ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/221 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/221
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 221/HC-A/2014
އިސްތިއުނާފުކުރި ފަރާތް: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
. ދާއިމީ އެޑްރެސް: ޕޯޓް ކޮމްޕްލެކްސްމާލެ މިހާރުގެ އެޑްރެސް: ޕޯޓް ކޮމްޕްލެކްސްގެ މާލެ
ރެޖިސްޓްރީ ނަންބަރު: 0462
/
2012-C
ވަކީލުޑް އގ. އާދަމް ޝަމީމު، އައިޑީ ކާޑު ނަންބަރު A213970
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަޙްމަދު އަޖްޒަމް
، ދާއިމީ އެޑްރެސް:
އައިޑީ ކާޑު ނަންބަރު: A388103
މިހާރުގެ އެޑްރެސް:
ބަދަލުގައި: އަޙްމަދު އަނީސް، އައިޑީ ކާޑު ނަންބަރު A0770057
ތުޅާދޫ/ ފެހަޑަމާގެ
. ތުޅާދޫ ފެހަޑަމާގެ
ވެހެޅުނު ތާރީޚް: 13 އޯގަސްޓް 2014
F
ނިމުނު ތާރީޚް: 25 ސެޕްޓެމްބަރ 2014
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު 2014/03
ނިންމެވިކޯޓު: މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓު
• އަމުރުގެ ބާވަތް: ވަގުތީ އަމުރު
ތާރީޚް: 04 އޯގަސްޓް 2014
0
92ވ
އެގެން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/221
ދަޢުވާގެ ޚުލާޞާ
މިއީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/03 (ވަގުތީ
އަމުރު) އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ،
ފެނަކަ
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ އަޙްމަދު އަޖްޒަމް، ތުޅާދޫ| ފެހަޑަމާގެ
އަށެވެ.
0
ki
17227
ތުޅާދޫ{
3
4 ހޑ 8
ޤާއމނPeއ
ފާހަގަކުރެވުނު ނުކުތާތައް:
01- މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/03 ވަގުތީ އަމުރަށް
ބަލާއިރު އެ އަމުރުގައި ބަޔާންކޮށްފައިވަނީ، ”ބ. ތުޅާދޫ "ފެހެނޑަމާގެ" އެވެ ކިޔާ ގެއިން ކަރަންޓް
ކަނޑާލާފައި ވާތީއާއި، މިހާރުވެސް ބ. ތުޅާދޫ ފެހެނޑަމާގެ އަޙްމަދު އަޖްޒަމް ދިރިއުޅެމުންދަނީ
"ފެހެނޑަމާގެ" އެވެ ކިޔާގޭގައި ކަމަށްވާތީއާއި، ކަރަންޓު ކަނޑާލާފައިވުމުގެ ސަބަބުން އެތައް
ވާކަމަށްބުނެ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/F 12C/43 ޤަޟިއްޔާ ނިމެންދެން
ތުޅާދޫ "ފެހެނޑަމާގެ" އެވެ ކިޔާ ގެއަށް ކަރަންޓު ދިނުމުގެ ވަގުތީ އަމުރަކަށް ދަޢުވާކުރާ
ތުޅާދޫ
"ފެހެނޑަމާގެ" އަޙްމަދު އަޖްޒަމްގެ ފަރާތުން މިކޯޓުގައި އެދުނު ހިނދު،
މިކަން އޮތް ގޮތެއް ޝަރީޢަތުގެ ފަރާތުން ބެލިއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީގެ ދެވަނަ ބާބުގެ 23 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކުގެ ތެރެއިން ކަރަންޓުގެ
ޚިދުމަތަކީ ދައުލަތުގެ ކުޅަދާކަން ހުރި މިންވަރަކުން ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޙައްއް
ކަމަށްވާތީ، މިކޯޓުގެ ނަންބަރު 2014/F12C/43 ޤަޟިއްޔާގައި ވަކިގޮތެއް ކަނޑައެޅެންދެން، މިއަމުރު
ފެނަކަ ކޯޕަރޭޝަން ލިމިޓެޑު| ތުޅާދޫ އިންޖީނުގެއާ ޙަވާލުކުރާ ވަގުތުން ފެށިގެން 03 (ތިނެއް) ގަޑި
އިރުގެ ތެރޭގައި ބ. ތުޅާދޫ "ފެހެނޑަމާގެ" އެވެ ކިޔާ އަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަން
ލިމިޓެޑް| ބ. ތުޅާދޫ އިންޖީނުގެއަށް އަންގައި އަމުރު ކޮށްފީމެވެ.” މިފަދައިންކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/221
02- މާޅޮސްމަޑުލު
ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/03 ވަގުތީ އަމުރު
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފުވާ ކަމަށްބުނެ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެ އަމުރު
އިސްތިއުނާފު ކުރުމަށް 02 (ދޭއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ވަގުތީ އަމުރު ނެރުމުގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ އުޞޫލުތަކުގެ ތެރޭގައި
ހިމެނޭ އެއް އަޞްލަކީ ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު
މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރުވަނިވި ފަދަ ގޮތަކަށް ނުވަތަ
އެޙައްޤު ޘާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަން އެނގެން
އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC-A/2012 ގައި ބަޔާންކުރައްވާފައިވާ ހިނދު،
ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ދަޢުވާގެ މައުޟޫޢީ ޙައްޤު ނުވަތަ ޤާނޫނީ މަރުކަޒު ޘާބިތުކުރެވިގެންދާ
ފަދައިން ވަގުތީ އަމުރު ނެރުއްވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ވަގުތީ އަމުރު ނެރުމަކީ Equitable Remedy އަކަށްވާއިރު، އިކުއިޓީގެ އެއް
ހަމަ ކަމަށްވާ He who comes to equity must come with clean_hands
މައްދައަށް
އެއްވެސް
ރިޢާޔަތްކުރެއްވުމެއް ނެތި މައްސަލަ ނިންމަވާއިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ
0
ހހހ2
03- މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/03 ވަގުތީ އަމުރަށާއި
އެ އަމުރު އިސްތިއުނާފު ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު،
މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ރ) މާޅޮސްމަޑުލު ދެކުނު ބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/F12C/43
ޤަޟިއްޔާއަކީ އެމައްސަލާގައި ދަޢުވާކުރާ އަޙްމަދު އަޖްޒަމް ދިރިއުޅޭ ތުޅާދޫ ފެހަޑަމާގެއިން އެއްވެސް
އެންގުމަކާ ނުލައި ޤަވާޢިދާ ޚިލާފަށް ކަރަންޓް ކަނޑާލާފައިވާކަމަށް ބުނެ އެ މައްސަލަ ބައްލަވައި ދިނުން އެދި
23
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/221
18
6
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް އަޙްމަދު އަޖްޒަމް 2014 އޯގަސްޓް 04 ވަނަ ދުވަހު ހުށަހަޅާފައިވާ
މައްސަލައެއްކަން އެނގެން އޮންނައިރު،
އަޙްމަދު އަޖްޒަމް ދިރިއުޅޭ ތުޅާދޫ ފެހަޑަމާގެއިން އެއްވެސް އެންގުމަކާ ނުލައި ޤަވާޢިދާ ޚިލާފަށް
ކަރަންޓް ކަނޑާލާފައިވާކަމަށް ބުނެ، ހަމަ އެތާރީޚުގައި ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014/43
/
12C ޤަޟިއްޔާ ވަކި ގޮތަކަށް ނިމުމުގެ ކުރިން ކަރަންޓު ކަޑާނުލެވޭނެ ކަމުގެ ވަގުތީ އަމުރެއް
ނެރެދިނުމަށް އެދި އަޙްމަދު އަޖްޒަމްގެ ފަރާތުން ތުޅާދޫ ކޯޓަށް ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި؟
އެ މައްސަލައާ ގުޅިގެން ހަމަ އެދުވަހުގެ 15:15 އަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމަށް
އަންގާ އެ ކޯޓުގެ ނަންބަރު 2014/157 (04 އޯގަސްޓް 2014 "ކޯޓަށް ޙާޟިރުވުމުގެ އަމުރު، އެދުވަހުގެ
14:10 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޙަވާލުކޮށްފައިވާކަން އެނގެން އޮންނަ ކަމާއިގެ
އިޝާރާތްކުރެވުނު ކޯޓަށް ޙާޟިރުވުމުގެ އަމުރަށް އިޙްތިރާމްކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަންގެ
ފަރާތުން . ތުޅާދޫ ކޯޓަށް އެކުންފުނި ތަމްސީލުކުރުމަށްޓަކައި ފޮނުވި ފަރާތަކީ ވަގުތު ތަން ނުދިނުމުގެ
ސަބަބުން ކުންފުނީގެ ފަރާތުން ވާހަކަ ދެއްކުމުގެ ބާރު އެކުންފުނީގެ ބޯޑު ރިޒޮލިއުނަޝަނަކުން ލިބިދިނުމަށްފަހު
ފޮނުވިފައިވާ ފަރާތެއް ނޫންކަން އެނގެން އޮންނަކަމާއި؛
އަޙްމަދު އަޖްޒަމްގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާ ގުޅިގެން، ”ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ 23 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކުގެ
ތެރެއިން ކަރަންޓުގެ ޚިދުމަތަކީ ދައުލަތުގެ ކުޅަދާކަން ހުރި މިންވަރަކުން ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ
އަސާސީ ޙައްޤެއް ކަމަށްވާތީ، މިކޯޓުގެ ނަންބަރު 2014/F12C/43 ޤަޟިއްޔާގައި ވަކިގޮތެއް
ކަނޑައެޅެންދެން، މިއަމުރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުށް ތުޅާދޫ އިންޖީނުގެއާ ޙަވާލުކުރާ ވަގުތުން
ފެށިގެން 03 (ތިނެއް) ގަޑި އިރުގެ ތެރޭގައި ބ. ތުޅާދޫ "ފެހެނޑަމާގެ" އެވެ ކިޔާ އަށް ކަރަންޓުގެ ޚިދުމަތް
ދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް| ބ. ތުޅާދޫ އިންޖީނުގެއަށް އަންގައި އަމުރު ކޮށްފީމެވެ. މިފަދައިން
ބަޔާންކުރައްވާ މި އިސްތިއުނާފުކުރެވޭ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2014
/
03ވަގުތީ އަމުރު، 2014 އޯގަސްޓް 04 ވަނަ ދުވަހު ނެރުއްވާފައިވާއިރު، އެ އަމުރު ނެރުއްވައިފަނީ
ފެނަކަ ކޯޕަރޭޝަނުގެ ބަހެއް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ހޯދުމަކާ ނުލައިކަން އެނގެއެވެ.
Ocx
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/221
(ނ) ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް
އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ޙާލަތްތަކުން ކުރެ ޙާލަތެއްއޮވެ، ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް
ނާޅައިފިނަމަ، ޙުކުމްކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ޙާޞިލްނުވެ ހިގައިދާނެކަމަށް، ނުވަތަ މައްސަލައިގައި
ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާނެ
ގޮތަކަށް ރާއްޖެއިން ބޭރަށް ގެންގޮސްފާނެކަމަށް ނުވަތަ ދަޢުވާލިބޭ މީހާ ފިލައިގެން ހިގައިދާނެކަމަށް ނުވަތަ
ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާފަދަ ގޮތަކަށް ނުވަތަ އެމުދަލެއްގެ ނުވަތަ ފައިސާގެ
އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް ޤަބޫލުކުރެވޭނަމަ އެކަން ހުއްޓުވުމަށް އަމުރު ކުރުމުގެ ބާރު ކޯޓަށް
ލިބިދީފައިވާކަން ”ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 295 ވަނަ މާއްދާއަށް ބެލުމުން
އެނގޭކަމާއި، އެގޮތަށް ކޯޓަށް ލިބިދޭ ބާރުގެ ބޭނުންކުރުމުގައި އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށާއި،
ޒާތަށާއި، ބާވަތަށާއި، ޙާލަތަށާއި، މައްސަލައިގައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށް
ބައްލަވައި ވަގުތީ އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމަކީ އެމައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ
އިޚްތިޔާރީ (discretionary ބާރެއްކަން އެނގެން އޮންނަކަމާއި؛
ވަގުތީ އަމުރު ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭ ޢާންމު ޝަރުތުތަކުގެ ތެރޭގައި، ވަގުތީ
އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް
އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެ. ވަގުތީ އަމުރެއް ނެރުމަކާނުލައި އަޞްލު
މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާ
ނުވަތަ ގެއްލުމަކާ އެދަޢުވާއާ ގުޅިގެން ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހުމުގެ އިތުރުން، ވަގުތީ
އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށްވުން
ހިމެނޭކަން އެނގެއެވެ.
4
36 29
.3ނވަމާއެކު،
(ނ) އަޙްމަދު އަޖްޒަމް ދިރިއުޅޭ ތުޅާދޫ ފެހަޑަމާގެއިން އެއްވެސް އެންގުމަކާ ނުލައި ޤަވާޢިދާ
ޚިލާފަށް ކަރަންޓް ކަނޑާލާފައިވާކަމަށް އަޙްމަދު އަޖްޒަމް ހުށަހަޅާފައިވާ ދަޢުވާގައި ބުނެފައިވާއިރު، ކަރަންޓުގެ
ޚިދުމަތަކީ ދައުލަތުގެ ކުޅަދާކަން ހުރި މިންވަރަކުން ކޮންމެ ރައްޔިތަކަށްވެސް
ލިބިދޭންޖެހޭ އަސާސީ
ucou
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/221
ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ 23 ވަނަ މާއްދާއިން ކަށަވަރު
ކޮށްދީފައިވާކަން އެނގެން އޮންނަކަމާއިގެ
ކަރަންޓުގެ ޚިދުމަތަކީ އެ ޚިދުމަތް ދިނުމުގެ މުޤާބިލެއް ދައްކާ ގޮތަށް ފޯރުކޮށްދެމުންދާ ޚިދުމަތެއްކަން
އެނގޭއިރު، އެޚިދުމަތް ކަނޑާލާފައިވަނީ ހަމަޖެހިފައިވާ އުޞޫލުތަކާއި ހަމަތަކާއި ޚިލާފަށްތޯ ނުވަތަ ނޫންތޯ
މާޅޮސްމަޑުލު ދެކުނު ބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/F12C/43 ޤަޟިއްޔާގައި
ހުށަހަޅާފައިވާ ދަޢުވާގެ މައުޟޫޢަށް ފައިޞަލް ކުރެއްވުމުގައި ބެލިގެންދާނެ ކަމާއިގެ
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/03 ވަގުތީ އަމުރަކީ
މާޅޮސްމަޑުލު ދެކުނު ބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/F12C/43 ޤަޟިއްޔާގައި
ހުށަހަޅާފައިވާ ދަޢުވާއަށް ޤަޟާއީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބިދެވެން ދެން، އެޤަޟިއްޔާގެ ދަށުން
އުފުލިފައިވާ ދަޢުވާގެ މައުޟޫޢަށް ވަގުތީ ޙިމާޔަތެއް ލިބިދެއްވުމުގެ ގޮތުން ނެރުއްވާފައިވާ އަމުރެއް ކަން
އެންގެން އޮންނާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުން ދެކެނީ ދިވެހިރާއްޖޭގެ ހައިކޯޓުން
އެ އަމުރަށް ބަދަލުގެންނަން ޖެހޭ ފަދަ ސަބަބެއް ނެތްކަމަށާއި،
ޝަރުޢީ ކޯޓަކަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ކޯޓަކުން ނެރޭ، އިސްތިއުނާފަށް ހުށަހެޅިފައިމިވާފަދަ
ނިންމުންތަކަކީ އެނިންމުމެއް ނިންމި މައްސަލައެއް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، އެފަދަ ނިންމުމެއްގެ
ބަބުން ގެއްލުމެއް ލިބެމުންދާކަމަށް ނުވަތަ އަމުރަށް އެދުނު އިރު ހުރި ޙާލަތު ނޫން އެހެން ޙާލަތެއް މިހާރު
މެދުވެރިވެފައިވާކަމަށް ޤަބޫލުކުރެވޭނަމަ ނުވަތަ އެނިންމުމެއް ނިންމަންވާނީ ނުވަތަ އެ އަމުރެއް ފްރެންވާނީ،
އެނިންމުމެއް ނިންމުމުގައި ނުވަތަ އަމުރެއް ނެރުމުގައި އެ ފަރާތެއްގެ ބަހެއް އޮވެގެން ކަމަށް ދެކޭނަމަ
އެގޮތަކަށް ދެކޭ ފަރާތަކުން އެކަމަކާމެދު އަލުން ވިސްނަވާ ގޮތެއް ނިންމަވައި ދެއްވުންއެދި، މައްސަލަ ބަލާ
ކޯޓަށް ހުށަހެޅިދާނެކަމަށެވެ.
ce O
0
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
މާޅޮސްމަޑުލު ދެކުނު ބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/F12C/43 ޤަޟިއްޔާގައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/221
ނެރުއްވާފައިވާ އެ ކޯޓުގެ ނަންބަރު 2014/03 ވަގުތީ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކުރާނެ ތަނެއް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމް ކޮށްފީމެވެ.
ޑ ތ ދ ހއ
ނޭނެކަމަށް
ދިވެހިން
8
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv