަގަކުރެއްވި ނުކުތާތަކާއި މިމައްސަލައިގައި ދައުލަތުގެ ފަރާތުން ދަށުކޯޓުގައި
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ އެންމެހައި ވާހަކަތަކުގެ މައްޗަށް ބަލާއިރު، މިދަޢުވާ
އުފެދިފައިވާކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް
ލިމިޓެޑް އެވެކިޔާ ކުންފުންޏެއްގެ މުވައްޒަފުންތަކެއް ކޮށްފައިވާ ކަމަކާއި ގުޅިގެންކަން އެނގޭއިރު، މިދަޢުވާ
އުފެދުމުގެ އަސްލަކީ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ތަކެއްޗާއި މުވައްޒަފުން
ބޭނުންކޮށްގެން، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ ކުންފުންޏެއްކަމަށްވާ ސީވިއު ޕްރައިވެޓް ލިމިޓެޑާއި،
ފާސްޓް ޓެއިލަރސްއާއި، މާލެގަމް ޓެއިލަރސްއާއި، ނީޑުލްވާރކް ޓެއިލަރސް މިނަންތައް ބޭނުންކޮށްގެން
އެތަންތަނުގެ ނަމުގައި އެސްޓިމޭޓުތައް ހަދައި، އެތަންތަނުގެ ނަމުގައި މިޕްރޮޖެކްޓަށް އެސްޓިމޭޓް ހުށަހަޅައި
އަޙްމަދު ނާޝިމް މަކަރާއި ޙީލަތް ހެދި ކަމުގެ ތުހުމަތުގައިކަމަށް ދައުލަތުގެ ފަރާތުން ބުނާއިރު،
މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރެވޭއިރު، އެމީހަކު ކުރި ކުށުގެ ޢަމަލަކީ ކޮބައިކަން ދައުލަތުގެ
ފަރާތުން ބަޔާންކޮށްދޭންޖެހޭނެކަމާއި، އަދި އެފަދަ ދަޢުވާއެއް ކުރެވެންވާނީ އެފަރާތުން ކޮށްފައިވާ ޢަމަލަކީ
ތަޢުރީމްކުރެވިފައިވާ ޢަމަލަކަށް ވެފައި އެޢަމަލު އެމީހާއަށް ނިސްބަތްކުރެވޭވަރަށް ހެއްކާއި ޤަރީނާ ހުރިނަމަ
OcOXO > U
މިދަޢުވާ އަޙްމަދު ނާޝިމުގެ މައްޗަށް އުފުލާފައިވަނީ އަޙްމަދު ނާޝިމަކީ މިހާދިސާ ހިނގިކަމަށް ބުނާ
ދުވަސްވަރު ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރަށް ވާތީ
އާއި މިމައްސަލާގައި ޙަވާލާދޭ އެސްޓިމޭޓްތައް ހެދީ އަޙްމަދު ނާޝިމް ބުނެގެންކަމަށް އެކަންކަން ޢަމަލީ ގޮތުން
އެއެސްޓިމޭޓްތައް ހަދައި ސޮއިކޮށް، އެއެސްޓިމޭޓްތައް ހުށަހަޅައި އަދި އެއްބަސްވުމުގައި ސޮއިކޮށް
އެކަންކަން ކުރި ފަރާތްތަކުން ބުނެފައިވާތީ އެކަމުގެ މައްޗަށް ރިޢާޔަތްކޮށްގެންކަން އެނގެން އޮތްއިރު، ނަމީރާ
ކޮށް،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/197
އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަކީ ހަމައެކަނި އަޙްމަދު ނާޛިމުގެ ޙިއްސާ އޮތް
ކުންފުންޏެއް ނޫންކަމާއި، ކުންފުންޏަކީ ކުންފުނީގެ ޙިއްސާދާރުންނާއި ވަކިން އުފެދިފައި އޮންނަ ޤާނޫނީ ގޮތުން
މުސްތަޤިއްލު ޝަޚު ޞަކަށްވާއިރު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރަކަށް ވުމަކީ ކުންފުނީގެ މުވައްޒަފުންކުރާ
އެންމެހާ ޖިނާއީ އަދި މަދަނީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލާންޖެހޭ ފަދަ ސަބަބެއް ނޫންކަމާއި އަޙްމަދު
ނާމް ބުނެގެން ކަމަށް ބުނެ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ
ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުންތަކެއް ކަންތައްތަކެއް ކުރުމަށްފަހު އެކަންކަން ޢަމަލީގޮތުން ކުރި ފަރާތްތަކުގެ
މައްޗަށް ދަޢުވާ ނުއުފުލައި، އެކަންކަން ޢަމަލީގޮތުން ކުރިފަރާތްތަކަކީ ހެކިންގެ ގޮތުގައި ބަލައި އެކަންކަން ކުރި
ފަރާތްތަކަކީ އަޙްމަދު ނާޛިމުގެ ހިއްސާ އޮންނަ ކުންފުންޏެއްކަމުގައިވާ ނަމީރާ އިންޖިނިއަރިންގ އެންޑް
ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ކަމުގައިވާތީ ދައުލަތުގެ ފަރާތުން ދަޢުވާކުރާ މަކަރާ ހީލަތް
ހެދުމުގެ ޢަމަލު އަޙްމަދު ނާޝިމަށް ނިސްބަތްކޮށް މިދަޢުވާ އަޙްމަދު ނާޝިމުގެ މައްޗަށް ކުރެވިދާނެކަމަށް
ބޫލުނުކުރެވޭކަމާއި،
ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ހެދިކަމަށް ބުނާ އެ
އެސްޓިމޭޓް ތަކަކީ އެކުންފުނީގެ ނަމުގައި ހުރި އެސްޓިމޭޓްތަކެއްނޫންކަމާއި، އަދި އެއިން އެއްވެސް ލިއުމެއްގައި
ނާޘިމް ސޮއިވެސް ކޮށްފައި ނުވާކަން އެނގޭކަމާއި، އަދި އެއެސްޓިމޭޓްތަކަކީ ޤަވާއިދާ ޚިލާފަށް
އެގޮތަށް ހެދުމަށް އަޙްމަދު ނާޝިމު ބުނެގެން ހެދި އެއްޗެތިތަކެއްކަންވެސް އެނގެން ނެތުމުން، އަޙްމަދު ނާޝިމަށް
ނިސްބަތްކުރެވޭ، އަޙްމަދު ނާޖިމް ކުރި ކުށުގެ ޢަމަލަކީ ކޮބައިކަން ބަޔާންކޮށްދެވިފައިނުވާކަމާއި،
އެހެންކަމުން، އަޙްމަދު ނާޝިމަކީ މިދަޢުވާ އޭނާގެ މައްޗަށް ކުރުމުގެ ސިފައޮތް ފަރާތެއް ނޫންކަން
އަދި އަޙްމަދު ނާޝިމް ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ
ޑިރެކްޓަރަށް ވުމަކީ އަޙްމަދު ނާޝިމް އެކުންފުނީގެ ވަކި މުވައްޒަފުންތަކެއް ކޮށްފައިވާކަމަށް ދައުލަތުން ބުނާ
ޖިނާއީ ކުށުގެ ޢަމަލު، އަޙްމަދު ނާތިމަށް ނިސްބަތްކުރެވޭނެ ސަބަބެއްކަމުގައި ޤަބޫލުނުކުރެވޭކަމެވެ.
44
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/197
2=86
ވީމާ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2009
)
569
/
Cr
-
C/2336)
ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ނުވާކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ
މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
ވިޔަސް ސަބަބެއް ފެންނަން ނެތްކަމުގައެވެ.
ޙުކުމް:
569/Cr-C/2010
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
(2009/JC/2336) ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނާނެތަނެއް ނެތްކަމަށް ކަނޑައަޅައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv